ރޭގަނޑުގެ އަދިރިކަން ދުވާލުގެ އަލިކަމަށް ބަދަލުވަނީއެވެ.އާދުވަހުގެއިރާއެކު ކަޅުވެފައިވާ އުޑުމަތި ދިޔައީ އަލިވަމުނެވެ.ހިމޭން ވެފައިވާ ޔަނާލްގެ ކޮޓަރިތެރޭގެ ހިމޭންކަން ނަގައިގެން ދިޔައީ ރިންގުވާން ފެށި ޔަނާލްގެ ފޯނުންނެވެ.ފުން ނިދީގައި އިން ޔަނާލް މޭޒުމަތީ އޮތް ފޯން ނަގަން އުޅެނިކޮށް އެދުން ވެއްޓުނެވެ.ކައްނެތް ވަތަރަކައް ތެދުވެ ފޯންނަގައި އެލާމް ކަޑާލާފަ ފެންވަރަން ދިޔައެވެ.ފެންވަރާގެން ނިކުމެ ވި އެންމެ ރީއްޗެ ވާން ފެށިއެވެ. ތައްޔާތުވެ ނިމުމާއެއްކޮށް ޔަނާލް ލޯގަނޑު ކުރިމަތީ ހުރެ އަލްސަން އާ ވާހަކަ ދައްކާނެ ގޮތެއް ބަލަމުން ދިޔައެވެ.ހިތްހަމަ ޖެހޭވަރަށް އަމިއްލަ ނަފްސާވާހަކަ ދައްކާފަ ބައްޕަ އަލީ ހެދުނުގެ ނާސްތާ ކާން ގޮވުމުން ދަބަސް ހިފާގެންް ބަދިގެއައް ދިޔައެވެ. ބަދިގެއައް ވަދެ ބައްޕަ އައް ތަށިތައް މެޒުމަތީ ބަހައްޓާ ދީފަ އަލަމާރިން ކިރުޕެކެޓުނަގާ ތަށިތަކަށް އަޅާ ކާން އިށީންނެވެ.ގޭތެރޭގައި ވީ ހިމޭން ކަމެވެ.އެހިމޭން ކަން ދިޔައީ އަލީ ވާހަކަ ދައްކަން ފެށުމުންނެވެ.”ދަރިފުޅާ މިއަދުތަންކޮޅެއް އަވަހަށް ގެއައް އަންނަޗޭ…މިއަދު ރެސްޓޯރެންޓުގެ އާސާމާން އަންނާނެ..ބައްޕަ އަށް ކުޑަކޮށް އެހީ އެއް ފޯރުކޮއްދޭން..”ޔަނާލް އޭނާގެ ބައްޕަ އައް ބަލާފަ ރުޅިމޫނު ދައްކާލިއެވެ.”ބައްޕާ!!ދެން ތިކިޔަނީ އަހަރެން ބައްޕަ އަށް އެހެން ދުވަސް ތަކުގައި ބައްޕައަށް އެހީ ނުވެޔޭތަ؟” ތުބު ދިއްކުރަމުން ޔަނާލް ބުނެލިއެވެ.”ނޫނޭ ދަރިފުޅާ..ދަރިފުޅު އެކުވެރިންނާ އެކު ތަނަކަށް ދާނެތީ ކުރިން ބުނެލީ..”އަލީ ބުނެލިއެވެ.”ބަލައްޗޭ މިއަދު ބައްޕއަށް އެހީވާން އަހަރެން ގެއައް އަންނާނީ އެކުވެރިން ގޮވާގެން”ހީލަމުން ޔަނާލް ބުނެލިއެވެ.”އެކުދިންނަށް މިރޭ ކުޑަ ކެއުމެއް އޮންނާނެ..ބައްޕަ އެކުދިން ކޮއްދިން ކަންތައްތަކަށް ޝުކުރުއަދާކުރަން ޖެހޭނެއެއްނޫން؟”އަލީވެސް ހެވިލާފަ ހުރެ ބުނެލިއެވެ.”އާން…ބައްޕަ ގަޑިޖެހެނީ ދެން ދަނީ އިންގޭ؟..ބައީ”ދަބަސް ނަގައިގެން ގެއިން ނުކުންނަމުން ދަބަހުގައި ސިޓީ އޮތްތޯ ބަލާލިއެވެ.ދަބަހުގައި ސިޓީ ނެތުމުން އަބުރާ ކޮޓަރިއަށް ވަަދެ ސިޓީނަގައިގެން ސްކޫލާ ދިމާލަށް މިސްރާބުޖެހިއެވެ.މިމަންޒަރުބަލަން ހުރި އަލީ ހެވުނެވެ.”މައި!މައި ގެ ދަރިފުޅުވެސް މައި ގޮތަށް އުޅެނީ…”
- **************************
ގޭޓް ކާރިން ޔަނާލް އަށް އަލްސަން ފެނުނެވެ.”އަލްސަން!!” އަލްސަން އާ ދިމާލަށް ދުވަމުން ޔަނާލް ގޮވާލިއެވެ.ސްކޫލް ގޭޓުން ވަންނަންދިޔަ އަލްސަން ޔަނާލް އާދިމާލަށް އެބުރުމުން ޔަނާލް ސިޓީ ދިއްކޮށްލިއެވެ.”އ-ައަލްސަން މިސިޓީ- ބޭނުމެއް ނޫން”ޔަނާލް ކިޔަމުން ދިޔަ ޖުމްލަ މެދުކަޑަމުން އަލްސަން ބުންޏެވެ.ޔަނާލް އަށް ލިބުނީ ޝޮކެކެވެ.އަލްސަން އަށް ބަލާލިއިރު އޭނާ އެބުރި ހިނގާ ގަންނަނީއެވެ.”ތީ ހިތެއް ހުންނަ މީހެއްތަ؟އަތްވެސް ނުލާ،ނުވެސް ކިޔާ ހުރެ އެބަކިޔާ ބޭނުމެއް ނޫނޭ…”ހިތުގައި ޖެހުނުވަރުން ޔަނާލް ބުނެލިއެވެ.”އަހަރެން ސިކުޑިއެއް ނުހުންނަ އަންހެނުންނަށް ވަރަށް ފޫހިވޭ”އަލްސަން އެބުރި ޔަނާލް އަށް ބަލާލަމުން ބުނެލިއެވެ.ޔަނާލްގެ ބޮނޑު ދެލޯ ކަރުނުން ފުރި ބަނޑުން ޖެހުނެވެ.ޔަނާލް އަހަރު ވަންދެން ލޯބިވި އަލްސަން މިއަދު އޭނާގެ ހިތް ހަލާކު ކޮއްލިއެވެ.ކްލާސް ތަށް ނުފެށެނީ މުޅި ސޮކޫލަށް ޔަނާލް އަލްސަން އަށް ލޯބީގެ ސިޓީއެއް ދޭން އުޅުނުކަން އެގިއްޖެއެވެ.ޔަނާލް ކްލާހަށް ދިޔައީ ފުރަތަމަ ގަޑި ނިމުނީމައެވެ.ކްލާހުގައިވެސަ އެންމެން ދެއްކ އެވާހަކައެވެ.ޔަނާލްގެ އެންމެ ގާތް ދެ އެކުވެރިން މަލްސާ އަދި އައިނީ ޔަނާލް ގާތުގާހުރެ ޔަނާލް އަށް ހިއްވަރު ދިނެވެ.”އޭ ހާދަ ހިތް ކުދި މީހެކޭ..ޔަން އޭނަ މަތިން ހަދާން ނައްތާލާ..”ރުޅި އައިސްގެން ހުރެ މަލްސާ ބުނެލިއެވެ.”އާނ! ކްލާސް އޭގެ ކުދިން އަހަރެމެން މާދައް ކއްގެން އެއުޅެނީ އަހަރެމެންނަށް މާދަށުން ލިބޭތީ..”އައިނީ މައިސާ އާ އެއްބަސް ވަމުން ބުނެލިއެވެ.”އަ- ޔަނާލް!ޔަނާލް! ދޫނީ އޭ ތެދެއްތަ؟ ދޫނި ކީއްވެތަ އެކަހަލަ މީހަކުނުލިބިގެން ތި އުޅެނީ؟ދޫނިއަށް މަ މިހިރީއެއްނޫން؟”ޔަނާލް ވާހަކަ ދައްކަން ފެށިތަނާ ނާއިލް ހަޅޭލަވަމުން އައިސ ހުއްޓުނީ ޔަނާލް ކުރިމަތީގައެވެ.”އޭ ނާއިލް ހަޅޭނުލަވަބާ ނުފެނޭތަ ޔަނާލް ދެރަވެފަހިންތަން؟”މަލްސާ ނާއިލް އަށް ބަލާލަމުން ބުނެލިއެވެ.”އޭ ދެން އެންމެން ހުއްޓާލަބާ..މަގޭ މޫޑު އިތުރައް ނުބައި ނުކޮއް ހުއްޓާލާ..”މަލްސާ،ނާއިލް އަދި އައިނީ ޒުވާބުކުރަން ފެށުމުން ޔަނާލް ބުނެލިއެވެ.”އާނ! މިއަދު މަ އައީ ދޫނި އަށް އެއްޗެއް ކައްކާގެން”އަތުގާއޮތް ކޮތަޅުން ތައްޓެނަގާ ޔަނާލް ގެ ޑެސްކުމަތީ ބާއްވަމުން ތަށީގެ މަތި ހުހުވިއެވެ.”އާޗާ!! ނާއިލް ތަ މީ ކެއްކީ؟”އެއްއަޑުން ތިން ކުދިންވެސް އަހާލިއެވެެ.”މީ އަހަރެންގެ ވަން އެންޑް އޮންލީ ލަވް ޔަނާލްއަށް ހެދިއެއްޗެ”ނާއިލް އެހެން ބުނުމުން މަލްސާ އަދި އައިނީ ޔަނާލް އަށް ބަލާލިއެވެ.ޔަނާލް ސަމުސާ ނަގާ އެ ސޫޕް ފޮދެއް ބޯލިއެވެ.”މްމްމްމްމް ވަރަށް މީރު… މީތީގެ ރަހަ ބަލާފަވެސް އަހަރެން އުފާވެއްޖެ… ނާއިލް މީ ކުކުޅު މަސް ބޭނުން ކޮއްގެން ހެދި ސޫޕް އެއް ދޯ؟”ޔަނާލް ސޫޕް ބޯ ނިއްމާ ލަމުން އަހާލިއެވެ. ފުރަތަމަ ކްލާސް ފެށުމުން ހުރިހާކުދިން އެކުއްޖަކު ހުންނަ ގޮނޑި އަކަށް ދިޔައެވެ.
********************************************
ސްކޫލް ނިމިގެން ޔަނާލް އާއެކު މަލްސާން، އައިނީ އަދި ނާއިލް ވެސް އައެވެ. ގެއަށް ގޮސް ހެދުން ބަދަލުކޮއްގެން އެއްމެން ޔަނާލްގެ ބައްޕަގެ ރެސްޓޯރެންއަށް ދިޔައެވެ.ރެސްޓޯރެންޓް ގެ ހުރިހާކަމެއް ކޮއްނިމިގެން އެއްމެން އެކުއެކީގައި ޔަނާލް ގެ ގެއަށް ދިޔައެވެ.ކާ އެއްޗެހި ތައްޔާރު ކުރުމައް ފަހު އެއްމެން ކާން ފެށިއެވެ.ކާނިއްމާލާފައި ޔަނާލްގެ ބައްޕަ ޔަނާލް އާއި ޔަނާލްގެ މަންމަގެ ވާހަކަތައް ކިޔާދިނެވެ.”މީ ކާކު؟” ޔަނާލް ކުޑައިރުގެ ފޮޓޯ ދައްކަމުން ދަނިކޮށް ޔަނާލް އާ އެއްކޮށް އަންހެން ކުއްޖެގެ ފޮޓޯ ހުރުމުން އައިނީ އަހާލިއެވެ.”މިހާރު ނަމެއް ހަދާނެއްނެތް…އޭ ކުޑައިރު އެއްކޮ އުޅުނު ކުއްޖެ” ޔަަނާލް ފޮޓޮއަށް ބަލާލާފަ ބުނެލިއެވެ.”އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ދަރި އަލްސަން”އަލީ ބުނެލިއެވެ.”އޭޭއޭޭ!! އަލްސަން ގެ ނަންވެސް މަ ކުރިމަތީ ނުކިޔާތީ..ޔަނާލްގެ ހިތް ކުދި ކުދި ކޮއްލި މީހާއެއީ”ނާއިލް ފުންމާ ތެދުވެ ބުނެލިއެވެ.ގޮސް ގެ ފާރުގާ ބޯޖަހަން ފަށާފިއެވެ.”ނާއި-“ޔަނާލް ނާއިލް އަށް ގޮވަން އުޅެނިކޮށް މުޅިގެ ތެޅެން ފެށިއެވެ. ގެ ވެއްޓެން ދަނިކޮށް އެެއްމެން ގެއިން ނިކުތެވެ. އިރުކޮޅަކުން ރިޕޯޓަރުންނާ ފުލުހުން އެގެއަށްއައެވެ.އަށެއޮގެ ހަބަރުން މިހާދިސާ ދެއްކިއެވެ.އަނެއް ދުވަހު ސްކޫލަށް ދިޔައިރު އެންމެން ޔަނާލްގެ ވާހަކަ ދެއްކިއެވެ.މަލްސާ އަދި އައިނީ ޔަނާލް އަށް ހިއްވަރުދިނެވެ. ގޭޓުން ވަތް ތަނާ ފުރަތަމަވެސް ޔަނާލް ލޮލުގައަޅާ ގަތީ ކުދިން ކާރިޑޮނޭޓް ކުރަށޭ ބުނަން އިން ނާއިލް އަށެވެ. ދުވެފައިގޮސް ނާއިލް ކުރިމަތީ ހުއްޓުނެވެ.”ނާއިލް ތީކޮންކަމެއް؟ ހަމަ މިހާރު ހުއްޓާލާ .fr!އާ ލަދުން ޔަނާލް ބުނެލިއެވެ.”އެއްމެނޭ މިހިރީ ޔަނާލް ފުރަތަމަ އަލްސަނ އޭނާގެ ހިތް ހަލާކު ކުރީ ދެން ރޭގަ އާ ބިންހެލުވުމަކުން އޭނާގެ ގެ ހަލާކުވީ..” ޔަނާލް އަތުގާ ހިފާފަ ނާއިލް ބުނެލިއެވެ.”ނާއިލް ދެން ހު-ދުރުވެބާ..މުޅި ތަން ހިފަހައްޓާގެން ތިއުޅެނީ” ޔަނާލް ގެ ޖުމްލަ މެދުކެޑުނީ އަލްސަން ވާހަކަ ދެއްކުމުނެވެ.”އޭ! މީ ހުސް ތީނާގެ ކަންތައްތަކޭ..ޔަނާލް ގެ ސިޓީ އަތުލިނަމަ މިހެނެއް ނުވި”ނާއިލް އަލްސަން އަށް ބަލާލަމުން ބުނެލިއެވެ.”މިހާރު ބިންހެލުންވެސް އާދޭ މީހެއްގެ ސިޓީގައި އަތް ނުޖެހުމުން؟ ވާއު..އާން އޯކޭ މަ ދޭނަން 100 ރުފިޔާ”އަލްސަން ހެމުން ވޮލެޓުނަގާ 100 ރުފިޔާ ޔަނާލް އަތަށް ރުފިޔާ ދިއްކޮލިއެވެ.”އަހަރެން ބޭނުމެއޮ ނޫން ތީނަގެ އެހީއެއް މަ ދާނެ ގެއެއް ނެތަސް” ޔަނާލް އަލްސަން ގެ އަތް ފޮޅާލަމުން ބުނެލިއެވެ.” އާން އޯކެއި” އަލްސަން ހިނގާ ގަންނަމުން ބުނެލިއެވެ. ސްކޫލް ނިމިގެން ޔަނާލް މެން ހުންނަ އެޕާޓްމެންޓަށް ވަދެ ދަބަސް ޕެކްކޮއް ތަޔާރުވިއެވެ.ޔަނާލްމެން ޔަނާލްގެ ބައްޕަގެ އެކުވެރިޔާގެ ގެއަށް ބަދަލުވަނީއެވެ.ޔަނާލް ހުރީ ކުޑައިރު އެއްކޮށް ކުޅުނު އަލްސަން ނުފެނިގެންނެވެ.އެގެ ކުރިމަތީ ކާރު ޕާކު ކުރުމައް ފަހު ޔަނާލް އާއި އަލީ ގޮސް އެގޭގެ ރަނގަބިލުޖެހިއެވެ.”އޭ އަހުމަދާ! އަލީ އޭ އެއައީ…އަވަހަށް އާދޭއެތެރެއަށް espanolviagra.net..”ދޮރުހުޅުވި އަންހެންމީހާ ބުނެލިއެވެ. ދެމިހުންވެސް އެތެރަށް ވަދެ ސިޓިން ރޫމް ގާ އިށީންނެވެ.”ޔަނާލް ހާދަ ރީއްޗޭ! އަހަރެންނަށް ކިޔަނީ މައިމޫނާ..އެކަމް ދައްތައޭ ކިޔޭ..” މައިމޫނާ ބުނެލިއެވެ.”އާން”ޔަނާލް ހެވިލާފަ ހުރެ ބުނެލިއެވެ.”ކޮބާ މި އަލްސަން؟ އަލްސަން!އާދެބާ!” މައިމޫނާ އަލްސަން އަށް ގޮވާލިއެވެ.”ހައި އަހަރެންނަކީ މިގޭ އެންމެ ބޮޑު ދަރިފުޅު”ޔަނާލް ޖޫސް ތަށިން ކޯވަރެއް ބިގތަނާ ދެންނަ އަޑެއް އިވި އަނގަ އަށް ލި ޖޫސް ވަރާލަމުން ހަޅޭލަވާގަތެވެ.
**********************************************************************************
*ވާހަކާގެ މެއިން ކެރެކްޓާ ގެ ނަން މިހާރު ޔަނާލް އަށް ބަދަލު ވެއްޖެ*
އެކުވެރި ކިޔުންތެރިން..އުއްމީދު ކުރަން ޕްލޭފުލް ކިސް ގެ ފުރަތަމަ ޕަޓް ކަމުދިޔަ ކަމައް..އަދި މީ އަމިއްލަ ވާހަކަ އެއް ނޫން..މި ވާހަކަ އަކީ އަހަރެން ބެލި ކޮރެއަން ސީރީސް އެއް…އެކަމް އަމިއްލަ ބަދަލުތަކާއެކު…
9 Comments!
Comments are closed.

Ehbaa nufeney… Alun liyedhy… Plxxx
Yeah……..Alun liyedhyba plsssssssssssssssss?????????????????
Hey sis?… stry ge ehbai nufennany keehvetha????? vhk heevany v reethi vaanehen☺️… ekam vhk ge ehbai nufennany v undhagoovi kiyan??…ehkoh nuves kiyan?…
alun mi prt liyefa kiyaalan dheynekamah ummeedhu kuran?… v kiyaahithun mi hury??❣️?… can’t wait to read ur stry❤️????? good luck dear???… tc sis???… lysm darl????❤️
Darling… Hama kdrama playful kiss oih gothakannu miothy the thing about letter, chicken soup n stuff. I really hope meeethi oih gothah nuliyaaane kamah.. old don’t take it negatively…????
Wow?… V reethi mi part… I luv korean serieses too… Mihaaru vhk ehkoh eba fenny…
Dhenn onna baii avahah geness dhehh cheyy
Btw niceee stryyy❤❤
No offense but its just the same as Korean drama playful kiss….. Anyway reethi…. Hope k.drama ga veegothah nuve varah interesting vaane kamah…. N plx don’t feel bad I didn’t say that to make u feel bad… Just Hama bunely…
Hehe anyway waiting for the nxt prt… Tc
Vyhaaves bodah amihla vaahaka eh ufehdheythw masakkaiy kohlaa, eyrun bodah improve vaany… Furathama liyaa vaahaka ehaa rangalhu nuvedhaane, ekamaku amihla vaahaka egothah liyan feshyma madu madun rangalhu vamun dhaany
When is next part. Waiting for next part