Skip to content
އެސްފިޔަ

ދީވާނާ ލޯބިން ވެއްޖޭ. . [5]

“އާމިނަތުއަކީ ބޭބެގެ ދަރިއެއްތަ. . ” އަހަރެންނަށް ނުހުރެވިގެން އަހައިލެވުނެވެ. “މިހެން މިއެހީ ބޭބެމެން އެހާ އުމުރުން ދޮށީވެފަ އާމިނަތު އެހާ ޅަވީމަ. . ” އަހަރެންގެ ވާހަކަ ތަކުން ބަކުރުބެއަށް އުނދަގޫތަކެއް ވިހެން ހީވިއެވެ. އެއާއިއެކު ޝާޔާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ޝާޔާ ވެސް އަވަހަށް ކާގެއިން ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް އިނދެވުނީ އަހަރެންގެ އަނގަ ގަދަކަން ހިތަށްއަރާފައި ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އާމިނަތު އަކީ ބޭބެ މެންގެ އުފަން ދަރިއެއްނޫން. . އެއީ ބޭބެއާއި ރައްޓެހި ވަށަފަރު ރަޝީދުގެ ބޮޑުބޭބެ ކުއްޖެއް. . އެ މަންޖެ ވިހެއުމާއިއެއްކޮށް މަންމަ ނިޔާވީ. . މާގިނަ ދުވަހެއް ނުވެ ބައްޕަވެސް ނިޔާވީކަމަށް ވަނީ. . އެންމެ ފަހުން ބަލަދު އެރީ ރަޝީދުއަށް. . އެއީވެސް އެކަނި ހުރި މީހެއް. . ރަޝީދަކީ ބޭބެއާއި ވަރަށް ގާތް މީހެއް. . ހައްވަގެ އުމުރުން އޭރު ސާޅީސް އަހަރު ވެއްޖެ. . ބޭބެމެންނަކަށް ދަރިއެއް ނުލިބޭ. . އެހެންވެ އެދަރިފުޅު ބަލަން ރަޝީދު ބޭބެއާއި ޙަވާލުކުރީ. . އޭރު ރަޝީދު ދޭތެރެ ދޭތެރެއިން އެއްޗިހި ފޮނުވާ އުޅޭނެ. . ފަހަކުން އެއްޗެއްވެސް ނުފޮނުވާ. . ” ޝާޔާއަކީ ޔަތީމު ކުއްޖެކެވެ. ޝާޔާގެ ޙާލަތު އެނގުމުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ޝާޔާއަށް ބޭބެމެންފަދަ މާތް ބައެއްގެ އޯގާތެރިކަން ލިބުނީތީ އަހަރެން އުފާކުރީމެވެ. އަހަރެންގެ ހިތުގައި ބޭބެއަށް ވީ ޤަދަރު އުފުލިގެން ދިޔައެވެ.

“އެހެންވީމަ ބޭބެމެންގެ ހުންނަނީ އާމިނަތު އެކަނިދޯ. .؟” އަހަރެން ޔަޤީންކޮށްލުމަށް އަހައި ލީމެވެ.

“ނޫނޭ. . ބޭބެމެން އާމިނަތު ބަލަން ފެށިތާ އަހަރެއް ނުވެ ހައްވާ އިނީ ބަލިވެ. . ﷲގެ ކުޅަދުންވަންތަކަން ދެކިބަލަ. . އެހާދުވަހުގެ ފަހުން ހައްވާއަށް ދަރިއަކު ދެއްވީ. . ހަމަ ލޯބި އަންހެން ކުއްޖެއް. .” ބަކުރުބެގެ ލޮލުން އޭރު އުފާވެރިކަމުގެ ކަރުނަ ފެންނަން ހުއްޓެވެ. އަހަރެންގެ ޙާލަކީވެސް އެއީއެވެ.

“އެއީ ބަކުރުބެ މެންގެ ހެޔޮކަމުގެ ބަދަލުގައި ﷲ ދެއްވި ރަޙްމަތެއް. . ” އަހަރެން ބަކުރުބެގެ ހެޔޮކަން ފާހަގަ ކުރީމެވެ. ބަކުރުބެއަކީ މާތް މީހެކެވެ. “ދެން ކޮބާ އެކުއްޖާ..؟” އަހަރެންގެ ހިތުގައި އެކުއްޖާއާއި ބައްދަލުކޮށްލުމުގެ ޝަޢުޤުވެރިކަން އުފެދުމުން އަހާލީމެވެ.

“މަރިޔަމް މިހާރު ކޯސް ކިޔަވަން ކުޅުދުއްފުއްޓަށް ފޮނުވާފަ ވާނީ. . ވަރަށް މޮޅުވާނެ. . މިރަށު މަދަރުސާއިންވެސް ވަރަށްމަތިން ފާސްވި. . ” ބަކުރުބެ ފަޚުރުވެރިކަމާއެކު ދަރިފުޅުގެ މޮޅުވާހަކަ ކިޔައިދެމުން ދިޔައެވެ. އަހަރެންވެސް ބަކުރުބެގެ ވާހަކަތައް އަޑުއަހަމުން ދިޔައީމެވެ.

“އާމިނަތުވެސް ކިޔަވާ ނިމުނީތޯ. . އާމިނަތު ކޯހެއް ނަހަދާތޯ. . ” އަހަރެން ނަށް ޝާޔާ އާއި ބެހޭ އިތުރު މަޢޫލޫމާތެއް ލިބޭތޯ ސުވާލު ކުރީމެވެ. ނަމަވެސް އަހަރެންގެ ސުވާލުން ބަކުރުބެއާއި ހައްވާދައްތަގެ މޫނުމަތިން ހިނިތުން ފިލައިގެން ދިޔައެވެ.

“ކޮބާ ދުފަންވާނެއެއްނު. . ” ހައްވާ ދައްތަ ތެދުވެގެން ދުފާތަބަށް ބަލާ ދިޔައެވެ. ހީވަނީ އިތުރަށް އެމަޢުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވަނީހެނެވެ.

“އާމިނަތު އަކީ ވަރަށް ނަސީބުދެރަ ކުއްޖެއް. . ” ބަކުރުބެގެ ވާހަކައިން އަހަރެންގެ ހިތަށް ނުތަނަވަސް ކަން ވެރިވަމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. “އެމަންޖެއަކަށް ވާހަކައެއް ނުދެއްކޭ . . ” ބަކުރުބެގެ އެ ޖުމްލައިން އަހަރެންގެ ހިތް ތޮރުފައިލިއެވެ. އަހަރެންނަށް ކާގޭ ދޮރުން ބޭރުން ފެންނަން ހުރި ޝާޔާ އަށް ބަލައިލެވުނެވެ. ފެންޑާގައި އިސްދަށަށް ޖަހާލައިގެން އިން އެ މައުސޫމު މޫނުމަތިން އަހަރެންނަށް ފެންނަމުންދިޔައީ ހިތްދަތިކަމެވެ. އިސް އުފުލާ އަހަރެންނަށް ބަލައިލިއެވެ. ހިނިތުންވެލީ ގަދަކަމުންކަން އެނގުނެވެ. އަހަރެންގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން އިސްދަށަށް ޖަހާލާ އިނގިލިތަކުގެ ނުފުށުން ކަރުނަތައް ފުހެލީމެވެ.

ސައި ބޮއި ނިމުމުން އަހަރެން ކާގެއިން ނިކުތީމެވެ. އޭރު ބަކުރުބެ ދުފަނީއެވެ.

“ބަކުރުބޭ. . ދެން އަޅުގަނޑު ގޮސްލަނީއޭ. . ” ބަކުރުބެގެ އިޒްނައާއިއެކު އަހަރެން ނިކުންނަން ދިޔައީމެވެ. ދިޔަމަގުމަތީގައި ފެންޑާގައި ތަނބެއްގައި އަތްއަޅުވާލައިގެން ހުރި ޝާޔާ އާއި ކައިރިވެލީމެވެ. އަހަރެން ޝާޔާއާއި ދިމާލަށް އަންނަން ފެށުމުން ޝާޔާ ކުޑަކޮށް ހާސްވެފައި ހުރިކަން އެނގުނެވެ. އަހަރެން ބޭނުންވީ މިއަދު ޝާޔާއާއި ވާހަކަދައްކާލާށެވެ.

“ހާއި. . އައިމް ޝޯން. . ނައިސްޓު މީޓްޔޫ. . ” އަހަރެން ސަލާމްކޮށްލަން އަތް ދިއްކޮށްލީމެވެ. އިސްދަށަށް ޖަހައިގެން ހުރެ ޝާޔާ އަހަރެންނާއި ސަލާމްކޮށްލިއެވެ. ޝާޔާގެ އަތްތިލަ އަހަރެންގެ އަތްތިލާގައި މަސްހުނިވިވަގުތު އަހަރެންގެ ބޮލުން ފަޔަށް ކަރަންޓްގެ އޮއިވަރެއް ދަތުގުކޮށްލިއެވެ. އެފިނި އަތްތިލަ އަހަރެންގެ އަތުގެތެރޭގައި އަބަދަށް ބާއްވާލަން އަހަރެން ބޭނުންވިއެވެ.

އަހަރެންގެ ހިތުގައި ވީ ހުރިހާ އިޙްސާސްތަކެއް ބަންޑުންކޮށްލެވުނީ ހިތުގައި ކުޅެލެވުނު ފޮނި ރާގެއްގައެވެ.

ނޭދެން އުފާ އަދު، ޔާރުނޫން. .

ފިނި ޝިފާއެއް، ޔާރު ނޫން. .

ހިތްމިނޭދޭ ފުން އަރާމެއް، ލޯބި ނޫން. . ލޯބިނޫން. .

މޭގާވި ކުރެހިފަ ނަލަ ތިމޫން. .

ޖާދޫވި ނަޒަރޭ ލޮލުގެތޫން. .

ހިތްމިނޭދޭ މިންވަރެއްވެސް، ލޯބިނޫން. . ލޯބިނޫން. .

ބޭނުން މިހިތް ލޯބިން ނިކަން ޙާޞިލް ކުރަން ޔާރާ. .

ބޭނުން މިހިތް ލޯބިން ނިކަން ޙާޞިލް ކުރަން ޔާރާ. .

އަހަރެންގެ ހިތުގެ ޙާލު ޝާޔާއަށް އެނގޭނެނަމައެވެ. ޝާޔާ އިސްއުފުލާލާ އަހަރެންނަށް ބަލައިލިއެވެ. ޝާޔާގެ ޤުދުރަތީ ރީތިކަމާއި ލަދުރަކި މިޒާޖުގެ ސަބަބުން ޝާޔާއަކީ ދުނިޔޭގައި ހުރި އެންމެ ރީތިކުއްޖާއަށް ވާނެކަން ގައިމެވެ.

އެވަގުތު ޝާޔާގެ މޫނުމަތިން ފާޅުވި ދާތިކިތައް ފެނިފައި އަހަރެންނަށް ހަމަހޭވެރިކަން ވިއެވެ. އެއާކިއެކު އަހަރެން ޝާޔާގެ އަތުން ދޫކޮށްލީމެވެ. ޝާޔާގެ ހިތުގައި އޮތް އެއްޗެއް އަހަރެންނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

“ޔޫ ހެވް އަ ބިއުޓިފުލް ސްމައިލް. . ” އަހަރެން މަޑުމަޑުން ޝާޔާއަށް ތަޢުރީފް ކޮށްލީމެވެ. އެއާއިއެކު ޝާޔާގެ ލަދުވެތި ކޯތާފަތް މަތީގައި ޖަންބުކުލައިގެ އޮއިވަރެއް ދުވެލިއެވެ. އެވަގުތު ޝާޔާގެ އިނގިލިތައް ހަރަކާތް ކުރަންފެށިއެވެ. ޝާޔާގެ ބަހުރުވައިން އަހަރެންނަށް ބުނަންއުޅޭއެޗެއް ބެލުމަށް އަހަރެންގެ ހުރިހާ ޝަޢުޤުވެރިކަމެއް ހުސްކޮށްލީމެވެ.

“ޔޫ. . ޓޫ. .” ޝާޔާގެ އިޝާރާތުން އަހަރެންނަށް ބުނެލިއެވެ. އެފަދަ މައުސޫމް ކަމެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެއާއިއެކު އަހަރެންގެ ތުންފަތާ ކުޅެވިގެންދިޔައީ ފޮނި ހިނިތުންވުމެކެވެ. ހިތަށް ބާޔާންކުރަން ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. ވަގުތުން ޝާޔާ އަހަރެންގެ މޭގެ ތެރޭގައި ބޮނޑިކޮށްލަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވީމެވެ. ބަކުރުބެއާއި ހައްވާ ދައްތަ ތިބުމުންނެވެ. އަހަރެން ދެފިޔަވަޅެއް ފަހަތައް ޖެހިލާ ޝާޔާއަށް ބަލައިލީމެވެ. ޝާޔާގެ ރީތިކަމުން ބައެއް ފޮރުވިފައިވާހެން ހީވެގެންނެވެ. އެއަށްފަހު ކައިރިވެލާ ޝާޔާގެ އިސްތަށިކޮޅު ހައްޔަރުކޮށްފައިވާ ވޫލްކޮޅު ދަމައިގަތީމެވެ. އެއާއިއެކު ސިލްކްކޮޅެއްފަދަ އޮމާން އިސްތަށިގަނޑު އެއްވެސް ހިފެހެއްޓުމެއްނެތި ޝާޔާގެ ރީތިކަން ފުރިހަމަކޮށްދީފިއެވެ.

“އަޅެ ރީއްޗެއް ނޫންތަ މިހެން ހުންނައިރަކު. . ” އަހަރެން އެނބުރިލާފައި ހައްވާ ދައްތައަށް ބުނެލީމެވެ. ހައްވާ ދައްތަވެސް ހިނިތުންވެފައި ބަލަން ހުރެ ބޯޖަހާލީއެވެ.

“އަދި އަހަރެންގެ މަރިޔަން މާ ރީތިވާނެ. . ” ބަކުރުބެ ކާގެއިން ނިކުމެ ދޮރުލައްޕާލާފައި އަންނަމުން ބުނެލިއެވެ. އެއާއިއެކު ޝާޔާގެ މޫނުމަތީގައިވި ހިނިތުން ފިލައިގެން ދިޔައެވެ.

“ދެން އަޅުގަނޑު ގޮސްލަނީ. . ” އަހަރެން އެހެން ބުނެފައި ޝާޔާއަށް އެނބުރުނީމެވެ.

“ފަތިސްގަޑީ އަހަރެން ޝާޔާގެ ލެޓަރއަށް އިންތިޒާރުކުރާނަން. . ” އެހެން ބުނެފައި އަހަރެން ދާން ހިނގައިގަތީމެވެ. އަހަރެންގެ ޖީބުން ނަގައި ނޯޓެއް ދީފައެވެ. ޝާޔާގެ މޫނުމަތީގެ އުޖާލާކަން އިންތިހާއަށް ބަބުޅަމުން ދިޔައެވެ. އަހަރެންގެ ނޯޓްގައި އިނގިރޭސިން ލިޔެފައި ވާނެއެވެ.

“ދުނިޔޭގައި ހުރި އެންމެ ރީތި ކުއްޖާއަށް،

މަލާއެވެ. އަހަރެންނަށް ކަލާ އެންމެ ފުރަތަމަ ފެނުނީ އަހަރެންގެ ހުވަފެނުންނެވެ. އޭރު ކަލާތީ ކޮން ދުނިޔެއެއްގައި އުޅޭ ކޮންފަދަ ޙޫރަލްޢީނެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް އެހިނދުން ފެށިގެން އަހަރެންގެ މިހިތުގައި ރަނިކަން ކުރަމުން އައި ސޫރައަކީ ތިއީއެވެ. އަހަރެންގެ ހުވެފެންތަކުގެ ދިރުމަކީ ތިއީއެވެ. އަހަރެންގެ ހިތުގެ ޝެހެޒާދާ އަކީ ތިއީއެވެ.

އޭޕަރީއެވެ. އަހަރެން އެންމެ ފުރަތަމަ މިރަށަށް އައިދުވަހު ކަލާވަނީ އަހަރެންގެ ކުލަފަތި ހުވަފެނީ ޢާލަމްގައި ޙަޤީގީ ކުލަޖައްސަން ފަށާފައެވެ. ކަލާގެ ޖާދޫގައި މެނުވީ އަހަރެންގެ އުންމީދީ ގަނޑުވަރު ބިނާކޮށްދެވޭނެހާ ބާރެއް ނުވެއެވެ. ކަލާއީ އަހަރެންގެ ދިރިހުރުމުގެ މަޤްސަދުކަމުގައި ވެއްޖެއެވެ.

ކަނބާއެވެ. މިހިތުގެ ޙާލަކީ މިއީއެވެ. މިހިތުގެ ވިންދަކީ ތިއީއެވެ. އެދިހުރި ފަރުވާއަކީ ތިއީއެވެ. މިއިޙްސާސަށް ކިޔަންވީ ކީކޭތޯއެވެ. ކަލާގެ އަރިހުން ޖަވާބު ލިބުންއެދިވަމެވެ.

ކަލާގެ ޚިޔާލުގައި ދިވާނާވެފައިވާ. . ޝޯން. . ”

“އެކޮއެ. . އަދި އަންނަންވާނެ އިނގޭ. . ” އަހަރެން ދާންފެށުމުން ބަކުރުބެ ބުނެލިއެވެ. އަހަރެން ބޯޖަހާލާފައި ދިޔައީމެވެ. އަހަރެން ދިޔައީ ހިތުގެ އަޑިން ޢަޒުމްތަކެއް ކަނޑައަޅައިގެންނެވެ. ޝާޔާއަކީ ނުކުޅެދޭ ކުއްޖަކަށް ވެދާނެއެވެ. ނަމަވެސް އެ ނުކުޅެދުންތެރިކަން ޙައްލުކުރަން މަސައްކަތް ވެސް ކުރެވިދާނެއެވެ. އަހަރެން ކޮންމެފަދަ ޙާލެއްގައިވެސް ޝާޔާ ޙާޞިލް ކުރާނަމެވެ. މާތްރަސްކަލާނގެ އިރާދަފުޅުން ޝާޔާގެ ނުކުޅެދުންތެރިކަން ކުޅެދުންތެރިކަމަކަށް ބަދަލުކުރާނަމެވެ. ބަކުރުބެމެންނަކީ މާތް، ރަނގަޅުބައެކެވެ. އެހެންވީރު އަހަރެން ބަކުރުބެ މެންނަށް އެހީވެދޭނަމެވެ. އަހަރެން ހިތްހަމަޖެހިފައި ހުރެ އެނބުރި ގެޔަށް ދިޔައީމެވެ.

“މިއޮށް އަންނަނީނު. . ކޮންތާކަށް ގޮސްފަ ތިއައީ. . ސިއާންބެ ނުފެނިގެން އާންބެ އާއި ޒެންބެ ވަރަށް ހޯދައިފި. . ” ރިޔާގެ ޖުމްލައާއިއެކު އަހަރެންނަށް އަނގަ ހުޅުވައިލެވުނީ ބުނިއެއްޗެއް ޔަޤީން ނުވެގެންނެވެ. “އާންބެ އާއި ޒެންބެ” އޭ ބުނިހެން ހީވެގެންނެވެ. މިވަނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އޭރު ރިޔާ ހުރީ ގޭދޮރުމަތީގައެވެ. ގޭތެރޭގައި ވަރަށް އަޑުގަދަ ކޮށްލައިގެން އުޅެއެވެ. ބަލާބެލުމަށް ކޮންމެވެސް ކަންތައްގަނޑެއް ހިންގަނީއެވެ.

“ވަޓްސް ގޮއިން އޮން. . ؟” އަހަރެން ވާނުވާ ނޭނގިފައި އަހާލީމެވެ. ރިޔާ ދޮރާށި ހުޅުވާލަމުން ކިޔައިދިނެވެ.

“މިއަދު މަންމަގެ ބާތްޑޭ. . އެންޑް މޮމް އެން ޑޭޑްގެ އެނިވަރސަރީ. . އެހެންވެ މިރެއަށް ސަޕްރައިޒް ޕާޓީއަކަން ތައްޔާރުވަނީ. . އެކަކުވެސް އަދި ވިޝްނުކުރަން. . ” ރިޔާ ދަތްޕިލަ އަތަށް ލާފައި ކަހަލަގޮތަކަށް ބުނެލިއެވެ. ގޭތެރެއަށް ވަތް އިރު މުޅި ގޯތީތެރެ ވަނީ އެކި ކުލަކުލައިގެ ޑެކެރޭޝަން ކުރަމުންދާ ދެޖިންސުގެ ކުޑަބޮޑު މީހުންނުން ފުރާލާފައެވެ. ޖަހާފައިވާ މިއުޒިކަކީ އަޔާންގެ ކަމެއްކަން ޔަޤީނެވެ. އެރީތި ޖޯޝުންފުރިގެންވާ މިއުޒިކާއި އެއްވަރަށް އެކި މަސައްކަތުގައި ހުރިހާއެންމެންވެސް ބިޒީ ވެފައި އުޅެއެވެ. އޭރު އަޔާން ދަމާފައިވާ ކަންވާރުތަކެއްގައި ކަފާފައިވާ އަކުރުތައް ތަތްކުރަން ހަރުގަނޑަކަށް އަރާ އޮތެވެ.

“ޑޫޑް. . ޔޫ މިސްޑް ސޯމަޗް ފަން. . ” ގޭތެރެއިން ކަފާފައިވާ ކުލަކަރުދާސް ތަކެއް ހިފައިގެން ނިކުތް ޒާހިންއަހަރެންނާ އަރާހަމަވުމުން ބުނެލާފައި ގޮސް ފާރުގައި ޑިޒައިން ތަކެއް ހަދަމުންދާ ދެތިން ކުއްޖަކާ އެއްބައި ވެލިއެވެ.

“ހޭ. . ޔޫ ގައިސް ނަޓްސް. . ” އަހަރެން ރަނާ ފެނުމުން ގޮސް ޝަކުވާ ކުރަންފެށީމެވެ. “މިހާ އަވަހަށް މި ހުރިހާ ތައްޔާރީތަކެއް ކޮށް ނިންމީމަ ކޮން ސަޕްރައިޒް ޕާޓީއެއް؟. . ” މަންމަ އައީ ބަސްޓްވީ. . ؟؟” ރަނާ ހަމަޖެހިފައި ހުރިވަރުން އަހަރެން އިތުރަށް ވާނުވާ ނޭނގިގެން އެހީމެވެ.

“ބްރޯ. . ހަމަޖެހިލާ. . މީހަމަ ސަޕްރައިޒް ޕާޓީއެކޭ. . ” ރަނާ އަހަރެންގެ ކޮނޑުގައި ޖަހާލާފައި ރަނާގެ ކަންތަކާއިގެން ކުރިއަށް ދިޔައެވެ. އެތާނގައި ވާނުވާ ނޭނގޭ މީހަކަށް ހުރީ އަހަރެން އެކަނި ކަހަލައެވެ.

“ރަނާ ކޮއްކޯ. . ބޭބެއަށް ގެނެސްދީބަލަ އެތަނުން ޑަބަލްޓޭޕްކޮޅެއް. . ” ހަރުގަނޑު މަތީގައި ހުރި އަޔާން ރަނާއަށް ލޮލުގެ ހިމަކޮޅުން ބަލާލަމުން ބުނެލިއެވެ. ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ކުއްލިއަކަށް ބޭބެ ކޮށްކޮވެގެން މިއުޅެންފެށީ ކިހިނެއްވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އޭރު ރަނާ ރަކި ހިނިތުންވުމަކާއިއެކު ގޮސް “އާންބެ” އަށް ޓޭޕް ކަފައިދެނީއެވެ.

“ސޯ. . ވަޓް އެމް އައި ސަޕޯސްޓު ޑޫ. . ؟” އަހަރެން ވެސް ކޮންމެވެސް ކަމެއް ކުރަން ޖެހޭނެތާއެވެ.

“ޖަސްޓް ސިޓް އެން ވޮޗް. . ” އަޔާން މާ ކަންތައް ކުރެވޭ މީހަކަށް ވެލާފައި ބުނެލިއެވެ.

“އަމް. . ސިއާންބެ އެނތެރޭގަ ތިބި ކުދިންނާއި އެއްކޮށް ކާޑްތައް ކަފާލަދީ ހަދާލަންދޭ. . ” ރިޔާ ހުދު ފޮތިގަނޑެއްގެ އެއްކޮޅުގައި ހިފައިގެންހުރެ އެތަން މިތަން ހޯދލާފައި އަހަރެންނަށްވެސް ޑިއުޓީއެއް ހަމަޖައްސައިފިއެވެ.

“ގްރޭޓް. . ” އެނތެރޭގައި ހުރި ބިއްލޫރި މޭޒުމަތީގައި ޕްރިންޓްތައް ހިފައިގެން ތިބި ބާރަ ތޭރަ އަހަރަށްދާ ދެއަންހެން ކުދިން ފެނިފައި ބުނެވުނެވެ. އެކުދިން ހީނ ހީނފައި އަހަރެންނާއި ދިމާލަށް ބަލަމުން ސިއްރު ސިއްރުން ތުންތަޅުވަނީއެވެ. ދެފުށުއެޅިފައި އިރުކޮޅަކު ހުރުމަށްފަހު އަހަރެން ގޮސް މަތިންބައިން އަނގަތަޅާގަނެފައި އެކުދިންނާއި އެއްކޮށް އެކަމުގެ ތެރެއަށް ބޭނިގަތީމެވެ.

އިރުއޮއްސި ހަތެއްޖަހައިފިއެވެ. އޭރުވެސް ބަދިގެ ތެރޭގައި ކައްކަން އުޅޭ ކުދިން އެކަމުގައި އަވަދިނެތި އުޅެއެވެ. އަހަރެން ބަދިގެ ފަރާތައް ދިޔައީ ހާފިޒް އާއި ޝިޔާމް އާއި އެކު ބޮކިފަތި ހަރުކުރަން އުޅެފައި ފެންފޮދެއް ބޯލާށެވެ. އަސްކަނީގައި ހުރި ކުޑަ ފާރުބުރިމަތީ އިށީނދެލައިގެން އިން ރަނާ ފެނިފައި އަހަރެން އަނެއްކާވެސް އަހައިލީމެވެ.

“އައިޝާދައްތަ ނާންނާނެތަ މިކަމުގަ ތިއްބަ؟ އައިސްފިއްޔާ މުޅިން ފަނިވީނު. . ” ރަނާގެ މޫނުމަތިން ކުރިއެކޭވެސް އެއްގޮތަށް ފެނުނީ ހަމަޖެހޭކަމެވެ.

“ތިކަމާ ހާސްނުވޭ. . ބައްޕައަށް އޮތީ ތިކަން ހަވާލުކޮށްފަ. . ބައްޕަ އައީވެސް މިކަމަށް ތައްޔާރުވެ ހުރިހާ އެއްޗެއްވެސް ހިފައިގެން. . ބައްޕަ ވަރަށް އެކްސްޕާޓް ވާނެ މަންމަ ސްޓޯލް ކުރަން. . ” މުޙައްމަދުބެ އެ ނުފެންނަނީ އެހެންވެތާއޭ ހިތަށް އެރިއެވެ. އަހަރެންވެސް ފެންފޮދެއް ބޯލައިގެން އަވަހަށް ދިޔައީ ދެންތިބި ކުދިންނާއިއެކު ގޯތިތެރޭގައި މޭޒުތައް އެތުރުމާއި މޭޒުތަކުގައި ފޮތިއަޅާ ރީތިކުރުމުގެ ކަންތައް ކުރުމަށެވެ. ގާތްގަނޑަކަށް ހުރިހާ ކަމެއްވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެކިކުލަކުލައިން ނިވިދިއްލޭ ބޮކި ތަކާއި ކުލަކަރުދާސް އަދި ކުލަ ބޮކި ތަކުން ޖާދުވީ ރީތިކަމެއް އެ މާޙައުލަށް ގެނުވާފައި ވެއެވެ. ޑެކެރޭޝަން ތަކުގެ ފުރިހަމަކަމުން ކަޅި ހުއްޓިފައި ތިބޭނީ ކިތައް މީހުންބާއޭ ހިތަށް އަރަމުން ދިޔައެވެ. ނުވައެއް ޖަހަންވާއިރަށް ދަޢުވަތު ދިން މީހުން އަންނާނެއެވެ. އެހާ އިރަށް ރަނގަޅަށްވެސް ނިމޭނެއެވެ.

ގަޑިން ނުވައެއް ޖެހީއެވެ. ޒީނަތްތެރި ކޮށްފައިވާގެ އެއްކޮށް ކުނިކަހާ މޭޒުތައްމަތީގައި އެއްޗިހިއަތުރާ ހުރިހާކަމެއް ވަނީ ނިމިފައެވެ. މެދުގައި ހުރި މޭޒުމަތީގައި ހުރި ތިންބުރިއަށް ހަދާފައިވާ ރީތި ކޭކްގެ މަތީގައި ހެޕީ ބާރތްޑޭ މޮމް އެން ހެޕީ އެނިވަރސަރީ ޖަހާފައިވެއެވެ. ނޫކުލައާއި ރަތް އަދި ހުދުކުލައިން ޑެކެރޭޓްކޮށްފައި ވާއިރު ވަރަށް ފުރިހަމައެވެ. ހުރިހާއެންމެން އަތުރާލެވިފައިވާ ގޮނޑިތަކުގައި އިށީނދެގެން މިހާރު އެތިބީ އައިޝާދައްތަ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަހަރެންނާއި އަޔާން އަދި ޒާނިޝްވެސް ތައްޔާރު ވެލައިގެން ނިކުމެ ރަނާ އާއި ރިޔާއާއިއެކު ތިބީމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އައިޝާދައްތަ ގޮވައިގެން މުޙައްމަދުބެ އަނަނާނެއެވެ. އެހާއިރަށް މިއުޒިކްވެސް ވަނީ ހުއްޓާލާފައެވެ. ހުރިހާކަމެއް ވަނީ ވަރަށް ފުރިހަމައަށް ނިމިފައެވެ. އަހަރެންވެސް ބައިވެރިވެގެން ޑެކެރޭޓްކުރި ޕާޓީއެއް މިހާ ފުރިހަމަ ވީމައި އަހަރެންވެސް ހުރީ ވަރށް އުފާވެފައެވެ. އެކިގޮތްގޮތަށް އެ މާޙައުލު ފޮޓޯނެގުނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.

އެންމެންގެ ލޯވަނީ ވަންނަ ދޮރާއިދިމާލަށް ހުއްޓިފައެވެ. އަޔާން ޖެހިގެންހުރި ރަނާގެ އަތުގައި މަޑުމަޑުން ހިފައިލީ އެހެން މީހަކަށް ނޭނގޭހާ ވެސް ސިއްރުންނެވެ. ރަނާއަށް ހުރެވުނީ އަޔާންގެ އެސަމާސާއަށް ހިތް ދޫކޮށްލައިގެންނެވެ. އޭރު ރަނާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. އިރު އިރުކޮޅާ ދެމީހުން އެކަކު އަނެކަކަށް ބަލައިލައެވެ. ރިޔާއާއި ޒާނިޝްގެ ޙާލަކީވެސް އެއީއެވެ. ކައިރީގައި ތިބެވުމުން ލޮލުގެ ކުދި އިޝާރާތްތަކާ ކުދިކުދި ގޯނާތަކުން އެތާނގައިވެސް ސިއްރު ސިއްރުން އުފާހޯދަނީއެވެ. އެދެޖޯޑުމެދުގައި އެހުރިހާ މަންޒަރެއް ބަލަން އަހަރެން ހުރިއިރު ހިތުގައި ޙަސަދަވެރިކަމެއް ނުއުފެދި ހުންނާނެހެއްޔެވެ؟ ޝާޔާމަތިން އަހަރެންނަށް ހަނދާންވާވަރުން އުނދަގޫވެފައި ހުރީމެވެ. ކެއްތެރިކަން ކުޑަވެފައި ހުރެވެނީ ފަތިސްވާނެ އިރަކަށެވެ.

ކުއްލިޔަކަށް ދޮރު ހުޅުވާލުމާއިއެކު ހުރިހާއެންމެން އެއްކޮށްކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. “. . ސަޕްރައިޒް. . . !!!!!. . ” ގެ އަޑު މުޅި ހިސާބުގައި ގުގުމައިގެންދިޔައިރު އަނގަމަތީ އަތް އަޅައިގެން ބުނާނެއެއްޗެއް ނޭނގިފައި ކަހަލަގޮތަކަށް ހުރެގެން އައިޝާދައްތަ އެތެރެއަށް ވަންނަނީއެވެ. ފަހަތުން އައި މުޙައްމަދުބެވެސް ހުރީ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން ފެނިފައި ހައިރާންވެފައިކަން މޫނުމަތިން ފެންނަން ހުއްޓެވެ. އެއާއިއެކު މަޑުމައިތިރި ހިތްގައިމު މިއުޒިކުން ޙަފްލާފެށިގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (59)

  1. GuDuMeena

    ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށް. . !
    މިރޭ މި އަޕް ކުރަނީ މިހަފްތާގެ އެންމެ ފަހު ޕާޓް. . 6ވަނަ ޕާޓް އަޕް ވާނީ ހޮނިހިރު ދުވަހުގެ ރޭ. . ބަލާނަން އަންނަ ހަފްތާގަވެސް 5 ޕާޓް ގެނެވޭތޯ. .
    Attention all readers. . !
    this is the last episode of the story for this week. . hopefully i’ll upload the 6th episode on the coming saturday night. . Hoping to bring u guys another 5 episodes next week. .
    Enjoy!!! 😀

  2. GuDuMeena

    To all those who want photoshop. . i hav browsed through the web and found a link to download Photoshop CS5 Portable version. . I have left the likn on my page here http://www.facebook.com/llGuDuMeenall . . u can download it from there and enjoy the power of photoshop by editing pics like i do. . 😀
    Hope u guys like it. .

    Love u all. .
    ummmwah
    😉

  3. shy nee

    V reethi mi part ves

    1. GuDuMeena
      shy nee

      Ohw thankew dear. . 🙂

  4. MAL

    gudu v luv letter liyefa dhw thihuree… LOL.. jux kidding bt seriously luv letter heevanee expert eh liyefa in hen 😉 … cant wait for tomorow night 8 pm ah… mi bai vx hama v v v v obi ingey

    1. GuDuMeena
      MAL

      hahaha. . Me Shair tho nehi. . magar ey hasee. . jabse dhekha meine thuj ko mujko Shaairy aa gaiy. . 😛
      aslu hama feel ga indhe liyely. . 😀

  5. MAL

    o no… cant wait for next saturday…. 🙁 SERIOUSLY

    1. GuDuMeena
      MAL

      Sorry Mal. . Anmuk0h GuDu story thah pub kurany liye nimigen bt this one adhi nunime so i need time to write too. . and aslu bodah target koffa othee Offiece thakuga work kuraa kudhinnasha collage thakah dhaa kudhinnah Sunday to Thursday ge Office hrs thakuga kiyaalan libey gothah. . Hope u’ll wait for next saturday. . Just TWO days. . 🙂

  6. Naza

    mi week ge last part yo 😛 aan ok will b waitin 4 the nxt part impatiently 😀 btw this part was even very nice……..:D

    1. GuDuMeena
      Naza

      Haha. . Thanks Naza. . 😀

    2. Naza
      GuDuMeena

      u r most welcum 😀 naza ah feney gudu love letters liyan dhaskoh dhey course eh hingan 😛

  7. liuu

    vvv dhera dhw shaayaa ah mi v goi …ANW vaahaka hama vvv nice 😀

    1. GuDuMeena
      liuu

      Aaan dhw. . Shaya ah e vy v.dhera gotheh. . dhen engidhaanetha vaane gotheh vx. . 😀

  8. naj

    hahahahahahahahahahahahahahahahahahahahaaaaaaaaaaaaaaaa
    beybe kokko o
    v majaa
    v nice
    next part ah in htixaaru kuran
    keep it up gudu
    🙂

    1. GuDuMeena
      naj

      hahaha. . Aan dhw. . V. bO vex bodey anekka. . 😀

  9. veera

    gUdU thi kuda kuda boy yakas v reeth vaahaka liyaalhe mi part ves v nice umeedu kurahn kuriya huri part tha ves reethi vaanekama thi kuda kuda boy kujaage umurakiy 16 dhw? hehehe

    1. GuDuMeena
      veera

      alhey veeraaaaaaa. . mi 23 ge kuda boy ekey. . :p

  10. zee

    alhe v reethi vaahaka eh.. kiyaafa hee hee hee ekani indhegen ves heveny hahhha

    1. GuDuMeena
      zee

      hahaha. . Zee ekani indhegen hey manzaru imagine kurevey. . 😀 Thankew Zee

  11. shy

    V reethi v kiyaa hithun mihun. Nany shy ah v v. Reethi gugu pge vaahaka thah

    1. GuDuMeena
      shy

      Ohw thenkew Shy. . and btw haadha reethi nameeky dhw GuDU ah thi dhiny. . ‘gugu pge’ haha

  12. navy

    wah. wah. kya shaair ho tum. sun k accha laga. navy khush huva….. anw story was superb,mndblowin,nyc n awesum. 🙂

    1. GuDuMeena
      navy

      haha. . MogenbO Khush Huwaa. . 😛 BTW Navy mein bhi bohot Khush hoon ki arp ko ye kahani acha laga . 😀 c yuw guys latr. . 😉 Gud nyt

  13. MAL

    yea gudu vihyya dhw… will wait for saturday… mirey dheragen nu vx nidheyne.. 🙁 nehiiiiiiiiiii

    1. GuDuMeena
      MAL

      Ohw MaL. . Sowwie for that. . and happy that u decided to wait. . 😉

  14. bookworm

    wawa kya baath hai 😛 hihihi awsome <3 varaah reethi. shaun ekanyey nooney vaanuvaga mives mi hunnani 😛 keepitup with the gud work. ur one of the best writers nw 😀 waiting for the next part. .

  15. GuDuMeena

    OMG Bookworm buddy. . Im Totaly Flattered. . i dnt think i cn sleep tonight. . :D. . <3 Thankx a lot. . haha

  16. Haxu

    Hahaha.. maa dhn beybe vgn dhw..hehe v maja.. n v happy vejje “vashafaru” ge name use kohfa huryma. 🙂 waiting 4 nxt prt.. n gud luk

    1. GuDuMeena
      Haxu

      haha. . Haxu vx Vashafaru tha. . 😀 rasheed be dhannan tha. . 😛 thankew

  17. Nax

    Ha haa ha haa v v v majaaaa….waiting 4 next part

    1. GuDuMeena
      Nax

      Thankew Nax. .

  18. shai

    nice iraadh kurehvihyaa shaya ah vaahaka dhehkeyne……

    1. GuDuMeena
      shai

      dhw. . Iraadha kurehviyya. . 🙂

  19. bubbles

    Wow… v salhi story eh..dhn oiy part ah v dhigu inthizaareh dhw kran mi jehunee.. ekam vs mihaa rythi story eh v ma inthizaaru ga mihuree..:-D..

    1. GuDuMeena
      bubbles

      Thankew Bubbles. . next part vx bubble hin hama jehey ha reethi koh genevey tho balaanan. .:)

  20. meena

    gudu ge “meeena” ge familyge style dhw miothy copy kollaafa mi story ga.. btw nice n majaa varah mi story

    1. GuDuMeena
      meena

      haha kihineh meena ah enguny. . 😛

  21. hadhee

    Wow wow…… Kya baat hei…. Nun gudu ebahuri talent… V v nice… Alhe ekamaku dhen kihineh siyaan ah vaany??? Eynage family gabooleh nuvaane dhw shaaya eynage life ah gennan….. How sad…..

    1. GuDuMeena
      hadhee

      aan dhw. . family gaboolu vaane thw mi hithah arany. . GuDu akah vx neynge family react kuraanee kihineh kameh adhi. . 😛

  22. Thu

    vaahaka v majaa n v reethi….GuDu u r a rising star…waitin for da next part..

    1. GuDuMeena
      Thu

      Ohw thankew so much Thu. . 😀 hope to c u again saturday night. .

  23. shiu

    hahah…emme fahun beybe kokko kiyaa hisaaba hingajje dhw… 😛 … v salhi mi part ves..keep it up gudu.. 🙂 dhn hama v next saturday aka inthizaaru kuran tha?..

    1. GuDuMeena
      shiu

      ehehe. . Dhw Shiu. . n Hivvaru kollaafa wait kollla dhee saturday van dhen. . 😀 thankew Shiuuuu. .

  24. uma

    awwwn <3

    1. GuDuMeena
      uma

      🙂 Thankew all for reading my story and liking it so much

  25. naj

    hehehehe
    beybe kokko ey
    lol 😛
    i like this part alot
    keep goig gudu
    were always with u
    🙂
    v nice n v majaa mi part vexx
    igey tha gudu furathama genai story naj nukiyan huryy v hadi vaane kamah hyykoh
    ekam hithah eryy kiyaalan
    dhn kiyan feshi haairun reethi v gudu ge stories thah
    dhn eyge fahun gudu ge fan akah v
    gudu liyaa vaahaka thah mihaaru v kiyaa hiyy vey
    hehehehe
    ur a very telented writer 🙂
    keep it up
    ohh
    n thanx for introducing the pic gudu
    ekm sean hunnany boa digu koh fatha gudu
    pic ga e dhe myhun nulaahiku salhi vihyaa
    shaaya ah vaahaka dheh keyne dhw gudu 🙁
    🙂

    1. GuDuMeena
      naj

      ehehe Naj. . Thankew for reading my stories at the first place. . 😀 and abt Shaya dhw. . adhi neynge bunaakah shaayaa ah vaane gothe. . shaya faharaku vakihisaabakun gelli vx dhaane. . 😛

  26. Haxu

    hmm. haxu vashafaru.. Rasheedhbe dhannan bt shaayaa kiyaa kujjeh rasheed bege hunna kameh neyge.. hehe.. 🙂

    1. GuDuMeena
      Haxu

      hahaha. . Shaya kiyaa kujjeh rasheed be ge eh nuhunnaaneye. . mi Rasheed be ge Bodu beybe Kujjekey. . 😛

    2. Naani
      Haxu

      Hehehe

  27. GuDuMeena

    mirey vx part eh genesdhey hithun hureveny kiy eh noon. . bt ehen bunevifa othyma maadhan rey kuran kamah mi madukureveny. . 😛 ehehe

  28. nnnn

    adhi vara foohi thankolha majaa koh shaaya ge vaahakah ithuru kohbahl
    But v interesting

  29. Haxu

    dhn mirey avahah story up kohdheeba.. kiyaa hithun hurevenyky noon. hehe

  30. Jazz

    Cherr. I m in luv with ur stories.. This one is hama habeyssss.. 😀

  31. bubbles

    Gudu ge story aa evvarah comment thah ves salhi.. v majaa.. adhi gudu reply kuraathy emme salhiiiii..
    😀

    1. rrrrrrrrrrrr
      bubbles

      u mean 26 April 6 episode will be upload

  32. pig rabbit

    u mean 26 April 6 episode will be uplaod

  33. GuDuMeena

    hahaha . . Thanks Bubbles. . n Jazz. . Haxu. . and rrrrrrrrrrrr and Pig Rabit. . nw 6th episode is up. . enjoy. . 😀

  34. nahu

    v v v v reethi

Comments are closed.