Skip to content
އެސްފިޔަ

ޒާރާ ސީޒަން 2 (2)

ކުރީގެ އަދަދާއި ގުޅޭ: “ވިލްދާން.. އެެެެެެެެކަމަކު އެއްވެސް ކުއްޖެއް ބޭނުމެއް ނުވާނެ އަހަންނާ ފްރެންޑްވާކަށް..” ވިިިިިިިލްދާން ހީކުރީ ސިިިިިތާރާ ސަމާސާކުރީކަަަަަަަމަށެވެ.

“ވައި ނޮޓް؟ ސިތާ ސީރިޔަސްކޮށް ފްރެންޑްވާން ބޭނުމޭ.. މާ އެކަނި އިންނާތީ ފެނިގެން މިއައީވެސް..” ސިތާރާ ހީލަމުން ދެފައިދެފަރާތަށް ހަލުވަންފެށިއެވެ.

“އެއީ ކްލާހުގައިވެސް އަހަންނާއި ވާހަކަ ދައްކާނެ ކުއްޖަކު ނުވާތީ.. އަހަރެންގެ ނުހުންނާނެ އެއްވެސް ފްރެންޑެއް..” ފުންނޭވައެއް ދޫކޮށްލަމުން ސިތާރާއާ ދިމާއަށް ބަލާލުމަށްފަހު ވިލްދާން ބުނެލިއެވެ.

“އެހެންތަ؟. އެކަމަކު ސިތާ މީ އެހެންކުދިން ކަހަލަ މީހެއްނޫނޭ.. ސިތާ މީހަކާ ފްރެންޑްވާއިރު ފްރެންޑް ވާނީ ވަރަށް ވިސްނާފަ. އެންޑް އައި ވޮންޓް ލީވް މައި ފްރެންޑްސް އެލޯން.” ސިތާ ހިނިތުންވަމުން ބުނެލިއެވެ.

“އެންމެ ރަގަޅު. ފްރެންޑްސް. އެކަމަކު ސިތާ ތީ ރާއްޖެ ކުއްޖެއްތަ؟” ސިތާރާ ދިއްކޮށްގެންއިން އަތުގައި ހިފަމުން ވިލްދާން އަހާލިއެވެ.

“ނޫން.. ހާފް އިންޑިއަން.. ހާފް މޯލްޑިވިއަން. ބައްޕަ އެއީ އިންޑިޔާ.. ވިލްދާން ދެން އަންނަންވާނެ ސިތާއާ އެކީ ކުޅެން..” ވިލްދާންގެ ރަހުމަތްތެރިއަކަށްވުމުން ސިތާރާ އިނީ ވަރަށް އުފާވެފައެވެ.

“ދެން ސިތާ ތިހެން އަހަންނާ ފްރެންޑްވެފައި، ފަހުން އިންޑިޔާއަށް ގޮއްސިއްޔާ ކިހާ ފޫހިވާނެ.” ވިލްދާން އޭނާއަށް އަލަށް ލިބުނު ރަހުމަތްތެރިޔާ ގެއްލޭކަށް ބޭނުމެއް ނުވިއެވެ.

“ސިތާ ނުދާނަމޭ.. ސިތާ އެންޑް ބައްޕަ މިކޮޅުގައި އުޅެނީ މަންމަގެ ނަމުގައި ޑިޕެންޑެންޓް ވިސާ ހަދައިގެން.. މިކޮޅުގައި އުޅެން ސިތާގެ ފެމިލީވެސް ހިތްހަމަޖެހެނީ.. ސޯ.. ޔޫ ޑޯންޓް ވޮރީ.. ދެން އާދެ އަތްލަން.. މިއަދުވެެސްް ކުޑަކޮށް ކުޅެލާފަ އެއްނު ދާންވާނީ..” އެހެންބުނެފައި ވިލްދާން އެއްޗެއް ބުނަންވާއިރަށް ސިތާރާ އިންތަނުން ތެދުވެފައި ދުއްވައިގަތެވެ.

ވިލްދާންއަށް ފެނުނީީ ސިތާރާ ތަންކޮޅެއް ދުރުގައި ހުއްޓައެވެ. އެހެންހުރެފައި އަތްލަން އައުމަށް ސިތާރާ ހަނާ އަޅާލިއެވެ. އޭރު ސިތާރާ ހުރި ހިސާބުގައި ކޮންމެވެސް ވަރަކަށް މީހުންވެސް ތިއްބެވެ. އަދި ބައެއް މީހުން އެމީހުންގެ ކުޑަކުދިން ގޮވައިގެން ވެސް ތިއްބެވެ.

ވިލްދާން އިންތަނުން ގުޑާނުލުމުން ސިތާރާ އަނެއްކާވެސް އެތަނަށް އައެވެ. “އާދޭ އަތްލަން.. އަބަދު ތިހެން އިންނާކަށް ނުވާނެ.. ކުޑަކޮށް މަޖާކޮށްލާ ސަކަރާތް ޖަހާލަންވާނެ..” އެހެންބުނެފައި ވިލްދާންގެ އަތުގައި ހިފައިގެން ސިތާރާ އޭނާ ގެން ދިޔައީ ރަސްފަންނު ސަރަހައްދުގެ ވެލިގަނޑު އޮންނަތަނަށެވެ. އެތަނަށް ގެންދިއުމުންވެސް ވިލްދާން ހަމަ ހުރީއެވެ.

“އަހަރެންނަށް ވުރެ ބާރަށް ވިލްދާންއަށް ނުދުވެވެނީ ދޯ.. މިހާރު އެގިއްޖެ.. އެހެންވީމަ ވިލްދާން ނުދުވީމަ މިއަދު މޮޅުވާނީ އަހަރެންދޯ..” ސިތާރާ އުނަގަނޑު ދެއަތްވިއްދާލަމުން އެހެންބުނެލިއެވެ.

އެހެންބުނުމުން އިރުކޮޅަކު ސިތާރާއަށް ބަލަން ހުރެފައި ވިލްދާން ދުއްވައިގަތެވެ. ވިލްދާން އަންނަން ފެށުމުން ސިތާރާވެސް ބަލަން ނުހުރެ ދުއްވައިގަތެވެ.

“ހާދަ ބާރަކަށް ސިތާ މިދުވަނީ..” ސިތާރާގެ ފަހަތުން ވިލްދާން ދުވެދުވެ ވަރުބަލިވާގޮތް ވިއެވެ. އެހެނަސް ބަލިގަބޫލުކުރާކަށް ވިލްދާން ބޭނުމެއް ނޫނެވެ.

“އަތްލީ..” އެންމެފަހުން ވިލްދާންއަށް ސިތާރާ އަތުވިއެވެ. “އޯކޭ.. އަހަރެން ބަލިވީ..” ސިތާރާވެސް އޭރު ހުރީ މާނޭވާލެވިފައެވެ.

“މާ ލަސްވެއްޖެދޯ؟ މާދަމާވެސް މިތަނަށް އަންނާނަންތަ؟” އަތުގައި އަޅުުުވާފައި އޮތް ގަޑިއަށް ބަލާލަމުން ސިތާރާ އަހާލިއެވެ.

“މާދަމާވެސް ވަރަށް ލަހުން ސްކޫލް ނިމޭނީ.. ވީކެންޑްގައި އާދެވިދާނެ.. އެކަމަކު ވީކެންޑް އަންނަން އަދި އެބައޮތް ހަތަރު ދުވަސް..” ވިލްދާން އެކަމާއި ވިސްނާލާފައި ބުނެލިއެވެ.

“ހުކުރު ދުވަހު ދިމާވަމާ.. ހަވީރު 4:30 ގައި ދޯ.. އަހަރެން އަންނާނަން އިނގޭ.. ވިލްދާން އަންނައްޗޭ.. ދެން ދަނީ އިނގޭ.. މަންމަ އެބައިން އެތާ ތަންކޮޅެއް ދުރުގައި.. ނައިސްގެން ކަންނޭނގެ ހުންނާނީ.. ބައި..” ސިތާރާ ދަމުން އެހެން ބުނެލިއެވެ.

“އޯކޭ.. ބައި.. އަހަރެން އަންނާނަން.” ވިލްދާން ޔަގީންކަން ދިނެވެ.

*************************

“ދަރިފުޅާ ހާދަ ހެވިފައި.. ހާދަ އުފާވެފައޭ ތިހިރީ މިއަދު..” ޔާސްމީނަށް އޭނާގެ ދަރިފުޅުގެ މޫނުމަތިން އެހެންޏާ ނުފެންނަފަދަ އުފާވެރިކަމެއް ފެނުނެވެ.

“އާނ.. އުފާވާނެއެއްނު ދެން..” ސިތާރާ ހިނިތުންވަމުން އޭނާގެ މަންމަގެ ގާތުގައި އިށީނދެލިއެވެ.

“މަންމާ.. އަހަރެން މިއައީ ކުއްޖަކާ އެކީީ ކުޅެންއުޅެފައި..” ސިތާރާ އިނީ އުފާވެރި ވިސްނުމެއްގެ ތެރޭގައެވެ.

“ކޮންކުއްޖެއް؟ އަނެއްކާ މަންމަަަަައަަށްް މިހީވަނީ ރަނގަޅަށްތަ؟” ޔާސްމީނަށް ކޮންމެވެސް ވަރަކަށް ދެނެގަނެވުނެވެ.

“ހުމްމް. ހަމަ ރަނގަޅަށް ތިހީވީ..” ސިތާރާއަށް އޭނާގެ މަންމަގެ ވިސްނުން އެނގެއެވެ.

“އެއީ އަހަރެމެންގެ ތެރެއިން ކޮން ގަބީލާއެއްގެ ކުއްޖެއް.. ދަރިފުޅު ބައްޕައާ ވާހަކަދައްކާ.. އޭރަށް ތިކަން ކުރެވިދާނެ.. އަދި ދަރިފުޅު ކައިވެނި ކުރަން ބޭނުންވާ ދުވަހަކުން އެކަންވެސް ކުރެވޭނެ.. އެކަމަކު ބައްޕަގެ ހުއްދަ ހޯދަންވާނެ..” ޔާސްމީން އޭނާގެ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ.

“މަންމާ.. މަންމަ ގަބޫލު ކުރަންތަ އިންސާނަކުދެކެ ލޯބިވެވިދާނެ ކަމަށް؟ އަހަންނަށް އެވީ އެހެން.. އަހަރެން ފަހުން ކައިވެނި ކުރަން ބޭނުމީވެސް ހަމަ އޭނާއާ..” ސިތާރާ އިނީ ހުވަފެނީ ދުނިޔެއެއްގެ ތެރޭގައެވެ.

“ދަރިފުޅާ ތިއީ.. ޒިލާލް..” އެއްލުނު ކަޅިއަކުން ޔާސްމީނަށް އެމީހުން ގާތުގައި މަޑުކޮށްލައިގެން ހުރި ޒިލާލް ފެނިފައި ބުނަން އުޅުނު އެއްޗަކަށް ހުއްޓުން އެރިއެވެ.

“ބައްޕާ.. އަހަންނަށް ފަހުން އޭނައާ ކައިވެނި ކުރެވިދާނެދޯ..” ސިތާރާ އިނީ ޖަވާބަކަށް ވަރަށް އުއްމީދުކޮށްގެންނެވެ.

“ދަރިފުޅަށް ދުވަހަކުވެސް އިންސާނަކާ ކައިވެންޏެއް ނުކުރެވޭނެ!.” ތަންކޮޅެއް އަޑަށް ބާރުލާފައި އެހެންބުނުމަށްފަހު ޒިލާލް ހުރި ބާރުމިނުގައި މައްޗަށް އަރައިގެން ގޮސް ގެއްލިއްޖެއެވެ.

“މަންމާ.. ކީއްވެ ނުކުރެވެންވީ؟ ކީއްވެ؟ އަހަރެން މިކުރީ ކުށެއްތަ؟ އަހަރެން ބޭނުމީ ހަމަ އެކަނި އޭނައާ ކައިވެނި ކުރަން ފަހުންވެސް.. އަހަންނަށް ކަަަމުދާ މީހަކާ ނޫންތަ ކައިވެނި ކުރަނީ؟” ޒިލާލްގެ ރުޅިވެރި، ހަރުކަށި ޖަވާބު އިވިފައިި ސިތާރާ ރޯންފެއްޓިއެވެ.

“ދަރިފުޅާ.. އަހަރެމެންނަކީ ޖިންނިން.. ތިބުނަނީ އިންސާނެއްގެ ވާހަކަ. އަހަރެމެންނާ އެމީހުންނާ ވަރަށް ތަފާތުވާނެ.. އަދި އަހަރެމެންގެ މީހަކަށް އެމީހުންގެ މީހަކާ ކައިވެެންޏެއް ނުކުރެވޭނެ.. އެއީ ހުއްދަކަމެއް ނޫން. އެކަމަކު ވެސް އަހަރެމެންގެ ތެރެއިން ބަޔަކު އެކަން ކުރޭ.. އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތިވޭ.. އަހަރެމެންނަށްވެސް އަދި އެމީހުންނަށްވެސް.. ދަރިފުޅަށް ނޭނގުނަސް ދަރިފުޅުގެ ބައްޕަ އެންމެ ފުރަތަމަ ލޯބިވީވެސް އިންސާނެއް ދެކެ..” ޔާސްމީންް ސަބަބު އޮޅުންފިލުވައިދިނެވެ.

ޔާސްމީންް ބުނި އެންމެ ފަހު ޖުމްލައާއެކު ސިތާރާ އިތުރަށް އެވާހަކައަށް ޝަައުގުވެރިވިއެވެ. ސިތާރާގެ މޫނަށް ބަލާލުމަށްފަހު ހީލާފައި ޔާސްމީން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަޑުއަހާ ދަރިފުޅާ.. ދަރިފުޅުގެ ބައްޕަ އެންމެ ފުރަތަމަ ލޯބިވީ ޒާރާ ކިޔާ އިންސާނުންގެ ތެރޭގައި އުޅުނު އަންހެންކުއްޖެއް ދެކެ.. އޭރު ބައްޕައަށް  އަބަދު އުޅެވެނީވެސް ޒާރާ ފެންނަ ހިސާބުގައި. ބައްޕަ އެކުއްޖާދެކެ ވީ ހަގީގީ ތެދުވެރި ލޯބި. އަހަރެމެންގެ ގިނަ މީހުން ލޯބި ހޯދުމަށްޓަކައި އަމަލުކުރަމުންދާގޮތާއި ބައްޕަ އަމަލު ކުރިގޮތާއި ވަރަށް ތަފާތު.. ޒާރާގެ ހަޔާތަށް އެެެެެތަށް ފިރިހެންކުދިން އައިއިރުގައިވެސް ބައްޕަަ ހުރީ މަޑުމަޑުން ބަލަން.. ޒާރާ ކައިވެނި ކުރިއިރުވެސް ބައްޕަ ހަމަ ހުރީ.. ދަރިފުޅަށް އެނގޭތަ ކީއްވެކަން.. އެއީ ދުވަހަކުވެސް ޖިންނިއަކަށް އިންސާނަކާ ކައިވެނި ނުކުރެވޭނެތީ..” އެހިސާބުން ޔާސްމީން އެވާހަކަ މެދުކަނޑާލިއެވެ.

“ދެން މިހާރުު ޒާރާ ކޮބާ؟” ސިތާރާގެ ޝަައުުުގުުވެރިކަން އިތުރަށް ބޮޑުވިއެވެ.

“ތިއީީތާ ދެން މި ކިޔާދޭން އުޅޭ ވާހަކައަކީ.. ދަރިފުޅުގެ ބައްޕައަށް އައިސްފައި އެވާ ބަދަލުތަކުގެ އަސްލަކީވެެސްް ޒާރާ.. މިއަދުވެސް ބައްޕަގެ ހިތުގައި އަދިވެސް ވަނީ ޒާރާ..” ޔާސްމީން  އެސުވާލަށް ޖަވާބުދިނެވެ.

“ބައްޕަ ޒާރާއާ ހެދި އުޅޭތީ މަންމަ ދެރައެއް ނުވޭތަ؟” ސިތާރާ އަނެއްކާވެސް ސުވާލެއްކޮށްލިއެވެެ. ސިތާރާ އެހެންބުނުމުން ޔާސްމީން ފުންނޭވައެއް ދޫކޮށްލިއެވެ. އަދި ސިތާރާގެ ބޮލުގައި ފިރުމާލިއެވެ.

“މަންމަވެސް ދެރަވޭ. އެކަމަކު ލޯތްބަކީ ވަރަށް އެހެންކަހަލަ އެއްޗެއް. އެއީ ގަދަކަމުން ހޯދޭނެ އެއްޗެއްވެސް ނޫން. މަންމަ، ދަރިފުޅުގެ ބައްޕަދެކެ ވަރަށް ލޯބިވޭ. އެކަމަކު ބައްޕަ އަސްލު ލޯބިވަނީ ޒާރާދެކެ. އެހެންވިއަސް ދަރިފުޅުގެ ބައްޕަ މަންމައާމެދު ކަންތައް ކުރަނީ ނުބައިކޮށެއްނޫންް.. އެހެންވީމާ މަންމަގެ ޝަަކުވާއެއް ނެތް. ބައްޕަ ދަރިފުޅު ގާތުގައި އެހެން އެބުނީވެސް ދަރިފުޅަށް ރަނގަޅަކަށް.” ޔާސްމީންގެ ހިތުގައި ޝަަކުވާއެއް ނެތެވެ.

“ބައްޕަ އަނެއްކާ ދެންމެ އެދިޔައީ ޒާރާ ގާތަށް؟” ސިތާރާގެ ސުވާލުތައް އިތުރުވިއެވެ.

“ނޫނޭ ދަރިފުޅާ.. ޒާރާ.. މިހާރު މިދުނިޔެއަކު ނެތް.. ދަރިފުޅު ބައްޕަ މާ ބޮޑަށް ރުޅިގަދަވެފައި އެހުންނަނީ ޒާރާ މިދުނިޔެއާއި ވަކިވެދިޔަ ފަހުން. މަންމައާާ ކައިވެނި ކުރިއިރުގައި ބައްޕަ އުޅެނީ  މިހެންނެއް ނޫން.. އޭރު ޒާރާ ދުނިޔޭގައިި ހުރިއެއްކަމަކު ބައްޕައެއް ނުދޭ.. އޭރު ޒާރާ އުޅެނީ ޒާރާގެ ފިރިމީހާއާ އެކީގައި ވަރަށް އުފަލުގައި. އެހެންވެ ބައްޕަވެސް ބޭނުމެއްނުވި ޒާރާއަށް އުނދަގޫކުރަން ދާކަށް. ބައްޕަވެސް ބެލީ މަންމައާ އެކީ އުޅެވޭތޯ..” ޔާސްމީން އިތުރަށް ތަފްސީލްކޮށް ކިޔައިދިނެވެ.

“ޒާރާއަށް ކިހިނެއްވީތަ؟” ސިތާރާއަށް އެވާހަކައާ ބެހޭ އިތުރު ސުވާލުތައް ކުރުން ހުއްޓައެއްް ނުލެވުނެވެ.

“ދަރިފުޅާ އެއީ ވަރަށް ނަސީބު ދެރަ ރެއެއް. ޒާރާއާއި ޒާރާގެ ފިރިމީހާ މަރުވީ އެކްސިޑެންޓެއްގައި. ކޮންމެވެސް ތަނަކަށް ދާން އެމީހުން ދަނިކޮށް އެކަން ދިމާވީ. ޒާރާއާއި ފިރިމީހާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް މާބާރު ސުޕީޑެއްގައި އައި ކާރަކުން ޖެއްސީ.. އޭރު ޒާރާގެ އުރުގައި އެމީހުންގެ ތުއްތު ދަރިފުޅުވެސް އިން. ޒާރާ ސަލާމަތްކުރަން ޒާރާގެ ފިރިމީހާ އުޅުނަސް އެކަމެއް ވާގޮތެއް ނުވި. އެއެކްސިޑެންޓްގައި ސަލާމަތްވީ އެތުއްތު ކުއްޖާ އެކަނި. ދަރިފުޅަށް އެނގޭތަ އެކުއްޖާ ސަލާމަތްކުރީ ކާކުކަން.  ދަރިފުޅުގެ ބައްޕަ. ބައްޕައަށްވެސް އެންމެން ސަލާމަތް ކުރެވޭގޮތް ނުވީ.. ބައްޕަ އުޅުނީ ޒާރާ ސަލާމަތްކުރަން. އެކަމަކު ޒާރާ އަވަސްއަވަހަށް އިޝާރާތުން ދެއްކީ އަތުގައި އޮތް އެކުޑަކުޑަ ތުއްތު ދަރިފުޅު. ބައްޕަ އަތަށް ޒާރާ އެތުއްތު ކުއްޖާ ދެވުންތަނާ މަދު ސިކުންތުކޮޅެއްވެސް ނުވަނީސް އެކަންވެ ނިމިއްޖެ. އެކްސިޑެންޓް ހިނގައިފި. ބައްޕައަށް އެތަނަށް ދެވުންއިރު ވަަގުތު ކުޑަވެފައި އޮތުމުގެ ސަަަަަަަަަަަަަަަަަަބަބުން ސަލާމަތްކުރެވެން އޮތީވެސް ކޮންމެވެސް އެކަކު. ޒާރާއަށްވެސް ބައްޕަ ލޮލަށް ފެނުން. ބައްޕަކަން އެނގުންވެސްމެ.  އެންމެފަހުން ޒާރާ މަރުވެެެެެެެެެެެެގެން ދިޔައީވެސް ބައްޕަގެ ލޯކުރިމަތީގައި. އެކަންވީ ބައްޕައަށް ވަރަށް ވޭންހުރިކަމަކަށް.” އެހިތާމަވެެެެރި ހާާދިސާ ކިިިިިިިޔައިދެމުން ގެންދިޔައިިިިރުު ޔާާާސްމީންވެސްްް އިނީ ހިތްދަތިވެފަަަަައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Anonymous

    varah reethi nimen dhen vaahaka kiyaalan libeyne kamah unmeedhu kuran?

  2. shanha

    varah reethi nimen dhen vaahaka kiyaalan libeyne kamah unmeedhu kuran?

  3. Khajja

    Varah reethi

  4. Yaan

    Woww!!!!! Varah reethi…..maasha allah……when nxt prt

  5. kookie

    Masha Allah. mi part vx varah reethi. alhey zaaraa hama aslugaives maru v tha..?? haadha dhera ekey mi v ehn v ma.. poor viladhaan. 🙁 when next part..??

    1. kookie
      kookie

      Crystal vildhaan ge umurun kihaa varehtha..????

  6. Shabrr

    When next part coming??

  7. Nunnu

    what
    mihaaru mi vaahaka kiyaahiy ves kendihje
    vaahakaige main character
    eme loabivaa zaaraa hama aslu ves maru veetha
    gabool v nukurevey
    so sad

  8. Ibsha

    Varah reethi

  9. Ivee

    Vaahakaige nan badbalu kuran veenun. Vaahaka varah reethi. Ekam zaara maruveema ves vaahakaige namakah zaara inyma nan ehaa kamaku nudhey

  10. Ree

    Koba next part….
    Haadha duvaheh mi vanee…

  11. Alhugandu

    Vaahaka ekkoh liye nunimenees evves parteh up kuran nufeshumah hurihaa liyuntherin kibain edhen.

  12. kookie

    hello!! alhe koba tha story. haadha dhuvahekey mi v. kn dhuvahakun tha upp kurany?? varah story kiyaahithun miulheny. plxx avahah up kohdhyba. 🙁

  13. ellynaa

    kobaa aneh part … i am waiting

  14. Mee

    Salhi

  15. އެކުވެރިޔާ

    ފަށާކަމެށް ނިންމުމަކީ ވަރަށް މުހިއްމު ކަމެށް. ލިޔުންތެރިޔާގެ ވާހަކަތައް ކިޔާ މީހުން ބުނާގޮތް ހެދުމަކީ ވެސް ވަރަށް މުހިއްމުކަމެއް.މާތްﷲތިބާގެ ތިމަސައްކަތު ގައި ބަަރަކާތް ލައްވާށި. އާމީން

Comments are closed.