Skip to content
އެސްފިޔަ

ލޯތްބަކީ 1

ބަގީޗާގެ ބެންޗުގައި ޝާޔާ އިށީނދެލައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ދިރިއު ޅުމާމެދުއެވެ. ކޮންފަދަ ބަދުނަސީބެއް ތޯއޭ އޭނާ ހިތާހިތާ ކިޔާލިއެވެ. ނަމަވެސް މާތްﷲ ގެ ނިޔާ އާއި މެދު ޝުކުރު ކޮށްލައިގެން އޭނާ ދިރިއު ޅެނީއެވެ. ކޮންމެވެސް ދުވަހަކުން އަލިމަގެއް ފެންނާނެކަމުގެ އުއްމީދުގައެވެ.
ޚިޔާލުތަކުން ބޭރުވެވުނީ އޭނާގެ މަންމަ ހަސީނާ ހަ ޅޭލަވައިގަތުމުންނެވެ. ” ކޮންކަމަކާ ތިޔަ ވިސްނަނީ . ރޭގަނޑު ކާންވެސް ނުހަދަން ދޯ އަދި!” “ނޫން މަންމާ! ހަދައިފިން. ދޭ ކާން. ޝާޔާ ބުންޏެވެ. ” ކަލޭ ޖެހޭނެ މަ ކޭމަ ތަށިތައް ދޮވެގެން ނުވައެއް ޖަހާއިރަށް އަތުގަ އޮތް އެންމެ ރީތި ހެދުން ލައިގެން އިންނަން.” ހަސީނާ އިންޒާރުގެ ރާގަކަށް މިހެންބުނެ އެތަނުން ގޮސްފިއެވެ. ޝާޔާއަށް ރޮވެން ފެށުނެވެ. މިއީ އޭނާއަށް ސޯ ޅައަހަރު ވީއްސުރެ ތަހައްމަލު ކުރަމުންގެންދާ އަނިޔާއެކެވެ. ކޮންމެ ރެޔަކުވެސް ފިރިހެނަކު އައިސް އޭނާގެ ކައިރިން އުފާހޯދުމަށްފަހު ހަސީނާއަށް ރުފިޔާދީ އެގެއިން ދެޔެވެ. އޭނާ މިހާރު މިއަނިޔާއަށް ކެތް ކުރާތާ 2 އަހަރު ވީއެވެ.
މިރޭވެސް އޭނާގެ ގެޔަށް ފިރިހެނަކު އައެވެ. މިރޭ އޭނާ އިނީ ސިޓިންރޫމުގައެވެ. އެ ހަޑިމުޑުދާރު އަމަލު ބަލަން މިރޭ ހަސީނާވެސް އިނެވެ. ޝާޔާ މިރޭ ހައިރާންވިއެވެ. މިރޭ އޭނާއަށް އެއްވެސް ކަމެއް ނުކުރެއެވެ.” އަ ޅުގަނޑު ބޭނުން އަޔާން ޝާޔާ އާއި ކައިވެނިކުރުވަން.” ހަސީނާ ބުންޏެވެ. ހަސީނާ މިހެންބުނެ ނިމުނުއިރު އޭނާގެ މޫނުމަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. ” އަހަރެން އެއްބަސް.” ޢަޔާން ބުންޏެވެ. މި ޖުމުކައާއިއެކު އޭނާގެ ދެލޯ ބޮޑުވެ ދުނިޔެ އަނބުރައިގަތް ހެން ހީވިއެވެ. “އަޔާން އޯކޭ ދެން ދިޔަސް ތިންދުވަސް ފަހުން ކައިވެނިކުރެވޭނެ”.
ހަސީނާ ބުންޏެވެ.
އަޔާން ދިއުމުން ޝާޔާ މިކަމާ ދެކޮ ޅުހެދިއެވެ. ހަސީނާ ކަލޭއަކަށް މިކަމާ ދެކޮ ޅެއް ނުވެވޭނޭ ކިޔާ އަޑުލިއެވެ. އެފަކީރުގެ ހިތް ހަލާކުކޮށްލާފައެވެ. އޭނާގެ ހިތުގައި ސުވާލެއް އޮވެއެވެ. މިއަދު ކެތްތެރިކަން ކޮ ޅުންލައިގެންގޮސް އެސުވާލު ދުލުން ބޭރުވިއެވެ. ” އަހަރެންގެ ކުށަކީ ކޮބާތަ މަންމާ؟ ”

( ނުނިމޭ)

Comments (11)

  1. ??tweety??

    when next

  2. Lamko

    Salhi mi part…whn nxt????

  3. stripling

    it could have been so much better if it was much longer than this.

  4. §HåĂĶĶÓ

    Vvv reethi namaves vv kuru.vv reethi

  5. Malaa

    Varah varah varah reethi..maa sha allah…ehaa avahah vaahaka ninmaa nulaathi ingey…shaya reethi name eh maa sha allah…Waiting for the next part…

  6. lai

    Vaahaka ehaa avahah ninmaa nulaathi ingey..Next part dhigu kohdheichey…mi part varah varah reethi..maa sha allah..when is next part..waiting for the next part…????????

  7. Kylie

    first part of the story hama habeys…… Waiting fr nxt…….

  8. iii

    thankolheh dhigu vinama thiyah vureh furihama vees

  9. Lullu

    V v v rythi..maa sha allah…when is next part??waiting for the next part….

  10. Ishooo

    V v v rythi..maa sha allah..Ayaan Age kihaa varei tha????Waiting for the next part..

  11. kai

    mi part hama habbu.When is next part???waiting for the next part..

Comments are closed.