އެއީ ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކާޅާއި ބަކަމޫންގެ އަޑު ފަޒާގެ ހިމޭންކަން ނަގާލާއެވެ. ފުރިހަމަވެފައިވާ ހަނދު ފަރުދާވެފައިވަނީ ހުދު ވިލާގަނޑެއްގެ ފަހަތުގައެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. އަސަރުގަދަ ރުއިމެކެވެ. އެ އެ ރުއިމުގެ އަޑުން އަސަރު ނުކުރާނެ ހިތެއް ނުވާނެކަން ގައިމެވެ.
“އޭތް..ރޯންވީކީ ނޫނޭ..ދޭބަލަ މަށަށް ކާން ހަދަން..” އަނދިރި ކޮޓަރިތެރެއަށް އަލިކަމެއް އެޅުނީ މައިދޮރު ހުޅުވުމުންނެވެ. ބާރު ހިނގުމެއްގައި އައި ކަޅު ހިޔަނި ހިފައިގަތީ ކޮޓަރީގެ ކަނުގައި އިށީނދެ އިން ކައިލީންގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނެގިއެވެ. ކައިލީންގެ އަނގައި މަޑު އާހެއް ނިކުތެވެ. ނަމަވެސް ނެތް ކަށިން ހިތްވަރު ނެރެމުން ތުރުތުރު އަޅަމުން ދިޔަ ހާލުވެސް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
އޭނާގެ ހިތް ނޭނގޭ ބާރުމިނުގައި ތެޅެމުން ދިޔައެވެ. މި އަނިޔާތަށް ތަހައްމަލު ކުރަތާ ދެއަހަރު ވެފައިވީނަމަވެސް އެކަމަށް ހޭނުން ވީ ކައިލީންއަށް އުނދަގޫ ކަމަކަށެވެ.
** ** ** ** **
ވާރޭގެ ތޭރޭގައި ހިނގާފައި ދިޔަ ކައިލީންގެ ލޮލުން ކަރުނަ ހުސްނުވެއެވެ. ވާރޭގެ ތިކިތަކާ އެއްވުމުން އޭނާގެ ކަރުނަތަށް ވަނީ އިންސާނުންގެ ލޯތަކަށް ކަޝްފުވެފައެވެ. އޭނާގެ ގިސްލުން ވާރޭގެ މިޒުޒިކީ އަޑާ ގުޅިލާމެހިފައެވެ. މަޑު ހިނގުމެއްގައި ކައިލީންގެ ގޮސް އިށީނދެލީ ބީޗުގެ ވެލިގަނޑު މަތީގައެވެ. ވާރޭ ތިކިތަކުން ފޯވަމުން ދިޔައިރުވެސް ފަރުވާލެއް ނެތެވެ.
އަތިރިމަތީގެ ހިތްގައިމު މާހައުލު ވިއްސާރަވަގުތު ފެންނަގޮތް އަދި މާ ހިތްގައިމެވެ. ފިނި ފިނި ރޯޅިތާކާއެކު ގަސްތަށް ނަށަމުން ދިޔަ ގޮތް ބަލާލަން ހިތްފަސޭހައެވެ.
ވެލގަނޑު މަތީގައި ހިނގާަފައި ދިޔަ ނިކްޔަލްގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އަމިއްލަ ފިޔަވަޅުތަކަށެވެ. ނަމަވެސް ވާރޭ ތުނިކޮށްލި ވަރަކަށް އިތުރުއަޑެއް ނިކްޔަލްއަށް އަޑުއިވެން ފެށިހެން ހީވިއެވެ. އިސްއުފުލާލާ އޭނާ ބަލާލިއެވެ. ދެބުމަ ގޮށްޖެހިގެން ދިޔައީ ފެނުނު މަންޒަރުންނެވެ. ގަސްބުޑުގައި އިން ކައިލީންއަށް އެސްފިޔަ ނުޖަހާ ބަލަން ހުރެވުނެވެ. ދެ ޖީބަށް އަތްޖަހާލަމުން ނިކްޔަލް ފުންނޭވާއެއް ދޫކޮށްލިއެވެ. އެސްފިޔަ ޖަހާލާހާ މަޑު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ އިންސާނުންގެ ލޯތަކަށް ޢައިބުވިއެވެ.
ދެވަނަ ސިކުންތު ކޮޅުގައި އޭނާ ހުރީ ކައިލީންގެ ފަހަތުގައެވެ. އެފައިމައްޗަށް އިށީނދެ ނިކްޔަލް އޭނާ ލައިގެން ހުރި ކަޅު ޖެކެޓު ބާލާލިއެވެ. ފަހަތުން ކައިލީންގެ ގައިގައި ބައްދާލަމުން އޭނާގެ ގައިގައި އެ ޖެކެޓު އަޅައިދިނީ ރަޖަލެއް ފަދައިންނެވެ. އިށީނދެގެން އިން ކައިލީންގެ އަތުގައި ހިފައި ނިކްޔަލްއާ ވީ ދިމާލަށް އަނބުރާލިއެވެ. ކައިލީންގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ނިކްޔަލްގެ ހިމަ އިނގިލިތަކުން ފޮހެދިނީ ލޯތްބާއެކުގައެވެ. “ކީއްވީ..” އެއްބުމަ އަރުވާލަމުން ނިކްޔަލް އެއްސެވެ. އޭނާގެ ފިރިހެންވަންތަ މިއުޒިކީ އަޑު ކައިލީންގެ ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލިއެވެ.
ކައިލީން ދެފަރާތަށް ބޯ ހޫރާލިއެވެ. އިތުރަށް އެވާހަކަ ކުރިޔަށް ނުގެންދިއުމަށްޓަކައި ނިކްޔަލްގެ އަތުތެރޭގައި ބޮނޑިވެގަތެވެ. ނިކްޔަލްވެސް އޭނާގެ ހަށިގަނޑުގައި ދެއަތް ވަށާލީ މުޅި ޢުމުރަށްވެސް އެ އަތުތެރޭގައި ރައްކާތެރިކޮށްދޭނަމޭ ބުނަމުން ކަހަލައެވެ. އުނގަނޑާ ހަމައަށް އަރާ ކައިލީންގެ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. ނަމަވެސް ކުއްލިއަކަށް ނިކްޔަލްއަށް ސިހުންގެނުވީ އޭނާގެ ބޮޑުވައި އިނގިލީގައި އަޅާފައިވާ އަނގޮށްޓި ރަންކުލައި ދިއްލެއްފެށުމުންނެވެ. ހިތުގައި ކުޑަ ނުަތަނަވަސްކަމެއް ވާ ހާލު ވަށައިގެންވާ މާހައުލަށް ނަޒަރު ހިނގާލިއެވެ. އޭނާގެ ހިތުގައި ވާ އެއްވެސް އެއްޗެއްގެ ހިލަން އަތުތެރޭގައި އޮތް ކައިލީންއަށް ނުވާފަދައެވެ.
އެއްލިކަޅިއަކުން ނިކްޔަލްގެ ލޮލުގައި އަޅައިގަތީ ގަސް ބުޑުގައި ހުރި ނަދުވާއެވެ. އޭނާގެ ދެބުމަ ގޮށްޖެހިފަވާގޮތުން ނިކްޔަލްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ކައިލީންއަށް އިތުރަށް ގަޔާލާ ބޮނޑިކޮށްލިއެވެ.
އިންތިޒާރުކޮށްލައްވާ!!
10 Comments!
Comments are closed.

Salaam everyone…this is a short trailer of my first story ??? hope you like it. Since I’m new here vrh mistakes gina vaane ??? but mistakes thah faahaga kohdhinumakee alhugandah libeyne varah bodu kurierumeh. I’ll take all comments positive because your comments are indeed going to be the main reason for my success ❤❤❤❤. Have a nice day everyone I’ll try to publish the first part of this story miadhu nd Komme dhuvahaku part eh up kohdheveytho I’ll try ?????love yall ?
Varah reethi feshumeh.?Masha Allah??
Thank you shaha dear???kuriah huri baithahves kamudhaane kamah ummedhukuran ❤❤❤?
Woah??waiting for the first prt???lysm????????????❤
“Rajaleh ” noon, Rajaeh
Thanks for correcting ??? vrh ufaavejje correct kohdhineeema ??
Sounds really good! The sad thing is that most of those who appear with horror stories in this platform suddenly gets disappeared in the middle of the story, and never gets back.
Mi biruveri vaahaka eh tha???….rythi feshun….
Yeah bodah it’s like fantasy ?? Thank you ???❤?
dhen liyaa apsord than kolheh dhigu kohlun ehen part 1varah reethi