އާޅެން
ޢިއްފަތްތެރި ކަމުގެ އަގު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ކަލާގެ ކޮންމެ ހަނދާނެއް މިހިތަށް ތަދު ކުރެއެވެ.
ކަލާ ބުނި ކޮންމެ ބަހެއް މިހިތް ޒަޚަމު ކޮށްފިއެވެ.
ކުރި ހުވާތައް ގޮނޑުދޮށަށް ބީއްސާލި ރާޅުފަދައެވެ.
ޢިއްފަތް ސަލާމަތް ކުރެވުނީތީ މިއަދު އުފާ ކުރަމެވެ.
އަމާޒު ހިފާފައިހުރީ ސީދާ ފޮނިކޮޅު ބޮއިލުމަށެވެ.
ފަތިހަށް ފޮޅުނު އެތަކެއް މަލުން އަރާމު ހޯދިފަދައިންނެވެ.
މައިންބަފައިންގެ ނަސޭހަތް ހިމެނުނީ ރައްކާތެރިކަމުގެ ފާރު ކަމުގައެވެ.
ކައިވެނީގެ ކުރިން ދޮރު ނުހުޅުވުމަށް ބުނެދީފައިވެއެވެ.
ލޯބިވާ މީހުންގެ ކިބައިން ފެންނާނެ ނިޝާންތައް ބުނެދީފައިވެއެވެ.
ޢިއްޒަތަށް ބުރޫއަރާފަދަ ކަމަކަށް ނޭދޭނެއެވެ.
ބަންދު ތަންތާ ބައްދަލުކުރާކަށް ނޭދޭނެއެވެ.
އަހަރެންގެ ކުށަކަށްވީ އެދޭހައި ފުރުސަތު ނުދެވުމެވެ.
ލޯބިވާ ނަމަ އުފާ ހޯދައިދޭނޭ ބުންޏެވެ.
ވަކިވެ ދިޔައީ ލޯބިނުވާ ކަމުގެ ބަހަނާ ދައްކާފައެވެ.
2 Comments!
Comments are closed.



Nice❤️
❤️Nice