ކުއްލި ބަދަލް (1)
ސީޓު މައްޗަށް ދެފައި އަރުވައިން ބޮޑު ބޯތައްޓެއްގެ އައިސްކްރީމް ބޯން އިންއިރު އެއަންހެން ކުއްޖާގެ ލޮލަށް ވަނީ ކަރުނަތައް ފުނިޖެހިފައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ” ޓައިޓޭނިކް ” ގެ މަންޒަރެކެވެ. އެނގުމެއްނެތި ސީޓު ކައިރިއަށް ޖެއްސިގަތް މީހާ ފެނި އެކުއްޖާގެ މޫނުމަތިން ފެނިގެން ދިޔައީ ނުތަނަވަސްކަމެވެ.
****
” ސާބަސް ތުއްތޫ.. ތިހެން ކުއްލިއަކަށް އަންނަން ޖެހޭތަ؟؟ ބިރުވެސް ގަނެއްޖެ..” ޒީކް ކައިރީގައި އިށީން ޒިޔާން ކައިރީ ބުނެލިއެވެ. ” ކޮން ބިރެއް.. ކިތައް ދުވަހު ތުއްތު ބުނާނީ ޒީ ކައިރީ ތި ބަލައިގެން ނުރޯށޭ؟ ތި ނުބަލަބަލަ ދެން!” ޒިޔާން ބުނެލީ ކުރިމަތީގައި ހުރި ފިލްމަށް އިޝާރާތްކޮށްފައެވެ. ” ދެން ރީތި ކަމުން ބެލެނީ އޭ.. ކޮބައިތަ މައުމެން؟ މިހާރު ދޮންބެ އާ ކުޑޭ އަންނަން އުޅޭނެ ދޯ އޮފީހުން.. ދެގަޑި ބައި ވަނީ ވިއްޔަ..” ޒީކް ލޯ ފޮހެލަމުން ސީޓުގައި ހަމަ ޖެހިލިއެވެ. ” މިތިބީ އަހަރެމެން.. އެއްކަލަ ޒީ ރޮނީ ދޯ އެބަލައިގެން؟ ” މައުވާ އާއި މާކިން އެކު މައްޗަށް އައި ޒާން ބުންޏެވެ. ” ދީބަލަ އައިސްކްރީމް ކޮޅެއް.. ” މާކިން ޒީކް އަތުން ތަށި ހިފައިގެން ދުއްވައިގަތެވެ. ” ދޭންންން ތިއްތީ ދީ.. ތި އެންމެ ފަހު އެތިކޮޅޭ.. ދޭންންންންން..” ޒީކް ބޮޑާހާކާލިއެވެ. ” ކުޑަބޭ.. ބުނޭ ތިއްތި ކައިރީ ދޭށޭ!!” ޒީކް ޒާން އަށް ބުނެލިއެވެ. ” ހެދެ މާކިން ދީބަލަ މަށަށްވެސް..” ޒާންވެސް އެންމެ ފަހުން ޖެހުނީ މާކިން ކޮޅަށެވެ.
” މިހާރު ކިއެއް މިވަނީ މިތާގަ؟” އޮފީހުން ގެއަށް އައި ޒައިން އަށާއި މިއުވާން އަށް އެއްފަހަރާ ބުނެވުނެވެ. ” ދަ ސޭމް އޯލްޑް ސްޓޯރީ ދޮންބޭ..” މައުވާ ހެމުން ހެމުން ޒައިން އަށް ރައްދު ދިނެވެ. ” އެހެން ނުކިޔާ.. މާކިން ހުސްކޮށްލީތަ ތި؟ އަޅައި ނުލައި ޒީ.. ކުޑޭ ގަނެދޭނަން މިރޭ މައުއަށާއި ޒީ އަށް އައިސްކްރީމް..” ޒީކް އާއި މައުވާ ކައިރިކޮށްލަމުން މައުވާން ބުނެލިއެވެ. ” ދެން ލައްވަބަ! ކަމޯން ގްރޫޕް ހަގް އެވްރީވަންންން..” ޒިޔާން އެހެންކިޔަމުން އައިސް އެންމެން ގައިގައި އެއްކޮށް ބައްދައިގަތެވެ..
މިއީ ދެބެންގެ ދެދަރި ކުދިންނެވެ. ޒިޔާދު އާއި މިފްރާހް އަކީ މުއްސަނދި ދެމަފިރިއަކަށް ލިބުނު ހަމަ އެކަނި ދަރިންނެވެ. ޗުއްޓީއަށް ގޮސް އުޅުނު ރަށަކުން ދިމާވި އެއްބަނޑު އެއްބަފާ ކުދިންނަށް ހިތްކީ ދެމިހުން ދެމިހުނަށް އެކަން އެނގިހުރެ އެއް ނޫނެވެ. ރަނާ އާއި ރިޔާ ގެ މައިންބަފައިން ދުނިޔޭގައި ނެތުމުން ބަލާބޮޑުކުރީ ބޮޑުދައިތައެވެ. އެހެންކަމުން ޒިޔާދު އާއި މިފްރާހް މާލެ އަނބުރާ އައީ ހުރިހާ އެންމެންގެ ރުހުމާއެކު ކައިވެނި ކޮށްގެންނެވެ. ކައިވެންޏަށް ހަމަސް ވީތަނުން ޒިޔާދު އާއި މިފްރާހްގެ މައިންބަފައިން ކުރި ދަތުރެއްގައި މިފަނާވަނެވި ދުނިޔެއާއި އެމީހުން ވަކިވިއެވެ. އެހެންކަމުން ޒިޔާދު އާއި މިފްރާހް އެގެ ބޮޑުކޮށް ގޭގައި މަތީ ބުރިއެއް ހެދީ ކުރިއަށް އޮތްތަނަށް ވިސްނާފައެވެ. އަދި އެމިހުންގެ ބައްޕަގެ ވިޔަފާރިއާވެސް ދެމިހުން ހަވާލުވީ އުފަލާއި އެކުވެރިކަމާއެކުގައެވެ.
ޒިޔާދު އާއި ރަނާއަށް ލިބުނީ 4 ކުދިންނެވެ. އެއީ ޒައިން، ޒިޔާން، ޒާން އަދި ޒީކްއެވެ. މިފްރާހް އާއި ރިޔާއަށް ލިބުނީ ތިން ކުދިންނެވެ. އެއީ މިއުވާން، މާކިން އަދި މައުވާއެވެ. ޒައިން އާއި މައުވާން އަށް 23 އަހަރު ވީއިރު، މިހާރު އުޅެނީ ބައްޕަމެންނާއިއެކު އޮފީސް މަސައްކަތުގައެވެ. ޒިޔާންއަށް 21 އަހަރެވެ. އަދި މިހާރު އިންޓީރިއާ ޑިޒައިނިންގް ގެ ކޯހެއް އޭނާ ވަނީ ނިންމާފައެވެ. ޒާން އާއި މާކިން އަށް 20 އަހަރު ވީ އިރު އަދި މަސައްކަތެއް ކުރާކަށް އެމިހުންނެއް ނުވިސްނައެވެ. މައުވާ އާއި ޒީކް އަށް 18 އަހަރު އިރު ދެމިހުންވެސް ދަނީ މިހާރު ކޯހެއް ހަދަމުންނެވެ. މިކުދިންނަކީ އެކުވެރިކަމާއި ލޮތްބާއި އެކު ބޮޑުވަމުން އަންނަ ކުދިންނެވެ. މަތީގައި ކޮންމެ ކުއްޖަކަށް ވަކިން ކޮޓަރި ހުންނަ އިރު ތިރީގައި އުޅެނީ މަަންމަމެންނެވެ. އަދި ތިރީގައި ކުޑަ ވަރެއްގެ ޖިމް އަކާއި ލައިބްރަރީއެއް ވެސް ހުރެއެވެ. ކޮންމެ ކާ ގަޑިއަކަށް ހުރިހާ އެންމެން ވެސް ތިރިއަށް ގޮސް އާއިލާއެކީ ވަގުތު ހޭދަ ކުރެއެވެ. މިއީ މުއްސަނދި އާއިލާއެއް ނަމަވެސް އެއްވެސް ކިނބުރުވެރިކަމެއް ނެތް ހިތްހެޔޮ ބަޔެކެވެ.
*****
” މައޫ.. މައޫ މި ދޮރު ހުޅުވަބަލަ! ކީއްތަ ތިކުރަނީ؟ އެއޮށް ކާން ފައިބާ ގަޑި ޖެހުނިއްޔޭ!” ޒީކް މައުވާގެ ކޮޮޓަރީގައި ޖަހާތާ އެތައް އިރެއް ވީ އިރުވެސް ނުހުޅުވުމުން ކަންބޮޑުވާން ފެށިއެވެ. ” މައޫ އަޅޭ ހުޅުވަބަ މި ދޮރު ގަނޑު!” ޒީކް އަށް ހާސްވެގެން ރޮވެން ފެށުނެވެ. ސިޑިން ދުވެފައި ފޭބި ޒީކް ފެނި އެންމެން ހާސް ވީ އޭނާ ރޮވިފަ ހުރީމައެވެ. ” ޒީ ކިހިނެއްވީ؟ ކީއްވެ ރޮނީ؟” ޒައިން ކަންބޮޑުވެފައި އަހާލިއެވެ. ” ދޮ.. ދޮން.. ދޮންބޭ.. މައު ދޮރެއް ނުހުޅުވި.. އަނގައިން ވެސް ނުބުނި..” ޒީކް އަށް ރޮވޭވަރުން ވާހަކަވެސް ނުދެއްކުނެވެ. ” އެއޮއް އަންނަނީ އެއްނުން މައު؟” ހަމަޖެހިލައިގެން ކާން އިން މާކިން ބުނެލިއެވެ. އޭރު މައުވާ ދޮރާ ހަމަވިއްޔެވެ. ” ޒީ ކީއްވެތިރޮނީ؟” މައުވާ އެތާ ވާ ކަމެއް ނޭނގިފައި އަހާލިއެވެ. ” ނޭނގޭތަ ބާރު ބާރަށް ގޮވާއިރުވެސް އަނގައިން ބުނާކަށެއް.. ކިރިޔާ އޭ ބިރުން ނުރޮވުނީ..” ޒީކް ބުނެލިއެވެ. ” ހަހަހަހަ … ނުރޮވުނިއްޔޭ؟؟ ރޮނީކީ ނޫންތަ ތި؟” ބާރުބާރަށް ޒާްން ހޭންފެށިއެވެ. ” ސާބަސް ޒާން.. މަޑުން އިނދެގެން ކައިބަލަ.. ” ޒިޔާދު ޒާން އަށް ރައްދުދިނެވެ. ” ސޮރީ ބައްޕާ.. ހަހަ..” ޒާން އަށް ވީ އަދިވެސް މަޖަލެވެ. ” ސޮރީ ޒީ.. އަހަރެން ހުރީ ހެޑްސެޓް ޖަހައިން ބެލްކަނީގައި.. އެހެންވެ ނީވުނީ.. ދެން ގަޑި ފެނުނީމަ އަވަހަށް ތިރިއަށް މި އައީ.. ” މައުވާ ދެރަވީ ޒީކް އަށް ރޮވުނީމައެވެ. ” ދެން ކާން ފަށާ ހުރިހާ ކުދިން.. ” މިފްރާހް ހީލާފައި ބުނެލިއެވެ.
ކައި އަވަދިވެގެން ސިޓިން ރޫމުގައި އެންމެން ތިބީ ޓީވީ ބަލާ ވާހަކަ ދައްކާލާށެވެ. އޭރު ރޭގަނޑު 8:30 ވެއްޖެއެވެ. ” މައު.. ޒީ .. ވާނެ ފިހާރައަށް ދާން.. އިރުކޮޅަކުން.. ރެޑީ ދޯ؟” މައުވާން އެހިއެވެ.. ” އާން އަހަރެމެން ރެޑީ ދޯ ޒީ..” މައުވާ އެހެން ބުނީމައި ފޯނުން އިޔާޒް އަށް މެސެޖް ކުރަން އިން ޒީކް ބޯޖަހާލިއެވެ. އިޔާޒް އަކީ ޒީކް ގެ ލޯބިވެރިޔާއެވެ. ރައްޓެހިވެގެން އުޅޭތާ 1 އަހަރު ވީ އިރު ދެއާއިލާއިންވެސް އެކަމާ ރުހި ގަބޫލެވެ. ” ބެލް ޖެހީތަ އެ؟ ރަނާ ދޭބަލަ ކާކުތޯ ބަލާލަން..” ރިޔާ ބުނެލިއެވެ. ” އާން މިދަނީ..” ” ދަރިފުޅާ ޒީ.. އާދެބަލަ ވަރަށް އަވަހަށް..” ދޮރުމަތީގައި ހުރެފައި މަަންމަ ގޮވި އަޑަށް ޒީކް ތެދުވިއެވެ.
” ކިހިނެއްވީ؟ ކާކު މަންމާ؟” ރަނާ އެއްފަރާތައް ޖެހުމުން ޒީކް ދޮރާކައިރިވެލިއެވެ. ކުރިމަތިން ފެނުނު މީހަކުން ޒީކް ގެ ލޯ ދިޔައީ ބޮޑުވެގެންނެވެ.
..ނުނިމޭ..
6 Comments!
Comments are closed.

Salaam guys.. Here is the first part of kulli badhal .. Insha Allah next part on thursday .. Hope you all like it .. Comment and let me know .. Have a good day all ..
Beautiful v.reeti
Thank u lee .. ?❤
Varah sali first part ves
Keep it up masha Allah
When next
Heekuran nxt part vrh avahah up kohla dheyne kamah vrh Reethi ???
Thank you Ril and Nuxu.. Mihr second part up vefa ebain .. Kiyaalaafa comment kohlahchey .. Stay safe dhekudhin