Skip to content
އެސްފިޔަ

އެލޯއިވެރާ

ދިވެހި ރާއްޖެއަކީ ބިންކުޑަ ގައުމެއް ނަމަވެސް ފެހިކަންގަދަ ޤައުމެކެވެ. މިސަރަހައްދުގެ ޤައުމުތަކުގައި ހެދޭ ގަސްތަކުގެ ތެރެއިން މިދިވެހި ޤައުމުން ނުފެންނާނެ ގަހެއް ވަރަށް މަދުވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދިވެހި ރާއްޖެއަކީ ޓްރޮޕިކަލް ޤައުމަކަށްވާތީއެވެ. މިގޮތުން ރާއްޖޭގައި ހެދޭ ގިނަ ގަސްގަހާ ގެއްސާއި ވެޔޮވެލާ ވެއްޔަކީ އޭގެއިން ވަރަށްގިނަ ސިއްޙީ ފައިދާ ލިބޭ، ބޭސްވެރިކަމަށް ބޭނުންކުރެވޭ ގަސްގަހާ ގެއްސެވެ.

ސްނޭކް ޕްލާންޓް ގޮތަށް ތިރިތިރިކޮށް ހެދޭ ހަބަރުގަހަކީ ވަރަށް ބޯ، ހަރު، ފެހިކުލައިގެ ފަތްތަކެއް ހުންނަ ގަހެކެވެ. މިފަތުގެ ދެފަރާތު ކައިރީގައި ހުދުކުލައިގެ ވަރަށް ކުދި ކަށިތަކެއް ފަޅާފައި ހުރެއެވެ. މިގަހުގެ ފަތް ފަޅާލުމުން އެތެރޭގައި ހުންނާނީ އެއްވެސް ކުލައެއް ނުހުންނަ ޖެލް އެކެވެ. އެލޯވެރާގެ ވަރަށްގިނަ ބާވަތުގެ ގަސްހުރެއެވެ. މީގެތެރެއިން ބައެއް ބާވަތުގެ ގަސްގަހުގެ ފަތުގައި ހުދުކުލައިގެ ލައްތަކެއްވެސް ހުރެއެވެ. މިގަސް އާމުގޮތެއްގައި 10 ސެންޓިމީޓަރާއި 100 ސެންޓިމީޓަރަށް ހެދެއެވެ. މިގަހަކީ ގޯތިތެރޭ ޕޮޓުޕޮޓުގައްޔާއި ގޭތެރޭގައިވެސް ވަރަށް ރީއްޗަށް ފަސޭހަކަމާއެކު ހައްދާލެވޭ ގަހެކެވެ.

ރާއްޖޭގައި އާމުކޮށް ނުހެދުނަސް، މަދުންނަމަވެސް ފެންނަ އެލޯއިވެރާ އަކީ އޭގެއިން އެތަށް ފައިދާއެއް ލިބޭ ގަހެކެވެ. ދިވެހި ބޭސްވެރިކަމަށް ބޭނުންކުރުމުގެ އިތުރުން އެލޯއިވެރާ ޖެލްއިން ދަތް ފަނިކެއުމާއި ބަނޑު ހަރުވުން އަދި ހަމުގެ އެކިއެކި ބަލިތަކަށް ގިނަ މީހުން ފަރުވާ ހޯދާ އެއްޗެކެވެ. މިގޮތުން ފަތުގެ ތެރޭގައި އޮންނަ ޖެލް އޭގެޒާތުގައި ކައިގެންނާއި މިޖެލް ހަމުގަ އުގުޅައިގެން ބޭނުންކޮށްއުޅެއެވެ. އަދި މީގެ އިތުރުން އިރުން ހަންގަޑަށް ލިބޭ ގެއްލުން ކުޑަކުރުމަށްވެސް މި ޖެލް ބޭނުންކުރެއެވެ. އެލޯއިވެރާއަކީ ހަކުރު ބަލީގެ ސަބަބުން ދިމާވާ އެކި އެކި ސިއްޙީ މައްސަލަތަކަށްވެސް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ފުރާވަރަށް އެރުމާއެކު މޫނުގައި ނަގަންފަށާ ބިހިތައް ކޮންޓްރޯލް ކުރުމަށްވެސް އެލޯވޭރާގެ ޖެލް ބޭނުންކުރެވިދާނެއެވެ.  އެގޮތުން ނަގާފައިވާ ބިހިތައް މަދުނަމަ އެލޯވޭރާ ޖެލް ފަތުން ކަހާލުމަށްފަހު މޫނުގައި ހޭކުމުން ބިހިތައް މަދުވެގެންދާނެއެވެ. ތިރީގައި މިވަނީ އެލޯވޭރާއިން ތައްޔާރުކުރެވިދާނެ ފޭސް މާސްކެކެވެ.

ބޭނުންވާނެ ތަކެތި

2 މޭޒުމަތީ ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ އެލޯވެރާ

¼ މޭޒުމަތީ ސަމުސާ ފުޑާފައިހުރި ފޮނިތޮށި

ހަދަންވީގޮތް

މާމުޔާއި އެލޯވެރާ ރަގަޅަށް އެއްކޮށްލުމަށްފަހު މޫނުގައި ހާކަންވުމުން ފޮނިތޮށިކޮޅު އެއްކޮށްލާފައި މޫނުގައި ހާކާލާށެވެ. 5-10 މިނެޓް ވަރުވުމުން މޫނު ރަނގަޅަށް ދޮވުމަށްފަހު ހިއްކާލާށެވެ.

* މި މާސްކަކީ ވަގުތުން ނަތީޖާ ނުފެނި ހިގައިދާނެ މާސްކެކެވެ. ނަމަވެސް ގިނަދުވަހު ބޭނުންކުރުމުން ނަތީޖާފެނިގެންދާނެއެވެ. ކޮންމެ އެއްޗެއްވެސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެދެވިގެންވާ ކަމެކެވެ.

Comments (13)

  1. Ibsha

    Varah reethi

    1. Angie
      Ibsha

      thanks

  2. Ibsha

    Varah reethi mauloomathu varah furihama

    1. Angie
      Ibsha

      thank you

  3. Dhonthy

    Oh I wanna try that??? Vv mauloomaathu libijje mi mazmoonu kiyaileema… Adhi mikahala mazmooneiy genesdhechchey?????

    1. Angie
      Dhonthy

      sure will try… thanks

  4. winkel angie

    Angie thi name eii keeh ve kee name eh

    1. Angie
      winkel angie

      reethi veema

  5. jiji

    V v furihama liyunkolheh..i really loved itt..Nd also wanna try that face mask..i hope i’ll see more nd more like this fr u…keep goingg??? <3 <3 <3

    1. jiji
      jiji

      from uuu***

    2. Angie
      jiji

      thank u

  6. Aroon

    this is fantastic. i have nothing to say though

  7. Aroon

    yea thats right tell

Comments are closed.