Skip to content
އެސްފިޔަ

އެފާފަ (ދެވަނަ ބައި)

ކުރީގެ އަދަދާއި ގުޅޭ……

 “އަޑުއަހާ! އަހަރެންނަށް މިވާހަކަތައް ބުނާނެ ގޮތެއް ނޭންގިގެން މިއުޅެނީ، އެކަމު މިކިޔާދެނީ” އެޑަމް ވަރަށް ސީރިއަސް ކަމާއިއެކު ވާހަކަ ފެށިއެވެ. އާހިލްއާއި އައްމަޑޭ ވަރަށް ސީރިއަސް ވިއެވެ. އަދި އެޑަމް ކިޔަން އެއުޅޭ އެއްޗެއް ކަނުލާ އެހުމަށް އެކަކު އަނެކަކުގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލަމުން ހަމަ ހިމޭން ވެލިއެވެ.

“އަސްލު ވެގެން އުޅޭގޮތަކީ…” އެޑަމް އެހެން ބުނެފައި ފުންނޭވާއެއް ލަމުން އަނެއްކާވެސް މަޑުޖެހުނެވެ. އެ ވާހަކަ ހަމަ ބުނަންވީ ބާއޭ އެޑަމްގެ ހިތަށް އަރަމުން ދިޔައެވެ.

ދެވަނަ ބައި….

“އަސްލުވެގެން އުޅޭގޮތަކީ މިއީ!” އެޑަމް މަޑުޖެހިލުމަށްފަހު އަނެއްކާވެސް ކަންވެގެން އުޅޭގޮތް ބުނެދިނުމަށް މަސައްކަތް ކުރިއެވެ.

އެހެންނަމަވެސް އެޑަމްގެ މޫނުމަތިން ޖެހިލުންވުމާއި ލަދުގަތުމުގެ އަސަރު ފެނިގެން ދިޔައެވެ.

އާހިލްއާއި އައްމަޑޭ ބުނެފާނެ އެއްޗަކާއި އަދި އެޑަމް އާއިމެދު ދެކެފާނެ ގޮތަކާއިމެދު އަދިވެސް އެޑަމް ޖެހިލުން ވަނީއެވެ.

އާހިލްއާއި އައްމަޑޭ ބަހެއް ނުބުނެ އެޑަމް ބުނަން އުޅޭ އެއްޗެއް އަޑުއެހުމަށް ޝައުޤުވެރިކަމާއިއެކު ކެތްމަދުވެފައި އެޑަމް އާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.

އެޑަމް ހާސްކަން ފިލުވާލުމަށް އަނެއްކާވެސް ސައިގެ ކޯވަރެއް ބޯލުމަށްފަހު ވާހަކަ ފެށިއެވެ.

“އަސްލު އަހަރެން ބޭބެކީޔަސް އޭނާ އަކީ އަހަރެންގެ ބޭބެއެއް ނޫން” އެޑަމް އެއީ ކާކުކަން ބުނެދިނެވެ. އަދި ކަމުގެ އަސްލަށް ވީހާވެސް ކުރުކޮށް ދިއުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.

“ދެން އެއީ ކާކު؟” އެޑަމް އެހެން ބުނުމާއިއެކު އާހިލް ސުވާލު ކުރިއެވެ.

“އެއީ އަހަރެން މިހާރު މިހުންނަގޭ ވެރިމީހާ” އެޑަމް އެއީ ކާކުކަން ބުނެދިނެވެ.

“ދެން އޭނަ ކީއްވެތަ އެޑަމް އެހިފަހައްޓަނީ، އަނެއްކާ އެއީ ކޮންކަހަލަ މީހެއް؟” އައްމަޑޭ ޝައްކުން ފުރިފައިވާ ރާގެއްގައި އެޑަމް އާއި ސުވާލު ކުރިއެވެ.

“ދޮގެއް ނޫން. އަސްލު އަހަރުމެން މިވަރަކުން މިއުޅެނީ، އަހަރުމެންގެ ހިތައް އަރަނީ، އެޑަމްގެ ބޭބެ އެއީ އަނެއްކާ ކުޅީގެ ގޮލައެއް ބާއޭ!” އާހިލް އައްމަޑޭ ބުނިއެއްޗަކަށް އިތުރުކޮށްލަމުން އާހިލްގެ ހިތުގައިވާ ވާއެއްޗެއް ޖެހިލުމެއް ނެތި ފާޅުކޮށްލިއެވެ.

“ހެހެހެހެހެ” އާހިލް އެހެން ބުނުމާއިއެކު އައްމަޑޭ ބާރައް ހީގަތެވެ.

ހަމަ އެއާއި އެކު އެޑަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“އަނެއްކާ އަހަރެންނަށް މިބުނެވުނީ ގޯސް އެއްޗެއްތަ؟” އެޑަމް އާހިލްއާއި ދިމާއަށް ބަލާލުމުން އާހިލް އެޑަމްކުރެން އަހާލިއެވެ.

އެޑަމް ބުނަން އުޅުނު އެއްޗެއް އާހިލް އަށް އެނގުނު ކަހަލައެވެ.

“ނޫނޭ” އެޑަމް ފުން ނޭވާއެއްލަމުން ބުންޏެވެ.

އެޑަމްގެ އެ ކުރު ޖަވާބު އަޑު އިވުމާއި އެކު އާހިލް އާއި އައްމަޑޭއަށް ހިވީ ކުއްލި ޝޮކެއް ލިބުނު ހެންނެވެ.

ސުވާލުތަކުން ފުރިގެންވާފަދަގޮތަކަށް ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން އެޑަމް އާއި ދިމާއަށް ބަލާލާފައި ފުންނޭވާއެއް ލިއެވެ. އަދި ގޮނޑީގައި ދެމީހުން ލެނގިލަމުން ހަމަ ޖެހިލިއެވެ.

“ތީގެ މާނައަކީ!؟” އެޑަމް އެބުނިއެއްޗެއް އިތުރަށް އޮޅުންފިލުވުމަށް ޓަކައި އައްމަޑޭ މޭޒުގައި އަތް އަޅަލަމުން ހައެރާންވެފައި އެޑަމްކުރެން އަހާލިއެވެ.

“ތެދެއް، ކީކޭ ތިބުނީ؟” އެޑަމް އެދިން ޖަވާބާއިމެދު އާހިލްވެސް ލިބުނު ހައެރާން ކަމުގައި އިތުރަށް އޮޅުން ފިލުވުމަށް ބޭނުންވިއެވެ.

އާހިލް އެ ބުނިއެއްޗެއް ބުނީ އާހިލަށް އެއްވެސް ކަމެއް އެނގިފައިވާތީކީ ނޫނެވެ. އެހެންނަމަވެސް ފިރެހެނެއްގެ އަމަލުތައް ހުންނާވާ ގޮތާއި ޚިލާފަށް އެޑަމްގެ ބޭބެގެ އަމަލުތައް ހުންނާތީއެވެ.

“އެހެންވީމާ…….؟” އާހިލު ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް މަޑުޖައްސާލީމެވެ. ފުންނޭވާއެއް ލުމަށްފަހު ކަމެއް ޤަބޫލުކުރަން ދަތިވެގެން އުޅޭފަދަ ގޮތަކަށް މަޑުމަޑުން ބޯހޫރާލިއެވެ.

“އާން..އާހިލް ތިބުނީ ރަނގަޅަށް، އަހަރެން ބޭބެ މިކިޔާ މީހާ އަކީ ހަމަ ކުޅީގެމީހެއް” އާހީލް އަށް އެކަން އެނގިފައިވާކަމަށް އެޑަމް އަށް ހީވިއެވެ. އަދި އެޑަމްގެ ބޭބެގެ އަސްލު ބުނެދިނެވެ.

އެޑަމް އަށް ހީވީ ބައްދުވެފައި އިން ކޮށްޓަކުން ސަލާމަތްވީހެނެވެ. ލެވިފައިވާ ހަރު ތޮށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެވުނު ކަހަލައެވެ.

ތިންމީހުން އެކަކު އަނެކަކުގެ މޫނަށް ހައެރާން ކަމާއިއެކު ބަލާލެވުނެވެ.

އާހިލް އާއި އައްމަޑޭ އަށް އަދިވެސް އެކަން ޤަބޫލު ކުރަން ދަތިވެގެން ބޯހޫރާލިއެވެ. އާހިލް އެހެންބުނިނަމަވެސް އެޑަމް ބުނިއެއްޗެއް ގަބޫލުކުރުމަށް ކުޑަކޮށް އުނދަގޫވިކަހަލައެވެ.

“އޭނަ އެއީ ހަމަ ކުޅީގެ މީހެއް” އެޑަމް އަނެއްކާވެސް އެ ބަސް ތަކުރާރު ކޮށްލިއެވެ.

“އަހަރެން މިހާރު މިއުޅެނީ އެޅާގެ ބަލާއި ހުރެ އެގެއިން ނިކުންނަން” އެޑަމް ކަންކުރަން ނިންމާފައިވާ ގޮތް ބުނެދިނެވެ.

“ކިހިނެއްވީ؟ އޭނަ އަނެއްކާ އެޑަމް އާއި ބެހުނުތަ؟” އާހިލް ކަމުގެ ޙަޤީގަތް އޮޅުން ފިލުވަން ކެއްމަދުވެފައިވާ ކަހަލަ އެވެ. ފަހަރަކު ސުވާލަކުން އެޑަމް ކޮންނަމުން ދިޔައެވެ.

“މަށަކާ ނުބެހެވޭ، އެކަމު އޭނަ އުޅުނު މަށާވެސް ބެހެންވެގެން” އެޑަމް ކަންވެފައިވާގޮތް ތަފްސީލުކޮށް ކިޔާދޭން ފެށިއެވެ.

“އޭނައަށް ކިޔަނީ ކޮންނަމެއްތަ؟” އާހިލް އޭނާގެ ނަން އޮޅުން ފިލުވަން ބޭނުން ވިއެވެ. ހީވަނީ ތަހުޤީގެއްކުރިއަށް ދާހެނެވެ. އާއެކެވެ. އާހިލްއާއި އައްމަޑޭ އެކުރަނީ ހަމަ ތަހުޤީގެކެވެ. އެޑަމް އަށް އައި ބަދަލުގެ ޙަޤީގަތް ހޯދުމަކީ އާހިލްއާއި އައްމަޑޭ މިއަދު އެއްމެ ބޭނުންވާ ކަންތަކެވެ.

“ހުސެން މަނިކު” އެޑަމް އޭނަގެ ނަން ބުންޏެވެ.

“އެޅާ ކީއްތަ ކުރީ؟” ހުސެން މަނިކު އެޑަމްއަށް ކުރިކަމެއް އޮޅުން ފިލުވުމަށް އައްމަޑޭ ވަރަށް ރުޅިއައިސްފައި އިނދެ އެޑަމްކުރެން އެހިއެވެ.

“ތެދެއް އަސްލު ކަންވީގޮތް އަހަރުމެންނަށް ކިޔާދީބަލަ” އާހިލްވެސް ކެތްމަދު ކަމާއިއެކު އެޑަމްކުރެން އެހިއެވެ.

“އެއްމެ ފުރަތަމަ ވީގޮތަކީ، މިދިޔަ ޓަރމް ބަންދުގައި އަހަރުމެން ގޭ މީހުން ރަށަށް ޗުއްޓީއަށް ދިޔައިރު އޭނަވެސް ދިޔަ އަހަރުމެންނާއި އެކު” އެޑަމް އެކަން ފެށުނު ހިސާބުން ފެށިގެން ކިޔާދޭން ފެށިއެވެ.

“ރަށަށް ގޮސްފަ އަހަރުމެން އެއްމެންވެސް ނިދަންތިބީ އެއް ކޮޓަރިއެއްގައި، އެއްމެން އެކުގައި” އެޑަމް ސައިތަށިން ސައިފޮދެއް ބޯލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ދެން އަހަރެންވެސް ކުރިއަކުން ހީއެއްނުކުރަން އެއީ އެކަހަލަ ގޮތްކުޑަ މީހެއްކަމަކަށް” އެޑަމް އެހެން ބުނިއިރު އޭނާގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަން އެނގުނެވެ.

“ދެން؟” އާހިލް ޝައުގުވެރިކަމާއިއެކު އަހަމުން ގެންދިޔައެވެ.

“ދެން ވީގޮތަކީ އެއްރެޔަކު، ނިދާފަ އޮވެފަ މަށަށް ހޭލެވުނީ މީހަކު މަގޭ ކުރިމަތި ފަރާތުގަ އަތްކާތާލިހެން ހީވެގެން” އެޑަމްގެ ހިތުގައި އެކަމަށް އޮތް ނަފުރަތާއިއެކު ކިޔާދެމުން ދިޔައެވެ.

” އައްޗީޑި…. ހުވާ،ތީނަ މަރާލަންވީ…” އާހިލް އެހެން ބުނުމާއި އެކު އައްމަޑޭ ބާރަށް ހީގަތެވެ.

“ދެން؟” އައްމަޑޭ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިއުމަށް އެޑަމްކައިރީ އެހިއެވެ.

“އަޅެ ބަލާލިއިރު އެއްކަލަ ……، މަ ނިދާފަ އޮއްވާ މިއުޅެނީ މަށާ ބެހެން ވެގެން” އެޑަމް ދަތްވިކާލަމުން ހިތުގައި އުފެދިފައިވާ ނަފުރަތާއިއެކު ބުންޏެވެ.

“އޯ މައިގޯޑް،ޝިޓް ހެހެހެހެ” އާހިލް އެހެން ބުނަމުން ހީގަތެވެ.

ތިންމީހުން ހެމުން ވާހަކަ ދައްކަމުން ދިޔައިރު އެތަނުގައިވާ ބައެއް މީހުންގެ ނަޒަރުވެސް ވަނީ ތިންމީހުނާއި ދިމާއަށް ހުއްޓިފައެވެ.

“ދެން ކަލޭ ކިހިނެއް ހެދީ؟” އާހިލް އެޑަމް ހެދިގޮތެއް އޮޅުން ފިލުވަން ބޭނުންވިއެވެ.

“މަ ހަމަ ވަގުތުން ތެދުވެ އޭނަގެ މޫނުމަތީގަ ގޮއްމުއް ކަވާފަ ބޮނޑިއެއް ވީއްލާލިން” އެޑަމް ގޮއްމުއް ކަވާލަމުން ބުންޏެވެ. ހީވީ އެރޭގެ އެ މަންޒަރު ސިފަވެގެން ދިޔަހެނެވެ.

“ތިހެދީ ހަމަރަނގަޅަށް” އައްމަޑޭ އެޑަމް ކުރިކަންތަކަށް ތާއީދު ކުރިއެވެ.

“މަ ނަމަ އޭނަ ތަޅާ ތިރިކޮށްލާނަން” އާހިލްގެ ހިތުގައި އެކަމަށް އުފެދުނު ނަފުރަތާއި ރުޅިވެރިކަން ހާމަކޮށްލިއެވެ.

“ދެން އޭނަ ކިހިނެއް ހެދީ؟” އާހިލް ވާހަކަ ކުރިއަށް ގެންދިއުމަށް އެޑަމް އަށް ފުރުސަތު ދިނެވެ.

“ހެހެހެހެހެ..ހެހެހެހެހެ” އެޑަމް އޭނަ ބުނަން އުޅުނު އެއްޗެއް ބުނުމުގެ ކުރިން ހޭންފެށިއެވެ.

“ދެން އޭނަ އެތާންގައި އޮތް ބާލިހެން ނަގައިގެން ފާޑެއްގެ ރަނޑު އަންހެނެއްހެން މަގޭ ގައިގަ ބާލިހުން ޖަހާފަ ދިޔައީ” އެޑަމް ހެމުން އެވާހަކަ ބުންޏެވެ.

“ހެހެހެހެހެ” ތިންމީހުން އެކުގައި އެކަމާއި ހޭންފެށިއެވެ. އައްމަޑޭ އާއި އާހިލް އަށް ހީވީ އެ ރަނޑުކަން ސިފަވިހެނެވެ.

“ދެން ފަހުން ކިހިނެއްވީ؟” އައްމަޑޭ ދެން ވީގޮތެއް އޮޅުން ފިލުވަން ބޭނުން ވިއެވެ.

“ދެން އެހިސާބުން ދަތުރު ފާޑަކަށް ފަނިވެއްޖެ” އެޑަމް ކަންވީގޮތް ބުނެދިނެވެ.

“ދެން ދަތުރު ނިންމަލާފަ މާލެ އައިސް ދުވަސްކޮޅެއް ދިޔަފަހުން އަނެއްކާވެސް އެއްރެއަކު ދަންވަރު މަށަށް ހޭލެވުނީ އެޖަނަވާރު މަގޭ ފަޓުލޫނުގެ ޒިބު ކަހާލަނިކޮށް” އެޑަމް އަނެއްކާވެސް ރުޅިވެރިކަމާއިއެކު ބުންޏެވެ.

“އަޅެ ކިހާބޮޑު ބަލާއެއްތިއީ!” އާހިލް ބޯހޫރާލަމުން ބުންޏެވެ.

“ދެން؟” އައްމަޑޭ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިއުމަށް އެޑަމްކުރެން އެހިއެވެ.

“ދެން އެރޭވެސް ވިއްލާލިން، ލެނޑީމަ އައްދޯއޭ ކިޔާފަ ގޮސްފި” އެޑަމް އެރޭގެ ކަންހިނގިގޮތް ކިޔައިދިނެވެ.

“ހަމަ ރަނގަޅު” އައްމަޑޭ އެޑަމް ކުރިކަންތަކަށް ސަޕޯޓް ދިނުމަށް ބައިވެރި ވެލިއެވެ.

“ދެން މިހާރު ކޮބާ؟” އާހިލް އަނެއްކާވެސް އެހިއެވެ.

“ދެން އޭގެ ފަހުން ނުކެރޭ މަށާ ބެހޭކަށް، އެކަމު މިހާރު އޭނަ އެބައުޅޭ އެގެއަށް އެހެން ފިރެހެން ކުއްޖަކު ގެނެސްގެން” އެޑަމް ކަންވެފައި އޮތްގޮތް ބުނެދިނެވެ.

“ތި ސޮރުގެ ދުވަސްވެސް ތި ދިޔައީކަން ނޭންގެ” އާހިލް ހެމުން ބުންޏެވެ.

“އެކަމު މަށަށް ވަރަށް ހެޔޮ، ހަމަ ބުނިއެއްޗެއް ހޯދައިދޭ” އެޑަމް ހީލާފައި ބުންޏެވެ.

“އެކަހަލަ މީހުން ފިރެހެނުންނަށް ނިކަން ހެޔޮވާނެ، އޭނަގެ މަޤުޞަދަކަށް ވާނީ އެއްގޮތުން ނުވީޔާ އަނެއްގޮތުންވެސް ކަލޭ ގަޔަށް އެރުން، އަވަހަށް ތިތަނުން ނިކުމޭ” އާހިލް އެޑަމް އަށް ކަންކުރަންވީ ގޮތުގެ ނަސޭހަތް ދިނެވެ.

“ތިބުނީ ތެދެއް” އައްމަޑޭ އާހިލް ބުނިއެއްޗަކާއި ބައިވެރި ވެލިއެވެ.

“އޭނަގައިގަ ތަޅައިގަންނަންވީނުން” އައްމަޑޭ ކަންކުރާނެ ގޮތެއްގެ ޚިޔާލު ދިނެވެ.

“ތަޅައިވެސް ގަންނަންވީ، އެކަހަލަ ޖަނަވާރުންނަށް ޖެހޭނީ ހޭއަރުވާލަން” އާހިލް އައްމަޑޭގެ ބަހާއި އެއްބަސް ވިއެވެ.

“އޭއް! ހާދަ އިރެއްވެއްޖެޔޭ މިހާރު، އެއަށް އަށެއް ޖެހީ، ހިނގާދަމާދޯ މިރޭ” އެޑަމް ގަޑިއަށް ބަލާލަމުން ބުންޏެވެ.

“ކޮބާ ބިލް” އައްމަޑޭ ދުރުން ފެންނަ ހުރި ވޭޓަރަށް ގޮވާލިއެވެ.

“ހިނގާދަމާ” ބިލްދެއްކުމަށްފަހު ތިންމީހުން އެކުގައި ދިއުމަށް ތެދުވިއެވެ.

“މާދަން ވާނެ ތިކަމާއި އަދި މަސްވަރާކުރަން” އައްމަޑޭ ބައިސްކަލަށް އަރުމުން ބުންޏެވެ.

އެކަމާއި މެދު ކަންކުރާނެ ގޮތަކާއިމެދު މަޝްވަރާ ކުރަމުން ތިންމީހުން ފެރީއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

“އައްމަޑޭ ކަލެއެއް ނުދާނަމެއްނުން ދޯ؟” އައްމަޑޭ އަކީ ވިލިނގިލީގައި ދިރިއުޅޭ މީހަކަށް ވުމުން ފެރީ ޓާމިނަލް އާއި ހަމައަށް އާދެވުމުން އާހިލް އައްމަޑޭ ކުރެން އަހާލިއެވެ.

“އާން މަށެއްދެން މިރޭ ނުދާނަން، ލަސްވެއްޖެއެއްނުން ދޯ؟ ކަލޭމެން ކަނޑާލާ!” އައްމަޑޭ އެހެންބުނަމުން އާހިލްގެ ކޮނޑުގައި ޖަހާލިއެވެ.

“އޯކޭ، ސީޔޫ ޓްމޯރޯ” އައްމަޑޭ އަށް ހައިޖަހާލަމުން އާހިލްއާއި އެޑަމް މާލެ ދިއުމަށްޓަކައި ފެރީއަށް އެރިއެވެ.

މާލެއާއި ހަމައަށް އާދެވުނު އިރު އަށްގަޑި ބައިވެއްޖެއެވެ. އެޑަމް ހުރީ މާލަސްވުމާއިއެކު ގެއަށް ދިއުމުން ކަންވެދާނެ ގޮތަކާއި މެދު ކަންބޮޑުވެފައެވެ.

“އޭ އާހިލް މަޑުކޮށްބަލަ! މަޑުކޮށްބަލަ!” ފެރީއިން ފައިބާ ބައިސްކަލާ އަރާ ދުއްވާލުމާއި އެކު އެޑަމް އާހިލް އަށް ގޮވާލިއެވެ.

“ކިހިނެއްވީ؟” އާހިލް ބައިސްކަލުމަޑު ކޮށްލަމުން އަހާލިއެވެ.

“އެހުރީ އޭނަ!” އެޑަމް ފެރީ ޓާމިނަލް ފާރުކާއިރީ ހުރި މީހެއް އާހިލަށް ދައްކާލަމުން ބުންޏެވެ.

އެއާއި އެކު އާހިލް އެ މީހާއިދިމާއަށް ބަލާލިއެވެ. އާހިލް ބަލާލުމާއިއެކު އޭނާ އަނެއް ފަރާތަށް އެނބުރުމާއި އެކު ދުރަށް ހިނގައިގަތެވެ.

“އެޑަމް ގެ ބޭބެއަކީ މީއީބާ؟” އެމިހާ މީގެ ކުރިން ދެ ދުވަހަކު ސުކޫލުކައިރިން ފެނުނު ހަނދާން އާހިލަށް ވިއެވެ.

ނުނިމޭ………

Comments (16)

  1. ram

    Nice story.

  2. jaa

    not so good

  3. shahu

    Vaahakaigai haadha hadi basthah beynun koffa a dhw…ehnve kada…bt story ok

  4. Xim

    Eyge aslaai ehgothah…Beyfulhun vaahaka dhakkaa gothah aammu haalathugai dhiri ulhumuge hin’gaa kankamugai meehun muaamalaaiy nukuraane..

  5. Xim

    Vaahaka binaa vefai vanee huthuru amalehge mahchah emmenah kamaku nudhaane adhi emmen kiyaa hiyaa hiyve nuvedhaane. ekamuves hurihaa khiyaalakah ves marukhabaa

  6. Zaain

    Aharun firihenunnahves huthureynun… balaa bodu kameh mee

  7. Xim

    Ehchehgai liyefaivaanama gina meehunahbasthah huthuru, ekamu thimaa men ge aammu dhiri ulhumugai ehen meehundheke rulhi ais efadha huthuru basthah beynun kurevenee kihaa varakah tho?

  8. shhhh

    hama rangalhah xim thi buny …… w ginaing meehun kiyaa bas bas e eee

    1. zoodaan
      shhhh

      Vaahakaiga huthuru basthah hurumakun aee vaahka liyaameehaage gaabilkan ekamuga nethyy noon..aee hageegi dhiriulhumuge ves vaaguthge mahchah binaa koh vaahaka ginain liyefa hunnanee ehen v ma goaheh noon Xim…mee mihaaru raajeeyga v aamu vejje kameh,,anhenun kudhinnekey ehgothah firihen kudhinves v gina abuse ge nurakkalaa kurimathivefa thibi…

  9. sha

    Mi vaahaka kiyan fashaafa ves hithah eri mi Vaany XIm ge vhaka akashey. Fahun auther balaalee yageen kuran. Story salhi. Ekamu thi Ammadey akaa Adam akaa Adam ge bbeybe eh introduce kurin goiy ehaa reehcheh nun.

    1. Xim
      sha

      Ekifaharu eki meehun tha’aarafu vaanee ekigothah dho? Reethi koh ajaibeh fadha gothakah tha’aarafuvaa faharuves annaane.

  10. kayaan

    .v salhi story eh. kn irakun next part up waany .avhah up kurahchey.

  11. niusha

    rythi vaahakaeh want to read the next part soon

  12. shhhhh

    alhe kobaa tha next part ??? waittinggg

  13. midaa

    xim gr vaahakathakah alhe kihineh vanyy.. ekahchehves nunimeyy.. mannage diary ah v kihineh? dhn nuvanyaa huttaala fashan jeheytha!! dhn nuliyaathi nunimmenyaa!!

  14. midaa

    foohi gandeh thikan nuvanya huttaala

Comments are closed.