Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަދީނީ

ހުވަފެނަކުން ބަދަލުކޮށްލި ޙަޔާތެއް

Lam'aa Level 6100 Login10 Stories
April 21, 2020 3 Mins Read
9 Comments

އުޑުމަތި ސާފު ދުވަހެކެވެ. ހަވީރު ވަގުތުކަމުން ފިނި ވައިރޯޅިތައް ދިޔައީ ޖެހެމުންނެވެ. އާދައިގެ މަތިން އަފާޒް އިނީ ގޭމު ކުޅޭށެވެ. ގޭތެރޭގައި ގުގުމާފައި ހުރީ އަފާޒް ކުޅެން އިން ގޭމުގެ އަޑެވެ.

އުމުރުން ސާދަ އަހަރުގެ އަފާޒް އަކީ އޭނާގެ މައިންބަފައިން ބުނާ ބަސްނާހާ ހިތުހުރި ގޮތަކަށް އުޅެމުން އަންނަ ކުއްޖެކެވެ. ނަމާދު ކުރުމަކީ އޭނާ އެއްގޮތަކަށް ވެސް ކޮށްއުޅޭ ކަމެއްނޫނެވެ.

އާދައިގެ މަތިން މިރޭވެސް އޭނާގެ ބައްޕަ އަރްޒާން އައިސް އޭނާއަށް ނަޞޭޙަތް ދޭން ފެށިއެވެ. “ދަރިފުޅާ އަފާޒް! ތިހެން ނޫޅޭ ދަރިފުޅާ! އެއް ފަހަރުވެސް މި ބައްޕަގެ ބުނާ އަޑު އަހާބަލަ ދަރިފުޅާ! ހެޔޮނުވާނެ ދަރިފުޅާ ނަމާދެއް ކޮއްލަން ދޭބަލަ! މިނޫނަސް ދުވަހެއް އަންނާނެ ކަން ހަނދާން ކޮށްބަލަ!” އަރްޒާން ހުއްޓާލީ އިތުރަށް ކުރިޔަށް ނުގެންދެވިގެންނެވެ. ނަމަވެސް އަފާޒް އިނީ ގޭމުގެ އަވައިގައި ޖެހިފައެވެ. މީހަކު އެތާހުރެގެން އެއްޗެއް ކިޔާކަމެއްވެސް އޭނާއަށް ނޭނގޭ ފަދައެެވެ.

މަޣްރިބް ނަމާދަށް ގޮވަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް އަފާޒް ގޭން ބޭރަށް ނުކުމެގެން ދިޔައީ އޭނާގެ ރަޙްމަތްތެރިންނާ ބައްދަލުކުރާށެވެ.

މިހާރު ގަޑިން ދިހައެއް ޖެހީއެވެ. ޝަރުމީލާ ދެކޮޅަށް ހިނގާލަ ހިނގާލާ އެހުރީ އަފާޒް ގެއަށް އައުން ލަސްވެގެންނެވެ. ކުއްލިއަކަށް ގޭގެ މައިދޮރު ހުޅުވާލި އަޑަށް ޝަރުމީލާގެ ހިނގުން މަޑު ޖެހުނެވެ. އަފާޒް އޭނާގެ މަންމައާ ދިމާއަށް ބަލައިވެސް ނުލާ އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. އަފާޒް އޭނާއާ ދިމާއަށް ބަލާވެސް ނުލުމުން ޝަރުމީލާގެ ހިތުގައި ޖެހުނެވެ.

“ދަރިފުޅާ މަޑުކޮއްބަލަ!” ޝަރުމީލާގެ އަޑަށް އަފާޒްގެ ފިޔަވަޅު މަޑު ޖެހުނެވެ. “ކިހިނެތްތަވީ؟” އަފާޒް ވާހަކަ އޭނާއާ ވާހަކަ ދެއްކި ގޮތުން ޝަރުމީލާ އަށް ރޮވިއްޖެވެ. ނަމަވެސް ހިތްވަރު ކޮއްލާފާ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

” ދަރިފުޅު ކޮންތާކުން ތިޔައައީ؟” ގަދަކަމުން ހިނިތުން ބެލަމުން ޝަރުމީލާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅާއި ސުވާލުކުރިޔެވެ. “އަހަރެން ދާހާ ދަނެއް ބަލާނެ ކަމެއް ނެތް” މިހެން ބުނެފައި ކޮޓަރިއަށް ގޮސް ބަން ލާފައި ދޮރުޖެހިއެވެ.

ޝަރުމީލާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެވެ. ދެފައި ކޮޅުން ވާގި ދޫވާހެން ހީވެގެން އޭނާއަށް މުށިގަނޑު މައްޗަށް ތިރި ވިއެވެ. މަންޒަރު ބަލަން ހުރި އަރްޒާން އަށް ވެސް ކެތްވީ މިހިސާބަށެވެ. މަޑު ހިނގުމެއްގައި ގޮސް މުށި ގަނޑު މައްޗަށް ތިރިވެ، ލޯބިވާ އަންހެނުން ގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ. ކުޑަ އިރަކޮޅަކު އެހެން ތިބެފައި، ޝަރުމީލާ ގޮވައިގެން އަރްޒާން އެމީހުންގެ ކޮޓަރިއަށް ވަނެވެ.

“ޒާން… އަހަރެމެންގެ އަފާޒް…” އަރްޒާން ދެފަރާތަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. “ހިތްވަރު އެލުވާ ނުލާ… އަފާޒް އަށް އަދި ހެޔޮ ވިސްނުން ލިބޭނެ… އިންޝާ ﷲ” ޝަރުމީލާ ހިނިތުން ވެލަމުން ބޯޖަހާލިއެވެ. ނަމަވެސް އެ ހިނިތުންވުން ލޮލަކާއި ހަމައަކަށް ނުފޯރިއެވެ. “އިންޝާ ﷲ”

ކޮޓަރިއަށް ވަތްގޮތަށް ވަދެ އަފާޒް ވަނީ ފެންވަރާލަން ފާޙަނައަށެވެ. މާގަނޑު ދޫކޮށްގެން މަގަނޑު ދަށުގައި ގަޑިއެއް ހާއިރު ހުރެފައި ފާޙަނައިން ނުކުތެވެ. ފާޙަނައިން ނުކުމެ އަފާޒް އަރާ އޮށޯތެވެ. ގިނައިރުތަކެއް ނުވެ އަފާޒް ނިދީގެ ފުން ކަނޑަށް ފުންމާލިއެވެ.

އަފާޒްއަށް ހޭލެވުނީ ހޫނު ވާތީއެވެ. ހޭލިއިރު އޭނާގެ ވަށައިގެން ވަނީ އަލިފާން ރޯވެފައެވެ. އަލިފާން ގަނޑު ދިޔައީ ހަލުވި މިނެއްގައި ފެތުރެމުންނެވެ. އަލިފާން ގަނޑު ފެތުރެމުން އައިސް އޭނާއާއި ތިން ފޫޓު ކައިރިއަށް އަލިފާން ގަނޑު އައެވެ. އެ އަލިފާން ގަނޑުގެ ތެރޭގައި އޮއެތް ޚަތިމެއް ސަލާމަތުން އޮތުމުން އޭނާ ހައިރާން ވިއެވެ. ދެން އޭނާ ހުރެފައި ޚަތިމުގައި ފައިން ޖަހާ ބޮޑަށް އަލިފާން ގަނޑު ތެރެޔަށް ލިޔެވެ. އަލިފާން ގަނޑު ކުއްލިއަކަށް ޚަތިމް އޮއެތް ދިމާލުން ނިވުނެވެ. ހަމަ ކުއްލިއަކަށް އޭނާގެ ދެފައިވާވެގެން ބިންމައްޗަށް ވެއްޓުނެވެ. އަލިފާން ގަނޑު ތެރެއިން މީހެއްގެ ހިޔަނި ވުމުން އޭނާ ވަރަށް ބިރު ގަތެވެ.

“ނަމާދެވެ. ނަމާދެވެ. ނަމާދެވެ.” އެ ބަރު އަޑު އަފާޒްގެ ކަންފަތުގައި ޖެހުމުން އޭނާގެ ގައިން ހީބިހި ނަގައި ގަތެވެ. “މި އަލިފާން ގަނޑުން ސަލާމަތްވާން ބޭނުންތަ؟” އަނެއަކާވެސް ހަމަ އެ ބަރު އަޑު އިވުނެވެ. “އާން” އަފާޒް އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ” ތިހެނެ ވިއްޔާ ބަރާބަރަށް ގަޑިން ގަޑިއަށް ނަމާދު ކުރޭ! ގިނަގިނަ އިން ޤުރްއާން ކިޔަވާ! ލަވަޔާ މިޔުޒިކު ކުޅުން ހުއްޓާލާ! ތި ގެނގުޅޭ ނުބައި ރަޙްތްތެރިން ދޫކޮއްލާ! ރަނގަޅު ރަޙްމަތްތެރިން ހޯދާ! މައިންބަފައިން ބުނާބަސް އަހާ އެމީހުން ދޭ ނަޞޭޙަތް ކަނުލާ އަޑު އަހާ! ސުންނަތާއި ގާތްވޭ! ދީން އުނގެނޭ!”

އަފާޒްއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ދެންމެ ފެނުން ހުވަފެނާ މެދު ވިސްނާލަން އިރަކޮޅަކު އިނދެފައި، ފާޙަނައަށް ވަނީ ފެން ވަރާލައިގެން ވުޟޫ ކޮށްގެން މިސްކިތައް ދިޔުމަށެވެ.

ފަތިސް ނަމާދަށް ދާން ނުކުތް އަރްޒާންއަށް ހައިރާން ކަމެއް ލިބުނީ ދޮރުހުޅުވާލާފައި ނުކުތް އަފާޒް ފެނިފައެވެ. “ދަރިފުޅާ މި ގަޑީގަ…؟” “ބައްޕާ، އަޅުގަނޑަށް މަޢާފް ކުރޭ… އަޅުގަނޑަށް ކުރިން ނުވިސްނުނީ… އެކަމަކު މިހާރު ވިސްނިއްޖެ… އަޅުގަނޑު މި ނުކުތީ މިސްކިތައް ދާން ވެގެން… އާއްސަ މަންމަ ކިބައިން މަޢާފަށް އެދޭނަން… އަޅުގަނޑަށް އޭރު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން…”

” ބައްޕަ ވަރަށް އުފާ ވެއްޖެ ދަރިފުޅަށް ވިސްނުނީމަ… އަލްޙަމްދުލި ﷲ… ދެން ވެސް ހިނގާ އަވަހަށް މިސްކިތަށް ދަމާ…”

“މަންމާ! މަންމާ!” މިސްކިތުން އައި ގޮތައް އައިސް އަފާޒް ޝަރުމީލާއަށް ގޮވަން ފެށިއެވެ. “ކިހިނެތްވީ ދަރިފުޅާ ހާދަ މައިރާ މިއަދު ތި ގޮވަން ފެށީ” ޝަރުމީލާ ބަދިގޭގައި ހުރެފައި ނުކުތެވެ.

“މަންމާ އަޅުގަނޑަށް މަޢާފް ކުރޭ… އަޅުގަނޑަށް މިހާރު ވިސްނިއްޖެ” އަފާޒް އައިސް ޝަރުމީލާ ގައިގައި ބައްދާލާފައި  މަޢާފަށް އެދުނެވެ. ޝަރުމީލާއަށް ޤަބޫލުނުކުރެވިގެން ބަލާލީ އަރްޒާންއާ ދިމާއަށެވެ. ހެވިފައި ހުރެ އަރްޒާން ބޯޖަހާލީ ޤަބޫލުކުރާށޭބުނާ ފަދައިންނެވެ.

“ދަރިފުޅާ! މަންމަ މިހާރު ދަރިފުޅަށް މަޢާފް ކުރި ފަހުން އެތައް ދުވަހެއް ވެއްޖެ… މަންމަގެ ހިތް އަބަދުވެސް ދަރިފުޅުގެ މައްޗަށް ހެޔޮ” ޝަރުމީލާ އުފަލުން ހުރެ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅު ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަދި ﷲ އަށް ޙަމްދު ކުރިއެވެ.

“ދަރިފުޅު ލިބުމުން ހަމަ އަހަރެން މަތިން ހަނދާން ނައްތާލީދޯ” އަރްޒާން ޝަކުވާ ކޮއްލިއެވެ. “އާދޭ ބައްޕަވެސް” އަފާޒް ބުނުމުން އަރްޒާން އޭނާގެ ފުރާނަ ފަދައިން ލޯބިވާ އަންހެނުންނާއި ދަރިފުޅު ކައިރިއަށް ދިޔައެވެ.

މިހާރު އަފާޒް އަކީ ގަޑިން ގަޑިއަށް ލަސްކުރުމެއްނެތި ނަމާދު ކުރާ ޤުރައާން ކިޔަވާ ކުއްޖެކެވެ. އެހެން ވުމުގެ ސަބަބުން މިއަދު އަފާޒްއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

10 އަހަރު ފަސް

އަފާޒް އޮފީސް ނިންމާފައި އައިސް ގެއައް ވަނެވެ. ކޮޓަރިއަށް ވަންއިރު އަފާޒްގެ އަންހެނުން އީލާފް އިނީ އެމީހުންގެ ދަރި ފާއިޒާ އަށް ގާތުން ދޭށެވެ. “އީލް” މޭޒު މަތީގައި ދަބަސް ބަހައްޓާފައި އައިސް އީލާފް އަށް ގޮވާލިއެވެ. “ޒާ ނިދީތަ؟” އަށް މަހުގެ ފާއިޒާއަށް އިޝާރާތް ކޮށްލަމުން ސުވާލު ކޮއްލިއެވެ. “ނުނިދާ” އެވަގުތު ފާއިޒާ އަފާޒްއާ ދިމާއަށް ބަލާލާފައި ހީލިއެވެ. “މާޝާ ﷲ” އެ ހިނިތުންވުން ފެނިފައި އަފާޒް އަށް ބުނެވުނެވެ. “ޒާ އާދޭ ބައްޕަ ކައިރި އަށް” އީލާފް ފާއިޒާ ނަގައި އަފާޒް އަތަށް ދިނެވެ. އަފާޒް އޭނާގެ ދަރިފުޅު އުރާލާފަ އަންހެނުން ގަޔާ ކައިރި ކޮއްލިއެވެ. ފާއިޒާ އަކީ ދީނަށް ލޯބި ކުރާ ކުއްޖަކަށް ހަދަން އަފާޒް ހިތުގައި ޢަޒުމް ކަނޑައެޅިއެވެ.

Share Article

Follow Me Written By

Lam'aa

Level 6100 Login10 Stories

I love to read and write stories. Both negative and positive comments are welcomed ?

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން(ޓްރެއިލަރ)

Next

ޒީން

Next
April 21, 2020

ޒީން

Previews
April 21, 2020

އާދޭސް ކުރާ ހިތްވޭ ރޮމުން(ޓްރެއިލަރ)

9 Comments!

  1. Shaiii says:
    April 22, 2020 at 2:21 pm

    Um first dho….. Vv salhi mi vhk❣️❣️
    Be safe❤️?

    1. Lam'aa says:
      April 22, 2020 at 6:04 pm

      Yes dear. Thank uu. You 2 be safe

  2. Hehlu says:
    April 23, 2020 at 10:19 am

    Vrh vrh salhi lam aa … stay safe

    1. Lam'aa says:
      April 23, 2020 at 1:42 pm

      Thank uu. You 2 stay safe stay home.

  3. nym says:
    April 24, 2020 at 10:53 am

    I love it… so meaningful

    1. Lam'aa says:
      April 24, 2020 at 6:48 pm

      Thank you. رمضان مبارك

    2. Lam'aa says:
      April 25, 2020 at 1:10 pm

      Thank you

  4. Malsa Moosa (Lysh) says:
    April 26, 2020 at 5:19 pm

    Wow lam. hama obi nge. love it. be safe darla

    1. Lam'aa says:
      April 29, 2020 at 3:56 pm

      Thanks mal. You 2 be safe

Comments are closed.



All Right Reserved!