ލޯބިން / 3 ވަނަބައި
“އަަހަރެން ބަލާނަން ތިގޮތް……” ޒެވިޔަން ދަތްކުނޑި ވިކާލައިގެން ހުރެވެސް އެހެން ޖަޒުބާތެއްވެސް އެކުލެވޭ ގޮތަށް ރިޔާ އަތުތެރޭގައި ހައްޔަރުކޮއްލިއެވެ. ޒެވިޔަންގެ ފިރިހެންވަންތަ ކަމާއި ހިތްދަމައި ގަންނަކަން އެ ކުޑަ އަމަލުން އެތައްގުނަ އިތުރުވެގެން ދިޔައެވެ. . ނުރުހުމާއި ލޯބިވެސް އެކުލެވޭ އެ އަމަލާ ރިޔާއައް ހަނގުރާމަ ކުރެވުނީ އިރުކޮޅަކަށެވެ. ރިޔާގެ ރުޅި ފިނިވެ އެ އަތުގެތެރެއައް ވިރިގެން ދިޔައެވެ. . މިއީ އެހެން މީހުންގެ ލޯތަކަށް ފޮރުވިފައިވި ނަަމަވެސް އެކޮޓަތީގައި އެތައްފަހަރަކު ތަކުރާރުވާ ހަނގުރާމައެކެވެ..
ދެމީހުން ފަހުން ކަޕުޗިނޯ ބޯން އެކޮޓަީރގެ ބެލްކަނީަގއި ތިބިިއރު ހަމަޖެިހލައިެގން ތިބި ގޮތުން އެއްވެސް ކަމެއް ހިނގިހެނެއް ހިޔެއްނުވެއެވެ. . ޒެވިޔަން އިނީވެސް މުޅިން އެހެން ވާހަކައެއްގައެވެ. އިރުކޮޅަކުން އަނެއްކާ ކުރީގެ މަޢލޫއައް ވާހަކަފެށީ ރިޔާ އެވެ .
“އަިދވެސް ޒެވިޔާ ނުބުަމެންނު ރޭ ދިޔަތަނެއްގެ ވާހަކަ. ވަރަށް ފޫިހވޭ ނުބުނަންޏާ. އެންމެ ރުޅި އައީ އެތައްފަހަރު ގުޅީަމވެސް ގަސްތުގައި ބިޒީކޮށްލާފައި، ފަހުން ފޯނު ނިވާލީމަ…..” ރިޔާ ހީވަނީ ިމއަދު ހަނގުރާމަ ނިންމަން ބޭނުން ނުވިހެންނެވެ. ކޮންމެވެސް ކޮޅެއްގައި ޖައްސަން ބޭނުންވާހެންނެވެ. މިގޮތަށް ކޮންމެ ފަހަރަކު ޒެވިޔަން އޭނަގެ އިޝްގީބައި ދައްކާާލާފައި ރިޔާގެ ލޮލުގައި އަދުން އަޅުވާަލަނީ ކަމަށް ހީކުރެވެންފެށިއެވެ.
“އަަހަރެން ބުނީމެންނު އެގަޑީގަ ވީ ޒޯހާންމެންނާ އެކީގައޭ. ދެން ގަބޫލުނުކޮއް ރިޔާ އެވަރައް އުނދަގޫ ކުރަން ފެށީ. ދެން އަހަރެންގެ އެކުވެރިން ހީކުރާނީ ކީކޭތަ؟ އެެހެންވެ އެންމެފަހުން ފޯން ނިވާލީ ….” ޒެވިޔަން ހީލިގޮތަުންވެސް ރިޔާއަށް ހީވީ ގަސްތުގައި ޖެއްސުމައް ނޫނީ ރުޅިއަތުވާލަން ހީލިގޮތެއްކަމަށެވެ .
“ޒެވިޔާ ބުނެބަލަ. އަހަރެންގެ ގައިގައި ނެތީ ކޮންކަމެއްތަ؟ ބޭނުންވާ ގަޑިއެއްގަ އެވޭލެބްލް ނުވަނީތަ؟ ދަންވަރު ހިތައް އެރި ގަިޑއެއްގައި ގެއަށް އަޔަސް އަހަރެން ދުވަހަކު ިރފިއުޒް ކޮށްފައެއް ނެތް. ިރިފއުޒް ކުރަން އުުޅުނަސް ތިބާުރުގަދަ މީހާ ބޭނުންވާކަމެއް ނުކޮށް ހުންނާނެތަ؟ ދެން ޒެވިޔާ ކީއްވެތަ ިތހެން ހަަދަނީ. މިހާރު މެއިޑެއްވެސް މިހޯދީ ޒެވިޔާ އައް ގިނަ ވަގުތުަ ދޭންވެގެން. ދެންބުނެބަަލަ. ޕްލީޒް އާންސާމީ. އަހަރެން ދެކެ ޒެވިޔާ ލޯބި ނުވަނީ ކީތްވެތަ؟” ރިޔާ ޒެވިޔަންގެ އަތުަގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ.
ޒެވިޔަން ކިތަންމެ ވަރަަކށް ހިތްހަމަނުޖެހިފައި އިނަސް އޭނަ މޫނުމަތިން އެކަމެއް ނުދެއްކިއެވެ އެކަމަކު ޖަވާބެއްވެސް ނުދިނެވެ. ޒެވިޔަން އެތައްފަހަރު ވަނީ ރިޔާ އައް އެވާހަކަ ބުނެދީފައެވެ. އޭނަގެ ގޮތުގައި އޭނަ ރިޔާ ދެކެ ލޯބިވާ ކަމަށާިއ، ދުވަހަކު މި ކައިވެނި ރޫޅި ނިކީގެ މަންމަ އާއި ބައްޕަ ވަކިވެގެން ދާންޖެހޭނެ ދުވަހެއް ްއ އޭނަ ނުގެންނާނެކަމައް ޔަގީންކަން ދީފަ އެވެ. އަދި އެދެމީހުނަގެ ކައިވެނި ރޫޅުމަކީ އާއިލާގެ އެންމެން އެކަމާއި ނުރުުހުންވާނެ ކަމެއްކަން އެނގޭއިރު ، އެކަމާއި މެދު ިވސްނާލަން ބޭނުން ނޫން ކަމައް ޒެވިޔަން ވަނީ ބުނެފައެވެ. އެކަމަކު އޭނަ ރޭގަނޑު ގެިއން ބޭރަށް ދާތީ ރިޔާ ޝައްކު ކުރަންފެށީއެވެ .
ޒެވިޔަން ކަޕުޗިޯނގެ އެނަމެފަހު ކޯވަރ ުދަމާލުމައްފަހު ތެދުވެ މޯޅިއަކައް ދެމިލިއެވެ. އެލޮލަށް އިރުގެ އަލި އެޅުމުން ވަކިން ރީތިކޮއް ދައްކައެވެ. އަދި އެ ފަރުވާކުޑަ ގޮތާއި، ފޮިނގޮތްގަނޑު ހުރުމުން އަންހެން ކުދިން ވަކިން ބޮޑައް އަޅައިގަންނާނެކަން ރިޔާ އައް އިނގެއެވެ. . ސިއްރުސިއްރުން ޒެވިޔަން ގުުޅުންބާއްވަނީ ކިތައްކުދިންނާ ކަމެއްވެސް ނޭންގެ އެވެ.. ރީތި،
ކާމިޔާބު ފިރިެހނަކަށް ީވމަ އޭނަގެ އެންމެ އިށާރާތަކައް ފައިމައްޗައް ވެއްޓިގަންނާނެ ކިތަންމެ އަންހެންކުދިންނެއް ވާނެއެވެ. ޒެވިޔަން ފޮރުވައިގެން ހުންނަނީއެވެ.
“ޒެވިޔާ. ޖަވާބެއްނުދީ ތިހާފަސޭހައިން ދެވުނަކަ ނުދޭނަން….” ރިޔާ ފަަހަތުން އަތް އެއްލިގޮތަށް ޒެވިޔަންގެ ޓީޝާުޓްގަިއ ހިފާއަތަށް އޮޅަިއގަތްއިުރ އޭނަ ހުރީ އިންތިހާ އައް ރުޅިގަދަވެފައެވެ. ޒެވިޔަން ރިޔާގެ އަތް ވަރައް ފަސޭހައިން ނެއްޓުވުމައްފަހު ބާރަކަށް އެތާހުރި ބިއްލޫރި މޭޒުމަތީގައި އަތުންޖެހިއެވެ. ކޮފީ މަގުތައްވެސް ތެޅިލައިގެން ދިޔައެވެ. އެއަށްފަހު ރިޔާ އާއި ދިމާލަށް އަތްމަޅާލި ގޮތުން ރިޔާއަށް މޫނުގައި ހިފަހައްޓަމުން ފަހަތަށް ޖެހިލެވުނީ ބިރުން ލޯބޮޑުކޮށްލައިގެން ހުރެ އެވެ. . ޒެވިޔަން މޫނަށް އެތިފަހަރެއް ވީއްލާ ނުލާނެ ކަމަށް އެވަގުތު ރިޔާ ހިޔެއްނުކުރެއެވެ. ނުޖެހިޔަސް ތަދުވިއެވެ. ޒެވިޔަން މަޅާލި އަތް ތިރިކޮއްލާފައި ޖީބަށް އަތްޖަހާލަިއގެން ހުރެ ދާން ހިނގައި ގަތުމުން ރިޔާ ހުރީ ބިރުގެންފައެވެ.. އެހާ ދެރަވެސްވިއެވެ. ޒެވިޔަން އާއި މެދު އެގޮތަށް އަމަލުކުރެވުނީތީ ދެރަވެސްވިއެވެ. ކޮންެ ގޮތެއްވިޔަސް އެއީ އޭނަގެ ފިރިމީހާއެވެ. ހަސަަދވެރިވެ ލޯބިވެރިއެއްހެން ގަޔައް ބޮލަށް އަަރައިގެން ރުިޅދެއްކުމުގެ ބަދަލުގައި، އިހުތިރާމް ކޮއްގެން ނޫނީ އެހިތުން ޖާގައެއް ނުިލޭބނެކަން ޔަގީނެެވެ. ލޯތްބަީކ ގަދަކަމުން ހޯދޭނެ އެއްެޗެއްވެސް ނޫންކަން އެނގިހުރެވެސް ރިޔާގެ ހިތްވަނީ ޒެވިޔަންގެ ލޯތަބައް ފެންބޮވައިގަނެފައެވެ. . އެހެން ީމހުން އެހާވަރުން ލޯބިވެރިންނާއިގެން އުޅޭތަން ފެންނަ ކޮންމެ ފަަހަރަކު ރިޔާގެ ހިތުން ލޭއޮހޮރި ގަެނެއެވެ. ޒެވިަޔަންވެސް އެވަރައް އޭނަދެކެ ދީވާނާ ވާނެ ދުވަހެއް އަންނާނެ ނަަމައޭ ހިތަށް އަރައެވެ. ރިޔާގެ ލޮލުގައި ގިނަވެގަތް ކަުރުނަތަައް ކޯތާފަތްމަތިްނ ދެމެން ފަަށައިފިއެވެ. ނޭނގުނަސް އެމީހުންގެ ކައިވެނީގެ ހަޔާތުގައި ރެނދެއްލައިފިއެވެ. .
އަވިގަދަ ދުވަހެކެވެ. ނަަމަވެސް އިރުވައި މޫސުމްގެ ހިތްގައިމު ވައިރޯޅިތަކުން ފަޒާ ކޮންމެވެސް ވަރަކަށް ިފިނވެލާަފައި އޮތެވެ.އަީލނާ އާއި ނާީހ ބަގީޗާ ތެޭރޭގެ ވިަނގަނޑު މަތީަގއި އިީށދެލައިެގން ތިބީ ބޮޑުކައްކާ ހަވާލު ކުރި މަސައްކަތއެއް ނިންމުމަށެވެ. އަލީނާ މުރަނގަފަތް ފިލުވަން އިން އިރު ނާހީ އިނީ ހިކިމަސް ކޮށާށެވެ. ދޮލަނގައް އެޅޭވަރައްވުރެ އޭނަގެ އަނގަޔަށް ވަންނަ މަސްތައް މާ ގިނައެވެ. އަލީނާ
އިނީ މަޖާވެފައެވެ. ނާހީ މިހާ ފަލައީ މާ ިގނައިން ކައިއުޅޭތީކަން ނޭެގެއެވެ. ކިތަންމެ ފަަހރަކު ފްރިޖް ހުުޅުވާލައިގެން އޮއްވާ އަލީނާ ވަނީ ދެކެފައެވެ. ކޮޓަިރ ތެރޭަގިއެވެސް ޗިޕްސް ކަހަލަ އެއްޗެހި ފޮރުވާފައި ހުންނަނީ ވެސް ބަިދގެިއން ގެންގޮސްގެން ކަމަށް ވެދާނެެއވެ. އަލީނާ އަށް މިގޭމީހުންގެ ހުއްދަނެތި އެއްެޗެއް ކާކަށް ނުކެރެއެވެ.
“ކޯނޗެއްތަ ިތވިސްނަ ީނ؟” ނާހީ އިނީ ހެވިފައެވެ.
“ތިހެން މަސްކޮޅު ކެއީމަ މަދުވެގެން އެމީހުން ޫނޅޭނެތަ؟ ައހަންނަކަށް ުކެރޭ މިގެއިން ރަނގަޅަށް ކާކަށްވެސް. ހެދުނުވެސް ޗިކަން ިރންގެއް ކާިލގޮތަށް މިހިީރ…” އަލީާނ ިއނީ އައިނު ނާޅަެއެވެ. އެދެލޯ ކިތަންމެ ކުޑަވިޔަސް ކަޅުކަޅި ިވދުންގަަދަވެފައި އެހާ ސާފެވެ..
“މޮޔަކުއްޖާގަނޑު. ބޭނުން އެއްޗެއް ފްރިޖުން ކައިގެން އުޅެބަލަ.. ނޫނީ މީހާ ހިކިގެންގޮސް ލޮލައް ނުފެންނާނެ. އަހަރެން މިގެއަށް އަިއއިރު ސާޅީްސ ކިލޯ ހުރީ. މިހާރު ހަތްދިހަ ކިލޯ އެބަހުރި. މިގޭ ފްރިޖައް އެއްޗެއް ލާފައިުހރިއްޔާ މަށެއްނުހުންނާނަން ނުކައެއް. އެކަމަކު ޒީބާ ިކޔާ ހަންޑިއައް އެނގިއްޖެއްޔާ ރޮލާއި ކާލާެނެ. އޭނަ އެމެރިކާ މީހަކަށްވާިއރުވެސް ިދވެިހ ކެއުމަށް ހާދަ ވަރެއްހުރެޔޭ ދޯ. ބަޖިޔާ ކަހަލަ އެއްެޗއްސަށް މޮޔަވެފައި ހުންނަ ކަމަނާއެއް. މުރަނގަފަތްފަތް ނުލާ ބިސްގަނޑު އެޅޭކަމަކަށް ނުވާނެ. އެއީ ދެން ކާކުތަ؟ ހާދަ ފޫއްސެއްވެޔޭ….” ނާީހ ދެއްކި ވާަހަކަތަކުން އަލީނާ އިނީ ވަރަކައް ހިނިއައިސް ފައެވެ..
“ނާހީ ގަދަ އިނގޭ.. ބޯއީފްރެންޑެއް ހުރޭތަ؟” އަލީނާ ކޮންމެވެސް ވަރަކަށް ނާހީ ދެނެގަންނަން ބޭނުންވިއެވެ.
“އަަހަރެން އިންނާނި މިގޭ ބަޓްލާއާ ކަންނޭންގެ. އެމުސްކުޅި ބެ މަފެނިއްޖެއްޔާ ވަރަކައް ބަލާވިއްޔަ. ހިތަށް އަރާ މޫނަށް އެތިފަހަރެއް ވީއްލާލާނަމޭ. ފޮނި ިފރިެހެނެއް އެވެސް. އެނގޭތަ؟ އެކަމަކު އެއްގޮތަކަށްވެސް ޒެވިޔަން އާއި ދިމާލަށް ނުބަލާތި. ދޮންމަންމަ އަކަށް ވުމަށްވުރެ ބިރުވެރިކަމެއް މި ދުނިޔެއަކު ނުވާނެ………” އަލީނާ ހަނދާންވީ އޭނަގެ ދޮންތަގެ މަތިންނެވެ.. އޭނަ ދުވަހަކުވެސް މީހަކާއި އިންނާކަށް ބޭނުމެއްނޫނެވެ އަދި މީހަކު ދެކެ ލޯިބވާަކަށް ވެސް ބޭނުމެއްނޫނެވެ. ނާހީ އާއި ވާހަކަަދައްކަން އިދެ މަަސައްކަތް ކުރުމުން ވަގުތު ދާލެއްވެސް ނޭގި އަަވަހައް މަސައްކަތް ނިންމާލެވުނެވެ .
އަލީނާ ތެދުވެގެންގޮސް ކައްކާ އާއި އެދޮލަނގުހަވާލުކޮއްލާފައި ގަސްތުކުރީ ނިކީ އުޅޭގޮތެއް ބަލައިލަން ިދޔުމަށެވެ. އަލީނާ އަވަސް އަރުވާލައިގެން ގޮސް ިއސްކުރުބަރި އަކުން އަތްދޮވެލުމަށްަފަހު ފެންފޮޅަމުން ގެއައް ވަންނަން ދިޔައީ ފުދޭވަރަކައް ބާރަށެވެ. އެހެން ޚިޔާލެއްގައި ހުރުމުން ފެންޑާގައި ީމހަކު އިންކަމެއްވެސް ރޭކާނުލިެއވެ. އެވަގުތު އޭނަގެ ނަީސބު ނޫނީ ބަދުނަސީބުކަމެއް ނޭނގެއެވެ. ޒެވިޔަންވެސް ބާރުބާރަށް ގެއިން ނިކުމެގެން އަންނަމުން އަލީނާގެ ގައިގައި އަޅަިއގަތެވެ. އަލީާނގެ މޫނު ޖެހުނީ ޒެވިޔަންގެ މޫނުމަތީގައެވެ. އަީލނާ ކުޑަކަމުންނާއި ލުއިކަމުން، ޒެވިޔަން ނުިހފެހެއްޓިނަމަ ވެއްޓުނީހެވެ. އެކަމަކު ޒެވިަޔންވެސް ކިތަންމެ ރީތިކޮށްވެސް އަލީާނގެ
ހަށިގަނޑު ބެލެންސް ކޮށްދީފައި ވެސް އެސިކުންތުކޮޅު އަދި ގަޔާއި ދުރައް ކޮށްޕާލި ގޮތަކުން މަޑުމަޑުންގޮސް އަލީނާ ގުޅައަކަށް ޖެހުނެވެ .
“ދަިރފުޅާ. ބަަލައިގެން އުޅެބަލަ. ދެން ގޭގަ ގެންގުޅޭ މެއިޑުންވެސް ހާދަ ލަދުކުޑައޭ . ބަލައިނުލައި ގޮސް ހިފައި ގަންނަން ޖެހޭތަ؟ މަ ހަމަ ހައިރާންވެއްޖެ……” ޒީބާ އަށް އެ ފެނުން މަންޒަރަކުން ރުިޅގަަދަވެގެން ގޮސް އޭަނގެ މޫނުމަތި ހީވަނީ ޓޮމާޓޯ އެއް ހެންނެވެ.
“ލޯ އަނދިރީތަ؟ ތިިހރަ މީހާ އާ މި ވާހަކަ ދައްކަނީ…” ޒީާބ ހަޅޭލަވައިގަތީ އަލީނާ އާއި ދިމާލަެށެވެ. އަލީނާއަށޤ އޮޅިގެންވެސް ޒީބާ އާއި ދިމާލަށް ބަލައިެލވުީނ ބުމަގޮށްޖަހާލަމުންނެެވެ. ީޒބާގެ ފިރިހެން ދަިރފުޅު އެކަންޏެއްނޫނެވެ. އޭނަ މިހިރީ ވުޟޫ ވެސް ކޮށްލައި ގެންނެވެ . ޒެވިޔަން ިހފެެހއްޓީމަ އޭނަވެސް ގައި ދޮންނަންދާން ޖެހޭނެ އެވެ.. ީހވަނީ ނޯކަރެގެ ގައިގައި އަތް ލުމުން ޒެވިޔަން ވެސް ނުސާފުވީހެންނެވެ . އިންސާނެއްގެ ބަދަލުގައި ޒެވިޔަން ކުނިކޮޅެއްގައި ޖެހުނީހެންނެެވެ. ޒީބާ އެކަން ހާދަ ބޑުުކޮއްލާފިއެވެ. ފޮނި ބޮޑާ އަންހެނެކެވެ. .
“އަޅުގަނޑުވެސް ވުލޫ ގެއްލުނީއޭ އޭނަ އަތްލީމަ…” އަލީނާ ހިތަށް އެރި އެއްޗެއް ބާރަށް ބުނެވުނުކަން އެނގުނީ ޒީބާ ފުންމައިގެން އައި ގޮތުންނެވެ.. ޒެވިޔަން މަޑުކޮށްނުލައި ދިަޔއިރު އަލީނާ އެހެން ބުނި އަޑު އިވިފައި ހައިރާންިވވަރުން ިހނިައައެެވެ. އެނބުރި ބަލައިލަން ހިތަށް އަރާފަިއވެސް އޭނަ މަޑުކޮށެއްނުިލއެެވެ. ގެންގުޅޭ ކުއްޖަކު އެގޮތަށް ވާހަކަދެއްކީމަ އޭނަގެ މަންމައަށް ޝޮކެއް ލިބޭނެކަން ޔަގީނެވެ. އަދަބުކުޑަކަމަށް މަޝްހޫރު ވެފައިވާ ކުއްޖަކަށް ވާއިރު އަލީނާ އެހެދީ އަނެއް ގޯހެވެ. ޒީބާގެ އަތުން ހޫނު އެިތފަހަރެއް އަލީނާގެ މޫނު މައްޗަށް އަރައިފިއެވެ. އަލީނާއަށް ހީވީ ލޯމަތިން ތަރިތައް ބުަރައިގެން ދިަޔހެންނެވެ. ހިދުކޮޅަށް ނަަމަވެސް މޫނަށް އަނދިިރިވާ ގޮތް ވިއެވެ. ކޯތާފަތްމަތީގައި ދިލަ
ތަދުފަށެއް ިހފާލައިފިއެވެ. އަލީނާ ބިރުގަނެއްޖެއެވެ. އެވަރުގެ ކުޑަކަމަކާއި ހެދިވެސް މާރާާމާރީ ހިންގައި، ގަޔަށްވެސް އަތްލެވެން ވާނެބާއެވެ؟ ވަގުުތުން ފުލުުހުންނަށް ގުޅަންވެސް އަލީާނގެ ހިތް މަޝްވަރާ ިދނެެވެ. ފަގީރުވިޔަސް އެމީހުންގެވެސް ިއއްޒަތެއް ވާނެއެވެ. އެވަގުތު އަލީނާ ހަދާންވީ ނިީކގެ މަތިންނެވެ. ނިކީ އާއި ވަކިވެގެން ދާކަށް ހިތެއް ނޭދުނެވެ ……………………………………..
ނުނިމޭ..
3 Comments!
Comments are closed.

mi kurin konmes thaakun ky vaahaka eh
yes it is…
waiting for the next part..when will it be upload