Skip to content
އެސްފިޔަ

ހާދަހާ ލޯބިވޭ (2ވަނަ ބައި)

އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ކައިލާން އާއި ޝާޔާ އަށް އަމިއްލަ ދުނިޔެއިން ބޭރު ވެވުނީ ދެ މީހަކު ބާރަކަށް ހީ ގަތުމުންނެވެ. ދެ މީހުން އެއްފަހަރާ އަޑު އައި ދިމާލަށް ބަލާލިއެވެ. އޭރު އަމާން އާއި މިޝްޔާ ތިބީ ބަނޑުގައި އަތް އަޅައިގެން ހޭންށެވެ. ޝާޔާ އާއި ކައިލާން އެކަކު އަނެކަކަށް ބަލާލުމައްފަހު ފުންމައިގެން ދެމީހުން ތެދުވިއެވެ. ހީވީ ކަރަންޓުގައި ޖެހިގެން ތެދުވިހެންނެވެ. ކައިލާން އާއި ޝާޔާ ތެދުވުމައްފަހު ގައި ފޮޅާލިއެވެ.

 

ޝާޔާ ތެދުވުމައްފަހު ގައިން ވެލި ފޮޅަމުން ކުރިމަތީ ސުކޫލު ޔުނިފޯމްގައި ހުރި ފިރިހެން ކުއްޖާއާ ދިމާލަށް ބަލާލިއެވެ. އެވަގުތުވީ އެ ފިރިހެން ކުއްޖާވެސް ޝާޔާ އާއި ދިމާލަށް ބަލާލި ވަގުތަށެވެ. އެ ފިރިހެން ކުއްޖާ ބަލާލާއިރަށް ޝާޔާ އެ ފިރިހެން ކުއްޖާއާ ދިމާލަށް ލޯ އަޅާލުމަށްފަހު ގޮސް އަމާން ކައިރީ ހުއްޓިލިއެވެ.

 

ކައިލާން ތެދުވެފައި އޭނާގެ ޔުނިފޯމްގައި ހުރި ހިރަފުސްތަށް ފޮޅާލުމައްފަހު ކުރިމަތީ ހުރި އަންހެން ކުއްޖާއާ ދިމާލަށް ބަލާލިއެވެ. އޭރު އެ އަންހެން ކުއްޖާ ހުރީ އޭނާއާ ދިމާލަށް ލޯ އަޅައިގެންނެވެ. އެ އަންހެން ކުއްޖާގެ މި އަމަލުން ކައިލާން ހައިރާންވިއެވެ. ސަބަބަކީ ގިނަ އަންހެން ކުދިން ތިބޭނީ އޭނާއާ ހެދި މޮޔަވެފައި އެވެ. ކައިލާން  ބަލަން ހުއްޓާ އެ އަންހެން ކުއްޖާ  ގޮސް އަމާން ކައިރީ ހުއްޓުނެވެ. އަމާން ފެނުމުން ކައިލާން ހީލާފައި ގޮސް އަމާން ގައިގައި ބައްދާލިއެވެ.

 

އޭރު މިޝްޔާ އާއި ޝާޔާ ހުރީ ވާނުވާ ނޭނގިފައެވެ. އަމާން އެ ފިރިހެން ކުއްޖާއާ އެހާ ހެވިފައި ވާހަކަ ދައްކާތީވެ ޝާޔާ ހުރީ ތުން ދަމައިގެންނެވެ. މިޝްޔާ ކުޑަކޮއް ކައިލާން ގައިގައި ކޮއްޓާލިއެވެ. ކައިލާން މިޝްޔާއާ ދިމާލަށް ބަލާލުމައްފަހު ލުއި ހިނިތުންވުމެއް ދިނެވެ. އަދި އާމާން އަށް އޭނާގެ ކޮއްކޮ ތައާރަފް ކޮއްދިނެވެ.

 

“މާން މީ އަހަރެންގެ ކޮއްކޮ މިޝްޔާ. މިއަހަރު މިކޮޅަށް ބަދަލުވީ އެ މިޝް މީ އަމާން ދޮންބެގެ ވަރަށް ގާތް ރައްޓެއްސެއް” ކައިލާން އަމާންގެވެސް ކުރު ތައާރަފެއް ދިނެވެ.

 

ކައިލާން ވާހަކަ ދެކި އަޑު އިވިފައި ޝާޔާ އަށް ހުރެވުނީ ކައިލާން ދިމާލަށް ބަލަހައްޓައިގެންނެވެ. މީހާއާ އެއްވަރަށް އަޑުވެސް ހާދަރީއްޗޭ ޝާޔާގެ ހިތަށް އެރިއެވެ. ހިތައްއެރި އެއްޗަކުން މޫނަށް ވައްތަރެއް ޖައްސާލަމުން  ދެފަރާތައް ބޯހޫރާލިއެވެ.

 

” މީ އަހަރެންގެ ކޮއްކޮ ޝާޔާ މިދިޔަ އަހަރު އަމީނިއްޔާގަ އުޅެފަ މިއަހަރު އަހްމަދިޔާއަށް ބަދަލުވީއެ. ޝަޔޫ މީ ދޮންބެގެ ބެސްޓް ފްރެންޑް ކައިލާން” އަމާން ބުނެލިއެވެ. “ޝަޔޫ ކައިލާން ސެޓުކުރަން ބޭނުމިއްޔާ ދޮންބެއަށް އަންގާލައްޗޭ” ޝާޔާ ކަންފަތް ބުޑުގައި މަޑުމަޑުން އަމާން ބުނެލީ ދިމާކުރާ ރާގަކަށެވެ. އަމާން އެހެން ބުނުމުން ޝާޔާ ރުޅިއައިސްގެން ބާރަކަށް އަމާން ގައިގައި ވިކައިގަތެވެ. އަމާންއަށް ތަދުވެގެން އައްދިއްޔޯތްޔޭ ކިޔާފަ ޝާޔާގެ ގަތާފައި އޮތް އިސްތަށިގަނޑަށް ދަމާލިއެވެ.

 

” ދެން ހިނގާ އަވަހަށް ސުކޫލަށް ދާން މިހާރު އެއޮށް ގަޑި ޖެހެން ދިހަ މިނެޓަށް ވީ” އަތުކުރީގައި އަޅާފައި އޮތް ގަޑިޔަށް ބަލާލުމަށްފަހު މިޝްޔާ ބުނެލިއެވެ. އަދި އެ ހަތަރު ކުދިން ސުކޫލަށް ދާން ހިނގައިގަތެވެ.

ސުކޫލު ދޮރާށި މައްޗަށް އެރިއިރު ކުލާސް ލައިންތައް ހަދާފައި އޮތެވެ. ސުކޫލު ހުޅުވުނު ފުރަތަމަ ދުވަހައް ވުމުން ސުކޫލް ގުރައުންޑް  ކުލާސް ލައިން ހަދާފައި އޮތެވެ. ޝާޔާ އިނީ  11އެސް2 ގައި ކަމުން އޭނާގެ ކުލާސް ހޯދުމައްފަހު ގޮސް ލައިނަށް އެރިއެވެ. އޭނާ ފަހަތަށް އެރި މިޝްޔާ ފެނުމުން ޝާޔާ މިޝްޔާއާ ވާހަކަ ދެއްކިއެވެ.

 

“ހައި އައެމް އައިޝަތް ޝާޔާ އާތިފް” ޝާޔާ އަމިއްލަ ތައާރަފެއް ދިނެވެ. “ހައި އައިއެމް ފަތިމަތް މިޝްޔާ މުސްތަފާ” މިޝްޔާވެސް ތައާރަފްވެލިއެވެ.

” އަސްލު މި ދޮންބެ މެންނާ ހެދި އަހަރުމެން ދެމީހުންނަށް އެކަކު އަނެކަކަށް ތައާރަފް ނުވެވުނީ ދޯ” ޝާޔާ ބުނެލިއެވެ.

“އާން އެ ދޮންބެމެންގެ ގޮތް” މިޝްޔާ އެކަމާ އެބަސް ވެލަމުން ބުނެލިއެވެ. މިޝްޔާއާއި ޝާޔާ އަކީ މަޖާ އަދި އަނގަގަދަ މިޒާޖެއްގެ ދެމީހުންނަށް ވުމުން ދެމީހުންވެސް ނުލާހިކު އަވަހަށް ރަޓެހިވިއެވެ.

 

(ނުނިމޭ)

ކިޔުންތެރިންނަށް: ލަހުން ވާހަކަ އަޕް ކޮއްދެވުނީތީވެ ވަރައް ބޮޑަށް ކިޔުން ތެރިންގެ ކިބައިން މާފަށް އެދެން. ދެން އިން ޕާރޓް މިއަށް ވުރެއް ދިގުކޮއް އަޕް ކޮއްދޭނަން އިންޝާﷲ.

Comments (12)

  1. Meekkomee

    Varah Reethi ingyy mi part ves ???? whn is next… waiting for it ???? luv yeahhhh ❤️❤️❤️❤️??❤️❤️?????❤️❤️❤️❤️ ttly ❤️❤️✌️✌️

  2. Lamko

    Woooww….sooo beautiful….m speechless….vv reethi….whn nxt

  3. Lavza

    Varah varah reethi ingey kudhi kudhi mistake hurikan faahaga Kollam rangalhu kuraane kamah ummeedhu kuran so curious to see next❤️❤️

  4. Malaa

    Haaaaaaadha reeeeechey.✔✔✔
    maasha Allah.?????????????????????
    waiting for the next part???…Varah vz furihama igey.shaya aa kailaan bai ginain genesdhehchey..Varah salhi ????????????????????????

  5. Yanaa

    Varah Varah reethi ?????
    maa sha Allah ??????
    waiting for the next part❤❤❤
    ❤❤❤❤❤❤❤❤❤❤❤❤

  6. Anonymous

    V v v v v rythi. when next part?waiting ingey. shaaya aai kailaan bai ginaian genes dhehchey plz
    mi story ehaa avahah nimmai nulaathi ingey plz plz 40 part madhu vegen innan vaane ingey sis…ok ehyah vuren gina viyas gina vhya rangalhy vx. waiting

  7. Shafa

    Vreethi maa Sha Allah
    When next part

  8. Ameesha

    Hey sisoo…when is next part.plz avahah up kohdhy ba plz…waiting next part

  9. unnaa

    Sis!kobaa next part?? waiting ingey..Kameh dhimaa viyas bunelaathi ingey.. please next part up kohla dhy ba.vrh inthixaaru kurevy eba.please please

  10. Anonymous

    kobaa story

  11. މީޟް

    Kobaa tha next part?? Alhe dhen up kolladheeba plz plz plz.

  12. Princess

    Wait for next part?? Varah reethi mi part ves. Best of luck writer

Comments are closed.