Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޭނާ (ދެވަނަ ބައި)

NimS Level 1
July 28, 2019 3 Mins Read
8 Comments

ނޯޓް: ފަހަތުން އަންނަ ބަޔަކީ ޝާނީ އާއި ޝާއިން ކިޔާދޭ ވާހަކައެވެ. އެވާހަކަތައް އަންނާނީ ޝާނީ އާއީ ޝާއިންގެ ހިޔާލެއްގެ ގޮތުގައެވެ. ކުރިން އައިސަށް އިން ބަޔާ ނުގުޅޭހެން ކިޔުންތެރިންނަށް ހީވެދާނެތީ ބުނެލީމެވެ.

 

ގެއަށް ވަދެވުނު ތަނުން ޝާނީ އަވަސް ވެގަތީ ވުޟޫކޮށްލައިގެން ނަމާދުކުރުމަށެވެ. ޝާނީ އަކީ ފަސް ވަގުތު ފަސް ނަމާދުކުރާ އަޚްލާގު ރަނގަޅު ކުއްޖެކެވެ. ޝާނީ ނަމާދުކޮށް ނިންމައިލައިގެން ޤުރުއާން ކިޔަވަން ހުއްޓާ ޝާއިން އައިސް ގެއަށް ވަނެވެ. ދެމީހުން އެކޮށް ޤުރުއާން ކިޔެވުމަކީ އެމީހުން އަބަދުވެސް ކުރާ ކަމެކެވެ.

ރޭގަނޑުގެ އަޅުކަންތައް ނިންމާލައިފާ 8 ޖަހާއިރަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަކީ ޝާނީގެ ކޮންމެ ރެއަކުގެ ވެސް އާދައެވެ. މި ދެމަފިރިންނަކީ ވަރަށް ލޯބިން އެކަކު އަނެކަކު ދެކެ ނުލާހިކު އިޙްތިތާމް ކުރާ މީހުންނެވެ.

މޭޒުމަތީގައި ހުރި ގަރުދިޔަ ބަތަށް ބަލާލަމުން ޝާއިން ވަރަށް އުފަލުން ބުނެލިއެވެ. ” އަޅުގަނޑުގެ ލޯބިވާ ވައިފް މިއަދު ތައްޔާރުކޮށްފަ މިހިރީ އަޅުގަނޑުގެ ފޭވްރިޓް ދޯ!..”

ޝާނީ ހީލައިފާ ބުންޏެވެ. “ލައްބަ! ފިރިމީހާގެ ހަމަ އެންމެ ފޭވަރިޓް.. ހެ.. ހެ..”

ކައި ނިންމާލައިފާ ޝާއިން ވަނީ ކޮޓަރިއަށެވެ. ތަށިތައް ނަގަން ހުއްޓާ ޝާނީ ގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ ކާކުތޯ ބަލާލި އިރު އެއީ ރީނާއެވެ.

ފޯނު ނެގި ތަނުން ރީނާ ވާހަކަ ދައްކަން ފެށިއެވެ. ” އޭ!.. ޝާނީ.. ދެން ކޮންއިރަކުން އެ ވާހަކާގެ އަނެއް ބައި ކިޔާދޭނީ.. ޝާއިން އެ ސްޓޯރީ ވަރަށް ޑްރަމެޓިކް އޭ ބުނިފަހުން މިއުޅެނީ އެ ނޫން ކަމަކަށް ނުވިސްނިގެން.. ޕްލީޒް ދެން ކިޔަދީބާ.. ވަރަށް ކިއުރިއަސް ހަމަ…”

ރީނާ ގެ އާދޭހުގެ އަޑު އިވިފަ ޝާނީ ގާތަށް ކުޑަކޮށް ހިއައެވެ. އަދި ބުންޏެވެ. ” އޯކޭ ރީން..!! އާދޭ މިގެއަށް.. ރީން ތި ހަލާކުވަނީ ދެން މި ސްޓޯރީ ނޭގިގެން.. މިރޭ ނުވެސް ނިދޭނެ.”

“ހަ..ހަ..ހާ.. ޔާ… ޔޫ ނޯ މީ ވެރީ ވެލް… ހަމަ މިހާރު މިދަނީ…” ރީނާ ހިނިގަނޑެއް ޖަހާލައިފާ ބުންޏެވެ.

ޝާނީ ކުރަން ހުރި ކަންތައް ވަރަށް އަވަސްކޮށް ނިންމާލައިފާ ކޮޓަރިއަށް ގޮސް ޝާއިން އަށް މި ޙަބަރު ދިނެވެ. ޝާއިން ގެ ހިނިގަނޑު ދިޔައީ ފަށާއިގެންނެވެ. ” ހަމަ އަސްލުވެސް ތަ؟… ހަހަ..ހާ..ހާހަ.. ރީން ކުޑަކޮށް މޮޔަ ދޯ…”

ޝާނީ ވެސް ޝާއިން އާ އެއްބަސް ވެލްމުން ހީލައިފައި ބޯޖަހާލިއެވެ.

މާކަގިނަ އިރުތަކެއް ނުވަނީސް ރީނާ ގެއަށް އައިސް ވަނެވެ. އޭރު ޝާނީ އާ ޝާއިން ތިބީ ސޯފައިގާ ޖައްސާލައިގެންނެވެ. ރީނާ އެދުނީ މާގިނަ އިރުނުކޮށް ވާހަކަ ފެށުމަށެވެ.

ހިނިއައިސް އިން ޝާއިން ވާހަކަ ކިޔަން ފެށިއެވެ. ” އާން.. ދެންވާ ގޮތަކީ މަ ޝާނީއަށް ވަރަށް މެސެޖު ކުރަން ފޭސް ބުކް އިން.. އެކަމަކު ހަމަ ސީން ޒޯން.. ދުވަހަކުވެސް ރިޕްލައި އެއް ނުކުރޭ… މިހެން ހުއްޓާ މީނަގެ އުފަންދުވަހުގަ  ވިޝްކޮށްލައިފިން އެންޑް ޝީ ސެއިޑް.. ތޭންކްސް… އޭގެ ފަހުންވެސް މެސެޖެއް ކޮށްލިޔަސް ރިޕްލައި އެއް ނުކުރޭ.. ދެން ފަހުން ކަޑަ ނުވާން ވެގެން އެފަހުން ވަރަށް މެސެޖް ނުކުރަން … އެހެން ހުއްޓާ އެއްދުވަހަކު އަހަންނަށް ކުއްޖެ ފޮނުވަނީ ‘ވަޓް ޑޫ ޔޫ ލައިކް އެބައުޓް މީ’ ކިޔާފަ އިން މެސްޖެއް ދެން އިންނަނީ އޭތީ މީހުންނަށް ފޯވަރޑް ކުރަން.. ސޯ އައި ފޯވަރޑް އިޓް ޓު އެވްރީ ކިއުޓް ގަރލް އޮން ލައިން… ޝާނީ އަށް ވެސް ފޮނުވިން… އެންޑް ޝީ ރެޕްލައިޑް…”

“އައި ލައިކް ޔުއަރ ސްމައިލް” މިހެން ކިޔާ ޝާނީ މެސެޖު ޝާއިން އަށް ފޮނުވާލި އެވެ.

ޝާނީ ރިޕްލައި ކުރާނެ ކަމަށް އެއްވެސް އުއްމީދެއް ނުކޮށް އިން ޝާއިން ވަރަށް ބޮޑަށް ހައިރާން ވިއެވެ. އަދި އަވަހަށް ރިޕްލައި ކޮށްލިއެވެ. “ރިއަލީ؟.. ތެންކިއު”

ޝާއިން އަށް ޝާނީ ވަރަށް ކަމުދިޔައެވެ. އަދި ޝާނީ އަށް މެސެޖު ކުރަން ފެށިއެވެ. ޝާނީ ވެސް މަދުމަދުން އެ މެސެޖުތަކުގެ ޖަވާބު ފޮނުވަމުންދެއެވެ.

“ހޭ.. ކޮބާ ކިހިނެއް؟” ޝާއިން ޝާނީ އަށް މެސެޖެއް ކޮށްލިއެވެ.

ޝާނީ ޖަވާބު ލިޔެލިއެވެ. “އައިއެމް ގުޑް… ވަޓް އެބައުޓް ޔޫ؟..”

ދެމީހުން ދެމީހުން އެކަކު އަނެކަކަށް މެސެޖުކުރަމުންދެއެވެ. ޝާއިން ޝާނީގެ އާއިލާ މީހުންގެ ވާހަކަ ދައްކައެވެ. ޝާނީއަށް އެކަން ވަރަށް ކަމުދެއެވެ. ކޮންމެ ދުވަހަކު ޝާނީގެ މަންމައަށް ސަލާމް ބުނުމަކީ ޝާއިންގެ އާދައެކެވެ. ނަމަވެސް ޝާނީ ދުވަހަކުވެސް އޭނާގެ މަންމަ ކައިރި ނުބުނެއެވެ. ސަބަބަކީ އޭނާގެ މަންމަ އޭނާ ފިރިހެން ކުދިންނާ ވާހަކަ ދައްކަން ބޭނުން ނުވާތީ އެވެ.

ޝާނީގެ މަންމަ އަރްޝާއަށް ޝާނީ މާގިނައިން ފޯނަށް ގެއްލިފައި ހުރުމާއި އޭނަގެ ފޯނަށް މާގިނައިން މެސެޖުތައް އަންނަކަން ފާހަގަވެއެވެ. ނަމަވެސް އެވާހަކަ ޝާނީ އަދިއެއް ނުދައްކައެވެ.

ގަޑިން ހެދުނު 9 އެއް ޖެހީއެވެ. ޝާނީ އޮތީ ނިދާފައެވެ. އަރްޝާ އުޅެނީ ގޭގެ މަސަކަތްތައް ކުރުމުގައެވެ. ޝާނީގެ ހަވީރު ޑިއުޓީ އޮންނަ ދުވަސްކަމުން އަރްޝާ ވެސް ޝާނީ ކުޑަކޮށް ނިދާލަން ބޭއްވީއެވެ.

ކުއްލިއަކަށް ޝާނީގެ ފޯނު ރިންގުވާން ފަށާފިއެވެ. އަރްޝާ ގޮސް ގުޅަނީ ކާކުތޯ ބަލާލިއެވެ. ނަމަވެސް ނަންބަރު ސޭވް ކޮށްފައި ނެތުމުން އޭނަ ފޯން ބާއްވާފައި ހިންގަޖެއެވެ. އޭގެ ފަހުން ދެތިން ފަހަރަކު ފޯން ރިންގުވާތީ އަރްޝާ ގޮސް ފޯނަށް ޖަވާބުދިނެވެ. އެކޮޅުން ވާހަކަ ދެއްކީ ފިރިހެން ކުއްޖެކެވެ.

“ޝާނީ… ހާދަ ވަރަކަށް ތި ނިދަނީ” އެކޮޅުން ވާހަކަ ދެއްކި ކުއްޖާ ބުންޏެވެ.

އަރްޝަ ޖަވާބު ދިނެވެ.” މީޝަނީ އެއް ނޫން އޭނަގެ މަންމަ…”

“އެހެންތޯ.. ޝާނީއަށް ގޯވާލަ ދީފަނަންތޯ…” ޝާއިން ވަރަށް އިޚްތިރާމް އަދާކުރާ ރާގަކަށް އަހާލިއެވެ.

“ޝާނީ…ޝާނީ.. ކޮންމެވެސް މީހަކު މި ގުޅަނީ ޝާނީ ހޯދަން..” އަރްޝާ ޝާނީ އަށް ގޮވަމުން ދިޔައެވެ.

ޝާނީއަށް ކުޑަކޮށް ހޭލެވުނެވެ. އަދި މަންމަގެ އަތުން ފޯނު އަތުލައި ޖަވާބުދިނެވެ.

ވަރަށް ނިދި އަޑުން ޝާނީ “ހަލޯ.. ކާކު..”

“ކާކުހެން ހީވަނީ” ޝާއިން ހިނިއައިސް އިދެ ޖަވާބު ދިނެވެ.

“ނޭނގެ އަދި ކާކު ކަމެއް…” ޝާނީ ބުންޏެވެ.

“އޯކޭ… މީ ޝާއިން.. ޝާނީ އެފްބީއިން މެސެޖުކުރާ.. އެނީވޭސް އަދި ނުހޭލަން ދޯ..ހެހެހެ.. ގުޅާނަން ފަހުން..” ޝާނީ މާ ނިދިއައިސް އޮވެ ވާހަކަދައްކާތީ ޝާއިން މިހެން ކިޔައި ފޯނު ބާއްވައިފިއެވެ.

ޝާނީ އަށް އެގުޅީ ކާކުކަން އެނގުމުން ވަރަށް ހިނިއައެވެ. ޝާނީ މާ ހިނިއައިސް ހުރުމުން އޭނާގެ ކައިރި އިން މަންމަ އަރްޝާ  ގުޅީ ކާކު ތޯ އެހިއެވެ….

(ނުނިމޭ)

Share Article

Follow Me Written By

NimS

Level 1

I am very much Passionate about writing Stories and novels. And thanks for this platform. newbie like us can get an opportunity to write this kind of small stories. Thank you.

Other Articles

Previous

ވާނަން އެކީ…4

Next

ވާނަން އުމުރަށް – 12 –

Next
July 28, 2019

ވާނަން އުމުރަށް – 12 –

Previews
July 28, 2019

ވާނަން އެކީ…4

8 Comments!

  1. ??Doll¥?? says:
    July 28, 2019 at 10:39 am

    Mee first dhow….. Anyways this part is also nice❤️. Keep it up……. Best of luck… ❤️❤️❤️❤️

    1. NimS says:
      July 28, 2019 at 1:01 pm

      Yeah thanks dolly..

  2. Shaai says:
    July 28, 2019 at 11:47 am

    Vaahaka v salhi.. Thankolheh kuree ekamaku.. And anhenaku viyyaa innaanee.. Quruan kiyawan wes innaanee.. Kolah hure quruan kiyaane hen hee nuwey.. Kiyawaalan hama ishinnaanee.. Hope u got the point.. And dhen huri bai thakuga islaahu kuraane kamah ummeedhu kuran..

    1. NimS says:
      July 28, 2019 at 1:00 pm

      thanks for the correction SHAAi

  3. Wolf queen says:
    July 28, 2019 at 9:02 pm

    When you are going to up next part ???

    1. NimS says:
      July 29, 2019 at 10:28 am

      very soon 🙂

  4. Ryn says:
    July 29, 2019 at 10:59 am

    Reethi Ingey dear ❤️❤️❤️❤️❤️

  5. Sparkle girl says:
    August 3, 2019 at 3:07 pm

    Salhi

Comments are closed.



All Right Reserved!