ޔާރު މިވަނީ ލޯބޭ ހަޤީޤީ 3 ވަނަ ބައި
ރިޔާޝާ ހޫނު ކޮފީތަށްޓެއް ހިފައިގެން ސިޓިން ރޫމަށް ނުކުތީ ޒައިން ނުފެންނާތީ ވީގޮތެއް ބަލައިލުމަށެވެ.ކޮޓަރި އަށް ވަންއިރު ޒައިން އިނީ ކޮންމެސް މަސަތްކަތެއް ކުރާށެވެ.ޒައިން ލެޕުޓޮޕު ލައްޕާާލުމަަށް ފަހު ރިޔާޝާ ބޮލުން ފެށިގެން ފަޔަށް ބަަަަަަަލަލިއިރު އެދެލޮލުގައިވީ ކޮން ޝުއޫރެއްކަން ނޭގުނަސް ރިޔާޝާ އަށް އެއްލޯ މަރާލައިފިއެވެ.
ރިޔާޝާ އާާއި ޒައިންގެ ގުޅުން އެއް ދުވަހަށް ވުރެން އަނެށް ދުވަހު އަންނަނީ ބަދަހިވުމުން ނެވެ.
“ޒައިން… އައި ލަވް ޔޫ ސޯ މަޗް. ކީއްވެތަ އަހަރެން ދޫކޮށްލާފަ ތިދަނީ؟” ރިޔާޝާ ތުއިވެލާފައި ބުނެލިއެވެ
“ނޯ ބޭބީ. . އަހަރެން ނުދަމެއްނު.” ރިޔާޝާ ދެކޮނޑުގައި ހިފާލާ ތަޅުވާލަމުން ޒައިން ބުނެލިއެވެ.
“ދެން އެހެންވިއްޔާ ބުނެބަލަ ލޯބިވެޔޭ.. ޓެލް މީ ދެޓް ޔޫ ލަވް މީ..” ކުޑަކުއްޖަކު ފަދައިން ރިޔާޝާ ކުސްތަޅަން ފެށިއެވެ.
“އައި ލަވް ޔޫ މައި ސްވީޓީ”
ރިޔާޝާގެ އުނަގަނޑުގައިި ހިފާލަަަަަަމުން ޒައިން ބުނެލިއެވެ.ޒައިން ކަރުގައި ރިޔާޝާ ދެއަތް ވަށާލިއިރު ދެމީހުންގެ ދެމެދު ވައިރޯޅިއަކަށްވެސް ނުވަދެވޭނެއެވެ. ދެހަށިގަނޑު ޖެހިފިތިފައިވާއިރު އެކަކު އަނެއްކަކަށް ބޭނުން ވެފައިވާވަރު ދުލުން ނުބުނިނަމަވެސް ކޮންމެ ހަރަކާތަކުންވެސް ހެކިދެއެވެ.
***** ***** ***** ****** ***
އިރު މެދުއުޑުގައި ރަސްކަންކުރަމުން ދިޔަ ވަގުތެވެ. ގޭތެރޭގައި ވާ ހޫނުން ސަލާމަތްވުމަށް ޒީމާނިކު ތީ ބޭރު ޖޯއްޔަށެވެ. ކައިރީގައި ހުރި ކުންނާރުގަހުން ޖޯއްޔަށްވަނީ ހިޔާ އެޅިފައެވެ. މޫނުގައި ބީހިލާފައިދާ މަޑުމަޑު ވައިރޯޅިތަކުން ހިތަށް ފިނިކަމެއް ލިއްބައިދިނެވެ. ތިން ފޫޓަށް ރާނައިފައިވާ ގޭގެ މަގުފާރުން ބޭރަށް ނަޒަރުހިންގައިލިމެވެ. ސްކޫލުން ނިމިގެން, ކުދިންތައް އެކުދިންގެ ގެއަާދިމައަށް ދާތަން ފެނެއެވެ. ދީފައިވާ ދިލަ އަވިން ރައްކާތެރިވުމަށް އެއްބައިކުދިން ކުޑަ އަޅައިގެން ތިބި އިރު, ބޯ މަތީގައި ފޮތެެއް އަޅައިގެންދާ ކުދިން ވެސް ފެނެއެވެ.
އެއްލި ކަޅިއަކުން އަަހަރެންގެ ލޮލުގައި އަޅައިގަތީ, ހީސަމާސާ ކުރަމުން އައި ޒުވާން ޖޯޑެކެވެ. ލައިގެން ތިބި ޔުނީފޯމްއިންނާ, ކޮނޑުގައި އަޅުވާފައިވާ ދަބަހުން, އެދެކުދިންްް ވެސް އެއަންނަނީ ސްކޫލުންކަން އެނގެއެވެ. ހިޔާކޮޅެއްނުވާ އެ މަގުގައި ހިނގާފައި އަންނައިރު, ހޫނުކަން މިކުދިންނަށް އިހުސާސް ނުވާކަހަލައެވެ. މި މަންޒަރު ފެނުމުން, ޒީމާއާއި ޒައިން އެކީގައި އުޅުނު ދުވަސްތައް ހަނދާންވާން ފެށިއެވެ.
އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. އޭރު ޒީމާ ގެ އުމުރުންވާނީ ސަތާރަ އަހަރެވެ. އޭރު ޒީމާ އާއި ޒައިން ކިޔަވަމުން ދިޔައީ ގްރޭޑް ބާރައިގައި އެއްކުލާހެއްގައެވެ. ޒައިންއަކީ ޒީމާ ގެބެސްޓްފްރެންޑްއެވެ. ބެސްޓްފްރެންޑްކީ ނަމަވެސް ޒީމާ ހިތުން ޒައިންއަށްވަނީ ޚާއްސަ މަގާމެއްދެވިފައެވެ. އެކަމަކު ޒައިން ގެ ހިތުގައިވާ އެއްޗެއް ނޭންގޭތީ, މިކަން ހާމަކުރަން ފަސްޖެހެވެނީއެވެ.
ކިޔެވުމުގެ ފޯރީގައި ދުވަސްތައް ދިގުލައިދަމުންގޮސް އަހަރުގެ ފަހު އިމްތިހާން ވެސް ނިމިއްޖެއެވެ. ޒީމާ ގެ ކުރީ ގެ ނަމަކީ ހައުލާ އެވެ. ހައުލާ އޭނާ ގެނަން ބަދަލުކުރީ ހައުލާ ގެ ހިތި މާޒީ ހަނދާން ނަށްތާލުމަށެވެ.ނމަވެސް އެކަން އަދިއަދަށް ދާންދެން ވެސް އޮތީނުވެފައެވެ.ހައުލާ ބައްޕަ ވަނީ ހައުލާގެ އުުުުުުުމުރުން1 އަހަރުގައި މަރުވެފައެވެ.ހައުލާ ވިހުމަށްފަހު ހައުލާ ގެ މަންމަ ނޫރު ވަނީ ދުނިޔެދޫކޮށްފައެވެ. ދެން ހުރީ ހައުލާ ގެ ދޮން މަންމަ ނަފީސާ އެވެ.
ބައްޕަ މަރުވި ފަހުން ނަފީސާ ވަނީ ހައުލާއަށް އޭނާ ގެ އަސްލު ސޫރަ ދައްކާފައެވެ. ގޭގެ ހުރިހާ މަސަތްކަތެއް ޖެއްސީ ހައުލާ އަށެވެ. ނުވިތާާށްކަށް ހައުލާ ގެ ނުގަބޫލުގައިި މީހުން އޭނާގެ ހަށިގަނޑު ގައި އަތް ލުމުގެ ފުރުސަތު ދިނެވެ.ހައުލާ އިތްފަތްތެރި އަންހެނަކަށް ނުވީީ ހަމަ އޭނާ ގެ ދޮންމަންމަ ގެ ސަބަބުންނެވެ.ޛޮންމަންމަ މަރުވިިިިތާ މިހާރު 4 އަހަރު ވެދާނެވެ.އޭރު އެހީ ގެ އަތެއް ދިއްކޮށްްލީ ނިޒާރެވެ ފަހުން ފަހުން އައިސް ހައުލާ ވެސް އެކަމުގައި ބައިވެރި ވީއެވެ. މިހާާރު ވެސް ހައުލާ ހިށިނވިއްކައެވެ.މިހާރު އެއްކަން ކުރަނީ އޭނާ ރުހި ގަބޫލުވެގެންނެވެ.އޭނާވަނީ އެއް ކަމަށް ދެލިހިފައިފައެވެ. އަދިވެސް އެއް ހިތުގައި ޒައިން އަށްޓަކައި ލޯބިވެއެވެ. އަދިވެސް އޭނާ މަސަތްކަތްކުރަނީ ޒައިން ހާސިލްކުރުމަށެެވެ. ސުވާލަކީ ޒައިން ރިޔާޝާ ދޫކޮށްލައް ދާނެހެއްޔެވެ.؟ ދޫކޮށްލައިފި ނަމަ އޭނާއަށް ކައިވެނި ކުރާނެ ބާއެވެ.؟
ޒީމާ ސިއްސައިގެން ދިޔައީ ޒައިންް ގެ ފިރިހެން އަޑުންނެވެ. “ޒީމާ..ދޭބަލަ ސައިހައްދަންް ރިޔާޝާ އަށްް އެހީވާން..ރިޔާޝާ އުޅެބީ ބޮލުގަ ރިއްސާާތި”ޒައިން ހިނިތުން ވެލަމުން ބުނެލިއެވެ. ޒީމާާ ގަދަ ކަމުން ހިނިތުން ވަމުން ގޭތެރެއަށް ވަނެވެ. ޒީމާ ހިތުގައި ރިޔާޝާ އާއި މެދު ހަސަދަވެރިކަން އުފެދުނެވެ. ޒައިންް ރިޔާޝާ އަަަށް އަޅާާާާލާ މިންވަރު ފެނިފަށް ރިޔާޝާ ދެކެ ކުރިއަށް ވުރެން ބޮޑަށް ރުޅިއައެވެ. ބަދިގެއަށް ވަން އިރު ރިޔާޝާ ހުރީ ރޮށިފިހާށެވެ. ޒީމާ ވެސް ގޮސް ފިޔާ ކޮށަން ފެށީ މުގު ރިހަ ކެއްކުމުގެ ބޭނުމުގައެވެ. މޭޒުމަތީގައި ކާއެއްޗެހި އަތުރާލުމާއި އެކު ޒައިން ގޮޑިދަމާ ލުމަށްފަހު އިށީނެވެ. އިރުކޮޅެއްނުވެ ޒައިން މަންމަ އާފިޔާ އަދި ނިޒާރު އައިސް ގޮޑީގައި އިށީނެވެ.ޒަޔާންދުވަމުން ކަހަލަގޮތަކަށް އައިސް އޮފީހަށް ދާން ގަޑިޖެހޭ ބުނެމަށްފަހު ގެއިން ނުކުމެގެން ދިޔައެވެ.
“ބައްޕަ ދަރިފުޅު ދެކުދިން ކައިރީގާ ވާހަަަަަަަައެއްބުނަންވެފަ އެބަ އޮތް .ބައްޕަ ބޭނުން ބައްޕައަށް ކާފާ ބުނެލާނެ ކުއްޖެ ދަރިފުޅު މެން ކީއްކޭ ބުނަނީ” ނިޒާރު ރިޔާޝާ އަދި ޒައިން އަށް ބަލާލިއެވެ. ރިޔާޝާ އަދި ޒައިން އިނީބަސްހުއްްޓިފައެވެ.ޒީމާ ހުރީ ޒައިން ބުނާ އެއްޗެއް އަޑު އަހާ ށެވެ. “ޒައިން”ނިޒާރު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
ބައްޕަ…….. ބޭ…ނުން…..ވާ……..ގޮތެއް” ޒައިން ރިޔާޝާ އަށް ބަލަާލިއެވެ.
ނިޒާރު މޫނު މައްތިން ފެނުނީ އުޖާލާާކަމެެވެ.ކައި ނިމުމުން އެމީހަކު އެމީހެއްގެ ކޮޓަރިއަށް ވަނެވެ.
“ރިޔާޝާ ބޭނުންތައް ބޭބީ އެއް”ޒައިން ކޮއްލި ސުވާލުން ރިޔާޝާ ގެ ހިތު ގެ ތެޅުން އަވަސްވިއެވެ.
“ޒައިން ބޭނުމިއްޔާ އަހަރެން ވެސް ބޭނުން “ރިޔާޝާ މޫނަށް ވަނީ ލޭކުލަ ފެތުރިފައެވެ.
“މަގޭ ވައިފްް ބުލަޝް ވަނީތައް”ޒައިން ރިޔާޝާ ގެ އުނަގަނޑު ގައި ހިފާލަމުން ބުނެލިއެވެ.
“ދެން ޒައިން”ރިޔާޝާ ޒައިން ގެ ތަނަވަސް މޭމަތީގައި މޫނުު ފޮރު ވައިލަމުން ބުނެލިއެވެ.
*********
ޒީމާ ހުރީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.ޒީމާ ހުރީ އިންތިހާ ހާސް ވެފައެވެ.އަދި އެހާމެ ރުޅި އައިސްފައެވެ. ޒީމާ އަށް އިހުސާސް ވަނީ ޒައިން ދެން ދުވަހަކު ވެސް އޭނާ ގެ މީހަކިށް ނުވާނެ ކަމެވެ.
ޒީމާ ވިސްނަމުންދަނީ އެދެ މީހުން ދުރު ކުރާނެ ގޮތެކެވެ. ޒީމާ ފޯނު މަގައިފައި ނާއިލް އަށް ގުޅާާލިއެވެ.ޒީމާ
ނާއިލް އަށް ގުޅީ މިކަމުގައި ނާއިލް އެހީވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ.
“ނާއިލް.އޭ .އާދެ ބަލަ ޖަންބު ގެ ކައިރީގައި އިންނަ ރެސްޓޯރެންޓަށް،” ޒީމާ ވަރަށް އަވަސް އަވަހަށް ބުނެލިއެވެ. “ކިހިނެތް ވީ ” ނާއިލްް އާދައިގެ ގޮތަކަށް ބުނެލިއެވެ. ނާއިލް އޭނާގެ ސައިކަލު ދުއްވާލީ ރެސްޓޯރެންޓާ ދިމާއަށެވެ. އޭރު ޒީމާ ނާއިލް ގެ އިންތިޒާރުގައިި އޭރު ރެސްޓޯރެންޓުގައި އިނެވެ
ގޮޑީގައި ހަަމަ ޖެހިލަމުން ނާއިލް ކިހިނެތްް ވީހޭ އަހާލިއެވެ. ވެއިޓަރ އައުމުން ދެމީހުން ވެސް ކޮފީ އަކަށް އޯޑަރ ޖެހިއެވެ.
ޒީމާ ވެގެން އުޅޭ ގޮތުގެ ކުޑަ ތަފްސީލެއް ބުނެދިނެވެ. ނާއިލް އަށްް ވީ ވެސް ޒީމާ އަށް ވީ ވަރެވެ. ވެއިޓަރ އައިސް ދެ ކޮފީ ތަށި ބެހެއްޓުމުން ޒީމާ ކޮފީ ތަށިން ކޯވަރެއް ބޯލިއެވެ.
“އެބައޮތް އެމީހުން ދުރުކުރާނެ ގޮތެއް،” ނާއިލް ވިސްނާލުމަށްފަހު ބުނެލިއެވެ. “ކޮން ގޮތެއް”ޒީމާ ސުވާލުކޮށްލިއެވެ.
ނުނިމޭ!
13 Comments!
Comments are closed.

Vaahaka v reethi. Ekamaku liumuga vvv kuhgenakan faahaga kurava
e adhi aa veema… ill try to make it gud..btw..thenks <3
Varah reethi❤️ ……ekam varah kuru dear ?….. hope kuran next part dhiguvaanekamah…when next part?
Coming right up.. thanks ❤?
Nice mi part ves??
Waiting for the next part ?
Please comment
So i hope you all like this part .and will upload next part tomorror maybe ??❤?keep reading.
Thanks ?❤
Knmx knmx reeshaa and xain dhurunukuraathi.. Vaahaka varah rythi.. But Vaahakaige namugaivaa liohbey dhivehin liyefa eyny nubaikoh..
Yup I’ll fix it.. thanks ?❤
Vaanuvaa negey vaahaka eh vvv Hadi miadhun feshigen mi vaahaka nukiyaana v salaam
Ok..btw thanks ?❤
Varah reethi omg .please reesha and zain vakih nukuraathih
Furathama kolhu vaanu vaa neahgeah ekam mihaaru igihjeh
Very nice.. dhen vaany kihinei baa? Mi part thankolheh short.. can u make it little longer?vrh reethi.. maashallah❤