Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވީމޭ ތިޔަ އިންތިޒާރުގައި..2

Uhthoo Level 210 Stories100 Comments100 Login
September 9, 2019 4 Mins Read
22 Comments

ފަތިސްނަމާދު ކޮށްގެން ރިޔާޝަށް ނިދުނެވެ. އެހެންކަމުން މިއަދު ރަޔާ އެކަނި ދުވަން ދާންޖެހުނެވެ. ފޯނު އެލާރމް ވުމާއެކު ރިޔާޝަށް އޭނާގެ ބަރު އެސްފިޔަތަށް ހުޅުވާލަން މަޖުބޫރުވިއެވެ. ތެދުވެގެން ގޮސް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލިއިރުވެސް ރަނގަޅަށް އެދެލޯ ނުހުޅުވެއެވެ. ލޯއުނގުޅަމުން ރިޔާޝް އެނބުރުނު ވަގުތު ފަހަތުގައި ހުރި ރަޔާ ފެނި ސިހުނެވެ. އެ ތާޒާ މޫނަށް ރިޔާޝަށް ބަލައިލެވުނީ އެހެން ނަޒަރަކުންނެވެ. ބުމަ ގޮށްޖަހައިގެން ލޯއަޅައިގެން ހުރިއިރު ރަޔާ ހާދަ ލޮތްބޭ ރިޔާޝް ހިތާ ހިތާ ކިޔާލިއެވެ.

“ކީއްވެ ނުހޭލީ؟؟ދޮންބޭ..؟؟” ރަޔާ ޝަކުވާ ކުރާނެކަން ކުރިން އެނގުނުނަމަވެސް ‘ދޮންބެ’ މިހެން ކިޔުމުން ރިޔާޝްގެ ލާނެތް ހިނިތުންވުން ގެއްލުނެވެ. ރިޔާޝް އެއްޗެކޭ ނުބުނެ ހީލަމުން ރަޔާގެ އިސްތަށިގަނޑު ހާވާލަމުން ކޮޓަރިތެރެއަށްވަދެގެން ހިނގައްޖެއެވެ. ހައިރާންކަން ވެރިވެފައި ހިނދުކޮޅަކު ރަޔާވެސް އެތާ ހުއްޓެވެ. އޭނާވެސް ކޮލެޖަށް ދާން ތައްޔާރުވާން ދިޔައީއެވެ.

ރިޔާޝްގެ ވިސްނުން ހުރީ ސައިކޮޓަރީގައި ފޯނާކުޅެން އިން ރަޔާ ސިއްސުވާލާށެވެ. “ނޫން ދަރިފުޅާ އަބަދު އެހެން ނަހަދަބަލަ..” އޭނާއަށްވުރެ ކުރިން ފަހަތުން އައި ރޯމާ އެކަން މަނާ ކުރިއެވެ. ރަޔާ ދޫ ނެރިލަމުން ވައްތަރެއް ޖައްސާލިއެވެ. “ތޭންކްސް މަންމާ…” އާފަލެއް ފަޅާލަމުން ރަޔާ ރޯމާއަށް ހީލިއެވެ. ރިޔާޝަށް ބަލަން އިނދެވުނެވެ. “އަޅެ ކީއްވެގެންތަ މިހެން މިވަނީ…؟” ހިތާ ހިތާ އޭނާ އަށް ބުނެވެނެވެ. އިސްޖަހައިލެވުނެވެ. “ކޮބާ ބައްޕަ؟” ރަޔާ އެހެން އަހާލީ ރޯމާވެސް ސައިބޯން ނުއިށީންނާތީއެވެ. “ބައްޕަ ބުނީ އަންނާނަމޯ މޯރނިން ބޮރޭކަށް..މަންމަވެސް ބައްޕަ އައިމަ ސައިބޯނީ..ދަރިފުޅުމެން އަވަހަށް ސައިބޯލައިގެން ދޭ…” ރަޔާގެ ކުރިމަތީ އިންނަން ވެސް ރިޔާޝަށް ވަނީ އުނދަގޫވެފައެވެ. ބަލަން ބޭނުން ނުވިޔަސް ވަކި ވަކިން އެހިތުގައި ރަޔާގެ ކޮންމެ ހަރަކާތެއްވެސް ރެކޯޑް ކުރެވެމުންދާކަހަލައެވެ.

އަވަސް އަރުވާލައިގެން ރިޔާޝް ތެދުވި ތަނާ ރަޔާ ގޮވާލައިފިއެވެ. “ދޮންބޭ.. ލިފްޓެއް ދީބަލަ.. ރަޔާގެ ކާރު ފުރޮޅުފަޅައިގެން ގޮއްސި އަނެއްފަހަރު…” ރިޔާޝް ހިތާ ހިތުން އުފާކުރިއެވެ. “އަނެއްކާވެސް؟؟؟” ރިޔާޝް ހިތްހަމަ ނުޖެހޭގޮތް ދައްކާލިޔަސް އޭނާގެ އެތެރެ ހަށީގައިވި ހިތް ނަށަނީއެވެ. “ލެޓްސް ގޯ..؟” ރަޔާ ތެދުވެގެން ހިނގައިގަތެވެ. “ފެންވެސް ނުބޮއެތަ ދަނީ؟” ރޯމާ އެހެން ބުނުމުންވެސް ރަޔާ އަވަސް ހިނގުމެއްގައި ނުކުމެގެން އައިސް ރިޔާޝްއާ އެއްވަރު ކުރިއެވެ.

“ރޭގަ ރަޔާ ގެޔަށް އައިއްސަ ވަރަށް ހޯދިން ނިދާފަ އޮތްކަން އެނގުނީ ތިކޮޓަރިޔަށް ދިޔައިމަ..” ކާރަށް އަރައި ހަމަޖެހިލަމުން ރަޔާ ވާހަކަ ދައްކަން ފެށިއެވެ. “އެޔޯ ކީއްވެ ހޯދީ؟” ރިޔާޝް ލޯހަނިކޮށްލަމުން ސިއްރުން ރަޔާގެ މޫނަށް ބަލައިލިއެވެ. “ކާރުގެ ވާހަކަ ބުނަން..ނިދާފަ އޮތްލެއް އަރާމު ކަމުން ގޮވަން ނުކެރުނީ…” ރަޔާ ހިނިގަނޑެއް ޖަހައިލިއެވެ. ރިޔާޝްގެ ތުންފަތަށް ވެރިވެފައިވަނީ މާނަވީ ހިނިތުންވުމެކެވެ.

ތޫނު ނަޒަރުތަށް މަގަށް ހުއްޓިފައި ހުއްޓިފައިވިޔަސް ހުވަފެނީ ދުނިޔޭގައި އޭނާގެ ހިތް ފިޔަ ޖަހަމުންދެއެވެ. ހުންގާނުގައި ހިފައިފައިވީކަމަކު އޭނާގެ ސިކުނޑިން ފެންނަމުން ދިޔައީ ރަޔާގެ އުނަގަޑުގައި ހިފާލެވިފާވީތަނެވެ. “ހޭއި…” ކުރިމަތިން ހުރަސްކުރި ސައިކަލެއް ކިރިޔާ ކާރުގައި ނުޖެހި ސަލާމަތްވީއެވެ. ރަޔާގެ ހަޅޭކުގެ އަޑުން ރިޔާޝް ސިހިގެން ދިޔައެވެ. އޭނާގެ ދެލޯބޮޑުވެގެން ދިޔައީ ފަރުވާކުޑަކޮށްލެވުމުންނެވެ. ކޮލެޖްކައިރިޔަށް ކާރު ޕާކްކުރުމުން ރަޔާ އޯކޭވާނޭ އަޅާނުލާށޭ ބުނެ ނުކުމެގެން ދިޔައެވެ. އެކަނިވެލަން ބޭނުންވެފައި އިން ރިޔާޝަށް ހުންގާނުގައި ބާރަށް ހިފާލެވުނީ ހިތަށްވެރިވެފައިވި ނުތަނަވަސް ކަމުންނެވެ.

އޭނާ އަށް އެވާގޮތަކާ ދޭތެރޭ ފުންކޮށް ވިސްނާލިއެވެ. ރަޔާ އެއީ އޭނާގެ ކޮށްކޮއަށް ނުވިޔަސް އޭނާއެއީ އެ މަގާމުގައި ރިޔާޝްއާ އެކީ ބޮޑުވި ކުއްޖެކެވެ. އެގޮތަށް އޭނާ ވިސްނައިގެން ނުވާނެތާއެވެ. ނަމަވެސް އެހިތަށް ބާރުފޯރުވަން ޙުދު އޭނާ އަށްވެސް އުދަގޫވަނީއެވެ. އިޖާބަދެވެނީއެވެ. “ކިހިނެތްތަ އަހަރެން ރަޔާ އިގްނޯރ ކުރާނީ ކުއްލިއަކަށް…؟؟؟” ރިޔާޝަށް މަޑުމަޑުން ބުނެލެވުނެވެ. މިއަދު ރިޔާޝަށް ކްލާހަށްވަދުވުނީވެސް ގަޑިޖެހިގެންނެވެ.

ދުވަސްތަށް މާޒީވަމުންދިޔައީ ނުހަނު އަވަހަށެވެ. ރިޔާޝްގެ ހިތުގައި މިހާރު ރަޔާގެ މަގާމުވަނީ ބިންވަޅު ނެގި ނިމިފައެވެ. އެކުގައި އުޅެވުނު ވަރަކަށް ރަޔާ ދެކެ އިންތިހާ ލޯބިވެވުނެވެ. އިންތިޒާރުކުރެވެމުންދިޔައީ އެލޯބި ހަސިލްވާނެ ދުވަހަކަށެވެ. ރަޔާގެ ވިސްނުން ހުރީ މުޅި ކޮލެޖުންވެސް އެއްވަނަ ހޯދާށެވެ.އޭނާގެ އަޒުމް ހާދަވަރުގަދައެވެ.

ކޮލެޖުގެ ބުރަ ދުވަސްތަކަށްފަހު ގްރެޖުއޭޝަން ނައިޓް އައިސް ޖެހިއްޖެއެވެ. ރަޔާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. މޭކަޕް ކުރާހިތް ނުވިއެއްކަމަކުމިރޭ އޭނާ އެހެރީ މޭކަޕްކޮށްލާފައެވެ. ދަނބުކުލައިގެ ވިދާ ހެދުމެއްގައި ރަޔާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެކޮޓަރިޔަށްވަން ރިޔާޝަށް ހުއްޓުން އެރިއެވެ. އެހެދުމުގައި ރަޔާ ފެންނަނީ ހޫރެއްހެންނެވެ. ރީތިގޮތަކަށް ނަގާ ޖަހައިފައިވި ހުޅީގެ އެތަން މިތަނަށް ވަނީ ކުދި ޑެއިޒީ މާ ހަރުކޮށްފައެވެ. ހިނދުކޮޅަކަށް ރިޔާޝް މިދުނިޔެ މަތިން ހަނދާން ނެތުނެވެ. ކައިރީގައި އޭނާއަށް އެހީތެރިވެދޭން ދެ އަންހެންކުދިން އަވަދިނެތި އުޅެއެވެ. ކަންފަތްދޮށުން އަޅުވައިލެވިފައިވި އިސްތަށިކޮޅު އިރު އިރުކޮޅާ އޭނާގެ މޫނު މައްޗަށް ވެއްޓީގަނެއެވެ. އަދި ރަޔާގެ ފަށުވި އނގިލިތަކުން އެ އިސްތަށިކޮޅު ދުރުކޮށްލާގޮތުން މާ ހިތްގައިމެވެ. އެ ލޯބި ހިނިތުންވުން ރިޔާޝްގެ ހިތަށް ތޫނު ހަންޖަރެއްހެން ހެރިގެންދިޔައެވެ.ރިޔާޝްގެ ހިތުގައި ބިންވަޅު ނެގިފައިވި ލޯބި އާލާވެ ދިރެމުންދިޔައީ ރަޔާ އަށް ރޭކާވެސް ނުލައެވެ. ރަޔާއަށް ރިޔާޝް ފެނުމުގެ ކުރިން ރިޔާޝް އެތަނުން ހިނގައިގަތެވެ. އެރީތި މޫނު ފެނި އިތުރަށް ކެތްނުކުރެވިދާނެހެން އޭނާއަށް ހީވީއެވެ.

ފަޅި ހަނދެއް ހާމަ އުޑުގައި ދިއްލިފައިވެއެވެ. ބަގީޗާތެރޭގައި އޮތް ކުޑަފެންގަނޑުގެ ކައިރީ ރިޔާޝްހުއްޓެވެ. ހިތާސިކުނޑީގައި ވީ ހަނގުރާމައެއް އުފެދިފައެވެ. ހިތްވަނީ ރަޔާގެ ލޯތްބަށް ދީވާނާވެފައެވެ. ނަމަވެސް ސިކުނޑިއަށްވެރިވެފައިވަނީ އޭނާގެ މަންމައާއި ބައްޕަ ދެއްކިވާހަކަތަކެވެ. އެމީހުން ދެކޭނެ ގޮތެއްނޭނގެއެވެ. ރިޔާޝަށް ނޭނގިނަމަވެސް ކުށެއް ކުރެވިއްޖޭ އޭނާ ހިތަށް އެރަމުން ދިޔައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނަގެ ހިތުން ރަޔާއަށް ވަނީ ހިވެސް ނުކުރާފަދަ ޖާގައެއްދެވިފައެވެ. އޭނާއެވަނީ ބިއްލޫރިކޮޅަކަށް އެރި ޒަހަމްވެފައިވާފަދަ މީހެއްހެންނެވެ. ހުރިތާ ހުއްޓަސް ތަދުވާނެއެވެ. ފައި ހިއްލާލެވޭކަށްވެސް ނެތެވެ. އަނބުރާ އައިކޮޅަށް ދެވޭކަށްވެސް ނެތެވެ. އިތުރަށް ޒަހަމްވާނީއެވެ.

“ލޯބިވެވިއްޖެއެވެ. ދުނިޔޭގެ ލޮލުން ރަޔާއެއީ އަހަރެންގެ ކޮށްކޮއެވެ. އެ ލޯތްބާ ދުރަށްދާން އަހަރެން ކުރާނީފަހެ ކީއްހެއްޔެވެ؟” ރިޔާޝް މޭގައި ގޮށްމުށުން މަޑުމަޑުން ޖަހައިލިއެވެ.އޭނާގެ ދެލޮލުން ފެންފައިބައިފައިވިއެވެ. ނޭނގިނަމަވެސް ރޮވުނީ ހިތުގައި ޖެހިފައިވީވަރުންނެވެ.

“ދަރިފުޅާ….؟” ރިޔާޝް ސިހިފައި ދެލޯފޮހެލަމުން އޭނާގެ މަންމައާދިމާއަށް ބަލައިލިއެވެ. “ކީކޭ މަންމާ؟” ރިޔާޝް އޭނާގެ ހިތާމަތައް ރޯމާއަށް ފޮރުވަމުން ހިނިތުންވެލިއެވެ. އޭނާގެ ކޮންމެ ހިތާމައެއްވެސް މިއަދާ ހަމައަށް ހިއްސާ ކުރަމުން އައި މަންމައަށް، މިއަދު އޭނާ އެވަނީ ދޮގު ހަދަން މަޖުބޫރުވެފައެވެ. ކުޑައިރު ބުލީގެ ޝިކާރައަކަށްވެފައިވި ރިޔާޝް އެކަނިވެލާއިރަށް ރޯމާ އޭނަ ހޯދާނެއެވެ. ރޯމާ ހީކުރަނީ އަދިވެސް އެ ދުވަސްތަށް ރިޔާޝްގެ ހަޔާތުން ނުފޮހެވޭކަމަށެވެ. ނަމަވެސް މިއަދު މިވަނީ މުޅިން ޒަމާން ބަދަލުވެފައެވެ. ކުޑައިރުގެ ފިނޑިކަން ގެއްލި ހިތްވަރު ލިބިފައެވެ. “ދަރިފުޅާ ހާދަ ގުޅެޔޭ ތި ސޫޓް..މަންމަ އަށް ހަމަ ހީވަނީ ދަރިފުޅުގެ ބައްޕަގެ ޒުވާންދުވަސް ފެންނަހެން..”

ނަސީބަކުން ރޯމާއަކަށް ރިޔާޝްގެ ރަތްވެފައިވާ ލޮލެއް އަޅައެއް ނުގަތެވެ. ވެދާނެވެ. އަނދިރީގައި ނުފެނުނީއެވެ. “ހެހެ.. ތިބުނީ ބައްޕަ މުސްކުޅީއޭތަ؟.. އަޅުގަނޑަށްވުރެ ވެސް ބައްޕަ ސްމާރޓް…” ރިޔާޝް ރޯމާގެ އަތަށް ބޮސްދެމުން ފިރުމާލިއެވެ. ރޯމާ ރިޔާޝްގެ ނިތްކުރިޔަށް ބޮސްދިނެވެ.

“ލަވް ޔޫ މަމް..މި ނައިޓާ ހަމައަށް އަޅުގަނޑުމެން ގެނެސްދިނީތީ ތޭންކްސް އަ ލޮޓް… އައި ޑޯންޓް ނޯ ވަޓް ޓު ސޭ.. ބަޓް ޑޭޑް އެން މޯމް ޔޫ އާރ އަވަރ ލަކީނެސް… އަވަރ އެވްރިތިން.. ރިއަލީ ލަވްސް ޔޫ ބޮތް އަ ލޮޓް…”  އެދެމީހުންގެ ފަހަތުން ރަޔާއައީ އަރޫންގެ އަތުގައި ހިފައިލައިގެންނެވެ. ރަޔާ ފެނި ރޯމާވެސް ހުރީ ބުނާނެ އެއްޗެއް ނޭޏގިފައެވެ. އެ ރީތިކަން އެއީ ދުނިޔޭގައި ދެވަނައެއް ނުވާފަދަ ރީތިކަމެކެވެ. “މާޝާﷲ..މަންމަގެ ދެކުދިންވެސް މިރޭ ހީވަނީ ޕްރިންސް އަކާ ޕްރިންސަސް އެއްހެން..” ރޯމާ ރަޔާގެ ގައިގައި ބައްދާލިއެވެ. “އެހެންވެޔޭ އަހަރެން ރަޔާ ރީތިކުރަން 2ކުދިން ހަޔަރ ކުރީ..” މޭ ފުއްޕާލަމުން އަރޫން ބުނެލިއެވެ. މިރޭގެ އުފާވެރިކަން އިންތިހާއެވެ.

އެރޭގެ ދިގު ޖަލްސާއަށްފަހު އެންމެންވެސް ގެޔަށް އައި އިރު ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން މަޑޫ ނުކޮށް ރޯމާމެން ވަނީ ނިދާށެވެ. ރަޔާ ފެންވަރަން ފާހާނާއަށްވަނީ ކާމިޔާބީއާ ދޭތެރޭ ނުހަނު ހިތްހަމަ ޖެހިފައި ހުރެއެވެ. ފެންމާގަނޑު ދޫކޮށްލުމުން ފިނި ފިނި ފެންތިކިތަށް އޭނާގެ ހަށިގަނޑުގައި ބޮސްދެމުން ތިރިއަށް ފައިބަމުންދިޔައެވެ. ހިތްހަމަ ޖެހޭވަރަށް ފެން އެޅުމަށްފަހު ތުވާލި އޮޅާލައިގެން ރަޔާ ނުކުތީ ކޮޓަރިއަށެވެ. ރީތިވާ މޭޒުކައިރީ ހުއްޓިލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވީ ރަޔާގެ މިއުޒިކީ އަޑުން ކިޔަމުންދިޔަ ލަވައެކެވެ. ދުވަމުން ދިޔަ މީރުވަހުން އިތުރު އެއަރފްރެޝްނާރ އެއް އެކޮޓަރިޔަށް ބޭނުމެއްނުވާނެއެވެ. ޕިޖާމާ ގަޔަށް ހެޔޮވަރު ކޮށްލަމުން ބެލްކަނީގެ ދޮރުފޮތިގަނޑު ކަހާލިއެވެ. ބޮލުގައި އޮޅާފައި އޮތް ތުވާލި ނަގާލަމުން ބޭރުބަލައިލިއެވެ.

ބޮޑުބެލްކަނީގައި މީހަކު ހުރިހެން ހީވެ ރަޔާ އޭނާގެ ނަންބަރު އައިނު އަޅައިލުމުން އެއީ ރިޔާޝްކަން އެނގުނެވެ. މާޔޫސް ވެފައިވި މޫނު ފެނުމުން ރަޔާގެ ހިތަށް އުނދަގޫވެލިއެވެ. “ދޮންބެ ހާދަ ވިއަރޑް ކޮންނޭ މިހާރު އެއުޅެނީ…..ނުވެސް ގުޅޭ ދޮންބެއަކާ.. މިހާރު ރަޔާއަކާ ސަމާސައެއްވެސް ނުކުރޭ…ހީވަނީ އަބަދުވެސް ކަމަކަށް ގޮސް ގެއްލި ހުސްވެފައި ހުންނަހެން.. ވަޓްސް ގޮއިން އޮން އެކްޗުއަލީ؟؟؟؟” ރަޔާ އެނދަށް އރައި ހަމަޖެހިލަމުން ފޯނު ނަގައި ރިޔާޝަށް ގުޅާލިއެވެ.

ހިތުގައި އެޅިފައިވި ކޫރުންތަކަށް ލުއިކަމެއް ލިބޭތޯ ރިޔާޝް ހުރީ ބެލްކަނީގައެވެ. އޭނާގެ ހިތުގައި ވިކަމުން ދިޔައީ ރަޔާގެ ހިޔާލުތަކެވެ. ޖެހިލައި ވައިރޯޅިތަކުން އޭނާގެ އިސްތަށިގަނޑު ހޭވިފައިވިއެވެ. ނިދިވެސް އޭނާއާ ރުޅިހަދާލައިފައި ވަނީ މާދުރަށް ގޮހެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ރިޔާޝް ފޫހިގޮތަކަށް ފޯނުގެ ސްކްރީނަށް ބަލައިއެވެ…………………ނުނިމޭ

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ބުނެދޭށޭ ރުހެމޭ 74-2

Next

އެދިގެން ތި ލޯތްބަށް 2

Next
September 10, 2019

އެދިގެން ތި ލޯތްބަށް 2

Previews
September 9, 2019

ބުނެދޭށޭ ރުހެމޭ 74-2

22 Comments!

  1. Uhthoo says:
    September 9, 2019 at 11:18 pm

    Hello readers.. sorry for the mistakes I have written.. mibaiga kudhi kuh ebahuri .. publish kohlevun fahun engunee.. so on next part ga I’ll correct all those.. in advance thanks all.. keep supporting ❤️?

  2. jiji says:
    September 10, 2019 at 6:00 am

    Yeye me first dhw..v v v v rythi mi bai vx..
    Ibaaraiy kurun vx v furihama ngey..But kudhi kudhi mistakes ebahuri..Ekan rangalhu kohlahchey..ly❤❤❤???????????????

    1. Uhthoo says:
      September 10, 2019 at 6:47 am

      Wow great..??❤️ Thank you.. yes mistakes rangalhu kuraanan inshallah ☺️???? ?lyt ??

    2. jiji says:
      September 10, 2019 at 9:42 am

      Hey u r the one who wrote the story “loabi ehenas ” right?..i kyn e stry..V loabi enge e stryy❤?

    3. Uhthoo says:
      September 10, 2019 at 3:00 pm

      Yes loabi ehenas ah fahu gap eh aiii.. ekm vs hama liyaa hithun.. Liyan feshee anehka vss .. ????????

  3. Xaara says:
    September 10, 2019 at 7:03 am

    Masha Allah…???? Vara Vara reethi story eh and i like the characters… Everyone makes mistakes it’s Okk dhn faharakun rangalhukoh laneee.. ???❤️❤️❤️??❤️❤️?

    1. Uhthoo says:
      September 10, 2019 at 8:05 am

      Thanks Xaara for understanding ?? I love your support.. ?I’ll try my best inshallah ???

  4. Zuha says:
    September 10, 2019 at 9:52 am

    Masha Allah Varah Reethi ❤️

    1. Uhthoo says:
      September 10, 2019 at 6:33 pm

      Thank you zuha ☺️

  5. Umny ??? says:
    September 10, 2019 at 11:01 am

    Masha Allah varah Reethi mi part ves. When is the next part?

    1. Uhthoo says:
      September 10, 2019 at 2:55 pm

      Thanks ❤️

    2. Uhthoo says:
      September 10, 2019 at 10:44 pm

      Next part hama type kurevunu irakun…☺️Inshallah.. I won’t fix a date bcuz if balivegen or kameh viyass I can’t publish.. so lasvegen two days varu vaanee inshallah ??☺️

  6. Shahu says:
    September 10, 2019 at 11:21 am

    Story varah varah salhi… Waiting for next part….. ❤️❤️❤️❤️❤️❤️

    1. Uhthoo says:
      September 10, 2019 at 2:54 pm

      Thankyoo ❤️

  7. Xxx says:
    September 10, 2019 at 12:56 pm

    Vvv salhi mi part ves. LOVE YOU SO MUCH. Luv this story really much also??❤??❤??❤????

    1. Uhthoo says:
      September 10, 2019 at 2:57 pm

      Yeah thanks lott ??❤️❤️❤️ ?

  8. I.S.H.A.A says:
    September 10, 2019 at 2:02 pm

    Ok

  9. Faree says:
    September 10, 2019 at 3:48 pm

    Thoo V reethi mi part ves ?? kudhi kudhi mistake tha ebahuri ekam ekan rangalhukohleema ok vaane gud luck

  10. Lubu says:
    September 10, 2019 at 5:03 pm

    Wow vrh salhi keep it up❤

  11. Uhthoo says:
    September 10, 2019 at 6:22 pm

    Wow maaahtha ❤️❤️????? dhen faharakun rangalhu vaane inshallah ???

  12. Uhthoo says:
    September 10, 2019 at 6:24 pm

    Thankoo lubu ?❤️?

  13. Zuha says:
    September 10, 2019 at 6:48 pm

    Vrh Reethi… Waiting for next part

Comments are closed.



All Right Reserved!