Skip to content
އެސްފިޔަ

ފަނާ 1

ކަޅުފޮއި ރޭތަކުގެތެރޭން ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ ރެއެކެވެ.އަހަރެން ކޮޓަރިތެރޭ އޮށޯވެލައިގެން އޮތީ ގަނެއްފައިވާ ބިރެއްގެ ސަބަބުން ނުނިދިގެންނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުން ދިއައީ އަހަރެންހާ ކުޑަކުއްޖަކު މިބޮޑުގޭގައި އެކަނި ހުރީތީއާއި ބޭރުގައި އުފެދިފައިވާ ތުފާނުގެ އަޑު ގަދަ ކަމުންނެވެ. އަހަރެންގެ މަންމަ އާއި ދެ ކޮއްކޮ މާމަ ގެއަށް ދިޔަގޮތަށް ނައިސް މިހާރު އެތައް އިރެހޭދަވެއްޖެއެވެ. އަހަރެން ވިސްނިއަސް މަންމަމެން ތިބޭނީ އަރާމުގަ އުފަލުގައި ނިދާފަކަންވެސް އަހަންނަށް އެގެއެވެ. އަހަރެންގެ ހާލުކިތަންމެ ބޮޑަސް މަންމައަށް ކީއްހެއްޔެވެ؟ މިއޮތްބޮޑު ވިއްސާރައިގަ އެންމެ ކުޑަމިނުން އަހަރެންގޭގަ ސަލާމަތުން ހުރިތޯ ބަލާނުލައެވެ. ބަނޑުހައިވެގެން ގޮސް ހާންތިވާވަރު ވެއްޖެއެވެ ު ބިރުން ބޭރަށް ނުނިކުނައް ނިއްމައިގެން ހުރި އަހަރެންނައް ކެތްނުވާވަރު ވުމުން ތެދުވެ ސިޓިންރޫމަށް ނުކުމީމެވެ. އެތާނގެ ހުރިނަމަ ހުރިހާ ބޮއްކެއް ދިލުމަށް ފަހު ގަޑިއައް ބަލާލީމެވެ. މާތްކަލާކޯއެވެ. ގަޑިން މެންދަމުދޭއްޖެހީއެވެ. ބިރުން ވިރިގެންދާ ކައިރިވިނަމަވެސް ވެފާހުރި ހައިހޫނު ފިލުވުމަށް އައިސްއަލަމާރި ދޮރު ހުޅުވާ އޭގެ ތެރެ ރަގަޅަށް ބަލަލީމެވެ. އޭގެ ތެރޭހާވާލުމަށްފަހު އަހަނަށް މީރު ޗޮލްލެޓެކަައި ޖޫސްޕެކެޓެއް ހިފައިގެން ނިކަންއަވަހަށް ކޮޓަރިއަށްވަދެ ބަނޑު ހާކަން ފިލުވިއިރު އަހަންނެކޭ އަހަރުދުވަހު ނުކާހުރި ފަގީރެކޭ އެގޮތޭހިތަށް އެރިއެވެ. ލޮލުން ފައިބަމުން ދިއަ ކަރުނަތައް ހުއްޓުމަށް އައީ ހަށިގަނޑުން ހޫނުކަން ފިލީމައެވެ. ކައިނިންމާ ގޫސްބޮއެގެން އައިސް ޖައްސާލީ ނިދޭތޯއެވެ. އޭރުވެސް ވާރޭގެ އަޑު އިވެމުންދެއެވެ. ވެފައިހުރި ވަރުބަލިކަމަށް ލިބުނު އަރާމެއްގެ ސަބަބުން އިސާހިތަކު ނިދީގެ ތެރެއަށް އަހަރެން ގެބިގެން ދިއައެވެ.                                              ހެދުނުގެ އަލިކަންވެރިވިއިރު ފަޒާގެ ތެރޭގައި ފިނިފިނި ތެތްކަމެއް އެކުލެވިފައިވެއެވެ. އަހަރެންނަށް ހޭލެވިގެން ގަޑިބަލާލިއިރު ނުވައެއްޖެހީއެވެ. ގޭގެތެރޭގަ މަންމަ އުޅޭ ކަން އެގުމުން ހިތަށް ހަމަޖެހުމެއް ލިބިގެންދިއައެވެ. އަވަސްއަވަހަށް އަހަރެން ފެންވަރައިގެން ކާގެއަސް ދިއައިރު ގޭގަ މަސައްކަތް ކުރަންއުޅޭ ލަތާ ދައްތަ ހުރީސައިހަދާފައެވެ.އަހަރެން ކުޑަ ގޮތަކަށް ސައިބޮއިގެން ބޭރަށް ނުކުނަން މިސްރާބްޖެހިތަނާ ސިހިގެން ދިއައީ ފައިގަ އައިސް ޖެހުނު ކޮތަޅެއްގެ ސަބަބުނެވެ. އެނަގާގެން ތެދުވެބަލާލިއިރު ކުރިމަތީ އަލިފާން ނަޒަރަކުން މަންމަ ބަލަހައްޓައިގެން ހުއްޓެވެ. “ތީ ކަލޭ ދޮންތަ ސާއިގާ ފުރަންދަމުން ކަލެއަށް ދިންއެއްޗެއ،ް ކަލޭ ނޫން އެހެން ދަރިއެއް ޒުހޭރުގެ ހުންނަކަމެއް އެއަންހެނާ ގަނޑަކަށް ނޭގޭނެ ހުއް..ދެންވެސް ތިހިފައިގެން މިތާ ނުހުރެ ރައްކާވޭ މަކުރިމަތިން” މަންމަގެ ވިހަ ޖުމްކަ ކުރި އަސަރަވުރެ ދޮންތަ ފަރާތުން ލިބުނު ހަދީޔާގެ ސަބަބުން އަހަރެން ހުރީ އުފާވެފައެވެ. މާދަމައަކީ އަހަރެންގެ 12 ވަނަ އުފަންދުވަސްކަން ހަނދާންވީވެސް އޭގެ އެތެރެ ބަލާލީމައެވެ. ދޮންތަ ދިން ލޯބިޅޯބި ހެދުމުގަ އަތްްޖައްސާލައިގެން ހުރެ ހިތާހިތުން ސުކުރުވެރިވީ އުފަލުންނެވެ. އަހަރެންގެ ދޮންތަ ރަށައް އަންނަނީ ވަރަށް މަދުންނެވެ.ކެންސަރުގެ ސިކާރައަކަށް ވެފަވާ އެ ދައްތަ ނޫނީ އަހަންނާ ލޯބިން ވާހަކަ ދައްކާ މީހެއް އާއިލާގަ ނުވެއެވެ. ދޮންތަ ހުންނަނީ ރާއްޖޭން ބޭރުގަކަމުން ދޮންތަ ފެންނަނީ ހާހަކުން ފަހަރަކުވެ. އެކަމުވެސް ސަކުވާއެއް ނެތެވެ.އަހަރެންގެ ދުއާއަކީ ދޮންތަގެ ބަލީހާލް ރަގަޅުވެ އެނބުރިއައުމެވެ. ދޮންތަގެ ހިޔާލުގައި އަހަރެން އަރަގުވަނިކޮށް އިވެންފެށީ ގޭދޮރުގެ ބެލް ރިންގްވާ އަޑެވެ. ލަތާ ގޮސް ދޮރުހުޅުވިއިރު ކުރިމަތީ ހުރި މީހާފެނި އަހަރެންގެ ހަތަރެސްފައި ގަނޑުވެގެން ދިޔަކަހަލައެވެ…….(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. I-RaM

    sorry kurukoh genesdhevuneema but dhn ragalhuvaane. thix is my first story ehnveema kuh hunnanekamah gaboolkuran kuriah oithaaga rangalhuvaane. insha Allah

  2. Thaathi

    Its Ok ey hama.. kuriah dhey

  3. athoo

    Thafaathu vaanrhen hewvey nice starting

  4. aisheen

    Nice whn next prt

  5. shafu

    …:)…..NYC STORY

  6. eyma

    varah nice story akah vaanehen heevey

  7. faathun

    Thafaathu story akah vaane hen heevey

  8. nazoo

    Story ga feshun iru geyga ekani hurikama bunefa, aneh dhuhu geyga gengulhey meehaku huri kama bunima hamanujehey. Next time detail more and try not to bring confusion. Gengulhey meeha aki egeyga dhuvalu work kuran ais reygandu dhaa meehetho bunelun ves ok kaneyge. 🙂

  9. muthoo

    Daily workers will be there dw maybe like that try to be better nxt tme . Nyc to c new story

  10. shifa

    Salhi..lukn forward t the next part..

  11. Anonymous

    Reethivaane hen heevey

  12. nishy

    Reethi vaane hen heeevanee

  13. Faruu..

    Lathaa Aa Behey GOthun DetaiL LiyeLi Nama.. Heheh But Reethi.. 🙂

  14. xy

    Nyc

  15. ermaal

    Nice

  16. Dimple Garl

    Varah Reethi

  17. mahi

    reethi hen hee eh nun veny asluves varah reethi

  18. Cher

    Salhi starting eh…lookin forward to the next part

Comments are closed.