Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

….ރީން…. 2

RifuRifu Level 1
September 8, 2019 3 Mins Read
1 Comment

ރީންގެ މެގްނަމް ވެއްޓުނީ އެމީހާގެ ގަމީހަށެވެ. ރީން އެމީހާއާއި ދިމާލަށް ހަޅޭއް ލަވައިގަތެވެ.
________________
” އޭތް؟؟ ކިހިނެތްތަ ވެގެން ތިއުޅެނީ؟؟ ތަނަކުން އަންހެން ކުއަޖަކު ފެންނައިރަށް އައިސް ޖެހިގަންނަން ޖެހޭތަ؟؟ ކަލޭއާ ހެދިއޭ މަގޭ މެގްނަމް ވެސް އެ އެއްޓުނީ…. ” ރީން އެމީހާ އާއި ދިމާލަށް ހިތު ހުރި އެއްޗެއް ކިޔާލީ ވީނުވީއެއް ވެސް ބަލާލުމެއް ނެތިއެވެ.
” އަޅޭ މަ ގަސްތުގައެއް ނޫނޭ ޖެހުނީ… މަ މިހެން އަންނަނިކޮށޭ. ވަރަށް ބޮޑަށް ސޮރީ. މަ މެގްނަމެއް ގަނެދީފާނަން. ” އެމީހާ މަޑުމަޑުން ބުނެލިެއެވެ. ރީންއަށް އެމީހާގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ ރުޅިގަނޑު ފިނިވީ ދެނެވެ.
” ސޮރީ ” ރީން އިސްޖަހައިލައިގެން އިނދެ ބުންޏެވެ. އޭނާ އިނީ ވަރަށް ލަދުގެންފައެވެ. އެ ދެލޮލުގެތެރޭގައި ކަރުނަ ހުއްޓެވެ.
” އެ ކީއްވެ؟؟ އަހަރެންނެއްނު ތިހެން ބުނަން ޖެހޭނީ؟ ” އެމީހާ މަޑުމަޑުން ބުންޏެވެ.
” ނޫން އަހަރެންގެ ކުށެއްނު އެއީ ވީކަމެއް ބަލާނުލާ އެއްޗެހި ކީމަ. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ. ” ރީން އެ ހުރިގޮތަށް އެއްއަތުން އަނެއް އަތުގައި ހިފައިގެން އިނދެ ބުންޏެވެ.
” އިޓްސް އޯކޭ. ކޮން ނަމެއްތަ ކިޔަނީ؟؟ އަހަންނަށް ކިޔަނީ ރިހާން. ” ރިހާން ރީން ކައިރީގައި ނަން އަހައިލީއޭނާގެ އެންމެ ރީތި ހިނިތުންވުން ރީން އަށް ދެމުންނެވެ. ރީންއަށް އިނދެވުނީ ކަޅިޖަހައިނުލައި ރިހާންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ރިހާން އޭނާއަށް ގޮވާލުމުންނެވެ.
” އޭތް ނަމެއްވެސް ނެތީތަ؟؟” ރިހާން ރީންއާ ސަމާސާއެއްކޮއްލިއެވެ.
” އަހަންނަށް ކިޔަނީ ރީން. ” ރީން ހަމަ އެ އިންގޮތަށް އިނދެ ބުންޏެވެ.
” ރީން ހާދަ ރީއްޗޭ. ނަން ވެސް ހަމަ އެހާ ރީތި. މާޝާ ﷲ. ” ރިހާން އަށް ވެސް ރީންގެ ރީރިކަމަށް ތައުރީފް ކޮށް ނުލައެއް ނުހުރެވުނެވެ.
” ތެންޔޫ ރިހާން. ޔޫ ޓޫ. ” ރީން ރިހާންއަށް ޝުކުރުއަދާ ކުރިއެވެ. އަދި ރިހާން އަށް ތައުރީފް ކޮށް ނުލައެއްވެސް އޭނާއަކަށް ނީނދެވުނެވެ.
” ވެލްކަމް އެންޑް ތެންކްސް. ” ރިހާން ހިނިތުންވެލަމުން ބުނެލިއެވެ. ރީން ވެސް އޭގެ ބަދަލުގަައި ހިނިތުންވުމެއް ރިހާންއަށް ރައްދުކޮށްލިއެވެ.
” މްމްމް ވެލްކަމް. ” ރީން ރިހާންގެ ދެ ލޮލާއި ހަތަރުކަޅި ހަމަކޮއްލަމުން ބުނެލިއެވެ.
” ސޯ ފްރެންޑްސް ރައިޓް؟؟؟ ” ރިހާން ރީންއާއި ރިމާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
” ޔާ. ޝީ އިޒް ރީމާ. މަގޭ ބެސްޓީ. ދެން އެއީ ކާކު؟؟ ” ރީން އެހީ ރިހާން އާއި އެއްކޮށް އައި މީހާގެ ވާހަކައެވެ. ރިހާން އިޝާރަތްކުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަށް ކައިރިއަށް އައުމަށެވެ.
” މީ ރުހާން. މަގޭ ބެސްޓީ.” ރިހާން އޭނާގެ އެންމެ ގާތް އެކުވެރިޔާ ރީންމެންނަށް ތައާރަފް ކޮއްދިނެވެ. ރުހާން ހިނިތުންވެލިއެވެ.
” ތި ދެމީހުންގެ ނަން ހާދަ ވައްތަރޭ. އަނެއްކާ ފެމެލީ ތަ؟؟؟ ރީމާ ރުހާން ކައިރީ އެހިއެވެ.
” ނޫނޭ. މިދެން ހަމަ އިއްތިފާގެއް ދޯ ރިހާން. ” ރުހާން އާއި ރިމާ ވަތަށް އަވަހަށް އެކުވެރިވިއެވެ. ހަމަ އެފަދައިން ރީން އާއި ރިހާން ވެސް ވަރަށް އަވަހަށް އެކުވެރިވިއެވެ.
” ހިނގާ މެގްނަމް ބޯން ދާން. މަ ދޭނަން. ރީން ބޭނުމެއް ނޫންތަ؟؟ ” ރިހާން މެގްނަމް ބޯން ދިއުމަށް ރީން މެންނަށް ދައުވަތު ދިނެވެ.
” ބޭނުން. ހިނގާ ދާން. ” ރީން އޭނާގެ ހުދު ދަތްތަށް ދައްކައިލަމުން ހިނިތުންވެލިއެވެ.
” މަ ބޭނުމެއްނޫން. އަދިމަގޭ މެގްނަމް ހުހެއްވެސް ނުވޭ. ” ރީމާ ރިހާން އާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
” މަ ވެސް ބޭނުން. ” ރުހާން ވެސް މެގްނަމް ބޭނުންކަމަށް ބުނެލިއެވެ.
” އޯކޭ. ހިނގާ ހިނގާލަން ދަމާ؟ އަދިކިރިޔާ އެ ފަހެއް ޖެހީ. ” ރިހާން ބުންޏެވެ. އެންމެން ވެސް އެ ބަހަށް ތާއީދު ކުރިއެވެ.
” ރިހާން އާ ރުހާން ދޭ މެގްނަމް ގަންނަން. އަހަރެމެން ތިބޭނަން މިތާ. ” ރީން ރިހާން އާއި ދިމާލަށް ބަލައިލާފައި ބުނެލިއެވެ.
” އޯކޭ. ކޮން ވަށްތަރެއް ރީން އަށް؟؟؟ ” ރިހާން ރީން އަށް ގެންނަނީ ކޮންވައްތަރެއްގެ މެގަނަމެއްތޯ އަހާލިއެވެ.
” އަހަންނަށް އޯކޭ ކޮނަމެ ވަށްތަރަކަސް. ” ރީން ހީލަމުން ބުނެލިއެވެ.

ރިހާން މެން ފިހާރައަށް ދިއުމުން ރީން އާއި ރީމާ ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ.
” ކޮބާ ރިހާން އާ އަޅައިގަތީ ދޯ؟ މަށަށް ހީވިއޭ ރީނު އޭނައަށް ބަލަން އިން ގޮތުންވެސް. ” ރީމާ ރީން އާ ދިމާ ކޮއްލިއެވެ. ވަގުތުން ރީންގެެ ކޮލަށް ޖަންބު ކުލަ ވެރިވިއެވެ. އޭނާ ލަދުން ހީވަނީ ވިރޭހެންނެވެ.
” މަށަށް އެނގޭ ރީ އަށް އެނގޭނެކަން. އޭނަ ކިހާ ސަޅި ދޯ؟ ”
” ހޫމްމްމް. ދެން ތިވަރު ނުވެބަލަ ދޯ؟ ” ރީމާ ހެވިފައި އިނދެ ރީން އާ ދިމާ ކޮއްލިއެވެ.
” ހަހަހާ. ރީ ހީކުރީ ދޯ މަށަށް ރީ ނޭނގޭނެޔޭ؟ ރުހާން އާ އަޅައިގެންފައެއްނު ދޯ ތީނީ؟ ” ރީން ރީމާ އާއި ދިމާ ކޮއްލިއެވެ.
” އޭ ކިހިނެތް އެނގުނީ؟ ” ރީމާ އަހައިލިއެވެ.
” ހަމަ ރީ އަށް ވެސް އެނގުނު ގޮތަށް. ” ރީން ހެމުން ހެމުން ބުނެލިއެވެ.

Share Article

Follow Me Written By

RifuRifu

Level 1

I am a 13 years old girl who loves to read and write stories. I want all ur support to be a good writer. Feel free to comment.??? Now u can contact me via my e mail address. [email protected]

Other Articles

Previous

ހާސިލް ވުމަށް އެދި 16

Next

…..ރީން….. 3

Next
September 8, 2019

…..ރީން….. 3

Previews
September 8, 2019

ހާސިލް ވުމަށް އެދި 16

One Comment

  1. I.S.H.A.A says:
    September 8, 2019 at 2:44 am

    Salhi me first dhw

Comments are closed.



All Right Reserved!