ބަރުބާދު (ފަހުބައި)
ސަކީނާ އުނދޯލިން ތެދުވެގެން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ހުޅުމާލޭ ޕޮލިސް ސްޓޭޝަން ހުންނަނީ ގެޔާ މާދުރުގައި ނޫންކަމުން ސަކީނާ ބޭނުންވީ އެތަނަށްގޮސް އެމީހުންގެ އެހީއަކަށް އެދޭށެވެ. އޭނާ ގޭގެ މައި ގޭޓުން ނުކުތް ވަގުތަކީ ކާރެއް އައިސް ދޮރުމައްޗަށް މަޑުކޮށްލި ވަގުތެވެ. ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނުކުތް ޔަލްވީއަށް ސަކީނާ ފެނުމާއެކު މާމާއޭ ގޮވަމުން ދުއްވާގަތެވެ. ސަކީނާވެސް ހެވިފައިހުރެ ޔަލްވީއާ ދިމާއަށް ދިޔައީ މާތްﷲ ޙަމްދުކުރަމުންނެވެ. ޔަލްވީ ރޮމުން ރޮމުން އޮޅުލައިގަތްއިރު ސަކީނާ ހުރީ އުފަލުން ގޮސް ފެންކަޅިވެފައެވެ. ކާރުގެ ފަހަތު ޝީޓުން ކިނާންއާއި ލޫޠު ފޭބިއެވެ. ލޫޠުއަށް ސަކީނާ ފެނުމާއެކު ފިޔަވަޅުތަށް ގަނޑުވިއެވެ. ހުއްޓުން އެރިއެވެ.
“..ދަރިފުޅާ ކޮންތާކުން ތިއައީ.. ކީއްވެ ލަސްވީ..” ސަކީނާ ޔަލްވީ ގަޔާ ދުރުކޮށްލަމުން ސުވާލްކޮށްލިއެވެ. އެވަގުތު ފަހަތުގައި ހުރި ލޫޠު ފެނުނެވެ. ސަކީނާގެ އަނގައިން ލޫޠުގެ ނަން ނުކުމެގެން ދިޔައީ ކެނޑިކެނޑިގެން ބުރިބުރިވަމުން ކަހަލަ ގޮތަކަށެވެ.
“..ކިނާން..” ލޫޠު ކައިރީގައި ހެވިފައި ހުރި ޒުވާނާ ފެނުމާއެކު އެއީ ކިނާންކަން ސަކީނާއަށް އެނގުންއިރު އޭނާގެ ދެލޯވަނީ ތަންމިނަށް ހުޅުވިފައެވެ. ސިކުންތު ކޮޅަކަށް ހިތުވިންދުވެސް ހުއްޓިގެންދިޔަ ކަހަލައެވެ. ސަކީނާ ކުރިމަތީ އެހުރީ ކިނާންކަމަށް ޤަބޫލްކުރަން އުނދަގޫވިނަމަވެސް އެ ތުންފަތާ އެދެލޯ ފެނުމުން ޔަޤީންކުރަން މަޖޫބޫރުވީއެވެ. މިހާދުވަސްފަހުން ކިނާން ފެންނާނެކަމަކަށްވެސް ސަކީނާ އުންމީދެއް ނުކުރެއެވެ.
“..މާމާ އަޅުގަނޑަށް މާފުކުރޭ..” ސަކީނާއަކަށް ޔަލްވީ ދައްކަން އުޅުނު ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ތުރުތުރުލަމުން ދިޔަ އަތް ކިނާންއާ ދިމާއަށް ދިއްކުރަމުން މަޑުމަޑުން ހިނގައިގަތެވެ. ކިނާންއަށް ބަލާލެވުނީ ލޫޠުއާ ދިމާއަށެވެ.
“..ދަރިފުޅާ ކިނާން..” ކިނާންއަށް ދެލޯ ބޮޑުކޮށްލެވުމާއެކު އަނެއްކާވެސް ބަލާލެވުނީ ލޫޠުއަށެވެ. ލޫޠު އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ކިނާންއަށް ސަކީނާއާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލާލެވުނެވެ. އެމުސްކުޅި އަންހެންމީހާއަށް އޭނާގެ ނަން އެނގުނީ ކިހިނެއްބާއޭ ކިނާންގެ ހިތަށް އެރިއެވެ. އެއީ އޭނާގެ ޢާއިލާ މީހަކީ ހެއްޔެވެ؟ އޭނާގެ އާއިލާ މީހުން އުޅެނީ މާލޭގައެވެ. ހުޅުމާލޭގައި އާއިލާ މީހަކު އުޅޭކަމެއް އެނގިފައި ނެތުމުން އޭނާ ހުރީ ވާނުވާގައެވެ.
“..ތީ ހަމަ ކިނާންދޯ؟..” ސަކީނާގެ ތުރުތުރުލަމުން ދިޔަ އަތުން ކިނާންގެ މޫނުމަތީ އަތް ޖައްސާލަމުން ސުވާލްކޮށްލިއިރުވެސް ކިނާން ހުރި ގޮތަށް ހުރީއެވެ. ކިނާން އެއްޗެއް ނުބުނެ ނުދަންނަ މީހަކާ ދިމާއަށް ބަލާފަދަ ގޮތަކަށް ބަލަން ފެށުމުން ސަކީނާ ހިތުގައި ސުވާލް އުފެދުނެވެ. ލޫޠުގެ ދަރިއެއްބާއޭ ހިތަށް އެރުމާއެކު ކިނާންގެ ކަނާތް ފަރާތު ބުމަމަތިން ފައިބާފައިވާ ދިގު އިސްތަށިތައް އެއްފަރާތަކަށް ޖައްސާލައިފިއެވެ. އެޔާއެކު ބުމަމަތީގައިވާ ލަކުނު ފެނުމުން ސަކީނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ކިނާން އަނގައިން ނުބުނި ނަމަވެސް އެއީ އޭނާގެ ފުރަތަމަ މާމަ ދަރިފުޅުކަން ޔަޤީންވެގެން ހިނގައްޖެއެވެ.
“..ތީ ކިނާންގެ މާމަ..” ލޫޠު ކިނާންގެ ކޮނޑުމަތީ އަތް ބާއްވާލަމުން ބުނެލިއެވެ. “..ކިނާންގެ ބައްފަގެ މަންމަ..”
ކިނާންއަށް ލޫތުގެ މޫނަށް ބަލާލަމުން ސަކީނާގެ މޫނަށް ބަލާލެވުނެވެ. އޭނާއަށް ކުއްލި ގޮތަކަށް މާމަ ފެނުމުން ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
“..ދަރިފުޅާ..” ސަކީނާ ހުރީ އުފަލުން ގޮސް ފެންކަޅިވެފައެވެ. އޭނާ އުފާވެފައިވާ މިންވަރު އޭމޫނުމަތިން ވަރަށް ރީއްޗަށް ހާމަވަމުންދިޔައެވެ. ކިނާންއަށްވެސް ބުނެދޭން ނޭގޭ ކަހަލަ އުފާވެރިކަމެއް ލިބުނުހިނދު މާމާއޭ ގޮވާ ލުމާއެކު ސަކީނާއަށް ރޮވިއްޖެއެވެ. އަދި މަޑުމަޑުން ކިނާންގެ ގައިގާ ބައްދާލިއެވެ. ކިނާންގެ ހިތަށް ލިބުނު ފިނިކަމުގެ ސަބަބުން ލޯ މަރާލެވުނެވެ.
“..މާމަ މި ބޭބެ ދަންނަންތަ؟..” ކިނާން ލޯ ހުޅުވާލީ ޔަލްވީގެ އަޑުއިވުމުންނެވެ. ސަކީނާ ޔަލްވީ އަތުގައި ހިފައި ކައިރިކޮށްލިއިރު ހިތުގައިވަނީ ސުވާލްތަކެއް އުފެދިފައެވެ. ޔަލްވީ އާއި ކިނާން ދިމާވީ ކިހިނަކުން ހެއްޔެވެ؟ މިއޮއް އޮތްހާއިރު ޔަލްވީ އުޅުނީ ކިނާންމެންނާ އެކުގަބާއެވެ؟ ކިނާންގެ ހިތުތެރޭގައިވެސް ސުވާލްތަކެއް ބޮނޑިވެގަތެވެ. ޔަލްވީ އަކީ ޔުމްނު އާއި ކައިލްއަށް ލިބުނު ދަރިފުޅުބާއެވެ؟ އެއީ އޭނާގެ ކޮއްކޮބާވައެވެ؟ ނޫނީ އެއީ މާމަ ގެންގުޅޭ ޔަތީމް ކުއްޖަކީބާވައެވެ. ޔަލްވީ ބުނެފައިވާ ގޮތުން އޭނާއަށް ދުވަހަކުވެސް މަންމަ ފެނިފައެއް ނުވެއެވެ. ބައްޕަވެސް ނުފެންނަތާ 04 އަހަރުދުވަސް ވެއްޖެކަމަށް ޔަލްވީ ބުނެފައިވެއެވެ.
“..ދަރިފުޅާ މިބޭބެމެންނާ ދިމާވީ ކޮންތާކުން..” ސަކީނާ ޔަލްވީއަށް ބަލާލަމުން ސުވާލްކޮށްލިއެވެ. ޔަލްވީ ކަންބޮޑުވިއެވެ. އެވާހަކަތައް މާމައަށް ކިޔާދޭކަށް ނުކެރުނެވެ. އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކު ސުކޫލުން ނިމުނުގޮތަށް މާލެ ދިޔަ ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އެކުއްޖާ މާލެ ގެންގޮސް އޭނާ ވިއްކާލަން މަސައްކަތްކުރިކަން މާމައަށް އެނގިއްޖެނަމަ ދެންވާނީ ކިހިނެއްހެއްޔެވެ؟ މާމަގެ ބަސް ޤަބޫލްނުކޮށް އުޅެނިކޮށް އޭނާއަށްވަނީ ވަރުގަދަ ފިލާވަޅެއް ދަސްވެފައެވެ. ޔަލްވީ ހިމޭނުން ހުރުމުން ސަކީނާ އަނެއްކާވެސް ސުވާލްކޮށްލައިފިއެވެ. ޔަލްވީ ކަންބޮޑުވެފައިހުރެ ކިނާންގެ މޫނަށް ބަލާލިއެވެ. އެނުބައި ޝައިތޯނާގެ ކިބައިން ސަލާމަތްކޮށްދިން ފަދައިން މާމަގެ ސުވާލްތަކުން ސަލާމަތްކޮށް ދިނުމަށް އޭނާ އެދޭކަހަލައެވެ.
“..މާމާ..” ވާހަކަ ދައްކަންފެށީ ކިނާންއެވެ. “..މީ މާމަ ގެންގުޅޭ ކުއްޖެއްތަ؟..”
“..ނޫނޭ ދަރިފުޅާ..” ސަކީނާ ހިނިތުންވެލިއެވެ. “..މީ ދަރިފުޅުގެ ކޮއްކޮ..”
“..ބައްޕަ ކޮބައިތޯ؟..” ކިނާންއަށް އަވަހަށް އަހައިލެވުނެވެ. “..މާމަ ދޫކޮށްލައިފައި ދިޔައީތޯ..”
ސަކީނާގެ ހިނިތުންވުން ފިލާ ދިޔުމަށް ސިކުންތެއްވެސް ނުނެގިއެވެ. މޫނުމަތީގެ ކުލަވަރުވެސް ބަދަލުވެގެންދިޔައެވެ. އޭނާއަށް ކިނާންއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“..މިހެން މިބުނީ ކޮއްކޮ ބުނި ބައްޕަ ނުފެންނަތާ އަހަރުތަކެއް ވެއްޖެކަމަށް.. ބައްޕަ ކޮބައިތޯ؟ ..ކޮއްކޮގެ މަންމަވެސް ދުނިޔޭގަ ނެތީތޯ؟ މާމަ އެކަނިތޯ ތިއުޅުއްވަނީ؟..” ކިނާން ހިތުގައި އުފެދިގެންދިޔަ ސުވާލްތައް ފަތިފައްޗަށް އަމުނާލިއެވެ.
ކިނާންގެ ސުވާލްތަކުގެ ސަބަބުން ސަކީނާގެ ނުތަނަވަސްކަންވީ އިތުރެވެ. ހާސްވެފައި ހުރެ ޔަލްވީއަށް ބަލާލަމުން ކިނާންއަށް ބަލާލިއެވެ. ސަކީނާގެ މޫނަށް ވެރިވި ކަންބޮޑުވުމާއި ހާސްކަން ކިނާންއަށް ކިތަންމެހާވެސް ރީއްޗަށް ފާހަގަކުރެވުނެވެ.
“..އާ.. ދަރިފުޅާ ޔަލްވީ..” ސަކީނާ އަވަސް އަވަހަށް ޔަލްވީ އަތުގައި ހިފާ ކައިރިކޮށްލިއެވެ. “..މީ ދަރިފުޅުގެ ދޮންބެ ކިނާން..”
މާމަ ގަސްޠުގައި ސުވާލްތަކުގެ ޖަވާބު ނުދިނީކަން ކިނާންއަށް އެނގޭތީ އޭނާ އިތުރަށް އެއްވެސް ސުވާލެއް ނުކުރިއެވެ. މާމަ އެގޮތަށް ކަންތައްކުރުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއްވާނެކަން ކިނާންއަށް ވިސްނުނީއެވެ. ކިނާން ހިނިތުންވަމުން ޔަލްވީގެ ބޮލުގައި ފިރުމާލިއިރު ޔަލްވީ ހުރީ ލަދުން އިސްޖަހައިލައިގެންނެވެ.
“..އާދޭ އެތެރެއަށް..” ސަކީނާ ޔަލްވީ އަތުގައި ހިފައިގެން ހިނގައިގަތުމާއެކު ކިނާންއާއި ލޫޠުވެސް ފަހަތުން ހިނގައިގަތެވެ.
ގެޔަކީ ބޮޑު ގެޔެކެވެ. އެގެ ހަދާފައިވަނީ އެންމެ މިޒަމާނުގެ ފެންވަރަށެވެ. އެގެ ބޭރުން ފެންނަ ކޮންމެ މީހަކަށްވެސް އެއީ މުއްސަންޖެއްގެ ގެޔެއްކަން ޔަޤީންވާނެއެވެ. ގޭޓުން އެތެރެއަށް ވަދެގެން ދިޔައިރު ކިނާންގެ ދެފަރާތުން ހައްދާފައިވާ މާގަސްތަކާއި ބަގީޗާ ގަސްތަކަށް ބަލަމުން ދިޔައެވެ. ހަވީރަށް ފޮޅެން ތައްޔާރުވެފައިވާ ތަފާތު މާމެލާމެލީގެ މީރުވަހުން މުޅި މާހައުލުވަނީ އެއްވަސްކޮށްލައިފައެވެ. ގޯތިތެރޭގައި އެތަކެއްގިނަ މޭވާ ގަސްތައްވެސް ހައްދާފައިވާއިރު އެތަކެއްޗަށް ފެންދީ ގަސްތައް ބެލެހެއްޓުމަށް ނޯކަރުންތައް ހަރަކާތްތެރިވަމުން ދިޔައެވެ.
ހުދު ކުލައިން ކުލަލާފައިވާ ހަވޭލީއެއްފަދަ ގެޔަށް ވަދެވުމާއެކު ކިނާންއަށް އެގޭގެ ފުރިހަމަ ކަމާމެދު ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. ގެ ހަދާފައިވަނީ ދެބުރިއަށެވެ. ތިރީ ބައި ތަނަވަސް ބޮޑު ސިޓިންގ ރޫމްއެއް ގޮތަށް ހަދާފައިވާއިރު މަތީބައިގައި ހުރީ ކޮޓަރިތަކެވެ. ކޮޓަރިތަކަށް ސިޓިންގް ރޫމްއިން އެރޭ ގޮތަށް ވަށްކޮށް ހަދާފައިވާ ބޮޑު ސިޑިއެއްވެސް ވެއެވެ.
ކިނާން ގޭތެރޭގެ ސާފް ތާޙިރު މާހައުލަށް ނަޒަރު ހިންގާލަމުން ސިޓިންގ ރޫމް މެދުގައި ހުރި ބޮޑު ސޯފާގައި އިށީނެވެ. ލޫޠު ކިނާން ކައިރީ އިށީން އިރު ޔަލްވީ އާއި ސަކީނާ އިނީ ކުރިމަތީގައެވެ. ސަކީނާ ގޭގެ ގެންގުޅޭ ނޯކަރަކަށް ގޮވާލަމުން ޖޫސް ގެނައުމަށް ބުނެލުމާއެކު ލައްބަ މެޑަމް އޭ ބުނެލި އަޑުއިވިގެން ދިޔައެވެ. ކިނާންއަށް ޔަޤީންކުރެވުނީ އެގޭގެ ބޮޑުމީހަކީވެސް ސަކީނާކަމެވެ. ޔުމްނު ކޮބައިބާވައެވެ؟ ޔުމްނު ދުނިޔޭގައި ހުރިނަމަ ސަކީނާއަށް މެޑަމްގެ ލަގަބެއް ނުދިނީސް ކަންނޭގެއެވެ.
ސަކީނާ ލޫޝާގެ ދިރިއުޅުމުގެ ވާހަކަތައް ކިނާން ކައިރިން އޮޅުންފިލުވިއެވެ. ކިނާން އޭނާގެ މަންމަގެ ދިރިއުޅުމުގެ އުފާވެރިވާހަކަތައް މާމައާ ހިއްސާކުރަމުން ދިޔައެވެ. ލޫޝާ އުޅެމުންދަނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްކަން އެނގުމުން ސަކީނާ ވަރަށް ހިތްހަމަޖެހުނެވެ. އެއީ އަބަދުވެސް އޭނާ ކުރާ ދުޢާއެކެވެ. އޭނާގެ ދުޢާ އެވަނީ މާތްﷲ އިޖާބަކޮށްދެއްވާފައެވެ.
“..މާމަ ބައްޕަމެން ކޮބައިތޯ..” ކިނާންއަށް ނީދެވިގެން އަނެއްކާވެސް އަހައިލައިފިއެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ސަކީނާގެ މޫނުމަތި ބަނަވެގެންދިޔައެވެ.
“..ޔަލްވީ ދޭ ބަލަ ކޮޓަރިއަށް..” ސަކީނާ ޔަލްވީ ގައިގާ ކޮއްޓާލަމުން ބުނެލިއެވެ. “..ފެންވަރާލައިގެން ކާން އަންނަންދޭ..”
ސަކީނާ ކަންތައްކުރާނީ އެހެންކަން ޔަލްވީއަށް މާކުރިންވެސް އެނގެއެވެ. އޭނާ އެތަނުގައި އިންދައި ބައްޕަ އަދި މަންމަގެ ވާހަކައެއްވެސް ނުދައްކާނެކަން ޔަލްވީއަށް ވިސްނުނެވެ. އެއީ ސަކީނާ އަބަދުވެސް ކަންތައް ކުރާގޮތެވެ. ޔަލްވީގެ ކުރިމަތީގައި އޭނާގެ މައިންބަފައިންގެ އެއްވެސް ވާހަކައެއް ނުދައްކާނެއެވެ. ސުވާލެއް ކުރިނަމަވެސް ޖަވާބެއްވެސް ނުލިބޭނެއެވެ. ހަޤީޤަތުގައި ޔުމްނުއާއި ކައިލްއަށް ވީގޮތް ޔަލްވީއަށް އަންގާކަށް ސަކީނާ ބޭނުމެއް ނުވެއެވެ. މިވީހާ ދުވަހުވެސް އެމީހުންގެ ވާހަކަތައް ޔަލްވީއަށް ކިޔައި ނުދީވަނީ އެހެންވެއެވެ. ޔަލްވީ ތުންބޮޑުކޮށްލަމުން އަވަސްއަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތެވެ. އެވަގުތު ލޫޠުއަށްވެސް ފޯނެއް އައުމުން ބޭރަށް ނުކުމެގެން ދިޔައީ އަންނާނެކަމަށް ބުނަމުންނެވެ.
“..ދަރިފުޅަށް އެނގޭތަ ދަރިފުޅު މަންމައާމެދު ބައްޕަ ކަންތައްކުރިގޮތް..” ކިނާން މަޑުމަޑުން ބޯ ޖަހައިލިއެވެ.
“..އަޅުގަނޑަށް ހުރިހާކަމެއްވެސް އިނގޭ.. މަންމަ ކިޔާދެއްވި..” ކިނާން ބުންޏެވެ. “..މިހާރު ބޭނުންވަނީ ބައްޕައާ ބައްދަލުކޮށްލަން.. ޔަލްވީގެ މަންމައާއި ބައްޕަ ކޮންތާކުތޯ އުޅެނީ..” ސަކީނާ ހިމޭނުން އިނެވެ.
“..ޔަލްވީގެ މަންމަ މިދުނިޔެއަކު ނެތް..” ސަކީނާ ހަށިފުރާ ނޭވާއެއްލަމުން ކުއްލިއަކަށް ބުނެލިއެވެ.
“..މަރުވީ..” ކިނާންއަށް ލިބުނު ހައިރާންކަމާއެކު އެހުނެވެ.
“..މަރުވީކީ ނޫން އަމިއްލައަށް މަރުވީ.. ޔަލްވީގެ އުމުރުން ތިން އަހަރުގަ މަރުވީ.. މިއަދު ބައްޕަވެސް..” ސަކީނާ އެހިސާބުން ވާހަކަ ހުއްޓައިލިއިރު ކިނާންގެ ދެލޯވަނީ ތަންމިނަށް ހުޅުވިފައެވެ.
“..ބައްޕަވެސްތަ؟ ކީއްވެގެން؟..” ކިނާން ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަމާއެކު ސުވާލްކޮށްލެވުނެވެ. ބަދަލުހިފުމުގެ ރޫޙުގައި ރާއްޖެއައި ކިނާންގެ ހިތަށް ގޮތްތަކެއްވެގެން ހިގައްޖެއެވެ. ސަކީނާ ޖަވާބުދޭކަށް ނޫޅުނެވެ. ހިމޭނުން އިންއިރު ތުންފަތުގައި މަޑުމަޑު ތުރުތުރުލުމެއް ހުއްޓެވެ. އޭނާ އެއިނީ ކައިލްއަށް ވީގޮތް ބުނެދިނުމަށް ހިތްއެދުން ނަމަވެސް ދޫ ހަރަކާތްކޮށްލާނެ ހިތްވަރު ނެތިފައެވެ. ކިނާން ތެދުވެގެންގޮސް ސަކީނާގެ ގައިގައި ހިފަހައްޓާލީ އެހަށިގަނޑުގެ ތުރުތުރުލުން ގަދަވާންފެށުމުންނެވެ.
“..ބައްޕަ ދުނިޔޭގަ އެބައިން.. ނަމަވެސް ބައްޕައަކީ ހުއްޓަސް ހަމަ ނެތްމީހެއް..” ސަކީނާ ވަރަށް މަސައްކަތުން އަޑު ބޭރުކޮށްލިއިރު ދެލޮލަށްވަނީ ކަރުނަ ޖަމާވާން ފަށައިފައެވެ. ސަކީނާގެ އަމަލުތައް ހުރިގޮތުން ކައިލް އުޅެމުންދަނީ އުފާވެރި ދިރިއުޅުމެއްނޫންކަން ކިނާންއަށް ޔަޤީންކުރެވުނެވެ. ހާސްވެފައި އިން ކިނާންއަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. ކައިލްއަށް ވީގޮތް އޮޅުންފިލުވައި ދިނުމަކީ ސަކީނާއަށް ކުރަން އެހާ ފަސޭހަކަމެއް ނޫންކަން ކިނާންއަށް ވިސްނިއްޖެއެވެ. އެހެންކަމުން ސަކީނާ ގަޔާ ކައިރިކޮށްލައިގެން ހިމޭނުން އިނީ އިތުރަށް އެއްޗެއް ބުނެލާނެކަމުގެ އުންމީދާވެސް އެކުއެވެ.
“..ބައްޕައަށް ވަނީ އެއިޑްސް ޖެހިފަ..” ސަކީނާގެ ބަޑި ފަޅައިގެންގޮސް ރޮއެގަތްއިރު ކިނާންގެ ހަށިގަނޑަށްވެސް ވަރުގަދަ ލޮޅުމެއް އަރައިގެން ދިޔައެވެ. މީހަކު ބާރުގަދަ އެތިފަހަރެއް ބޮލުގައި ވިހެލިކަހަލައެވެ.
“..މާ..މާ.. ކި ކި ކީ..” ކިނާން އަރުތެރެއިން އަޑު ބޭރުވާވަރެއް ނުވިއެވެ. ސަކީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މުޅިމީހާ ތުރުތުރުއަޅަމުން ދިޔައެވެ.
“..އާނ.. ދަރިފުޅާ..” ސަކީނާ ގިސްލަމުން ބުނެލިއެވެ. “..މިއަދު ބައްޕައަކީ ދެދުވަހެއްގެ މެހެމާނެއް.. ބައްޕައަށް ވަނީ އެއިޑްސްޖެހިފަ.. ބައްޕަގެ ފުށުން ޔުމްނުއަށްވެސް ބަލިޖެހުނީ.. އެކަމުގެ ހިތާމައިގަ މޮޔަގޮވަމުން ގޮސް އެމަންޖެ ޓެރަސް މަތިން ފުންމާލީ..”
ސަކީނާގެ ރުއިމުގެ އަޑު ގަދަވެގެންދިޔަ ހިނދު ދެއަތުން އަނގަމަތީ އަތް އަޅާ ބާރުކޮށްލައިފިއެވެ. އޭނާ ރޯކަށް ބޭނުމެއް ނޫނެވެ. އަދިވެސް ބޭނުންވަނީ ކެތްކުރާށެވެ. އޭނާވަނީ ވޭތުވެދިޔަ 12 އަހަރުގައި އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްކޮށްފައެވެ. އެވާހަކަތަކުން ކިނާންގެ ލޮލުންވެސް ކަރުނަ ހިލުވާލައިފިއެވެ. ކިނާންގެ ހިތުގައި ބައްޕައާމެދު އޮތް ނަފުރަތުގެ އަލިފާން ގަނޑު ނިވެންފަށައިފިއެވެ. ސަކީނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކިނާން ފޮހެލަދިނީ ނުރުއިމަށް އެދެމުންނެވެ. ނަމަވެސް ސަކީނާއަކަށް ހުއްޓައެއް ނުލެވުނެވެ. ކިނާންގެ ގައިގާ ބައްދާލަމުން އަނެއްކާވެސް ރޮއެގެންފިއެވެ.
އުފަންދަރިއަކަށް އެހާލު ޖެހުމުން މައިމީހާއަށް ކެތްވާނީ ކިހިނަކުންހެއްޔެވެ؟ މިހުރިހާ ދުވަހުވެސް ހަށިގަނޑުގައި ނެތް ހިތްވަރު ނެރެގެން އުޅެމުން އައީ ހަމައެކަނި ޔަލްވީއަށްޓަކައެވެ.
އެދުވަހު ސަކީނާއަށް ހިތްވަރު ދިނުމަށްޓަކައި ހުރީ އޭނާގެ ފިރިމީހާ ލަބީބު އެކަންޏެވެ. އެއިޑްސް ބަލިޖެހުމާއި ޔުމްނުގެ މަރުގެ ސަބަބުން ކައިލް ދިރިއުޅުން މަތިން ފޫހިވެގެންދިޔައެވެ. ވިޔަފާރިކަންތައްވެސް ކުރަމުން އައީ ލަބީބުއެވެ. ނަމަވެސް ކުއްލިގޮތަކަށް ލަބީބު މިދުނިޔެއާ ވަކިވެގެން ދިޔަދިޔުން ވެގެންދިޔައީ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުން ކަހަލަކަމަކަށެވެ. ހިތާމައިގެ މައްޗަށް ހިތާމަތައް އޮހެމުންދިޔައެވެ. އެހެނަސް ސަކީނާ ހިތްވަރުކުރިއެވެ. ވިޔަފާރި ބަނގުރޫޓްވެގެން ދިޔުމުގެ ކުރިން ކައިލް ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވިއެވެ. ޔަލްވީގެ މުސްތަޤުބަލަށްޓަކައި ކައިލް މަސައްކަތްކުރަންޖެހޭކަމަށް ވިސްނާދިނެވެ. ސަކީނާގެ މިންނެތް މަސައްކަތުން ކައިލް ވިޔަފާރިކަންތަކާ ޙަވާލްވީ މައިމީހާއާއި ޔަލްވީގެ މުސްތަޤުބަލަށްޓަކައެވެ. އަދި ހުޅުމާލޭގައި ގެޔެއް ބިނާކޮށް މާލޭގައި ހުރި 02 އިމާރާތް ކުއްޔަށް ދިނުމަށްފަހުގައި ހުޅުމާލެއަށް ބަދަލުވީއެވެ. އޭގެފަހުން ވިޔަފާރި ބަނގުރޫޓްވެގެންދިޔައީ ކައިލްގެ ބަލިބޮޑުވެ މަސައްކަތުގައި އުޅެން އުނދަގޫވާން ފެށުމުންނެވެ. މިއަދު އެމީހުން ދިރިއުޅެމުން އެދަނީ ކުލީގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. އިތުރު އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ޔުމްނުގެ ކޮއްކޮ ޔަމާން އެހީތެރިވެދެއެވެ.
“..ބައްޕަ ކޮބައިތޯ..” ކިނާންގެ އަޑުގައިވެސްވަނީ ރިހުންއެކުލެވިފައެވެ.
“..އާދޭ ދަރިފުޅާ..” ސަކީނާ ކިނާންގެ އަތުގައި ހިފާލަމުން ކޮޅަށް ނެގިއިރުވެސް އެހަށިގަނޑުގައި ތުރުތުރުލުން ހުއްޓެވެ. ކިނާން ސަކީނާގެ ގައިގައި ބާރަށް ހިފަހައްޓާލަމުން ކޮންތާކަށްތޯ ސުވާލްކޮށްލިއެވެ.
“..ބައްޕަ ކައިރިއަށް..” ސަކީނާ ކުރަކިވެފައިވާ އަޑުން ޖަވާބުދިނެވެ. ކިނާން އިތުރު ސުވާލެއް ކުރުމެއްނެތި ފަހަތުން ހިނގައިގަތެވެ.
ސިޓިންގ ރޫމްގައި ހުރި ބޮޑު ތަނބާ ނިވާވެގެން ޔަލްވީ އިނީ އުޑުފައިން އިށީނދެލައިގެން ތެދުންފަތް ފިއްތާ ބާރުކޮށްލައިގެންނެވެ. އޭނާގެ ލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވަމުންދިޔައީ ދެންމެ މާމަދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. މިހުރިހާ ދުވަހު އޭނާ ހީކުރީ މަންމަ ދުނިޔޭގައި ހުރިކަމަށެވެ. ކޮންމެވެސް ދުވަހަކުން މަންމައާ ބައްދަލުވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި ޔަލްވީ ވަނީ ބޮޑުވެގެން މަންމައާއި ބައްޕަ ހޯދުމަށްވަނީ އަޒުމް ކަނޑައަޅައިފައެވެ. ނަމަވެސް މިއަދު މަންމަ ދުވަހަކުވެސް ނުފެންނާނެކަން އެނގުމުން އެކުޑަކުޑަ ހިތް ވަނީ ފޮތިފޮތިވެފައެވެ. އެކަމުގެ އަސަރުތައް އެހިތުގެ އެންމެ ފުންމިނަށްވަނީ ފޯރާފައެވެ.
ޔަލްވީ އެއްފަރާތަކަށް ޖެހިލައި ސަކީނާމެންދާ ދިމާއެއް ބަލާލިއެވެ. ކަރުނަތައް ގިނަވެގެންގޮސް ފުސްވެފައިވާ ލޮލަށް ސިޑިން އަރަމުންދިޔަ ސަކީނާ ފެނުނެވެ. އޭނާގެ ޔުނީފޯމްގެ ފަސްބައިން ކަރުނަތައް ފޮހެލިއެވެ. އަދި ކޮއްޅަށް ތެދުވެލަމުން ނޯއް ދަމާލިއެވެ. މަންމަ ފެނުމުގެ ނަސީބު ނުލިބުނަސް ބައްޕައާ ބައްދަލުކުރުމުގެ އަޒުމާއެކު ހިނގައިގަތެވެ.
ސަކީނާ ކިނާން އަތުގައި ހިފާލައިގެންހުރެ ސިޑިން އަރައިގެން ދިޔައީ ގޭގެ އެއްކޮޅެއްގައި ހުރި ކޮޓަރިއަކާ ދިމާއަށެވެ. ބައްޕަ އޮންނެވީ އެ ކޮޓަރީގަބާއޭ ޔަލްވީގެ ހިތަށް އެރިއެވެ. ޔަލްވީގެ ކޮޓަރިއާ ދުރުހިސާބެއްގައި ހުންނަ އެކޮޓަރިއަކީ މީގެ ހަތަރުމަހެއްހާ ދުވަސްކުރިން ޔަލްވީ ދިޔުން މަނާކޮށްފައި އޮންނަ ކޮޓަރިއެކެވެ. އަދި ސަކީނާ ހުންނަނީ އެހިސާބަށް އޮޅިގެންވެސް ދެވިދާނެތީ ޗެންޗޭނު ޖަހައި ބަންދުކޮށްފައެވެ. އެހެންކަމުން ޔަލްވީވެސް އެހިސާބަށް ގޮހެއް ނޫޅެއެވެ.
ސަކީނާ ދޮރުގައި ޓަކި ޖަހާލުމާއެކު އަންހެން ކުއްޖަކު ދޮރު ހުޅުވާލިއެވެ. އެއަންހެން ކުއްޖާ ހިނިތުންވެލަމުން އެއް ފަރާތަކަށް ޖެހިލިއެވެ. ސަކީނާއާއި ކިނާން އެތެރެއަށް ވަނެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. ސޯފާއަކާއި މޭޒެއްގެ އިތުރުން އެއްވެސް އެއްޗެއް އެތާކު ނުވެއެވެ.
“..ބައްޕަ އޮންނާނީ އެކޮޓަރީގައި..” ސަކީނާ އިނގިލިން އިޝާރާތްކޮށްލީ އެބޮޑު ކޮޓަރީގެ ތެރޭގައިވާ ދެދޮރުންކުރެ އެއްދޮރަށެވެ.
“..ބައްޕަ ކީއްވެގެން އެންމެނާ ވަކިން އެކަހެރިކޮށް..”
“..އެއީ ބައްޕަ ބޭނުންވިގޮތް..” ކިނާން ބުނަން އުޅުން އެއްޗެއް ފުރިހަމަ ނުވަނީސް ސަކީނާ ބުނެލިއެވެ.
މީގެ ހަތަރު އަހަރެއްހާ ދުވަސްކުރިން ކައިލް ރާއްޖެއިން ބޭރަށް ދިޔައީ ބަލި ބޮޑުވާންފެށުމުން އިތުރު ފަރުވާއެއް ލިބޭތޯއެވެ. މުޅިން ރަނގަޅު ނުކުރެވުނު ކަމުގައިވިޔަސް ހަށިގަނޑަށް ލުޔެއްލިބޭތޯ ފަރުވާކުރުމުގައި އަހަރުތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރިއެވެ. ނަމަވެސް ކައިލްގެ ބަލި ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ހަށިގަނޑު ދިޔައީ ހިކިވެ އަނަރޫފަ ވަމުންނެވެ. އެހެންކަމުން މީގެ ހަތަރު މަހެއްހާ ދުވަސްކުރިން ރާއްޖެއަށް އެނބުރި އައީ އުފަން ފަސްގަނޑުގައި ފަހުދުވަސްތައް ހޭދަކުރާށެވެ. ކައިލް ބޭނުންވީ ޔަލްވީގެ ލޯމަތިން ގެއްލިގެން އެކަހެރިވެގެން އުޅޭށެވެ. އޭނާގެ އެހިތްދަތި ދިރިއުޅުމުގެ ކަންތައް ސިއްރުކުރާށެވެ.
“..ދަރިފުޅު ދޭ.. މާމަމެން އަންނާނަން ބައްޕައަށް ކާންހިފައިގެން..” ސަކީނާ އެތާހުރި އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ކިނާން ފުންނޭވާއެއް ފަޒާގެ ތެރެއަށްދޫކޮށްލަމުން ދޮރާ ދިމާއަށް ހިނގައިގަތެވެ. މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ފުރަތަމަވެސް ކިނާންގެ ލޮލުގައި އަޅައިގަތީ އެނދުގައި ލޯ މަރާލައިގެން އޮތް ފިރިހެންމީހާއެވެ. އެއީ ކައިލްއެވެ. ކިނާން މަޑުމަޑުން އެނދާ ކައިރިވެލިއެވެ. ކައިލް ހިކިވެ އަނަރޫފަވެގެން ގޮސް ކާޑުބަލިޖެހިފައިވާ މީހެކޭ އެއްގޮތެވެ. އޭނާގެ ބޮލުގައިވެސް އެންމެ އިސްތައްޓެއްވެސް ނެތެވެ. އެނދުގެ ކައިރީގައި ކޮންމެވެސް ވަރަކަށް މެހިތައް އުޅުނެވެ. އެހަށިގަނޑުގައި ފަސޭހަނުވާ އެތަކެއް ފާރުގަނޑުތަކެއް ހުއްޓެވެ. ތުންފަތްވެސް ހިކިގެންގޮސް ފަޅަފަޅައިގެންގޮސްފައިވާއިރު އެއްވެސް ކަހަލަ ދިރުމެއް ފެންނާކަށް ނެތެވެ. މޫނުމަތިންވެސް ދިރުމެއް ނެތެވެ. ކައިލް އިރުއިރުކޮޅާ ކެއްސާލައެވެ. ވޭނީ އަޑު މެދު ކެނޑުމެއްނެތި އިވެމުންދިޔައެވެ. ކައިލްގެ ހަށިގަނޑުގައި ފުރާނަ ހުއްޓެއް ކަމަކު އެއީ މަރުވެ މަސްތައް ވީރާނާވެގެން ގޮސްފައިވާ ކަށިގަނޑެކެވެ. ކިނާންއަށް ސިފަވީ އެގޮތަށެވެ.
ކައިލްގެ ހަށިގަނޑަށް ބަލަހައްޓައިގެން ކިނާންއަށް ހުރެވުނުއިރު ކުލުނާއި އޯގާތެރިކަމުން ހިތް ފުރެންފެށިއެވެ. ބައްޕަގެ ހާލަށް ހަމްދަރުދީވެވެން ފެށުނެވެ. ބަދަލު ހިފުމުގެ ރޫޙްގައި ރާއްޖެ އާދެވުނީތީ އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. އޭނާ ރާއްޖެއައީ ފަހަރެއްގައިވެސް އެފަދަ މަންޒަރެއް ދުށުމުގެ ނިޔަތަކު ނޫނެވެ. އޭނާއަށް ކައިލްދަނީ މަރާ ހަނގުރާމަ ކުރަމުންކަން ކުރިން އެނގުންނަމަ ބަދަލު ހިފުމުގެ ރޫހުގައި ރާއްޖެ އައުމަށް ޚިޔާލުވެސް ނުކުރާނެއެވެ. ކިނާންގެ ހިތުގައި ކަފުންކޮށްފައިވާ ލޯބި ދިރިގެން ކަފުނުން އެރިއެވެ. ލޯބިން އެހިތް ފުރުނެވެ. އެޔާއެކު އެއްވެސް އިޙްތިޔާރަކާނުލާ އޭނާގެ ލޮލަށް ކަރުނަ ޖަމާވާންފަށައިފިއެވެ. ކިނާން ތިރިވެލަމުން ކައިލްގެ މަގަތުގައި އޮތް ފޮޓޯ ލޯގަނޑު ނެގިއެވެ. މަޑުމަޑުން ބަލާލުމާއެކު ކިނާންގެ ލޮލުތެރެއަށް ފުނިޖެހިފައިވާ ކަރުނަތައް ބަންޑުންވެއްޖެއެވެ. އެއީ ކިނާން ކުޑައިރުގެ ފޮޓޯ ގަނޑެކެވެ. ކައިލް އެހާލުގައި އޮވެގެންވެސް ހަނދާންކުރަމުން އެދަނީ ކިނާން މަތިންކަން އެނގުމުން ކިނާންގެ ހިތުގައިވި ހުރިހާ ރުޅިވެރިކަމެއް ފިލާ ހިނގައްޖެއެވެ.
“..ބައްޕާ..” ކިނާންގެ ތުރުތުރުލަމުންދިޔަ އަޑުން ގޮވާލުމާއެކު ކައިލް މަޑުމަޑުން ލޯ ހުޅުވާލިއެވެ. ފުރަތަމަ ފެނިލުމުންވެސް ކައިލްއަށް ކިނާން އެނގިއްޖެއެވެ. ވީ އުފަލަކުން ހިނިތުންވާން މަސައްކަތްކުރިއެވެ. އެނދުން ތެދުވެލަން އުޅުންހެންވެސް ހީވިއެވެ. ނަމަވެސް މިއަދު އެއިން އެއްވެސް ކަމެއް ކުރުމުގެ ބާރެއްލިބިފައެއް ނެތެވެ. ދަރިފުޅު ގައިގާ ބައްދާލުމަށް ހިތް އެދުން ނަމަވެސް އެކަންތައް ކުރާނެ ހިތްވަރެއް ހަށިގަނޑަކު ނެތެވެ. ކައިލް ވީ އުފަލާ އެއްވަރަށް ހިތުގައިޖެހި ދެރަވެސް ވެއްޖެއެވެ. އެޔާއެކު ލޮލުގެ ހިމަކޮޅުން ކަރުނައިގެ ކޯރެއް ފައިބައިގަތެވެ.
“..ދަ..ރި ފު ޅާ..” ކައިލް ވަރަށް މަސައްކަތުން ކިނާންއަށް ގޮވާލިއެވެ.
ކިނާން ކައިލްގެ މަގަތުގައި އިށީނެވެ. އަދި އެދެއަތުގައި ހިފާލުމާއެކު ކައިލް ލޯ މަރާލީ ހިތަށް ލިބުނު ފިނިކަމާ އެއްވަރަށް ރިހުންވެސް ގަދަވެގެން ދިޔުމުންނެވެ.
“..ބައްޕައަށް މާފުކުރޭ..” ކައިލް އަވަސް އަވަހަށް ނޭވާލަމުން އުނދަގޫ ގޮތަކަށް ބުނެލިއެވެ. “..ބައްޕައަށް އޭރު ނުވިސްނުނީ.. ދަރިފުޅާ މާފުކުރޭ.. މާފުކުރޭ.. “
“..ބައްޕާ ވާހަކަ ނުދައްކަވާ..” ކިނާން ތެދުންފަތް ފިއްތާ ބާރުކޮށްލަމުން ބުނެލިއެވެ. “..މާޒީގެ ވާހަކަ ނުދައްކަވާ.. އަޅުގަނޑު ހިތަކު ބުރަކަމެއް ނެތް..”
“..ބައްޕަ ވާހަކަ ދެއްކިޔަދީ.. ބައްޕަ ބައިވަރު ވާހަކަ ދައްކަން ބޭނުން..” ކައިލް އަނގަ ބޮޑަށް ހުޅުވާލަމުން ވާހަކަ ދައްކަންފެށިއެވެ. “..ބައްޕަގެ އުޅުން ވިޔާނުދާ ކަމުން މިހެންވީ.. ބައްޕައަށް މާތްﷲ ނަހީކުރެއްވި ކަންތަކަށް އަރައިގަނެވުނީ.. މަންމައަށް ދެރަދިނީމަ ވީގޮތް މީ.. ބައްޕައަށް ނުވިސްނުނީ.. ނުވިސްނުނީ.. ދަރިފުޅާ ބައްޕައަށް މާފުކުރޭ..”
“..ބައްޕާ ހެޔޮނުވާނެ.. ސްޓޮޕް އިޓް..” ކައިލްގެ ވާހަކަތަކުން ކިނާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބާން ފަށައިފިއެވެ. އޭނާ އެންމެ ބޮޑަށް ދެރަވީ ކައިލް ވާހަކަ ދެއްކުމަށް އުޅޭގޮތް ފެނުމުންނެވެ. އެއަޑުގައި ވޭނާއި ރިހުން އެކުލެވިފައިވަނީ އިންތިހާއަށެވެ.
“..ދަރިފުޅާ ބުނަން..މި ދުނިޔެއަކީ ވަގުތީ ތަނެއް..” ކައިލް އަނެއްކާވެސް ފުންނޭވާތައްލަމުން ވާހަކަ ދައްކަން ފެށިއެވެ. “..ބައްޕަ މިދޭ ނަސޭޙަތް ކަނުލާ އަޑުއަހާ.. މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައި ނުގަންނާތި.. އެކަންތަކުން ވަގުތީ އަރާމާ ފައިދާތައް ލިބުނަސް ފަހުން ލިބޭ ވޭން ބޮޑުވާނެ.. ބައްޕައަށް މިވީ އެހެން.. ބައްޕަ މިއަދު ލަދެއް ނުގަނޭ މިވާހަކަ ދައްކާކަށް.. ބައްޕަ ޒުވާންދުވަސްވަރު އައީ ފާފަތައް ކުރަމުން.. ރާއްޖެއިން ބޭރަށް އެތަކެއް ވިޔަފާރި ދަތުރުތަކެއް ކުރެވުނު.. އެތަކެއް އަންހެނުންނެއް އެނދު ފަޅުފިލުވައިދިން.. އެކަމުގެ ނަތީޖާ މީ.. ބައްޕައަށް ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ.. ހަޔާތް ބަރުބާދު ވެއްޖެ.. ދަރިފުޅާ ނަމަނަމަ ބައްޕަ ކަހަލަ މީހަކަށް ދަރިފުޅު ނުވާތި.. ދަރިފުޅު ވާންޖެހޭނީ މަންމަ ކަހަލަ އަޅުވެރިއަކަށް.. މަންމަ ކަހަލަ މީހަކަށް..”
ކިނާންގެ ގިސްލުމުގެ އަޑު ގަދަވެގެންދިޔައެވެ. ކައިލްގެ އަނގައިން ބޭރުވާ ކޮންމެ ބަހެއް އެހިތަށް ހެރެމުން ދިޔައީ ތޫނު ހަންޖަރެއް ހެންނެވެ. އެހިތް ޒަހަމްވަމުން ފިސްފިސްވަމުން ދިޔައިރު އެވޭނުގެ ސަބަބުން ލޮލުން އެތަކެއް ކަރުނަތިކިތަކެއް ފައިބަމުން ދިޔައެވެ. ކޮޓަރި ތެރޭގައި ގުގުމަމުންދިޔަ ކިނާންގެ ރުއިމުގެ އަޑާއި ކައިލްގެ ނޭވާލުމުގެ އަޑުގެ ތެރެއަށް އިތުރު ގިސްލުމެއް އެއްވެގެންދިޔައެވެ. ކައިލްގެ ވާހަކަތައް އަޑު އެހުމަށްޓަކައި ދޮރުމަތީގައި ހުރި ޔަލްވީއަށް ކޮށްފައިވާ އަސަރުވެސް ވަކި ކުޑައެއް ނޫނެވެ. ކައިލް އަތްދިއްކޮށްލުމާއެކު ޔަލްވީ ދުވެފައި އައިސް އެނދުބުޑަށް ޖެހިގަތީ ގިސްލަމުންނެވެ. ކައިލްގެ އަތުގައި ހިފާލައިގެން ތިބެ އެތައްއިރެއް ވަންދެން އެދެބެން ރުޔެވެ.
“..ދަރިފުޅުމެންނޭ ނުރޮއެ ހުއްޓާލާ..” ކައިލްގެ ވޭނީ އަޑުއިވުމާއެކު ކިނާންއާއި ޔަލްވީ އިސްއުފުލާލަމުން ބަލާލިއެވެ. އަދި ދެބެއިން އެއްފަހަރާ ކަހަލަގޮތަކަށް ދެކޮޅަށް ބޯ ހޫރުވާލިއެވެ. “..ދަރިފުޅާ ކިނާން.. ބައްޕައަށް ކަމެއްކޮށްދީ..”
“..ކޮންކަމެއްތޯ؟.. ބުނުއްވާ..” ކިނާން ކައިލްގެއަތުގައި ބާރަށް ހިފާލަމުން އަވަހަށް އަހައިލިއެވެ. މިއަދު ބައްޕަ ބުނާ ކޮންމެ ކަމެއްވެސް ހެޔޮހިތުން ކޮށްދޭނަމެވެ.
“..ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅު ފެނުމުގެ ނަސީބު ލިބުމުން.. ބައްޕަގެ އެންމެ ފަހުއެދުން ފުރިހަމަ ވެއްޖެ.. ދެން ބޭނުންވަނީ މަންމަގެ މާފު ބައްޕައަށް..” ކިނާން ކައިލްގެ އަނގަމަތީ އަތް އަޅަމުން މަންމަގެ ހިތް ބައްޕަގެ މައްޗަށް ސާފުކަމަށް ބުނެލިއެވެ. އެޔާއެކު ކައިލް އަވަސް އަވަހަށް ފުލުފުލުން ނޭވާތަކެއް ލާންފެށިއެވެ. ކިނާން ހާސްވެގެން ކައިލްގެ މޭގައި ފިރުމަން ފެށިއިރު ޔަލްވީ އިނީ ބޮލުގައި ހިފަހައްޓައިލައިގެންނެވެ. އެވަގުތު ކައިލް ބާރަށް ކެއްސާގަތުމާއެކު އަނގައިން ލޭތަކެއް ބުރައިގެންދިޔައެވެ. އެއްމިޔަކަނުން ލޭތައް ފައިބަންފެށުމާއެކު ކިނާންއަށް މާމައަށް ބާރަކަށް ގޮވާލެވިއްޖެއެވެ.
“..ޔަ ލް ލް ވީ އާ މާ.. މާ.. މާ.. ބަލާ.. ދޭ … ތި..” ނޭވާތައް ފުލުފުލުން ލަމުންގޮސް ކައިލްގެ އެންމެ ފަހުނޭވާ ލުމަށްފަހު މިދުނިޔެއާއި އަލްވަދާޢު ކިޔާފިއެވެ.
-އިންނާލިﷲ ވައިންނާ ޢިލައިހި ރާޖިޢޫން-
ކިނާންއަށް ހަޅޭލަވައި ގަނެވުނުއިރު ޔަލްވީ އަޑުގެ ނެތްތަނަށް ރޯންފަށައިފިއެވެ. އެޔާއެކު ފަހަތުން ތަށިތަކެއް ތަޅައިގެންދިޔަ އަޑުވެސް އެކުވެގެން ހިނގައްޖެއެވެ.
**********
ލޫޝާ އިނީ އެނދުމަތީގައި އިށީނދެލައިގެންނެވެ. މިއަދު ކިނާން މާލެ ދިޔައިންސުރު އޭނާ އިންނަނީ ނުތަނަވަސްވެފައެވެ. ކޮންމެވެސް ކަމެއްވާން އުޅޭކަމުގެ ވަސްވާސް އެހިތުގައި ވަނީ އުފެދިފައެވެ. އެހެންއިންދާ ކިނާން ގުޅާލައިފައި ދިން ހަބަރަކުން މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ކިނާން ގިސްލަމުން ރޮމުން ކައިލްގެ ވާހަކަތައް ކިޔާދިންއިރު ލޫޝާގެ ލޮލުންވަނީ ކަރުނަ ހިލިފައެވެ. ތުންފަތުގައި މަޑުމަޑު ތުރުތުރުލުމެއްވެސް އުފެދިގެންދިޔައެވެ. ކައިލްއަށް ހެޔޮ ރަހުމަތްލެއްވުމަށް ލޫޝާ ދުޢާކުރިއެވެ. މިއަދު އޭނާގެ ހިތުގައި ކައިލްގެ މައްޗަށް އެއްވެސް ބުރަކަމެއް ނެތެވެ.
“..ދަރިފުޅު ބައްޕަގެ ޖަނާޒާގެ ކަންތައް ނިންމުމަށްފަހު މާމައާ ކޮއްކޮ ގޮވައިގެން މިކޮޅަށް އާދޭ.. ހިތްވަރުކުރާތި..” ލޫޝާ ކިނާންއަށް ހިތްވަރު ކުރުމަށް ބުނަމުން ފޯން ބޭއްވިއެވެ.
ލޫޝާގެ ލޮލުތެރޭގައިވާ ކަރުނަތައް ހިންދާލަމުން މަޑު ހިނގުމެއްގައި ގޮސް އަލަމާރީގައި އޮތް ޑައިރީ ނެގިއެވެ. އަދި ގަލަމެއް ހިފައިގެންގޮސް މޭޒު ކައިރީ އިށީނެވެ.
……………………………………………………………
އަހަރެން މެލޭޝިޔާއަށް ދިރިއުޅުން ބަދަލްކުރިތާ އެއްމަސްފަހުން ނީލްއާ ކާވެނިކުރީމެވެ. އޭރު ޔުމްނުއާއި ކައިލްގެ ކާވެނިވެސް ވަނީ ކުރެވިފައެވެ. ނީލްގެ އަޅާލުމާއި އޯގާތެރި ކަމުގެ ސަބަބުން އަހަރެންގެ މާޒީ މަޑުމަޑުން ފޮހެވެމުންދިޔައެވެ. އަހަރެންގެ ހިތުން ކައިލްގެ ނަން ފޮހެވިގެންދިޔައިރު މަޑުމަޑުން ނީލްގެ ނަން ލިޔެވެމުން އަޔެވެ. އެޔާއެކު ހަޔާތުގެ އުވާފެރި ދުވަސްތައް ގުނަން ފެށުނެވެ. އަހަރެންގެ ހަޔާތް އާރާސްތުވަމުން އައިސް ލޯބީގެ ނިޝާނެއްވެސް މިދުނިޔެއަށް އުފަންވެގެންދިޔައެވެ. އޭރު އެހެންބަޔެއްގެ ދިރިއުޅުން ބަރުބާދުވެގެންދާކަމެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެންނަށް އެކަން އެނގުނީ އެތަކެއް އަހަރުތަކެއް ފަހުންނެވެ.
ކައިލްއަކީ ބޭރު ޤަޢުމުތަކަށް އެތަކެއް ވިޔަފާރި ދަތުރުތަކެއް ކުރިމީހެކެވެ. ހަމަ އެފަދައިން އޭނާއަކީ އެއިން ކޮންމެ ދަތުރެއްގައި އޭނާގެ އެނދު ފަޅުފިލުވައިދިނުމަށްޓަކައި އެތަކެއް އަންހުންނަށް ދަޢުވަތުދިން މީހެކެވެ. މާތްﷲ ނަހީކުރެއްވި ފާފަތައް ކުރަމުންއައި މީހެކެވެ. އެއްވެސް ބިރެއް ޖެހިލުމެއްނެތި ކުރަމުން އައި ފާފަތަކުގެ ނަތީޖާއަކަށްވީ ކައިލް އެޗްއައިވީއަށް ޕޮޒިޓިވްވެ އެއިޑްސް ބަލީގެ ޝިކާރައަކަށްވުމެވެ. ކައިލްއަށް ހުރިހާކަމެއް އެނގި ވިސްނުނުއިރުވަނީ ވަގުތު ފާއިތުވެގެން ގޮސްފައެވެ. އޭނާގެ އަންހެނުން ޔުމްނުވެސް އެބަލީގެ ޝިކާރައަކަށްވެ ކުފުރު މަރަކުން މަރުވެގެންދިޔައީ އެމީހުންގެ ކުޑަދަރިފުޅާމެދުވެސް ވިސްނާލުމެއްނެތިއެވެ. އެހިސާބުން ކައިލްގެ ހަޔާތް ބަރުބާދުވެގެން ދިޔައީއެވެ. ވިސްނާކޮންމެ މީހަކަށްވެސް އެދިރިއުޅުމުން ޢިބުރަތެއް ލިބިގެންދާނެއެވެ. މިއަދު އެއްވެސް ބިރެއްނެތި ފާފަކުރަމުންދާ ފަރާތްތަކަށް ރަނގަޅު ފިލާވަޅަކަށް ވާނެކަން ކަށަވަރެވެ.
…………………………………………………………….
ލޫޝާކޮށްޅަށް ތެދުވަމުން ޑައިރީ މެޔާލާ ބޮނޑިކޮށްލިއެވެ. އަދި މަޑުމަޑުން ހިނގާލައިފައިގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. އެވަގުތު ނީލް ފަހަތުން އައިސް ބައްދާލަމުން ލޫޝާ ކޮލުގައި ކިސްކޮށްލިއެވެ. ލޫޝާ ހިނިތުންވެލީ ނީލް ކަހަލަ ހެޔޮލަފާޞާލިޙް ފިރިއެއް ލިބުނުކަމަށްޓަކައި ޝުކުރުވެރިވަމުންނެވެ. (ނިމުނީ)
30 Comments!
Comments are closed.





މިވާހަކަ ފޫހިކަމެއްނެތި ކިޔުއްވި އެންމެހާ ކިޔުންތެރިންނަށް ޝުކުރުދަންނަވަން. އަދި ވަކިން ހާއްސަކޮށް ވާހަކައިން ރަނގަޅު ކުރަންޖެހޭ ކަންތައް ފާހަގަކޮށްލަދިން ކުދިންނަށާއި ކޮމެންޓްކުރެއްވި އެންމެހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަންވަން. ޝުކުރިއްޔާ..
Thankyou! This story is v beautiful …
thank you uhal…
thank u nishan……omg so beautiful story
thank you strawberry 🙂
AWww.. wc ,v v v dheravejje mibai kiyaafa …faafathaka araaiganna meehunna kommeves eh dhuvahakun ladulibene dhww ..v iburaitheri vaahakaeh…any ways nishaan kihinetha mihaaru…. nishaan ge ehn vaahakayaka inthizaaru kuran……. 🙂 tc
yeah kuramun dhaa faafa thakuge saza midhuniye mathyga vs libey faharu aadhey! nishan iraadha kurehveethi rangalhu mihaaru! dhuru noon musthaq balehga new story eh vs fenun ekashy gen vey! thank yu lin
Owwww v v reethiii… mi story ge nimun ves v v reethii… dhn kn irakun nishan ge ehn vaahaka eh up kohdheyni…… ummeedhu kuran v avahah aa vaahaka eh genes dheyne kamah….
thank yu ummi!! iraadha kurehviyya avas musthaq baleh ga new story ehvs fennane..
Wow nishan,, its grt
Dhen nishan ge story eh kiyaaleweyny kon dhuwahakun
Adhi vx nishan ge hama mihaa nice story eh v awahah fennaane kamah ummydhu kuran,, adhi inthizaaru kuran
Will really mis u nishan
iraadha kureviyya adhives story thah kiyaalan libeyne.. nishan vs thikudhin varah mis vaane .. thank yu faai..
varah reethi vahakaeh….foohikamehnethi kiyaalevunu vahakaeh mee..adhives ithuru vahakathah kiyaalan libeynekamah ummedhukuran…
thank yu lin.. ithuru vaahaka thah vs kiyaalan libeyne adhi in sha allah
i mean lily.. 🙂
Huva v salhi mivaahaka. U r my favourite author in dis site.. Nimun ves v salhi. Dhn story nukunnaane date eh bunedhybala. Pls..
Thank you Jenny 🙂 heevani September ga new story eh fenna varu vaane hen..
Masha allah v v v reethi story eh miy.. nishan ge story medhu nukedi genesdhin kamahttakaa v v bodah shukuriyys.. thi kuri hiyvvarah hama saabahaa ahsari bas.. hope to read a new story soon..
Medhu kendumeh Nethi genes midhevunii thikahala kiyuntheringe hiy varu libunii thi.. 🙂 Thank you bubbles and new story. Eh kiyaalan libeyne adhi in shaa Allah..
reethi 🙂 .. fahun adhi comment eh kohlaanan ingey nishan gandaa ….
Hehe thank you naj 🙂
Season 2 akahh inthizaarukuran…..Varahh salhi… Superb story
Thank you hayyern 🙂
mashah allah…….mikahala salhivaahaka eh kiyan libeyny v madhu fahaaku ………………. vvv salhi……keep it up nishan……….
thank you yama 🙂
V reethi. 🙂
varah reethi and varah asaru gadha vaahaka eh . hama rangalhah rovijje…….
wowwww…im speechless.. nishan u r de best inge 😉 vvvv reethi mi story.. friend buni henn enme fahu vaguthu rovijje.. hopin to see another beuuutiful story lyk thiss <3 sooon..tc
My dad is also like that….bappa ah ves visneynama….vara reethi vaahaka eh
wow..thiss story is amazing.
mivaahaka kiyamun dhiya iru heevee e manzaruthah sifa vihen.
varah reethi vaahaka eh.
may god bless you and vaahaka liyumaigen kuriyah dhaathi.
you are a great story writer. 😀
Alhey mihaa rythi vaahakeh adhi nukiyan v rythi adhi v rangalhu iburatheh libeyne mi vaahaka in… Mikahala vaahaka gina ginaan kiyan libeyne nama..