Skip to content
އެސްފިޔަ

ތިޔަ ލޯބީގެ އިންތިޒާރުގާ 1

އިރުއޮއްސޭ ވަގުތެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހަމަހިމޭން ކަމެވެ. އުޑުމަތީގައި ވިލާތައް އެއްވިލާގަނޑާއި ޖެހި އަނެއް ވިލާގަނޑާއި އެކުވެރިކަން ބަދަހި ކުރަމުންދާއިރު އެފެނިގެންދާ މަންޒަރު ދުލުން ބަޔާން ކޮއްދެވޭ ވަރަށް ވުރެ މާ ފުރިހަމައެވެ. ގޮޑުދޮށައް ރާޅު ބީއްސާލާ އަޑު މުޅި ހިސާބުގައި ހިފާލާފައިވެއެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހިތްހަމަޖެހުމެވެ. އަތިރިމަތީގައި ހުރި ދުވަސްވީ ބޮޑު ނިކިގަސް ދަށުގައި އިށީންދެލައިގެން ހުރި ޒުވާން އުމުރުފުރައިގެ ކުއްޖާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ބަލާލާ މީހަކަށް އަންދާޒާ ކޮއްލުން ވެގެން ދާނީ ވަރަށް ވެސް ދަތިކަމަކައްށެވެ.

“އައިރީން، އައިރީން އޭ ބަލަގަ އައިރީން ކިހިނެއް ވެފަތަ ތިހުރީ އަހަރެން ގޮވާ އަޑެއް އަޅެފަހެ މި ކަން ފަތަކަށް އަޑެއް ނީވޭތަ.” އައިރީންގެ އެކުވެރި ލީން މައިނޭވާ ލަމުން އައިރީން ކައިރީ  އިށީންނަމުން ރުޅި މޫނު ހަދައިގެން އިނދެ ކިޔަމުން ދިޔައެވެ.

” ހަހަހަ… ނޫނޭ މިހާރު  އަޑު އިވިއްޖެ” އައިރީން ބުންޔެވެ.

” ނާ މަހީކުރީ ރީންގެ ކަންފަތް ބީރުވީކަމަށް” ލީން މަޖާވެލާފައި ބުނެލިއެވެ. “ލީން އައްނަންދެން ހަމަ މިއިނީ ކަންކަނމާ ވިސްނާލަންވެގެން”. އައިރީން މަދުމައިތިރިކަމާއެކު ބުނެލިއެވެ. ” އޯ! މާލެ ދެވޭތީވެ ފޮނިވަނީ ދޯ! ދެން މާލެ ދެވުނީމަ އަހަރުން މަތިން ހަދާން ވެސް ނުހުންނާނެ ދޯ” ލީން އައިރީން ހިންހަމަ ޖައްސާލަން މަޖާ ކޮއްލިއެވެ. ސަބަބަކީ މާލޭ ބަދަލު ވުމަކީީ އެއްވެސް  އިރެއްގައި އައިރީން ބޭނުން ނުވާކަމެއްކަން އެންމެ ރްނގަޅަށް އިނގިފަ އޮއްނާނީ ލީންއައްށެވެ. “ހޫމމމމމމމ.. ކަންތަކާ ޖެހުނީ ނޫޅެމޭ ލީން ހަނދާން ނައްތާލާކަށް. ލީންއަށް ހަމަ ރަނގަޅަށް އިނގޭނެ މީ ރީން ބޭނުންވެގެން ދާން  އުޅޭ ތަނެއް ނޫންކަން.. އާރގގގގގގގ.. މާލެ އޭ ބުންޔަސް ބޯ ފަޅައިގެން ދާވަރުވޭ. ދެން ލީން ތިހެން ބުނެފިއްޔާ ރީން ލީންއާ އަސްލުކޮއް ރުޅިވާނަން..” ދެރަވެލާފައި ލީން ބުންޔެވެ.

” ދެރަވީތަ މައި ލޯބި ބެސްޓީ.. ދެން ނުބުނާނަން ދުވަހަކުވެސް އެހެންއެއް ޕޮރޮމިސް.” އައިރީން ގައިގެ ބައްދާލަމުން ލީން އެހެން ބުންޔެވެ.

ދެން ދިޔައީ ދެއެކުވެރިން ވެސް އެކި ވާހަކަތައް ދައްކާ މަޖާކުރުމުގައެވެ. އޭރު ވަނީ އެންމެފަހުގެ އިރުގެ ދޯދިތައް ދުނިޔެއާއި އަލްވަދާއު ކިޔަން ތައްޔާރުވެފައެވެ. ދެއެކުވެރިން ވެސް ގެޔާއި ދިމާލައް މިސްރާބު ޖެހީ އިރުއޮއްސުމުގެ ކުރިން ގެޔަށް ދެވޭތޯއެވެ.

މީ އަޅުގަނޑު ލީޔާ ފުރަތަމަ ވާހަކަ. ހުރިހާ ކިޔުންތެރިން އަށް ވެސް ކަމުދާނެ ކަމަށް އުއްމީދުކުރަން. ދެން ބައި ދިގު ކޮށް އިރާދަކުރެއްވިއްޔާ ގެނަސް ދޭނަން.. ވާހަކަ އާދޭތެރޭ ދެކޭ ގޮތް ކޮމެންޓް ކޮއްލަދެއްވާ! ޝުކުރިއްޔާ.

 

Comments (17)

  1. jiji

    Kudhi kudhi mistakes ebahuri..try to correct them nge..Good luck?

    1. shaaaai
      jiji

      Yeah.. in sha allah trying my best to correct.. thank you❤️

  2. IsHa IsHa

    i think aireen leenge mathin handhaan netheyny hen! EKM story hama obines to the maxxx

  3. azker

    story ge feshun varah reethi… cant wait to see what happens further in this story…. ???❤️❤️❤️??

    1. shaaaai
      azker

      thank you.❤️

  4. Hhhh

    Feshun rythi. But few mistakes are there. Next time rangalhu kohlachey.

    1. shaaaai
      Hhhh

      In sha allah

  5. Jasmine

    Feshun varah habeys. An good luck???

  6. Sifam

    Seems interesting. The way presented the story was good ??

  7. Shahu

    Feshun salhi….. When is the next part…. ????

    1. shaaaai
      Shahu

      Thank you.. upload vefa ihnaane mihaar ❤️

  8. Lily

    Wow, varah salhi ingey mi story ge feshun, Masha Allah.???? When is next? Avahah up kollahche ingey. Waiting waiting waiting

    1. shaaaai
      Lily

      Thank you ❤️..

  9. ®¥N

    Maasha Allah. Feshun V. Furihama… Waiting for next part ???

    1. shaaaai
      ®¥N

      Thank you ❤️

  10. Maisha

    Wow varah salhi… Waiting for next part. Avahah up kohla dhehchey.. Keep it up dear.. Luv yuh?????

    1. shaaaai
      Maisha

      Thank you so much ❤️

Comments are closed.