Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ހިތް ވިންދާނުލާ 1

coco Level 1
October 24, 2018 3 Mins Read
19 Comments

އިރުގެ ރަން ދަޅަތަށް ދުނިޔެމައްޗަށް ފެތުރުމުގެ މަސަތްކަތް ފެށުނެވެ. ސާދަ ވިލޭރޭގެ ހަނދު ސާފު އުޑުން ފިލައިގެން ގޮސް އެ ތަޙްތުގައި އިރު ރަސްކަންކުރަންފެށިއެވެ. މުޅި ފަޒާ އެ އަލިން އަލިކުރަމުންނެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް އާ ސަފުހާއެއް ހުޅުވިގެން ދިޔައިރު ފޮނި އުންމީދުތަކެއް އެ ސަފްހާ ތަކާމެދު ކޮންމެ މީހަކުވެސް ކުރާނެކަން ގައިމެވެ. ނަމަވެސް އެ އުންމީދުތަށް ފުރިހަމަވުމުގެ ނަސީބު ލިބެނީ މަދުބަޔަކަށެވެ. އެއީ ދުނިޔޭގެ އާދައެވެ. ހިތް ރުހުނަސް ނުރުހުނަސް ތަގްދީރުގައި ލިޔުއްވާފައިވާ ގޮތަށް ގިޔާމަތާ ޖެހެދެން މި ދުނިޔެ ދައުރުވާނެއެވެ.

އެލާމުގެ އަޑު އަރާމު ނިންޖަށް ހުރަސް އެޅިއެވެ. ރާއްޖެ ގަޑިން ހެނދުނު ހަތެއް ޖެހިކަން އެ ގަޑި ދައްކުވައިދިނެވެ. މިއަދަކީ ޔުނިވާރސިޓީއަށް ދާ ފުރަތަމަ ދުވަސްކަން ހަނދާންވުމުން އެނދުގައި އޮތް މަލްޝާއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ބެޑްޝީޓު ރީތި ނުކުރާ ތާނގައި އެނދުގައި ހުރި ބާލީސްތަށްވެސް ރީތިކޮށްލުމެއްނެތި ފާހާނާއާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. ދެލޯ އުނގުޅަމުން އާފުރެމުންނެވެ. ދަތް އުނގުޅާ ބުރުހުން ދަތް އުނގުޅަމުން ދިޔައިރުވެސް މަލްޝާ ހުރީ ދެންމެ ދެންމެ ދެލޯ މެރިގެން ވެއްޓޭ ހާލުގައެވެ. ނަމަވެސް ކުޑަ ހިތްވަރަކާއެކު އޭނާ ފެންވެރުމުގެ މަސަތްކަތް ފެށީ ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ގަޑި ނުޖެހި ފުރަތަމަ ދުވަހު ޔުނިވާރސިޓީއަށް ދިއުމަށްޓަކައެވެ.

“ދަރިފުޅާ މަލްޝާ ނުނިމޭތަ..” ޓަކި ޖެހުމެއްނެތި ކޮޓަރި ދޮރު ހުޅުވާލި އާލިމާ ގޮވާލިއެވެ. ނަމަވެސް އޭނާގެ ބަސް މެދު ކަނޑާލީ ފާހާނަ ތެރެއިން ފެންވަރާ އަޑު އިވުމުންނެވެ. ހުދު ކުލައިގެ ފަރުނީޗަރުން ޒީނަތްތެރިކުރެވިފައިވާ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ޝާހީ ތަކެތިން އެ ކޮޓަރި ފުރިފައިވިޔަސް އެ ޝާހީކަމަށް ބަނަކަން ގެނެސްދެނީ އެއްޗެހި ތަކުގެ ބަދަލުވެފައިވާ ތަރުތީބެވެ. ބިންމައްޗަށް އުކާލާފައި ހުރި ބާލީސްތަށް އެނދުމަތީގައި އަތުރާލުމަށްފަހު ކިންގް ސައިޒުގެ ބޮޑު އެނދު ތަންމަތި އެޅިގެން ދިޔައީ އާލިމާގެ ބުރަ މަަސަތްކަތުންނެވެ. “ސަހާދެއް މިހިރާ ވާ އަންހެން ދަރިއެއް..އަމިއްލަ އެނދު ތަންމަތި އަޅާލަން ނުކެރޭ ވިއްޔަ..” އޭނާ ކުދި ކިޔައިގަތެވެ.

“މަލްޝާ ދެންވެސް އަވަސް ކުރޭ އެހެރެ ހަތްގަޑި ބައިވަނީ..” ކޮޓަރިން ނިކުތުމުގެ ކުރިން އާލިމާ ހަނދާންކޮށްދިނެވެ. ނަމަވެސް ފާހާނާ ތެރޭގައި ފެންވަރަން ހުރި މަލްޝާއަށް އެ އަޑު އިވުނު ހެނެއް ހިޔެއްނުވިއެވެ. އޭނާގެ އެއްވެސް ހަރަކާތެއް އަވަސް ނުވިކަމީ އެކަމުގެ ހެއްކެކެވެ.

އަމިއްލަ ތަތްކަން މަތީގައި ފެންވަރާ ނިންމާލަމުން ފާހާނާއިން ނިކުމެ ފޯނު ހުޅުވާލިއެވެ. “އޯ ޝިޓް ގަޑި ޖެހެން ފަނަރަ މިނެޓު ” މަލްޝާގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުމާއެކު މޭމަތީ އައްސާފައިވާ ތުވާލިވެސް ބިންމައްޗަށް ވެޓުނެވެ.

** ** ** ** **

” އައްސަލާމު އަލައިކުމް..” ދުވެފައިގޮސް ކުލާސް ދޮރުމަތީގައި ހުއްޓުނު މަލްޝާއަށް މާނޭވާ ލެވެން ފެށުނެވެ. ލެކްޗަރާގެ އިތުރުން ކުލާސް އެެހެން ކުދިންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާތަން ފެނުމުން އޭނާ ހިސާބަކަށް ލަދުވެސް ގެތެވެ. އިސްޖަހާލަމުން މޫނުމައްޗަށް ވެއްޓިފައި އޮތް ފަން ކުރި އިސްތަށިކޮޅު އޭނާ އެއްފަރާތްކޮށްލިއެވެ. ލެކްޗަރާގެ ހުއްދައާއެކު އޭނާ ކުލާސް ތެރެއަށް ހިނގައިގަތެވެ. ނަމަވެސް މަލްޝާގެ ފިޔަވަޅުތަށް ހުއްޓުނީވެސް ލެކްޗަރާގެ އަޑުންނެވެ. “ބޯޑު ކުރިމައްޗަށް އަރާފަ ތަޢާރަފެއް ދިނުން ރަނގަޅަވާނެ..” ހިތްހެޔޮ ހިނިތުންވުމަކާއެކު ދިވެހި ލެކްޗަރާ ބުނެލިއެވެ.

ތުންފަތުގައި ދަތްއަޅާލަމުން މަލްޝާ ބޯޑު ކުރިމަތީގައި ހުއްޓިލިއެވެ. އޭނާގެ މޫނުގައި ހުރި ހުރިހާ ލެޔެއް ކޮލަށް ޖަމާވިއެވެ. ބިމަށް ހުއްޓިފައިވާ ނަޒަރު ކުލާސް ކުދިންނާ ސީދާކޮށްލިއެވެ. ވަކިވަކިން ބަހައްޓާފައި ހުރި މޭޒުތަކުގެ ތެރެއިންވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެންމެ ފަހަތު ބަރީގެ ކަނުގައި ހުރި މޭޒެވެ.

މުޅި ކުލާސް އެންމެންގެ ނަޒަރު މަލްޝާއަށް ހުއްޓިފައިވާއިރުވެސް ކުލާސް ކަނުގައި ހުރި މޭޒުގައި ނިދާފައި އިން ފިރިހެން ކުއްޖާ މަލްޝާގެ ސަމާލުކަން އަތުލިއެވެ. ގޮނޑީގައި ލެނގިގެން ބޯ އަރިކޮށްލާފައި ނިދަން އިން އެ ފިރިހެން ކުއްޖާއަށް ކުލާސް ތެރޭ ހިނގާ ކަންތަކުގެ ހިލަމެއްވެސް ނުވާދަފައެވެ. ދޮން ހަނގަޑަކާއި ކަންދުރާއާ ހަމައަށް އަރާ ތުނި އަދި އެހާމެ ފަން އިސްތަށިގަނޑުގެ ވެރި ސޫރަ މަލްޝާގެ ހިތުގައި ކުރެހިގެން ދިޔައީ ކީއްވެގެން ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. ހިކި އެ ހަށިގަނޑާ ގުޅޭ ހުދު ކުލައިގެ ގަމީހުގެ ކަރުގޮށް އަޅުވާފައި އުޅަނބޮށްޓާ ހަމައަށް އޮޅާފައިވާ ގޮތް ކިތަންމެހާވެސް ފިރިހެންވަންތައެވެ. އެ ފިރިހެން ކުއްޖާ ލައިގެން ހުރި ގަދަނޫކުލައިގެ ޖިންސަށް ދާންދެން މަލްޝާގެ ހިތުގައި ތަސްވީރެއް ކުރެހުނެވެ. ތަފާތު ވިންދެއް މޭގައި ޖަހާލިއެވެ. އެއީ ހިތް ނުތަނަވަސްވުމުން ކުރެވޭ އިހްސާސެއްކަން އޭނާގެ ހިތަށް ވިސްނައިދިނެެވެ.

ލެކްޗަރަރ ކަރު ކެހިލި އަޑަށް މަލްޝާ ސިއްސައިގެން ދިޔައެވެ. ތުރުތުރު އަޅަމުން ދާ ހާލު މަލްޝާ އަނގަހުޅުވާލިއެވެ. އެވަގުތު ވެގެން ދިޔައީ މަލްޝާގެ ހިތްއަތުލި ނިދާފައި އިން ފިރިހެން ކުއްޖާވެސް ލޯ ހުޅުވާލި ވަގުތަށެވެ. “އަޅެ މަގޭ ވާހަކަ ނިމުނީމަ އޭނާ ހޭލި ނަމަ..ގޯޝް އައިމް ސޯ އަންލަކީ..” މަލްޝާ ހިތާހިތުން ބުނެލިއެވެ. “އެހެމް..އައިމް އައިޝަތް މަލްޝާ އާދިލް..ނައިސް ޓު މީޓް ޔޫ..” ވާހަކަ ދައްކަމުން ދިޔައިރުވެސް މަލްޝާގެ ނަޒަރު ހުއްޓިފައިވަނީވެސް އެ ފިރިހެން ކުއްޖާއަށެވެ. އެ ކުއްޖާގެ ނަޒަރު އެންމެ ފަހަރުކުވެސް މަލްޝާއަށް ނުހުއްޓުމުން އޭނާގެ ހިތް މާޔޫސްވިއެވެ. ކުޑަދޮރުން ބޭރަށް އެ ސޮރު ބަހައްޓައިގެން ގޮތް މަލްޝާއަށް ހިތްގައިމުވިއެވެ.

“ގިވް އަ ވާރމް ވެލްކަމް ޓު މަލްޝާ..” ލެކްޗަރާ ބުނުމާއެކު ކުލާސް އެންމެ އަތްތިލަ ބަޑީގެ އަޑު ގުގުމާލިއެވެ. އެއަޑަށް އެ ފިރިހެން ކުއްޖާވެސް ބަލާލިއެވެ. ނަމަވެސް އަތްޖަހާކަށް ނޫޅުނެވެ. ފަރުވާ ކުޑަ ނަޒަރެއް މަލްޝާއަށް ދިނުމަށްފަހު ޑެސްކުގައި ބޯ ޖަހާލަމުން ނިދީގެ ތެރެއަށް އޭނާ އަނެއްކާވެސް ގެނބިގަތެވެ. މަޑު ހިނގުމެއްގައި އެ ސޮރުގެ މޭޒު ހުރަސްކޮށް މަލްޝާ ދިޔައެވެ. ނަސީބު ރަނގަޅުކަމުން އޭނާއަށް އިށީންނަށް ދިމާކުރީ އެ ޒުވާނާގެ ޑެސްކާ ޖެހިގެން ހުރި ޑެސްކެވެ.

“ނީޝަމް.ނިދާ ނުނިމޭތަ އަދިވެސް..” ލެކްޗަރާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުނެލިއަޑަށް މަލްޝާގެ ނަޒަރު ހުއްޓިލީ އެ ޒުވާނާއަށެވެ. އޭނާ ބޯ ހިއްލާލަމުން ލެކްޗަރާއަށް ބަލާލިއެވެ. އެއަށްފަހު ބޯ ހޫރާލިއެވެ.

** ** ** ** **

މެންދުރުގެ އަވިގަދަ ވަގުތެވެ. ކުލާސް ނިންމާލަމުން ބޭރަށް ނިކުންނަން މަލްޝާ ހިނގައިގަތެވެ. “އޭ މަލްޝާ.” ނަމަވެސް ފަހަތުން މީހަކު ގޮވާލިއެވެ. އޭނާ ފަހަތް ބަލާލިއެވެ. އެއްބުމަ އަރުވާލީ ވާނުވާގައި ހުރެއެވެ.

“ހޭ އައިމް ނަދުވާ ވޮނަ ބީ ފްރެންޑް..ވެލް..މި ކުލާސް ހުރިހާ ކުދިންނަކީވެސް ވަރަށް ގުޅޭ ބަޔެއް ސޯ މަލްޝާވެސް ތީ މިހާރު ދެން މިކްލާސް ކުއްޖެއްނު..އެހެންމަ ޔޫ ހޭވް ޓު ކޯޕަރޭޓް..” ހިތްހެޔޮ ކަމާއެކު އެ އަންހެން ކުއްޖާ ސަލާމަށް އަތްދިއްކޮށްލިއެވެ. މަލްޝާގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. ފުރަތަމަ ކުލާހުގައި އެކަނިވެރިކަން އިހްސާސްކުރަން ޖެހުމުން އޭނާ ހިސާބަކަށް ފޫހިވިއެވެ. ނަމަވެސް ހީވެސް ނުކުރާ އަވަހަށް އެކަން ބަދުވެގެން ދިޔައެވެ.

ވާހަކަ ދައްކާ ހަދާލެވުމުން ނަދުވާ ވެގެން ދިޔައީ މަލްޝާ ހީކުރިވަރަށް ވުރެ އަނގަގަދަ ހިތްހެޔޮ އަދި އެހާމެ ސަކަ މިޒާޖެއްގެ ވެރި ކުއްޖަކަށެވެ. މަލްޝާގެ ތުންފަތްމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެން ދިޔަކަ ނުދެއެވެ.

“ނަދޫ އޭ..” ކުއްލިއަކަށް ނަދުވާގެ ފިޔަވަޅުތަށް ހުއްޓުނެވެ. ފަހަތުން މީހަކު އޭނާގެ އަތުގައި ހިފާލުުމުން އޭނާ ފަހަތް ބަލާލިއެވެ. މަލްޝާވެސް ފަހަތަށް އެނބުރުނީ ނަދުވާއާ އެކީގައި ކަހަލަ ގޮތަކަށެވެ. ނަދުވާގެ އަތުގައި ހިފާއްޓާލައިގެން ހުރި ފިރިހެން ކުއްޖާ ފެނުމުން އޭނާގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ.

(ނުނިމޭ)

Share Article

Follow Me Written By

coco

Level 1

Other Articles

Previous

އީސްޓު ވިލާ!!

Next

ހިތް އެދުނަސް (11)

Next
October 24, 2018

ހިތް އެދުނަސް (11)

Previews
October 24, 2018

އީސްޓު ވިލާ!!

19 Comments!

  1. Sanaa? says:
    October 24, 2018 at 8:56 pm

    Salhi? when next part?

    1. coco says:
      October 25, 2018 at 12:50 pm

      Thank you ❤❤❤?? next part today insha allah ??

  2. haapy says:
    October 24, 2018 at 9:37 pm

    v nice mi part. story v reethi vaanehen heevany. i love the starting. all the best. whn next part???

    1. coco says:
      October 25, 2018 at 12:52 pm

      Thank you so much ❤❤❤??? awwwn so sweet ?? next part today insha allah ?

  3. Nunnu says:
    October 24, 2018 at 11:59 pm

    I love this…

    1. coco says:
      October 25, 2018 at 12:53 pm

      Happy to know ❤❤??? thnkx ??ly 2

  4. Shint says:
    October 25, 2018 at 7:04 am

    Salhi vaane hnn heevey ?

    1. coco says:
      October 25, 2018 at 12:54 pm

      Yea insha allah ?❤❤❤ thnkx ??

  5. coco says:
    October 25, 2018 at 12:57 pm

    Salaam everyone ❤❤❤ it’s nice to meet u ??? my First stry “HIH VINDHAANULAA”ge 1st part hurihaa readers ahves kamudhaane kamah ummedhukuran ?? ur feedbacks r going to be a big help in my success ?? so hurihaa kudhinves stry kiyaalaafa comment kohlachey ???? I’ll rply hurihaa comments ahves insha allah ??? love yah all ??????

  6. Eeno says:
    October 25, 2018 at 1:08 pm

    V V salhi. Go on!!!

    1. coco says:
      October 25, 2018 at 10:26 pm

      Thank you eeno dear❤❤???

  7. Girl says:
    October 25, 2018 at 4:22 pm

    Salaam coco❤❤❤v nyc ni feshun….hope you will upload till the end…❤❤❤????plus v rythi name eh MALSHA aky..vaahaka fashaafa huhttaa nulahchey plx….hyvany mi stry v rythi vaanehen….?????lots of love dear…gud luck❤❤❤

    1. coco says:
      October 25, 2018 at 10:30 pm

      Awwwwwn so sweet of u gurl ❤❤❤ nd yes coco ahves vrh reethi name eh MALSHA aky??? insha allah I wont??thnx again??? love more ????

  8. Airah says:
    October 25, 2018 at 7:33 pm

    feashun vvv Reethi. Gud luck dear

    1. coco says:
      October 25, 2018 at 10:32 pm

      Thank you so much airah dear ❤❤❤❤?????

  9. Shaya says:
    October 25, 2018 at 10:34 pm

    Nice…all the best for the story

  10. Someone says:
    October 28, 2018 at 6:01 pm

    Hey v kiyaa hithun mi hunnany….where’s the stry????plx up kohdhiiba….

  11. Hafeez says:
    October 29, 2018 at 7:52 pm

    When next part? Avahah up kolladheeba

  12. 1 says:
    April 21, 2019 at 7:33 pm

    adivess ” TODAY” naadhey dho coco
    vaahaka nuliyevennaa nuliyebala
    thihen hadaa kah nuvaaneyyyy coco

Comments are closed.



All Right Reserved!