ރާހަ – 3
” އޭ ލުވޭ ކިހިނެއް ވީތަ؟” ލާއިސް އެހެން ބުނުމުން ލުވޭޒު ޖަވާބު ދިނެވެ.” ލާއިސް އޭ! އާދެބަ ދާން މަށާ އެކީ! ވަރަށް ބޮޑު ކަމެއް ވެގެންނޭ މި އުޅެނީ! ލާއިސް އަނެއްކާ ކިހިނެއް ވީ ހޭ އެހުމުން ލުވޭޒު މި އުޅެނީ އާދަމްބެ މަރުވެގެންނޭ ބުންޏެވެ. ލާއިސް ދެލޯ ބޮޑު ކޮއްލާފައި ހަމަ ހުވާ ބުންޏެވެ. ލުވޭޒު ބޯ ޖަހާލުމަށް ފަހު ލުވޭޒު އާއި އެކު ދާން ހިނގާފައި ގަތީ ރިދަން ކައިރީ ސިއްރުން މިތާ ކޮޓަރީ ހުންނާށޭ ބުނެ ފައެވެ.
ލުވޭޒު އާއި ދެ މީހުން އަވަސް ފިޔަވަޅު ތަކުގައި އާދަމްބެ ގޭދޮށަށް ދިޔައިރު އެގޭ ކައިރީ މީހުންތައް އުޅެއެވެ. އާދަމްްބެ އަކީ ލާއިސް ގެ ބޮޑުބެ ކަމުން ލާއިސް ވަރަށް ދެރަވެފައި ހުރެ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވޭތޯ މަސައްކަތް ކުރި އެވެ. އެހެން އުޅެނިކޮށް އެ ތަނުން އޭނާ އަށް ފެނުނީ އޭނާގެ މަންމަ އެވެ. ލުވޭޒު ކައިރީ އެބަ އަންނަމޭ ބުނެ އަވަހަށް ލާއިސް ދުއްވާ ގަތީ އޭނާ މަންމަ ގާތަށެވެ.
ލާއިސް މަންމަ ކައިރި އަށް ގޮސް މަންމަ ކައިރީ ބޮޑުބެ އަށް ވީ ކިހިނެއް ހޭ އެހިއެވެ. ޖަވާބު ގައި މަންމަ ބުންޏެވެ. ” ބޮޑުބެ މަސް ބާނައި ގެން ގެއަށް އައި މަގުމަތީ ގައުމީ އޯ ބޮޑުބެ މަރު ވެފަ އޮތީ! ދެން ނޭނގެ އިތުރުކޮށް މަންމަ އަކަށް!” ލާއިސް އަށް އޭނާ މަންމަ ކިޔާ ދިނީ އިނގޭ ވަރަށެވެ.
ލާއިސް މަންމަ ކައިރީ ހުރީ އޭނާ މަންމަ ދެރަވެ ދާނެތީ އެވެ. އެހެން ހުއްޓާ މަންމަ އަށް މީހަކު ގޮވާތީ އަވަހަށް މަންމަ ދިޔައީ އެ މީހާ ކައިރި އަށެވެ. ލާއިސް ކައިރީ ތަނަކަށް ނުދައްށޭ ބުނެފައި އެވެ. ނަމަވެސް ލާއިސް އެކަނި ހުންނަން ބޭނުން ނުވެގެން ދުއްވާ ގަތީ ލުވޭޒު ކައިރި އަށެވެ. ލުވޭޒު ޖައިރި އަށް ދިޔުމުން ލުވޭޒު ކޮއްލީ ސުވާލެކެވެ. ” އޭ ކިހިނެކޯ ވީ” ލާއިސް ޖަވާބު ދިނެވެ. ” މަންމަ ބުނީ ބޮޑުބެ މަހުން އައި ގޮތަށޯ އޮތީ! ދެން ނޭނގެ އިތުރަކަށް!” ލުވޭޒު އެހެން ދޯ އޭ ބުނެލިއެވެ.
އިރުކޮޅަކުން އެ ތަނަށް ފުލުހުން އައެވެ. އެމީހުން ތަން ސެކު ކުރަމުން ދިޔައެވެ. އޭރު ގަޑިން ހެނދުނު ދިހައެއް ޖަހަނީ އެވެ. އެ ތަނުން ފުލުސް މީހަކު އައިސް ބޮޑު ދައިތަ އާއި ސުވާލު ކުރަން ފެށި އެވެ. ” މިގޭގެ އެއްވެސް ތާކު ސީސީޓީ ކެމެރާ އެއް ހުރޭތޯ؟” ބޮޑުދައިތަ ލައްބަ އޭ ބުނުމުން ފުލުސް ބަލާލަން ދެވިދާނެތޯ ބުނެލި އެވެ. ބޮޑު ދައިތަ ހިނގާ ގަތީ އެ މީހާ އަށް އޭތި ދައްކާ ށެވެ.
އޭރު ބޮޑުބެ އެންބިއުލާންސް ގައި ހިނަވަން ހިނަވާ ގެއަށް ގެން ގެއްލި އެވެ. އިރުކޮޅަކުން ބޮޑުބެ ގެ މޫނު ބަލަން އަންނަން ގޮވާފިއެވެ. ލުވޭޒު އާއި އެއްކޮށް ހިނގާ ގަތީ އެ ތަނަށެވެ. އޭރު މަންމަ އާއި ބޮޑު ދައިތަ އާއި ދެމީހުން އެ ތަނަށް ގޮއްސިއެވެ. ފުލުހުން ވެސް އޭރު ބޮޑުބެ ގެ ޑީ އެން އޭ ނަގައިގެން ހިނގައްޖެއެވެ.
އިސާހިތަކު ހިނަވާ ގެއަށް އާދެވިއްޖެއެވެ. އޭރު ބޮޑުބެ ގައި މަތީ ހުދު ކުލައިގެ ފޮތިގަނޑެއް އަޅާފައި އޮށެވެ. ލާއިސް އާއި ލުވޭޒު އާއި ދެ މީހުން ގޮސް ބޮޑުބެ ގެ މޫނު ބަލާލިއެވެ. އެ މޫނު ވަނީ މިލާފައެވެ. އޭރު މަންމަ މެން ވެސް ތިބީ ވަރަށް ދެރަ ވެފައެވެ. އޭރު ކަށުނަމާދަށް އައުމަށް ގޮވައިފިއެވެ. ލާއިސް އާއި ލުވޭޒު އާއި ދެމީހުން ވުޟޫ ކޮއްލައިގެން ގޮސް ނަމާދަށް އެރިއެވެ. ނަމާދު ކޮއް ނިންމައިގެން ބޮޑުބެ ސަންދޯކުގެ ފަހަތުން ލާއިސް އާއި ލުވޭޒު ހިނގައިގަތެވެ.
ބޮޑުބެ ވަޅު ލާފައި ގެއަށް އާއިރު މެންދުރު ދޭއް ޖަހައި ބޮޑު ވެއްޖެއެވެ. ލާއިސް ކޮޓަރި އަށް ވަދެ އަވަހަށް ލައިގެން ހުރި އެއްޗެހި ތައް ބޭލިއެވެ. ފޫޅާއި ހަމައަށް ތުވާލި އޮޅާލައިގެން ގޮސް ފާޚާނާ އަށް ވަދުނެވެ. އަރާމު ކޮއް ފެންވަރަން ހުއްޓާ ކުއްލި އަކަށް ލާއިސް ކަންފަތް ބުޑުގައި މީހަކު ބުނެލި އަޑު އިވުނުވެ. ” އަދި ކަލެއަށް ވެސް އެ ދުވަސް އަންނާނެ އެކަން ހަނދާން ކުރާތި!” އެ ބިރުވެރި އަޑު އިވުމާއި އެކު ލާއިސް ވަށައިގެން ބަލާލި އެވެ ނަމަވެސް އެ ފާޚާނާ އިގައި އޭނާ ފިޔަވައި އެހެން މީހަކު ނެތެވެ. ލާއިސް ބިރުން އަވަހަށް ފާޚާނައިން ނުކުމެ އެނދު އޮތްތާލީ ފާޚާނައިން ނުކުތް ގޮތަށެވެ.
ލާއިސް އަށް އޮތް ތާލެވުނީ މީހެއްގެ ގައި މަތީ ގައެވެ. ލާއިސް ފުންމައިގެން ތެދުވި ތަނާ ލާއިސް އަނދެގެން ހުރި ތުވާލި މުހިގެން ވެއްޓުނެވެ. އެ ވަގުތު މީހެއްގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. އެކަމަކު ލާއިސް ހުރީ ބިރުން ތުރުތުރު އަޅައެވެ. ލާއިސް ބިރު ގަންފަ ހުރި ވަރުން އޭތި އޭތި ނަގާ ކަށެއް ނުކެރުއެވެ.
ކުއްލިއަކަށް އޭތި ތެޅެން ފެށި އެވެ. ލާއިސް ބިރުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ލާއިސް ބިރުން ދުއްވާ ގަތީ ކޮޓަރިން ނުކުންނާށެވެ. ނުކުންނަން ދޮރުގެ ތަޅު ގައި ހަމަ ހިފާލި ތަނާ މީހަކު ވަރަށް ބާރަށް ގޮވާލިއެވެ. ” ލާއިސް!! އޭ!!!!
އެއީ ކާކު ބާ!!!!!
(ނުނިމޭ)
