…..ރީން….. 1
އެއީ އެހާ އަޙްލާގު ދަށް ފެންވަރުގެ ކުދިންނަށް ދެވޭނެ މަގާމެއް ނޫން ކަމަށް އޭނާ ބުނުއްވިއެވެ.
________________
ކުރީގައި ދީނީކަންކަމަށް އެހާ ލޯބިކުރާ ރީން މިހާރު ނަމާދެއްވެސް ކުރަނީ ހިތަށް އެރިއްޔާއެވެ. އެއީ ކުރީ ފަސް ވަގުތު ފަސް ނަމާދު ކުރި ކުއްޖެކޭވެސް މިހާރު މީހަކު ނުބުނާނެއެވެ. އެއީވެސް އޭނާގެ މަންމަ ހަޅޭއް ފަޅެއް ޖަހައި ހެދީމައެވެ. ހަޅޭއްލަވައިގަތުމުން ވެސް އޭނާ މަންމަ އާއި ދިމާލަށް ޖެހުނު އެއްޗެކޭ ބުނެލައެވެ. ރީން ގެ ކުރިމަތީގައި އޭނާގެ މަންމަ އިންނާނީ ‘ ސައިޒު ‘ ވެފައެވެ. ނަމަވެސް ރީންގެ ބައްޕަ އާއި ދިމާލަށް އެކައްޗެެކޭ ބުނާކަަށް ވެސް އޭނާ އަކަށް ނުކެރެއެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ރީން ގެ ބައްޕަ އަކީ ވަރަށް ހަރުކަށި މީހަކަށް ވެސް ވާތީއާއި އެކުގައެވެ.
_______________
4 އަހަރު ފަސް
_______________
ރީންގެ އުމުރުން މިހާރު ސޯޅަ އަހަރެވެ. އަދިވެސް ރީންގެ ކުރީގެ އުޅުމެއް ބަދަލެއް ނުވެއެވެ. މިހާރު ރީން ގެ ކަމަކީ އަބަދު ރަައްޓެހިންނާއި އެކު ކޮފީ ތަކަށް ދިއުމެވެ. މިއަދުވެސް ރީން އުޅުނީ އެކުވެރިން ތިބި ކެފޭ އަކަށް ދިއުމަށެވެ. މިއަދު އޭނާ ދާން އުޅެނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި ވެސް އެކުގައެވެ. ރީމާ ނުދާން ކިތަންމެ ވަރެއް ދެއްކި ނަމަވެސް ރީން އާދޭސް ކުރާވަރުން އެންމެ ފަހުން ދާން ނިންމީއެވެ.
ރީންގެ އޮމާން ދޮން ވަށް މޫނުކޮޅުގައި އެންމެ ބިއްސެއްވެސް ނަތެވެ. ލަކުނެއްވެސްމެއެވެ. ހުދުކަންގަދަ ބޮޑު ދެލޯ ހީވަނީ ނޫކުލައިގައި ހުރި ހެނެވެ. ކަނޑެއްހައި ފުން ކަޅި ހުރީ މަޑު ދަނބު ކުލައެއްގައެވެ. އިންޗިއެއްހައި ދިގު، ބޯ ކަޅު އެސްފިޔަތަކުން އެ ރީތި ދެލޮލަށް ހިޔާ ދެއެވެ. ބުމަ ހީވަނީ ހަދާފައި ހުރިހެންނެވެ. ނަމަވެސް ރީން އަކީ ދުވަހަކު ސެލޫން އަކަށް ވެސް ދިޔަ ކުއްޖެއްވެސް ނޫނެވެ. ކުޑަމިނުން މޭކަޕެއް ކުރި ހަނދާނެއްވެސް އޭނާ ނުވެއެވެ. ކުޑަކުޑަ ނޭފަތެކެވެ. އަދި އެ ފިޔާތޮށި ކުލަ އަރައަރާ ހުންނަ އެއްވަރުގެ ރީތި ތުންފަތުގައި ވަނީ ވަރަށް ރީތި ހިނިތުންވުމެކެވެ. ގަދަ ދަނބު ކުލައިގެ ކަކުލާ ހަމައައައް އަންނަވަރުގެ ބޯ، ދިގު އިސްތަށިގަނޑު ވަނީ އައްސައިނުލައި ދޫކޮއްލާފައެވެ. ދަނބުކުލައިގެ ޕްލެއިން ބާރު ޓޮޕަކާއި ކަޅުކުލައިގެ ބާރު ލެގިންއެއްގައި ރީން ހީވަނީ ބްރިޓެއިންގެ ޓޮޕް މޮޑެލްއެއް ހެންނެވެ. މަގުމަތިން ދާ އެންމެންގެ ލޮލުގައި ވެސް ރީން އަޅައިގަންނާނެކަން ގައިމެވެ.
ރީން އާއި ޙިލާފަށް ރީމާ އިންނާނީ ކުރުކޮށް ކަޅު ކޮށެވެ. ނަމަވެސް ރީމާ އަކީ ވެސް ކުއްޖަކާ ވާދަކޮއްލެވޭފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ބޮޑު ދެލޯ ހުދުކަމުން ހުންނަނީ ނޫކުލަ އަރައިފައެވެ. ކުޑަ ނޭފަތެކެވެ. މޫނުގައި އެންމެ ބިއްސެއްވެސް ނެތެވެ. ކުޑަކުޑަ ތުނި ތުންފަތެކެވެ. ކަކުލާ ހަމައަށް އަންނަ ވަރުގެ މަޑު ފެހިކުލައެއްގެ މާ ބާރުނޫން ހެދުމަކާއި އެކު ކަޅު ޓައިޓު ރީމާގެ ހަށިގަނޑާ ވަރަށް ގުޅެއެވެ. ކުރު، ފަން އިސްތަށިގަނޑު ވަނީ ވޫލުކޮޅަކުން އައްސާލައިފައެވެ. ރީން އެކޭ އެއްފަދައިން މަގުމަތިންދާ މީހުން ގެ ލޮލުގައި ރީމާ އަޅައިގަންނާނެކަން ވެސް ގައިމެވެ.
ކެފޭ ކުރިމައްޗަށް ހަމަ އެރުމާއިއެކު ރީމާގެ އަތުގައި ހިފައިގެން ރީން ހިނގައިގަތީ އޭނާގެ ރައްޓެހިން ތިބި ދިމާލަށެވެ. ގޮނޑީގައި ހަމަ އިށިންދެވުމާއި އެކު ރީން އަވަސްވެގަތީ އެކުވެރިންނަށް ރީމާ ތައާރަފް ކޮށްދިނުމަށެވެ.
” ހައި ގާއިޒް. މީ މަގޭ ބެސްޓީ. ރީމާ. ކުރުކޮށް ކިޔަންޏާ ރީމް. ސޯ ފްރެންޑްސް ރައިޓް؟؟؟ ” ރީން ހިނިތުން ވެލަމުން ރީމާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
” ޔާ އޮފްކޯޒް ރީނޫ. ވީ އާރ ފްރެންޑްސް ދޯ؟؟ ” ރީމާ ވަރަށް އެކުވެރިކޮށް އެ ކުދިންނާ ވާހަކަ ދެއްކިއެވެ. ރީމާ މިއަދު އައީވެސް ރީންގެ ރައްޓެހިންނަށް ތިބެނީ ހުސް އަންހެން ރައްޓެހިންނަށް ވީމައެވެ. ރީމާ އަލަށް ކެފޭ އަކަށް އައިކަން އެނގުމުން ރީން އަންނައިރު ރީން އާއިއެއްކޮއް އަންނަން އެކުވެރިން ދައުވަތު ދިނެވެ. ރީމާ އެކަމާ އެއްބަސް ވިއެވެ. ރީން މެން ދާން އުޅުމުން އެކުވެރިން ރީމާގެ ނަންބަރު ނެގިއެވެ.
މަގުމަތިން ދަމުންވެސް ރީން އާއި ރީމާގެ އަނގައެއް ނުހުއްޓެއެވެ. ރީމާ ހުސް ދެއްކީ ލިބުނު އައު އެކުވެރިންގެ ވާހަކައެވެ. ދަމުން ދެކުދިންވެސް ދިޔައީ މެގްނަމް ގަނެގެނަ މެގްނަމް ބިމުންނެވެ. ކުއްލިއަކަށް ރީން ގެ ގައިގައި ކޮންމެވެސް މީހަކު ލައިގަތެވެ. ރީން ގެ މެގްނަމް ވެއްޓުނީ އެމީހާގެ ގަމީހަށެވެ. ރީން އެމީހާ އާއި ދިމާލަށް ހަޅޭއް ލަވައިގަތެވެ.
7 Comments!
Comments are closed.

ots going good.. though there r some mistakes.. proof read it before uploading.. keep flying high
Ok. Thank u very much.
Me second dhw. Luv this story. Ekam thakolheh dhigu kohlahchey next time. And again luv you RifuRifu.❤❤❤??
Thank u so much. Next part mihaaru up koffin. Pending ga inee. E part dhiguvaane miah vure. And luv uh too.☺
Story salhi..Ekm rangalhu kohlaan jehey kankan vx eba huri ingey..Like trailer ga vx feshey paragraph ga inehnu reen ge aky 12 years ge kuhjekey but balaafa hyvaany 16 years ge kuhjeh heney vx ..Ethankolhu ehn liyefa adhi eyge sababu vx bunedhiyya rangalhu vaane ingey..Dhn hus dhanbu kula beynun nukoh ehn kula eh beynun kuran masahkaiy kohlahchey..Ehn mibuny dhanbu kulaige isthashigandakaa top akaa hama ekulaige kalhi eh inyma..Mistakes thah rangalhu kohlan masahkaiy kohlahchey..Nd story upkurumuge kurin proof read kohlaafa iniyyaa mistakes madhuvaane ingey dear..Good luck for the upcoming parts..Hope you’ll take this comment as positive???
After 4 years jahaafa innaane. Dhanbukula ey ryn ge fav so i wrote. Next time it won’t be like that. Thank u very much JiJi.
V reethi ❤❤❤