Skip to content
އެސްފިޔަ

ތުއްތު ކުއްޖާގެ ރޮއުން 1

އަހަރެންނަކީ ހަގީގީ ބިރުވެރި ވާހަކަތައް ހޯދައި އެވާހަކަތަކުގެ މައްޗައް ޕްރޮގްރާމާއި ފިލްމު ހަދައި އުޅޭ އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ.އެހެން ކަމުން އަހަރެންގެ ޒިންމާ އަކީ ރާއްޖޭގެ އެކިކަންކޮޅުތަކައް ދަތުރުކޮށް ބިރުވެރި ކަންތައް ދިމާވެފައި ތިބޭ މީހުންނާ ބަައްދަލުކޮއް ބިރުވެރި ވާހަކަތައް އެއްކުރުމެވެ.އަހަރެން މިދަތުރުތައް ކުރާއިރު އަބަދުވެސް އަހަރެންނާ އެއްކޮށް އަހަރެންގެ ކެމެރާ މަން ޔޫނުސް ދެއެވެ.ކޮންމެ ރަށަކައް ދާ ކޮންމެ ދަތުރެއް ވެސް ވަރައް ކާމިޔާބެވެ.ވަރަށް ބިރުވެރި ރަނގަޅު ހަގީގީ ވާހަކަތައް ލިބެއެވެ.
ނަމަވެސް އަހަރެމެން ވ.އަތޮޅައް ކުރި ދަތުރަކީ އަހަރެމެން ދެމީހުންގެ މުޅި ދިރިއުޅުން ބަދަލު ކޮއްލި ދަތުރެކެވެ. ވ.އަތޮޅަށް އަހަރެމެން ދެމީހުން ދިޔައީ އެއަތޮޅުގައި އުޅޭ ހަސަނަށް ވަރަށް ބިރުވެރި ކަމެއް ވީވާހަކަ އިވިގެން އެކަން ބެލުމަށެވެ.ރަށައް ލެފުމާއެކު އަހަރެމެން ބެލީ އެއްވެސް ކަމެއް ނުކޮށް ހަސަން ކައިރިއަށް ދެވޭތޯއެވެ.ހަސަން ކައިރިއަށް ގޮސް ތިން މީހުން ތަނެއްގައި ހަމަޖެހިގެން ތިބެ ހަސަން ކައިރީގައި ވީގޮތް ކިޔަައިދޭން ބުނީމެވެ.މާ ގިނައިރު ތަކެއް ނުވެ ހަސަން ފެއްޓިއެވެ.ހަސަން ކިޔައިދެނެވެ.
އެއީ މީގެ ހަތަރު އަހަރު ކުރިއެވެ.އަހަރެން އޮތީ ގަދަ ނިދީގަައި ނިދާފައެވެ.އޭރު މެނދަމު އެކެއް ޖެހީއެވެ.އަހަރެންނަށް ހޭލެވުނީ ކުޑަކުއްޖެއްގެ ރޯއަޑަށެވެ.ގޭގައި ައަހަރެން ފިޔަވައި އެއްވެސް މީހަކު ނޫޅެއެވެ.ެއެހެންކަމުން އަހަރެން ގެއިން ބޭރަަށް ނުކުމެ ގެކައިރިބަލައިލީމެވެ.ނަމަވެސް އެކަކުވެސް ނެތެވެ.އަހަރެން ގެއަށް ދާން ފަހަތައް އެނބުރި ލީމެވެ.ފަހަތަށް އެނބުރިލި ތަނާ އަހަރެންނަށް ފެނުނީ ބިރުވެރި ނާމާން މަންޒަރެކެވެ.އަހަރެންނަށް ވަގުތުން ދުލުން ހެޔޮބަސްތަށް ކިޔެން ފެށުނެވެ.މުޅި މީހާގެ ހަށިގަނޑު ފިނިވަން ފެއްޓިއެވެ.

Comments (9)

  1. Me

    “Roaun” eh noon, rangalhu gothakee ” RUIN”

  2. Luju

    Biting my nails

  3. unique

    its interesting looking forward for the next part whn is it?
    curiously waiting

  4. Nus

    Den faharkun tankoley digukolaafa komeduvahaku up kolevay too balaadevidaaneta

  5. Naa

    Nice

  6. Iasha

    Hey guys.i actually wrote this.lost my ID .thanks (me)next time i will write ruin.thanks all.

  7. Aishath iasha

    Sorry for that☝

  8. Athy

    Varah interesting.. ekamaku thankolheh kuru.. waiting for next part..

  9. Aishath iasha

    Sorry.dhn faharakun miahvure dhiguvaane.thanks for the comment.☺

Comments are closed.