ޔާރު މިވަނީ ލޯތްބޭ ހަޤީޤީ 4 ވަނަ ބައި❤❤
އަހަރެން ދަންނަން ފަންޑިތައް ހަދާ މީހެއް . އެމީހަަށް ޒައިން އަދި ރިޔާޝާ ދުރުކުުުުުރެވި ދާނެ .އެކަމަކު ވަރަށް ލާރިބޭނުން ވާނެ”
ނާއިލް ވިސްނާލުމަށްފަހު ބުނެލި އެވެ
“އަހަރެން އެކައުންޓުގައި ހުންނާނެ ފުދޭ ވަރަކަށް ގިނަ ލާރި”
ޒީމާ އިސްތަށިގަނޑު ރީތި ކޮށްލަމުން ބުނެލިއެވެ
ހޫމް .މިރޭ 8 ޖަހާއިރަށް ހަސަން ބެ ކައިރިއަށް ދާން ތައްޔާރު ވޭ މަދާނަން ބަލާ “ނާއިލް ގޮޑިން ތެދުވަމުން ބުނެލިއެވެ.
ޒީމާ ހޫމް ލައްވާ ލުމަށްފަހު މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ.ގެއަށް ވަދެފައި ސިއްރުން ގޮސް ކޮޓަރިއަށް ވަނެވެ. ރިޔާ ގެ އާދޭހަށް ނެޓުބޯޅަ ކުޅޭތަނަށް ދިިިޔައީ ދާހިތަކުން ނޫނެވެ.ރިޔާ އަކީ ރިޔާޝާގެ ކުރީގެއެކުވެރިއެކެވެ.
ރިޔާ ކުޅޭ ކުދިންނާއި ގުޅުމުން ރިޔާޝާ ހުރީ ކުޅިބަލާށެވެ. ނެޓުކޯޓުކައިރީ ކޮޅަށް ހުރީ މެންދުރު ވެހެނު ވާރެއިން ވިނަގަނޑު ތެމިފައި އޮތުމުންނެވެ. ހަރަމް ބަނދެލައިގެން އެހެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ފައިކައިރިއަށް ޖެހުނު ނެޓުބޯޅަ ނަގަން ރިޔާޝާ ގުދުވެތީ މާބޮޑު ކަމެއް ވެދާނެކަމަކަށް ނޫނެވެ. އެހެނަސް މޫނުމައްޗަށް ކުދިއެތި ބުރާފައި މޫނުމައްޗަށް އަނދިރިވެގެން ރިޔާޝާ ބިންމައްޗަށް ވެއްޓުނީ ކަނޑާވައްޓާލި ރުއްގުޅިއެއް ފަދައިންނެވެ.
ނެޓުބޯޅަކޯޓުގައި ތިބި ހުރިހާ ކުދިން ރިޔާޝާ ކައިރިއަށް ޖަމާވިއެވެ. އެއިން ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. ވަކިން ހާއްސަކޮން ރިޔާގެ ކޮންމެ ހަރަކާތަކުން އޭނާ އެހެންކުދިންނަށްވުރެން ބޮޑަށް ކަންބޮޑުވެފައިވާކަން ހެކިދެއެވެ. ހަބަރުހުސްވެފައިވާ ރިޔާޝާ ރިޔާ ފައިމަތީ ބައިންދާއިގެން ތަކުރާރްކޮށް ގޮވިނަމަވެސް އެފަކީރު އިތުރު ހަރަކާތެއް ކޮށްނުލިއެވެ. ހުރިހާ ކުދިންނަށްވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ ރިޔާޝާ ހޮސްޕިޓަލަށް ގެންދެވުމެވެ. ރިޔާޝާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނުއިރު އެކުގައި އެހީތެރިއެއްގެ ގޮތުގައި ދިޔައީވެސް ރިޔާއެވެ. އެމްބިއުލާންސަށް އަރަމުން ރިޔާ އެންގީ ރިޔާޝާގެ ފިރިމީހާ ޒައިންއަށް އެހަބަރު ދިނުމަށް ކޮންމެވެސް ކުއްޖަކު ގޮސްދިނުމަށެވެ.ޒައިންް އަށް އެއް ހަބަރު ލިބުމާއެކު ކާރު ދުއްވައިލީ ހޮސްޕިޓަލާ ދިމާ އަށެވެ
ރިޔާޝާ ބާއްވާފައި އޮތް އެނދުކައިރީގައި ހުރި ގޮނޑީގައި ޒައިން އިނީ ނިދިޖެހިފައެވެ. ރިޔާޝާވެސް ނިދިފައި އޮތުމުން ޒައިންއަށް ނިދުނީއެވެ. ވާހަކަދައްކާ އަނގަތަޅާލާނެ މީހަކުވެސް ހޮސްޕިޓަލް އެވޯޑުގައި ނެތެވެ. މަރުގެ ހިމޭންކަން ނޫނީ އެތާ ނުވެއެވެ. ހަމަހިމޭންކަމާއި ފަޅުކަމެވެ.
” ކުއްޖާ…….” ޒައިން ލޯހުޅުވާލެވުނީ އޭނާގެ ކޮނޑުގައި މީހަކު އަތްޖައްސާލައި ގޮވާލުމުންނެވެ. ކުރިމަތީގައި ހިނިތުންވެގެން ހުރީ ހުދު ޔުނީފޯމްގައި ހުރި ނަރުސްކުއްޖެކެވެ. އެކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ހުއްޓުނީ ޑޮކްޓަރެވެ. އެތަން ފެނިފައި ޒައިންވެސް އަވަސް އަވަހަށް ގޮނޑިންތެދުވެތެވެ.
” ރިޔާޝާގެ ޓެސްޓު ތަކުގެ ރިޕޯޓް ލިބިއްޖެ………” ޑޮކްޓަރ އަތުގައި ހުރި ލިޔުންތައް ނަރުސްކުއްޖާގެ އަތަށް ދެމުން ވާހަކަދެއްކީ ޑޮކްޓަރެވެ. ޒައިންއަށް ވަކިންބޮޑަށް ލައިބާ އޮތް އެނދާކައިރިއަށް ޖެހިލައި ކެނިއުލަރ ގުޅާފައިވާ ލައިބާގެ އަތުގައި ފިރުމާލެވުނެވެ.
” ރިޔާޝާއަށް ކިހިނެތްވީތޯ؟ ” އެއްފަހަރު ނަރުސްކުއްޖާގެ މޫނަށް އަނެއްފަހަރު ޑޮކްޓަރުގެ މޫނަށް ބަލާލަމުން ޒައިން ސުވާލުކުރިއެވެ. ޑޮކްޓަރ ކުރިއަށް ޖެހިލައި ޒައިންގެ ކޮނޑުގައި ޖަހާލިއެވެ. އޭރު ޒައިންގެ ހިތްވެސް ދިޔައީ ނޭގޭ ބާރުމިނެއްގައި ތެޅެމުންނެވެ.
” މަރުހަބާ ރިޔާޝާ ބަނޑު ބޮޑު……” ޑޮކްޓަރ ދިން އެއުފާވެރި ޙަބަރުން ޒައިންއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެވަރުގެ އުފަލެއް އަދި ޒައިންގެ ހަޔާތުގައި އިހްސާސްނުކުރެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ޒައިންއަށް ރޮވުނީ ނަރުސްކުއްޖާ އާއި ޑޮކްޓަރ އެތަނުން ދިޔަފަހުންނެވެ.
”ޒައިން ރޮނީތަ؟ ” ރިޔާ އަޑަށް ޒައިން ސިހިފައި ބަލާލިއެވެ.
” ކިހިނެތްވީ އަނެއްކާ………ރިޔާޝާއަށް ކަމެއްވީތަ؟ ޑޮކްޓަރ ކީކޭ ބުނީ………….” ބަހެއް ނުބުނެ ޒައިން އިންތަން ފެނުމުން ރިޔާ ކަންބޮޑުވިއެވެ.
ރިޔާޝާ ލޯހުޅުވާލީ ޒައިންއާއި ރިޔާ ވާހަކަ ދައްކާ އަޑަށެވެ.
” ޒައިން…….” ރިޔާޝާއަށް ހޭލެވުނުކަންވެސް އެމީހުނަށް އެނގުނީ އޭނާ ގޮވާލުމުންނެވެ.
” ޑޮކްޓަރ ނާދޭތަ؟ ” ފާޜުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލަމުން ރިޔާޝާ އަހާލިއެވެ. ޓެސްޓުތަކުގެ ރިޕޯޓް ލިބުމުން ޑޮކްޓަރ އޮތީ އަށެއްޖަހާއިރު ރިޔާޝާ ކައިރިއަށް އަންނާނެ ކަކަމަށް ބުނެފައެވެ. މިހާރު އަށެއްޖަހާ ފަނަރަމިނެޓް ހިނގައިފިއެވެ. ނިދިފައި އޮތުމުން ޑޮކްޓަރ އައިކަމެއްވެސް އޭނާ ނުދެނަ ހުއްޓެވެ.
” އުހޫން…… ޑޮކްޓަރ އާއްސަ އެދިޔައީ………………” ރިއާއަށް ބަލާލަމުން ޒައިިންބުނެލިއެވެ. ޒައިންގެ މޫނުމަތިން ރިޔާޝާއަށް އެއްވެސް ކަމެއް ނޭނގުނެވެ.” ކީކޭ ބުނީ……….މިއަދު ގެއަށް ފޮނުވާލާނެތަ؟ ” ކަންބޮޑުވެފައި ރިޔާޝާ ސުވާލުކުރިއެވެ.
” ދެން ބުނެބަލަ ކީއްވެތަ އެއްޗެކޭ ނުބުނެ ތިތިބީ……….” ޒައިން އާއި ރިޔާ ތިބިގޮތުން ރިޔާޝާ ވާހަކަ ދެއްކީ ކުޑަކޮން ހިތްހަމަ ނުޖެހި ހުރެއެވެ. ޑޮކްޓަރ ބުނާ އެއްޗެއް އެމީހުން ރިޔާޝާ ކައިރީ ބުނުން ލަސްކުރާތީ އޭނާ ހިތްހަމަ ނުޖެހުނީއެވެ.
” ޑޮކްޓަރ ބުނީ އަހަރެން ބައްޕަ އަކަށް ވަނީ އޯ…….” ޒައިން ހިނިއައިސްފައި އެހެން ބުނުމުން ރިޔާޝާ ރަކިވިއެވެ.
” ދެން ޒައިން………….” ނިކަން ދަމާލާފައި ރިޔާޝާ ޒައިންއަށް ގޮވާލީ ލަދުން އިސްއޮބައިލައިގެން އިނދެއެވެ.
” މަރުހަބާ! މަރުހަބާ…! ” ރިޔާޝާ ކައި
ރިއަށް ރިޔާ ހުއްޓެމުން އެއުފަލުގައި ޙުދު ރިޔާވެސް ބައިވެރިވިއެވެ.
އިރުއޮއްސެމުންް ދާ ވަގުތެވެ. ރިޔާޝާ ހޮސްޕިޓަލުން ދޫކޮށްލީ 6ޖަހަނިކޮށެވެ.ރިޔާ ވެސް ރިޔާޝާ އާ އެއްކޮށް ކާރަށް އެރީ ޒައިން ގެއަށް ލައިދޭނަމޭ ބުނުމުންނެވެ.ރިޔާގެއަށްލުމަށްފަހު ޒައިން މިސްރާބުޖެހީ އޭނާ ގެ ގެއަށް ދިޔުމަށެވެ.ކާރުތެރޭގައިި ވީީ މަރުގެ ހިމޭންކަމެވެެ.ގެއަށް ވަންްްްްްއިރު ޒައިން މަންމަ އާފިޔާ އަދި ޒީމާ ސިޓިން ރޫމްގައި ތިއްބެވެ.
ބަދިގެ ފަރާތުން ޒަޔާާން އަދި ނިޒާރު އައިސްް ސޯފާ ގައި އިށީނެވެ.އެކަކަށް ވެސް ރިޔާޝާ އަދި ޒައިންއެއް ނުފެނެވެ.،”ބައްޕާ”ޒައިން ނިޒާރަށް ގޮވާލިއެވެ.”އަނހަަ……ފަރިފުޅު މެން އައީތައް”ނިޒާރަށް ރިޔާޝާ ހޮސްޕިޓަލުގައި ބޭއްްވިކަން އިގުނީ ރިޔާ ގެ ފަރާތުންނެެވެ.ނަމަވެސް ރިޔާޝާާ ބަނޑުުުުުުުުުުބޮޑު ކަމެއް ނޭގެއެވެ.ޒައިން ގޮސް ސޯފާގައި އަށީނަަަަންް ބަލާލިއިރު އެތާ އިން އަންހެން ކުއްޖަ ފެނިފައި ޒައިން ނިޒާރަށްް ބަލާލީ ސުވާލުގެ ނަޒަރުންނެވެ”ދަރިފުޅުު އެއީ މައިހާ …ޒަޔާން އިންނަން އުޅޭ ކުއްޖާ” ނިޒާރު މޫނުގައިވީ ހިނިތުންވުމެވެެ.
ޒައިން ގަދަ ކަމުން ކެއްސަމުން ގޮސްް ސޯފާގައި އިށީނެވެ. ޒަޔާން ޒައިންއަށްލޯ އަޅާލިއެވެ.ރިޔާޝާ ވެސް ގޮސް ސޯފާގައި އިށީނެެެެވެ.އެއް މޫނުމަތީގައި ވީީ ވަރުބަލިކަމެވެ. “ދަރިފުޅު އަދިވެސް ބަލީތައް “އަފީފާ ރިޔާޝާ އަށް ބަލާލުމުން ރިޔާޝާ އަވަހަށް ދެފަރާތައް ބޯ ހޫޅުވާލީ ނޫނެކޭ ބުނުމުގެ ގޮތުން ނެވެ.”ކީކޭ ޑޮކުޓަރ ބުނީ ” ނިޒާރު ނަޒަރު ސީދާ ވެފަ އިނީީ ޒައިން އަށެވެ. “ބައްޕަ ކާފަ އަކަށް ވަނީ ” ޒައިން ނިޒާރު ގައިގައިި ބައްދާލިއެވެ. އެންމެން ގެ މޫނުމަތިިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ
ނުނިމޭ.
10 Comments!
Comments are closed.

haadha foohsey
Ehfaharu riyaasha aneh faharu laiba
Riya aka riyaasha akaa ulheythee ves.varah foohi
Yeah.laisha ehen vaahaka eh liyebala vaahaka liyumugeh hunaru ebah hurih
Mih vaahaka dhen mi hih saabah baindaa
Vaahaka hadiyya nukiyaany… enmenge taste eggotheh nuvaane… vaahaka reethi vedhane ehn bayaku thibedhaane kamah visna… hageegathuga thy ulhumehves neth baeh.. dhn mashah ehn heevaathy ma bunanvy avahah maruvaasheytha?
Congra to xain n riasha.. vrh reethi mi part.. maashallah
masha allah mi part ves v reethi
Ahahaha.. Name change kury dhw.. Varah rythi mi part vx..❤❤
Kiyun therin beynun vanyaa alhugadhu mih vaahaka liyun mih huh taalee
????
No pls mi vaahaka continue kohbala pls meehaku kiyaahaa ehchakah alhaa nulhaabala mi vaahaka reethi kudhinaa Hadi kudhin vx thibeyne
V salhi ♥️♥️ Mi part ves… but Ehen myhun kiyaa ehchihi nubalaa …lol….♥️
ފާޑުކިޔުމަކީ ކުރިއެރުމެށް ކަމައްބަލައި މި ވާހަކަ ކުރިއަށް ގެންދެންފެނޭ.މި ވާހަކަ ކަމުދާ ކުދިންނާ ކަމުނުދާ ކުދިން ވެސް ތިބޭނެ.ކަންކުރަންވީ ގޮތް އިނގޭނީ ލިޔުންތެރިޔާ އަށް .މާތްﷲ ތިބާގެ ިތި މަސައްކަތު ގައި ބަރަކާތްލައްވާށި.އާމީން