އެދުވަސްތައް އަނބުރާ ލިބޭނެ ނަމަ…
އަހަރެންނަކީ ދުވާލުދާ ހަތަރުދަމު އޮފީހުގައި ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފެކެވެ. އަނބިދަރިންގެ ހާލު ބަލާލަން ގިނަފަހަރަށް އޮންނަނީ ވަގުތު ނުވެފައެވެ. އުމުރުން ފަންސަވީސް އަހަރު ވެފައި ވާއިރު އަހަރެންގެ ލޯބި ލޯބި އެއް އަހަރުގެ އަންހެން ދަރިއެއް ހުރެއެވެ. ދަރިފުޅަށް ވަގުތު ދޭން އަހަރެން ވަރަށް މަސައްކަތް ކުރަމެވެ. އެހެންނަމަވެސް ދުވަހުގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެކަން އޮންނަނީ ނުވެފައެވެ. ކުރެވޭނެ ވަކި ކަމެއް އެބަ އޮތް ހެއްޔެވެ؟ އަބިދަރީންގެ ހާލު ނުބަލާ މިހެން އުޅެން ހަދައިގެން ކަންތައްތައް ގޯހުން ގޯހަށް ދާންފެށިއެވެ.
މުހިންމު މަސައްކަތެއް ނިންމަން އިންދާ އަހަރެންގެ މަންމަ ގުޅިއެވެ. އަހަރެން މީ އެހެން ހުރިހާކަމަކަށްވުރެ އަހަރެންގެ މަންމަ އިސްކުރާމީހެކެވެ. ފޯނު ނެގުމާއި އެކު މަންމަ ދިން ހަބަރަކުން އަހަރެންގެ ހަޔާތް ހުއްޓުމަކަށް އައިކަހަލައެވެ. ޖަވާބުގައި ބުނާނެ ބަހެއް ކުރާނެ ކަމެއް ނޭނގިފައި ހުއްޓި ހުރެވުނެވެ. އަހަރެންނަށް ވާނުވާ އިގޭހާވީ ކުޑައިރުކޮޅެއްފަހުންނެވެ. ގައި ހުރި ބާރެއްލާފައި އޮފީޙުން ނުކުއްނަން ދުއްވައިގަނެވުނެވެ. އޮފީހުން ނިކުމެވުމާއި އެކު އަހަރެން މިސްރާބުޖެހީ އައިޖީއެމްއެޗް އަށް ދިޔުމަށެވެ. ދިޔަމަގުމަތީ ޓުރެފިކް ގައި ޖެހި ހޭދަވި މަދު ވަގުތުކޮޅުވެސް އަހަރެންނަށް ގަރުނެތްހާ ދިގުހެން ހީވެގެންދިޔައެވެ. އައިޖީއެމްއެޗް އަށް ވަދެވުމާއި އެކު އެމެޖެންސީ ރޫމް އާއި ދިމާލަށް އަހަރެން ދުއްވައިގަތީމެވެ. އެމެޖެންސީ ރޫމް ދޮރުމަތީ މަންމަ މާޔޫސީ މޫނަކާއި އެކު ހުއްޓި ހުރިތަން ފެނި އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ސިކުޑީގެ ކަނަކުން ރަތް ސިގްނަލް އަހަރެންނަށް ދޭޏްފެށިކަހަލައެވެ. ‘މަންމާ ރައި އަށް ކިހިނެއްވީ؟؟؟’ އަހަރެންގެ ލޯބިވާ އަންހެނުންގެ ހާލު އޮޅުންފިލުވަން އަވަސްވެގަނެވުނެވެ. ‘ ނޭނގެ ދަރިފުޅާ.. ދެންމެ ޑޮކްޓަރު ނުކުމެ ބުނި އަދިވެސް ހޭނާރައޭ.. ހޭ އެރީމައޯ ވަކިއެއްޗެއް ބުނަން އެނގޭނީ..’ މަންމައަށް ވެސް ވަނީ ރޮވިފައެވެ. ވާނީވެސް އެހެންތާއެވެ. ރައިޝާ އާއި އަހަރެން އިނދެގެން ގެޔަށް ގެނައިދުވަހުންފެށިގެން ރައިޝާ ވަނީ މަންމަގެ ހިތުން ހާއްސަ މަގާމެއް ހޯދާފައެވެ. އަމިއްލަ އަންހެންދަރިދެކެ ވާލޯބި އެމަންމަ ރައިޝާދެކެ ވެއެވެ. ރައިޝާ އަށް ވީގޮތް އޮޅުން ނުފިލާހާ ހިދަކު އަހަރެންނަށް ހަމަޖެހުމެއް ލިބޭނެހެނެއް ހިޔެއްނުވެއެވެ. ރައިޝާ ހޮސްޕިޓަލް އަށް ގެނެވުނީ މަންމައަށް އޭނަ ހޭނެތިފަ އޮއްވަ ފެނިގެންނެވެ.
ކުއްލިޔަކަށް އަހަރެންނަށް އަހަރެންގެ ދަރިފުޅުމަތިން ހަނދާންވިއެވެ. ‘މަންމާ އައިރާ ކޮބާ؟؟’ އައިރާ ނިދާފަ އޮތުމުން ބޮޑުދައިތަމެނާ ހަވާލުކުރިކަމަށް މަންމަ ބުނުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮއްލެވުނެވެ. ‘ ޕޭޝިއެންޓް ގެ އެހީތެރިޔާ’ އެމެޖެންސީ ރޫމްގެ ދޮރުހުޅުވާލާފައި ނިކުއިން ޑޮކްޓަރު ގޮވާލި އަޑާއި އެކު އަހަރެންނަށް އެދިމާލަށް ދުއްވައިގަނެވުނެވެ. ޑޮކްޓަރުގެ އިޝާރާތާއި އެކު މަންމަ އެމެޖެންޗީ ރޫމް ކައިރީ ބެހެއްޓުމަށްފަހު ޑޮކްޓަރުގެ ފަހަތުން ހިނގައިގަތީމެވެ. ‘ޕޭޝިއެންޓުގެ ސިކުޑީގައި ޓިއުމަރެއް އިންކަން އެނގިލައްވާތޯ؟’ ޑޮކްޓަރުގެ ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު ޑޮކްޓަރު ކޮށްލި ސުވާލުން އަހަރެންގެ ހިތްފަޅައިގެން ދިޔަކަހަލައެވެ. އަވަސް އަވަހަށް ބޯހޫރާލެވުނެވެ. އަގައިން ބުނަން އަގަ ހުޅުވުނު ނަމަ ވެސް އަޑުނުނިކުތެވެ. ‘ މީ ހިތްވަރު ކުރަންވީ ވަގުތު. ވަރަށް ކެތްތެރިވާން ޖެހޭނެ…. ރައިޝާގެ ބޮލުގައި ޓިއުމަރެއް އެބައިން… މިހާރު ހުރި ސުޓޭޖުން ދިރިހުންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަ. އޮޕަރޭޝަން ކުރެވިދާނެ އެކަމު ދިރިހުންނާނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނުދެވޭނެ.. އެހާވެސް ކްރިޓިކަލް ހާލަތެއްގައި ރައިޝާ މިހާރު އެވަނީ… ‘ ޑޮކްޓަރުގެ ދުލުން ނުކުއިން ކޮންމެ ބަހެއް އަހަރެންނަށް އިވެމުން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. ދުނިޔެ ހުއްޓުންކަހަލައެވެ. ބޭރަށް ނުކުމެގެން މަންމަ ގާތަށް ލަސް ފިޔަވަޅުތަކެއްގައި ދިޔުމަށް ހިނގައިގައިން އިރު އަހަރެންގެ ކުރިމަތިން މާޒީ ފެންނަމުން ދިޔަކަހަލައެވެ. އެ ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް ހޯސްލާފައި އޭގެ މަގާމު ދޫކޮށް ފައިބަން ފެށިއެވެ. މަންމަ ގާތަށް ދެވުމާއި އެކު މަންމަގެ ގައިގައި އަހަރެންނަށް ބައްދާލެވުނެވެ. ‘ދަރިފުޅާ ކިހިނެއްވީ..؟ ކީކޭ ޑޮކްޓަރ ބުނީ.’……’ މަންމާ އަހަރެންގެ ރައި… މީ އަހަރެންގެ ފަރުވާ ކުޑަކަން ދޯ.. މަންމާ ރައި ބޮލުގަ ރިއްސާތީ ހާދަ އުޅެއޭ… ފަސް މަސް ވަރު ވެދާނެ… އަހަރެން ހީކުރީ އައިރާގެ ހަލަނިކަމުން ކަމަށް.. އަހަރެންނަށް އެކަން އެގޮތަށް ދޫކޮށް ނުލެވުންނަމަ….’ އިތުރަށް އަހަރެނަން ވާހަކަ އެއް ނުދެންކުނެވެ..’ ދަރިފުޅާ.. ކީކޭތަ ތިކިޔަނީ.. ނިކަން ހުއްޓާލާފަ މަންމަ އަށް ބުނެދީބަލަ.. ރައި އަށް ކިހިނެއްތަ ވީ.’ އަހަރެންގެ ގައިގާ ފިރުމަމުން މަންމަ އަހަރެންނާ ވާޙަކަ ދެއްކިއެވެ.. އަހަރެން ވަކި ބުނަން އޮތީ ކީކޭހެއްޔެވެ. ‘މަންމާ.. ރައި އެއުޅެނީ އަހަރެން ދޫކޮށް ދާން.. ރައި ގާތު ބުނެބަލަނުދާށޭ. އަހަރެން ދެން ރައި އަށް ވަގުތު ދޭނަމޭ… މަންމާ ރައި ބޮލުގަ ޓިއުމަރެއް އެބައިން.. ޑޮކްޓަރު ބުނީ އޮޕަރޭޝަން ކުރިޔަސް ސަލާމަތް ވާނެކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތޭ.. މީ އަހަރެންގެ ކުއް ދޯ މަންމާ؟؟ މަންމާ.. މަންމަ ބުނީމަ ރައި އަޑު އަހާނެއޭ.. މަންމަ ބުނެބަލަ ރައި ކައިރީ އަހަރެން އެކަނި ކޮށްފަ ނުދާށޭ..’ ކުއްލިއަކަށް މަންމަގެ ފިރުމުންތައް ހުއްޓިގެން ދިޔައެވެ. އިވުނު ވާހަކަ ގަބޫލް ނުކުރެވުނީކަން އަހަރެންނަށް ވެސް އިނގެއެވެ. ހުދު އަހަރެންވެސް ހަގީގަތް ގަބޫލް ކުރާކަށްބޭނުމެއް ނޫނެވެ.
އޭގެފަހުން ހަފްތާއެއް ފާއިތުވީއެވެ. ރައިޝާގެ ހާލަތަށް ކުޑަވެސް ކުރިއެރުމެއް ނުލިބެއެވެ. ރައިޝާގެ ހާލު ދުވަހެއްދުވަހެއް ދިޔައީ ދައްވަމުންނެވެ. އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. މަންމަ ނެތުމުގެ ޝަކުވާ އައިރާ ކުރަމުން ދެއެވެ. ރައިޝާގެ ހާޅު އެ ކުޑަ ކުޑަ ދަރިފުޅަށް ވިސްނައިދޭނޭ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. މަންމަ އަންނާނެ އޭބުނެ ދަރިފުޅު މަސަލަސްކުރަމުން ދިޔައީމެވެ. އަބަދު މިހެންބުނެ ނިންމާނުލެވޭނެކަންވެސް އިނގެއެވެ. ކުޑަ ކުޑަ އައިރާއަށް އޭނަގެ މަންމަ މި ދުނިޔެއާ ވަކިވެއްޖެއްޔާ ވާނެގޮތް ވިސްނާ ވިސްނާ އަހަރެންގެ ބޯ ފަޅައިގެން ހިގައިދާނެހެން ހީވެއެވެ. ކުއްލިޔަކަށް ރައިޝާގެ ގަޔަށް ގުޅާފައިވި މެޝީންތަކުން އަޑު ކިޔަންފެށިއެވެ. ނަރުހުންނާއި ޑޮކްޓަރުންގެ ހަރަކާތްތަށް އަވަސްވެގެން ދިޔައެވެ. އެމީހުންގެ ހަރަކާތްތަކެކޭ އެއްފަދައިން އަހަރެންގެ ހިތުގެ ހިގުންވެސް އަވަސްވެގެން ދިޔައެވެ. އަހަރެންގެ ހިތެކޭ ފަހާ ފޮއްޓެއްގެ ދަތްގަނޑެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
އަހަރެން އިންތިޒާރުކުރަމުން ދިޔައީ ޑޮކްޓަރ ނުކުންނާނެ އިރަކަށެވެ. ގަޑިއެއްހާއިރުފަހުން އަހަރެންނެ އިންތިޒާރަށް ނިމުމެއް އައެވެ. ޑޮކްޓަރާއި ދިމާލަށް ނަގަމުން ދިޔަ އަވަސް ފިޔަވަޅުތަށް ލަސްވެގެން ދިޔައީ އެ މޫނުމަތިން ފެނުނު މާޔޫސް ކަމުންނެވެ. ‘ ވީއާރ ސޮރީ.. އީ ކުޑުންޓް ސޭވް ޔުއަރ ވައިފް’ އަހަރެންގެ ނުދިޔެ ހުއްޓުން ކަހަލަ އެވެ. ރޯން ނޭނގިފައި ހުރިތަނަށް ތިރިވެވުނެވެ. ހަމަހޭވެރިކަމެއް ވީ ޑޮކްޓަރ ހިތްވަރު ކުރަންބުނެ އަހަރެންގެ ކޮޑުގައި ޖަހާލުމުންނެވެ. ނޫނެކޭ ބުނެ ރޮއެގަނެވެނުވެ.
އަހަރެންގެ މުޅި ދިރިއުޅުން ކަމަށްވާ އަހަރެންގެ ލޯބި ދަރިފުޅުގެ ހައްގުގައި އަހަރެން ނެތް ހިތްވަރު ނެރުނީމެވެ. ރައިޝާގެ މަރަށް ފަސް ހަފްތާ ފުރުންފަހުން އަހަރެން ވަޒީފާއަށް ނުކުންނަށް ފެއްޓީމެވެ. ހުރިހާ ކަމެއްވެސް މަޑުމަޑުން ހަމަޔަކަށް އެޅެމުން ދިޔައެވެ. ކުރިން އަހަރެންގެ ގިނަވަގުތު މަސައްކަތަށް ހޭދަކުރިޔަސް މިއަދު އަހަރެންގެ ގިނަވަގުތު އަހަރެން ހޭދަ ކުރަނީ އަހަރެނާއި ރައިޝާގެ ލޯބީގައި އެޅި ހަމައެކަނި މޭވާކަމުގައިވި އަހަރެންގެ ދަރިފުޅާއި އެކުއެވެ.
މާޒީއާއި އެކުވެގެން ދުވަސްތައް ދިޔަނަމަވެސް ކޮންމެ ރެއަކު އެތައްވަގުތެއް ރައިޝާގެ ހަދާނުގައި އަހަރެން ހޭދަކުރަމެވެ. މިއަދު އަހަރެނަށް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. އެދުހު ރައިޝާ ގާތު ވަގުތު ހޭދަކުރެވުނަނަމަ އަހަރެނަށް ރައިޝާ އަށް އަންނަމުން ދިޔަ ކޮންމެ ބަދަލެއް ފާހަގަ ކުރެވުނީހެވެ. މިއަދު ކިތަންމެ ނަމައިގަ ރިހަކައްކަން އުޅުނަސް އެއީ ވާނެކަމެއްނޫނެވެ. މިއަދު އަހަރެން ވިސްނަންވީ އައިރާ އާއި މެދުއެވެ. މާޒީގައި ވެވުނު އިހުމާޅު ދެން ތަކުރާރު ނުކުރުމަށް އަޒުމް ކަޑައެޅީމެވެ.
*****************
ބައްޕާ ކޮންހިޔާލެއްގަ؟؟؟؟ އަހަރެންނަށް ހަމަ ދުނިޔެއަށް އާދެވުނީ އައިރާ ގޮވާލުމުންނެވެ. ‘ދަރިފުޅު މަންމަ މަތިން ހަނދާންވީ.. އެނގޭތަ ދަރިފުޅުގެ މަންމަވެސް ކައިވެނިހެދުމުގަ ހުރީ ހަމަ ތިހެން.. ތިހާ ފުރިހަމަކަންމަތީ…’ އަހަރެންނަށް ހިޔާލީ ދުނިޔޭގައި ހުރެ އެހެން ބުނެވުނެވެ. ބުނެވުން އެތި އަހަރެނަން އިހުސާސްވީ އައިރާގެ މޫޏުގެ ކުލަ ފަޑުވުމުންނެވެ. ދަރިފުޅުގެ މި އެފާވެރި ރޭގައި ހިތާމަކުރާތަން ދެކެން އަހަރެން ބޭނުމެއްނޫނެވެ. އެހެންކަމުން ވާޙަކަ ބަދަލްކޮށް ދަރިފުޅު ހެއްވާލީމެވެ.
************ނިމުނީ**************
ނޯޓް: ހުރިހާ ކިޔުންތެރިންނަށް އަޟްޙާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން… ތިޔަ ހުރިހާ ކިޔުންތެރިންނަށްވެސް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.. އާމީން! ❤️
15 Comments!
Comments are closed.



Lam dhoonyyyaaaa….storyyy hama vvvvvvv salhi..maasha allahh??????????????????..keep it up lam gandey..lookin forward for ur new stories..ly?❤❤
Thank you gandeyyyyy….. Ly2❤️❤️?
Varah Varah Varah Varah reethi ❤️?❤️?
Maa sha Allah ?? keep it up darling ⚡
❤️?❤️?❤️ Love you lam puteee ?❤️?
Thank you livy… Love you too, ❤️
Varah reethi maasha Allah… Iburaiy theri vaahaka eh???❤️ keep it up
Thank you eekko❤️☺️
I hate you stories dear???it doesn’t have a climax or anything???I think you write rubbish on stories darling lam’aa
Thank yoy arishda khan… I’ll try my best to improve my stories.. ?
Arishfa*
Haadha handi koh comment thikuranyy “Arishfa khan”your comment is so negative ???Lam’aa please don’t listen to her?? I feel that you write amazing stories❤️❤️?I know you are an amazing writter
Thank you xuherr.. Its ok negative comments huriyas.. It helps me to improve my stories.. ?
Lam’aa Facebook,Viber,Instagram use kurantha??
Facebook, Instagram use nukuran.. Bt viber use kuran..
Heyy lamooo Viber number please????
[email protected] mi mail ah msg eh kollaa.. Public koh number bunan beynumeh noon..