އަވާ ސްޓޯރީ 1
ދުނިޔެ އެކި މީހުނަށް ދައްކަނީ އެކި ކުލަވަރެވެ. ހިތާމަ އާއި ހިތްދަތިކަން، އުފަލާއިހިތްހަމަ ޖެހުން މީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ތަޖުރިބާ ކުރާނެ އިހްސާސް ތަކެކެވެ. ވަރަށް ޑްރާމާ ދޯ އެވެ؟ އަދި މީ އޭގެން ކުޑަ މިންވަރެކެވެ. އަހަރެން ކިޔައިދޭން މި އުޅެނީ އަހަރުމެންގެ ވާހަކައެވެ. އެހެން ގ ޮތަކަށް ބުނަނީ ނަމަ ‘އަވާ ސްޓޯރީ’ އެވެ.
އަހަރެންގެ ނަމަކީ އަކިޔާ އެވެ. އުމުރުން ވީ ސައުވީސް އަހަރެވެ. އަހަރެންނަކީ މުއްސަނދި އާއިލާ އަކަށް އުފަން ތިން ދަރިންގެ ތެރޭން މެދު ކުއްޖާ އެވެ. ހިތާމަ އަކީ ކޮބައިކަން މީގެ ހަވަރަކަށް މަސް ކުރިން އަހަރެން ނުވެސް ދަންނަމެވެ. އަހަރެންނަކީ މައިންބަފައިންގެ ލޯތްބަކީ ކޮބައިކަން އިނގިގެން ބޮޑުވެފައި ހުރި އަންހެން ކުއްޖެކެވެ. ފަހަރުގައި އަހަރެންގެ މަންމަ އަށާއި ބައްޕަ އަށް އަދިވެސް އަހަރެން ނަކީ ބޮޑު ކުއްޖެއް ކަމުގައި ގަބޫލު ނުކުރެވިދާނެއެވެ. އެހެނަސް އަހަރެން ގެ ހިތް ޒުވާންވެއްޖެއެވެ. ވަރަށް ގިނަ ކަން ކަން ތަޖުރިބާ ކުރެވިއްޖެއެވެ.
މަޢާފް ކުރައްވާށެވެ. ވަރަށް ބޭކާރު ވާހަކަ ދެއްކިއްޖެ ދޯ އެވެ؟ އެކަމު ދެން އަހަރުމެންގެ ވާހަކަ އާއިގެން ކުރިއަށް ދާނަމެވެ. އެއީ މީގެ ހަމަސް ކުރިއެވެ.
ހަމަސް ކުރި…
އަކިޔާ
ބޯކޮށް ވެހެމުން ދިޔަ ވިއްސާރައިގައި އަހަރެން ހިނގަމުން ދިޔައީ ހުޅުމާލެ ގޮނޑުދޮށުގެ ދޮންވެލިގަނޑު މަތީއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ސިކުނޑި އަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި ހަމަ ޖެހުމެކެވެ. މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ބޭރުގައި ކިޔަވަން އުޅުން އިރު މިފަދަ މާހައުލެއް ލޮލުން ނުދެކެމެވެ. ފުރުސަތު ނުލިބެނީކީ ނޫނެވެ. ކިޔެވުމަށް ހުންނަ ފޯރިއެއްގެ ސަބަބުން އެ ފަދަ ކަން ކަމުގައި ދާން އެހައިވަރުން ނޫޅެވެނީ އެވެ.
ދެ އަހަރު ދުވަހުގެ ‘ޝެފް’ ކޯސް ފުރިހަމަ ކުރުމަށްފަހު ފްރާންސުން އަހަރެން ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ. އަހަރެންގެ އެކުވެރި ކުއްޖެއްގެ ކައިވެނި ޕާޓީގައި ބައިވެރި ވުމަށް ހުޅުމާލެ އަށް އައީ މިއަދު ހަވީރުއެވެ. ޕާޓީ ގެ ކަންކަން ނިމުން އިރު ރޭގަނޑު އެގާރަ ޖަހަނީ އެވެ. ގޫގުލް މެޕް ގެ އެހީގައި އަމިއްލަ އަށް ހިނގާލާފައި މި ހިސާބަށް އާދެވުން އިރު އެގާރަ ގަޑި ބައިވަނީ އެވެ. ހިމަފޮދުކޮށް ވެހެމުން ދިޔާ ވާރޭ ބޯކޮށްލީ އަހަރެން މިތަނުގައި ހުއްޓައެވެ. ދިރޭ ފުރާނަ އެއްގެ ހިލަމެއްވެސް ނެތް މި ތަނުގައި އެކަނި ހުރެ ގުދުރަތުގެ ފުރިހަމަ ކަމުން އުފާ ހޯދަމުން އަހަރެން ދިޔައިމެވެ. މުޅި މީހާ ތެމި ފޯވިޔަސް އަހަރެންނަށް ފަރުވާލެއް ނެތެވެ. ވާރޭ ތެރޭގައި ހުރެ ދެއަތް ފުޅާ ކޮށްލަމުން އަހަރެން ހިތުގެ އެދުމަށް އިޖާބަ ދިނުމުގެ ގޮތުން މޫދާއި ދިމާ އަށް ދުއްވައިގަތީމެވެ. ލޮނުގަނޑުގައި އަހަރެންގެ ހަށިގަނޑު ޖެހުމާއި އެކު މަޑު ހޫނު ކަމެއް ހަށިގަނޑަށް އިހުސާސް ވެގެން ދިޔައެވެ. ފެން މަތީގައި ހަށިގަނޑު ގެ ބާރު ދޫ ކޮށްލައިގެން އަހަރެން އޮތް އިރު ވާރޭގެ ބޮޑެތި ތިކިތަކުގެ ހަމަލާ އަހަރެންގެ ހަށިގަނޑަށް އަރަމުން ދިޔައެވެ.
އެގޮތުގައި އިރުކޮޅަކު އޮއްވައި އަހަރެންގެ ހަށިގަނޑު އުފުލިގެން ދިއުމާއި އެކު ކުއްލިއަކަށް ލޯ ހުޅުވައިލެވުން އިރު މޭގަނޑު އަތަށް ނައީ ކިރިޔާ އެވެ.
“ވަޓް ދަ ހެލް؟” އަޑުގެ ނެތްކޮޅަށް ހަޅޭއް ލަވައިގަނެވުނީ އަހަރެންގެ މޫނާއި ދާދި ގާތަށް ގުދުވެ އޮތް ފިރިހެނެއްގެ މޫނު ފެނިފައެވެ. އެ މޫނު މަތީގައިވި ހައިރާން ކަން ރުޅިވެރިކަމަށް ބަދަލު ވާކަށް ގިނަ އިރު ތަކެއް ނުނެގިއެވެ.
” ތާކުން މީހަކު ފެންނަށް ވާއިރަށް އައިސް އަތްލަން ޖެހޭތަ؟ ޖަސްޓް ލީވް މީ” އަނެއްކާ ވެސް ވާހަކަ ދެއްކީ އަހަރެންނެވެ.
އެހެން ބުނުމާއި އެކު އަހަރެންގެ ހަށިގަނޑުން އެ ފިރިހެނާ ދޫކޮށްލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި ހުއްޓައި ގޮސް ފެންގަނޑުގައި ޖެހުމާއި އެކު ލޮނު ބޮވި ނޭފަތަށް ވެސް ފެން އެޅުނެވެ. ކުޑަ އުނދަގުލަކަށް ފަހުން އަހަރެން ތެދުވި އިރު އެ ފިރިހެނާ އައިކޮޅަށް އަނބުރައިލަނީ އެވެ.
” ހެއި ޔޫ.. އަހަރެން މި ވާހަކަ ދައްކަނީ ތީނަ އާ އޭ” އެ ފިރިހެން މީހާގެ މުލައްދަނޑީގައި ހިފައި އަހަރެން ނާއި ދިމާ އަށް އަނބުރައިލަމުން އަނެއްކާވެސް އަހަރެންނަށް ވާހަކަ ދެއްކުނީ އާދައިގެ ވަރަށް ވުރެން ބާރުކޮށެވެ.
” ލިސެން، އައި ޑޯންޓް ހޭވް ޓައިމް ފޯ ޔުއަ ނޮންސެންސް ވޮމެން!!!” އެ ފިރިހެންވަންތަ ބަރު އަޑުގައި ވަނީ ނުރުހުމެވެ. އަހަރެންގެ ހިތަށް ފާޑެއްގެ ގޮތެއް ވެގެން ދިޔައެވެ. މީހުން ޖެހިލުންވާ ފަދަ ގޮތެއް އެ އަޑުގައި ހުއްޓެވެ. ޖެހިލުން ވިއެއް ކަމަކު އަހަރެން އެކަން ނުދައްކާން އަނެއްކާވެސް އެ ފިރިހެނާ ހުއްޓުވީމެވެ.
” އަހަރެން އަމިއްލަ އަށް މިތާ މޫދަށް އެރި އޮށްވަ އައިސް އަހަރެންގެ ގައިގަ އަތްލި މީހަކީ ތީ.. އެންޑް ނައު ޔޫ އާރ ކޮމްޕްލެއިނިންގ އަބައުޓް މީ.. އަހަރެން ތީނަ އަށް ގޮވީތަ؟ ނޫނީ ކޮންމެވެސް ކަހަލަ އިޝާރާތެއް ކުރެވުނީތަ؟ ނޮ ނޯ، ވެއިޓް އަ ސެކަންޑް، އައި ވޯޒް ޖަސްޓް މައިންޑިންގ މައި އޯވްން ބިޒްނަސް އެންޑް ޔޫ ކޭމް އައުޓް އޮފް ނޯވެޔާ އެންޑް ގްރެބްޑް މީ ލައިކް އޭޒް އިފް އައި އެމް ޔުއަ ގާލްފްރެންޑް އޯ ސަމްތިންގ” މި ފިރިހެނާ ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ.
“ފުރަތަމަ ކަމަކަށް ، އަހަރެން ހީކުރީ ތި ކުއްޖާ ސޫސައިޑް ކުރަނީ ކަމަށް.. އެހެންވެ އަހަރެން އައީ ސަލާމަތް ކުރަން ކަމަށް.. ދެވަނަ ކަމަކަށް އަހަރެން މީ ކީ ފެންނަހާ އަންހެނެއްގެ ގަޔަށް އަތްލަމުން ހިނގާ ފިރިހެނެއް ނޫން… އައި ހޭވް ބެޓާ ތިންގްސް ޓް ޑޫ.. ނައު އިފް ޔޫ ވިލް އެކްސްކިޔުޒް މީ..” އޭނާގެ ޖަވާބު އަޑު އަހާފައި އަހަރެންނަށް ނިތުގައި ފިރުމައިލެވުނެވެ. އަހަރެން ހީކުރި ފަދަ ފިރިހެނެއް ނޫން ކަން އިނގުމުން މެއަށް ފާޑެއްގެ ގޮތެއްވެލިއެވެ. އޭނާ އާއި އެހައި ރުންކުރުކޮށް ވާހަކަ ދެއްކުނީތީ ދެރަވިއެވެ. މަޢާފަށް އެދެން ބޭނުން ވި ނަމަވެސް އަހަރެންގެ ތުންފަތް ހަރަކާތެއް ނުކުރިއެވެ. އޭނާ އެއްގަމަށް އަރައިގެން ދިޔަ މަންޒަރު ބަލަން ކަޅި ޖަހައިނުލާ އަހަރެންނަށް ހުރެވުނެވެ. ފިރިހެންވަންތަކަމޭ ކިޔާ ސިފަތައް މިލްކު ކޮށްގެން ހުރި އެ ފިރިހެނާ އަހަރެންގެ ހިތުގައި ހައިޖާނުގަނޑެއް އުފައްދައިފިއެވެ.
*ލިއަމް*
ތެމިގެން ހުރެ އަހަރެން މަގުމަތީގައި ހިނގާފައި ދިޔަ އިރު އެތައް ކަމެއް އަހަރެންގެ ސިކުނޑީގައި ހިނގަމުން ދިޔައެވެ. ހަގީގަތުގައިވެސް އަހަރެން ހީކުރީ އެ އަންހެން ކުއްޖާ މަރުވާން މަސައްކަތް ކުރީ ކަމަށެވެ. މި ޒަމާނަކީ އެފަދަ ކަން ކަން އާއްމު ޒަމާނަކަށް ވެފައި ދަންވަރުގެ ވަގުތެއްގައި އަންހެން ކުއްޖަކު އެކަނި މާ އެކަނިން ބޯ ވާރޭ ތެރޭ މޫދަށް އެރި އޮންނާނެ އޭ ވަކި އަހަރެން ހީ ކުރާނެ ހެއްޔެވެ.
އެކި ކަން ކަމާއި ވިސްނާ ފިކުރު ކުރަމުން އަހަރެން ގެޔާއި އަރާ ހަމަވުމާއި އެކު ފުން ނޭވާއެއް ލަމުން ބެލް އަޅައިލީމެވެ. ގިނަ އިރުތަކެއް ނުވެ ގޭގައި ގެންގުޅޭ ފިލިޕީންސް އަންހެންކުއްޖާ ދޮރު ހުޅުވައިލިއެވެ.
” ޝެލީ، ވެއަރ އިޒް ޖެން؟” އަހަރެން ދޮރު ހުޅުވާނެ ކަމަށް އުއްމީދު ކުރީ އަހަރެންގެ އަނބިމީހާ ޖެނާ އެވެ. އަހަރެން ގެއަށް އަންނަންދެން ނުނިދާ ހުންނަ އަހަރެންގެ އަނބިމީހާ ފެންނަން ނެތުމުން ކަންބޮޑުވެފައި އަހަރެން ނަށް އަހައިލެވުނެވެ.
“ސަރ، މެޑަމް އިޒް ވެއިޓް ޑައިނިންގ ރޫމް.” ޝެލީ އިނގިރޭސިން ވާހަކަ ދެއްކި ގޮތުން އަހަރެން ކައިރި އަށް ކުޑަކޮށް ހިނި އައި ނަމަވެސް އެކަން ވަރަށް އަވަހަށް ފޮރުވައިލަމުން ގޭތެރެއަށް ހިނގައިގަތީމެވެ.
ކާގެއަށް އަހަރެން ވައިން އިރު ޖެނާ މޭޒުމަތީ ބޯ ޖަހާލައިގެން އިނެވެ. ކައިރީގައި ބޮޑު ލަގެޖެއް އިނެވެ. އެހިސާބުން އަހަރެންގެ މެއަށް ފިނިވެގެން އައެވެ.
“ޕްލީޒް ޓެލް މީ ދެޓް ޔޫ އާރ ކިޑިންގ” އަހަރެންގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ އެއީ ސަމާސާ އަކަށް ވާން އެދި އެދި އެވެ.
“އައިމް ސޮރީ ލިއަމް.. އެކަމު އަހަރެން ވަރަށް މަސައްކަތް ކޮށްފިން.. އަހަރެންނަކަށް ދެނެއް ނުވާނެ..” އިސްއުފުލައި އަހަރެންގެ މޫނަށް ނަޒަރު ހުއްޓައިލަމުން ޖެނާ އޭނާގެ ޖަވާބު އިއްވާލިއެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް އަހަރެންނަކަށް ނުފެނުނެވެ.
“ތިވަރުގެ ނިންމުމެއް ނިންމި އިރު އެއް ފަހަރުވެސް ލިލީ އާއި ދޭތެރޭ ވިސްނައިލިން ތަ؟” އަހަރެން ޖެނާ އާއި ޖެހިގެން އިން ގޮނޑި ދަމައިލަމުން އިށީނދެ އެ މޫނުގައި ހިފަހައްޓައިލަމުން އަހަރެން ނާއި ދިމާ އަށް އަނބުރައިލީމެވެ.
“އަހަރެން ވަރަށް ގިނަ ދުވަސް ވެއްޖެ މިކަމާ ވިސްނާތާ… އައި އެމް ނޮޓް ހެޕީ ވިތް ޔޫ އެނީމޯ.. އަހަރެންނަކަށް އޭނަ މަތިން ހަނދާން ނައްތައެއް ނުލެވުން. ހަނދާން ނައްތާލާކަށް ބޭނުމެއްވެސް ނޫން.. އަހަރެންނަށް އިނގޭ ލިއަމް އަހަރެންނަށް މާފުކޮށް ދެވަނަ ޗާންސެއް ދިނީ އަހަރެން އާދޭސް ކޮށްގެން ކަން… ބަޓް މިހާރު…”
އަހަރެންގެ މޫނަށް ނުބަލަން މަސައްކަތް ކުރަމުން ޖެނާ އިސްޖަހައިލި އެވެ. އަހަރެންގެ ކުރިމަތީ މި އިނީ މީގެ ހަ އަހަރު ކުރިން އަހަރެން ދެގޮތެއް ނުވެ ލޯބި ވީ ޖެނާ ހެއްޔެވެ؟ ފަސް އަހަރު ވަންދެން އެކު އުޅުނު އަނބި މީހާ ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ނަފްސު ދެކެވެސް އަހަރެންނަށް ރުޅި އާދެވުނެވެ. ގޮށްމުށް ކަވާފަ ކާ މޭޒުމަތީ އަހަރެންނަށް ލެވުނު ބާރެއް ލާފަ ޖެހީމެވެ. އެއާއި އެކު ސިއްސައިގެން ގޮސް އަހަރެންނާއި ދިމާއަށް ޖެނާ ބަލައިލި އިރު އެ ލޮލުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ.
“މިހާރު ވަކި ކީއްތަވީ؟؟ މި ހުރިހާ ދުވަހު އަހަރެންނަށް އޮޅުވާލައިގެން ތި އުޅުނީ؟ އޯހް މައި ގޯޑް… އައި އެމް ސަޗް އެ ބިގް އިޑިއެޓް… ދެވަނަ ފަހަރަށް ވެސް އަހަރެން އިތުބާރު ކުރީ… އަހަރެންނަށް ކިހިނެތް އިނގޭނީ އަހަރެން އިތުބާރު ކުރީމަ ދެވަނަ ފަހަރަށް ވެސް ދޭނީ ކެހި ކަމެއް… އޯހް ގޯޑް” އަހަރެން ރުޅި މައިތިރި ކުރަން މަސައްކަތް ކުރަމުން ދިޔައީ އޭގެ އެންމެ ނަތީ ދަރަޖަ އަށެވެ.
“ތި ހުރިހާ ކަމަކަށް ވެސް އަހަރެން މާފަށް އެދެން. ޓޭކް ގުޑް ކެއާ އޮފް ލިލީ..” ޖެނާގެ އެ ޖުމްލައިން އަހަރެންނަށް ފުންމައިގެން ގޮނޑިން ތެދުވެވުނެވެ.
“އޯހް މައި ގޯޑް.. އާރ ޔޫ ލީވިން ވިތްއައުޓް ހާރ؟ ތީ ކޮން ކަހަލަ މަންމަ އެއް؟ ” ރުޅި އަކީ ކޮބައިކަން އަހަރެންނަށް މިރޭ މި އިނގުނީ އެވެ. މިވަރަށް މީން ދުވަހަކުވެސް އަހަރެން ރުޅިއެއް ނާދެ އެވެ.
“ލުކް، އައި އޯލްރެޑީ އެޕޮލޮޖައިސްޑް.. ވަޓް މޯ ޑޫ ޔޫ ވޯންޓް.. ލިއަމް ބޭނުން ވަނީތަ އަހަރެން ލިލީ ގެންގޮސްގެން އެހެން މީހަކަށް ބައްޕަ ކިޔައިދީގެން އުޅުން.. އަހަރެން ލިލީ ބަހައްޓާފަ މި ދަނީ ލިއަމް އަށް ރަނގަޅަކަށް..” ޖެނާ އާއި ދިމާއަށް އަހަރެން އަތް އުފުލައިލުމުން އޭނާ ވާހަކަ ދެއްކުން ހުއްޓައިލި އެވެ.
“ތިހިރީ ވަރި ކޮށްފަ! މިހިސާބުން ފެށިގެން ތީ އަހަރެންގެ އަންބެއް ނޫން… އައި ތޯޓް ޔޫ ވާރ ކިޑިން.. ބަޓް ޔޫ ބިޓްރެއިޑް މީ އެގެއިން … ޖެނާ މިގެއިން މިހާރުއްސުރެ ދާން ބޭނުން ވަންޏާ ދިޔަސް މަށަށް ވަރިހަމަ.. ޢިއްދަ ހަމަ ނުވަނީސް މިގެއިން ނުކުންނާކަށް އަހަރެން މަޖުބޫރެއް ނުކުރާނަން… ޔޫ ވޯންޓެޑް އަ ޑިވޯސް، ހޭވް އިޓް..” އައިސްފައި ހުރި ގަދަ ރުޅީގައި އިތުރަށް ވިސްނާކަށް ވެސް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ ނިންމުން އިއްވުމުން ޖެނާ ލަގެޖް ގައި ހިފަމުން އަހަރެންގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން އުފާވެރިކަމެއް އަދި ހިތާމަވެރިކަމެއް ވެސް ފެންނާކަށް ނެތެވެ. އަހަރެން އެ މޫނަށް ނުބަލާންވެގެން ދުރަށް ނަޒަރު ހިންގައިލީމެވެ. އަދިވެސް އެ މޫނަށް ބަލައިގެން އަހަރެންގެ ހިތް ބަލިކަށި ވެދާނެ ކަމުގެ ބިރު ހިތުގައި އޮތް ވަރުންނެވެ.
“ލިއަމް.. ކޮށްދެވެންޏާ އަހަރެންނަށް މާފު ކޮށްދެއްޗޭ!!” ޖެނާގެ އެ ޖުމްލަ އަޑު އިވުނު ކަމަކަށް އަހަރެން ނުހަދަމެވެ. އިރުކޮޅަކު މަޑުކޮށްގެން ހުރުމަށްފަހު ޖެނާ ނުކުމެގެން ދިޔައީއެވެ. އެއާއި އެކު އަހަރެންނަށް މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ހަޅޭއް ލަވައިގަނެވުނެވެ. ޖެނާ އަހަރެން ނާއި ދޭތެރޭ ނުވިސްނިޔަސް އަހަރުމެންގެ ދަރިފުޅާއި ދޭތެރޭ ވިސްނާނެ ކަމަށް އަހަރެން ހީކުރީމެވެ. ކިތަންމެ ދުވަހަކު އެކީ އުޅުނަސް މީހެއްގެ ގޮތެއް ނޭނގޭނެ އޭ ބުނާ ބަހަކީ ދޮގު ނޫން ކަން އަހަރެން ނަށް މިއަދު އިނގިއްޖެ އެވެ.
“ދެދީ..” އަހަރެންގެ ދަރިފުޅު ލިލީ ގެ މައުސޫމް އަޑު ކަންފަތުގައި ޖެހުމާއި އެކު މޫނުގެ ކުލަވަރު ބަދަލު ކޮށްލަމުން އަވަހަށް ގޮސް ދަރިފުޅު އުރައިލީމެވެ.
“ހެއީ ޑެޑީގެ ސްނޯ ވައިޓް އަށް ހޭލެވުނީތަ؟ އަވަހަށް ހިނގާ ކޮޓަރިއަށް ދޯ ނަންނަ ކިޔަން..” އަހަރެން އެހެން ބުންޏަސް ލިލީ އަށް މިވަގުތު އެންމެ މުހިންމު ވާނީ ޖެނާ ކަން އަހަރެންނަށް އިނގެ އެވެ.
“މޮމީ ކޮބާ ތަ ދެދީ؟ ” ދަރިފުޅުގެ ސުވާލަށްދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
“މޮމީ ވީ ސާރާ އާންޓް މެން ގެޔަށް ގޮސް.. ދަރިފުޅު ހޭލާ އުޅެންޏާ މޮމީ ބުނީ ނާންނާނަމޯ.. އަވަހަށް ހިނގާ ނަންނަ ކިޔަން.. އޭރުން މާދަން މޯނިންގ ވާ އިރު މޮމީ ހުންނާނެ ލިލީ ގާތު.. އޮކޭ؟” އަހަރެންގެ ޖުމްލަ އަށް ވަރަށް އަވަހަށް ލިލީ ބޯ ޖަހައިލި އެވެ. މިވަގުތަށް އޮޅުވައިލިޔަސް މާދަމާ އަހަރެން އުޅެންޖެހޭނީ ކިހިނެތްބާ އޭ ހިތަށް އެރިއެވެ.
*އަކިޔާ*
“ކިޔާ… ދަރިފުޅަށް މިހާރު މަންމަ ކިތަށް ފަހަރަށް ގޮވައިފިން ތަ..؟؟” އަހަރެންގެ ކޮޓަރި ދޮރުގައި ތަޅައިގަތް އަޑު އިވުމާއި އެކު އިވިގެން ދިޔައީ މަންމަ ގެ އަޑެވެ. ސައިޑް ޓޭބަލް މަތީ އިން ގަޑިއަށް ބަލައިލި އިރު ހެނދުނު އަށެއް ޖަހަނީ އެވެ.
“ހޭލައިފީމޭ މޯމް.. ” ކަންނެތްކަމާއި އެކު ތެދުވެގެން ގޮސް ދޮރު ހުޅުވައިލި އިރު މަންމަ ހުއްޓެވެ. ލައިގެން ހުރި އެއްޗިހިން އެ އައީ ޖިމް ނިންމާފަ ކަން އެނގެ އެވެ.
އަހަރެންގެ މަންމަ އަކީ ސިއްހަތަށް ވަރަށް ބަލައިގެން އުޅޭ މީހެކެވެ. ސާޅީހުގެ ފަހު އަހަރުތައް ގުނަމުން ދާ އިރުވެސް ޒުވާން ކަމަށް ދައްކާ ކަމުގެ އަސްލަކީ ގަވައިދުން ކަސްރަތު ކުރުމާއި ފައިދާ ހުރި ކާނާ އެވެ.
“ދަރިފުޅު މިއަދު ޖޮބަށް ނިކުންނަން ޖެހޭ ދުވަހެއްނު މީ.. އަދިވެސް ނިދަނީ ތި” މަންމަ ހުރީ ދާހިއްލާ ފޯވެފައެވެ.
“މި ތެދުވީ އޭ މަންމާ. ބްރެކްފާސްޓް ރެޑީ ތަ” ކަންނެތް ކަމާއިއެކު މޯޅި އަކަށް ދެމިލަމުން އަހަރެން ކޮޓަރިން ނުކުމެ ޑައިނިންގ ރޫމާއި ދިމާ އަށް މިސްރާބު ޖެހީމެވެ.
“ޔެސް އިޓްސް ރެޑީ.. ” މަންމަ ތިރިއަށް ފައިބަމުން ބުނެލި އަޑު އިވުނެވެ. އަހަރެން ފެން ތައްޓެއް ބޯލައިގެން ވަނީ ފާހާނާ އަށެވެ.
ފެން މާގަނޑުން ފެންތައް ފައިބާގަތުމާއި އެކު އަހަރެންގެ ލޯ ކުރިމަތީ ރޭގެ ހާދިސާ ސިފަވެގެން ދިޔައެވެ. އެއާއި އެކު އަހަރެންގެ މުޅިގައި ހީބިހި ނަގައިގެން ދިޔައެވެ. އަހަރެން މީ ކިހައި ބޮޑު މޮޔައެއް ހެއްޔެވެ. ތާކުން އަދި ރީތި ފިރިހެނަކު ފެނުނަސް މިވަރެއް ވާން ވާނެ ހެއްޔެވެ.
“ސްޓޮޕް ތިންކިންގ އެބައުޓް ދެޓް މޭން ކިޔާ” އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް އަޑުލައިގަތީމެވެ. އޭނާ އަހަރެންގެ ސިކުނޑިން ފޮހެލަން ގަސްތު ކޮށްގެން ހުރެ ފެންވަރައި ނިމިގެން ފާހާނާއިން ނުކުމެ އަވަސް ގޮތަކަށް ރީތިވެލައިގެން ޑައިނިންގ ރޫމަށް ނުކުތް އިރު ހުރިހައި އެންމެން އަހަރެންގެ އިންތިޒާރުގައި ސައިބޯން ނުފަށައި ތިއްބެވެ.
“ގުޑް މޯނިންގ ޑޭޑް. ގުޑް މޯނިން ސިސް އެންޑް ބްރޯ” އަހަރެން އެންމެނަށް ހެނދުނުގެ ސަލާމް ކޮށްލަމުން އަހަރެންނަށް ވީ ގޮނޑީގައި އިށީނީމެވެ. އެއާއި އެކު ހުރިހައި އެންމެން ސައިބޯން ފަށައިފިއެވެ.
“ކިޔާ ދަރިފުޅު ހަމަ ރެސްޓޯރެންޓަށް ޖޮބަށް ނުކުންނާނީ ތަ؟” ބައްޕަ ގެ ސުވާލުން އަހަރެން ނަށް ތުން ފިއްތައިލެވުނެވެ.
“ޑޭޑް، އަޅުގަނޑު ކުރިންވެސް ބުނުއްވީމެއް ނޫންތޯ ފެމިލީ ބިޒްނަސް އާ ގުޅޭކަށް ބޭނުމެއް ނޫނޭ. ދިސް އިސް ވަޓް އައި ލަވް ޓު ޑޫ. ” އަހަރެން ހިތްހަމަ ނުޖެހުނަސް ބައްޕަ އަށް ކުރާ އިޙްތިރާމެއްގެ ސަބަބުން ރީތިކޮށް ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ.
މިވާހަކަ ބައްޕަ އެހުމުން ޖަވާބު ދެވުނު އަދަދު މިހާރު ބުނެދޭން ވެސް ނޭނގެއެވެ.
އާއިލާ ކިތަންމެ ފުދިގެން އުޅުނަސް އަހަރެން އަބަދުވެސް ކުރަން ބޭނުން ވަނީ އާއިލާގެ ނުފޫޒު ނުފޯރާނެ މަސައްކަތެކެވެ. އަދި އަހަރެން އެ މަސައްކަތެއް ކުރަން ޝައުގުވެރިވާ މަސްއްކަތެކެވެ.
“ދަރިފުޅުގެ ހިޔާލު ދުވަހެއްގެ ކޮޅުން ބަދަލު ވިޔަސް ބައްޕަގެ އޮފީހުން އަބަދުވެސް ދަރިފުޅަށް މަރުހަބާ ކިޔާނެ” އެއް އިރެއްގައިވެސް މަޖުބޫރުން ކަން ކަން ކުރުވުމަކީ އަހަރެންގެ މައިން ބަފައިންގެ ކިބައިގާ ހުންނަ ސިފައެއް ނޫނެނެ. އެކަމާ އަހަރެން ހެއްދެވި ފަރާތަށް ޝުކުރު ކުރަމެވެ.
“ޑޭޑް ދެން އެހެން ވިއްޔާ ކީކީ އާ ތިސުވާލު އެހާ ގިނައިން ނުކޮށްބަލަ.. އެހެން ނޫނީ ރުޅި އައިސްގެން ބައްޕަ ޑިޝް އަކަށް ހަދާލަފާނެ” އަހަރެންނަށް ވުރެން ދެ އަހަރު ކުޑަ އަހަރެންގެ ފިރިހެން ކޮއްކޮ ކިޔާން ބުނެލި ޖުމްލައިން އަހަރެން ރުޅި އައި ކަމަށް ހެދެމުން އޭނަޔާ ދިމާ އަށް އަތް މަޅައިލީމެވެ. ކިޔާން އުޅެނީ ބައްޕަގެ އޮފީހުގައެވެ. އަދި އަހަރެންނަށް ވުރެން ދެ އަހަރު ބޮޑު ދޮންތަ މީހަކާ އިނދެގެން އުޅެނީ ފިރިމީހާގެ ގޭގައެވެ. އަހަރެން ފަދައިން ދޮންތަ އަކީ ވެސް ބިޒްނަސްގެ ދާއިރާ ދެކެ ފޫހިވާ މީހެކެވެ. އެހެންކަމުން ދޮންތަ ކިޔެވީ ޑޮކްޓަރީ ކަމެވެ.
(ނުނިމޭ)
38 Comments!
Comments are closed.



After a long time I thought hey, y don’t I write a new story.. and here is the very first chapter of the story.. hope you guys will enjoy.. please read and comment … I missed writing and my lovely readers.. enjoy..
If you have any questions go ahead and ask ???❤
it was awsome ❤❤❤
Thank you annaya ❤
V reethi feshun❤❤❤❤koh days thakeh ga up vaany
Thrice a week in sha Allah ❤?
Avahah up kohladhehchey dhen in part
Varah reethi mi vaahaka❤
In sha Allah, will try my best to upload on time. Thank you for commenting ❤
Shooty ? missed you..
Aww I missed you too ❤
Omg.. vvvvvvv salhi.. hama habeys stry.. nxt prt kn irakun.. avahah up koh dhehchey ingey..
Asap in sha Allah ❤
Masha allah….it is awesome❤❤???
Thank you bestie ❤
Alhey this story reethikan ….. Avaha up koh dhechey …waiting
In sha Allah asap, thank you so much for ❤
Vvvvvvv rythi feshumeh masha allah… waiting curiously for the nxt
Aw thank you so much twinkle ❤
Aalheyyy.. Shooty is back.. my fav writer.. missed you dear.. 🙁 and story is fab ❤❤❤????
That’s so sweet of you.. I miss my readers too and reading sweet comments ❤
Shooty dear?..feshun v reethi ingey…nd Ramadan kareem
Ramzan Kareem to you too.. thank you ❤
Wow.. vrh reethi storyge feshun..
next part konirakun up kohdheway varu waani…..
Asap, thank you so much.. ❤
Ohh your back ?? Varah reethi vaane hen heeeveh ???? kon iraku next episode???
Feshun fab..hope kuriyah huri parts ves mihaa furihama adhi reethi vaanekamah..waiting for next????
Masha Allah feshun varah reethi
cover pic ga ethibi meehunge nana kiyaadheeba ?
hi shooty v dhuvass kohlaafa thi fenuny wellcome back n happy ramzan kareem n gl4story
Shooty dear miadhu up kohdheynan dhw story ?
May i ask you something jiji??
Jiji thee schul ah dhaa kuhjeh noontha. I mean if so filaavalhu thah hahdhaa revise koh hadhaafa noolhentha. Abadhu ol ga ehvaahaka ah comment khlaafa anehvaahaka ah comment khlaafa
Filaavalhu vec revise kuramey..heii free v ma ey I comment kurany… baeh faharu thankolheh gina iru v ma balailaa iru baivaru story up vefa hunnaathy comment kurany??Jiji free v ma jiji comment kuraanan??But I think jiji comment kuraathy baeh kudhin j veyhn..mii vaki app ah nisbaiy koh bunaa vhk eh noon hama ekani??..Anyways okk
Haudha lahaau upu vaaaleu
Insha Allah Wednesday ga noony eyge kurin up kohdheynan. Ramadan ah ready vaathy .. hope you guys will understand ?
shooty ge fb add bunedheefanan ?
OMFG!!!!!
This is soo good
Write Moore
Please
???
Alhey!! ??Haadhahaa lahey up vaaleh.. Plxxx than kolheh avahah up kohdhee Bala plx????
Aslu mihen bunyas Ingey shooty busy kamunKan up nukohdheveny….. ?????????????????
Anyway mi part vs varah Varah reethi???????????
Alhe haadha gina dhuwahekey.. shooty ge vaahaka rh libeythoa bala bala huhtaa kiyan libifa anehkaa es filee tha? Up kohdheeba kiyaa hithun hama nuhurevigen mi comment kohli ❤?
Meege next part up khdhybalaaa.. heyo nuvaane… mihaaru 5 aharu v … dhn thivaru vhk nuliyaanama… noony up nukurevey sababeii vx angaalaa nama… boahalaaku mihaaru mi ulhey kudhinnaa hedi.. rangalhakah kmeii kuraakh neyngeyne…