Skip to content
އެސްފިޔަ

ހުދާއްކޮ(1 ވަނަ ބައި)

އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެންގެ މަންމަ ކެންސަރުބަލީގައި ނިޔާވިއެވެ.އެހިތމައިން އަހަންނަށް ނުކުމެވުނީ އެކުވެރިންނާއި އާއިލާ މީހުންގެ  އެހީތެރި ކަމަާއެކުގައެވެ.އެހިތާމައިން ނުކުމެވުނުތާ 1 އަހަރު ވިތަނާ އަނެއްކާ އެހެން ހާދިސާއެއް އަހަންނާއި ކުރިމަތިވިއެވެ. އެދުވަހު އަހަރެން ސްކޫލުން އައިސް ގެއަށް ވަންތަނާ އަހަންނަށް ލިބުނީ އަހަރެންގެ ބައްޕަ އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެންދެވުނު ހަބަރެވެ.އެވަގުތެ އަހަންނަށް ހުރެވުނުތަނެއެވެސް އަހަންނަކަށް ނޭގެއެވެެ. ދަބަސް ގޭގެ ދޮރުމައްޗަށް ވައްޓާލުމަށް ފަހު     ހޮސްޕިޓަލާ ދިމާލަށް  ދުއްވައިގަނެވުނީ ތަނެއްދޮރެއް ބެލުމެއްނެތި އެވެ. ދިޔަބާރުކަންމަތީ ގޮސް ހޮސްޕިޓަލަށް ވަދެ އަ.އި.ސީ.ޔޫ   އާދިމާލަށް ދުއްވަގަތީމެވެ.އަހަންނަށް ދެވުނުވަގުތާއި ޑޮކްޓަރ އަ.އި.ސީ.ޔޫ. އިން ނުކުތް ވަގުތާއިވީ އެއްވަގުތަކަށެވެ.އަވަހައް ގޮސް   ޑޮކްޓަރ ދައްކާ ވާހަކަތައް އަޑުއިވޭހިސާބުގައި މަޑުކޮޮއްލީމެވެ.

ހީއިޒް އައުޓް އޮފްޑޭންޖާ ނައު….. އެކަމަކުވެސް  އެންމެ ސްޓޭބަލް އެކޭ ނުބުނެވޭނެ…… އިތުރު އެއްޗެއް ބުނަން އެގޭނީ ޕޭޝަންޓު ހޭލީމަ!މިވަގުތު ވަނީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިދިފަ….. މިހެންބުނެ ޑޮކްޓަރ ހިގައްޖެއެވެ.

ހުދާއްކޯ……ހިނގާ ގެއަށް ދާން އަދި ތިހުރީ ސްކޫލުން އައިގޮތަކަށް ހެދުންވެސްބަދަލު ނުކޮށް ނުވެސް ކައި…………

ނޯ… ޑޭޑް ހޭލީމަ ދާނީ……

ހުދާއްކޮޮ ދެން ބޮޑާ ނުހާކައި ހިނގާބަ ގެއަށް ގޮސް ތި އެއްޗެހި ބަދަލުކޮއްގެން ކައިގެން އަންނަން….. ނުކައި ހުއްޓާ އިސާހިތަކު ފެންނާނިީ ބީ.ޕީ ދަށްވެގެން ވެއްޓިފަ އޮންނަތަން…..ޑޭޑް ރަނގަޅުވާ އިރު ހުދާއްކޮ ބަލިވެ އޮތްކަން އިނގޭއިރު ޑޭޑް ކިހާ ދެރަވާނެ.. އަނެއްކާ ގެއަށް ގޮސް ނަމާދުކޮށް ހެޔޮ ދުޢާ ކުރީމައެއްނު ޑޭޑް އަވަހަށް ރަނގަޅު ވާނީ ….ދެންވެސް ހިނގާބަ އަވަހަށް ގޮސް ތިއެއްޗެހިބަދަލު ކޮއްގެން އަންނަން……!ދޮންތަ ކުރުނުކުރަނެކަން އެގުމުން އަހަރެން އެންމެފަހުން ގެއަށް ދާން އެއްބަސްވީމެވެ.އެހެނުނަސް ދޮންތަ ބުނީ ދޮގެއްވެސް ނޫނެވެ.

***************************************************

ގެއަށް އައިސް ފެވަރައި ރީތިވެ، ނަމަާދުކޮށް ހަދައިގެން އަހަރެން ދިޔައީ ބަދިގެޔަށެވެ.ބަދިގެޔަށް ގޮސް ދޮންތަ ކައްކާފަހުރި ޕާސްތާ އިން އެތިކޮޅެއް ތައްޓަކަށް އަޅައިގެން ކުޑަގޮތެއް ހަދައިލީމެވެ.ކައިނިމިގެން ތަށި ދޮވުމަށް ފަހު އަހަރެން ދިޔައީ ކޮޓަރިޔާ ދިމާލަށެވެ.ބުރުގާ އެޅުމަށެވެ. ވަކިހިސާބަކަށް ދެވުނުތަނާ ސިޓިންރޫމް މޭޒުމަތީ އޮށް ދޮންތަގެ ފޯނު ރިންގުވާ އަޑު އިވުނެވެ.އަބުރަލާފައިގޮސް ގުޅަނީކާކުތޯ ބެލީމެވެ.ގުޅަނީ ދޮންތަބެއެވެ. އެހެން ބަލާކަށް ނުހުރެ ފޯނު ނެގީމެވެ.

ހަލޯ ހަމީ(ދޮންތަ ހަމީދާ)….. އަވަސްކޮށް އާދެބަ މިކޮޅަށް!ކުއްލިއަކަށް ބޭބެގެ ހާލު ސީރިއަށް ވެގެން އެބަ އުޅޭ….. ފޯނު ނެގީ ކާކުކަމެއްވެސް ބެލުމެއްނެތި އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލުމަށްފަހުފޯނުބެޢްވިއެވެ.

ދޮންތާ….. ޑޭޑްގެ ހަލުސީރިއަސް ވެގެން އެބައުޅޭ…. މިދަނީހޮސްޕިޓަލަށް… މިހެންބުނެ އަހަރެން ދުއްވައިގަތިމެވެ.ވަކިހިސާބަކަށް ދެވުނުތަނާ އެއްޗެޢް ހަދާންވެގެން އަހަރެން މަޑުޖެހިލީމެވެ. އަދި ބޮލުގައި އަތް ހާކައިލީމެވެ.ކަމަކުދާކަށް ނެތެވެ.މިދެވުނީ ބުުގާވެސް ނާޅަ އެވެ.ނަސީބަކުން މަގުމަތީގައި މިހުނެއްވެސް ނެތެވެ.އަބުރާއައިކޮޅަށް ދުއްވައިގަތީމެވެ.ގެއަށް ވަދެ މުޅިސިޓިން ރޫމް ހޯދަންފެށިމެވެ. ބުރުގާހޫދުމަށްވެ.ނަމަވެސް ސިޓިންރުމް ހޯދިޔަކަސް ކޮޓރީގައި އޮތް އެއްޗެއް މިތަނުން ފެނާނެހެއްޔެވެ.

އާހް….މިތާވެސް ނެތް….

ހުދާއްކޮ..ކޯއްޗެއްތި ހޯދަނީ…ކަާކުބުނީ ބޭބެ ސީރިއަސްވެގެން އުޅޭވާހަކަ……

ދޮންތަބެ…މިހެންބުނެ އަނެއްކާވެސް އެކިތަންތަން ހޯދަންފެށީމެވެ.

ހުދާ…..ކޯއްޗެއްތަ ތިހޯދަނީ ބުނީމައެއއްނު ހެލްޕް ކޮށްދެވޭނީ…..

މިހޯދަނީ ބުރުގާ…މިތާކުވެސް ނެތް…ދެންމީ ބޮޑުވެއްޖެ ކަމެއްނު… ހޯދަންބޭނުންވާ ގަޑިޔަކކު އެކަތްޗެއްވެސް ނުފެނާނެ…

އަޅެ..ހުދާއްކޮ އެންމެ ފަހަރަކުވެސް ކޮޓަރި ބެލިންތަ…ކޮޓރިމަތިން އަހަރެން ހަދާންވީވެސް ދޮންތަ މިއެހެން ބުނުމުންނެވެ.

އޯ ގޯޑް…ހަމަހުވާ…އާހް….ކުޓަރިގަ ބަާއްވަފަ މުޅިގެ ހޮވިޔަކަށޤ ފެނާނެތަ…ޑޭމް އިޓް…. އަހަނަށް އަމިއްލަ ނަފްސާ ދިމާލަށް ކުދިކިޔުނެވެ. ވާނީވެސް އެހެއެން ތާއެވެ.ދުވެފައިގޮށް ކޮޓރީގައި އޮތް ބުރުގާ އެޅައިގެން ނުކުތީމެވެ.އޭރު ދޮންތަ އަހަރެންގެ އިނއތިޒާރުގައި ސައިކަލް މަތިގައި އިނެްނެވެެ.ދުވެފައިގޮސް ސައިކަލަށް އެިީމެވެ.އަހަރެން ގޮސް އެރުމުން ދޮންތަ ސައިކަލް ދުއްވާލިއެވެ.ހޮސްޕިޓަލާ ދިމާލަށެވެ.

*******************************

ސައިކަލްގޮސް ހޮސްޕިޓަލް ކުރިމަތްޗަށް ގޮސް މަޑުކުރެވުނުކަމެއްނޭގެއެވެ. އަހަރެން ސައިކަލުން ފުންމައިގެން ދުއޮވައިގަތީމެވެވެ. ހޮސްޕިތަލިތެރެއަށެވެ.އަ.އި.ސި.ޔޫ ހުންނަ ކޯރިޑޯ އާހަމަޔަށް ގޮސް މަޑުކޮށްލީމެވެ.އަހަރެން ހިތަށް އެރިއެވެ. އަހަރެންމިއުޅެނީ ދުވާރޭހެއްްގަ ހެޔެވެ.

މިފަހަރުވެސް އަހަރެން ގޮސް މަޑުކުރިވަގުތަކީ ޑޮކްޓަރ  ނުކުތް ވަގުތެވެ.ތެޅިތެޅި އޮތް ހިތަކާއި އެކު ރުވިފައިވާހާލު ޑޮކޮޓަރ ކައިރިއަށް ދިޔައީމެވެ.

***********************************************

ދެންވާނީ ކިހިނެއް ހެއްޔެވެ؟ ހުދާގެ ބައްޕަ ނިޔާވާނީ ހެއްޔެވެ؟ ނުވަތަ ސަލާމަތް ވީ ހެއްޔެވެ؟ދެންވާގޮށް ބެލުމަށް ދެން އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާ!

***********************************************

މީއަޅުގަދުގެ ފުރަތަމަ ވާހަކައެވެ.ހުރިހާކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.ކުށްތަކެއް ހުރިނަމަ އަނޅުގަޑަށް އަންގާލަދިނުން އެދެމެވެ.އިރާދަ ކުރެއްވްޔާމު ކިޔުން ތެރިން ޝައުގެވެރިވާކަހަލަ ވާހަކަ އަކަަށް މިވާހަކަ ވާނެކަމަށް އުންމީދު ކުރަމެވެ.

**********************(ނުނިމޭ)****************

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Esherr

    Nice..???

  2. Nefyy

    Nice story…waiting for the next part ? best of luck❤

  3. aayoo

    Thanks nefyy….

  4. Kylie

    Storyge baeh jumlathah nufeney.??… Ehnve storyga vaagotheh rangalhakah neyge?….

  5. aayoo

    yup..iknow ragalhu kohfa alun upkuraanan…..lap in type kurymavy gotheh….first time vyma ney guny…..iraadhakurehvihyaamu mirey uokohdheynan rangalhu kohfa…..

  6. Aika

    I loved the story ❤️
    Best of luck aayathu?

Comments are closed.