Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވެސް ނުކުރަމެވެ.

Destiny Level 1
January 24, 2015 4 Mins Read
9 Comments

އަހަންނަށް ހޭލެވުނީ އިނާޒް އައިސް ގައިގައި ކޮށްޓާލުމުންނެވެ. ރޭގަނޑުގެ ވަގުތެއްކަމުން، އޭރު އަހަރެން އޮތީ އެނދުގައި ނިދަން ޖައްސާލައިގެންނެވެ.

“ހާދަ އަވަހަށް ތިނިދަނީ. ހިނގާބަލަ ސައިކަލްގަ ބުރެއް ޖަހާލަން.” އަހަންނާއި ކައިރިވެލަމުން އިނާޒް ބުންޏެވެ.
“މިރޭ ދާހިތެއްނެތް. ކުޑަކޮށް ބޮލުގަ ރިއްސަނީ. އަހަރެން ނިދިޔަދީ. ޕްލީޒް.” އިނާޒް އާއި ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ.
“ނަހޫ. ކީއްވެތަ ދުރަށް ތިޖެހެނީ. އާދެ ބަލަ ކައިރިއަށް. އޭރުންނެއްނު އަހަރެންވެސް އުފާވާނީ.” އެހެން ބުނަމުން، އިނާޒް އަހަރެންގެ އަތުގައި ހިފާ އޭނާއާއި ކައިރިކޮށްލިއެވެ.

“ކުރިންވެސް ބުނެފަ އޮންނާނީ. އަދި ތިހެން އުޅޭ ހިތެއް ނުވެޔޭ.” އިނާޒް އަތް ފޮޅުވާލާފައި ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ.

ކޮޓަރިން ނުކުމެގެން އިނާޒް ދިޔައީ ދެނެވެ. އިނާޒްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން އަހަންނަށް ފާހަގިވިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ބައެއް ފަހަރު، އިނާޒް އަށް ނުވިސްނޭތީ އަހަރެން ވަރަށް ދެރަވެއެވެ. ރައްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރުވަނީއެވެ. އަހަރެން ހިތްހަމަޖެހޭ ކަންތައްތައް އިނާޒަށް ވަރަށް ރަނގަޅަށް އިނގޭނެއެވެ. ނުރުހޭ ކަންތައްތައްވެސް މިހާރު އިނާޒަށް އޮންނަންޖެހޭނީ އިނގި ނިމިފައެވެ.

ލޯބީގެ މާނަ އެހެން ގޮތަކަށް އިނާޒަށް ވިސްނިފައި އޮންނާތީ އަހަރެން ވަރަށް ދެރަވެއެވެ. އެކަމަކު، ހުރިހާ ވާހަކަތަކެއް އިނާޒަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. ބައެއް ކަންތައްތަކަކީ އަމިއްލައަށް ދެނެގަންނަންޖެހޭ ކަންތައްތަކެވެ. ބަޔަކު، ލޯބިވެގެން އާވާރާވެގެން ގޮތްގޮތަށް ތެޅި ފޮޅުނަސް، އަހަންނަށް އަދި އެހެން އުޅެވޭކަށް ނެތެވެ. އަނެއްކޮޅުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭއި އަހަރެމެންގެ ކައިވެނިވެސް ކުރަންވަނީ ނިންމާފައެވެ. ވީއިރު، ދެން ކެތްތެރިކަން ކޮޅުންލައިގެން އަތްފައި ހިމޭނުން ނުބޭއްވިގެން އުޅޭކަށް އަދި ނުވެއެއް ނޫން ހެއްޔެވެ؟

“ނަހޫ. އިނާ އުޅެނީ ވަރަށް ބަލިކޮށް. ބުނި ނަހޫގާތު ބުނާށޭ ވަގުތެއް ވިއްޔާ އިނާގެ ގެއަށް ޖައްސާލައްޗޭ.” ނަޢުމާއާއި ދިމާވީ އޮފީސް ނިމިގެން ގެއަށް އަންނަނިކޮށެވެ. ނައުމާ އުޅޭނީ އިނާޒްގެ ގޭގައެވެ.

ގެއަށް ދިއުމުގެ ކުރިން އަހަރެން ދިޔައީ އިނާޒްގެ ގެއަށެވެ. ގޮސް ސިޓިންގ ރޫމްގެ ގޮނޑި ސެޓްގައި އިށީނީމެވެ. އަހަރެން އިނާޒްއަށް ގުޅީ އެއަށް ފަހުގައެވެ.

“ހިނގާ ކޮޓަރިއަށް.” އިނާޒް އައިސް ގޮތަށް އަހަރެންގެ ކައިރީގައި އިށީނުމަށްފަހު، ފުރަތަމަވެސް ބުނި ބަހަކީ އެއީއެވެ.
“ބަލިމީހުން ނުވާނެ މާގިނައިރު ކޮޓަރީގަ އޮންނާކަށް. ދުނިޔޭގެ ހަމަ ވައި ލިބޭ ހިސާބުގައި ހުރުމުން ތި ބަލި ރަނގަޅުވާނީވެސް.” އިނާޒް އާއިއެކު ކޮޓަރިއަށްދާކަށް އަހަރެން ބޭނުމެއްނޫނެވެ.

“ތިހެން ވާހަކަ ދައްކަންޏާ ދުވަހަކުވެސް މިބަލި ރަނގަޅެއްނުވާނެ! ނަހޫ ބޭނުމެއްނޫން އަހަރެންގެ ހިތްހަމަ ޖައްސައިދީ އުފާކޮށްދޭކަށް. އެންމެ ކުޑަމިނުން ތިލޯބި ލޯބި މޫނުގައި ބީހިލުމުގެ ހުއްދަވެސް އަހަންނަށް ނެތް. ވީއިރު ކޮން ހިތްހަމަޖެހުމެއްތަ ލިބޭނީ؟ ހުރިހާ އުފަލެއް ހޯދަން މިޖެހެނީ މިހެން ހުރެ ތިމޫނަށް ބަލަހައްޓައިގެން. އެއަށްވުރެ، މާރަނގަޅުވާނެ މެނިކުއިންއަކަށް ބަލަހައްޓައިގެން ހުއްޓަސް.” އިނާޒް ހުރީ ހިތްހަމަނުޖެހިފައެވެ.

“އިނާޒް ކެތްކޮށްބަލަ. ދެން ނެތެއްނު ގިނަދުވަހެއްވެސް.” އަހަރެން އެހެން ބުނީ ކައިވެނީގެ ދުވަސް ކައިރިވަމުން އަންނާތީއެވެ.

އިނާޒް އެއްޗެކޭ ނުބުނެ ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަނެވެ. އަހަރެންވެސް ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އަހަރެން ވިސްނާލީމެވެ. އެހާ ހިތް އަވަސްކޮށްލައިގެން އިނާޒް އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހިތްހަމަ ނުޖެހިގެން، އެގޮތަށް ވާހަކަ ދައްކަންވީ ކީއްވެގެން ހެއްޔެވެ؟ ރައްޓެހިވާން އެހި ދުވަހުވެސް ހުރިހާ ވާހައެއް އަހަރެން އިނާޒްއަށް ކިޔައިދިނީމެވެ. އިނާޒްވެސް ހުރިހާ ކަމަކަށް އެއްބަސްވިއެވެ. އެހެންވީއިރު، މިހާރު ކޮން ޝަކުވާއެއް ކުރާކަށް ހެއްޔެވެ؟ އިނާޒް އެފާޑަށް މިހާރު ވާހަކަ ދައްކަން ޖެހޭ އެއްވެސް ސަބަބެއް އަހަންނަށް ނުވިސްނުނެވެ.

ހަވީރުގެ ވަގުތެކެވެ. އޮފީސް ކުދިންނާއެކު، އަހަރެން އިނީ ޑައިނަމޯގައެވެ. އަހަރެން ދިޔައީވެސް އެމީހުން ވަރަށް އާދޭސް ކުރުމުންނެވެ. ތަންތަނަށް ގޮސް ކައިބުއި ހެދުމަކީ އަހަރެންގެ އާދައެއް ނޫނެވެ. ގޭގައި އަހަރެން ބޭނުން ހުރިހާ އެއްޗެއް ހުންނައިރު، ބޭރުތެރޭން ކެއުމަކީ، އަހަންނަށް މާމޮޅުކަމެއްނޫނެވެ.

“އެކަމެއް ނުވި. އައްމަޑޭ ބުނިހެން ހަމަވީ. މަ ވަރަށް މަސައްކަތްކޮށްފިން ގޮތެއް ހަދާލެވޭތޯ. ހަމަ އެއްގޮތެއްވެސްނުވި. ނަހޫ އެއީ ވަރަށް ބޯހަރު އަންހެން ކުއްޖެއް. އެކަމަކު، އަތުޖެހުނު އިރަކުން އެމަލުގެ ފޮނި ބޯލާފަ ދޫކޮށްލާނީ. އަދި އެކަން ކުރާނަން.” އަހަރެންގެ ފަހަރުގައި ހުރި މޭޒުގައި އޮލަކޮށް ދައްކަނީ އަންހެން ކުދިންގެ ވާހަކައެވެ. އެއަޑު އަހަންނަށް އެންމެ ވައްތަރީ އިނާޒް އަޑާއެވެ.

“ތި ނަހޫ ތީ މަށަށްވެސް ނުވި ކަމެއް. ވީއިރު، އިނާޒް އަކަށްވެސް ތިކަމެއް ނުވާނެ.” އެހެން ބުނުމުން އަހަރެންގެ ބޮލުގައި ރިއްސާލިއެވެ.

އަހަރެން މަޑުމަޑުން ފަސް އެނބުރި ބަލާލީމެވެ. ކަމަކު ދާކަށްނެތެވެ. އެމޭޒުގައި އިނާޒް އާއި އަދިވެސް ކޮންމެވެސް ބަޔަކު ތިއްބެވެ. ނަޞީބަކުން އަހަރެން ހުރި ތަނުގެ ގޮތުން އިނާޒަށް އަހަރެންނެއް ނުފެންނާނެއެވެ. އިނާޒް ދެއްކި ހުރިހާ ވާހަކައެއް އަހަންނަށް އަޑުއިވުނެވެ. އިނާޒްގެ ހިތުގައި އަހަންނަށް ދެވިފައިވާ ހަޤީޤީ މަޤާމް އަހަންނަށް ވަރަށް ރަނގަޅަށް ސާފްވީ އެހިސާބުންނެވެ. އިނާޒްގެ އަސްލު ސޫރަ އަހަންނަށް ފެނުނީ އެހިސާބުންނެވެ. ރައްޓެހިން ބުނެގެން ހިތާއި ދެކޮޅަށް ނަމަވެސް ޑައިނަމޯއަށް އާދެވުނުކަން އެއީ ނަޞީބެކޭ ހިތަށް އެރިއެވެ.

“ގޭގަތަ؟ ކޮން ބައެއްތަ އުޅެނީ؟ އެކަނިތަ ތިއުޅެނީ؟” އަހަރެން ގޭގައި ހުއްޓާ އިނާޒް ގުޅިއިރު ރޭގަނޑު ނުވައެއް ޖަހަން ކައިރިވަނީއެވެ.

“މިވަގުތު މިއުޅެނީ އެކަނި. މަންމަމެން އަންނާނީ ކުޑަ އިރުކޮޅެއް ފަހުން.” އަހަރެން އާދައިގެ ގޮތަކަށް ބުނީމެވެ.
“މިދަނީ އިނގޭ.” އިނާޒް އެހެން ބުނެފައި ފޯން ބޭއްވިއެވެ.

އިރުކޮޅެއް ފަހުން އިނާޒް ހުރީ އަހަރެންގެ ގޭގައެވެ. އިނާޒް އައިސް ވަނީ އަހަރެންގެ ކޮޓަރިއަށެވެ. އެއީ ސިޓިންގރޫމްގައި އަހަރެން ފެންނަން ނެތުމުން، އަހަރެން އުޅޭނީ ކޮޓަރީގައިކަން އޭނައަށް އިނގޭތީއެވެ. އިނާޒް އައިސް ހިފީ އަހަރެންގެ އަތުގައެވެ. އަދި މަޑުމަޑުން އަހަންނާއި ކައިރިވެލިއެވެ. ގައިގޯޅިވުމަށް މަސައްކަތް ކުރިއެވެ. އަހަރެން އަތް ފޮޅުވާލުމަށްފަހު، ދުރަން ޖެހިލީމެވެ.

“ދުރަށް ނުދޭ. މީހަކަށް ނުފެންނާނެ.” އިނާޒް ބޭނުމީ އަހަރެންގެ ފަރާތުން އުފާ ހޯދާށެވެ.
“މީހަކަށް ނުފެނުނަސް، ބައްލަވާ ވޮޑިވެންވާ އެހެން ފަރާތެއްވާކަން އަހަންނަށް އިނގޭ. މާތް ﷲ އަށް އަހަރެން ބިރުވެތިވަން. މީހަކަށް ސިއްރު ކުރެވުނަސް، އެކަލާނގެއަށް ސިއްރުކުރެވޭނެބާ؟” އަހަރެން އެހެން ބުނުމުން އިނާޒް ބަސް ހުއްޓުނެވެ.

“ތިކަން އަހަންނަށްވެސް އިނގޭ. އެކަމަކު، އެންމެ ހަގެއް ޕްލީސް.” އިނާޒްގެ އަމަލާއި ބަހަކާއި ދިމަލެއް ނުވޭތާއެވެ
“ނުވާނެ ތިކަމެއް. ހަނދާން ނައްތާލާ. ތިއުޅެނީ ލޯތްބަކުންނޫން. ތިކަހަލަ ލޯބި ވާނެ މިނިކާވަކު އިންސާނާ ފެނުނީމަ، އަދި ބުޅާ މަސް ގަނޑު ފެނުނީމަވެސް. އަހަރެން ބޭނުމެއްނޫން ވަގުތީ އުފަލުގެ މަސްތުގައި އަހަރެންގެ ޢިއްފަތްތެރިކަން ޤުރުބާން ކުރާކަށް. އިއްޔެ ހަވީރު ޑައިނަމޯގަ ހުރެ އިނާޒް ދެއްކި ހުރިހާ ވާހަކައެއް ނަޞީބަކުން އަހަންނަށް އަޑުއިވުނޭ. އެހިސާބުން އަހަންނަށް އިނގިއްޖެ ތީ ކިހާވަރެއްގެ އިންސާނެއްކަން. ތި އިނާޒް މިނަހޫ ދެކެ ވާ ލޯބި ވަރަށް ރަނގަޅަށް އިއްޔެ ފަޅާ އަރައްޖެ. ދެން ދުވަހަކުވެސް ބޭނުމެއް ނޫން އިނާޒް އާއި އެކު އުޅޭކަށް. ނަޞީބަކުން މިފަހަރު މިމަލުގެ ފޮންޏެއް އިނާޒް އަކަށް ނުބޮވުނުދޯ. އަދި ބުނަން އިނާޒް އަކަށްވެސް، އަދި އެހެން ފިރިހެނަކަށްވެސް ކައިވެނީގެ މާތް ގުޅުމުން ގުޅިގެން މެނުވީ މިމަލުގެ ފޮންޏެއް ނުބޮވޭނެ. މިހާރުވެސް ކޮނޑު ހިތްލާ ލާފަ ފަޚުރުވެރިކަމާއިއެކު ބުނާނަން މީ ޢިއްފަތްތެރި ދީންވެރި އަންހެން ކުއްޖެކޭ. ދުނިޔޭގެ ހަތަރު ބިތުގަ އަތްފުނާ އެޅިޔަސް އަހަރެން ކަހަލަ އަންހެން ކުއްޖަކު އިނާޒްއަށް ނުވާނެ. ތިހެން އުޅެގެން ދުވަހަކުވެސް އުފާވެރި ޙަޔާތެއް ނުލިބޭނެ. ފެންނަ ކޮންމެ މަލެއްގެ ފޮނިބޯން ދެންވެސް ނުވިސްނާތި. ބައެއް މާތަކަކީ ވަރަށް ރައްކާތެރިކަމާއި، އަމާނާތްތެރިކަމާއިއެކު ބޮޑުކޮށްފަ ހުންނަ މާތައް. އެމާތަކުގެ އަމައިން އެމާތަނަށް ދުނިޔޭގެ ކަށިތަކެއްވާކަމާއި އިންސާނުންގެ ތެރޭގައި މިނިކާވަގުން އުޅޭކަންވެސް ވަނީ ސާފްކޮށްދީފަ އިނގޭ. ދެންވެސް ވިސްނާތި. އަނެއްކޮޅުން އަހަރެންގެ އަލަތުކައިވެނީގެރޭ އަހަރެންގެ އަލަތު ފިރިމީހާއަށް ދޭނެ ހަދިޔާއެއް ނެތިއްޔާ އަހަރެން މީ އަންހެނަކަށްވެސްނުވާނެދޯ. އެ ހަދިޔާއަކީ މިބުނީ ޢިއްފަތްތެރިކަން. ޢުމުރު ދުވަހާއި ޖެހެދެން އަހަރެން އެ ރައްކާކުރާނަން. ދެން ދޭ. ހަމަ މިހާރު މިގެއިން ނިކުމޭ. އަހަރެން ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ދައްކާ މިނިމުނީ…. މިހިސާބުން އަހަރެމެން ދެމީހުންގެ ގުޅުންވެސް ކަފުންކޮށް ވަޅުލާ ފަސްއަޅާ މިނިންމާލީ.. ހަމަ މިހާރު މިގެއިން ނިކުމޭ.. ތިކަހަލަ ދެމޫނުލީ އިންސާނެއްގެ މޫނު ދުވަހަކުވެސް ދެކޭކަށް ބޭނުމެއްނޫން.” އަހަރެން ބުނަން ބޭނުން ހުރިހާ އެއްޗެއް އިނާޒް އާއި ދިމާލަށް ގޮވާލީމެވެ.

ކުށްވެރިއެއް ހެން އިސްދަށަށް ޖަހައިގެން އިނާޒް އިނެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއް އަޑުއަނހާށެވެ. އަހަރެންގެ ކޮޓަރިން ނިކުމެގެން ދަމުން އެންމެ ފަހު ފަހަރަށް ފެންކަޅިވެފައިވާ ދެލޮލުން އިނާޒް ބަލާލިއެވެ. އިނާޒް ގެ ލޮލުން ކިތަންމެ ކަރުނައެއް ފޭބިޔަސް، މިއަދު އަހަރެންގެ ހިތަށް އަސަރެއްނުކުރާނެއެވެ. ދުވަހަކުވެސް މެއެވެ.

އިނާޒް ނިކުމެގެން ދިޔައެވެ. ކުށަށް ޢިއުތިރާފްވާ ކުށްވެރިޔަކު ހިނގަމުން ދާ ހެނެވެ. އިނާޒް ބޭނުންވީ އަހަރެންގެ ފަރާތުން ނާޖާއިޒު ފައިދާ ނަގާށެވެ. ވަގުތީ އުފާ ހޯދާށެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަހަންނަކީ ހަވަރު ތުން ފުއްސެއް ނޫނެވެ. ކަންމަތީ ފިހާރައިގެ ވާގަނޑެއް ނޫނެވެ. ޓެކްސީއެއް ނޫނެވެ.

އަހަރެންގެ ފަރާތުން ލޯބީގައި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދޭނަމެވެ. ޔަޤީން ކުރާށެވެ. ލޯބިން ރައްޓެހިވެގެން އުޅުމުގެ މާނައަކީ ހުރިހާ ކަމެއް ޙުއްދަވުމެއް ނޫނެވެ. ޙަރާމްކަންތައްތައް ޙަލާލުވުމެއް ނޫނެވެ. އެއީ އަހަރެންގެ ގޮތެވެ. އަހަރެންގެ ލޯބިވެރިޔަކަށް އަހަރެންގެ ފަރާތުން ހުރިހާ ކަމެއް ހުއްދައެއް ނުވާނެއެވެ. އެހުރިހާ ކަމެއް ހުއްދައެއް ނުވެސް ކުރެވޭނެއެވެ.

ލޯބިވެގެން ރައްޓެހިވެގެނޭ ކިޔާފައި އިނުމުގެ ކުރިން، ތަބަކަށް ލާފައި ލޯބިވެރިޔާއަށް އަހަރެންގެ ޢިއްޒަތާއި އަބުރު ވެދުމަކަށް ނާރުވާނަމެވެ. އެކަމާ ޝަކުވާ ކުރިޔަސް ހެވެވެ. މިއުޅެނީ ރައްޓެހިވެގެނޭ ލޯތްބެއް ނުލިބެޔޭ ފިރުމާލާކަށް ނުލިބެޔޭ ކިޔާ ޝަކުވާވެސް ކޮށްގެން ނުވާނެއެވެ.

ޙަޤީޤީ ލޯބިވާނަމަ، ކައިވެނީގެ ކުރިން ލޯބިވެރިޔާގެ އާ ކަން ކަނޑައެއް ނުލާނެއެވެ. އެވަރު އަހަންނަށް ވިސްނެއެވެ. އަނެއްކޮޅުން އަހަރެންގެ އަތުން ލޯބީގައި ގޯހެއް ހަދައިފިނަމަ، އަހަރެންގެ މުޅި ޢާއިލާއަށްވެސް ހުތުރެއް ނޫން ހެއްޔެވެ؟ އަހަރެންގެ މައިން ބަފައިންގެ އަލަތު ކައިވެނިން އެމީހުންގެ ޙަޔާތް ފެށިގޮތަށް އިނދެގެން އުޅޭތާ މިހާރު ތިރީސް ތިން އަހަރު ވަނީ އެވެ. އެއީ އަހަރެންވެސް ޢަމަލު ކުރާނެގޮތެވެ. އަހަރެން ދެރަވަނީ ލޯބިވެޔޭ ބުނެ ކެހިދޭން މަސައްކަތް ކުރާތީއެވެ. އޮޅުވާލާތިއެވެ. ނަމަވެސް، އުފާވާ ކަމެއްވެސް އެބަ އޮތެވެ. ވަގުތު ޖެހުމުގެ ކުރިން އިނާޒްގެ ޙަޤީޤަތް އިނގުމުންނެވެ. މިފަހަރު އިނާޒްގެ ކިބައިން އަހަރެން ސަލާމަތްވިކަން އެއީ ހަމަ ނަޞީބެކެވެ. އެކަމަކު، އިނާޒްގެ ނިޔަތް އެހާ ގޯސްވާނެކަމަށް އަހަރެން ހީވެސްނުކުރަމެވެ.

=ނިމުނީ=

Share Article

Follow Me Written By

Destiny

Level 1

Nothing to write about me? Just ask... If possible will provide you some information

Other Articles

Previous

މިޙަޔާތާ ދުރުނުވޭ (11ވަނަބައި)

Next

ޖިލީ *****(01)

Next
January 24, 2015

ޖިލީ *****(01)

Previews
January 22, 2015

މިޙަޔާތާ ދުރުނުވޭ (11ވަނަބައި)

9 Comments!

  1. kiyuntheriyaa says:
    January 24, 2015 at 10:58 am

    Acheedi mi nimunee tha??

  2. sha says:
    January 24, 2015 at 11:10 am

    iburathun furigenvaa story eh… i jst luv this story n d writer <3 🙂

  3. nash says:
    January 24, 2015 at 11:41 am

    v ibraitheri story eh!!!!!

  4. athoo. says:
    January 24, 2015 at 12:28 pm

    Varah iburaitheri vaahaka eh. Mi zamaanu anhenkudhin nah varah aguhuri naseyhai kolheh mee. Mi vaahakaige author ah mi rogun kuri ah dhevi dhaane. Gonjehun thakaa ves kurimathi vaane. Ehenas jeheyny ekamaa ves kurimathi laan hiyvaraa eku.

  5. aii says:
    January 24, 2015 at 1:43 pm

    Feshun iru nuha dhn dheema minimaly nahoo in..varah hama nujehe…fura thama episode nimun hisaba mi episode feshun hisabuves nuves gulhey…kiyun therin ge coments balafa namaves name eigoi kolinama mifaharu..

  6. shaph says:
    January 24, 2015 at 3:29 pm

    varah iburay theri waahaka eh .. i totally agree with that girl …. 😀 Mihaaruge gina kudinnah mikan nuwisney thy w dhera wey … may god bless u 😀

  7. Abaan says:
    January 24, 2015 at 4:52 pm

    kurin mi namuga liyunu vahaka mathin den kiyun terin handaan nahtaalaa…. evahaka upload kury testakaha.. den handaan balikamun password neyhunyma eiga in nan badalu nukurevuny… huriha kiyun teringe kibain nihaayatah maafah eden….. faadu kiyumakee kurierun… ahany midaairaah varah aa meehehe.. vyma ibaaratuge kuh hurun ekashygenvey.. islaahu kolahdinythy shukuriyaa

  8. humey says:
    February 5, 2015 at 11:47 pm

    Iburaiteri vaahaka eh … konme kuhjakuves mifadha kuhjakah vaane nama dhw

  9. a says:
    October 1, 2016 at 11:55 pm

    nice
    good keep it up i love this story mee iburaitheri vaahaka eh

Comments are closed.



All Right Reserved!