Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޙަޤީޤަތް … 02 ވަނަ ބައި…

Fantasy Level 310 Stories500 Comments100 Comments
December 3, 2014 8 Mins Read
13 Comments

“ހޫމް ދެން ހެވޭ. އެލީން އަވަހަށް ގެއަށް ދޭ. މިހާރު އެލީންގެ ބައްޕަ ހޯދަށް އުޅޭނެ.” ހަސީނާ ބުނެލިއެވެ. “އޯހް ބައްޕަ ދޯ. ބައި މުނާ ބައި ހަސިންތާ. އަދި އަންނާނަށް ފަހުން” އެލީން އެހެން ބުނުމަށް ފަހު ވަރަށް ބާރަށް ހިގައިގަތެވެ.

      މުނާގެ އޭނަގެ މަންމަ ފަހަތުން ބަސްއަހާ ކުއްޖެއް ފަދައިން ގޮސް ގެއަށް ވަނީއެވެ. އެލީންގެ ބައްޕަ އާދަނު އުޅުނީ ގެނައި މަސްކޮޅު ކަޑަންވެގެން ބަދިގެ ފަރާތުއެވެ. “ހައި ބައްޕާ’ އާދަނު ސިހިގެން ދިޔައީ އެލީންގެ އަޑު އިވުމުންނެވެ. “ކޮންއިރަކު ބައްޕަ އައީ. ވަރަށް ބަނޑުހައި ވެފައެއް ނުންދޯ. ކާން ހަދަންތަ. ނޫނީ މަހުން އެއްޗެއް ހަދައިގެންތަ ކާނީ.” އެލީން ހުރީ ހިނިތުންވެލައިގެންނެވެ. އެލީންގެ ހުންނަނީ ބައްޕައެކެވެ. އެލީން ވަރަށް ކުޑައިރު އެލީންގެ މަންމަވަނީ މަރުވެފައެވެ. “ބައްޕަ ދަރިފުޅު ކައިރީގައި ނުބުނަންތަ ތިގޮތަށް ނަހަދާށެކޭއެއް” އާދަނު ވާހަކަ ދެއްކީ އެލީންގެ މޫނަށް ބަލާވެސް ނުލައެވެ. ” އަހަރެން ކިހިނެއްތަ ހެދީ ބައްޕާ” އެލީން އޭނަގެ ބައްޕަކައިރީގައި ތެއްޔެއް ބަހައްޓަމުން އިށީދެލިއެވެ. “ދަރިފުޅަށް ނެގޭތަ ދަރިފުޅަށް ހެދުނު ގޮތެއް. ތިހެން އުޅެނިކޮށް މީހަކަށް ފެނިދާނެ ނޫންތަ.” އާދަނު މަސްކަޑަމުން ދިޔައެވެ. “ބައްޕާ އަހަރެންނަކީ މިހާރު ކުޑަކުއްޖެއް ނޫނޭ. އެހެންވީމަ އަހަރެންވެސް އެވަރު ބަލާނެ ދޯ” އެލީން އޭނަގެ ބައްޕަގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އެކަމަކުވެސް ހެޔޮ. ދަރިފުޅުވެސް އުޅެންޖެހޭނީ އެހެންމީހުންވެސް އުޅޭގޮތަށް. މީގެ ފަހުން އެގޮތަށް ކަންތައް ނުކުރާތި.” އާދަނު ބުނެލީ އަމުރު ކުރާގޮތަށެވެ. “ކިހާ ދުވަހެއް ވަންދެންތަ އަހަރެން މިކަންތަށް ފޮރުވަންވީ. ކޮންމެވެސް ދުވަހަކުން އެންމެންނަށް އެގޭނެ ނޫންތަ. އޭރުން ބައްޕަ ބޭނުންނުވިޔަސް މިރަށުމީހުން އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔާނެ. އަހަރެންދެކެ ރުޅި އަންނާނެ. އަހަރެންދެކެ ބިރު ގަންނާނެ. މިގޮތަށް މިކަންތައްވާނެ ކަން ބައްޕައަށް ހަމަ ރަގަޅަށް އެގޭނެ.” އެލީންގެ ލޮލުން ކަރުނަ ހިލުނެވެ. އާދަނު ބަލާލީ އެލީންއާއި ދިމާލަށެވެ. އެލީން ކަރުނަ ފޮހެލަމުން ގޭތެރެއަށް ދާން ހިގައިގަތެވެ.

     އެލީން ދިޔަގޮތަށް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ދޮރު ކައިރީގައި ހުއްޓިލައިގެންހުއްޓެވެ. މަޑުމަޑުން ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލިއެވެ. އަދި ކޮޓަރިއަށް ތެރެއަށް ބަލާލިއެވެ. އެލީންގެ އަސްލު ސިފަ އެހެންމީހުންނަށް ފޮރުވަން އެލީންވެސް ބޭނުންވެއެވެ. ނަމަވެސް އެލީން ކުރާނީ ކީންހެއްޔެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ދެންއެލީންއަށް މިކަންތަށް ފޮރުވެނީ މަދުދުވަހެއް ވަންދެންކަށް އެލީންއަށް ވިސްނެއެވެ. ފަހުން އެލީންގެ ހަގީގަތް އެންމެންނަށް އެގޭނެއެވެ. އޭރުން އެލީންދެކެ އެންމެ ރުޅިއަންނާނެއެވެ. އޭރުން އެލީން ކުރާނީ ކީންހެއްޔެވެ. އެލީން ބަލާލީ ކޮޓަރީ މޭޒުމަތީގައި ބަހައްޓާފައި ހުރި ވާސްއަކާ ދިމާލަށެވެ. އޭގައި ހުރީ މިއަދު ހެނދުނު އެލީން ބިދެގެން ގެންނަ މާތަކެކެވެ. މަޑުމަޑުން އެލީން ވާސްއާއި ދިމާލަށް އަތް ދިއްކޮއްލިއެވެ. އެވަގުތު ވާސް މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ. މަޑުމަޑުން މައްޗަށް އަރަމުންދިޔަ ވާސްއާއި ދިމާލަށް އެލީން ބަލަހައްޓައިގެން ހުއްޓެވެ. ވަކި ހިސާބަކަށް އެރުމަށް ފަހު ވާސް ހުއްޓިއްޖެވެ. މިހާރު ވާސް އެހުރީ ކޮޓަރީގެ މެދުގައެވެ. އޭގެއަށް ޖަހާފައިވާ މާތަށްވެސް ކުޑަކޮށް ގުޑިލަ ގުޑިލާ ހުއްޓެވެ. އެލީން އަދިވެސް ހުރީ ވާސްއާއި ދިމާލަށް (ކަނާއަތް) އަތްދިއްކޮއްލި ގޮތަށެވެ. އެލީން މަޑުމަޑުން އަނެތްއަތް (ވާއަތް) ވާސްއާއި ދިމާލަށް ދިއްކޮއްލިއެވެ.

     ދެން ކުއްލިއަކަށް ވާސްގައި ހުރި މާތަށް މައްޗަށް އަރަންފަށައިފިއެވެ. އެލީންގެ ވާއަތަށް ގެންނަ ކުޑަހަރަކާތަކުން އެމާތަށް އެލީންއާއި ދިމާލަށް އަންނަން ފެށިއެވެ. “އެގޭތަ އަހަރެންމީ ކާކުކަން”އެލީން އެމާތަކަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ. “ބިރުގަނެއްޖެ ދޯ އަހަރެންގެ ބާރު ހުރިކަން އެގުނީމަ” އެލީން މަޑުމަޑުން މާތަށް އޭނަގެ މޫނާއި ދިމާލަށް ގެންނަން ފެށިއެވެ. މިހާރު މާތަށް އެހުރީ އެލީން އާއި ވަރަށް ކައިރީގައެވެ. ކުއްލިއަކަށް އެލީން އޭނަގެ ވާއަތް މުއްކަވާލިއެވެ. އެވަގުތު މާތަށް ބޮޑިވިއެވެ. ހަމަ އެހާއަވަހަށް އެލީން އޭނަގެ ވާއަތް ހުޅުވާލިއެވެ. އެވަގުތު މާތަށް ކޮޓަރި ތެރެއަށް ބުރުއްސައިގެން ދިޔައެވެ. އެލީން ދެން ބަލާލީ ވާސްއާއި ދިމާލަށެވެ. އެދެލޮލުން މިހާރު ފެންނަން ހުރީ ރުޅިވެރިކަމެވެ. މަޑު ނުކުލައިގައިވާ ކަޅި މިހާރު ވަނީ ގަދަ ނޫކުލައަކަށް ބަދަލުވެފައެވެ. “އަހަރެންނަކީ މިއީ. އެގިއްޖެތަ” އެލީން އެހެން ބުނި އަޑު މީހަކަށް އިވުނުނަމަ އެމީހަކު ބިރުން ހަލާކު ވާނެއެވެ. އެލީން ކަނާއަތަށް ގެނައީ ކުޑަ ހަރަކާތެކެވެ. އެވަގުތު ބާރު އަޑަކަށްފަހު ވާސް ކުދިކުދި ވެގެން ވެރިއްޖެއެވެ.

     އާދަނު މަސްތަށް ތެއްޔަށް އެޅުމަށްފަހު ބަދިގެތެރޭގައި ތެލި ބޭންދިއެވެ. އެވަގުތު އެއަޑު އާދަނަށްވެސް އިވުނެވެ. ވީގޮތް އާދަނަށް އެގޭކަން މާކަ ގިނައިރެއް ނުނެގިއެވެ. އާދަނަށް ބަލާލެވުނީ އެލީންގެ ކޮޓަރީއާއި ދިމާލަށެވެ. އާދަނު އަތް ދޮވެލައިގެން ގޭތެރެއަށް ވަނެވެ. އެލީންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވިއެވެ. އާދަނު ކޮޓަރި ތެރެއަށް ބަލާލިއެވެ. ކޮޓަރި ތެރޭގައި ހަލާކު ކޮއްލާފައި ހުރި މާތަށް ނޫން އެހެން އެއްޗެއް ނެތެވެ.ތަންކޮޅެއް ދުރުގައި އިން މޭޒުމަތީގައި ވާސް ހުއްޓެވެ. އާދަނު ދެން ބަލާލީ އެލީން ކޮބައިތޯއެވެ. އެލީންވީ ފާހާނައިގަ ކަން އާދަނުއަށް އެގުނެވެ.

    އެލީން ބަދިގެއަށް އައިއިރު އާދަނު ގަރުދިޔަ ކަށްކަން ފެން އުދުންމަޗަށް އުދައިފިއެވެ. އާދަނުއަށް އެލީން ފެނުމުން ހީލިއެވެ. ނަމަވެސް ރައްދުގައި އެލީންގެ ފަރާތުން އެއްވެސް ހަރަކާތެއް އާދަނުއަކަށް ނުފެނުނެވެ. “ދަރިފުޅަށް ބައްޕާއާއި ވާހަކަ ދައްކާލެވިދާނެތަ” އެލީން އާއި ދިމާލަށް ބަލާލަމުން އާދަނު އަހާލިއެވެ. އާދަނު އެލީން ދެކެ ވަރަށް ލޯބިއެވެ. އެލީންއަށް ކަމެއްވެދާނެތީ އަބަދުވެސް ވިސްނެއެވެ. އެލީން އެނާގެ ލޯކުރިމަތިން ގެއްލޭކަން އާދަނު ބޭނުމެއް ނުވެއެވެ. އެލީންއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އާދަނު ބައިވެރިވާން ބޭނުންވެއެވެ. ނަމަވެސް ގިނަ ކަންތައްތަކުގައި އާދަނު ޖެހެނީ ދުރުގައި ހުންނާށެވެ. އޭނަގެ ދަރިފުޅަށް ކުރެވޭ ކިތައްމެ ކުޑަކަމެއްގެ ސަބަބުންވެސް ދިމަވާނީ ކޮންކަހަލަ ކަންތައްތަކެއްކަމެއް އާދަނުއަކަށްވެސް ނޭގެއެވެ. އެލީން އެއްވެސް އެއްޗެކޭ ނުބުނެ ގޮސް އުދުން ކައިރީގައި ހުއްޓެލިއެވެ. “އަދިވެސް ރުޅިއައިސްފަތަ” އާދަނު އެލީންއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. “ހިތުތެރޭގައި ރުޅިވެރިކަން ބަހައްޓައިގެން ވާނީ ކޮންފައިދާއެއް ދަރިފުޅާ” ބަދިގެތެރޭގައި އިން ގޮޑިއެއްގައި އާދަނު އިށީނެވެ. އެލީން އާދަނުއާއި ދިމާލަށް ބަލާލީ އެވަގުތު އެވެ. އެދެލޮލުން ކަރުނައިގެ މުތީތަށް މަޑުމަޑުން ކޯތާފަތްމައްޗައް ފައިބަމުން ދިޔައެވެ. މިމަންޒަރު މީ އާދަނުއަށް ބަލަން މާފަސޭހަ މަންޒަރެއް ނޫނެވެ. އޭނަގެ ލޯބިވާ ދަރިފުޅުގެ ލޮލުން ކަރުނަ ދެކޭކަން އޭނަ ބޭނުމެއް ނޫނެވެ.

     އެލީން ގޮސް އާދަނު ކައިރީގައި ކުރުކަކޫ ޖަހައިގެން އިށީނެވެ. އަދި އާދަނުގެ މޫނަށް ބަލާލިއެވެ. “ބައްޕާ އަހަރެން މީ ކާކު. އަހަރެން ކީއްވެ މިގޮތަށް އުޅެން މިޖެހެނީ. އަހަރެންނަށް ހަމަޖެހިގެން އުޅެވެން ނެއްތަ؟ އަހަރެން ހަދާނީ ކިހިނެއް.” އެލީން ރޮމުން އާދަނުއާއި މުހާތަބް ކުރިއެވެ. “ދަރިފުޅު ތީ ބައްޕަގެ ލޯބިވާ އެލީން. ބައްޕަގެވެސް މަންމަގެވެސް” އާދަނު އެލީންގެ ބޮލުގައި ފިރުމާލިއެވެ. “އަހަރެންގެ މަންމަ އަކީ ކާކު. މަންމަ އަހަރެންދެކެ ލޯބިވާނަމަ އަހަރެން ދޫކޮއްފައި ދިޔައީ ކީއްވެ. މިކަހަލަ ދުނިޔެއަކަށް. އަހަރެން އިންސާނަކަށްނުވެ އެހެން އެއްޗަކަށް ވިނަމަ” އެލީންއަށް ގިސްލެވެން ފެށިއެވެ. މަޑުމަޑުން އާދަނުގެ ފައިމަތީގައި އެލީން ބޯޖައްސާލިއެވެ. ‘ދަރިފުޅަށް އެގޭނެ ދަރިފުޅުގެ މަންމަ އަކީ ކާކުކަން. ދަރިފުޅަށް ބައްޕަ ހުރިހާ ވާހަކައެއް ކިޔައިދީފަވާނީ. މިހުރިހާ ކަމެއްގެވެސް ކުއްވެރިއަކީ މިބައްޕަ” އާދަނުވެސް ދެރަވިއެވެ. އޭނައަށް ކުރެވުނު އެންމެ ކުށެއްގެ އަދަބު އޭނަގެ ދަރިފުޅަށް ލިބެމުން ދާތީއެވެ. އޭނަގެ އަންހެނުންވެސް މަރުވީ އެހެންވެގެންނެވެ. “ނޫން ބައްޕާ ތިހެން ނުބުނޭ. ބައްޕާތިއީ މިދުނިޔޭގަވެސް ހުރި އެންމެ ރަގަޅު ބައްޕަ. އެއީބައްޕަގެ މައްސަލައެއްނޫން. ސޮރީ ބައްޕާ ދެރަކޮއްލެވުނީތީ. ދެން އެގޮތަކަށް ވާހަކައެއް ނުދަންކާނަން އިގޭ” އެލީން އާދަނު ދެރަކުރާކަށް ބޭނުމެއް ނޫނެވެ. އެލީންގެ ލޮލުން ފޭބި ކަރުނަތައް ފުހެލަމުން އާދަނުއަށް ހީލިއެވެ. އަދާނުވެސް އޭނަގެ ލޯބިވާ ދަރިފުޅުގެ ބޮލިގައި ފިރުމާލިއެވެ.

     އެލީން ގޮސް އުދުންމަތީގައި ހޫނު ފެންތެއްޔަށް މަސްތައް އަޅާލިއެވެ. މާގިނައިރެއް ނުވެ  ގަރުދިޔަ ކެކިއްޖެއެވެ. ދެބަފައިންވެގެން އެކީވާހަކަ ދައްކަމުން ކާންހަދައި ކެއުން ނިންމާލިއެވެ. ކައިނިމިގެން އާދަނު ދިޔައީ ބޭރަށެވެ. އެލީން ވަނީ އަނެއްކާވެސް ކޮޓަރިއަށެވެ.

    ހަވީރުގެ ހިންފަސޭހަ ވަގުތެވެ. އެލީން ގެއިން ނިކުތީ މުނާމެންގެއަށް ދާށެވެ. މަޑުހިގުމެއްގައި އެލީން ހިގަމުން ދިޔައެވެ. މަގުމަތީގައި ތިބި އެންމެން ކަހަލައިން އެލީންއާއި ދިމާލަށް ބަލަމުން ދިޔަކަން އެލީންއަށް އެގެއެވެ. އެކިމީހުން ސިއްރު ސިއްރުން ބުނާއެއްޗެހިވެސް އެލީންއަށް އަޑުއިވެއެވެ. އެކަމާއި އެލީން ރުޅިއާދެވެ. އޭނަ ބޭނުންވަނީ ވީހާވެސް އަވަހަށް އެމީހުންގެ ލޯމަތިން ގެއްލޭށެވެ. އެލީން ބޭނުންނަމަ އޭނައަށް ވަގުތުން އެހެން ހެދޭނެއެވެ. ނަމަވެސް….. އެލީން ޖެހެނީ މިގޮތަށް އުޅޭށެވެ.

     މުނާމެންގެ ދޮރުމައްޗަށް އެލީން މަޑުކޮއްލިއެވެ. ދެފަރާތް ބަލާލީ ކޮންމެވެސް ކަމެއް ކުރަންވެގެން ގަންނޭގެއެވެ. ނަމަވެސް އޭނައާއި ދިމާލަށް އޭރުވެސް މީހުންބަލަމުން ދާތީ އެލީން ބޭނުންވި ގޮތެއް ނުވިއެވެ. އެލީން ސަލާމް ގޮވާލިއެވެ. މުނާމެންގޭގައި މީހަކު ފެންނަން ނެތީމައި މަޑުކޮއްލައިގެން ހުރީއެވެ. ދެވަނަ ފަހަރަށް ސަލާމް ގޮވާލިއެވެ. އެތެރެއިން ސަލާމް ބަލައި ގަންނަމުން މިރާޒް ނިކުތެވެ. މިރާޒްއަކީ އެރަށު އޮފީހުގައި މަސައްކަތް ކުރަމުން ގެންދާ ޒުވާނެކެވެ. ގިނަ އަންހެންކުދިންތަކެއްގެ ހިތްކިޔަމުންދާ މިރާޒްއަކީ ރީތި ފިރިހެނެކެވެ. ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ފަންރީތި އިސްތަށިކޮޅެއް ލިބިފައިވާއިރު މިރާޒްގެ ދެލޮލަކީ އެއްމެ ރީތި ދެލޯކަމަށް އެރަށު މީހުން ބުނެއެވެ. އެލީން ހިނިތުންވެލިއެވެ. “މުނާ ކޮބާ” މިރާޒް ސިހުނީ އެލީންގެ އަޑު ޖެހުމުންނެވެ. “އިބަ އުޅޭ ކޮޓަރިގައި. އާދޭ އެތެރެއަށް” މިރާޒް ވަހަކަ ދެއްކިއެވެ.

     އެލީން ދިޔަގޮތަށް މުނާ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ. މިރާޒް އެލީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރިކަން އެލީންއަށް އެގެއެވެ. އެހެންވެ އަވަހަށް ދޮރު ހުޅުމާލުމަށް ފަހު އެތެރެއަށް ވަނެވެ. މުނާއަށް އެލީން ކޮޓަރިއަށް ވަންތަށް ފެނުމުން ހައިރާން ވިއެވެ. ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅު ލާފައެވެ. އެލީންއަށް ދޮރުހުޅުވުނީ ކިހިނެއްހެއްޔެވެ. އެލީން ދޮރުލައްޕާލުމަށް ފަހު މުނާއާއި ދިމާލަށް ބަލާލިއެވެ. “އައި ހޭޓް ދެމް. އައި ހޭޓް ދެމް. ރިޔަލީ އައި ހޭޓް ދެމް” މިހެން ކިޔަމުން އެލީން ގޮސް އެނދުމަށްޗަށް ވެއްޓިގަތެވެ. މުނާ އޭރުވެސް ހުރީ ހައިރާންވެގެން އެލީންއާއި ދިމާލަށް ބަލާށެވެ. އޭނަ ދޮރު ހުޅުވަންވެގެން އެދުން ތެދުވިގޮތަށް ހުއްޓިފައެވެ. މުނާގެ ކުރިމަތީގައި އެބުރެނީ އެންމެ ސުވާލެކެވެ. ކިހިނެއް ހެއްޔެވެ. “ކިހނެއްތަ އެލީން ތިވަނީ” މުނާއަށް އަހާލެވުނެވެ. “މުނާ ކުރާ ސުވާލު ދޮރުންނެންނުން” އެލީން ބާލިހުގައި ރީއްޗަށް ހަމަޖެހިލަމުން ބުނެލިއެވެ. އެލީން ވިސްނަމުން ދިޔައީ އެމީހުން އޭނައާއި ދިމާލަށް ނުބަލާނެ ގޮތެއް ހެދުމަށެވެ. “ދޮރުން ކިހިނެއް” މުނާގެ ހައިރާންކަން އަދިވެސް ނުފިލައެވެ. އެލީން ބަލާލީ މުނާއަށެވެ. “އޭ އާ ޔޫ އޯކޭ. ކިހިނެއްވެފަތަ ތިހިރީ. ކީކޭތަ ތިކިޔަނީ ކުއްޖާ.ބަލަ ދޮރު ހުޅުވައިގެނެންނޫންތަ މިވަނީ” އެލީންއަށް މުނާ ކިޔަން އުޅޭ އެއްޗެއް ނޭގުނެވެ. ‘ދޮރު ތަޅުލާފަ ހުއްޓަ އެލީން ހުޅުވީ ކިހިނެއް” އެލީންއަށް މުނާގެ މޫނާއި ދިމާލަށް ސިހިގެން ގޮސްފައި ބަލާލެވުނެވެ. “ދޮރު ތަޅުލާފަތަ ހުރީ” އެލީންއަށް އަހާލެވުނެވެ.

       “އާ އަހަރެން ހުންނާނީ ދޮރު ތަޅުލާފަ. އެލީން ކިހިނެއްތަ ތި ދޮރު ހުޅުވީ ދެން” މުނާ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ. އެލީން އަށް އެވަގުތު އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. ބާލިސް މައްޗަށް އަނެއްކާވެސް ވެއްޓިގަތެވެ. އާއެކެވެ. އެލީން ދޮރުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލާފަކަށް ވިސްނުނީއެވެ. ނަމަވެސް މިރާޒްގެ ލޮލުން ސަލާމަތްވާންވެގެން އެލީންއަށް ގޯސްކޮށް ކަމެއް ކުރެވުނީއެވެ. ބާލީސް މައްޗަށް ޖެހިގަންނަމުން އެލީން ހޭންފެށިއެވެ. ވަރަށް ބާރަށެވެ. މުނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “މުނާ ދައްކާވާހަކަ. އަޅެ ދޮރު ތަޅުލާފަ ހުރިއްޔާ މަށަށް ކިހިނެއްތަ ދޮރު ހުޅުވެނީ.” އެލީން ހެމުން ވާހަކަ ދެއްކިއެވެ. “އެކަމަކު” މުނާ ވާހަކަ ދައްކަން އުޅުނެވެ. “އެކަމަކު ކީކޭ ކިޔަންތަ ތިއުޅެނީ. ބަލަ މުނާ ހީކުރީ އަހަރެންގެ ބާރެއް ހުންނަ ކަމަށްތަ.. ނޫނީ އަހަރެން މެޖިކްއެއް ހަދައިގެން ދޮރު ހުޅުވީ ކަމަށްތަ. ވާ. އެހެންވިއްޔާ މާރަގަޅުވާނެ. އަހަރެންނަށް އަހަރެންގެ ފެންޓަސީ ވޯލްޑްގެ މީހުންގެ ފަރާތުންބާރުތަކެއް ލިބުނީތާ. އައި އޭމް ސޯ ހެޕީ” އެލީން ވާހަކަ ދައްކަމުން ދިޔައިރުވެސް ހެމުން ދިޔައެވެ. “ހޫމް ދެން ހެވޭ. އަހަންނަށްވެސް ހީވަނީ އަހަރެންނަށް ދޮރު ތަޅުނުލެވެނީ ހެން” މުނާ އެދުމަތީގައި އިށީނަމުން ބުނެލިއެވެ. “ނޫން ހަމަ އަސްލަށްވެސް އަހަރެންގެ ބާރުންނޭ ދޮރު ހުޅުވީ. ރިޔަލީ އައި ހޭވް ޕަވަރ” އެލީން މުނާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އެއްކަލަ އެލީން ފެށީ. ދެންބުނެބަލަ ކާކު ދެކެ ރުޅިއައިސްގެންތަ ހޭޓް އޭ ކިޔަމުން ތިއައީ” މުނާވެސް އެލީން ކައިރީގައި އޮށޯވެލިއެވެ. އަދި އެދުމަތީގައި އޮތް ވާހަކަ ފޮތް ހުޅުވާލިއެވެ. “އެމީހުން. ހާދަ ވަރަކަށޭ އެމީހުން އެބަލަނީ. އަޅެ އެ މިރާޒްވެސް އޯ މިބުނީ މުނާގެ ކުޑަބެވެސް އެގުރޫޕަށް ވަނީ ކޮންއިރަކުތަ” އެލީން މުނާގެ އަތުން ފޮތް އަތުލަމުން ބުނެލިއެވެ. “މިހާރުމަގޭ ކުޑަބެ އެލީންއަށް ކީކުރީތަ؟” މުނާ އެލީންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ނޭގެ ވަރަށް ފޫހިވޭ. އަހަރެން ހިޔެއް ނުކުރަން އެންމެން އަހަންނާއި ދިމާލަށް ބެލިޔަސް މުނާގެ ކުޑަބެ ބަލާނެއެކޭ. އަހަރެން ހާދަ ފޫހިވެއޭ އެވަރަށް ބަލާތީ. އައި ރިޔަލީ ހޭޓް ދެޓް” އެލީން ބުނެލިއެވެ.

   މުނާ ހިނިތުން ވެލިއެވެ. ‘އޯހް.  ސޯ ނައު ހީ އޯލްސޯ” މުނާ އޭނަގެ ޖުމްލަ ފުރިހަމަ އެއް ނުކުރިއެވެ. “އޭ ކީކޭ ކިޔަން ތިއުޅެނީ ނައު ހީ އޯލްސޯ ވަޓް” އެލީން މުނާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. މުނާގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވަން ހުއްޓެވެ. “އޭ ވައި އާ ޔޫ ލާފިން ލައިކް ދެޓް’ އެލީން މުނާގެ މޫނުމަތީގައި ވާ ހިނިތުންވުން ދެނެގަތެވެ. މުނާއަށް އިތުރަށް ކޮންޓްރޯލް އެއް ނުވިއެވެ. މުނާ ހޭންފެށުމުން އެލީން ހައިރާންވިއެވެ. އެނދުމަތީގައި އިށީނަމުން މުނާގެ މޫނަށް އެލީން ރަގަޅަށް ބަލާލިއެވެ. “ކުޑަބެއަށް އެލީން ކަމުދިޔައީ ކަންނޭގެއެއް ނުންދޯ” މުނާ ހެމުން ބުނެލިއެވެ. “މުނާ ޕްލީޒް ޔޫ ނޯ އައި ހޭޓް ދެޓް ޓޮޕިކް ދޯ” އެލީން އަނެއްކާވެސް ހަމަޖެހިލަމުން ބުނެލިއެވެ. “އޯ.. ފިރިހެނުންނާ ލައިންވާ ވައްތަރެއް ނޫން ދޯ” މުނާ ބާރަށް ހޭންފެށިއެވެ. އެލީން މުނާގެ ގައިގަ ބާލީހުން ޖެހިއެވެ. “ޕްލީޒް މުނާ” އެލީން ހިތްހަމަ ނުޖެހުނެވެ. “އޯކޭ ސޮރީ. އެކަމަކު ކީއްވެތަ އެލީން އެ ޓޮޕިކް ދެކެ ފޫހިވަނީ” މުނާ ބޭނުންވީ އެލީން ހިތްހަމަ ނުޖެހޭ ސަބަބެއް ހޯދާށެވެ. “ކަމެއް ނުވޭ. އަހަރެން އަދި އެކަހަލަ ކަމަކާއި ވިސްނަން ބޭނުން ނުވަނީ” އެލީން މުނާ ގެންގުޅުނު ފޮތް އަނެއްކާވެސް ނަގައިގެން ހޮޅުވާލިއެވެ. އެލީންއަށް ކުރެވޭނީ ކީންހެއްޔެވެ. އޭނައަކަށް އިންސާނެއް ދެކެ ލޯބިއެއް ނުވެވޭނެއެވެ. ވިޔަސް އޭނަށް ކައިވެނި ކޮއްގެން ނޫޅެވޭނެއެވެ. ސަބަބަކީ އެލީންގެ ހަގީގަތެވެ.

     އެލީން ސިހިގެން ދިޔައީ މުނާ އެނަގެ އަތުގައި އޮތްފޮތް އަތުލީމައެވެ. “ކީކުރަންތަ އަބަދު ތިކަހަލަ ލަވް ސްޓޯރީ ތިކިޔަނީ” މުނާއަށް އެލީން ކަމަކާއި ދޭތެރޭގައި ވިސްނާކަމެއް އެލީން އަންގާކަން ބޭނުމެއް ނުވިއެވެ. “އަބަދު އަބަދު އެކަހަލަ ވާހަކަ. މިހާރު ތިފޮތް ތިކިޔަނީ ކިތަންވަނަ ފަހަރުތަ” އެލީން ބުނެލިއެވެ. “އަހަރެންވެސް އެލީން ތިކިޔާ މެޖިކަލް ވާހަކަތަކަކާމެދު އެއްޗެކޭ ނުބުނަން ދޯ.” މުނާ އެފޮތް ބާއްވަމުން ބުނެލިއެވެ. “ދެން އޯކޭ. މިއަދު ބޭރަށް ވެސް ނުދާ ދުވަހެއްތަ” އެލީން އަހާލިއެވެ. “ނޫން ހިގާދާން” މުނާ ތެދުވަމުން ބުނެލިއެވެ.

    އާދައިގެ މަތިން މިއަދުވެސް ދެކުދިން ދިޔައީ ބަށިކުޅޭތަނަށެވެ. މިއަދުވެސް މުނާ ކުޅެން އެރީއެވެ. އެލީން މަޑުކުރީ ބަލާށެވެ. އެއީ އެލީންގެ އާދައެވެ. އެލީންގެ ހަދާނުން އެލީން ބަށިކުޅުނީވެސް އެއްފަހަރުއެވެ. އެދުވަހު އެލީން ހުރީ ކުޅޭށެވެ. ކޯޓްގައި ބަށިހިފަން މީހުންތިބިއިރު އެލީންޖެހި އެއްވެސް ބޯޅައެއް އެމީހުންނަކަށް ނުހިފުނެވެ. ބޯޅަހިފަން މަސައްކަތް ކުރި މީހާގެ އިގިނލިތަށް ބިއްދައިގެން ދިޔައީ އެލީން ބޯޅަ ޖަހަމުން ގެންދިޔަލެއް ބާރު ކަމުންނެވެ. އޭގެ ފަހުން އެލީން ބަށި ކުޅޭކަން ނާރައެވެ. އެލީންގެ ސަބަބުން އިތުރު މީހަކަށް އަނިޔާއެއް ވާކަން އެލީން ބޭނުމެއް ނުވެއެވެ.

    ކުޅެ ނިމިގެން ދެކުދިން ދިޔައީ ގެއަށެވެ. މުނާ ގެއަށް ގޮސްވަންއިރު ސިޓިންރޫމްގައި މިރާޒް އިނެވެ. “ކޮބާ ކީކޭ ބުނީ”މުނާ ފެންނައިރަށް މިރާޒް އެހިއެވެ. މުނާއަށް އެއްވެސް އެއްޗެކެ ނުބުނެވެ. އެތެރެއަށް ދާން ހިގައިގަތީއެވެ. “އޭމުނާ ކޮއްކޮއާ އޭ މިވާހަކަ ދައްކަނީ.” މިރާޒް ތެދުވެގެން ގޮސް މުނާ ކުރިއްމައްޗަށް ހުއްޓުނެވެ. “އެލީން އެއްޗެކޭ ބުނިތަ” އަނެއްކާވެސް މިރާޒް އެހިއެވެ. “ނޭނގެ މަށަކަށް. އަޅެ ކުޑަބެ ކައިރިއަކު މަށަކަށް ނުބުނެވޭތަ އެލީން އެންމެ ރުޅި އަންނަ ކަންތަކުގެ ވާހަކައެއް” މުނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ” ކޮންކަމެއް ހަދާނެތްނެތް” މިރާޒް ވިސްނަމުން ބުނާކަހަލަ ގޮތަކަށް ބުނެލިއެވެ. “ބަލަ ކުޑަބެ ކައިރިއަކު މަށަކަށް ނުބުނެވޭތަ އެލީން ރުޅިންއަންނާނެއޭ އެވަރަށް ބަލާތީ” މުނާ މިރާޒްއާއި ދިމާލަށް ބުނެލިއެވެ. އެވަގުތު މިރާޒް ކަމެއް ހަދާވާގޮތަށް ބޮލުގައި އަތުން ޖަހާލިއެވެ. “ސޮރީ އެގޮތަށް އެލީން ފެނުނީމަ ބަލާލެވުނީ” މިރާޒް އޭނަގެ ކުށްގަބޫލު ކުރިއެވެ. “ދެންވެސް އެގޮތަށް ކަންތައް ނުކުރާތި” މުނާ އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ.

      އެލީން އުޅުނީ ބަދިގޭގައެވެ. ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަމުން އާދަނު ދިޔައެވެ “ދަރިފުޅު މިރޭ ނުކާ ރެއެއްތަ” އެލީން ދުރުގައި ހުރުމުން އާދަނު އަހާލިއެވެ. “މިރޭ ކާހިތެއް ނެތް” އެލީން އެހެން ބުނެލި ގޮތުން އާދަނުއަށް އެލީންއަށް ކަމެއް ވެފަ ހުރިކަން ވިސްނުނެވެ. ނަމަވެސް އިތުރަށް އެއްވެސް އެއްޗެއް އާދަނު ނާހައެވެ. އެލީން ބޭނުންނަމަ ކިޔައިދޭނެކަން އާދަނުއަށް އެގެއެވެ. އާދަނު ކައި ނިމުމުން އެލީން ތަށިތަށް ނެގުމާއި ހަވާލުވިއެވެ. އާދަނު ދިޔައީ ގޭތެރެއަށެވެ. ތަށިތަށް ނަގައި ނިމިގެން އެލީން ގޮސް އޭނަގެ ކޮޓަރިއަސް ވަނެވެ.

    އެލީން ހުރީ ރަށުގެ އަތިރި މަތީގައެވެ. އަންހެނަކާއި އެކުއެވެ. ބަލާބެލުމަށް އެ އަންހެންމީހާ ވައްތަރީ އެލީންއާއިއެވެ. އާއެކެވެ. ހަމަ އެކަހަލަ ރީތި އިސްތަށިގަނޑެކެވެ. އެލީންގައިގަ ހުންނަ ދޮންކަމެވެ. އެލީންއާއި އެމީހާ ސަކަރާތް ޖަހަމުން ދިޔައެވެ. އިރުކޮޅަކުން އެލީން އަތުލުމަށްޓަކައި އެއަންހެން މީހާ އެލީންގެ ފަހަތުން ދުއްވައިގަތެވެ. އެލީންވެސް އޭނަގެ އަތުގައި ނުޖެހެންވެގެން ކުރިއަށް ދުއްވައިގަތެވެ. އެލީން ހެމުން ދުވަމުން ދިޔައެވެ. ކުއްލިއަކަށް އެ އަންހެންމީހާ އަޅޭލަވައިގަތެވެ. އެލީންއަށް ހުއްޓެވުނެވެ. ވޭން ހުރިގޮތަކަށް އެއަންހެންމީހާ ހަޅޭ ލަވަމުން ދިޔައެވެ. އެލީންއަށް ފަހަތަށް ބަލާލެވުނެވެ. އެލީންއަށްވެސް ހަޅޭ ލަވައިގަނެވެވުނެވެ. ނަމެވެސް އަޑެއް ބޭރެއް ނުވިއެވެ. ބިރުން އެލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެން ނުވަންވީ ކީއްވެ ހެއްޔެވެ. ކުރިމަތިން އެފެންނަނީ ގަބޫލުކުރެވޭނެ މަންޒަރެއް ނޫނެވެ. ބޮޑުމީހެވެ. ނޫނެކެވެ. ފެނުން ހެދިފައި ހުރި ބިރުވެރި ސިފައެއް ޖަހާ އެއްޗެކެވެ. އޭތި ހުރީ މޫދު ތެރޭގައެވެ. އެލީން ފުރަތަމަ ހީކުރީ ރާޅެއް ކަމަށެވެ. ނަމަވެސް އޭތީގެ މޫނު ފެނުމުން އެއީ ރާޅެއް ނޫންކަން އެލީންއަށް އެގުނެވެ. އޭރު އެލީން ކައިރީގައި ސަކަރާތް ޖަހަން އުޅުނު މިހާ ވަނީ އޭތީގެ އަތުތެރެގައެވެ. އަތެއްގެ ސިފާގައި އިނަސް އެއީ އަތެއްވެސް ނޫނެވެ. ނަމަވެސް އެއަންހެންމީހާ އޭރުވެސް ހަޅޭ ލަވަމުން ދިޔައެވެ. ކުއްލިއަކަށް އުޑުމަތި ބަނަވެ މުޅިތަން އަދިރި ކޮއްލިއެވެ. ވައި ގަދަވެ ހީވަނީ އެލީންވެސް އެއްލާލަފާނެ ހެންނެވެ. “އެލީން ދޭ އަވަހަށް މިތަނުން ދުރަށްދޭ” އެއަންހެންމީހާގެ އަޑު އިވުނެވެ. އެލީންއަށް ހީވަނީ 30 ބުރީގެ ފެނުގެ އިމާރާތެއް ފެންނަ ހެންނެވެ. އެހާވެސް އުހެވެ. ކުއްލިއަކަށް އޭތި އެލީންއާއި ދިމާލަށް ބަލާލިއެވެ. އެލީންއަށް ބިރުން ހުރި ތަނުގައި އިށީދެވުނެވެ. އޭތީގެ ލޯ ހީވަނީ އަލިފާން ކަނޑެއް ހެންނެވެ. އޭރުވެސް އެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އެލީންއަކަށް ބަހެއް ނުބުނެވުނެވެ.

ނުނިމޭ….

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ޤާޠިލް… 10 ވަނަ ބައި…

Next

ދުނިޔެ

Next
December 4, 2014

ދުނިޔެ

Previews
December 2, 2014

ޤާޠިލް… 10 ވަނަ ބައި…

13 Comments!

  1. nash says:
    December 3, 2014 at 10:42 am

    varah salhi….

  2. nash says:
    December 3, 2014 at 10:53 am

    gaathil ge nxt part saturday ge kurin up nukureveyne tha….

  3. Fantasy says:
    December 3, 2014 at 10:58 am

    thnks nash v bodah…. v try kuraanan avahah Gaathil genes dheyveytho igey nash 🙂

  4. lady says:
    December 3, 2014 at 11:59 am

    gaathil story kiyan varah beynun. please up kh dheeba avahah.

  5. faai says:
    December 3, 2014 at 11:59 am

    Fantasy plx gaathil waahaka saturday ah wure kurin up kohdhehchey… I cant wait… Really miss it… Hehe,, anyways, mi story vx lwbi… 🙂

  6. raakin says:
    December 3, 2014 at 2:16 pm

    Plxx.gaathil ge next part…I can’t wait. .mi vvaahaka vx v salhi

  7. inaa says:
    December 4, 2014 at 12:22 pm

    varah salhi mivaahaka fantasy.cartoonakah liyunas kiyaairu varah thafaayhu. gaathil ge aneh bawi kiyaalaa hih vany

  8. twity says:
    December 4, 2014 at 3:46 pm

    ewwww! kuryge vaahka eh dhw.. alhey midhn kn kameh.. mi cartoon balaafa myge vaahka eh kiyaafa anehkkkaaa vs kiyann vy ! dhnnn nooooon! aaa ehcheh gensdhyyy 🙁

  9. Shadhi says:
    December 17, 2014 at 1:44 pm

    Fantasy dhen mivaahaka nugenes dheneetha .. so sad ..kon thaakun mivaahaka ekee kiyaalan libeynee

  10. ޔީން says:
    December 29, 2014 at 1:21 pm

    ކިޔުންތެރިންގެ ޝައުގުވެރިކަން ހިފެހެއްޓުމަށް ވާހަކަ ގަވާއިދުން އަޕްލޯޑް ކުރުން މުހިންމު ކަމެއް ކަމުގައި ދެކެން

  11. rashy says:
    April 6, 2015 at 1:58 pm

    konirakuntha mivaahakaige anehbai kiyehni v foohi v lasvaathee

  12. Faxoo says:
    January 10, 2016 at 6:43 pm

    Fantasy…….!! where is the third part? 😮 pls pls pls up koddhecchey ingey 😀

  13. sum says:
    March 13, 2016 at 8:04 pm

    plx mi vaahkaige ane bai up kohdheebaa…. fantasyyyyyyyyyy u r one of my fav writer plx mivaahaka upkohdheebaaaaaaaa…

Comments are closed.



All Right Reserved!