Skip to content
އެސްފިޔަ

އެ މާޒީގެ ދުވަސްތައް

އުލްޔާ ފަތިހު ފާތިހާ ހޭލީ ރައްޓެހިންނާ އެކު ދަތުރު ދާން ހަމަޖެހިފައި ވާތީއެވެ. އެހެންމީހުން ނާމާން ކަމަށް ބުނާ މިނިމެންސާ ކިޔާ ރަށަަކަށެވެ. އުލްޔާ އަދި އޭނާގެ ރައްޓެހިންނަށް  މިރަށަކީ ނާމާން ރަށެއް ކަމަށް އެގިފައެއް ނުވެއެވެ. ދަތުރު ދިޔުމަށް ތައްޔާރީތް ކުރުމުގައި އުޅުނު އުލްޔާ އޭނާގެ އެއްބަނޑު އެއްބަފާ އުމުރުން 5 އަހަރުގެ އުލްފާ ގޮވައިގެން ގޮސް ޕިކަޕަށް އަރިއެވެ. ދަތުރުދާން ހަމަޖެހިފައި ވަނީ އުލްޔާ އާއި އުލްފާ ގެ އިތުރުން އެ ދެކުދިންގެ ބޭބެ އުޒައިރާއި އުލްޔާ ގެ ރައްޓެހި ކުދިން ކޮޅެކެވެ.

އުލްޔާގެ މަންމަ ވަނީ އުލްފާ ވިހެއުމުގެ ތެރޭގައި ނިޔާވެފައެވެ. އެ ކަމުގެ ހިތާމައިގާ ބައްޕަ ވަނީ ހިތަށް ކެތްނުކުރެވިގެން ދުވަސްކޮޅަކަށް ބަލި އެނދުގައި އޮތުމަށްފަހު މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ.

ޕިކަޕުން ގޮސް ފާލަމަށް އެރި ލޯންޗު ތެރެއަށް އުލްފާ ބޭލުމަށް  ފަހު އުލްޔާ ލޯންޗް ތެރެއަށް ފުންމައިލިއެވެ. ހަމައެގޮތަށް ގެނައި ސާމާނުތައް ވެސް އެކުވެރިން ގެ އެހީއާއެކު އެރުވި އެވެ. އަދި އޭނާ ގެ އެކުވެރި ސާރާ ، ހަންފާ ، ހައިށަމް ، އަދި ޖިހާދު އާއި ކައިސަން ގެ އިތުރުން އުޒައިރު ވެސް ލޯންޗަށް އަރިއެވެ. ލޯންޗު ގައި ފަޅުރަށުގެ ފަޅާ ހަމަޔަށް ދެވުނުތަނާ ލޯންޗު ގެ އިންޖީނު ހުއްޓުނެވެ. ހަމަ އެހާ ހިސާބުން ފަހަތަށް ލޯންޗް ޖައްސާލާއިރަށް އިންޖީނު ސްޓާޓު ވަނީއެވެ. އެއަށްވުރެ ކުރިޔަށް ޖައްސާ ކޮންމެ ފަހަރަކު އިންޖީނު ހުއްޓެނީއެވެ. ދިޔަވަރު ބޮޑު ވެފައިވާ ވަރުން އެކަކަށް ވެސް މޫދަށް ފައިބަން ނުކެރުނެވެ.

Comments (2)

  1. Yan♥️

    Varah reethi Masha Allah

  2. masha

    dheem is that you you didnt tell me how ridiculous but the story is nice mimmi

Comments are closed.