Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޖިލީ *****(01)

Destiny Level 1
January 24, 2015 5 Mins Read
7 Comments

އަހަންނަށް ހޭލެވުނީ ފޯން އެލާމްވާން ފެށުމުންނެވެ. އެލާމްގެ އަޑަށް ނިދި ވަރުބަލިކަން އިޙްޞާޞްވެފައިވާ ދެލޯ ހުޅުވާލީމެވެ. ފޯނުން ގަޑިއަށް ބަލާލިއިރު، ރޭގަނޑު ހަތަރު ގަޑި ބައިވަނީއެވެ. އަވަހަށް އެނދުން ތެދުވީމެވެ. އަހަންނަކީ ޢާއްމުކޮށް އެގަޑީގައި ތެދުވެއުޅޭ މީހެއް ނޫނެވެ. އެކަމަކު، ފޯން އެލާމް ކުރީވެސް އެގަޑީގައި ތެދުވަން ވެގެނެވެ. މިރޭ އަހަރެން ކޮންމެހެންވެސް ތެދުވަން ބޭނުންވީއެވެ. އަޑުއިވިފައިވާ ގޮތުގައި ތަންކޮޅެއް ކުރިން ނިދާފައި ފަތިހު ހޭލުމަކީ ސިއްހީގޮތުން ފައިދާ ހުރިކަމެކެވެ. ނަމަވެސް މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅި މީހުންގެ ކަންނެތްކަމަށް މަގުފަހިކުރުވާތީ، އެގަޑީގައި ހޭލުމަކީ ގިނަ މީހުންނަށް ވަރަށް އުދަނގޫކަމެކެވެ. ރޭގަނޑު ދަންވަންދެން ގިނަ ވަގުތު ހޭލާއުޅެފައި، އެގަޑީގައި ތެދުވެވޭނީ މަދު މީހަކަށެވެ. އެފަދަ މަދު މީހުންގެ ތެރޭގައި އަހަރެން ނުހިމޭނެކަން ހަމަ ޔަޤީނެވެ.

އެނދުން ތެދުވެ ފެންވަރާ ހަދާ ތައްޔާރުވެލީމެވެ. ކުޑައިރުކޮޅެއް ފަހުން ފަތިސް ނަމާދު ބަންގީގެ ބަރަކާތްތެރި އަޑުން މުޅި ޖައްވު ގުގުމާލިއެވެ. ބަންގި ގޮވުމާއިއެކު، މިސްކިތާއި ދިމާލަށް ހިނގައިގަތީމެވެ. މިސްކިތަށް އަރަމުން އަހަރެންގެ ފޯން ނިވާލީމެވެ. ނަމާދުކޮށް ނިމިގެން މިސްކިތުން ފައިބައިގެން އަހަރެން އައީ ގެއަށެވެ. ގެއަށް އައިސް ކިރު ސައިތައްޓެއް ބޯލައިގެން އަހަރެން ނިކުތީ ބޭރަށެވެ. ނިކުމެ ސައިކަލަށް އަރާ ސްޓާޓްކޮށްލީމެވެ. އޭރު އިރުއަރަން ހުރީ ކުޑަތަންވެފައެވެ. މަޑު ދުވެލީގައި ސައިކަލް ދުއްވަމުން އަހަރެން ދިޔައީމެވެ. ސައިކަލް ދުއްވަމުން އަހަރެން ޓީ.ޖެޓީއާއި ދިމާލުން ބޮޑުތަކުރުފާނު މަގަށް ނުކުތީމެވެ.

ވަގުތަކީ އިރު ފެނުން ތޮޅިލަން ފަށާފައިވާ ވަގުތެވެ. މަދު ޢަދަދެއްގެ މުސްކުޅި ފުރައިގެ ފިރިހެނުންނާއި، އަންހެނުން ބާރު ބާރަށް ދެކޮޅަށް ހިނގަމުން ދެއެވެ. ޒުވާން ފުރައިގެ އަންހެން ކުދިން، ކުރު ސޯޓް ކޮޅާއި އެކިކުލައި ޓީޝާޓްތައް ލައިގެން ދުވަމުންގެންދެއެވެ. އޭގެ ތެރެއިން ބައެއް މީހުންނާއިއެކު، އެމީހުންގެ ކުދި ދަރިންވެސް ހިނގާ، ދުވަން ނުކުމެ އުޅޭތަން ފެނެވެ. މަޑުމަޑުން ސައިކަލް ދުއްވާފައި ދާތީ، އެމަންޒަރުތައް އަހަންނަށް ވަރަށް ރީތިކޮށް ފެނެވެ. ފަތިހުގެ އަރާމް ނިދި ނަގާލާފައި އެމީހުން ހިނގަން، ނުވަތަ ދުވަން ނުކުންނަންވީ ކީއްވެގެން ބާވައެވެ؟ ފަތިހުގެ އަރާމް ނިންޖަށްވުރެން، އެކަމުން އެމީހުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ކަން ހަމަ ޔަޤީނެވެ. ނޫންނަމަ، މިހިތްގައިމު ވަގުތު މަޑު ތަންމަތިދޫކޮށްލުމަކީ ކޮންމެ މީހަކަށް ވެވޭނެކަމެއް ނޫނެވެ.

އިރުއަރަމުން އަންނަ ވަގުތުކަމުން މާހައުލުގައިވާ ހަމަހިމޭންކަން އަހަންނަށް އިޙްޞާޞްކުރެވުނެވެ. މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށް ވިޔަސް، އިރުގެ އަލިކަން މަރުޙަބާ ކިޔާ ވަގުތަކީ ހަމަހިމޭން ވަގުތެކެވެ. މަގުމަތީގައި ހަރަކާތްތެރިވަމުންދަނީ މަދު ބަޔެކެވެ. ފަތިހުގެ ނިދި ނަގާލާފައި މުރާލިކަމުން ކަސްރަތު ކުރަން ނުކުމެ އުޅޭ ދާދި މަދު ބަޔެކެވެ. ތަންކޮޅެއް ދުރަށް ދުއްވާލިތަނާ އަހަންނަށް ފެނުނީ ފުރަން އައިސް އުޅުނު ބަޔެކެވެ. އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިން ހިމަނައިގެން ވިއްސަކަށް މީހުން އެތަނުގައި ތިބޭނެއެވެ. އެމީހުން ތިބީ ފުރަން ތައްޔާރުވެގެން އައިސްއެވެ. ބަންދު ދުވަހެއް ކަމުން ދަތުރު ދާ ބަޔެއްކަން ނޭނގެއެވެ. ދިރިއުޅުމުގައި އެކި މީހުން ހިތްހަޖެހުން ހޯދާނީ އެކި ގޮތަށެވެ. އެއްބަޔަކު ފުރިހަމަ ޞިއްހަތެއްގައި ތިބުމަށްޓަކައި، ފަތިހު ކަސްރަތު ކުރަމުން ދަނީއެވެ. އަނެއް ބަޔަކު އުފަލާއި މަޖާކުރުމަށްޓަކައި ދަތުރުދާން ތައްޔާރުވަނީއެވެ.

މަގުމަތިން ފެންނަ މަންޒަރުތަކާއި މާހައުލުން ފެންނަމުންދާ އަސަރުތަކާއި މެދު ވިސްނަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. ގޮސް އަހަރެންގެ ސައިކަލް މަޑުކޮށްލީ ޖުމުހޫރީ މައިދާންކައިރީގައެވެ. މަޑުމަޑުން ސައިކަލުން ތެދުވުމަށްފަހު، އެމައިދާނުގެ ގޮނޑިއެއްގައި އިށީނީމެވެ. ދެން ދެފަރާތަށް ބަލާލީމެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުން ފެންނަނީ ހިތްހަމަޖެހުމެވެ. ކުޑަ ކުދިން ކޮޅެއް ޖުމުހޫރީ މައިދާނުގައި ކޮތަރަށް ކާންދެމުން ދެއެވެ. ބައެއް ކުދިން އެތަކެތި ހިފަން މަސައްކަތްކުރެއެވެ. އަތަށް ކުދި ހަނޑޫފުށް އަޅައިގެން އެކުދިން ކާންދެނީ ވަރަށް ލޯބިންނެވެ. އެކުދިންގެ އުފާވެރި ޙަރަކާތްތައް ބަލަން މައިން ބަފައިން ދުރުގައި ތިއްބެވެ. މަދު މީހަކު މެނުވީ އެތަނުން ނުފެނެއެވެ. ކުރީދުވަހު ހަވީރު ބަނދަރުގައި އަޅާފައި އޮތް ދޯނިތައްވެސް ވަނީ މަހަށް ފުރާފައެވެ. ރަސްމީ ފާލަން ކައިރީގައި ބޭރު ދެތިން މީހުން ތިއްބެވެ.

މަޑުމަޑުން އިރުގެ އަލިން ޖައްވު އުޖާލާވަމުން ދެއެވެ. ގަޑިއަށް ބަލާލިއިރު، ހަތެއް ޖަހަން ކައިރިވަނީއެވެ. މަޑުމަޑުން ދުއްވާ ވެހިކަލުތައް ގިނަ ވަމުންދެއެވެ. ވެހިކަލުތަކުގެ އަޑާއިއެކު، ހަމަހިމޭންކަން ކިލަނބުކޮށްލަމުން ދެއެވެ. ގިނަ އިރު ވާވަރަކަށް މީހުންނާއި ވެހިކަލުތަކުން މަގުމަތީގެ ހަރަކާތްތައް އިތުރުވަމުން ދެއެވެ. ގިނައީ އޮފީސް އޮފީހަށް ދާ މީހުންނެވެ. ބައެއް މީހުން އަމިއްލަ ސައިކަލުގައެވެ. ދެން ތިބި މީހުން އަމިއްލަ ކާރުގައެވެ. ޓެކްސީ ތަކުގައެވެ. އަނެއް ބަޔަކު ފައިމަގުގައެވެ. ގަޑިޖެހޭތީ ބާރުބާރަށް ދުއްވާ ވެހިކަލުތަކާއި އެއްވަރަށް މީހުންވެސް ފެނެއެވެ. އެވާނީ މުޅިންވެސް ދިރިއުޅުމަށް މަސައްކަތް ކުރާ މީހުންނެވެ. އަހަރެންދެން މީ ކާކު ބާވައެވެ؟ އަހަންނަށް ބުނެވުނެވެ.

އަހަރެން އެތަނުން ތެދުވެ ސައިކަލް ސްޓާޓްކޮށްލީމެވެ. އޭރު ގަޑިން ނުވައެއްޖަހަން ކައިރިވަނީއެވެ. އަހަރެންގެ މިސްރާބަކީ ހަމަހިމޭން މަންޒިލެކެވެ. މީހުންނާއި އަޑުތަކުން ސަލާމަތްވެގެންވާ ތަނެކެވެ. މާލޭގައި އެފަދަ ތަނެއް ވޭ ހެއްޔެވެ؟ އަހަރެންގެ ސައިކަލްގެ މިސްރާބް ދެން ބެހެއްޓީ އާރޓިފިޝަލް ބީޗަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއަދު މިކަން އަހަރެން ކުރަން ބޭނުމެވެ. ރައްޓެއްސަކު އެބުނީ ކިހާވަރެއްގެ ތެދެއްކަން ބެލުމަށެވެ؟ އެކަން ހަމަ އެހެން ވެދާނެ ބާވައެވެ؟ އެކަނިވެރިކަމުން ބައެއް ފަހަރު، އިންސާނާގެ ވިސްނުމަށް ހަމަ ބަދަލު އަންނާނެ ބާވައެވެ؟ ބައެއް އާދަތަކުން ދުރުވެ ހަޤީޤީ މިސްރާބަކަށް ދެވިދާނެ ބާވައެވެ؟ ނަފްސާނީ ޢިލްމުވެރިން އެކަމަށް ތަރުޙީބު ދެނީ ކީއްވެގެންބާވައެވެ؟ މޮޅު ވާހަކަ ދައްކަން ބާވައެވެ؟ ނޫނީ ދެން ހަމަ ދައްކާނެ ވާހަކައެއް ނެތުމުން ހެއްޔެވެ؟ އަހަންނަށް އެއް ކަމެއް އިނގެއެވެ. ކޮންމެ މީހަކަށްވެސް، އެކަނިވެލާނެ ވަގުތުކޮޅެއް ބޭނުންވާނެއެވެ. އަހަންނަށް އެވަގުތުކޮޅު ލިބުނު ބާވައެވެ؟

އާރޓިފިޝަލް ބީޗު ކައިރިއަށް ދެވުނު އިރު ހިތުގައި އެނބުރެނީ މުޅިން އެފަދަ ޚިޔާލު ތަކެވެ. އެނިގިދާނެތާނެއެވެ. މިއަދު ދެން މިކަމުގެ އަޖުމަ ބަލާލާނަމެވެ. ޒޯނުގައި ސައިކަލް ޕާރކޮށްލީމެވެ. މަޑުމަޑުން ހިނގާފައި ގޮސް، ބީޗްކައިރީގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ. މީހުންގެ އުދަނގޫ އެންމެ ކުޑަހެން ހީވާ ތަނެއްގައެވެ. ދެން މަޑުމަޑުން ބަލާލީމެވެ.

އާރޓިފިޝަލް ބީޗު ކައިރިއަށް ދެވުނު އިރު ހިތުގައި އެނބުރެނީ މުޅިން އެފަދަ ޚިޔާލު ތަކެވެ. އެނިގިދާނެތާނެއެވެ. މިއަދު ދެން މިކަމުގެ އަޖުމަ ބަލާލާނަމެވެ. ޒޯނުގައި ސައިކަލް ޕާރކޮށްލީމެވެ. މަޑުމަޑުން ހިނގާފައި ގޮސް، ބީޗްކައިރީގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ. މީހުންގެ އުދަނގޫ އެންމެ ކުޑަހެން ހީވާ ތަނެއްގައެވެ. ދެން މަޑުމަޑުން ބަލާލީމެވެ.

މުޅި މާހައުން އަހަންނަށް ފެންނަނީ ހިތްގައިމު ކަމެވެ. އިރުގެ ދޯދިން މުޅި ފަޒާއަށް އަންނަނީ ހޫނުކަމެއް ގެނެސް ދެމުންނެވެ. ކުޑަކުޑަ ދެކުދިން އެކުދިންގެ މަންމައާއިއެކު، މޫދަށް އެރި މަޖާކުރަމުން ދެއެވެ. ތަންކޮޅެއް ދުރުގައި ޒުވާން ފުރައިގެން އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް މޫދުގައި ސަކަރާތް ޖަހަމުން ދެއެވެ. އަހަރެން ވިސްނާލީމެވެ. އެއީވެސް ދިރިއުޅުމެވެ. ހިތަށް އެރިއެވެ. ދޮންވެލި ތުނޑިމަތީގައި އިން ކުޑަކުޑަ ކުއްޖަކަށް އަހަރެން ވާނެނަމައެވެ. އޭރުން ޝަކުވާއެއް ކުރާކަށް ނުޖެހޭނެއެވެ. ރޯކަށް ނުޖެހޭނެއެވެ. ދިރިއުޅުމާއި ދޭތެރޭ ފުންކޮށް ވިސްނާކަށް ނުޖެހޭނެއެވެ. ރޯލުމުން މަންމަ އައިސް ފިރުމާލަ ދޭނެއެވެ. ބޮޑާ ހާކާލުމުން ބޭނުންވާ އެއްޗެއް ބައްޕަ ހޯދައިދޭނެވެ. އެކުޑަކުޑަ ހިތުގައި އެއްވެސް ފިކުރެއް ޚިޔާލެއް ނުހުންނާނެއެވެ. އަހަރެންވެސް ބޭނުމީ އެހެން ވާށެވެ.

ތެދެކެވެ. މީ އެދުވަހެއް ނޫނެވެ. އެހެނެއް ނުވާނެއެވެ. ދެން ކިތައްމެ ވަރަކަށް ވިސްނިޔަސް، ޅަދުވަހެއް ނުލިބޭނެއެވެ. މިއަދު އަހަރެން މިހުރީ ބޮޑުވެފައެވެ. މައިން ބަފައިން އަތްދަށުން ވީއްލި އަމިއްލަ އަށް ފިޔަވަޅު އަޅަން ޖެހޭ ޢުމުރުގައެވެ. އެދުވަހު ވެއްޓުމުން، މަންމަ އައިސް ނަގައިދޭނެއެވެ. އެއް ފިޔަވަޅުމަތިން އަނެއް ފިޔަވަޅު، އަޅަން ދަސްކޮށްދޭނެއެވެ. ބިރުވެރި ކަމުގައި ޙިމާޔަތްދޭނެއެވެ. ނަމަވެސް، މިއަދު އަހަންނަށް އެހެނެއް ނުވާނެއެވެ. އަހަރެން އުޅެން ޖެހޭނީ ވިސްނައިގެންނެވެ.

އާރޓިފިޝަލް ބީޗްގެ ގޮނޑީގައި އަހަރެން އިނީ ވިސްނާށެވެ. މޫދަށް ބީއްސާލާ ކޮންމެ ރާޅާއިއެކު، އަހަންނަށް ވިސްނެއެވެ. ޙިޔާލަށް އައީ އެދުވަސްތަކެވެ. އަހަރެން އެންމެ ކުޑައިރު، އަހަރެންގެ ބައްޕަގެ ކޮނޑަށް ލައިގެން މަސްބާނަން ގެންދާނެއެވެ. އަހަރެންގެ ރަށާއި ކައިރީގައި ދިޔަވަރުހިކިއިރު، ހިނގާލާފައި ދެވޭ ކުޑަކުޑަ ފަޅުރަށެއް އޮންނާނެއެވެ. ކޮންމެ ދުވަހެއް ކަހަލަ ގޮތަށް އަހަރެންގެ ބައްޕަ އަހަރެން މަސްބާނަން ގެންދާނެއެވެ. އަހަރެން ކުޑަކަމުން އަހަރެން އޮންނާނީ ބައްޕަގެ ކޮނޑަށް އަރާ ބައްދާލައިގެންނެވެ. އަހަންނަށް ވަރަށް މަޖަލެވެ. އަހަރެންގެ ބައްޕަ ވަރުގެ ބައްޕައެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. އެއީ ނަމޫނާ ބައްޕައެކެވެ. އެފަދަ ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއަކަށްވުމަކީ އަހަރެންގެ ޝަރަފެވެ. އެއަށްވުރެ، އުފާވާ ކަމެއް އަހަރެންގެ ޙަޔާތުގައި ނުހުންނާނެއެވެ. ނަމަވެސް، މިއަދު ބައްޕަވަނީ ވަރަށް ދުރުގައެވެ. ދެން ދުވަހަކުވެސް ނުފެންނާނެއެވެ.

ބުނަން ހެއްޔެވެ؟ އެހަނދާންތައް އާވުމުން ލޮލަށް ކަރުނަ ޖަމާވެއެވެ. އަހަރެން ފުން ނޭވާއެއް ލީމެވެ. އަހަރެން ވިސްނަން އެބަޖެހެވެ. ކުރިއަރަށް މަޖުބޫރެވެ. ދެއަތް އުރާލައިގެން އިނދެވޭކަށް ނެތެވެ. އަހަރެންގެ މަސްއޫލިއްޔަތާއި ވާޖިބުތައް ގިނައެވެ. އެހާމެ ބޮޑެވެ. އަހަރެން އެކަން ކުރަންޖެހޭނެއެވެ. މަސައްކަތެއް ނުކޮށް، ދެކޮޅަށް ދުވާމީހަކަށް ވެގެން ވާކަށް ނެތެވެ. މިތަނަށް އައި މަގުމަތީގައި އަހަންނަށް ފެނުނު މަންޒަރުތަކުން އިންސާނުން، ދުނިޔޭގައި ދިރިއުޅެން ކުރާ މަސައްކަތް ވަނީ ފެނިފައެވެ. އަހަރެންވެސް އުޅެން ޖެހޭނީ އެހެންނެވެ. ހިތްވަރުކުރަންޖެހޭނެއެވެ. ދިރިއުޅުމުގެ ސަފުން ބާކީވާކަށް ނުވާނެއެވެ. މަސްއޫލިއްޔަތުން ރެކެން ދުވެ ފިލާކަށް ނުވާނެއެވެ. އެއީ ގޮތަކަށް ނުވާނެއެވެ. އެކަން އެހެން ކުރާނީ ފިނޑިންނެވެ. އަހަންނަކީ ފިނޑިމީހަކަށް ވާކަށް ނުވާނެއެވެ.

އަހަރެން އަޑު އަނހަމަވެ. މީހުން ކުރާ މަސައްކަތުގެ ވާހަކައެވެ. ކުރިއަރަށް ތެޅިފޮޅޭ ވަރެވެ. ރެޔާދުވާލު ހޭބޯނާރާ ކުރާ މަސައްކަތެކެވެ. ތެދެކެވެ. ކުރިއެރުމާއި ކާމިޔާބު ގުޅިފައިވަނީ މުރާލިކަމާއެވެ. ތެދުވެރިކަމާއި ވަފާތެރިކަންވެސް ހިމަނައިގެނެވެ. އަހަރެންގެ ބައްޕައަކީ އެފަދަ ނަމޫނާއެކެވެ. ބަލި އެނދުގައި އޮތްއިރުވެސް، އެންމެ ނަމާދެއް ވައްޓާނުލާއެވެ. އެބަލި ދެފައި ކޫތަމުން ފާޚާނާއަށް ވަދެ، ވުޟޫކޮށްގެން ނަމާދުކުރާތައް އަހަރެން ދުށީމެވެ. އެމަންޒަރު ހަނދާންވުމުން ރޮވެއެވެ. އެކަމު، އުފާވެސް ވެއެވެ. ބައްޕަގެ އިޙްލާޞްތެރިކަން ފެނިފައެވެ. މާތް ﷲ އަށާއި އެއިލާހުގެ ދީނަށް އެންމެ ފަހު ސިކުންތުގައިވެސް ޢަމަލުކުރީމައެވެ.

އަހަރެން ފުން ނޭވާއެއް ލީމެވެ. ދެން ގަޑިއަށް ބަލާލީމެވެ. އެގާރަ ގަޑި ބައިވަނީއެވެ. ހިތަށް އެރިއެވެ. އިރުކޮޅަކުން މެންދުރު ނަމާދަށް ގޮވާނެއެވެ. އަވަހަށް ގެއަށް ދާންވީއެވެ. ގޮސް ނަމާދަށް ތައްޔާރުވާންވީއެވެ. ނޫނީ ކާމިޔާބީއެއް ނުލިބޭނެއެވެ. އެހެންވެއްޖެނަމަ، އަހަރެންގެ ޙަޔާތް ބަރުބާދުވާނެއެވެ. އަހަރެންގެ ގާތް ރައްޓެއްސަކު ބުނިހެން ކާމިޔާބު ލިބޭނީ އެއަށް މަސައްކަތް ކުރުމުންނެވެ.

މަޑުމަޑުން އައިސް ސައިކަލް ސްޓާޓްކޮށްލީމެވެ. ދެން ސައިކަލް ކުރިއަށް ދުއްވާލަން އުޅެނިކޮށް ފޯން ރިންގްވާން ފެށިއެވެ. އަހަރެން ފޯން ބިޒީކޮށްލީއެވެ. ދެތިން ފަހަރަކަށް އެނަންބަރުން ގުޅިއެވެ. ގުޅަންވެސް ގުޅާނެއެވެ. އެކަން އިނގެއެވެ. އަހަރެން ޤަޞްދުގައި ފޯން ނުނެގީއެވެ. ފޯން ނަގައިފިނަމަ، ޖެހޭނެކަންތައްތައް އަހަންނަށް އެނގެއެވެ. މިވަގުތުގެ ގޮތުން، އެކަން އެހެންވާކަށް އަހަރެން ބޭނުމެއްނޫނެވެ.

ގެއަށް އައިސް ކޮޓަރިއަށް ވަންއިރު، މަންމަ އުޅެނީ ބަދިގެ ފަރާތުގައެވެ. ކޮއްކޮވީ ސްކޫލުގައެވެ. އަވަސް އަވަހަށް ފެންވަރާ ނިމިގެން ކޮޓަރިން ނިކުމެ ގަޑިއަށް ބަލާލީމެވެ. ބާރަޖަހަން ތިން މިނެޓަށް ވަނީއެވެ. އަހަރެން އަވަސް އަވަހަށް ކޮޓަރިން ނިކުތީމެވެ. އަހަންނަށް ނިކުމެވުނީ މަންމަގެ ކުރިމައްޗަށެވެ.

” ދަރިފުޅަށް ދެވޭނެތަ ޝާމާ ބަލާ! ޝާމާ ސްކޫލް ނިމޭނޭ އެކެއް ޖަހާއިރު؟” މަންމަ މަޑުމަޑުން ބުނެލިއެވެ.

” ލައްބަ މަންމާ. ނަމާދުކޮށް ނިންމާލައިގެން ދިޔަސް ލަހެއްނުވާނެދޯ؟” އަހަރެން އަނހާލީމެވެ.

” އާނ. ދަރިފުޅާ ނުވާނެ ލަހެއް.” މަންމަ އެހެން ބުނަމުން ކުޑަކޮށް ހީނލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Destiny

Level 1

Nothing to write about me? Just ask... If possible will provide you some information

Other Articles

Previous

ހީވެސް ނުކުރަމެވެ.

Next

ޝާޢިރާ

Next
January 24, 2015

ޝާޢިރާ

Previews
January 24, 2015

ހީވެސް ނުކުރަމެވެ.

7 Comments!

  1. minte says:
    January 24, 2015 at 11:06 am

    Heevanee reethi vaane hen

  2. me says:
    January 24, 2015 at 11:12 am

    Goooooooood. interesting. reethi vaahaka akah vaane kamah unmeedhu kuran.

  3. girl says:
    January 24, 2015 at 11:21 am

    Mi vaahaka hama eh nujehey.. feshunu iru bandhu dhuvaheh.. ekam mihaaru school dhuvaheh

  4. huney says:
    January 24, 2015 at 12:52 pm

    kiyaahih nuvaa kahala gothakah feshun!!!!!!

  5. Abaan says:
    January 24, 2015 at 5:49 pm

    thank you

  6. mau says:
    January 24, 2015 at 10:15 pm

    Weekend ga school ah dha kujjeh hen heevany . hehehe.

  7. Destiny says:
    January 24, 2015 at 10:18 pm

    thank you for the comment

Comments are closed.



All Right Reserved!