Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (2)

Bulletproof Gurls Level 1100 Login
September 20, 2020 One Min Read
4 Comments

**’ކޮބާ.. މި އާދެވުނީ…’ ކާރުގެ ދުވެލި ސުމަކަށް ހުއްޓާލުމަށްފަހު ޔޫނުސް ފަހަތަށް އެނބުރި ނިޒްކާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.**

‘ބަލަ ނިޒޫ.. ކީއްތިކުރަނީ؟’ ކާރުގެ ކުޑަދޮރުގައި މޫނު ތަތް ކޮއްގެން ބޭރު ބަލަން އިން ނިޒްކާ އާއި ސުވާލުކުރިއެވެ. އޭރު ވެސް ޔޫނުސް ދިޔައީ ހެމުންނެވެ. ‘ކަމް އޯން ޔޫނުސް.. މިހާ ރީތި ޕާކެއް ރާއްޖެއިން މިފެނުނީ އަދި އަލަށޭ.. ވާވް،، ބަލަ އެހެރަ ރީތީ ބުޝްތަކެއް.. އެހެރަ ފައުންޓައިން ވެސް.. އަދި އެހެރީ ލޮޓަސް ފެންގަނޑެއްވެސް.. އަޅޭ ފޮޓޯ އެއް ނަގަން ހާދަ ރީތި ވާނޭ..’ ނިޒްކާ އާށޯހު ވެފައި ހުރިލެއް ބޮޑު ކަމުން އޭނާއަށް ބުނެވެމުން ދިޔަ އެވެ. ‘އަދި އަލަށްތަ ބަގީޗާއެއް އެ ފެނުނީ.. ދެން ހާދަ ހެއްވައޭ މި މަންޖެ..’ ދުވާރު މަތީ ހުއްޓިގެން ކުޅި ބަލަން ހުރި އީނާލް ހިތާހިތުން ކުދި ކިޔައިގަތެވެ. ކައިރީގަ ޖެހިގެން ހުރި ނަވްރީން ދިޔައީ ޕާކުން ފެންނަމުން ދާ މަންޒަރުތައް އޭނާގެ އައިފޯން އެސް އީ އަށްރައްކާކުރަމުންނެވެ. އެއްބައިފަހަރު ސެލްފީ އެކެވެ. އަނެއްބައި ފަހަރު ހުޅުމާލޭގެ މަގުތަކެވެ. ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ގޫޗީ ހެދުމަކާއި، ކޮނޑާއި ހަމަ އަށް ދާ ގަދަ މުށި ކުލައިގެ އިސްތަށިގަނޑު އައްސާފައިވާއިރު، ބޮލުގައި ގޫޗީ ހެޑްބޭންޑް އެއް އަޅައިލާފައިވެއެވެ. އަދި ނުވީތާކަށް  އަރާފައި ހުރީވެސް ގުޗީގެ ވެޖް އަކަށެވެ. ބަލާލި ކޮންމެ މީހަކަށްވެސް ނަވްރީން އަކީ ގޫޗީ އަށް ލޯބިކުރާ ކުއްޖެއްކަން ފަސޭހަ ކަމާއެކު ދަނެގަނެވޭނެއެވެ.

ނިޒްކާ އަށް ކާރު ތެރެއިން ނުކުތުމާއެކު ނަވްރީން އޭނާގެ ފޯނު އަތަށް ހެޔޮވަރު ކޮއްލަމުން އެ ދިމާލަށް ހިނގައިގަތެވެ. ‘ހޭއި މައި ނިޒް ކާޖާ.. ހިނގާބަ ސެލްފީ އެއް ނަގަން..’ ނިޒްކާ އެއްބަސް ވުމުން ނަވްރީން ފޮޓޯ ނަގަން ފެށި އެވެ. އެހެންނަމަވެސް އެއިން ކޮންމެ ފޮޓޯ އެއްގައިވެސް ނިޒްކާ ހުންނަނީ މޫނު ކުނި ކޮށްގެންނެވެ. ނުވަތަ އެހެންކަހަލަ ވައްތަރެއް ޖައްސާގެންނެވެ. އެ ދެކުދިން ފޮޓޯ ނަގަމުން ދިޔަ ވަގުތު އީނާލް އިރު އިރު ކޮޅާ ފޯނަށް ބަލާލައެވެ. ކަޅު ކުލައިގެ ޓީޝާޓު ކޮޅެއްގެ މަތިން ރަތް ކުލައިގެ ޖެކެޓެއް ލާފައި ވާއިރު ޝޯލް އާއި އޭނާ ލައިގެން ހުރި ސްކިނީ ވަނީ ކަޅު ކުލައިންނެވެ. ޓީޝާޓު ސްކިނީ އާއި ދަށަށް ޖަހާފައި ވާއިރު އޭނާ ފެންނަނީ ނުހަނު ރީތި ކޮންނެވެ. މަގުމަތިން ދާހާ ފިރިހެނަކު 16 އަހަރުގެ އީނާލަށް ބަލަމުން ދިޔަ އިރު އޭނާ އެއިން އެއްވެސް ކަމަކާ އަޅައެއް ނުލައެވެ.

ހަމަ އެވަގުތު ޔޫނުސްގެ އެއްކަލަ މަރސީޑްސް ކާރު އެތާ ކުރިމަތީ މަޑު ކޮއްލި އެވެ. މިފަހަރު އޭގެއިން ނުކުތީ ހަތަރު އަންހެން ކުދިންނެވެ. ‘ޒައި، ތުގާ، ޔޫލިން ދެން ކާކުތަ މީނީ..’ އީނާލް އެ ކުދިން ފެނުމާއެކު ބުނެލި އެވެ. އެހެން ނަމަވެސް އެންމެ ފަހުން ނުކުތް ކުއްޖާ އަށް ޖެއްސުން ކޮށްލުމުގެ ގޮތުން އޭނާ ނޭނގޭ ކަމަށް ހަދާލިއެވެ.’އަޅޭ ތިމީހުން ދިރި އެބަހުރިން ދޯ..’ ނަވްރީން އޭނާގެ ފޯނު ޖީބަށް ލަމުން އެ ކުދިންނާ ދިމާލަށްއައެވެ. ‘ބަލަ އަވަހަށް ވެސް އާދެވުނީހޭ މިތާ އުޅޭ ޓޮޑީ އަށް ނޭގުނު ވިއްޔަ އަވަސް ކުރާކަށް..’ ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ހެދުމަކާއި ކަޅު ޝޯލް އަކާއި ސްކިނީ އެއް ލައިގެން ހުރި ކުއްޖެއް ބުންޔެވެ. އޭނާގެ ދޮން މޫނުގައި މަޑު މޭކްއަޕް އެއް ކޮށްފައިވާ އިރު، ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލާފައި ވެއެވެ. އުމުރުން 19 އަހަރުގެ ޒައިނީ ޗުސް ތަޅަމުން ދިޔަ އިރު ތުގާ އެއަރ ޕޮޑްސް ޖަހައިގެން ބީޓީއެސްގެ ލަވަތައް އަޑު އަހަން ހުއްޓެވެ. ‘ހޫން ދެން ހެވޭ.. ހިނގާބަ އެތެރެއަށް ދާން.. ލަވްޒާ ވެއްޖެ ކަންނޭގެ އެތާ އެހުރި ބްރިޖް-އޯވަރ-ދަ-ލޭކް މަތީ..’ ޔޫލިން އޭނާ އަޅައިގެން ހުރި މަޑު ރަތް ކުލައިގެ ޝޯލް ރީތި ކޮއްލަމުން ބުނެލި އެވެ. ‘ޔާ މައި ޑިއަރ.. މިދަނީ އޭ..’ ނަވްރީން މިހެން ބުނަމުން ޕާކް ތެރެއަށް ހިނގައިގަތެވެ. ‘އަދި ޖެއްސުމަށޭ ނޭނގޭ ކަމަށް ހަދައިން އުޅެނީ.. ވަރަށް ފޫހި..’ ތުން އޫ ކޮށްލަމުން އީނާލް ކައިރިއަށް ދިޔަ ނައިލީ ބުނެލިއެވެ. ‘ނޫނޭ ހަމަ ނުފެނުނީ..’ އެއްލޯ މަރާލަމުން އީނާލް ބުންޔެވެ. ‘ހަމަ ނުފެނުނީ އެއްނޫން.. ނުފެންނަ ކަމަށް ހެދީ..’ ބޮޑާ ހާކަމުން ދިޔަ ކުޑަ ކުއްޖެކޭ އެއްވަރަށް ނައިލީ ދިޔައީ ކުސްތަޅަމުންނެވެ. ‘ދެން މައި ޔަމީ ލޯބިވާ ނެސްޓަމް ނުފެނި ދާނެތަ؟’ ‘ނެސްޓަމް އޭ؟؟ އެއީ އަނެއްކާ ކޯޗެއް؟’ ނައިލީ ފާޑަކަށް އީނާލް އާއި ދިމާލަށް ބަލާލިއެވެ. ‘ދަންނަންތަ ކުޑަކުދިން ކައި އުޅޭ އެއްޗެހި؟ އެގޮތަށް ހުންނަ އެއްޗެއް އެއީ..’ އީނާލް ހެމުން ހެމުން މިހެން ބުނެލާ އިރަށް ނައިލީގެ ލޯ ބޮޑު ވިއެވެ. ‘އައްޗީޑި.. އަދި އަހަންނަށް ކުޑަ ކުދިން ކާ އެއްޗަކާ އެއްވަރު ކޮށްފިޔޭ.. އިއޫ.. ސޯ ގްރޮސް.. ހިޔެއް ނުވޭ ދެން ހޮޑު ނުލާ ދުވަސް ނިމޭނެ ހެނެއް.. ހާދަ ފަކުރޭ.. ޖަސްޓް އިއޫ..’ ނައިލީ އަނގަ މަތީ އަތް އަޅަމުން ވާހަކަ ދެއްކި އެވެ. އީނާލް އެހުރި ގޮތަށް ހޭން ހުއްޓެވެ. ‘ނާންނަނީތަ؟’ ފަހަތް ބަލާލަމުން ނަވްރީން ގޮވާލި އެވެ. ‘އުހުން.. މި ދަނީ.. ކޮބާ ބާކީ ތިބި މީހުން؟ ވަނީ ތަ؟؟’ ދެކޮޅު ބަލާލުމަށް ފަހު ހިނގައިގަންނަމުން އީނަލް ބުންޏެވެ. ފަހަތުން ނައިލީ ވެސް އައެވެ. އޭނާ އަދިވެސް ހުރީ މޫނަށް ފާޑެއްގެ ގޮތެއް ހަދާގެންނެވެ. ‘އާނ.. އެމީހުން ތިބޭނެ ތިދެމީހުން މަރުވެ ކަފުން ކުރަން ދެކަށް ވެސް..’ ލޯ އަޅާލަމުން ނަވްރީން ބުންޏެވެ. ‘އެހެންތަ.. އެހެންވީރު ތި ވީ މާ ރަނގަޅަކަންނުން.. އަހަރުމެން މަރުވަންދެން ކައިރީގަ ބައަކު ތިބޭނެތާ..’ އީނާލް ހިނި ތުންވެލަމުން ބުނެލިއެވެ. ތިން އަންހެން ކުދިންވެސް އެ ޕާކަށް ވަނީ އެކި ވާހަކައިގާ ހުރެ އެވެ. ‘އާދެވިއްޖެ ދޯ؟..’ ލޮޓަސް ފެންގަނޑު ކައިރީ ހުއްޓިލައިގެން ހުރި ލަވްޒާ އަތް އުރާލައިގެން ހުރެ ބުންޏެވެ. ‘ނޫން އަދި ނާދެ ވޭ ކަންނޭގެ.. ލަވޫގެ ކުރިމަތީ މިހުރީ..’ އަނެއްކާވެސް އީނާލް ކިޔައިގަތެވެ. ‘ޕިސް ދެން ތި އަނގަ ހުއްޓޭނީ ކިހިނެތް ހެދީމަ؟’ ނައިލީ އީނާލް ގެ ބޮލުގައި ޖަހާލަމުން ބުންޏެވެ. ‘މި އަނގަ ހުއްޓޭނީ އަޅުގަނޑު މަރުވެ ކަފުންކޮށް ވަޅުލާ ދުވަހު.’ ހިނިގަނޑެއް ޖަހާލަމުން އީނާލް ބުންޔެވެ. ‘ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bulletproof Gurls

Level 1100 Login

We are a bunch of teens who luv to work together and write different kinds of stories. we are writers who write to amaze ourselves and you guys........ We write to express not to Impress.....We like being unique and of course as u can see in the name dat we are ARMYs....hope u like the stories.. luv u saranghae.. ^_^ Story by : -Author Yoon -Author ARMY -Author Daisy Queen -Author Sparkles -Author Dheen -Author Blossom -Author Nixx -Author Xaxa

Other Articles

Previous

ދިރިއުޅުން އަލިކޮށްދިން 9

Next

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (3)

Next
September 20, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (3)

Previews
September 20, 2020

ދިރިއުޅުން އަލިކޮށްދިން 9

4 Comments!

  1. Bulletproof Gurls says:
    October 4, 2020 at 1:11 pm

    WHY IS THIS HERE… HOWW???/ AHAHAHAHA

  2. R¥N says:
    October 4, 2020 at 7:33 pm

    Maasha Allah…varah reethi mi part vx❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤haadha hisaabeh gaey dho vaahaka meeny ????varah habeys ingey ??????????????????????v talented kudhin kolheh thy ?????????????????????????lysm ???????????????????????tc all??????????????????????????

    1. Bulletproof Gurls says:
      October 4, 2020 at 8:40 pm

      jazaakillah khaira ryn..❤️❤️❤️❤️❤️❤️❤️.. yea… neyge alhugandhumenge stry mihaa hisaabah anna sababeh hama ehgothakahves… ??? maybe draft kohfa bahahtaathee kanneyge…hehe.. thank you so much ryn..❤️❤️❤️❤️❤️❤️❤️❤️❤️❤️ lymmmmmmm…??????????tc ryn..?

  3. ?Ril? says:
    October 4, 2020 at 9:30 pm

    Wow mi part ves vrh sali❤️❤️❤️❤️
    Masha Allah keep it up siss❤️❤️❤️❤️
    Meenee konthaakah up vefaa hehehhe?????❤️❤️
    3 ves ebain up vefaa ?????❤️❤️
    Vrh majaa Mi part Aley Mi hurihaa girls haadha loabi eyy So cute❤️❤️❤️❤️❤️
    Heeeheee halaaku vehjee❤️❤️❤️??????
    Love uuuu alll❤️❤️
    Stay safe ❤️❤️❤️

Comments are closed.

Next Episodeބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (3)←


All Right Reserved!