Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުވަހަކުވެސް މާފެއް ނެތް – 1

yarn Level 1
September 20, 2018 3 Mins Read
8 Comments

ދެ ޖިންސުގެ ޒުވާނުން ފެނާއި ކުލަޖެހުމުގައި ހޭލަމޭލައަށް ދުވެ ނަގަނީއެވެ.  މަގުމަތީގެ ވެލިގަނޑު އޮތީ އެކި ކުލަތަކުން ޖަރީވެފައެވެ. ދުވަހަކީ 1994 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. އީދު ނަމާދުކޮށް ނިންމުމަށްފަހު ސައިބޮއެގެން ޔާނިއުވެސް ރައްޓެހިންނާއެކު ނުކުތީ ރަތާއި، ފެހިކުލަ އަޅާފައިވާ ފެން ފުޅިތަކާއި، ކުލަ ފުޅިތަކެއް ހިފައިގެން ރަށުގައި މިއަދު ކުޅޭ ފެންކުޅީގައި ބައިވެރިވުމަށެވެ. ކުއްލިއަކަށް ޔާނިއުގެ ގްރޫޕަށް ކުއްޖަކު ފެނިއްޖެއެވެ.

“އޭ ޔާނިއު އެއްދަނީ ކުލަ ޖަހާލަން ރަނގަޅު ކުއްޖެއް” މަގުމަތީގައި ކުލަޖަހަން ނުކުމެ ތިބި ގްރޫޕެއްގައި ހިމެނޭ އަރީން އޭނާގެ އެންމެގާތް ރަހްމަތްތެރި ޔާނިއުއަށް މަގުގެ ކައިރިން ދިޔަ އިސްކޮޅުން މެދުމިނުގެ ލޫޅާފަތި އަންހެންކުއްޖެއް ދައްކާލަމުން ބުންނެޏެވެ. “އޭ މިހުރެވެނީ ހުވަފެނެއްގަތަ؟” ޔާނިއު އަނގަ ހުޅުވިފައި ހުރެ ޖަވާބު ދިނެވެ. “ސާބަހޭ. މީހަކަށް ވަރެއް ވެއްޖެދޯ!” ގްރޫޕްގައި ހިމެނޭ ޒާމިރު ދިމާކޮށްލިއެވެ. “ނޫނޭ އެކުއްޖާ ގަޔަށް ކޮންމެހެންވެސް ކުލަ ޖަހާލަންވާނެ. ހިނގާ ފަހަތުން ދާން” ޔާނިއު ގްރޫޕް އެންމެންނަށް ލަފާދިނެވެ.

ޔާނިއުމެން މަގުމަތީގައި ކުލަޖެހުމުގައި މަޝްޢޫލުވެގެން ތިބި މީހުންގެ ތެރެއިން ފެނުނު ކުއްޖާގެ ފަހަތުން މަޑުމަޑުން ދާންފަށައިފިއެވެ. އެކުއްޖާ ޖެހިގެން އޮތް ގޯޅި އެޅިތަނާ ޔާނިއު ދުއްވާގެންފިއެވެ. މީހަކު ފަހަތުން އަންނަހެން ހީވެގެން ފައިހާ ފަހަތަށް އެނބުރި ބަލާލިއިރު އޭނައާއި އެއް އުމުރުފުރާ އެއްގެ ރަށުގެ މަޝްހޫރި ވިޔަފާރިވެރިޔާ މަންސޫރުގެ ދަރިފުޅު ޔާނިއު އޭނައާއި ދިމާލަށް ކުލަ ފުޅިއެއް ހިފައިގެން ދުވެފައި އަންނަނީއެވެ. ފައިހާއަށް ލިބުނު ޝޮކަކާއެކު ދުއްވާގަނެވިއްޖެއެވެ. އަދި ޖެހިގެން އެންމެ ކައިރީގައި ހުރި ގޭގެ ދޮރާށިން އެތެރެއަށް ދެމިގެން ފައިހާ ގޭތެރެއަށް ދުއްވައިގެންފިއެވެ. ފައިހާއާއި ދެތިންފޫޓް ފަހަތުގައި ހުރެ ޔާނިއުވެސް އެގޭ ދޮރާށިން ވަދެވުނެވެ. ގްރޫޕްގެ ދެންތިބި މީހުން ތިބި މާފަހަތުގައި ކަމުން ގޯޅި އަޅާލިއިރު ޔާނިއުމެން ފެންނަން ނެތުމުން ވަނީ ކޮން ގެއަކަށްކަމެއް ނޭގުނެވެ.

************

ފައިހާ ދުވެފައި ދިޔަގޮތަށް ގޮސް ވަނީ މީހުން ނޫޅޭ ފަޅު ގެއެއްގެ ތެރެއަށެވެ. ފައިހާ ދިޔަލެއް ބާރުކަމުން ގޮސް މަޑުކުރެވުނީ އެގޭގެ ގިފިލީގައެވެ. ގިފިއްޔަށް ވަދެވުމަށްފަހު ދެންދެވޭނެ އެއްވެސް ތަނެއް ނެތުމުން ފައިހާ މާނޭވާލަމުން ބިންމައްޗަށް ތިރިވިއެވެ. ފައިހާއާ އެއްކޮށް ދުވެފައި އެގޭތެރެއަށް ވަދެގެންއައި ޔާނިއު އެއްވެސް މަޑުކުރުމެއް ނެތި ފައިހާގެ ފަހަތުން އެގޭގެ ގިފިއްޔަށް އައިސް ވަދެއްޖެއެވެ. ޔާނިއު އެތަނަށް ވަން އަޑަށް ފައިހާ އިސްއުފުލާ ބަލާލި ނަމަވެސް އިތުރަށް ދުވާނެ ހިއްވަރެއް ނުލިބުނެވެ. ޔާނިއު އައިގޮތަށް ޔާނިއުގެ އަތުގައި އޮތް ރަތްކުލާގެ ކުލަފުޅި އެއްކޮށް ފައިހާގެ ބޮލަށް އޮއްސާލިއެވެ. ފައިހާއަށް ކުރެވުނުހާވެސް ކަމަކީ އެކަން ހުއްޓުވުމުގެ ގޮތުން ޔާނިއުއާއި ދިމާލަށް އަތް ދިއްކޮށްލުމެވެ. ޔާނިއު ކުލައަޅާގައިވާ ފެން ފުޅި އޮއްސާލުމާއެކު ފައިހާ އެއްކޮށްހެން ތެމުނެވެ. އަދި ލައިގެންހުރި ހެދުން ރަތް ލޭކުލައިން ފޯވިއެވެ. “މޮޔަވީތަ؟ ތަނަކުން މީހަކު ފެންނައިރަށް ޖެހޭތަ ގަޔަށްބޮލަށް އަރާގަނެގެން ޖެހުނުހާ އެއްޗެއް ގަޔަށް އަޅަން” ފައިހާ ރުޅިވެރި މޫނަކާއެކު ޔާނިއުއާ ކުރިމަތިލިއެވެ. އަދި ފައިހާ ދިއްކުރި އަތުން ޔާނިއު ލައިގެންހުރި ޓީޝާޓްގެ ކަރުގައި ބާރަށް ހިފާ ދަމާގެންފިއެވެ. ބާރުގަދަ ހަށިގަނޑެއް ލިބިފައިވާ ޔާނިއުއަށް ފައިހާގެ މޫނަށް ބެލުމާއެކު އެއްވެސް ބާރެއް ނުދެއްކުނެވެ. ފައިހާ ޓީޝާޓުގައި ހިފާ ދަމާގަތުމާއެކު ޔާނިއު ބާރުދޫކޮށްލުމުން ގޮސް ޖެހުނީ ފައިހާގެ ގައިގައެވެ. އެކަމުގެ ސަބަބުން ފައިހާގެ ރުޅި އިންތިހާއަށް ގަދަވިއެވެ. ނަމަވެސް ޔާނިއުގެ ޓީޝާޓުން ދޫނުކުރެއެވެ. “ތިކުއްޖާ ފެނުނީމާ މިބޮޑު އީދުގައި ފެންނުޖަހައި ދާނީ ކާކު؟ ދެން ފެންވެސް ޖެހުނީ. ޓީޝާޓުން ދޫކޮށްލަފާނަންތަ؟” ޔާނިއު ދިމާކޮށްލާ ފަދަ ގޮތަކަށް ބަލާލަމުން ބުންޏެވެ. “މަށަކީ ތިމީހާ ކުލަޖަހާގޮތަށް ފެންނަން ހުރި މީހެއްތަ؟ ނުކުރާނަން ދުލެއް. ކުލަ އެޅީމަވެސް ދެން ދޫނުކުރާނަން. ދަންޏާ ޓީޝާޓު ދޫކޮށްފަ ދެވޭނީ” ފައިހާ ރުޅިވެރިކަމާއެކު ބުންޏެވެ. ޔާނިއުއަށް ފައިހާގެ ދޮން ރީތި މޫނާއި، މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ކަޅިވެސް ޖަހާނުލާ ބަލަންހުރެވެނީއެވެ. “ތިކުއްޖާ ދޫނުކުރަންޏާ މަނޫޅެން ދެން ދާކަށްވެސް. ތިއަތުން ޓީޝާޓުގައި ހިފަހައްޓައިގެން ހުރިހާއިރަކު ގަދަކަމުން ނައްޓާލާކަށް ނޫޅެން. ތިޔަފަދަ ރީތި ކުއްޖެއްގެ ކައިރީގައި މިހެން ހުންނަންވެސް ފުރުޞަތު ލިބުމަކީ ލިބޭ އުފަލެއް” ޔާނިއު ފައިހާގެ ލޮލަށް ބަލަންހުރެ ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. އަދި މަޑުމަޑުން ފައިހާއާއި ކައިރިއަށް ޖެހިލިއެވެ. މިހާރު އެދެމީހުންގެ ދެމެދުގައި ހުރީ ދެތިން އިންޗި ދުރުމިނެވެ. ޔާނިއު ކައިރިވާ ވަރަކަށް ޔާނިއުގެ ގައިން އޭނާޖަހާފައިވާ މީރުވަސްދުވާ ސެންޓުގެ ވަސް ދުވަން ފެށުމާއެކު ފައިހާއަށް ބޭއިޚުތިޔާރުގައި ޔާނިއުގެ މޫނަށް ބަލާލެވުނެވެ. ދެމީހުގެ ހަތަރުކަޅި ސީދާވުމާއެކު ދެމީހުންވެސް ހުއްޓުންއަރާފައި ތިބީއެވެ. ޔާނިއުގެ މުށިކުލައިގެ ލޮލުގައި ދަމާބާރެއްވަނީބާއޭ ފައިހާގެ ހިތަށްއެރިއެވެ. ފައިހާއަށް ބޭއިޚްތިޔާރުގައި ޔާނިއުއާ ކައިރިއަށް ޖެހިލެވިއްޖެއެވެ. ދެމީހުން ދެމެދުގައި އަލި ދަތުރުނުކުރާ މިންވަރަށް ކައިރިވީއިރުވެސް ދެމީހުންކުރެ މީހަކަށް ރޭކާނުލައިއެވެ. ދެމީހުން އަދިވެސް ތިބީ އެކަކު އަނެކަމަށް ބަލާށެވެ. ޔާނިއުއާއި ފައިހާ ކައިރިވަމުން އައިސް ދެމީހުގެ ހޫނުނޭވާ އެކަކު އަނެކަމުގެ މޫނަށް އެޅޭވަރަށް ކައިރިވެ ނޭވާ އަވަސްވަމުންދިޔައެވެ. އެހިނދު ޔާނިއުއަށް ބެލުނީ ފައިހާގެ މަޑުފިޔާތޮށި ކުލައިގެ ކުޑަތެއްކަމެއް ހުރި ރީތި ތުންފަތަށެވެ. އެތުންފަތުގެ މީރުކަން ހޯދަން ކުއްލިއަކަށް ހިތްއެދިގަތެވެ.

ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ މީހަކު ދޮރުން އެތެރަށް ވަން އަޑުއިވިގެންނެވެ. ދެމީހުން އެއްފަހަރާ ދޮރާ ދިމާލަށް ބަލާލިއިރު ދޮރުމަތީގައި ހުރި މީހާ ފެނުނުން ދެމީހުންވެސް ހާސްވެ ކުލިއަކަށް ދުރަށް ޖެހެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

yarn

Level 1

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ 06

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 11

Next
September 20, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 11

Previews
September 20, 2018

ބުނާށެ ލޯބި ނުވަނީހޭ 06

8 Comments!

  1. samm says:
    September 20, 2018 at 6:10 pm

    woooow! vrh salhi mi part…. whn nxt. Btw me first dhw

  2. miroo says:
    September 20, 2018 at 6:25 pm

    wow waiting me second dhw

  3. ???? says:
    September 20, 2018 at 6:51 pm

    Up wanyy kn irakah. VVVVVVVVVVV nice??

  4. Hudher says:
    September 20, 2018 at 7:39 pm

    V v v v rythi…maasha allah….next part kn irakn next part thankolheh dhigu kolla dhehchey…..

  5. naash says:
    September 20, 2018 at 7:55 pm

    maasha allah vvvvv nice … first part r balaafa hama superb…????

  6. Goku says:
    September 21, 2018 at 10:00 am

    Varah salhi…..

  7. maarrii says:
    September 21, 2018 at 9:26 pm

    masha allah vvvvvvvvv reethi……….kn irakn next part…………

  8. Queen Dandelion says:
    September 23, 2018 at 7:01 pm

    BTW, ehn ehcheh kanneyge yarn liyefa..

Comments are closed.

Next Episodeދުވަހަކުވެސް މާފެއް ނެތް – 2←


All Right Reserved!