Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަޅެންކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ނުލިބުނަސް

A.S.Cain Level 110 Stories
April 30, 2019 2 Mins Read
11 Comments

އެންމެ ފަހުން އަހަންނަށް ކަމުދާ ފޮތެއް ފެނުނީތާއޭ. އޯކޭ! މިއީ މާޒީގެ ސޮފްހާތަކުގެ ސިލްސިލާއެއް ނޫނޭ، ދުވަހަކުވެސް ލޯތްބެއް ނުލިބޭ، ލޯބީގެ ހަމްދަރުދީއެއް ނުވެވޭ، އެކަމަކު އެކަކު އަނެކަކާ ދޭތެރޭގައި ނިމުމެއް ނުވާ ލޯތްބެއް ވެވިފައި، އެކަކު އަނެކާގެ ބެލުމުން ހިތް ފުރިފައިވި ނަމަވެސް…
އަހަންނަށް އެންމެ ފުރަތަމަވެސް ވަނީ އެނގިފައި، މި ލޯތްބަކީ ނިމޭނެ އެއްޗެއްކަން، އަބަދަށް ދެމި ނޯންނާނެކަން، މާޒީއަށް ވެ ނިމިގެން ދާނެކަން.
ތިބާ ގައި ބާރަށް ބައްދާލާ، އަހަރުމެންގެ ފަހު ވަގުތު ކޮޅުގައި، ވަރަށް އަވަހަށް މި ހުރިހާ ކަމެއް މާޒީވެގެން ދާނެއޭ، ހިމުން ވެއްޔަށް ވެގެން،
އުންމީދު ކުރަނީ މިކަންތަށް ނިމޭއިރު، ބުނެވެން ހަމައެކަނި އޮތީ، ތިބާގެ ހުރިހާ ކަމެއްވެސް ދާނީ ހަމަ އެންމެ ރަނގަޅަށޭ، އަދި އަހަރެންވެސް ހުންނާނީ އުފަލުގައޭ…
ވާހަކަ ފޮތެއްގެ އެއްބައި ކިޔައިގެން އެއީ ކިހިނަކުން ވާ ވާހަކައެއް ކަން އެނގޭނެހޭ؟
ތިބާ އަށް ފެންނަ ނަމަ، އަހަރެންގެ ވާހަކަ، އަހަރެންގެ މާޒީ، އޭރުން ގަބޫލޫ ކުރެވޭނެއޭ، އަހަރެން މިވަނީ ހަޤީޤީ ލޯބިކަން.
ބީހިލަން ބޭނުންވާ ތުންފަތެއް، ބަލާ ފޫހިނުވާނޭ ލޮލެކޭ، އަހަރެންނާ ހަމަ ކޮށްބަލާށޭ، އުނަގަނޑުގައި ދެ އަތް ބާއްވާލަން، ބައްދާލަން، އެއީ އެންމެ ގާތުން އެދޭ ކަންތައްތަކޭ.
އާނ! ހާދަ އެދެމޭ، މި ކަންތައްތައް، ދުވަހަކުވެސް އަދި ނޭނގެއޭ،
ތިބާއަށް އެދެމޭ މިއީ ހަޤީޤަތޭ،
އެކަމަކު ތިބާއަށް އިހްސާސްވެސް ނުވޭ، އަހަރެންގެ މުޅި ލޯބި ދިނިން ނޭނގުނަސް ތިބާއަށް، ފެންނަން ނެތަސް ތިބާއަށް.
ލޯބި ލިބޭނޭ ތަނެއް، އަހަރެން ބަލައިގަންނަ ތަނެއް، އަހަންނަކީ ކާކުކަން އަންގައިދޭނޭ ތަނަކީވެސް ތިބާގެ ހިތޭ.
ފުނޑުފުނޑު ވެޔޭ މަގޭ ހިތް، ތިބާ މިނިވަން ވެގެން އަންނާށޭ، ހުރިހައި ކަމެއް ތިބާއަށް ކޮށްދޭނަމޭ.
ފެންނާނެނަމަ އަހަރެންގެ ހިތް، އޭރުން ކުރާނޭ ގަބޫލް، ތިބާއީ ކިހާވަރެއްގެ މުހިންމު މައުދަނެއްކަން، ހުންނަން ބޭނުންވަނީ ތިބާއާ އެކުގައޭ. އެހެނަސް މަށާ ވަކިވުން އެއީ ތިބާ ބޭނުންވާ ގޮތްހޭ؟ ތިބާ އަހަރެންގެ ދުނިޔެއޭ، އެންމެ ފުރަތަމަ ނަޒަރުންވެސް ޔަގީންވިއޭ.
އެއީ އަހަރުގެ އެ ދުވަހޭ، ހަނަފަސް ސަހަރާ ކަނޑަކަށް ބަދަލުވި، ވެލިތައް ގެނބިގެންދިޔަ، އެ ކަނޑުގެ ތެރެއަށް. އެއީ އަހަރުގެ އެ ދުވަހޭ، މަގޭ ހިތް އަނދާ އަޅިއަށްވި، ތިބާ ކުރި ކަންތައްތަކުން އަހަންނަށް.
ތިބާދެކެ ވަރަށް ލޯބިވީމޭ، ދުވަހަކުވެސް ވަކިނުވާން އަތުގައި ހިފީމޭ، ތިބާދެކެ ވަރަށް ލޯބިވީމޭ، ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ތިބާގެ ހަނދާނުގައި އޮތީމޭ،
އެކަމަކު އަހަންނަށް ތިބާ ނެތްކަން އެނގުނީ ދޮރު ހުޅުވާލުމުން، އަހަރެން ވަނީ އެކަނިކަން މި ބޮޑު ގޭގައި.
އެހެން މިހެން ވީމާ، ތިބާދެކެ ލޯބި ވުމަކީ ކޮން ފައިދާއެއް ހުރި ކަމެއްހޭ؟
އެހެން މީހެއްގެ ލޯބިވެރިޔަކަށް ވީމާ،
ބައެއް ފަހަރު މާޒީ ދޫކޮށްލުން އެއީ ހަމައެކަނި އޮތް އުފާވެރި މަގަކީ، އަހަރެން ދުރުވާން އެބަ ޖެހެއޭ.
ތިބާ އަހަންނަށް ނުވާނެކަން އެނގޭ، ދުވަހަކުވެސް، ދެން އިތުރަކަށް މި ހިތި ރަހައެއް ބޭނުމެއް ނެތޭ، އެސްފިޔަ ޖަހާލާ ކޮންމެ ފަހަރަކު ކަރުނަ ތިއްކެއް ލޮލުން ފައިބައޭ، ކީއްވެހޭ؟
ތިބާއަށް ހެވޭ ކިތަންމެ ވަރެއް ވިޔަސް، އެހެންވީމާ ދެން އަހަރެންވެސް ހެވޭ ބުނެލާނަމޭ،
މޫސުން ބަދަލުވާ ފަދައިން، ހިތްވެސް ބަދަލުވެގެން ދެޔޭ، އައު ދުވަހެއް އަންނާނެއޭ، ތިބާ ދޫކޮށްލަން ބޭނުން ނުވިޔަސް، އަލްވަދާއު ކިޔާ ހަޔާތް ކުރިޔަށް ގެންދަންވީތާއޭ…

-ނިމުނީ-

Share Article

Follow Me Written By

A.S.Cain

Level 110 Stories

Other Articles

Previous

ފެވިފާތިނަން ވެޔޭމިހިތުގާ 2

Next

ލޯބިވަން

Next
April 30, 2019

ލޯބިވަން

Previews
April 30, 2019

ފެވިފާތިނަން ވެޔޭމިހިތުގާ 2

11 Comments!

  1. ? says:
    April 30, 2019 at 10:49 am

    meekoocheh?

    1. Anonymous says:
      April 30, 2019 at 11:33 am

      Miden koaceh ekahchakehves nuvey kamakunudey accheedi fakuru ganey mi kahala eccehi nys vaane liyaakahves.???????????????

    2. Laalu says:
      May 2, 2019 at 12:18 pm

      Anonymous thimaa liyan viynu dhw thihaa molhihyaa… U know hw to give bad comments only… Nubunan possitive comments dheyshey… Improve kuran jehey comments vx dheyn jeheyne…. Bt u r more thn that

  2. inaak says:
    April 30, 2019 at 12:26 pm

    Maybe mi stry liyunu kujjaa ge hithuge haalu kanneyge… Hama gaimuves mashakah neyge mihenn liyaakah.. hithah eriyas.. writer.. dn’t be sad.. negative comments libunas huttaanulaathi.. keep going.. insha Allah kaamiyaabu vaane.. gud luck..

    1. A.S.Cain says:
      April 30, 2019 at 10:14 pm

      thankyou inaak 🙂

  3. Anonymous says:
    April 30, 2019 at 12:33 pm

    Vvv reethi ekm digukoh genesdinama dhw.good luck.hope to see ur story

    1. A.S.Cain says:
      April 30, 2019 at 10:17 pm

      thanks Anonymous 🙂

  4. Laalu says:
    May 2, 2019 at 12:15 pm

    V v v nice hyvani hithuge shakuvaa thakeh hn….. So cure… Bst wishes frm me kyp it up?????

    1. A.S.Cain says:
      May 10, 2019 at 2:07 am

      thanks Laalu 🙂

  5. Anonymous says:
    May 10, 2019 at 1:29 pm

    Kon irakun theenage hen stry eh fennany just……..waiting…………………..

    1. A.S.Cain says:
      May 11, 2019 at 10:41 pm

      very soon upload kohlaanan. And thanks for the review. 🙂

Comments are closed.



All Right Reserved!