Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަމޭ ތިލޯބި އެދިއެދި ( ހަތްވަނަ ބައި )

Rain lover Level 310 Stories100 Comments100 Login
August 14, 2020 4 Mins Read
22 Comments

ޔަނާލް ފެންވަރާ ތާޒާވެލައިގެން ހޮސްޕިޓަލަށް ދިޔައީ ލިބެންއުޅޭ ނުބައި ޚަބަރުގެ ހިލަމެއް ނުވާ ހާލުގައެވެ. ސާދާގޮތަކަށް ހުރި ޔަނާލް އެވަގުތުވެސް ނުހަނު ފުރިހަމައެވެ. އަންހެންވަންތަ ހިނގުމެއްގައި އައިސީޔޫއާއި ހަމައަށް ދިޔައިރު އެމޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނުވެއެެވެ. އިތުރަށް އެމޫނުމައްޗަށް ހާސްކަމުގެ ކުލަވަރު ވެރިވީ އައިސީޔޫ ކައިރިއަށް ދެމިފައި ކަހަލަ ގޮތަކަށް އިން ޔައުލާ ފެނިފައެވެ. “މަންމާ ކިހިނެއްވީ؟” ހާސްވެފައިވާ އަޑަކުން ބުންޏެވެ. މަގޭދަރިއެއް ނެތޭކިޔާ ޔައުލާ ރޮއެގަތެވެ. ޔަނާލްް ކަނޑާވައްޓާލި ރުކެއްހެން ބިންމައްޗަށް ވެއްޓެން ދިޔައެވެ. އޭގެ ކުރިން ޔަނާލްގެ ގައިގައި މީހަކު ހިފެހެއްޓިއެވެ.
* * * * *
ޔުމާންވެސް ސައިބޯލަން އޭޑީކޭއަށް ވަނެވެ، ސައިބޯލައިގެން ހޮސްޕިޓަލުގެ ތަންތަން ބަލަމުން ދި ޔަ ޔުމާންއަށް ކުއްޖަކު ވެއްޓެން ދިޔަތަން ފެނުނެވެ. ޔުމާންގޮސް އެކުއްޖާ ހިފެހެއްޓިއެވެ.
* * * * * *
“ޔުމާން!” ޔައުލާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ނަމަވެސް ޔުމާނަކަށް އެއަޑެއް ނީވެއެވެ. ޔުމާން އަވަހަށް ޔަނާލް އަތްދަނޑިމައްޗަށް ލައިގެން އީއާރަށް ވެެއްދިއެވެ. ޔުމާންއާއި ޔައުލާ ބޭރުގައި ޔަނާލްގެ ހާލު އެނގޭނެވަގުތަކަށް އިންތިޒާރުކުރަމުން ދިޔައެވެ. 15 ވަރަކަށް މިނެޓް ފަހުން ޔަނާލް ހޭއެރި ޚަބަރު ދިނެވެ. ވަދެވޭނެކަމަށް ބުނުމުން ޔައުލާއާއި ޔުމާންވެސް އެތެެރެއަށް ވަދެލިއެވެ. ބާރަށް ހިނގާފައިދިޔަ ޔައުލާ ކައްސާލިއެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ކުޑަހަޅޭކަކާއިއެކު ދަމާލެވުނީ މޫނުފޮތިކޮޅަށެވެ. އެއާއެކު މޫނުފޮތިކޮޅު ވެއްޓުނެވެ. އެވަގުތުކޮޅުވީ ޔުމާން އަށްވެސް އެދިމާލަށް ބަލާލެވުނު ވަގުތަށެވެ. “ޔައުލާ؟؟” ޔުމާންއަށް ގޮވާލެވުނެވެ. ދެމީހުންވެސް އެކަކުއަނެކަކަށް ބަލަހައްޓައިގެން ތިބުމަށްފަހު ދުވެފައިގޮސް ބައްދާލިއެވެ. “ދަރިފުޅާ މީ ދަރިފުޅުގެ ބައްޕަ ޔުމާން.” ޔައުލާ ތައާރަފްކޮށް ދިނެވެ. “ބައްޕާ” ވަރުބަލި އެހެނަސް އުފާވެރި އަޑަކުން ޔަަނާލް އަށް ގޮވާލެވުނެވެ. ޔުމާންގެ ހިތަށް ތަފާތު އިހްސާސެއް ކުރެވުނެވެ. “ޔުމާން، މިއުޅެނީ އަހަރެންގެ ހަގުދަރިފުޅު ޔަލާ މަރުވެގެން. ޔުމާން ގެއްލުމުން އަަހަރެން އޭގެ ދެވަރަކަށް އަހަރުފަހުން އަަހަރެން ކައިވެނިކުރީ ހަސަނާއި.” ޔައުލާ ފެށިގެން ނިމެންްދެން އޭނާގެ މާޒީ ކިޔައިދިނެވެ. “އަހަރެން އަަހަރެންގެ ދަރިފުޅަށާޢި ޔައުލާއަށް އިންސާފް ހޯދައިދޭނަން އިންޝާﷲ” ޔުމާން އަޒްމާއެކީ ބުނެލިއެވެ. “ދެން ޔުމާންއަށް އެދުވަހު ވީ ކިހިނެއް؟” ޔައުލާ އަހާލިއެވެ. މިހާރުވެސް ބޭރުުފުށުން ނުދެއްކިޔަސް އޭނާގެ ހިތަށްދިޔައީ ނުހަނު އަސަރުކުރަުންނެވެ. އެދަރިފުޅުގެ ކުއްލި ވަކިވުމާއި ގުޅިގެންނެވެ.
_____________________
18 އަަހަރު ކުރި
ހިތްގައިމު ހަވީރެކެވެ. ދުވަސްވަަރަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުކަމުން މާބޮޑު ތަރައްގީގެ ކުލަވަރެެއް އެރަށަކުންވެސް ނުފެނެއެވެ. ނަމަވެސް ރަށުގެ މެދެެއްހާ ހިސާބުގައި ހަދާފައިހުރި ގެއަކީ ރަށުފެންވަރުން ހޮވާލެވޭނެފަދަ ގެއަަކަށް ވާނެކަން ގައިމެވެ. އެހެން ގޭގެއާއި ޚިލާފަށް އެގޭގައިވަނީ 6 ވަރަކަށް ފޫޓްްއުސް ވަށާފާރު ރޭނުމަށްްފަހު ސިމެންތިޖަހާ ކުލަވެސް ލައިފައެވެ. ގެއަށް ވަންނަންހުރީ 5 ފޫޓް ދިގު ތިންފޫޓް ފުޅާ ދޮރޯށްޓެކެވެ. ދަރުބަދިގޭގައި 8 މަހުގެ ބޮޑުު ބަނޑާއެކު އެއްވެސް ވަރުބަލިކަމެއްނެތި ޔައުލާ އުޅެމުން ދިޔައީ ކުޅި ބޯކިބަލެެއް ފިހުމަށެވެ. އިރުއިރުކޮޅާ އަޅައިގެން އޮންނަ ތިނެސްކަން ބުރުގާއިން އިރުއިރުކޮޅާ މޫނު ފޮހެލައެވެ. އޭރު ބަދިގެ ދޮރުުމަތީގައި ހިތްގައިމު ހިނިތުންވުމަކާއިއެކު ހުރީ ޔުމާންއެވެ. ދިވެހިވަންތަ ފިރިހެނެކެވެ. އޮޅަލި ކުލައިގެ ހަންގަނޑެވެ. ލައިގެން ހުރީ ކަކުލާހަމައަށް އަންނަ ސޯޓެކެވެ. މަތިން އެއްޗެއްނުލާ ހުރިއިރު ބަނޑުގައި ތަރުތީބުކަމާއިއެކު ހުރި ގޮޅިތަކުގައި ފިރުމާލުމަށް ކޮންމެ އަންހެނަކުވެސް ބޭނުންވާނެއެވެ. ބަލާބެލުމަށް ވާނީ ފަންސަވީހަކަށް އަހަރެވެ. “އުލާ. ޙާދަބުރަކޮށްލައިގެން” ޔުމާން ބޮލުން އަތްދިގު ޓީޝަރޓެއް ވައްޓާލަމުން ބުނެލިއެވެ. “އާނ. މާން ދާންވާއިރަށް ކުޅިބޯކިބަލެއް ފިހެލަނީ” ޔައުލާ ތެލިން ބޯކިބާ ނަގަމުން ބުނެލިއެެވެ. “މާން. އަހަރެން ދޫކޮށްފައި ނުދައްޗޭ. މިއަދު މިއުޅެނީ ވަރަށް އެހެންކަހަލަ އިހްސާސެއް ކުރެވޭތީ” ޔައުލާ ބުނެލިއެވެ. “ދެން ލޯބިވެސް ކިޔާ އެއްޗެހި. އަހަރެެމެން ދެމީހުން ހަމައެކަނި ވަކިކުރެވޭނެ ބާރަކީ މަރު.” ޔުމާން ލޯބިން ޔައުލާ އޭނާގެ މޭތެރޭ ބޮނޑިކޮށްލިއެވެ. “ދަރިފުޅާ. މަންމިއަށް އުނދަގޫ ނުކުރައްޗޭ” ޔުމާން ޔައުލާގެ ބަނޑުގައި ފިރުމާލިއެވެ. އަދި ޔައުލާގެ ނިތަށް ބޮސްދީފައި ބޯކިބާ ހިފައިގެން ގެއިން ނުކުމެގެން ދިޔައެވެ.
ކުޅުދުއްފުށީ ނެރުން “ފަހިމަގު” ދޯޯނި ނުކުމެ މަޑުުމަޑު މިސްރާބެއްގައި ހ.އ އަތޮޅާ ދިމާލަށް މިސްރާބު ޖެހިއެވެ. ތަކަންދޫއާއި ހިސާބަށް އާދެވުނު ތަނާ މޫސުން ބަަނަކޮށްލިއެވެ. އެއާއެކު ކޮޅިގަނޑެއްގައި ދޯނި ޖެހުނެވެ.. ނަގަމުން ދިޔަ ބޮޑެތި ބާނިތަަކުގެ ޝިކާރައަކަށް މުޅި އޮޑިވިއެވެ. މާގިނައިރަކު އޮޑިއަކަށް ކެތެއްނުކުރެވުނެވެ. ދޯނި ބަންޑުންޖަހާލީއެވެ.
“ޔުމާންން!” ޔައުލާއަށް ސިހިފައި ހޭލެވުނީ ނުބައި ހުވަފެނެއް ފެނިގެންްްނެވެ. ލިބުނު ހާސްކަމުގައި އޭނާގެ ނޮކިއާ ބައްތިފޯނު ނަގާ ގުޅާލިއެވެ. “މާފްކުރައްވާ،! ތިޔަގުޅިއްވި ނަންބަރު ވަނީ ގުޅޭ ހިސާބުން ބޭރުގައި. ފަހުން ގުޅާލައްވާ” ޔައުލާ މާޔޫސްވިއެވެ. ކުއްލިއަަކަށް ފޯނު ރިންގްވާން ފެށިއެވެ. “ހަލޯ…. ޔައުލާތޯ؟ ފަހިމަގު ދޯނި ބަންޑުންޖަހާލައިގެން ޔުމާން އެކަނި ނުފެނުނީ. އެންމެން އެބަ ރަށަށް ގެނޭ” ފަހުތަންކޮޅު ޔައުލާއަށް އަޑު ނުވެސް އިވުނެވެ. ލިބުނު ސިހުމާއެކު ޔައުލާގެ އަނގައިން އާހެއްގެ އަޑު ނުކުތެެވެ. އެވަގުތުވީ ޔައުލާގެ ދަރިފުޅު މި ދުނިޔެއަށް ނޭވާލީ ފުރަތަމަ ވަގުތުކޮޅެވެ. ތުއްތުކުއްޖެއްގެ ރުއިމުގެ އަޑަށް ޖެހިގެންހުރި ގެގައި އުޅޭ ނަފީސާގެ މަންމަ ހުތްމަރިޔަނބު ދައިތަ އައިސް ގެއަށް ވަނެވެ. އޭނާއަކީ މަޝްހޫރު ފޫޅުމައެއް ކަމުން ޔައުލާގެ ހުރިހާކަމެއް ކޮށް ނިންމާލިއެވެ،
___________________
“އަަހަރެން ޔުމާންގެ އިންތިޒާރުގައި 2 އަހަރު ހުރެފައި ޔަނާލަށް ބައްޕައެއްގެ ލޯބި ބޭނުންވާނެތީ ހަސަން އަހަރެންގެ ކައިވެންޏަށް އެދުމުން އަަހަރެން އޭނަޔާއިނީ. ނަމަވެސް އަހަރެންގެ ހިތުގައި މިއަދާއި ހިސާބަށްވެސް ފެވިފައިވަނީ ތިނަން.” ޔައުލާ އަސަރާއެކު ބުނެލިއެވެ. “އަހަރެން ސަލާމަތްކުރި މީހަ ބުނީ މަހަށްގޮސް އުޅެނިކޮށް ފިލާގަނޑެއްގެ މަތީ އަހަރެން އޮޔާދަނިކޮށް ފެނުމުން ނެގީއޯ. އޭރު އަހަރެންގެ ހެޔެއްނެތް ނަމަވެސް ވިންދުހުރީމަ ހޮސްޕިޓަލަށް ގެންދިޔައީ. 18 އަހަރުފަހުން އަހަރެން މިދުނިޔެއަށް ލަޯހުޅުވާލީ އެކަލާނގެ ރަހްމަތްފުޅުން. އަލްހަމްދުﷲ ” ޔުމާން ބުނެލިއެވެ
* * * * *
. ޔަލާގެ މޫނުބަލާ ވަގުތު ޖެހުނުއިރު ޔަނާލްގެ ހިތަށްވަނީ ނޭނގޭ ހުސްކަމެއްވެރިވެފައެވެ. އެތުއްތު ރުއިމުގެ އަޑުދެން ނީވޭނޭ ހިތަށްއެރިޔަސް އެހިތަށް އެތަކެއް ޒަޚަމްތަކެއް ލިބެއެވެ. ޔަނާލްގޮސް މަޑުމަޑުން އެ މޫނުގައި ބޮސްދީފައި “އިންޝާﷲ. ދޮންއާއި ކޮއްކޮއާއި އަދި ބައްދަލުވާނޭ” ބުނެލިއެވެ. އެއަޑުުގައިވި ރިހުން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ފިޔާތޮށި ކުޑަކުޑަ ތުންފަތާއި މޫނުގައިވެސް ވަނީ އުޖާލާކަމެވެ. ޔަނާލަށް ކެތްނުކުރެވިގެން ބެންޗަށް ނުކުތެވެ. އޭރު ޔުމާންވެސް ޔައުލާ ހަމައަކަށް އަޅުވަން މަސައްކަތްކުރަނީއެވެ. “އަހަރެން ހަސަނަށް ކިތަންމެ ނަފްރަތެއް ކުރިޔަސް އަހަރެން ޔަލާދެކެ ނުހަނުލޯބިވަން. އެދަރިފުޅާއެކު ހޭދަކުރެވުނު މަދު ވަގުތުތައް މިހިތުގައި ބިންވަޅުނެގިފައިވޭ.” ޔައުލާ އެއްދިމާލަކަށް ނަޒަރު ހުއްޓާލައިިގެން އިނދެ ބުންޏެވެ. “އަހަރެންގެ ބަނޑުން ނުވިހިއެއްކަމަކު އެދަރިފުޅު އަހަރެންގެ އަތުތެރެއަށް ލީވަގުތުކޮޅު ކުރެވުނީ ތަފާތު އިހްސާސެއް. ފުރަތަމަދުވަހުއްސުރެ އެދަރިފުޅަށް ލޯބިދޭން އަޒުމްކަނޑައެޅިން. ނަމަވެސް އެކަމަށް ހުރަސް އެޅީ ތަގްދީރު” ޔަނާލް ރޮވިފައިހުރެ ކިޔާލިއެވެ.
* * * * *
އެނދުމަތީގައި އޮށޯވެލައިގެން އޮތް ޔާއިންގެ ޚިޔާލުތައް ގުޅިފައިވަނީ ޔަނާލްއާއެވެ.. ގުޅަން ހިތަށްއަރާ ކޮންމެ ފަހަރަކު ހަނދާންވަނީ ނަތާޝާގެ އިންޒާރުގެ މަތިންނެވެ.
__________
5 ގަޑިއިރު ކުރި
ނަތާޝާއާއި ޔާއިންތިބީ ކޮފީކްލަބެއްގައެވެ.. “މާ ވާހަކަ ދިގުނުކޮށް ކުރަންވީ ކަންތައް ބުނެބަލަ” ޔާއިން ހިތްހަމަނުޖެހޭގޮތް ވިއެވެ. “މަށަށް އެނގޭ ކަލޭ އެމުޑުދާރު ޔަނާލްދެކެ ލޯބިވާކަން. އޭނަޔާއި ދުރުވާންވީ،” ނަތާޝާ ބުންޏެވެ. “އާނ. ލޯބިވޭ. ދުރެއްވެސް ނުވާނަން. ކަލެއަށް ކީއްކުރެވޭނީ؟” ޔާއިން ބާރުލާފައި ބުނެލިއެވެ. “ކުރެވޭނެ ކަންކަން ބައިވަރު. ޔަނާލް މަރާވެސް ލެވިދާނެ. އަދި ކަލޭގެ ކޮއްކޮ ޔާޝާ ރޭޕްވެސް ކޮށްލެވިދާނެ” ނަތާޝާ ބުނެލިއެވެ. ނަތާޝާގެ ރަހުމްކުޑަކަން ފެނި ޔާއިން އިނީ ބިރާއި އެއްވަރަށް ހައިރާންވެސް ވެފައެވެ. “އަހަރެން…. . . ދުރުވާނަން.” ތުރުތުރުއަޅާ އަޑަކުން ޔާއިން ބުނެލިއެވެ. އަދި އެތަނުން ދިޔައެެވެ. “ބިފޮރ މައި ސެންޓެންސް ! އާނ. ލޯބިވޭ. ދުރެއްވެސް ނުވާނަން ކަލެއަށް ކީއްކުރެވޭނީ؟ އާފްޓަރ މައި ސެންޓެންސް! އަަހަރެން ދުރުވާނަން” ނަތާޝާ ޔާއިން ކީ ރާގަށް ހީހީފައި މޮޔައެއް ފަދައިން ކިޔަމުން ދިޔައެވެ. “ހަހަަހަ، ބޮލެއްވެސް ނެތްގަޅިއެއް. ހަމަ ކޮޕުންނަށް ރިޕޯޓްވެސް ކުރެވުނީސްތާ؟” ބަލާބެލުމަށްްް ނަތާޝާ ހީވާނީ ދުނިޔެއިން މޮޔަވެފައި އިން އަންހެނެެއް ހެންނެވެ.
* * * * * *
ޔަނާލް އެނދުގައި އޮވެެގެން ހިތަށް އެެރިއެވެ. މާހިންގެ އުނދަގުލެއް ނުޖެހޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަނެެއްކާ ކިހިނެއް ވީބާއެވެ؟ އަޅެ ގުޅާލަން ވެއްޖެއެވެ. “ހަ..ހަލޯ” ޔަނާލް ގޮވާލިއެވެ. “ވައަލައިކުމުއްސަލާމް. ވާހަކަ ދައްކަނީ މާހިން” އެކޮޅުން ބުނެލިއެވެ. “މި…މި. ޔަނާލްއޭ” ޔަނާލް ބުނެލިއެވެ. “ޔަނާލް. އަހަރެންނަށް މައާފްކޮށްދީ. ޔަނާލަށް ދެރައެއް ދީފައި ވަކި އަހަރެންނަކަށްވެސް އުފަލެއް ނުލިބުނު. އެރޭ ގެއަށް ދަނިކޮށް އަހަރެންް އެކްސިޑެންްްޓްވީ. އޭގެސަބަބުންް އަހަރެން ނުކުޅެދޭ މީހަކަށްވީ” މާހިން ރޮވިފައި ބުންޏެވެ. “ހެޔޮ ވިސްނުނީތީ އުފާކުރަނ. އިންޝާﷲ މާހިންއަށް އަދި ހިނގޭނެ. އަހަރެން މާހިންއަށް މައާފްކޮށްފިން” ޔަނާލް ބުނެލިއެވެ. އަދި ފޯން ކަނޑާލިއެވެ. ޔުމާން ކޮޓަރިއަށް އައިސް ވަނީ އެވަގުތުއެވެ. “ދަރިފުޅާ. ދަރިފުޅަށް ތި އަނިޔާދިން މީހުން އިންސާފްްގެ ކުރިމއްޗަށް ގެންނާނަން.” ޔުމާން މިހެންްްބުނެ އެތަކެއް ވާހަކްަތަކެއް ދައްކާފައި ކޮޓަރިންްް ނުކުތެވެ.
* * * * *
ބޯޑިން ޕާސް ދައްކާލުމަށްފަހު އެކުޑަަ އާއިލާ ގަަތަރު އެއަރވޭސްގެ ފްލައިޓަށް އަރަން ދިޔައެވެ. ޔަނާލް ބަނޑުބޮޑުކަމުންް ޔުމާންވަނީ ޔަނާލްއަށް ފަސްޓް ކްލާސްގެ ސީޓެއް ބުކޮކޮށްދީފައެވެ. އެދެމަފިރިން ޓިކެޓް ނެގީ އިކޮނޮމީ ކްލާސްއިންނެވެ. 10 ވަރަކަށް މިނެޓްފަހުން ބާރުދުވެލީގައި ފްލައިޓް ނައްޓާލިއެވެ. ގެއްލެމުންދާ ކުދިކުދި މުތީތަކެއްފަދަ ރާއްޖެއަށް ބަލަހައްޓައިގެން ޔަނާލް އިނެވެ. “މި ފަސްގަނޑު ދޫކޮށް މިއަދު ދިޔަޔަސް އަހަރެން އެނބުރި އަންނާނަން. ނަފީސާއާއި ހަސަނު އަދި ނަތާޝާއަށް އެމީހުން ކުރި ކުށުގެ ބަދަލްދޭނަން. އިންޝާﷲ. ދެން އެނބުރި އަންނާނީ އެހެން ޔަނާލެއް. ހިތްވަރުގަދަ ޔަނާލެއް. އަންހެނުންނަށް ހުރި ނަމޫނާއަކަށް އަހަރެން ވާނަން.” ޔަނާލް ކިޔާލިއެވެ.
_____________
5 އަހަރު ފަސް
“މަންމީ! ބަލާލަބަ. ކޮއްކި އެކަނި މިއަދު ރީތިވެލީ” 4 އަހަރާއި ބައިގެ ތުއްތު ޔުއާން ވާހަކަދެއްކިއެވެ. ކޮޓަރިއަށް އައިސް ވަން ޔަނާލަށް ޔުއާން ހުރިގޮތުން ނުހީއެއް ނުހުރެވުނެވެ. މުޅި މޫނުމަތީގައި ހުރީ ބޯބޯކޮށް ފުއްޖަހާފައެވެ. “މަންމީ. އާންގެ ބައްޕި ކޮބާތަ؟” ޔުއާން މައުސޫމުގޮތަކަށް އަހާލިއެވެ. އެއާއިއެކު ޔަނާލްގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. މިދުވަސް އަންނާނެކަން އޭނާއަށް އެނގެއެވެ. މިއީ ޔުއާން އޭނާގެ ބައްޕައާއި ބެހޭގޮތުން ސުވާލްކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ- 23

Next

އަހަރެންގެ ނަސީބު 2

Next
August 14, 2020

އަހަރެންގެ ނަސީބު 2

Previews
August 14, 2020

ނޭނގި ވެވުނީ ލޯތްބޭ- 23

22 Comments!

  1. AAN ❤️ says:
    August 14, 2020 at 11:29 pm

    V v reethi mi part ves… Konirakun tha nxt dear… Curiously waiting for the nxt part..

  2. Yeye says:
    August 14, 2020 at 11:46 pm

    Hehe thankyou so much next dho. Hmm I think Monday ga

  3. ukku says:
    August 14, 2020 at 11:52 pm

    Yeye kihinehtha cover photo lanyy??

  4. Yeye says:
    August 15, 2020 at 12:00 am

    Dash board ah gossa write a story from mobile ah laanee. Dhen ethauge waaiy falheegai innaane write a story jahaafa. Ethanah laifa liyanee. Dhen title liyefa episode liyefa dhen inaanee choose file jahaafa photo laa bai. Dhen photo laafa submit kuraany. Hope you got it now

  5. Meekkomee says:
    August 15, 2020 at 1:23 am

    Omg……???aalhyy keekubaa bunayy???? bye Masha Allah ?? varah Varah Reethi ?? mi part ves ☺️☺️☺️ Curiously waiting for the next ✌️ stay home be safe ✌️✌️??

    1. Yeye says:
      August 15, 2020 at 10:16 am

      Thankyou neynge dho. Let’s see. Next inshaallah mon day ga stay safe

  6. Xeen says:
    August 15, 2020 at 8:57 am

    Hii bro?
    Masha Allah V reethi mi part vx??????????
    Dhen vaane gotaka medhu varah curious vehje…Anyways bro Mi Vaahaka nimen den liyefa tha huhtaalanee..Aslu mihen mi ehee kurin part eh ga huhtaala kahala Vaahaka eh buneema.. Plx don’t mind ingey
    Stay Safe & Take care

    1. Yeye says:
      August 15, 2020 at 10:18 am

      Ok bunevunu viyyaa ehen ves dho. Aslu mi vaahaka ninmaafa hutaalanee. Dhen 20 varakah parts kamah mi balanee,.dhen madhuves ginaves vedhaane. And thank you so much. Take care

  7. ?#BLOSSOM#? says:
    August 15, 2020 at 9:38 am

    Hallow yeye..
    How have u been..?
    Vrh Salhi mi prt ves..
    Keep it up brw..
    Stay safe and tc gey brw
    Ly…❤❤❤

  8. Yeye says:
    August 15, 2020 at 10:20 am

    OMG blossom. Thank you so much. Now I feel better than before. Ly Take care

  9. ?Ril? says:
    August 15, 2020 at 10:50 am

    Hi bro ?????
    Mi part ves vrh Sali ???????
    Masha Allah????
    Yanaal ge dad fainally meet vee dhw yaulaamenaa Allhamdulilaahi????
    And mi nathaashaa haadha haa vaa nubaey dhw mibuny I will kill her I hate that three huh vrh foohi vey ????????
    And yuaan ey Hassan ge dahri eh dhw ?
    Waiting for the next♥️♥️♥️
    Luv uu.♥️♥️
    May God bless you ♥️?
    Stay safe?♥️♥️

    1. Yeye says:
      August 15, 2020 at 1:30 pm

      Hehe .thankyou yeah finally they met. Hmm Ives e 3 meehun dheke varah foohjvey. Next inshaallahnext Monday ga. Aameen. Stay safe

  10. Xaxa? says:
    August 15, 2020 at 11:57 am

    Wow Brown sugar vvvvvvvvvvvvvv reethi mi part ves…???? Maashaa Allah..Kihineh tha.. Haalu… Ey Miadhu Xaxa men geyga keyumeh onnaane anan vynu.. But Varah dhuru vaane.. Ehen ve busy koh Miadhu mi ulheny….

  11. Yeye says:
    August 15, 2020 at 1:32 pm

    Thankyou thankyou. ALHAMDHULLILLAH rangalhu vey eba. Ehentha but kevijje mihaaru

  12. Hafu says:
    August 16, 2020 at 5:52 pm

    Heii friend
    How r u now,hope u r feeling well
    Story is amazing,hama speechless vehje
    Yanaal ge real dad aa meet vee dhw
    Yuaan eyee hassan ge son eh that
    Curiously waiting for next part,when is next part
    And sorry for late comment ,today mi story up vefa in than fenunee that y avahah kiyaalaafa comment mi kuree

  13. Yeye says:
    August 16, 2020 at 9:07 pm

    Haahah thanks hafu. Aan meet vejje. Yah yuaan is a son of hassan. It’s ok. Comoment kohlyma hinhamajehijje

  14. ?Kukkyyy? says:
    August 18, 2020 at 1:43 am

    When is the next part Bro??

  15. Yeye says:
    August 18, 2020 at 8:49 pm

    I’ve submitted. Situn upload kuraany. Short story eh ves innaane. Eaky myge sis ehge vaahakaeh

  16. CrAzY?? says:
    August 19, 2020 at 11:09 am

    Kon irakun next part annani??????

  17. Yeye says:
    August 19, 2020 at 12:01 pm

    Idk. Situn up kuraane dhuvaheh alhugandakah neynge. Ekamaku Sunday ga submit kurin

  18. Xaxa? says:
    August 19, 2020 at 1:49 pm

    Khon short story eh ehkala you men talk kuri ethi tha………

  19. Yeye says:
    August 19, 2020 at 2:17 pm

    No my sister ehge story

Comments are closed.

Next Episodeވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )←


All Right Reserved!