މާލޭގެ ވިޔަފާރިވެރިއެއް ކަމަށް ވާ ރެހާން އަޙްމަދު އާއި އަންހެނުން ޑޮކްޓަރ ކެއިލީން ޔޫކޭ އިން މާލެ ބަދަލުވީ ދާދިފަހުންނެވެ.މި ދެމަފިރިންގެ ކައިވެންޏަށް 30 އަހަރު ވީއިރު ލިބިފައިވަނީ 2 ކުދިންނެވެ.ޒެން އާއި ޒާނާ އަކީ އެދެމަފިރިންގެ ލޮލުގެ ނޫރެވެ.
ކެއިލީން އަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. އެތައްބަޔެއްގެ ލޯބި ލިބިފައިވާ އޯގާތެރި ޑޮކްޓަރެކެވެ. އެހުރިހާ މަންޒަރެއް ފެނި ޒެން ވެސް ބޮޑުވެގެން ވީ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށެވެ. އަދި ހަމަ އެއާއެކު އޭނާއަކީ ރާއްޖޭގެ މޮޅު ލަވަކިޔުންތެރިއެކެވެ. އެތައް އަންހެން ކުދިންނެއްގެ ހުވަފެންތަކުގެ ރަސްގެފާނެވެ. ނަމަވެސް ޒެން ހިތް ފަތަޙަ ކުރުމަކީ އަންހެން ކުދިން ހީކުރިހާ ފަސޭހަކަމަކަށް ނުވި އޭނާގެ ސީރިޔަސްކަމާއި ހަރުދަނާ މިޒާޖުގެ ސަބަބުން ނެވެ.
ޒެން އާއި ހިލާފަށް އޭނާގެ އަންހެން ކޮއްކޮ އަކީ ބައްޕަ ފަދައިން ހީވާގި ވިޔަފާރިވެރިއެކެވެ. ޒާނާ ކިޔަވައިގެން އޭނާއަށް އެންމެ 20 އަހަރުގައި ބައްޕަގެ ވިޔަފާރިއާއި ހަވާލުވި އެވެ.
“ޒެން ދަރިފުޅާ ދެން އަވަހަށް ތެދުވޭ މިހާރު އެހެރަ މެންދުރު އަނބުރާ 2ޖަހަނި” ޒެންގެ ކޮޓަރިއަށް ވަންނަމުން ކެއިލީން ޒެންއަށް ގޮވަން ފެށިއެވެ.”ލައްބަ މަންމާ މިތެދުވަނީ..” މޫނުގައި އަޅައިގެން އޮތް ބާލީސް ނަގަމުން ޒެން ވާހަކަ ދެއްކިއެވެ…” އަދި ތިއުޅެނީ މިކޮޅަށް އައިފަހުން އެކައްޗެއް ވެސް ނުކައި.. އަޅެ ހަމަ ދަރިފުޅު ބަނޑުހައިވެސް ނުވަނީތަ..” ކެއިލީން އައިސް ޒެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ..”ދެން ދޭ އަވަހަށް ފެންވަރާ ތައްޔާރުވެގެން ކާންއަންނަން..ކޮއްކޮ ވެސް އެބައިން ދަރިފުޅު އަންނަންދެން ނުކައި…” ކޮޓަރިން ބޭރަށް ނިކުންނަމުން ކެއިލީން ބުންޏެވެ.
ލަންކާގައި 2 އަހަރު އުޅުމަށްފަހު ޒެން މާލެ އައީ ރޭ ދަންވަރު ފްލައިޓްއިންނެވެ. އޭނާ ލަންކާއަށް ދިޔައީ 1 އަހަރު ދުވަހުގެ ކޯހެއް ހަދާށެވެ. އެކަމަކު އެކޮޅުން ވަޒީފާއެއް ލިބުމުން އޭނާ އެކޮޅުގައި މަޑު ކުރީއެވެ.
ޒެން ތައްޔާރު ވެގެން އައުމުން ޒާނާ އޭނާއާއެކު ކާކޮޓަރިއަށް ކާން ދިޔައެވެ. ކާން ތިބެގެން ދެމީހުން ދެއްކީ ރާއްޖޭގެ ރަށަކަށް ދާން ބޭނުންވާ ވާހަކައެވެ. އެހެންކަމުން އެދެކުދިންގެ ފުރަތަމަ ޕްލޭން އަކަށްވީ ރާއްޖޭގެ ކޮންމެވެސް ރަށަކަށް ހަފްތާ އަކަށް ނަމަވެސް ގޮސް ލާށެވެ.
“ޒެން..” ކުއްލިއަކަށް ވާހަކައިގައި ތިބި ދެމީހުން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލުމުންނެވެ..”ރަޔާން..”..”ބަލާބަލަ ވަގުކަން މިކޮޅަށް އައިއިރު ނުވެސް ބުނެލާ…މިގޭ މަންމަ ގުޅާފައި ބުނީމަ އިގުނީވެސް..” ކާކޮޓަރިއަށް ވަދެގެން އައި ރަޔާން ޒެންގައިގާ ކުޑަކޮން ބައްދައިލިއެވެ..”ޔާން.. އަދި މި ހިއްލާލީ އައިގޮތަށް…އިށީންދެބަލަ އަހަރުންނާ އެކު ކާން….” ކާން އިނދެގެން ޒެން ވާހަކަ ދެއްކިއެވެ. އެދެމީހުން ވާހަކަ ދައްކަމުން ދިޔައިރު ޒާނާ އިނީ ކަޅިވެސް ޖަހާނުލާ ރަޔާން އާއި ދިމާލަށް ބަލާށެވެ.އެކުގައި އުޅެބޮޑުވި ނަމަވެސް މީގެ 6 އަހަރު ކުރިން އެއާއިލާއާއި ވަކިން މާލެ އައިސް ރަޔާން މިހާރު ދަނީ އޭނާގެ ބައްޕަގެ އޮފީސްތައް ބަލަހައްޓަމުންނެވެ. ރަޔާން އަކީ ޒެން ގެ ބައްޕަ ގެ އެންމެގާތް އެކުވެރިޔާގެ ހުރިނަމަ އެކަނި ދަރިއެވެ.. ރަޔާން ވަރަށް ތުއްތުއިރު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އޭނާގެ މައިންބަފައިން ވަނީ ނިޔާވެފައެވެ.. އޭރުއްސުރެ ރަޔާން ބަލާބޮޑު ކުރީ ރެހާންގެ ދެމަފިރިން ނެވެ.
އެތައް އަހަރު ތަކަކަށް ފަހު ފެނުނު އިރު ވެސް އެރީތި ކަމަކަށް ބަދަލެއް ނާދެއެވެ. އެ ކަޅުކުލަގަދަ ދެލޮލާ,އެފަން ދިގު އިސްތަށިގަނޑާއި ގުދުރަތުން އޭނާއަށް ދެއްވާފައި ވާ އެރީތި ހަށިގަނޑު ފެންނަން ކޮންމެ އަންހެން ކުއްޖަކު އޭނާއަށްޓަކައި ފިދާވާނެއެވެ. ހިތް ހަދިޔާ ކުރާނެވެ.. ހަމަ އެގޮތަށް މީގެ އެތައް އަހަރެއް ކުރިން ޒާނާގެ ހިތް ވެސް ވަނީ ރަޔާންއަށް ހަދިޔާ ކޮށްފައިވެއެވެ.
“ޒާ.. ކިހިނެއްތަ؟” ހިޔާލުތަކަށް ގެއްލިފައި އިން ޒާނާ ސިހޭގޮތްވީ ރަޔާން އޭނާއާ ވާހަކަ ދެއްކުމުންނެވެ. ” އިރާދަކުރެއްވިޔާ ޒާ އަދި ރަނގަޅު..ޔާން ކިހިނެއްތަ؟..” ރީތި ހިނިތުންވުމަކާއެކު ޒާނާ ރަޔާން އާއި ވާހަކަ ދެއްކިއެވެ..”ރަނގަޅު.. ޒެން މިއުޅެނީ މާދަމާ އަޔާން ބުނެގެން ރާއްޖެތެރެއަށް ޖައްސާލަން ކަމަށް.. ދެހަފްތާވަރުވާނެ .. ހިންގާ އެކޮޅަށް ގޮސް ލަން… އަޔާން ކޮއްކޮ އާޔާ ގޮވާގެން ދަނީ….”..”އަހަރެމެން ވެސް މިކިޔަނީ ރާއްޖެތެރެ އަށް ގޮސްލަން ބޭނުން ވައި ވާހަކަ… ޒާ ވެސް ދާނެ …”
ޒެންވެސް އެދަތުރުގައި ބައިވެރިވާން ބޭނުން ވިއެވެ..
“ޔާނާ… ޔާނާ.. ކޮބާ ކޮންތާކުނު؟..” ޔާނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއިރު އެކޮޅުން ވާހަކަ ދެއްކި ކުއްޖާ ހިނިއައިސްފައި ހުރެ ހަޅޭލަވައި ގަތެވެ… ” އަހަރެން މީނި ގޭގަ ތިދެމީހުންނެއްނު ޔާ ބަހަށްޓާފައި މާ ފޮޅުވަން ތިދިޔައީ….”..” ތިޔެއްނޫނޭ އާދެބަ ރެޑީ ވެލައިގެން ތިރިޔަށް.. އެބައޮތް ވާހަކަ އެއް… މިތިބި ތިރީގައި..” އެކޮޅުން ވާހަކަ ދެއްކި ކުއްޖާ އެންބުނުމުން އޯކޭ އޭ ބުނެ ޔާނާ ފޯނު ކަނޑާލި އެވެ…….
ކޮޓަރީގައި އެކަނި ވެފައި އޮތް ޔާނާ އަވަހަށް ތައްޔާރުވެލައިގެން ބޭރަށް ނިކުތެވެ.. “ކިހިނެއް ވީ އަނެއްކާ ހަންޑި އެއް ފެނުނީ ތަ ނޫނީ ފުރޭތަ އެއްތަ..” ޖޯލީ ގައި ތިބި ނުހާ އާއި އަޔާން ފެނުނު ޔާނާ ދުވެލާފައި އެދިމާއަށް ދިޔައެވެ..
ޔާނާ އަކީ މާލޭގައި ވަޒީފާ އަދާކުރާ ކުއްޖެކެވެ.އެން ނަމަވެސް ލިބުނު ޗުއްޓީގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ނުހާއާއި އެކު ނުހާ ގެ ރަށަށް އައިތާ ދެތިން ދުވަސް ވެއްޖެ އެވެ.. ޔާނާގެ މައިންބަފައިން ވަނީ މީގެ 10އަހަރުކުރިން ނިޔާވެފައެވެ.. އޭގެ ފަހުން ޔާނާ އުޅެމުން އަންނަނީ ނުހާ އާއި އެކު މާލެ ގައެވެ.
“އަސްލު މިވައި ގޮތަކީ މާދަމާ އަންނަނީ ޔޯ އަޔާން ގެ ކޮއްކޮ އަދި އިތުރު ތިން މީހުންނާ.. އެއްކަލަ ލަވަ ކިޔާ ކުއްޖާ ޒެން އާއި ކޮންމެވެސް ރަޔާން އަކާ ޒާނާ އެއް.. އަސްލު އެވާހަކަ ބުނަންވެގެން.. ތިރީބައި އެމީހުންނަށް ދޯ މިބުނީ ބޯއިސް އަށް އަހަރެމެން ގާލްސްއަށް މަތީ ބައި އޯކޭ ވާނެ ދޯ އަޔާ..”ނުހާގެ ވާހަކަ އެންމެ ފަހުން ނިންމާލި ކައިރީހުރި އަޔާންއަށް ދޯ ދެމުންނެވެ..
އަޔާން އާއި ޔާނާމެން ދިމާވީ މީގެ 5 އަހަރު ކުރީންނެވެ. ޔާނާ ވަޒީފާ އަދާކުރަނީ އަޔާންގެ ޕީ.އޭ .އެއްގޮތުގައެވެ. އަދިހަމައެހެންމެ ޔާނާ އަކީ އަޔާންގެ ބެސްޓްފްރެންޑެވެ. “ހޫމް އޯކޭ… ގުރޫޕް ބޮޑު ވީމަ ދޯ މަޖާވެސްވާނީ.. މިހާރު ވެސް ކިހާވައި”ޔާނާ އެއްބަސްވިއެވެ..” ޔާ ތިހެން ބުންޏަކަސް އެހާ ވައެއްނޫން އިގޭ ވަރަށް މަޖާ..”ނުހާ އައް ބަލައިލުމަށްފަހު ގަޔާކާރިކޮށް ލަމުން އަޔާން ބުންޏެވެ..
އާޔަން އާއި ނުހާ ރައްޓެހިވެގެން އުޅޭތާ މިހާރު 3 އަހަރު ވެއްޖެވެ. އެދެމީހުން ބައްދަލު ވީ ޔާނާ ގެ ސަބަބުން ކަމަށްވާތީ އަޔާން ހުރިހާ ޝުކުރެއް އަދާކުރަނީ ޔާނާ އަށެވެ.
“އޯއު… ދެން ތިދެމީހުންނަށް ރަނގަޅުވާނެ ދޯ އެކަހެރިކޮށް ތަނަށް ދެވުނީމަ.. އަދި ކޮއްލަން ޖެހޭ ކަންކަމާ , ނުފޮޅުވި ހުރިމާވެސް އެބަހުއްޓޭ ނުން… އެހެންވެ އޭނުން މަ ގޮވައިގެން މިރަށަށް ވެސް ތިއައީ.. ޕްރައިވެޓް ޓައިމް ކޮޅެއް ހޯދައިލަން..އެނީވޭސް ތިބުނާ މީހުން އަންނަނީ ކޮން އިރަކުންތަ؟ ބޯއިސް އަންނަންޏާ ނުދެވޭނެ ރިސީވް ކުރާކަށް.. ތިދެމީހުންނަށް ދާންޖެހޭނީ.. އޯކޭ..” ޔާނާ ބުންޏެވެ.” މާދަމާ ހެނދުނު އަންނާނެ. ޔާ ވާނެ މޮޅުސައެއް ހަދާލަން.. ވަރަށް ރީތި ކުދިންކޮޅެއް އެއީ…..” އަޔާން ބުންޏެވެ..
“ދެން ހިނގާބަލަ ހިނގާލަން ދާން..” އެވާހަކަ ތައް ކުރުކޮށްލަމުން ޔާނާ ބުނެލި އެވެ. ޔާނާ އެހެން ބުނުމުން އެންމެން ޖޯލިން ތެދުވެ ހިނގައިގަތެވެ..
(ނުނިމޭ )..
