Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ރާހަ – 1

Chobby Level 1
September 17, 2020 3 Mins Read
6 Comments

އިރު ތިރިވަމުން ގޮސް ކަނޑުގެ ލޮނުގަނޑު އަޑިއަށް ދިޔައެވެ. އެއާ އެކު ޖައްވު އަނދިރި ވާން ފެށި އެވެ. އިރު އެއްސޭޭ މަންޒަރު ބަލަން ހުރި ސާދަ އަހަރުގެ ލާއިސް ގެއަށް ދާން ހިނގާ ގަތީ އަނދިރި ވާން ފެށުމުންނެވެ. ގެއަށް ދާން ހިނގާ ގަތް ތަނާ ވަރަށް ބާރަށް ވަައި ބާރު ވާން ފެށިއެވެ. ދެން އިވެން ފެށީ ވަރަށް ބާރު އަޑެކެވެ. އެ އަޑު ދިޔައީ ބާރު ވަމުންނެވެ. އެ އަޑު ބާރު ކަމުން ލާއިސް ދެ ކަންފަތު ގައި އަތް އަޅާ މައްޗަށް ބަލާލީ އެ އަޑު އަންނަނީ މަތިން ކަމަށް ވީމައެވެ. ލާއިސް މައްޗަަށް ބަލާލިއިރު މަތިން ވަރަށް ބާރަށް ވެއްޓެމުން މި އަންނަނީ އަލިގުޅަ އެއް ކަހަލަ އެއްޗެކެވެ. އެ އެތި އައި ގޮތައް އައިސް ވެއްޓުނީ ލާއިސް ގެ ކުރި މައްޗަށެވެ. ވެއްޓުމާ އެކު ކުރިމަތިން ހިރަފުސް ބުރުވާލިއެވެ.

ލާއިސްގެ ލޮލަށް އެ ހިރަފުސް އެޅުމާއެކު ލޯ އުނގުޅާ ލާ ބަލާ ލިއިރު ކުރިމަތީ ގައި އޮތީ ބިއްލޫރި ވައް ބޯޅައެކެވެ. އޭގެ ތެރޭ ގައި އޮތީ ލާއިސް ލޮލަށް ދުވަހަކު ވެސް ނުފެންނަ މަޙްލޫޤުކެވެ. އެއް ލޯ ހުރި މި މަޙްލޫޤު އެންމެ ވައްތަރީ ރާމާމަކުނަކާ އެވެ. ދެ ފަޔާއި ދެ އަތް ހުރި މި މަޙްލޫޤު ކަންފަތެއް ނެތެވެ. ކަންފަތުގެ ބަދަލުގައި ހުރީ ދެ ލޯ ވަޅެވެ. ކަންމެ އަތެއް ގައި އިނީ ތިން އިނގިއްޔެވެ. ވަރުގަދަ ބޮޑު އަނގަޔެއް ހުރި އިރު އަނގައި ގައި ހުރީ ކުދި ދަތް ތަކެކެވެ. ސިފައިގެ ގޮތުން ކުޑަ މި މަޙްލޫޤު އޮތީ ވަރަށް އަރާމު ގައި ނިދާ ލާފައެވެ.

ލާއިސް ބަލާ ކަށް ނުހުރެ އެ މަޙްލޫޤު އޮތް ބިއްލޫރި ބޯޅަ ނަގައި ގެން ގެއަށް ދާން ހިނގާ ގަތެވެ. ބަރު ކަމުން އެ ހިއްލާ ލެވެނީ ކިރިޔާ އެވެ. އެ ވަރުން ވެސް ހިއްވަރު ދޫ ނުކޮށް ލާއިސް އެ ބޯޅަ އޭނާ ކޮޓަރި އަށް ވެއްދިއެވެ. ކޮޓަރި އަށް އެ ވައްދާ އެ މަޙްލޫޤަށް ބަލަން އިނެވެ. އޭރު މަޢްރިބް ނަމާދު ވަގުތު ފާއިތު ވެއްޖެއެވެ. ލާއިސް އަކީ އެހާ ދީންވެރި ނޫނަސް ބަރާބަރަށް ނަމާދު ކުރާ ކުއްޖެކެވެ. އަވަސް އަވަހަށް ވުޝޫ ކޮއްލާ ގެން އައިސް ގޭގައި ނަމާދު ކުއްލިއެވެ. ނަމާދު ކޮއް ނިންމާ ލުމައްފަހު ފުރަތަމަވެސް ބަލާލީ އެ މަޙްލޫޤާ ދިމާ އަށެވެ.

އޭރު ވެސް އެ މަޙްލޫޤު އޮތީ ރީއްޗަށް ނިދާލާފައެވެ. ލާއިސް އެ ބޯޅަ ކައިރި އަށް ގޮސް އޭގައި ވަރަށް މަޑުމަޑުން ތެޅި އެވެ. އެ ވަރުން ވެސް އޭތި ނުއެއް ހޭލިއެވެ. އޭނާ އޭތި ނަގައިގެން ގޮސް އޭތި އޭނާ އަލަމާރީގެ އެންމެ އެތެރެއަށް ލީ މީހަކަށް ފެނި ދާނެތީ އެވެ.

އޭތި އަލަމާރި އަށް ލީ ތަނާ ހެން އިޝާ ނަމާދު ބަަންގި ގޮވަން ފެށިއެވެ. އަވަހަށް އަލަމާރީގެ ދޮރު ލައްޕާލާ ލާއިސް ހިނގާ ގަތީ މިސްކިތާ ދިމާ އަށެވެ. މިސްކިތަށް ދިޔަ މަގުމަތީ ލާއިސް އަށް ފެނުނީ އޭނާ ބެސްޓީ ހަމްދާން އެވެ. ހަމްދާން ފެނުމާ އެކު ލާއިސް ހަމްދާނަށް ގޮވާލީ ހަނާ އަޅާ ލަމުންނެވެ. ” އޭ ހަމޭ އާދެބަ” ލާއިސް ހަމްދާނަށް ގޮވާލުމާ އެކު ހަމްދާނު ލާއިސް އަަށް ބަލާލިއެވެ. ހަމްދާނަށް ލާއިސް ފެނުމާ އެކު ލާއިސް ކައިރި އަށް އައެވެ. ” ކީކޭ ބުރޯ ” ހަމްދާން ލާއިސް ކައިރީ ބުންޏެވެ. ” އޭ މަށައް ފާޑެއްގެ އެއްޗެއް ފެނިގެން މި އުޅެނީ ” ލާއިސް ވަރަށް ފާޑަކަށް ބުންޏެވެ. ” އަނެއްކާ ކޯއްޗެއް” ހަމްދާން އަހާލިއެވެ. ” މަޑު ކުރޭ! މިސްކިތުން ފައިބައިގެން ގެއަށް ގޮސް ދައްކާނަން” ހަމްދާން އޯކޭ އޭ ބުނެ ދެެ މީހުން އެއްކޮއް މިސްކިތާ ދިމާއަށް ހިނގާ ގަތެވެ.

ދެ މީހުން ނަމާދު ކޮއް ނިންމާގެން ނައްޓާލީ ލާއިސް ގެއަށެވެ. އެކި ވާހަކައިގައި ތިބެގެން ހިނގަމުން ދިޔައެވެ. އިސާހިތަކު ލާއިސް މެން ގެއަށް އާދެވިއްޖެއެވެ. ދެ މީހުން ލާއިސް މެން ކޮޓަރި އަށް ވަދެ އެ ބޯޅަ އަށް ބަލަން ފެށިއެވެ. ބަލަމުން ދިޔައިރު ހަމްދާންް ލާއިސް ކައިރީ އަހާލިއެވެ ” ކައެ އަށް ކިހިނެއް މި ފެނުނީ! ” ލާއިސް ހަމްދާނަށް އެ ފެނުނު ގޮތް ކިޔާދިނެވެ.

ލާއިސް ހަމްދާނަށް ވީގޮތް ކިޔާ ދިނުމުން ހަމްދާނު އަހާލި އެވެ. ” މީގައި އެއްވެސް ލިޔުމެއް ކަހަލަ އެއްޗެއް އޮތް ތަން ކައެ އަށް ފެނުން ތަ!” ލާއިސް ނޫނެކޭ ބުނުމުން އަނެއްކާވެސް ހަމްދާން އަަހާލި އެވެ. “ހިނގާބަ ހޯދަން އެކަހަަލަ އެއްޗެއް އޮތް ތޯ! ހަމަ އޮވެވެސް ދާނެއްނު!” ލާއިސް އާއެކޭ ބުނެ އޭގައި ލިޔުމެއް ކަހަލަ އެއްޗެއް އޮތްތޯ ބަލަން ފެށިއެވެ. އެ ހޯދަން އުޅެއުޅެ އެއްވެސް އެއްޗެއް ނުފެނުނެވެ. ހޯދާހޯދާ ވަރުބަލިވެގެން އެންމެ ފަހުން ހުއްޓާލިއެވެ.

ކުއްލި އަކަށް އިވުނީ އެ މަޙްލޫޤް ކުކުރާލި އަޑެވެ. ދެ މީހުން ބިރުން ފަހަތަށް ޖެހުނެވެ. އޭރު އެ މަޙްލޫޤު ގެ ލޯ އޮތީ ރަތް ކުލާ ގައެވެ. ނަމަވެސް އެހެން އޮވެ އަނެއްކާ ވެސް އޭތި ނިދަން އޮއްތާލިއެވެ. ދެ މީހުންނަށް ހަމަޖެހުމުގެ ނޭވާ އެއް ލެވުނީ ދެނެވެ. ހަމްދާން އަވަސް އަވަހަށް ލާއިސް ކައިރީ އޭތި އަވަހަށް ފޮރުވާށޭ ބުންޏެވެ. ލާއިސް އަވަހަށް އޭތި ނަގާ އަލަމާރީ އަޑިއަށް ލި އެވެ. ލާއިސް ހަމްދާން ކައިރީ އެ ވާހަކަ ނުދެއްކުމަށް ބުންޏެވެ. ހަމްދާން ބޯ ޖަހާލާފައި ގެ އަށް ދަނީ އޭ ބުނެ ގެއަށް ދާން ހިނގާ ގަތެވެ. ހަމްދާން ގެއަށް ގޮސް ނިދަން އޮއްތާ ލި އިރު ވެސް ވިސްނަމުން ދިޔައީ އެ މަޙްލޫޤާ ދޭތެރޭ ގައެވެ.

އޭގެ އަނެއް ދުވަހެވެ. ލާއިސް ނިދާ ހޭލެވުނީ މަންމަ އައިސް ސުކޫލަށް ދާން ގޮވީމައެވެ. ލާއިސް އަވަހަށް ތެދުވެ ދަތް އުނގުޅާ ފެންވަރާލާ ރީތި ވެގެން ސުކޫލަށް ދާން ތައްޔާރު ވިއެވެ. ތައްޔާރު ވެގެން އަވަހަށް ބަލާލީ އެ މަޙްލޫޤު ކޮބާތޯ އެވެ. އެ މަޙްލޫޤު އޮތީ ނިދާލާފައެވެ. އެ ބޯޅަ އަލަމާރި އަށް ލާ ސުކޫލަށް ދާން ހިނގާ ގަތެވެ. މިއަދު ސުކޫލަށް ހަމްދާން ނާންނާތީ ލާއިސް ކަންބޮޑުވިއެވެ. ސުކޫލު ގައި އިން އިރުވެސް ވިސްނެނީ ހަމްދާން އާއި ދޭތެރޭ ގައެެވެ.

ސުކޫލު ނިންމާފަ ގެއަށް ދިޔަ މަގުމަތީ ހަމްދާން ގެއްލުނު ޙަބަރު ލާއިސް އަށް އަޑު އިވުނެވެ. ލާއިސް ވަރަށް ދެރަވި އެވެ. އޭރު ޕޮލިހުން ވެސް ހަމްދާން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެރޭ މެންދަމު ވި އިރު ވެސް ހަމްދާން ނުފެނުމުން އެންމެން އުއްމީދު ކަނޑާލިއެވެ. ނަމަވެސް ލާއިސް ގެ އަޖުމް މާ ވަރުގަދަ އެވެ. ލާއިސް އަވަސް އަވަހަށް އަލަމާރި ހޮޅުވާ ބަލާލިއިރު އެއްކަލަ މަޙްލޫޤު އިނީ ހޭލަ އެވެ. އެ މަޙްލޫގަށް ދިވެހި ބަސް އެނގޭ ތޯ ދިވެހި ބަހުން ވާހަކަ ދެއްކީމާ އެ މަޙްލޫޤު ވެސް ވާހަކަ ދައްކާލީ ހަމަ ރީތި ދިވެހި ބަހުންނެވެ. ހީކުރި ގޮތާ ހިލާފަށް އެ މަޙްލޫޤަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ފުރަތަަމަ ވެސް އެ މަޙްލޫޤް ކައިރިން ލާއިސް އެދުނީ ހަމްދާން ހޯދާދިނުމުގައި އެހީތެރި ވުމަށެވެ. އެހެން އެހުމާ އެކު އެމަޙްލޫޤު ބުނި އެތިން ލާއިސް ވީ ކީއްބާ އެ؟؟؟؟؟؟؟؟؟

Share Article

Follow Me Written By

Chobby

Level 1

Other Articles

Previous

ލޯބިންއކުގާ (11)

Next

އެކުގައިވާނަމޭ 3

Next
September 17, 2020

އެކުގައިވާނަމޭ 3

Previews
September 17, 2020

ލޯބިންއކުގާ (11)

6 Comments!

  1. Anonymous says:
    September 18, 2020 at 6:06 am

    Lol varah Hadi

    1. Yoohan says:
      September 18, 2020 at 11:42 am

      Hadi tha
      Majalakah buni ehcheh dhw

  2. Lavender ? says:
    September 18, 2020 at 4:44 pm

    Masha allah …. sifa kuran varah molhu ?

    1. Yoohan says:
      September 18, 2020 at 11:20 pm

      Reethi dhw

  3. hoodie gurrl says:
    September 18, 2020 at 8:44 pm

    vrh salhi ingey mi part…. keep it up brw

    1. Yoohan says:
      September 18, 2020 at 11:20 pm

      Thankx

Comments are closed.



All Right Reserved!