Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާ

އެ ފޯނު

shan Level 410 Stories100 Comments500 Comments100 Login
March 5, 2015 3 Mins Read
21 Comments

އަހަރެންނަށް އާދެވުނު ރުޅީގައި ފޯނު ނަގާ ފާރާދިމާއަށް ހޫރާލެވުނެވެ. އެއްވެސް ވިސްނުމެއް ނެތިއެވެ. އެހާވެސް ބޮޑަށް އަހަރެން ހުރީ ބިޓު ދެކެ ރުޅިއައިސްފައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން އެހާ ގިނަ އިރު އިންތިޒާރުގައި އިނުމުންވެސް އޭނައަކަށް އަންނާކަށް ނޭނގުނެވެ. އަހަރެން އެނދުމަތީގައި އޮށޯވެ މޫނުމަތީގައި އަތް އަޅާލީ ހިތުގައިވާ ރުޅިގަނޑު ކުޑަކޮށް ފިނިކޮށްލުމުގެ ބޭނުމުގައެވެ. އެހެން އޮންނަތާ ދެމިނެޓެއްހާއިރު ފަހުން އަހަރެންނަށް އަޑެއް އިވެން ފެށިއެވެ. އެއީ ރުއިމެއްގެ އަޑެވެ. ފުރަތަމަ އަހަރެން ހީކުރީ ކުޑަ ކުއްޖަކު ރޮނީ ކަމަށެވެ. ނަމަވެސް އަހަރެން އުޅޭތަނުގައި އަހަރެން ފިޔަވާ އިތުރު މީހަކު ނޫޅޭނެއެވެ. އަހަރެންނަށް އަޑާއި ދޭތެރޭގައި ވިސްނާލެވުނެވެ. އެއީ ކުޑަ ކުއްޖެއްގެ އަޑަށް ވުރެ ތޫލި އަޑެކެވެ. އެއަޑު އިވެމުން ދިޔައީ ކޮޓަރި ތެރެއިންނެވެ. ކުއްލިއަކަށް އަހަރެންނަށް އެނދުން ތެދުވެވުނެވެ.

އެއަޑު ކުޑަކޮށް ގަދަވަމުން ދިޔައެވެ. އަޑު އަންނަނީ ކޮން ދިމާލަކުންތޯ ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އޮތް ފޯނެވެ. އަޑު އަންނަނީ ފޯނާ ދިމާލުންހެން ހީވުމާއި އެކު އަހަރެން ކުޑަކޮށް ހައިރާން ވިއެވެ. އަދި ބިރުވެސް ގަތެވެ. އެކަމަކު އަހަރެންގެ ސިކުނޑި އެއީ ވާނެ ކަމެއް ނޫންކަން އަހަރެންނަށް ބުނެދިނުމުން ފޯނާ ދިމާއަށް ހިގައިގަތީމެވެ. ފޯނާ ކައިރިވި ވަރަކަށް ރުއިމުގެ އަޑު ދިޔައީ ބާރުވަމުންނެވެ. އަޑު އަންނަނީ ފޯނުންކަން ޔަޤީންވުމުން އަހަރެންގެ ހައިރާންކަން އެތަށް ގުނައަކަށް ބޮޑުވެގެން ދިޔައެވެ. އަދި ފޯނު ނަގަންވެގެން އަތް ދިއްކޮށްލި ވަގުތު އެތަނުގައިވާ ފެނުގެ ކޯރު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ފޯނާ ދިމާއަށް ބަލާލިއިރު ފޯނު ކަރުނަ ބާލަ ބާލާފައި ރޮނީއެވެ. އަނގަ ބޮޑުކޮށް ހުޅުވައިގެން އޮވެ ބާރުބާރަށް ރޮމުން ދިޔައެވެ. މިމަންޒަރު އަހަރެންނަށް ފެނުމާއި އެކު ސިހިފައި ފަހަތަށް ޖެހިލެވުނެވެ. މިއީ ހަގީގަތެއްބާއޭ ނޫނި ހުވަފެނެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

“ކަމެއްވާ އިރަށް އަހަރެން އެއްލާލަން ޖެހޭތަ” ތޫލި އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ހުރިދިމާއަށް ތިރިވެވުނެވެ. “ޖަވާބު ދީބަލަ… ކީއްވެތަ އަހަރެންނަށް އަނިޔާ ކުރަނީ..” ފޯނު ކަރުނުން ފުރިގެންވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެންގެ ނޭވާ ތާށިވި ކަހަލައެވެ.

“އަހަރެން ކަލެއަށް ނުކޮށްދެނީ ކޮންކަމެއް.. އެކަމަކު ކަމަކާއި ރުޅި އަޔަސް ދެރަ ވިޔަސް އަހަރެން ނަގާ އެއްލާލާއިރު ހީވަނީ ފުއްޓައްކެއް ޖަހާ ކުޑަ ކުނިކޮޅެއް ބުރުވާލާހެން..” ފޯނު މަޑުމަޑުން ތެދުވިއެވެ. އަހަރެންނަށް ފަހަތަށް ޖެހިލެވުނެވެ. “ބިޓު ދެކެ ރުޅި އައީމަ އަހަރެން އެއްލާލަންވީ.. ބަލަ އަހަރެންގެ ކުށަކީ ކޮބާތަ..” ފޯނު އަޑަށް ބާރުލަމުން އަހާލިއެވެ.

“އަ..ހަ…ރެ..ން” އަހަރެނަށް ވާހަކައެއް ނުދެއްކުނެވެ.

“އިންސާނުންނަށް އަހަރުމެން ވާ ޤުރުބާނީ އަގަކީ މިއީތަ..” ފޯނު އެއްލާލުމުގެ ސަބަބުން ހަލާކުވެ ނެއްޓިފައިވާ އެތިކޮޅު ދައްކާލަމުން ފޯނު އަހާލިއެވެ. “އަހަރެންގެ އާއިލާގެ މީހުން ދޫކޮށްލާފަ ކަލޭމެން ކައިރިއަށް އައިސް މިތިބެނީ.. މީހަކާއި ވާހަކަ ދައްކާލަން ބޭނުން ނަމަ އަހަރުމެން ކަލޭމެންނަށް އެކަންތައް ކޮށްދެން… ފޫހި ވެއްޖެނަމަ ލަވައެއް އަޑު އަހާލާ ނުވަތަ ފިލްމެއް ބަލާލުމަށް އެހީތެރިވެދެން.. ހިތުގެ ހުންނަ އުދާސްތަށް ބޭރުކޮށްދިނުމަށް މެސެޖްގެ އެހީ ފޯރުކޮށްދެން.. އެކަމަކު.. މިއީތަ އަހަރުމެންނަށް ލިބެން ޖެހޭ އިނާމަކީ..” ފޯނު ވާހަކަ ދައްކަމުން ދިޔަ އިރު އަހަރެންނަށް އިނދެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.

“އެކަމަކު ކަލޭމެން އެއްވެސް ވަރަކަށް ނުވިސްނާ.. ބޭނުންހާ ގޮތަކަށް އަހަރުމެން ގެންގުޅެނީ.. ބަނޑުހައިވިޔަސް ކާންދެނީ ހިތަށް އެރިއްޔާ.. އަހަރުމެންނަކީ މޭވާއެއް ތަރުކާރީއެއް އަދި ކީއް.. ހަރުއެއްޗެއް މަޑުއެއްޗެއް ބޭނުންވާ ބައެއް ނޫން.. ހަމައެކަނި ބޭނުންވަނީ ކަލޭމެންގެ ލޯބި އަތުން އަހަރުމެންނަށް ހޮޅި ގުޅާލުން.. ޗާޖަރަކަށް ގުޅާލަންވެސް ގިނަ ފަހަރަށް ވަނީ ތި މީހުންނަށް އުދަގުލަކަށް.. ބޮޑުކަމަކަށް .. އެވަރުން ނުފުދިގެން ފާޑުފާޑު ގޭމް އަޅައިގެން އަހަރެންގެ ހަށިގަނޑަށް ގެއްލުން ދެމުން ދާއިރު އަހަރުމެން ހެވިފައި ތިބެނީ ތިމީހުންނަށް ލިބޭ އުފަލުގެ ސަބަބުން.. އެކަމަކު ވެސް އެވަރެއްވެސް ތި މީހުން ބަލައެއް ނުގަނޭ..” ފޯނުގެ ކޮންމެ ޖުމްލައެއް އަހަރެންގެ ސިކުނޑީގައި ހަރުލަމުން ދިޔައެވެ. “ދެރައެއް ލިބޭއިރު އަހަރުމެން ތި މީހުންނަށް އެހީވާ ގޮތަށް އަހަރުމެންނަށް އެހީވުމުގެ ބަދަލު ހިތަށް އެރީމަ އެއްލާލާފަ.. ހިތަށް އެރީމަ ކުޑަ ތުއްތު ކުއްޖާގެ އަނގަޔަށްލާން ދީފަ.. އެންމެ ފަހަރަކުވެސް ހިތަށް އެރިންތަ އަހަރުމެން ވާނެ ދެރަ.. ކޮންމެ މީހަކު ގެވެށި އަނިޔާގެ ވާހަކަ ދައްކާއިރު އަންހެނުންނާއި ފިރިހެނުންގެ ހައްޤުތަކުގެ ވާހަކަ ދައްކާއިރު ކޮބާ އަހަރުމެންގެ ހައްޤު.. ކޮބާ އަހަރުމެންނަށް ކުރާ އަނިޔާ.. ކާކުތަ އަހަރުމެންގެ ރައިޓްސް ތައް ބަލަހައްޓަނީ.. ހިއުމަން ރައިޓްސްގެ ވާހަކަ ދައްކާއިރު އިންސާނުން ނޫނީ އަމިއްލަ އެދުން ބޮޑު ކިބުރުވެރި ބަޔަކު ނުދެކެން” ރޮމުން ދިޔަ ފޯނު މަޑުމަޑުން ރުޅި ގަދަވަމުން ދިޔަ ކަމުގެ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. އެކަމަކުވެސް އަހަރެންނަށް އެއްވެސް ކަމެއް ކުރަން ނުކެރި ގުޑިލަންވެސް ނުކެރިފައި އިދެވުނީއެވެ.

“މަންމަ ދެކެ ރުޅި އައީމަ ފޯނު ކަނޑާލާފަ ކިޔާ ހުރިހާ އެއްޗެއް އަހަރެންނަށް އަޑުއިވެއޭ… ލޯބިވެރިޔާ ދެކެ ރުޅިއައީމަ އޭނައާއި ދިމާލަށް ގޮވާ އެއްޗެއްސާއި މޫނަށް އަރާ ކުލަވަރު އެންމެ ކައިރިން ފެންނަނީ އަހަރުމެންނަށޭ.. ޝުކުރު ކޮށްބަލަ އެވާހަކަތައް އަހަރުމެން ގޮސް އެމީހުން ކައިރީގައި ނުކިޔާ ކަމަށްޓަކާ.. އެކަމަކުވެސް ކަމެއް ވާއިރަށް ހޫރާލަނީ އަހަރުމެން.. ކޮބާތަ އިންސާފު” ތޫލި އަޑު ބަރުވަމުން ދިޔައެވެ. “އަހަރެމެންނަށް ބޭނުން ގޮތެއް ހަދާއިރު ހިތަކަށް ނާރާތަ އަހަރުމެންނާއި ނުލާ ކަލޭމެން އިންސާނުންނަށް ނޫޅެވޭކަން.. އަހަރުމެންނަށް ކަމެއް ވާއިރު ވަރަށް ދެރަވާ ކަމަށް ހެދިގެން އުޅޭނީ.. އެކަމަކު ހަމަ ކަމެއް ވާއިރަށް އެއްލާލާ. ފެނައްލާ ..ޗިސްކޮށް.. ހަދާ.. އެކަމަކު އެންމެ ވަގުތު ކޮޅަކުވެސް އަހަރުމެންނާއި ނުލާ ނޫޅެވޭނެކަން.. އަހަރުމެންގެ ސަބަބުން ލިބޭ ފައިދާތަކަށް ނުވިސްނާ.. ތިގޮތަށް އަނިޔާ ކުރަން ބޭނުންވަންޏާއި އަމިއްލަ ނަސްލުގެ މީހުންނަށް އަނިޔާ ކޮށްބަލަ.. އަހަރުމެން ފިހާރަތަކުން ގަނެގެން ގެނެސް ތަޅަނީ ކީއްކުރަން”

“ސޮ…ރީ..” އަހަރެންނަށް އެހެން އިދެފައި ބުނެވުނެވެ.

“ޔޫ ބެޓަރ ބީ ސޮރީ.. ދޭން ލޫސްމީ.. އަމިއްލައަށް ކުރެވޭ ލާރީގެ އިސްރާފަށް ވިސްނާލާފަވެސް އަހަރުމެންނަށް ކުރާ އަނިޔާ ހުއްޓާލަބަލަ.. އެހެންނޫނީ މިއަދު އަހަރެން މިވާހަކަ ދައްކާގޮތަށް މާދަން އެތަށް ފޯނެއް ވާހަކަ ދައްކާނެ.. އަހަރުމެންވެސް ގަވައިދު ތަކާއި ޤާނޫނުތައް ހަދައިގެން ކަލޭމެންގެ މައްޗަށް ދައުވާ އުފުލާނަން.. އަބުރުގެ ދައުވާ އާއި އެހެން ދަޢުވާތައްވެސް އުފުލާނަން.. އަނިޔާ ކުރީމަ ކަލޭމެންނަށް ލިބެންޖެހޭ ހައްޤު އަދަބު ދޭނަން” އަހަރެންނާއި ދިމާއަށް ރުޅިވެރިކަމާއި އެކު ލޯ އަޅާލަމުން ޖެހިގަތެވެ. އަހަރެންނަށް ހަޅޭލަވައިގަނެވުނީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ.

އެވަގުތު ކުއްލިއަކަށް ހޭލެވުނެވެ. އޭރު އަހަރެން ވަނީ ވަރަށް ބޮޑަށް ދާހިއްލާ ފޯވެފައެވެ. ނިދުނީ ބިޓު ދެކެ އައިސްފައިވާ ރުޅިވެރިކަމާއި އެކު އެނދުގައި ޖައްސާލިތަނާއެވެ. އެވަގުތު އަހަރެން ފޯނު މަތިން ހަނދާންވިއެވެ. އެއްލާލެވިފައިވާ ފޯނާއި ދިމާލަށް ބަލާލެވުނެވެ. އަދި އަވަހަށް ގޮސް ފޯނުގެ އެތިކޮޅުތައް ހޮވާލީމެވެ. ވަކިވެފައިވާ މަތިގަނޑާއި ބެޓެރިއާއި ފޯނު ނަގާ ރާވާލީމެވެ. އަދި ހުޅުވޭތޯ މަސައްކަތް ކުރަން ފެށީމެވެ. ދެއަތުން ފޯނުގެ ދެފަރާތުގައި ފިރުމާލީމެވެ. ހުވަފެނުގައި ފޯނު ކީ ހުރިހާ އެއްޗެއް އޭރުވެސް އަހަރެންގެ ސިކުނޑީގައި ހުއްޓެވެ. ފެނުނު ހުވަފެނާއި މެދު ހިނިތުންވެލެވުނީ ހުވަފެނުގެ މޮޔަކަން ހިތަށް އެރީމައެވެ. ނަމަވެސް ފޯނު ބުނެދިނީ ރަނގަޅު ވާހަކައެއްކަން އަހަރެންނަށް ވިސްނުނެކެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އަހަރެންގެ ހައްގެކެވެ. )3ވަނަބައި(

Next

އިންތިޒާރު 14

Next
March 5, 2015

އިންތިޒާރު 14

Previews
March 4, 2015

އަހަރެންގެ ހައްގެކެވެ. )3ވަނަބައި(

21 Comments!

  1. athoo.. says:
    March 5, 2015 at 1:54 pm

    Hehe, varah majaa. varah thafaathu vahaka eh.

  2. shahee says:
    March 5, 2015 at 4:56 pm

    Hehehe heehee halhaaku veje. Anekaamee nishan ah fenunu huvafeneh ba

  3. Hoody says:
    March 5, 2015 at 9:33 pm

    hahaha!!!! LOLX!!! varah thafaathu stry eh!! like it!!!

  4. me says:
    March 6, 2015 at 2:09 pm

    Hehehe…! Awesome story…! Liked it very much…! ❤ Thanks Nishantey! ☺

  5. nishan says:
    March 6, 2015 at 4:31 pm

    Thanks Athoo, shahee, hoody n me 🙂
    @shahee mee hama hiyaali ehcheh.. Hehe
    Thanks all..

  6. Naash says:
    March 7, 2015 at 10:26 am

    varah majaa varah reethi

  7. nishan says:
    March 7, 2015 at 1:50 pm

    Thanks naash 🙂

  8. phone says:
    March 7, 2015 at 2:14 pm

    hama habeys!

  9. me22426 says:
    March 7, 2015 at 5:12 pm

    hehehe… v majaa

  10. no name says:
    March 7, 2015 at 8:29 pm

    Hehehe. V v majaa.. V nice..

  11. kj says:
    March 10, 2015 at 7:00 pm

    hahaha varah majaa ::P

  12. Baby says:
    March 17, 2015 at 5:33 pm

    Mashakah best ah nuun mi story ah. Mi vaahakah miyavurah majaa kohlha vaanah.

  13. SARA MUBARIK says:
    April 7, 2015 at 4:15 pm

    VARAH MAJAA… HEEHEE HALAAKU…….

  14. nillu says:
    April 16, 2015 at 4:02 pm

    hehehe.. warah majaa 🙂

  15. july says:
    May 18, 2015 at 8:59 pm

    its brilient story….its v nice n different…hope more stories from u

  16. adhiyyu says:
    June 3, 2015 at 4:27 pm

    Phone is
    Friday night at the interview and the

  17. Aikko says:
    July 18, 2015 at 9:30 pm

    Hehehe Varah Majaa.

  18. Nas says:
    July 19, 2015 at 8:23 pm

    ha ha varah reethi NISHAN ge vaahaka tha….. Keep it up Bro

  19. two two says:
    October 12, 2015 at 11:59 am

    Reethi vaahaka eh. Phone ebuny hama thedhekey dhw? 😀

  20. Faxoo says:
    December 29, 2015 at 10:21 pm

    varah reethi vaahaka eh 😀 hama aslu ves ebuny thedheh ^^

  21. Rozy says:
    September 21, 2016 at 8:02 am

    Hahaha asluves vara maja mi story.. maves phonu elalan some times mige fahun phonu gen gulheni lobin promise

Comments are closed.



All Right Reserved!