ކުއްލި ބަދަލް (3)
ވެއިޓަރު އޯޑަރ ނަގާފައި ދިޔުމުން އެންމެން ވާހަކަ ދައްކަންފެށިއެވެ. މައުވާއަށް ކުއްލިއަކަށް ދަންނަ މީހެއް ފެންނަހެން ހީވާތީ ކުޑަކޮށް ބޯ އަރިކޮށްލާފައި ކުރިއަށް އިން މޭޒު ދޫކޮށް ދެން ތިބީ ކޮން ބައެއްތޯ ބަލާލިއެވެ. އެއީ ކާކުކަން ޔަގީންވުމުން މައުވާ ވަރަށް ހައިރާންވިއެވެ. އަނެއްކަ މިވަނީ ކީއްބާއެވެ؟ ހަމަ އެހައިރާންކަންމަތީ އިނދެ ކައިރީގައި އިން ޒީކްގެ އަތުގައި ކޮށްޓާލައި އެތަނަށް އިޝާރާތްކޮށްލިއެވެ. ޒީކްއަށް އެތަން ފެނުމުންވެސް ވީ ހަމަ މައުވާއަށްވީ ވަރެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިންއިރު ކަޅި ޖަހާނުލާ އިނީ ފެންނަ މަންޒަރު ގަބޫލު ނުކުރެވިފަހެން ހީވެއެވެ.
” އޭ ޒީ؟؟ ޔޫ އޯކޭ؟؟ އެ ކާކު؟؟؟” ޒީކް އެއްވެސް އެއްޗެއް ނުބުނުމުން މައުވާ އޭނަ އަތުގައި ހިފާ ތަޅުވައިގަތެވެ. އޭރުވެސް އިޔާޒްއާއި އެ ގޮތް ނޭނގޭ އަންހެން ކުއްޖާއަށް ބަލަން އިން ޒީކް އިނީ ގަބުވެފައެވެ. ހާމަ މާހައުލެއްގައި ގައިގޯޅިވެގެން އެކުއްޖައާއި ހީ ސަމާސާ އެކުރަނީ ހަމަ އިޔާޒް ބާވައެވެ؟ ޒީކް ބަލަބަލަ އިންދާ އިޔާޒް އެކުއްޖާގެ އަތަށް ބޮސްދިން މަންޒަރު ފެނި ހަމަހޭވެރިކަން ވިއެވެ. ” މައު.. އައިމް ގޮއިން.. މިތާ ތިބޭތި..” ޒީކް އެހެން ބުނެފައި އެއްވެސް މީހަކަށް ބަލާލުމެއްނެތި މިސްރާބު ޖެހީ އިޔާޒްމެން ތިބި މޭޒަށެވެ.
” އިޔާޒް..” ޒީކް އިޔާޒްއަށް ގޮވާލިއެވެ. ” ޒީ.. ޒީކް؟؟ މިތާ؟” ވަގަކު ފަޅާއަރައިން ބިރުގަންނަ ފަދައިން އިޔާޒް އުޅެން ފެށުމުން ޒީކްގެ ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ” ތި ކާކު؟” އިޔާޒްއަށް ޖަވާބެއް ނުދީ އެތާ އިން އަންހެން ކުއްޖާ ކައިރީ ޒީކް އެހިއެވެ. ” އަހަރެންމީ ކައިރާ.. އިޔާޒްގެ ލޯބިވެރިޔާ..” ކައިރާ ބުނި އެއްޗަކުން ޒީކްއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތްހެންނެވެ. ” ކޮންހާ ދޮގުތަކެއް ހަދާކަށް އޭން.. އިޔާޒް ފަހަތުން ތި ތެޅެނީ އިޔާޒް އެއީ އަހަރެންގެ ލޯބިވެރިޔާ ކަމެއް ނޭނގޭތަ؟ އަހަރެމެން އެކީގައި އުޅޭތާ މިހާރު ދެ އަހަރު ވާން މިއުޅެނީ.. އަހަރެމެން ދޭތެރެއަށް ވަންނަން ތީ ކާކުތަ؟” ދެރަވެފައި ހުރިވަރުން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގިހުރި ޒީކްއަށް އެންމެ ފަހުން ކައިރާގެ ގައިގައި ހިފާ ކޮށްޕާލެވުނީއެވެ. އޭރު އެތާ ތިބި އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ އެމިހުންނަށެވެ. ޒިޔާންމެން ވެސް ތިބީ ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައި ކަހަލައެވެ.
” އޭ ޒީކް.. އޭނަ ގައިގަ އަތް ނުލައްޗޭ.. މާ ފާޑުފާޑަށް އަނގަ ގަދަ ކުރަންޏާ ކުރީގައި ނުކުރާ ވަރުކޮށްލާނަން..” އެތާ ތިބި މީހަކަށް ބަލާލުމެއް ނެތި ޒީކްގެ ކޮލުގައި ހިފާ ބާރުކޮށްލި އިޔާޒް ހަޅޭއްލަވައިގަތެވެ. ” އޭ! އަތް ނުލައި އޭނަ ގައިގަ..” ޒީކްއަށް ހެދިހާ ގޮތެއް ހަދަންދެން ބަލަން ނުހުރެވުން ކިޔާން ވައިރޯޅިއެއްހާ ބާރުމިނުގައި އައިސް އިޔާޒްގެ އަތް ނައްޓުވާލިއެވެ. ” ކުރާނަން! ކަލޭތީ ކާކު އަހަރެމެން ދޭތެރެއަށް ވަންނަން؟” އިޔާޒްއައި ރުޅީގައި އަތުހުރި ބާރެއްލާފައި ވިހެލީ ޒީކްގެ ކަންކަށިމައްޗަށެވެ. އެކަމަށް ނުވިސްނާ ހުރި ޒީކްއަށް ފައި ހަމަނުކުރެވި އަރިއަޅާލިއެވެ. ނަމަވެސް ނުވެއްޓުނީ އަދިވެސް މިވާގޮތް ނޭނގި ބިރުން ހުރި ކައިރާގެ އެހީތެރިކަމުންނެވެ. އަނެއްކަވެސް އިޔާޒް ޖަހަން އަތް މަޅާލުމުން ޒީކްއަށް ބިރުން މޫނުމަތީގައި އަތް ހުރަސްކޮށްލެވުނެވެ. ނަމަވެސް އެ ހަމަލާ ނައުމުން ލޯ ހުޅުވާ ބަލާލިއިރު އެ އަތުގައި ހިފަހައްޓައިގެން ހުރީ ކިޔާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަތުރު ކަށިގަނޑަށް ބާރުކޮށްލި އިރު ރުޅިއައިސްގެން ކިޔާންގެ އަތްވެސް ތުރުތުރުލައެވެ. ” އޭ މާ މައްޗަށް ތިދަނީ އެނގޭ.. މީނަ މަގޭ އަތުން މިރޭ މަރުވާނެ.. ” އަބަދުވެސް ޒީކްއާއި ދިމާކުރާ ޒާން އެރޭ ހުރީ ކޮއްކޮ ދެކެ ލޯބިވާ ބޭބެއަކު އަންނަން ޖެހޭ ރުޅި އައިއްސައެވެ. ޒާން އެކަންޏެއް ނޫނެވެ. އެހެން އެންމެން ވެސް ތިބީ ރުޅިއައިސްގެން ގޮސް އިޔާޒްއަށް އަނިޔާ އެއްދެވޭ ވަރުވެފައެވެ. ނަމަވެސް އެ އެންމެން ހުއްޓުވީ ޒީކްއެވެ.
” ކުޑަބެ .. ޔާން .. މަޑު ..” ޒީކް އެހެން ބުނެލާފައި ވަނީ ކިޔާން އާއި އިޔާޒްގެ ދޭތެރެއަށެވެ. ” އަހަރެން މިހުރިހާ ދުވަހު އިޔާޒް ކުރިހާ ކަމެއް ކުރަންދެން ހުރީ އަހަރެންގެ އާއިލާ ކުރިމަތީ އަހަރެންނަށް މިކަން ކުރާނެ ކަމުގެ އުންމީދުގައެއް ނޫން.. އިޔާޒް އަހަރެންނަށް ޓައިމް ނުދިނަސް އަހަރެންނަށް ޗީޓް ކުރާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރަން.. އަބަދުވެސް އަހަރެން އިންތިޒާރު ކުރީ އިޔާޒް ބަދަލުވެގެން އަހަރެންނާއި އެކީ އުޅެން ތައްޔާރުވާނެކަމަށް.. ލުކް އެޓް ކައިރާ.. އޭނަގެ މޫނުން ވެސް އެބަ އިނގޭ އޭނައަށް އަހަރެމެންގެ ގުޅުން ނޭނގޭކަން.. ހަމަ އެކަނި ކައިރާތަ ތިހެން ތި ގެންގުޅެނީ؟ ޔޫ ނޯ ވަަޓް އިޔާޒް ފަޒީލް.. ޔޫ އާ ޑިސްގަސްޓިންގ.. ގޯ ޓު ހެލް.. މިނިމުނީ މިކަން.. ” ރުޅިއާއި ދެރަ އާއިއެކު އޭނަ ބޭނުންވާ އެއްޗެއް ބުނެފައި އިނގިލީގައި އިން އަނގޮޓި ނަގާ ދިނީ އިޔާޒްގެ އަތަށެވެ. އިތުރަށް އެތާ މަޑުނުކުރަން ޒީކް ދުވެފައި ނިކުތީ ރެސްޓޯރެންޓުން ބޭރަށްދާށެވެ. ކިޔާން ބުނެގެން ޒާން އާއި މާކިން ދިޔައީ އޯޑަރު ކުރި އެއްޗެހި ޕެކު ކުރާށެވެ. އެހެން އެންމެން ޒީކް ފަހަތުން ބޭރަށް ނިކުންނަން ދިޔައެވެ. ” ދެން ޒީކްއާއި ކައިރިވާން އުޅުނަސް.. ނިމުނީ..” ޒިޔާން އެހެން ބުނެފައި އަވަހަށް އެހެން މީހުނާ އަރާ ހަމަ ކުރިއެވެ. އިޔާޒް އޭރުވެސް ހުރީ ރުޅި އައިސްގެން ދެލޯ ވަށްކޮށްލައިގެންނެވެ.
******
ގޭތެރެއަށް ރޮމުން ދުވެފައި ވަތް ޒީކްއަށް އޭނާގެ މަންމަމެނަށް ފެންނާނެކަން އޭނަ ދަނެއެވެ. ޒީކްގެ ފަހަތުން ވަތް މައުވާވެސް ރޮވިފައި ހުރުމުން މިފްރާހުމެން ކަންތައް ބޮޑުވިއެެވެ. އެދެކުދިން ފަހަތުން އައި ކިޔާންއާއި އެކުދިންގެ ބޭބެމެންގެ މޫނުމަތިން ފެނުނު އަސަރުން ކޮންމެސްކަމެއް ގޯސް ވެއްޖެކަން އެންމެނަށްވެސް އެނގުނެވެ. ޒީކް ދުވެފައި މައްޗަށް ދިޔުމުން މައުވާވެސް ޒީކްގެ ފަހަތުން ދިޔައެވެ. ނަމަވެސް އެހެން ކުދިން މަޑުކުރީ ބައްޕަމެނަށް ޖަވާބުދާރީ ވުމަށެވެ. ޒިޔާދުގެ ލޮލުން ފެނުނު ރުޅިވެރިކަމަކީ މީގެ ކުރިން ދުވަހަކުވެސް އެކުދިން ނުދެކޭ މަންޒަރެކެވެ. ނަމަވެސް ޒިޔާދު މައިތިރިވީ އޭނާގެ ކޮއްކޮ މިފްރާހުގެ ސަބަބުންނެވެ. ޒިޔާންމެން މައްޗައް އެރިއިރު މައުވާ ޒީކްގެ ކޮޓަރި ދޮރުމަތީގައި ހުރީ ވަންނަން ނުކެރިފައެވެ. އޭރު ޒީކް އަލަމާރިން ނެރުން ފޮއްޓެއްގައި ހުރި އެއްޗެހިތަކެއް ވަރާލީއެވެ. އެއީ އިޔާޒް ހަދިޔާއަށް ދީފައި ހުރި އެއްޗެއްސެވެ. ހުރިހާ ހުޑީ ތަކެއްވެސް ބޮޑު ކަތުރަކުން ކަފާ ކުދިކުރިއެވެ. ޒީކް ހީވަނީ މޮޔަވެފައި ހުރިހެންނެވެ. ޒައިން ވަންނަން އުޅުމުން އޭނާ ހިފެހެއްޓީ ޒިޔާން އެވެ. ” ކިޔާން .. ދޭ ޒީކް ކައިރިއަށް.. އަހަރެމެނަށް ވުރެއް ބޮޑަށް ޒީކްއަށް މިގަޑީގައި ފަސޭހަވާނީ ކިޔާން އާއި ޝެއަރ ކުރަން.. ” ޒިޔާން ބުނި އެއްޗައް އެންމެން އެއްބަސް ވުމުން ކިޔާން މަޑުމަޑުން ކޮޓަރިތެރެއަށް ވަދެ ދޮރު ލަައްޕާލިއެވެ.
******
ޑްރެސިން ޓޭބަލް މަތީގައި ހުރި ހިކިފައިހުރި މާތަކާއި ހުސްވެފައި ހުރި ބައެއް ސެންޓު ފުޅިތައްވެސް ބިންމައްޗަށް އުކާލީ ދެރަވެގެންނެވެ. ރޮމުން ރޮމުން އެންމެ ފަހުން ޒީކް ވެއްޓުނީއެވެ. ކިޔާން ގެ ހިތް ހީވަނީ ފަޅައިން ގޮސްދާނެ ހެންނެވެ. ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އިޔާޒް ޒީކްގެ ގައިގައި ޖެހި މަންޒަރެވެ. އެ ހިތުގެ މަލިކާ ރޯތަން ބަލާކަށް ކިޔާން އަކަށް ކުޅަދާނައެއް ނޫނެވެ. ” ޒީ.. ޝޫޝްޝް.. ހުއްޓާލަބަ ޕްރިންސެސް.. ޔާން މިހިރީ އެއްނުން.. އާދެބަ..” ޒީކްގެ ކައިރީ އިށީނދެފައި އެމޭގައި ފޮރުވާލީ ހިތަށް ކެތްނުވެގެންނެވެ. އެތައް އިރެއް ވަންދެން ޒީކް ރޯން ފުރުސަތު ދީގެން ކިޔާން އިނެވެ. އެންމެ ފަހުން ޒީިކްއަށް ގިސްލެވެންފެށުމުން ދުރުކޮށްލަން އުޅުނެވެ. ނަމަވެސް މީހެއްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައި އިން ޒީކް އިތުރަށް އެ މޭގެ ތެރޭ ބޮނޑިވެގަތީއެވެ. ނަމަވެސް އިތުރަށް ރޯނެ ފުރުސަތެއް ދޭކަށް ކިޔާން ބޭނުމެއް ނުވެއެވެ. އެހެންކަމުން ގަދަ ކަމުން އަތް ނައްޓުވާލާ ރީތިކޮށް ކުރިމަތީގައި ޒީކް ބޭންދިއެވެ. ” އެވަރު މީހަކާ އެކީތަ ޒީ އުފަލުން ތިއުޅުނީ؟ ކީއްވެ ފޮރުވީ؟” ޒީކްގެ މޫނުގައި ހިފާ ހަތަރުކަޅި ހަމަކޮށްލަމުން ކިޔާން ވާހަކަ ދައްކަން ފެށިއެވެ. ” ޔާން.. ނުކެރުނީ ބުނަން.. ރުޅިވާންވެސް.. އޭނަ .. އޭނަ ވަރަށް ގޯސް.. ” ޒީކްއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ނަަމަވެސް ކިޔާން ހުރީ މިރޭ އެވާހަކަ ހުއްޓާލާ ގޮތަކަށް ނޫނެވެ. ” ކީއްވެ ނުކެރުނީ؟ އެތާ ބުނީމޭނުން ކުރިހާ ކަމެއް ކުރަންދެންނޭ؟ މާނައަކީ؟ އޭނަ އަނިޔާ ކުރިތަ؟ ކިޔާދީބަ ޕްލީސް.. ޔާން އަށް ޓްރަސްޓް އެއް ނުކުރަންތަ؟” ކިޔާން އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ. ” ނޫން.. ޔާން އާއި ފެމިލީމީހުން ފިޔަވާ ކާކަށްދެން ޒީ ޓްރަސްޓް ކުރާނީ ވަކި؟ ޔާޒް ކުރީކޮޅު ވަރަށް ރަނގަޅު.. އަބަދު މީޓް ކުރަން އޭރު.. އެކަމަކު ފަހުން ވަރަށް ބަދަލުވާން ފެށި.. އަމިއްލައަށް ފެނިގެން ޒީއަށް ޓައިމްއެއް ނުދޭ.. ކެއަރ އެއްވެސް ނުކުރޭ.. އެކަމަކު ދެން ކިޔަނީ ފެންނަން އުޅޭށޭ.. ދެން ފެނުނީމަ އުޅެނީ ގައިގަ އަތްލަން.. އިނގެއޭނުން މިބުނާ އެއްޗެއް.. އެކަމް ޒީ ބޭނުމެއް ނޫން މެރީ ކުރުމުގެ ކުރިން އެކަމެއް ކުރާކަށް.. ފުރަތަމަ ދުވަހު އެހެން ބުނީމަ ވަރަށް ބާރަށް ޖެހި.. އެއީ އަނިޔާ ކުރަން ފެށި ހިސާބު.. ދެން ހަމަ ފެންނަ ކޮންމެ ދުވަހަކު އެގޮތަށް.. އެއްދުހު ބޮލަށް ވަރަށް ތަދުވި.. އިޔާޒްގެ ގޭގައި އެދުވަހު ތިބީ.. ވަރަށް ބާރަށް ޒީގެ އިސްތަށިގަނޑުގައި ހިފީ.. ދެން ކޮށްޕާލީމަ ގޮސް އެތާ އިން އަލަމާރިއެއްގަ ޖެހުނީ.. ވަރަށް ތަދުވި އެދުހު.. އޭގެ ފަހުން ވަރަށް ނުދަން މީޓް ކުރަން.. ޔާން އާއި ޒީ އޭ ކިޔައިންވެސް ވަރަށް އެއްޗެހި ކީ މިރޭ ބޭރަށްދާ ވާހަކަ ބުނީމަ.. އަބަދުވެސް ކިޔާނީ އަހަރެންނަށް އޭނަ އުފާނުކޮށްދެވޭ ވާހަކަ.. ” ޒީކްއަށް އެހުރިހާ ވާހަކަ ތަކެއް ކިޔައިދެވުން އިރު އިނީ ރޮއެ ރޮއެ ބަލިވާން ކައިރިވެފައެވެ. ” އާރރރރރގް .. އަހަރެން ބޭނުމީ އޭނަ މަރާލަން .. ހައު ޑެއަރ ހީ ޑޫ ދެޓް.. ނަސީބެއް މިރޭ މިހެން ވީކަން ..” ކިޔާން އިސްތަށިގަނޑަށް އަތްމަހާލާ ވާންކޮށްލީ ރުޅި މައިތިރި ވޭތޯއެވެ. ” އުހުން .. އޭނަ ބަހައްޓާ.. އަހަރެން ބޭނުމެއް ނޫން ޔާންއަށް ގޮތެއް ވާކަށް.. އަނެއްކަ ޖޮބްވެސް ނުލިބިދާނެ.. ޒީ އޭނައާ ދުވަހަކުވެސް ދެން ވާހަކައެއް ނުދައްކާނަން.. އެކަމް ޔާން.. ކެން އައި އީވެން ލަވް ސަމްވަން އެލްސް؟ ޒީ ދެކެ އެކަކުވެސް ލޮތްބެއް ނުވާނެ..” ޒީކް ބުނެލިއެވެ. ” ނޫން .. ޒީ.. ޔޫ އާ އިމްޕޯޓެންޓް.. އެންމެން ވެސް ޒީ ދެކެ ލޯބިވާނެ.. އަހަރެންވެސް..” ފަހު ޖުމުލަ ކިޔާން ބުނެލީ އޭނަގެ ހިތުގެ އަޑިން ކަމުގައި ވީނަމަވެސް ޒީކްއަށް އެކަން ނޭނގޭނެކަން އޭނާ ދަނެއެވެ.
” ހިނގާ މޫނު ދޮވެލައިން ބޭރަށް.. ނުރޯނެ ދެން އިނގޭ.. ހިނގާ އެއްޗެއް ކާލަން ދާން.. ” ކިޔާން އެހެން ބުނެލީ ނުހަނު ލޮތްބާ އެކުގައެވެ. ދެކޮޅު ހެދުމެއްނެތި ޒީކްވެސް މޫނު ދޮވެލައިން ކިޔާން އާއިއެކު ބޭރަށް ނިކުތެވެ. އޭރު 11:30 ވާން ކައިރިވަނީއެވެ. ސޯފާގެ އެކި ތަންތަނުގައި އެކި މީހުން މީހަކާ އަނގައިން ބުނުމެއް ނެތި ތިބި ގޮތުން ޒީކް އުފާވީ އޭނާގެ ބޭބެމެން އަދި ދައްތަ އޭނާ ދެކެ ވާ ލޯބި ފެނިފައެވެ. ނަމަވެސް ދެރަވީ އެންމެން އޭނައާއި ހެދި ކަންބޮޑުވެފައި ތިބީމައެވެ. ” ހޭ.. ހިނގާ ކާން ދޯ .. ޕެކް ކުރީދޯ؟” ޒީކް ހިނިތުންވެފައި ހުރި އިރުވެސް އެ ހިނިތުންވުން ލޮލާ ހިސާބަކަށް ނުފޯރައެވެ. ” ޒީ.. އޯކޭތަ ދޫނީ؟” މިއުވާން އައިސް ޒީކްގެ ބޮލުގައި ފިރުމާލިއެވެ. ” އަހަރެން ރަނގަޅު.. ދެން ނުރޯނަން ޕްރޮމިސް.. އެކަމުގެ ވާހަކަ އަހަރެން ދައްކާކަށް ބެނުމެއް ނޫން.. އެކަމް ކިޔާން ކިޔައިދޭނެ… ފަހުން .. ހިނގާ ކާން.. އައިމް ސޯ ހަންގްރީ…” ޒީކް އަވަހަށް ވާހަކަ އޮޅުވާލީ ރޮވިދާނެތީއެވެ. ” ކަލެމެން ކައި އިނގޭ.. އަހަރެން މިދަނީ ގެއަށް.. މިހާރު މަންމަ ހުންނާނެ ނުނިދިފަ އަހަރެން ނުގޮސްގެން.. ” ކިޔާން އެހެން ބުނެލާފައި ދާން އުޅެނިކޮށް ޒިޔާން ގޮވިއެވެ. ” އަހަރެން އާސިމައްތަ އަށް ގުޅާފަ ބުނެފިން އޯވަރނައިޓް އޭ.. މާދަން މެންދުރު ހާއިރު ދާނެ އޭ.. ބައްޕަމެންވެސް އޯކޭ.. ޔާން ފެންވަރާ އެއްޗެހި ހުންނާނެ ގަނެފައި.. ދެން ޓީޝާޓް ހުންނާންނުން.. އާ ކަމެއް ނޫނެއްނު..” ޒިޔާން އެރޭ ހޭދަ ކޮށްލަން ބޭނުންވީ ރަހުމަތްތެރިޔާ އާއިއެކުއެވެ. ” ހަހަ.. އާން އޯކޭ..” ކިޔާންވެސް އެއްބަސްވިއެވެ. ފްރެންޑްސް ބަލަމުން ހުރިހާ އެންމެން ކައި ނިންމާލިއެވެ. ހުރިހާ އެންމެންވެސް މަސައްކަތް ކުރީ ޒީކްގެ ވިސްނުން އެކަމަށް ނުދޭތޯ އެވެ. އެހެންކަމުން ދަންވަންދެން ތިބެން ވެގެން އެންމެން ވެސް ސީރީޒް ބަލަން ތިބީއެވެ. ” ޔާން. އޯކޭތަ މިތާ އިށީނަސް؟” މައުވާއާއިއެކު ހުރިހާ އެންމެނަށް ކޮފީ ޝޭކް ގިރައިން އައިސް އެކަތި ކިޔާންއަށް ދިއްކޮށްލަމުން ޒީކް އެހިއެވެ. ” އާން.. އާދޭ..” ކިޔާން ސޯފާގެ އެއްފަރާތަށް ޖެހިލިއެވެ. އެއްވެސް މީހަކު ކޮޓަރިއަށް ވަންނަން ހިޔާލުވެސް ނުކުރެއެވެ. އެހެން ތިއްބަ ހުރިހާ އެންމެނަށްވެސް ނިދި ޖެހުނީ ސިޓިން ރޫމްގައި ތިއްބައެވެ.
********
” އެމިހުން ކީކޭތަ ހީކުރަނީ އޭނ؟ އެ ޒީކު ވެސް މާ ފުއްޕައިފިޔޭ އަދި މިއަދު.. މަށާ އޭ އެމިހުން އެ ބެހުނީ!! އިޔާޒް ފަޒީލް އާ އޭ!! އަހަރެންގެ ބައްޕަ އެއީ މުޅި ރާއްޖެއަށް އިނގޭ މުއްސަންޖެއް.. ބޮޑުންގެ އެއްއަތް.. ނޭނގެނީތަ މަށާ ބެހުނީމަ އޭގެ ނަތީޖާ އަންނާނެ ގޮތެއް އޭން.. މަގޭ ނުލަފާކަން ނުފެނިގެން އެއުޅެނީ.. އެންމެން ބަރުބާދު ކޮށްލާނަން .. އެންމެންންން..” އިޔާޒް ހަޅޭއްލަވަލަވާފައި ވާހަކަ ދެއްކީ ލޯގަނޑެއް ކުރިމަތީގައި ހުރެގެންނެވެ. އައިއްސަ ހުރި ރުޅީގައި ކައިރީގައި ހުރި ވާސް ނަގާ ހޫރާލީ ލޯގަނޑާ ދިމާލަށެވެ. ބިއްލޫރި ގަނޑު ތެޅުމާއިއެކު ފާހަނަ ދޮރު ޖަހައިގަތީ މުޅި ގެވެސް ވައްޓާލަން އުންމީދުކޮށްގެން ކަހަލައެވެ. އިޔާޒްގެ މި ނަފްރަތުގެ ހުޅުގަނޑުން ޒީކްގެ ހަޔާތަށް ކުއްލި ބަދަލުތަކެއް އަންނާނެ ބާވައެވެ؟ މިއީ ކޮން ކަމެއްގެ ފެށުމެއް ބާއެވެ…؟؟
…. ނުނިމޭ …..
15 Comments!
Comments are closed.

Salaam guys.. Here is the third part of Kulli badhal .. Please like and comment.. What do you think will happen next?? Next part ah inthizaaru kohlaa.. Love u all .. Stay safe..
Mi part ves Hama awesome. Keep it up dear angel. When next
And love u too dear
Take care and be safe
Thank you Ril .. vrh ufaavehje kamudhiyaeema.. Next part Insha Allah mondayga.. Take care stay safe
Maasha Allah V reethi mi part ves when is next curiously waiting for the next part
Thank you Alika.. Hehe adhi kuda inthizaareh kohlaa.. Next part Insha Allah monday ga.. Take care and stay safe
Alhey varah reethi mi part vx… Kiyaan Zeek dheke varah loabi very, but Zeek ge gothen neyge.. I hope vaahaka nimey iru Zeek and Kiyaan will be a couple… Hehe… Anyway angell mi hama varah reethi vaahaka eh… (Mifraah ge nan aeema hama hevenee… Because he is my crush)
Keep it up
Waiting for the next part
Aww hehe lets see dhw kiyaan and zeek ah vaane gotheh?? Vrh bodah thank u.. Vrh ufaavehje naiha ah mi vhk kamudhiyaeema.. hehe ehntha? special name eh dhw.. ? Thank u again naiha.. Next part vrh avahah up kohladheynan Insha Allah ❤
Mi part ves varah reethi♥️. Masha allah. Curiously waiting for the next part. Keep it up angell.♥️
Thank you Anuahs.. Adhi kuda inthizaareh kohlaa .. Much loves
vrh lwbi story maasha allah
Thank you dear
Hama habeys ingey Angell mee Haadha Reethi vhk ekey vrh molhu vhk liyan ” I ? YOUR WRITING” ?????? (Stay Home) (Stay Safe)
Good luck ???
Thank you N_U_X_U …. Vrh vrh ufaavehje .. next part ah wait kohlaa .. Stay home and stay safe.. ?❤
Salaam my dear readers.. Mi week alhugandu thankolheh bxy koh ulheythee vhk buni dhuvahah up nukohla dhevumun vrh bodah maafah edhen.. Insha Allah mi Saturday ga kulli badhal ge 4th part up kohlaanan.. Inthizaaru kohlahvaa.. Love u all ?❤
It’s not problem Angell beynun gotheh ok… ???