Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޙަޤީޤަތް…. 01 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
December 1, 2014 5 Mins Read
10 Comments

“އެލީން އެލީން” މުނާ މިހާރު އެލީން އަށް ގޮވާ ގޮވާ ވަރުބަލިވެއްޖެއެވެ. މޫދުގެ އެކި ހިސާބު ހިސާބަށް ނަޒަރު ހިންގާލުމުން އަނެއްކާވެސް މުނާ އެލީންއަށް ގޮވާލިއެވެ. މުނާ އިނީ ސާފްބޯޑްމަތީގައި ދެފަރާތަށް ފައިލައިގެންނެވެ. އަތުން އަނެއްކާވެސް ތަންކޮޅެއް ބޭރަށް ޖަހާލިއެވެ. އެލީން އާއި މުނާ މުދޫގައި އުޅޭތާ މިހާރު ގަޑިއިރެއް ވެދާނެއެވެ.  އެލީން އަޑިއަށް ދިޔަ ގޮތަށް އަދިވެސް ނާރައެވެ. މިހާރު އެލީން އަޑިއަށް ދިޔަތާ ގާތްގަޑަކަށް 15ވަރަކަށް މިނެޓް ވެދާނެއެވެ. މުނާ ބިރުގަންނަ ގޮތްވާ ފެށިއެވެ. އަތިރިމަތީގައި ތިބި މީހުންނަށް ގޮވަން ކިތަންމެ ފަހަރަކުވެސް މުނާ ހިތަށް އަރައިފިއެވެ. ނަމަވެސް އަބަދުވެސް އެލީން ބުނެފައިވަ ބަހެއް މުނާ ހަދާން ބަހައްޓައެވެ. “އަހަރެން މޫދު އަޑީގަ ކިތައްމެ ގިނައިރެއް ވިޔަށް އެވާހަކަ އެއްވެސް މީހެއް ކައިރީގައި ނުބުނާތި” މުނާ އެނާގެ އަތުން މޫނުގައި ލޮނުފެންފޮދެއް ހާކައިލިއެވެ. އަނެއްކާވެސް އަތުން ބޭރަށް ޖަހާލިއެވެ.

         ދުވަހަކީ އެޑުމަތި ސާފު ރީތި ދުވަހެކެވެ. ވައި ކޮންމެވެސް ވަރަށް ޖެހެއެވެ. ނަމަވެސް ދޭ އަވީގެ ސަބަބުން ޖެހޭ މަޑުވައިގެ އެއްވެސް ބޭނުމެއް ނުކުރެވެއެވެ. މުނާ އިނީ ސާފްބޯޑްމަތީގައި ކަމަށް ވުމުން އޭނައަށް ވަރަށް ހޫނު މަވުން ދިޔައެވެ. މޫނަށް ވަމުންދިޔަ ހޫނުން ސަލާމަތް ވުމަށްޓަކައި ލޮނުފެންފޮދެއް ހާކަމުން ދިޔައެވެ. ނަމަވެސް މުނާގެ މޫނަށް މިހާރު ދިލަނަގަންވެސް ފަށައިފިއެވެ. އަނެއްކާވެސް އެލީންއަށް މުނާ ގޮވާލިއެވެ. “އެލީން ޕްލީޒް ދެން މައްޗަށް އަރާބަލަ ޕްލީޒް” މުނާއަށް ބުނެވުނެވެ. އޭނަ މިހާރު މާބޮޑަށް ބިރުން ގަންނަން ފެށީއެވެ. ހިސާބަކަށް ރުޅިވެސް އަރައިފިއެވެ. ކޮންމެ ދުވަހަކު އެލީން ކައިރީގައި އެގޮތަށް އެހާގިނައިރު ވަންދެން އަޑީގައި ނޫޅުމަށް މުނާ ބުނެއެވެ. ނަމަވެސް ވާ އެއްވެސް ކަމެއް ނެތެވެ. “އެލީން” މުނާ މިފަހަރު ގޮވާލީ ވަރަށް ބާރަށެވެ.

       އެވަގުތު މުނާއަށް ތަންކޮޅެއް ދުރުން އެއްޗެއް އަންނަހެން ހީވިއެވެ. އާއެކެވެ. މަހެއް އަންނަހާ ބާރަށް އެ އެއްޗެއް އައިސް ވަރަށް ބާރަށް އަނެއްކާވެސް އަޑިއަށް ހިގައްޖެއެވެ. މުނާއަށް ދެން އެއްވެސް ތާކުން އެ އެއްޗެއް ނުފެނުވެ. ބިރުން މުނާއަށް ފަހަތަށް އަތުން ޖަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. އެއެއްޗެއް އައީ އެހާވެސް ބާރަށެވެ. މުނާގެ ސާފްބޯޑްއާއި ދިމާލަށެވެ. މުނާ ކުޑަކޮށްތިރި ވެލާފައި އަނެއްކާވެސް އެއްޗެއް ފެނޭތޯ ބަލާލިއެވެ. “ޕޮއް” ކުއްލިއަކަށް އެލީން އެރީ މުނާގެ މޫނާ ދިމާއިންނެވެ. މުނާއަށް ސިހިގެން ދިޔަވަރުން ވަރަށް ބާރަށް ހަޅޭ ލަވައި ގަނެވުނެވެ. ފަހަތަށް ޖެހިލި ގަޑީގައި މޫދަށް ނުވެއްޓުނީ ކިރިޔާއެވެ. އެލީން ހޭންފެށިއެވެ. މުނާއަށް ވީގޮތް ފެނިފައެވެ. އެލީން ހެމުން މުނާގެ މޫނަށް ލޮނުފެންފޮދެއް ޖަހާލިއެވެ. މުނާގެ މޫނުގެ ކުލަވަރު ބަދަލުވެފައި ވާކަން އެލީން އަށް ފާހަގަ ނުވީން ކަންނޭގެއެވެ. ނޫނީ އެއީ މާބޮޑު މައްސަލައެއް ކަމަށް އެލީން އަށް ނުވީ ކަންނޭގެއެވެ.

     އެލީން ހެމުން އަނެއްކާވެސް މުނާގެ މޫނަށް ލޮނުފެންފޮދެއް ޖަހާލިއެވެ. “ވަރަށް ބިރުން ދޯ ތިއިނީ” އެލީން އަހާލިއެވެ. މުނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭރުވެސް މުނާ ގެންފައިވާ ބިރުފިލައިގެން ނުދާ ކަހަލައެވެ. “އޭތް ސާބަހޭ މަށޭ މީ. މުނާ ތިހާ ބިރު ގަންނާކަން ނުވާނެ” އެލީން މުނާގެ އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ. މުނާ މޫދަށް ނުވެއްޓުނީ ކިރިޔާއެވެ. މުނާއޭނަގެ އަތް ދަމައިގަތެވެ. ރުޅި އައިސްގެންނެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އަތުން ސާފްބޯޑު އެއްގަމާއި ދިމާލަށް ޖަހަން ފެށިއެވެ. ‘މުނާ ސޮރީ” އެލީން ސާފްބޯޑާއި އެއްވަރަށް ދިޔައެވެ. “ދެން ސޮރީ އޭ ޑިޔާ. ރިޔަލީ. ދެން ނަހަދާނަށް އެހެނެއް ޕްލީޒް” އެލީން ސާފްބޯޑްގައި ހިފެއްޓިއެވެ. މުނާ އެއްޗެކޭ ނުބުނުމުން އެލީން ވަރަށް ދެރަވިއެވެ. މުނާ ދެރަ ކުރާކަށް އެލީން ބޭނުމެއްނޫނެވެ. އެލީންގެ މަގްސަދަކީވެސް އެއީއެއް ނޫނެކެވެ. އެލީން ބޭނުންވީ މަޖާ ކޮއްލާށެވެ.

       އެލީން މުނާގެ މޫނަށް ބަލާލިއެވެ. “އެލީންއަށް އެގޭނެ އަހަރެން ބިރު ގަންނަ ވަރު. އަހަރެންނަކަށް ފަތާކަށް ވެސް ނޭގޭ. އަހަރެން ދެންމެ ވެއްޓުނު ނަމައޯ. އެގޮތަށް ނަހަދާށޭވެސް މަށަށް ބުނެވުނު އަދަދެއް ވެސް ނޭގެ. އަނެއްކޮޅުން އެގޮތަށް އަޑިއަށް ގޮސްފައި ގިނައިރު ނުވާށޭވެސް ކިތަށް ފަހަރު ބުނިން. އަހަރެން ބިރު ގަނެ އޭ އެލީންއަށްއަށް ކަމެއް ވެދާނެ ތީ. ޕްލީޒް އެލީން އެހެން ނަހަދައްޗޭ” މުނާ ވާހަކަ ދެއްކީ ހިތް ހަމަ ނުޖެހިގެން ހުރެއެވެ. ހަމަ މުނާގެ ވާހަކަ ނިމޭ އިރަށް އެލީން ހޭން ފެށިއެވެ. މުނާއަށް އެލީންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ބަލަ މަށަށް މަޖާ އެއްޗެކޭ ބުނެވިއްޖެތަ އަޅެ” އެލީން ހޭންފެށުމުން މުނާ ރުޅި އިތުރު ވިއެވެ. “ނޫނޭ. މުނާއަށް ދުވަހަކުވެސް މަޖާ އެއްޗެކޭ ބުނެވޭނެތަ އަޅެ.” އެލީން އެނާގެ ހިނިގަނޑު ކޮންޓުރޯލް ކުރެވޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު މުނާ އަނެއްކާވެސް ސާފްބޯޑް އެއްގަމާއި ދިމާލަށް ޖަހާލިއެވެ. “އޯކޭ. ސޮރީ. އެކަމަކު މުނާ ވެއްޖެއެއްނުންދީ ތިބިރު ކަޑުވަން އަޅެ” އަނެއްކާވެސް އެލީން ސާފްބޯޑްގައި ހިފެއްޓިއެވެ. ” މަބުނަމެންނުން ދޯ މުނާއަކަށް މޫދުގައި އެއްވެސް ކަމެއް ނުވާނެއޭ. ރިޔަލީ އޭ. މޫދުގައި މުނާއަށް ކަމެއް ކުރާނެ އެއްޗެއްވެސް ނޫޅޭނެ. ދެން ތިބުނަނީ މުނާއަށް ފަތަން ނޭގޭ ވާހަކަ. ރިޔަލީ މުނާ މޫދަށް ވެއްޓިގެން އެއްވެސް ކަމެއް ނުވާނެ. ދެން އަހަރެންގެ ވާހަކަ. މުނާއަށް އެގޭނެ އަހަރެންގެ އެކުވެރިންވެސް މޫދު އަޑީގައި އުޅޭކަން. ސޯ އެމީހުނާވެސް އަހަރެން ވާހަކަ ދައްކާލަށް މަޑުކުރަންޖެހޭނެ ދޯ” އެލީން އަބަދުވެސް ދޭ ޖަވާބް މިއަދުވެސް މުނާއަށް އަޑުއިވިއްޖެވެ.

       އެލީން މުނާއާ ދިމާލަށް އަބަދުވެސް ބުނަނީ އެހެންނެވެ. އެލީން އެހާ ޔަގީން ކަމާއެކު އެހެން ބުނާތީ މުނާ ހައިރާންވެސް ވެއެވެ. ” އެއްކަލަ ފެންޓަސީ ވާހަކަ ފެށީ. އެލީން މޮޔަތަ އަޅެ. މަށަށް ހީވަނީ އެލީންގެ ފެންޓަސީ ވޯލްޑް މިހާރު ބައްޔަކަށް ވެއްޖިހެން. ސޯ ޕްލީޒް އޫ ނީޑް ޓް ސީ އަ ސައިކޮލޮޖިކަލް ޑޮކް އޯކޭ. އެންޑް ޕްލީޒް މިހާރު މަގޭ މަންމަ ހުންނާނެ ރުޅިއައިސްފައި. އެލީންއަށް އެގޭނެ މަންމަ ރުޅި އައީމަ ދެންވާނެ ގޮތެއްވެސް” މުނާ އެލީންއާއި ދިމާލަށް ބުނެލިއެވެ. “އަދި އިރުކޮޅަކުން. އަންނާނަން އަހަރެންގެ އެކުވެރިންނަށް ބައި ބުނެފަ”އެލީން އެހެން ބުނަމުން ބޭރަށް ފަތައިގަތެވެ. “ޕްލީޒް އެލީން ދެން އެވީ. އޯކޭ އެލީން ދޭ އަހަރެން މިދަނީ އެއްގަމަށް.”މުނާ އެއްގަމާއި ދިމާލަށް ބޯޑަ ޖަހާލިއެވެ. އެވަގުތު އެލީން ވަރަށް ވަރަށް ބައި އެކޭ ބުނި އަޑު އިވުނެވެ. މުނާއަށް އަށް ބޯހޫރުވާލެވުނެވެ. އެލީންގެ މޮޔަކަމުންނެވެ. އެގެންގުޅޭ އެކުވެރިންނަކީ ކޮންބައެއް ބާއޭ މުނާ ހިތަށް އަރައެވެ. އެވަގުތު އެލީންއައިސް މުނާއާއި އެއްވަރު ކުރިއެވެ. މޫނާ އެލީންގެ މޫނަށް ބަލާލަމުންހީލިއެވެ. ދެކުދިން އެކީގައި އެއްގަމާއި ދިމާލަށް ދިޔައެވެ.

    ދެކުދިން އެކީގައި އެންގަމަށް އެރިއެވެ. މުނާ ސާފްބޯޑް އެއްގަމަށް ލުމަށް ފަހު އެލީން އާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އެލީންގެ ލޮލުން ހިގާށޭ ބުނެލިއެވެ. ދެކުދިން އެކުގައި ހިގައި ގަތެވެ. އަތިރިމަތީގައި ތިބި އެންމެންގެ ލޯތަށް އެކުދިންނާ ދިމާލަށް އެބުރޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ. އެތަނުން މަދު ބަޔަކު ދެކުދިންނާ ދިމާލަށް ބެލިޔަސް ގިނަމީހުން ބަލަމުން ދިޔައީ އެލީން އާއި ދިމާލަށެވެ. ވާނީވެސް އެހެންތާއެވެ. އެލީންއަކީ އެރަށުގައި ހުރި އެންމެ ރީތި ކުއްޖާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާމެ ދޮނެވެ. ނަމަވެސް އެލީން ގައިގައި ހުންނަނީ އަކީ އާދައިގެ ދޮނެއް ނޫނެވެ. ހުދު ދޮނެކެވެ. ހަށިގަނޑުގައި ހީވަނީ ވިދުމެއް ހުންނަ ހެންނެވެ. އެ ދޮން ފުރިހަމަ ހަށިގަނޑަށް ރީތި ކަމެއް ގެނުވަނީ އެލީންގެ ފަންރީތި އިސްތަށިގަނޑުންނެވެ. ކަޅުކުލައިގާވާ އެ ރީތި ދިގު އިސްތަށިގަނޑުގަވެސް އެހުރި ބެބުޅުން އެއީ އިންސާނެއްގެ އިސްތަށިގަނޑުގައި ހުންނާނެ ބެބުޅުމެއް ނޫނެވެ. އަދި އެންމެ ހައިރާންވާންޖެހޭ ކަމަކީ އެލީން މޫދަށް އެރުމުން އެލީންގެ އިސްތަށިގަނޑުގެ ކުލަ ކޮންމެވެސް ވަރަކަށް ބަދަލުވާ ކަމެވެ. މަޑު ގޯލްޑް ކުލައަކަށެވެ. މިކަން އެންމެ ފާހަކަ ކުރެވިފައިވަނީ މުނާ އަށެވެ. ނަމަވެސް މުނާއަށް އެވާހަކަ އެލީން ކައިރީގައި ބުނާކަށް ނުކެރެވެއެވެ.

    އެލީންއަކީ ރީތި ބައްޓަމެއްގެ ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. މަޑު ނޫކުލައިގެ ކަޅިއެއް ލިބިފައިވާއިރު ހީލާވަގުތު  ކޮލުގައިވާ އަޑިކޮލުން ޒަހަމް ކުރަނީ ކިތައްމީހުންގެ ހިތެއް ކަމެއް ބުނެދޭކަށް ނޭގެއެވެ.  އެލީންގެ ރީތި ކަމަށް އިތުރު ކަމެއް ގެނެސްދެނީ އެލީންގެ މަޑުމައިތިރި ކަމެވެ. އެލީން އަކީ މަޑުމައިތިރި ނަމަވެސް ސަކަ މިޒާޖެއްގެ ކުއްޖެވެ. އެލީން އަކީ ހުރިހާ އެންމެންނާއިވެސް ވަރަށްގުޅޭ އެކުވެރި ކުއްޖެވެ. ނަމަވެސް އެލީންއާއި ބަލާފައި މުނާއަކީ އެހާ ރީތި ކުއްޖެއް ނޫނެވެ. މުނާގެ ހަމުގެ ކުލަ ކަޅެވެ. ބުޅި އިސްތަށިގަނޑެކެވެ. ނަމަވެސް އެލީން ގޮތަށް މުނާއަކީވެސް މަޑުމައިތިރި އެހެންމީހުންނާއި ވަރަށް ގުޅޭ ކުއްޖެކެވެ. ދެކުދިންނަކީ ބެސްޓް ފުރެންޑްސް އެވެ. މުނާއަށް ދިމާވާ ހުރިހާ ކަމެއް އެލީންއަށް ކިޔައިދެއެވެ. ހަމަ އެގޮތަށް އެލީންއަށް ދިމާވާ ހުރިހާކަމެއްވެސް މުނާއަށް ކިޔައިދެއެވެ. ނަމަވެސް ބައެއްފަހަރު މުނާއަށް އެލީން ހުރިހާ އެއްޗެއް ނުކިޔައިދެއޭވެސް ހީވެއެވެ.

    ދެކުދިން ދިޔައީ އެކުދިންގެ އަމިއްލަ ވާހަކަ ދައްކަމުން ހެމުންނެވެ. ދެކުދިންގެވެސް ގެ ހުންނަނީ އެކުދިން މޫދަށް އެރޭ ދިމާލާއި ތަންކޮޅެއް ދުރުގައެވެ. “އެލީން ކޮބާ މިފަހަރު ބީ.ޑޭގަ ކޮންކަމެއް އޮތީ” މުނާ އެލީންއާއި ދިމާލަށް ބުނެލިއެވެ. ” މާބޮޑު ކަމެއް ބާވަން ޖެހޭތަ އަޅެ” އެލީން ވާހަކަ ދެއްކީ ފަރުވާ ކުޑަ ގޮތަކަށެވެ. “އަޅެ އެލީން އަށް އަށާރަ ފުރެނީ އޭ. ސޯ. ބޮޑު ކަމެއް ބާވަން ޖެހޭހޭ. ވަރަށް ބޮޑުކޮއް ފާހަގަ ކުރަން ޖެހޭނެ” އާއެކެވެ. އެލީންއަށް އަށާރަ އަހަރު ފުރެން އަދި ދެތިންމަސް އިބަ އޮތެވެ. އެލީން އެކަމަކާއެއް އުފަލެއް ނުވެއެވެ. އަބަދުވެސް އެލީން ބޭނުންވަނީ މިހާރު އުޅޭ ގޮތަށް އުޅޭށެވެ. ނަމަވެސް އަށާރަ އަހަރު ފުރުމުން އެލީންއަށް މިގޮތަށް ނޫޅެވޭނެ ކަން އެލީންއަށް އެގެއެވެ. އެލީން އެއްޗެކޭ ނުބުނުމުން އެލީން ކޮޑުގައި މުނާ ޖަހާލިއެވެ. “ކޮންކަމަކާތަ ތިވިސްނަނީ”އެލީން ހިގުން ހުއްޓާލިއެވެ އަދި މުނާގެ މޫނަށް ބަލާލިއެވެ. “މުނާ އަހަރެން ބޭނުމެއް ނޫން މުނާ ދޫކޮއްލާފަ އެއްވެސް ތާކަށް ދާކަށް. ރިޔަލީ. މުނާތީ ވަރަށް ރަގަޅު އެކުވެރިއެއް” އެލީން ވާހަކަ ދެއްކި ގޮތުން މުނާވެސް ދެރަވިއެވެ. “އޭ ކީއްވެ ތިހެން ތިބުނީ. ކާކުތަ އުޅެނީ ތަކަނަށްދާން. އަހަރެން ނުދާނަށް އެލީން ދޫކޮއްލާފައެއް. ރިޔަލީ. ޓުރަސްޓް މީ. އައި ވޮންޓް ލީވް ޔޫ އެލޯން” މުނާ އެލީންގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ދެކުދިންއަނެއްކާވެސް ހިގައިގަތެވެ.

     ހިގަމުން ގޮސް ދެކުދިން ގެ ހުންނަ ގޯޅިއަށް އަށް އަޅައިފިއެވެ. އިރު ކޮޅެއް ނުވެ މުނާގެ ހިންގުން ހުއްޓިއްޖެވެ. އެލީންނާއި ވާހަކަ ދައްކަމުން އައިސް އެއްވެސް އެއްޗެއް ނުބުނެ މަޑުޖެހިއްޖެއެވެ. އެލީން މުނާގެ މޫނަށް ބަލާލުމަށް ފަހު ހިނިތުންވެލިއެވެ. މުނާގެ ގެ އެކްސްޕްރެޝަންއިން މުނާއަށް ވީގޮތް އެލީންއަށްއެގުނީއެވެ. އެލީން ބަލާލީ ކުރިމައްޗަށްށެވެ. ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން އެހުރީ މުނާގެ މަންމައެވެ. ހަސީނާއެވެ. އެލީން މުނާގެ އަތުގައި ހިފާލައިގެން ކުރިއަށް ހިގައިގަތެވެ. މުނާއެންމެ ބިރު ގަންނަނީ އޭނަގެ މަންމަ ރުޅިއަތުވެދާނެތީއެވެ. މުނާ އޭނަގެ މަންމަ ދެކެ ވަރަށް ލޯބިވެއެވެ. މުނާގެ ފެމެލީގައި ތިބެނީ މުނާއާއި ލައިގެން ހަތަރު ކުދިންނެވެ. މުނާއެއީ ދެވަނައަށް ކުޑަ ކުއްޖާއެވެ. ދެން އެގޭގައި ތިބެނީ މުނާގެ ދޮންތަ މިރާޒާ އާއި މުނާގެ ކުޑަބެ މިރާޒް އަދި މުނާގެ ކޮއްކޮ މަނާލް އެވެ. އެންމެވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވެއެވެ.

       މުނާގެ އަތުގައި ހިފައިގެން އެލީން މަޑުކޮއްލީ ހަސީނާގެ ކުރި މައްޗަށެވެ. އެލީން ހަސީނާގެ މޫނަށް ބަލާލިއެވެ. އެމޫނު މަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ ކުލަތަކެވެ. “މުނާ މަންމަ ނުބުނަންތަ ކޮންމެ ދުވަހަކު މޫދަށް ނުދާށެކޭ” ހަސީނާގެ އަޑުގައިވެސް ވަނީ ހިތްހަމަ ނުޖެހުމެވެ. “ހަސިންތާ މުނާ ދިޔައީ ކީއެއް ނޫން. މިއަދުވެސް އަހަރެން މުނާ ގޮވައިގެން ދިޔައީ. މުނާ ބުނި ނުދާނަމޯވެސް. އެކަމަކު އަހަރެން އޭނަގެންދިޔައީ” އެލީން ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ. މުނާގެ މަންމަ ހިތްހަމަ ނުޖެހުމުން އެލީންވެސް ދެރަވިއެވެ. “އެލީން ކައިރީގަވެސް ކިތައްފަހަރު ހަސިންތަ ބުނާނީ ތިގޮތަށް މޫދަށް އެކަނި ދެކުދިން ދާކަށް ނުވާނެއޭ.” ހަސީނާ އެލީންގެ މޫނަށް ބަލާލިއެވެ. “ތިދެކުދިން އެކަނި ގޮސް އުޅެނިކޮއް ކަމެއްވިޔަސް ނެގޭނެ ނޫންތަ” ހަސީނާވެސް ބިރުގަންނަނީ އެދެކުދިންނަށް ކަމެއް ވެދާނެތީއެވެ. “ހަސިންތާ ޕްލީޒް. މަށަކަށްވެސް އަދި މުނާއަކަށްވެސް އެއްވެސް ކަމެއް ނުވާނެ މޫދަށް އެރިގެންނެއް. އެހެންމާ އެކަމާއި ވިސްނާނެ ކަމެއްނެތް ހަސިންތައެއް” އެލީން ވަރަށް ޔަގީން ކަމާއި އެކު ބުނެލިއެވެ. “ހޫމް ދެން ހެވޭ. އެލީން އަވަހަށް ގެއަށް ދޭ. މިހާރު އެލީންގެ ބައްޕަ ހޯދަށް އުޅޭނެ.” ހަސީނާ ބުނެލިއެވެ. “އޯހް ބައްޕަ ދޯ. ބައި މުނާ ބައި ހަސިންތާ. އަދި އަންނާނަށް ފަހުން” އެލީން އެހެން ބުނުމަށް ފަހު ވަރަށް ބާރަށް ހިގައިގަތެވެ.

ނުނިމޭ….

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ޤާޠިލް…. 9 ވަނަ ބައި

Next

އެލީޝާ (ފަހުބައި)

Next
December 1, 2014

އެލީޝާ (ފަހުބައި)

Previews
November 29, 2014

ޤާޠިލް…. 9 ވަނަ ބައި

10 Comments!

  1. Fantasy says:
    December 1, 2014 at 8:15 am

    mi vaahaka aky kurin fantacy genes dheefa in vaahaka eh.. ekam dhuvas kolheveema anekka ves hurihaa kiyuntherin nah genes dhiny… hiyaalu thakah maruhaba 🙂

  2. dhethandimaa says:
    December 1, 2014 at 1:28 pm

    feshun reethi………. las nukoh up kohladheche ….varah kiya hithun mi iny 🙂

  3. yash says:
    December 1, 2014 at 1:51 pm

    foto change kuran feneyy fantasy

  4. ninni says:
    December 1, 2014 at 2:42 pm

    Hyvani mermadia cartoon ga va goith hen

  5. aii says:
    December 1, 2014 at 4:31 pm

    fantasyge fantacy world gs dho miulheny…barbie in marmaid tale 3 tha..ehbayaku marman aneh bayakuvkarkaids story writers ves beruge vampair dairy balabala marmaid dairys liyan feshy dho…gud gud

  6. aalaaa says:
    December 1, 2014 at 5:29 pm

    fantasy.. avahah gaathilge aneh bai up kohlabah…… mi story vs v nice,,,…….. kurin vs mi prt thah kiyaalevifa othyma nw beynun vany gaathil vaahaka kiyaalan,,,,, avahah up kohdheebah////////////………………………. can’t wait…………..

  7. ge says:
    December 1, 2014 at 7:18 pm

    Ge inna mageh noon, rangalhu gothakee ge hunna magu

  8. Fantasy says:
    December 2, 2014 at 11:39 am

    hurihaa kudinge ‘lobi’ comment thakah v bodah shukuriyya 🙂
    ninni n aii kudakoh mivaahaka mermaid tale aa vatharuvedhaane igey… ekam aslu stroy thafaathu vaane 🙂
    aalaa gaathi up kohfin nw igey 🙂

  9. lullu says:
    December 4, 2014 at 11:26 pm

    eleen..grl or boy? name in ves neyge nd describe koffa oiy gothakun ves neygun

  10. Faxoo says:
    January 10, 2016 at 6:32 pm

    wowwwww varah reethi mi vaahaka ge mi bai vx!!!!!!!!!! 😀

Comments are closed.



All Right Reserved!