Skip to content
އެސްފިޔަ

މަގޭ ވާހަކަ

މިވާހަކައިގައި ބޭނުން ކުރެވިފައި ވާ ނަންތަކަކީ ބަދަލު ކުރެވިފައިވާ ނަންތަކެކެވެ…………………………………………… *************************************************************

މިވާހަކައަކީ އހަރެންގެ ހަޔާތުގެ ވާހަކައެވެ. ދިރިއުޅުމުގައި އަހަރެން ވީ ގުރުބާނީ ތަކާއި އަހަރެން އުފުލި ވޭން އަހަރެންނޫން އެހެން މީހަކަށް ނޭނގޭނެއެވެ. އަހަރެންނަކީ އާދައިގެ އާއިލާއަކަށް އުފަން އަންހެން ކުއްޖަކީމެވެ. މީގެން ބައެއ ވާހަކަތަކަކީ އަހަރެންގެ އާއިލާއަށްވެސް ސިއްރު ކުރެވިފައިވާ ވާހަކަ ތަކެވެ. އަހަރެން ނަކީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި އުދުހެމުން ދާ ކޮކާލެއްފަދަ ކުއްޖަކީމެވެ. އޭރު އުމުރުން ވާނީ 11 ނުވަތަ 12 އަހަރެވެ. އަހަރެން ފުރަތަމަ ކުއްޖަކާ ރައްޓެހި ވީ މި އުމުރުގައެވެ. މިގުޅުމަކީ ފާޑެއްގެ މަޖުބޫރެއްގެ މަތިން ގުޅެވުން ގުޅުމެއްގެ ގޮތުގައި އަހަރެން ދެކުނީމެވެ. ސަބަބަކީ އެދުވަހު ކަންވެގެން ދިޔަ ގޮތެވެ. އަހަރެން އޭރުގެ އެންމެ ގާތް އެކުވެރިޔަކީ ގޭ ކައިރި ކުއްޖެކެވެ. އޭނާގެ ނަމަކަށް އަހަރެން ލިޔާނީ އަމާނީއެވެ. އަމާނީއާއި އަހަރެންނަކީ އެކުވެރިންނަށް ވުމުގައި އަހަރެންގެ އުމުރާއި އަމާނީގެ އުމުރު އެއްވަރުވުން ވިއެވެ. އަދި ދެމީހުން އެއް ގުރޭޑްއެއްގައި ތައުލީމު ހާސިލް ކުރުން ވިއެވެ. ދުވަސް ވަރަކީ ބޮޑު ބަންދުގެ ދުވަސް ވަރެވެ.
މާލޭގައި ދިރިއުޅެމުންދާ މީހުން ޗުއްޓީހޭދަ ކުރުމައް އަންނަމުން ދިޔައެވެ.. އަހަރުމެން އާއްމުކޮށް ހުސްވަގުތު ހޭދަ ކުރަމުން ދިޔައީ ގެއާއި ޖެހިގެން ހުރި ގެއެއްގައެވެ. އެގޭ ދައްތައަކީ ވަރައް ރަނގަޅު ދައްތައެކެވެ. ދައްތަގެ އަހަރުމެން އުމުރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. ދައްތަގެ ފިރިމީހާ މަސައްކަތް ކުރަނީ މިރަށުގައި ދުއްވާ މާލެ ދޯނީގައެވެ. އެއްދުވަހަކު މި ބުނާ ފިރިހެން ކުއްޖާ (ލުމާން) އެގެއަށް އައެވެ. ލުމާންއަކީ ދައްތަގެ ފިރިމީހާގެ އާއިލާ މީހެއްގެ ދަރިއެކެވެ.

Comments (14)

  1. Dhonthy

    V reethi ingey.. Hageegee vaahakaeiy veema vv kiyaa hithyn mihunnanee???????????Hehe

    1. Leema
      Dhonthy

      Yeah. Mibai varah kuru dhw. Kuriyah oihthaa dhigukoh liyeveythw balaanan

  2. Shaako❤️

    Mee first dhw Varah reethi mi bai ❤️❤️when the next part ??

    1. Leema
      Shaako❤️

      thanks . Liyamun midhanee. Maadhamaa up kureveythw balaanan

  3. ?mariyam ?

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi . when the next part????????????????????????????

    1. Leema
      ?mariyam ?

      thank you. Try kuranee liyan

  4. Anonymous

    Konme dhuvahaku genesdhybala? V rythi?

    1. Leema
      Anonymous

      Varh masaikaih kuraanan konme dhuvahaku genes dheveythw

  5. Shina

    When is the next part coming???????

    1. Leema
      Shina

      May be tomorrow

  6. Shina

    When is the next part???? coming

    1. Leema
      Shina

      May be tomorrow

  7. azker

    darla v. kuru ekm varah salhi

  8. misshy

    Wow interesting

Comments are closed.