Skip to content
އެސްފިޔަ

ދީވާނާ ލޯބިން ވެއްޖޭ. . [1]

“ސިއާން. . އަދިވެސް ނިދަން އޮތީތަ. . ޔަގީން މިއަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. . ސިއާން. . ”

ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން ދަންނަ ރަހުމަތްތެރިއަކުވެސް ޒާނިޝް އާއި އަޔާން ނޫނީ ނުހުންނާނެއެވެ. އެދެކުދިންނަކީވެސް އޮސްޓްރޭލިޔާއިން އަހަރެން ކިޔެވި ޔުނިވަރސިޓީއިން ދިމާވެ ރައްޓެހިވި ދެކުދިންނެވެ. ނަސީބު ރަނގަޅުކަމުން އަހަރުމެންގެ މިޒާޖުވެސް ވަރަށް ގުޅެއެވެ.

“ހޭލަޔޭ މިއުޅެނީ މޮމް. . ގިވް މީ އަ ސެކް. . ”

އަހަރެންގެ ފޮށީގެ އަތްގަނޑު ދަމާލަމުން އަނެއްކާވެސް ލޯގަނޑުން ބަލައިގެން އިސްތަށިގަނޑު ރީތި ކޮށްލީމެވެ. އިސްތަށިގަނޑު ފަން ކަމުން ބޭނުން ގޮތެއް ހަދައެއްވެސް ނުލެވެއެވެ. ދެން ދިގުވީމައި ވަކި ހެދޭނެ މާބޮޑު ގޮތްތަކެއްވެސް ނެތެވެ. އެވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ލައިގެން ހުރި ގަދަނޫ ކުލައިގެ ޖިންސް ގެ ޖީބުން ފޯން ނަގައި ބަލައިލީމެވެ.

“ޑޫޑް. . ހަރީ. . ވީއަރ ވެއިޓިން އެޓް ދަ ގޭޓް. . ” އެއީ ޒާނިޝް ގެ މެސެޖެކެވެ. މިދަތުރުގައި އަޔާން އާއި ޒާނިޝް ބައިވެރިވާތީ އަހަރެން ހުރީ ވަރަށް ހިންހަމަ ޖެހިފައެވެ. މާޙައުލު ބަދަލުކޮށްލުމަށް ރާއްޖެ ތެރެއަށް ދަތުރެއް ދާން ބޭނުންވާ ވާހަކަ މަންމަ ކައިރީ ބުނުމުން މަންމަ ވަނީ ދަތުރު ރާވައި ދީފައެވެ. އަހަރެންނަށް ރާއްޖެތެރޭގެ އެއްވެސް ތަނެއްގެ ގޮތެއް ނޭނގޭނެއެވެ. އެހެންކަމުން އަހަރެން އަމިއްލަޔަށް ދަތުރެއް ރާވާނީވެސް ވަކި ކިހިނެއް ހެއްޔެވެ؟

“ބްރޯ. . ޔޫ ލުކް ގުޑް. . ހޭ. . ޓޭކް ކެއަރ އޮފް ޔޯރ ސެލްފް” ދޮންބެ އަހަރެންނަށް ހަގް އެއް ދިނެވެ. އަހަރެންނަށް ވުރެ ފަސް އަހަރު ބޮޑު ކަމުގައި ވިޔަސް ދޮންބެ އަހަރެންގެ ރަހުމަތްތެރިއެކޭ ވާނީ އެއްގޮތެވެ.

“ޝައުފް ދަރިފުޅު ދެން އުޅޭ އަވަހަށް އޮފީހަށް ދާން ތައްޔާރުވާން. . ގަޑިނުޖެހި ދާންވާނެ ހަނދާންކޮށް. . ” މަންމަ ދޮންބެއަށް އެހެން ބުނެފައި އަހަރެންގެ ފަހަތުން އައެވެ. މަންމައަކަށް ދަރިއެއް ކިތަންމެ އުމުރުން ބޮޑުވިޔަސް ބޮޑުވާނެ ހެއްޔެވެ؟

އެންމެންނަށް ސަލާން ކޮށްލުމަށްފަހު އަހަރެން ނިކުތީމެވެ. އޭރު ގޭގެ ދޮރާށި ކުރިމަތީގައި ޒާނިޝްމެން ކާރުގައި މަޑުކޮށްލައިގެން ތިއްބެވެ.

“ދަރިފުޅާ އިހަށް މަޑުކޮށްބަލަ. . ހޯރަފުއްޓަށް ދެވުނީމަ އައިޝާ ދައްތަ ކައިރީ ބުނާތި މަންމަ ވަރަށް ސަލާން ބުނެފަ ބުންޏޭ އެހެން ފަހަރަކުން މަންމަމެންވެސް ދާނަމޭ. . މިފަހަރު ދަރިފުޅުމެން މަޖާ ކޮށްލަން ދާ ދަތުރެއްވީމަ މަންމަމެން ނުދިޔައީޔޭ. . އިނގޭ. . ” މަންމަ އަހަރެންގެ އަތްދިގު ޓީޝާޓްގެ ކަންކަނަށް ދަމާ ރީތިކޮށްލަމުން ހިނިތުންވެލިއެވެ.

“އޯކޭ. . ތެންކްސް މޮމް. . ލަވްޔޫ. . ” މަންމަގެ ކޮލަށް ދޮނެއްދީފައި އަހަރެން ގޮސް ކާރަށް އަރާ ނައްޓާލީމެވެ.

“ޔޫ އަރ ޑޭމް ސްލޯ ޝޯން. . ޗެކިން ނިމެން 25 މިނެޓަށް އެވީ. . ” ޒާނިޝް ޝަކުވާ ކޮށްލިއެވެ.

“ހޭ ގާއިޒް ޗެކް ދިސް އައުޓް. . ޑެނީ އެއްކަލަ ނަޝީއާ އިން އަ ރިލޭޝަން އޯ. . ” އަޔާން އެފްބީ ޕޯސްޓެއް ދައްކާލިއެވެ. އެއާއިއެކު އަހަރެންގެ މޫޑް ކުޑަކޮށް ގޯސް ވާގޮތް ވިއެވެ. ނަޝީއެއީ އެހާ ގޮތެއް ނެތް ކުއްޖެއް ބާއޭ ހިތަށް އެރިއެވެ. އޮސްޓްރޭލިޔާގައި ކިޔެވި ފަހު އަހަރު އަހަރެންދެކެ ލޯބިވެޔޭ ކިޔައިގެން ފަހަތުން ދުވި އިރު އަހަރެންމީ ޓްރޫ ލަވް އޭ ކިޔައިގެން ދެއްކި ވާހަކަތައް މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ. އެންމެފަހުން އަހަރެން މިކޮޅަށް އައުމުން އަހަރެންގެ ރޫމް މޭޓް ދެކެ ހަމަ އެހާ ލޯބި ވީހެއްޔެވެ؟ އެއީވެސް ބައެއް އަންހެންކުދިން އުޅޭ ގޮތްވިއްޔާ އެވެ. ކުއްލިޔަކަށް އަހަރެންނަށް ހަނދާންވީ ރޭގައި ފެނުނު ހުވަފެން މަތިންނެވެ. އެއީ ރެޔަކު އަލަށް ފެނުނު ހުވަފެނެއް ނޫނެކެވެ. އެހުވަފެން އެކިފަހަރު މަތިން އެކިގޮތަށް ވަނީ ފެނިފައެވެ. އެއީ މިހާރު އަހަރެންގެ ހިތަށް ލިބޭ ފިނިކަމަކަށް ވަނީ ވެފައެވެ.

“ހޭ ގާއިޒް. . ދެޓް ސޭމް ވިއަރޑް ޑްރީމް. . ރޭގަވެސް. . ”

” ހަމަ އެކުއްޖާ. . ؟ ” ޒާނިޝް ފަހަތު ސީޓަށް އެނބުރިލަމުން އަހަރެންނަށް ބުނެލިއެވެ.

“ޔާ. . ހަމަ އެކުއްޖާ. . ބަޓް މިފަހަރު ފެނުނީ އެހެން ގޮތަކަށް. . ” އަހަރެންގެ ވާހަކަ މެދު ކަނޑާލީ އަޔާން އެވެ.

“ނޫޑް ކޮށްތަ. . ހަހަހަ”

“އިޓްސް ނޮޓް ފަނީ އާން. . އެކަހަލަ ކުއްޖެއް ހެނެއް ހިޔެއްނުވޭ. . ” ކާރުގެ ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އަހަރެންގެ ކުރިމަތިން އެ ހުވަފެން ތަކުރާރު ވަމުން ދިޔަ ކަހަލައެވެ. އެއީ ދިގު ހުވަފެނެއް ނޫނެކެވެ. ކުރު ދެތިން މަންޒަރެކެވެ. ގޭ ދޮރުމަތި ކުނިކަހަން ގުދުވެލައިގެން އޮތް އަންހެން ކުއްޖެކެވެ. ދުވަހަކުވެސް މީގެ ކުރިން ދެކިފައި ނުވާ ކުއްޖެކެވެ. ނަމަވެސް އެފެނިލުމުން ވެސް ދެކެފަރިތަ ކަމުގެ އިޙްސާސް އަހަރެންނަށް ކުރުވިއެވެ. އެއިޙްސާސް މިހާރުވެސް ވާކަހަލައެވެ. ލައިގެން ހުރި ފިޔާތޮށި ކުލައެއްގެ ސްކިނީ ޖިންސްއާއި މެރޫން ކުލައަކަށްދާ ކުރުތާ ފާޑުގެ ހެނދުމުގައި އެ ސޫރަ ފެންނަލެއް ހާދަ ފުރިހަމައެވެ. އެ ބޮޑު ދެލޯ އަހަރެންނަށް ކޮންމެ ތަނަކުން ފެނުނަސް އެނގޭނެއެވެ. އަހަރެން ފެނުމުން ތެދުވެ ހިންދެމިލަމުން ނިއްކުރި މަތީ ހުރި ދާތައް ފޮހެލީ އާޝޯހުވާފަދަ ފުރިހަމަ ބެލުމަކާއެކުއެވެ. އެހާ ފުރިހަމައަށް،ދުވަހަކުވެސް ފެނިފައި ނުވާ ސޫރައެއް އަހަރެންނަށް ހުވަފެނުން ފެންނަންވީ ކީއްވެހެއްޔެވެ؟

ކާރު އައިސް ހުޅުލޭ ފެރީ ޓަރމިނަލް އަށް މަޑުކޮށްލުމާއިއެކު އެންމެން އަވަސްވެގަތީ އެންމެ ފުރަތަމަ ފުރާ ފެރީއަކަށް އެރޭތޯއެވެ.

“ސްޓޮޕް ޑޭ ޑްރީމިން ޝޯން. . އެއީ ހަމަ ހުވަފެނުގެ ރާނީއެއް. . ހަގީގަތެއްނޫން. . ” އަޔާން އަހަރެންގެ ފަހަތުން ދަބަސް ހިފައިގެން ފެރީއަށް އަރަމުން ބުނެލި ބަހަކުން ހިނދުކޮޅަކަށް ނަމަވެސް އަހަރެންނަށް މާޔޫސް ކަމެއް އިޙްސާސް ކުރެވުނެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ. އެއީ ހަމައެކަނި އަހަރެންގެ ހުވަފެނުން ދޭތެރެއަކުން ފެނިލާ މޫނެކެވެ. ހަމަ އެކަނި ހުވަފެނުގެ ރާނީއެކެވެ. އެހާ ފުރިހަމަ ސޫރައެއް އަހަރެންގެ ޙަޔާތުގެ ފާއިތުވި ތޭވީސް އަހަރުވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް އެއީ ޙަޤީގަތަކަށް ވާން ހިތްއެދެނީ ކީއްވެބާއެވެ.

“ޑޫޑް. . ޝޯންގެ ހިތް މަރާ ނުލަބަލަ. . މޭބީ ވަންޑޭ ޔޫ ވިލް ސީ ހަރ. . އައިމް ޝުއަރ އިފް ޝީ އިޒް ރިއަލް . . ޔޫ ޓޫ އަރ ޑެސްޓިންޑް ޓުބީ ޓުގެދަރ. . ” ޒާނިޝް އަހަރެންގެ ކޮނޑަށް އަތްވައްޓާލަމުން އަހަރެންނަށް ހިތްވަރު ދިނެވެ. އަހަރެންގެ ހިތާ ހިތާ ޒާނިޝްގެ ޖުމްލައަށް ފުރިހަމައަށް އެއްބައި ވެވުނެވެ. ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމަކުން މުޅި ހަށިގަނޑުގެ ޖޯޝް އާވެގެންދިޔައީ އިސާހިތަކުއެވެ.

ކުއްލިއަކަށް ފޯން ރިންގުވާން ފެށުމުން ތެޅިގަނެފައި އަވަހަށް ނަގައި ބަލައިލީމެވެ. އެއަރޕޯރޓް ތެރޭގައި ހުރެވުމުން ތަނުގެ އަޑުމަޑުވެފައި ވުމާއިއެކު އަހަރެންނަށް އެ ހިނދުކޮޅުގެ ތެރޭގައިވެސް އެތަކެއް ލޯތަކެއް އަމާޒުވެގެން ދިޔައެވެ. ގަތް ލަދުން އިސްޖަހާލެވުނީ ދެވަނަފަހަރަކަށް އިސްއުފުލާ ބަލާލަންވެސް ނުކެރޭނެޔޭ ހިތާއެވެ. ގުޅީ ދޮންބެއެވެ.

“ޔެސް ދޮންބޭ. . ” ދަބަސް ހިފައިގެން ކިޔޫއިން ކުރިޔަށް ޖެހިލަމުން ޖަވާބު ދިނީމެވެ.

“ކޮބާ ލައްވާލިތަ. . ”

“އާން އެންމެފުލުން. . ” ހިނިގަނޑަކާ އެކު ބުނެލެވުނެވެ.

” ހެހެ. . އެވެސް ބޮޑުވަރު. . ކޭ. . ޑޯންޓް ފޮގެޓް ޓު ކޯލްމީ ވެން ޔޫ ރީޗް. . ކަމެއް ބޭނުން ވެއްޖިއްޔާ ގުޅާތި. . ”

“ޝުއަރ. . ” އެއަށްފަހު ފޯން ބޭއްވިއެވެ. ދޮންބެ އަހަރެންނާއި ދޭތެރޭ އުޅޭވަރުން ބައެއްފަހަރު ބައްޕަ އަށްވުރެވެސް ހެޔޮހެން ހީވެއެވެ. ހަމަގައިމުވެސް ދުނިޔޭގެ ބަޔަކަށް ހަމަޖެހޭ ލޯބިވާ ޢާއިލާއެއް ލިބިފައި ވާނަމަ އެއީ އަހަރެމެންގެ ކުޑަ ކުޑަ ޢާއިލާކަން ޔަޤީނެވެ. އެހެން ހިތަށް އެރުމާއިއެކު އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތާ ކުޅެލިއެވެ.

ސާޅީސް ފަސް މިނެޓެއްހާއިރުގެ ދަތުރަކަށްފަހު އަހަރުމެންނަށް ކުޅުދުއްފުއްޓަށް ލެފުނެވެ. އެއާއިއެކު މާގިނައިރެއް ނުވެ ހަމަޖެހިފައިވާ ލޯންޗުން ހޯރަފުއްޓަށް ދިއުމަށް ނައްޓާލެވުނެވެ. ވައިމަޑު، އުދަރެސްމަތި ސާފު، ވިލާ މަދު ދުވަހެއްކަމުން ވައިކަފާފައި ނޭނގި ހުއްޓާ އައިސް ހޯރަފުށީގެ ނެރުން ލޯންޗް ވައްދާލުމާއިއެކު އަހަރެންނަށް އިސްއުފުލާ ބަލައިލެވުނެވެ.

“ފައިނަލީ. . ” އަޔާން އާއި އަހަރެންނަށް ބުނެލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ތިން މީހުން އަތްޖަހާލާފައި ތެދުވީ ވީހާވެސް އަވަހަކަށް ރަށަށް އެރޭތޯއެވެ. އޭރު ލޯންޗް ގާތްކުރާ ދިމާލަށް ހައެކަ މީހުން އަންނަތަން ފެނުނެވެ. އޭގެތެރެއިން މެދުގައި އެންމެބޮޑަށް ހެވިފައި ރަތްކުލައިގެ ބުރުގައެކާއި ހެނދުމެއް ލައިގެން އެހެރީ އައިޝާ ދައްތައޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ބަލާބެލުމަށް އަދިވެސް ވާނީ ތިރީހަކަށް އަހަރެވެ. އެންމެ ކުރިން އެ އަންނަ ބޭބެއަކީ އައިޝާދައްތަގެ ފިރިމީހާ މުޙައްމަދުބޭކަން ޔަގީނެވެ. އެމީހުންނާއި އަރާ ހަމަވާންވާއިރަށް އެހުރިހާއެންމެންނަށް ނަންދީ އެކި ކެރެކްޓާރ ތަކަށް ބަހާލައި ނިންމާލެވިއްޖެއެވެ.

“މުޙައްމަދުބެ ދޯ. . ” އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން ހިނިތުންވެލާފައި އަހާލީމެވެ.

“ނޫން އަހަންމަދުބެ މީ. . މުހަންމަދުބެ ކަންނެއްޔަށް ގޮސްއުޅޭތީ ނާދެވުނީ ބަލާ. . ” ވަގުތުން އަހަރެންގެ ހިލިފައި ހުރި ‘ޕޮސިޓިވް އެނާރޖީ’ ތައް ހުލިވި ކަހަލައެވެ. ގަތް ލަދުން ބިން ކޮނެފަ އަޑިއަށް ވަދެދާނަމޭ ހިތަށް އެރިއެވެ. އަހަރެންނަށް ބޯކަހާލެވުނީ ހަދާނެ ގޮތެއް ނޭނގިގެންނެވެ. ފަހަތުން އައިސް އަޔާން ކޮނޑުން ޖައްސާލިއިރު އޭނަގެ މޫނުމަތިންވެސް ގަދަކަމުން ހިފަހައްޓައިގެން ހުރި ހިނިގަނޑުގެ އަސަރު ފާޅުވާން ހުއްޓެވެ.

“މީތަ ޝާއިޤާގެ ސިއާން. . ހާދަ ބޮޑޭ މިހާރު. . ދައްތަ އެންމެ ފަހުން ދެކުނުއިރު މިވަރު ވަނީ. . ” ދެއަތް ކައިރިކޮށްލަމުން އަހަރެންގެ އޭރުގެ ސައިޒު ދައްކައިލަމުން އައިޝާ ދައްތަ ދިމާކޮށްލިއެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އައިޝާދައްތައާއި އެންމެން އެހާ ހިތްހެޔޮވީމައި އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ޒާނިޝް އާއި އަޔާން އިންޓްރޮޑިއުސް ކޮށްދިނުމަށްފަހު މަޑުމަޑުން ގެއާއި ދިމާލަށް މިސްރާބު ޖެހުނެވެ. އަހަންމަދުބެ ބަރޮލަށް އަހަރުމެންގެ ފޮށިތައް އަޅައިގެން ދިޔައެވެ.

ޒާނިޝް އަހަރެންގެ އަތުގައި ކޮށްޓާލުމުން އަހަރެން ބަލައިލީމެވެ. ލޮލުގެ އިޝާރާތުން ފަހަތް ބެލުމަށް އެންގީ ލާނެތް ހިނިތުންވުމަކާއެކުއެވެ. އަހަރެން ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ޒާނިޝް އާއި އަޔާން މިހާ އަވަހަށް އައިޝާ ދައްތަގެ ރަނާ އާއި ރިޔާއަށް ލޯއަޅަން ފެށީއެވެ. އޭރު އެދެކުދިންވެސް މަޑުމަޑުން ކުދިކިޔަމުން އެއަކު އަނެކަކަށް ހެމުން ހުރެ އާދެއެވެ.

“އަދި ރަށަށް އެރިތާ ފަސްމިނެޓް ނުވެގެން މި އުޅެނީ. . މިހާއަވަހަށް. . ” އަހަރެން ލޯބޮޑުކޮށްލީ އެދެމީހުންގެ ކަންތައް ހުރިގޮތުން ހާސް ވެފައެވެ. އެދެމީހުންވެސް ހެވިދިލިފައި ހުރެގެން އާދެއެވެ.

“މާލޭގަ އަބަދު ކާރުގަ ދެކޮޅަށް ދުއްވިޔަސް މިރަށަށް އައިސް އުޅެންޖެހޭނީ ހިނގާފަ. . ކުޑަކޮށް ކަސްރަތުވެސް ލިބޭނީ އޭރުންނެއްނު. . ” އައިޝާ ދައްތަ އަހަރުމެންނަށް ހިނގާފައި އެހާ ދުރަށް ދާންޖެހުމުން ތިބީ އުނދަގޫވެފައޭ ހިތަށްއަރާފައި ހިނިތުންވެލަމުން ބުންޏެވެ.

“އަހަރެން ވަރަށް ހިންހަމަޖެހިފަ މިހުރީ މިރަށަށް އައިސް މިހެން ހިނގާލަން ލިބުނީމަ. . ދިވެހި ރާއްޖޭގެ ގުދުރަތީ ރީތިކަން މި ފެންނަން ފެށީ އަދިކިރިޔާ. . މިއޮތްހާ ދުވަހު ރާއްޖެއިން ބޭރުގަ އުޅެފަ އައިސްވެސް މާލޭގަ ހުންނަންޖެހުމުން މިކަހަލަ ހިއްފަސޭހަ މާޙައުލެއްގަ އުޅެލާހިތުން މި އައީ ވެސް. . އެހެންވީމަ ރަށްފުށުގެ އާދަކާދަތައް އޮންނަގޮތަކަށެއްނު އުޅެންވާނީ. .” އަހަރެންވެސް އަހަރެންގެ ޚިޔާލު ފާޅުކުރީމެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ ހިންހަމަޖެހިފައެވެ.

“އަދި މަންމަ ބުނި ވަރަށް ސަލާމް ބުނެފަ އައިޝާ ދައްތަކައިރީ ބުނާށޭ މަންމަމެން އަދި އެހެންފަހަރަކުން އަންނާނަމޭ. . މިއީ އަހަރުމެން މަޖާކޮށްލަން އައި ދަތުރަކަށް ވީމަ ނައީޔޯ. . ”

“އާނ ޝާއިޤާ އަބަދުވެސް އަންނަން ކިޔާނެ. . އެކަމަކު ދުވަހަކުވެސް އާދެވޭ ކަމަކަށް ނަހަދާނެ. . މިފަހަރުވެސް ސިއާން މެން ވީމަ ތިއާދެވުނީ. .” އައިޝާދައްތަ ޝަކުވާ ކޮށްލިއެވެ.

ވަކިހިސާބަކަށް ގޮސްފައި އަޅާލި ގޯޅިއަކާއިއެކު އަހަރެންނަށް ދަންނަ މަންޒަރުތަކެއް ފެންނަހެން ހީވިއެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް އައި ރަށެއް ނޫނެވެ. ހައިރާންވެފައި ބަލަންހުއްޓާ އަހަރެންނަށް ފެނުނީ އިލޮށިފަތި ހިފައިގެން ގޭދޮރުމަތި ކުނިކަހަން އޮތް ކުއްޖެކެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވެގަތީ ފެނުނު މަންޒަރުންނެވެ. އަހަރެންގެ ހުވަފެން ލޯމަތިން ސިފަވެގެން މިދަނީ އެއްވެސް ތަފާތުކަމެއް ނެތިއެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅާފައިވާ ރޭބަން އައިނު ހިއްލާލެވުނީ ބޭ އިޚްތިޔާރުގައެވެ. ހިންދެމިލަމުން ނިއްކުރި މަތީ ހުރި ދާތައް އެ ފޮހެލީ އާޝޯހުވާފަދަ ފުރިހަމަ ބެލުމަކާއެކުއެވެ. އެއީ ހަމަ. . އަހަރެންގެ ސިކުނޑި މަސައްކަތް ކުރަން ކުޑަ އިރުކޮޅެއް ނެގިއެވެ. އެ ފިޔާތޮށި ކުލައިގެ ސްކިނީ ޖިންސްއާއި މެރޫން ކުލައަކަށްދާ ކުރުތާ ފާޑުގެ ހެނދުމެވެ. މާޝާ ﷲ. . އަހަރެންގެ ހިތް ބުނިއަޑު އިވުނެވެ. އެ ބޮޑު ދެލޮލާއި ލޭފަވެތި ހަށިގަނޑެވެ. އެމޫނުމަތިން އަހަރެންނަށް ދަންނަ ވައްތަރު ޖަހަނީ ކީއްވެގެންކަން އަހަރެންނަށް އެނގިއްޖެއެވެ. އެއީ އަހަރެންގެ ހުވަފެނުގެ ރާނީއެވެ. އަހަރެންގެ ހިނގުންވެސް މަޑުވެގެން ދިޔަކަން އެނގުނީ ފަހަތުން އައި އަޔާން އާއި ޒާނިޝް ގާގައި ލައިގަތުމުންނެވެ.

“ޝޯންގެ ކަންތައް ވަކި ދެރައެއްނޫނެއްނު. . ބަލާގޮތުން ހީވަނީ އެމަންޖެ އެއްފަހަރާ ދިރުވާލަންއުޅޭހެން. . ” އަޔާންގެ ބަހުގެ ހަމަލާއާއިއެކު އަހަރެންނަށް ހޭވެރިކަންވިއެވެ. އަޔާން އެބުނިއެއްޗެއް އެ ކުއްޖާއަށް އިވޭނެކަން ގައިމެވެ. އެކުއްޖާގެ މޫނުމައްޗަށް އަރައިގެން ދިޔަ ޖަމްބުކުލައިންވެސް އެކަން ސާބިތުކޮށްދެއެވެ. އިސްޖަހައިގެން އަނެއްކައިވެސް ކުނިކެހުމާއިގެން އަވަދިނެތި ވެއްޖެއެވެ.

އަހަރެންނަށް އަނގަ ހުޅުވިފައި ކަހަލަ ގޮތަކަށް އިރުގަނޑެއް ވަންދެން ހުރެވުނެވެ. މަޑުމަޑުން އަހަރެން އަޔާން އާއި ޒާހިން ގާގައި ކޮއްޓާލީމެވެ. ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ސަމާލުކަން ދިނެވެ.

“ދެޓްސް ހަރ. . ” އަހަރެން ހައިރާންކަމާއެކު ބުނެލީމެވެ.

“ޔޯ ޑްރީމް ގާރލް. . ؟؟” ޒާހިންއަށް ނަގައިގަނެވުނެވެ.

“ނޯވޭ. . ދެޓްސް ޓޫ ގުޑް ޓުބީ ޓްރޫ. . އެހާ ރީތި މަންޖެއެއް. . ޔޫ އަރ ޖަސްޓް މޭކިން ދިސް އަޕް. . ” އަޔާން ގަބޫލުކުރާކަށް ބޭނުން ނުވާ ކަހަލައެވެ.

“އަހަރެން ކަހަލަ ރީތި މީހަކު ހުވަފެނުންވެސް ހަޑި ކުއްޖަކު ބަލާނެތަ؟” ވަރަށް ވެލާފައި އަހަރެންވެސް އަޔާން އަށް ރައްދުދިނީމެވެ. އެކަހަލަ ގޮތަކަށް މަޖާ އަނގަތެޅުމުގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ރާއްޖެތެރެއާ ބަލާފައި ފެންވަރު ރަނގަޅު ގެއެކެވެ. ގެރާނާފައި ވާގޮތުން ގޯތި ބޮޑުކަމަށް ދައްކައެވެ. ގޯތިތެރޭގެ ހުސް ބައިގައި ގައު އަތުރާފައިވެއެވެ. ހިޔަވަރުގެ ފެންޑާކޮޅެއްވެސް ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެނތެރެއަށް ވަންނަމުން އައިޝާ ދައްތަ ކޮޓަރި ދެއްކިއެވެ. ބޮޑުނޫނަސް ހިޔަވަރު ވަރެއްގެ ސިޓިންރޫމް ކޮޅަކަށް ނިކުމެވޭ ގޮތަށް ހުރި ކޮޓަރިއެކެވެ. ކޮޓަރި ހުޅުވާލުމާއިއެކު އަހަރުމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަނގަހުޅުވާލެވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ. އޭރު ރަނާ އާއި ރިޔާ އަހަރެމެންގެ ފަހަތުގައި ޖައްސާފައި ތިބެގެން ހެނީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (55)

  1. GuDuMeena

    ލޮބުވެތި އެންމެހާ ކިޔުންތެރިންނަށް،
    އަޅުގަނޑުގެ މިވާހަކަވެސް ޝާއިޢު ކުރިން މިފަށަނީ ކޮންމެ ހޮނިހިރަކުން ފެށިގެން ބުދައިގެ ނިޔަލަށް ކޮންމެ ރެއަކުވެސް ވާހަކައިގެ އާ ބައެއް ތިޔަ ބޭފުޅުންނަށް ގެނެސްދިނުމުގެ އުންމީދުގައި. . އަދި މިވާހަކައަކީ ލިޔަމުންދާ ވާހަކައަކަށް ވުމާއިއެކު އަޅުގަނޑުގެ ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން ހަފްތާއަކު ފަސް ބައި ލިޔުމަށް ވަގުތު ނުވާ ކަމުގައި ވަނީނަމަ ﷲގެ އިރާދަފުޅާއެކު ކޮންމެ އާދިއްތަ ވިލޭރޭ އަކާއި އަންގާރަ ވިލޭރޭ އަދި ބުރާސްފަތި ވިލޭރެއަކު ވާހަކައިގެ އާބައެއް ގެނެސް ދެވޭނެ ކަމުގައި ދަންނަވަން.
    އަޅުގަނޑުގެ ވާހަކަތަކަށް ދެއްވާ ތަރުޙީބަށް ފަށްފަށުން ޝުކުރު ދަންނަވަން. .

  2. ishaa

    Its okay….finaly got the story to read…beginning was amazing..eagerly waiting for the up coming parts…hope it would be awsome…keep going…may god praise you

    1. GuDuMeena
      ishaa

      Thanewww Ishaa. . 😀

  3. ma

    hey gudu mihaaru kulhudhufushyga airprt ves alhaalytha? gadha inge, dhen maves rashah dhaa iru hanimaadhu ah nugos furathama k.futtah dhaany. haha gud

    1. GuDuMeena
      ma

      Hahaa. . V.futuristic dhw. . 😀 gud for u.. dhen v.easy vaane ingey. . :p

  4. liuu

    vvvvvvv nice feshumei…vaahakavx hama ehaa nice 😀 😀 😀 ….Will wait 4 d upcomingggg prtxxxx………

    1. GuDuMeena
      liuu

      Ohw Thankew Liuu. . 😀 I’ll bring u guys a new part tomorrow. . 😀

  5. GuDuMeena

    To all who likes the story pic!
    a High Quality version of this pic is Up on
    http://www.facebook.com/llGuDuMeenall
    Thankx. . 😀

  6. MAL

    haha at last story libunee dhw kiyaalan.. feshun v v nice ingey.. waiting for the next part.. 🙂 i must say u r doing gr8 job gudu

    1. GuDuMeena
      MAL

      Thanks Mal. . Thankew all for waiting so impatiently. .

  7. blossom queen

    this starting is totally nyc, hope this story will be interesting , this is my first comment to ur’s story but i read ur aa stories,, can yuh tell me where yuh from??

    1. GuDuMeena
      blossom queen

      Ohw. . im glade to knw that Blossom Queen. . and i appreciate the comment. . Im from G.Dh.Vaadhoo. . Im living now in A.Dh.Mandhoo though. . most of u have never heared of the name right. . Haha. . but believe me this is a beautiful Island. . 😀

  8. Haxu

    mi story vx v rythi vaanehen hyve.. n HA atoll ge island ehge vaahaka othyma vvkiyaahithun myni.. gud luk gudu.. kyp up ur gud work.. 😀

    1. GuDuMeena
      Haxu

      Oh Thankew Haxu. . Thankx for the Comment. . so happy to knw u r from Ha.Atoll 😀

    2. Naani
      Haxu

      Eyy haxu…!!

  9. yaana

    yaan vx mihaaru dheevaanaa vejje.. hehe

    1. GuDuMeena
      yaana

      Ohw. . ehehehe. . 😀

  10. yaana

    heii gudu can u do me a favour.. bt aslu v bodu kameh.. 🙂

    1. GuDuMeena
      yaana

      Oh. . how big is it. . GuDu ah nuvaavaruge kameh nubunahchey anekka. . ehehe. .Alhe dhen bunebala. . i’ll try. . 😀

  11. bookworm

    waaau amazing <3 varaaaaaaaaaaaaah reethi 😀 i feel like i am living in an imaginary world. keep it up 😛 ur the best. heevany english novel eh kiyaa leveni hen <3!! waiting for the next part, keep it up Gudu

    1. GuDuMeena
      bookworm

      Thankew Bookworm Buddy. . 😀 i’ll try to make it entertaining. . :-p

  12. barbie

    ingey mandhoo eh onnakan..

    1. GuDuMeena
      barbie

      Ohw. . So u r one in a Thousand. . 🙂

  13. thui

    V v salhi..aneh bai kiya hithun keiy madhu vfa. ..♥♥♥

    1. GuDuMeena
      thui

      Thanks Thui. . 😀 mirey kiyaalaany dhw. .

  14. nash reen

    gudu mi storyga miulheni dhonbbe and dhonbbe dhahtha tha ithu dhw kunikahan othee hehehehe (: btw story v reethivaane kamah lafaa kureveni keep it up

    1. GuDuMeena
      nash reen

      ehehe Thanks Reen. . u’ll see who r the characters when u read the whole story. . so c ya. . 😀

  15. princess

    GUDU….. 1st part superb…. letx c the up coming parts… U R THE BEST…

    1. GuDuMeena
      princess

      Ohw. . thats so sweet of u. . Thankew Princess Yam

  16. naj

    not bad
    i like it 🙂
    thx gudu
    dhn kn dhuvahakun next part
    kiyaa hithun hureveny eh noon
    love this story alot
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥
    ♥♥♥
    ♥

    1. GuDuMeena
      naj

      ♥♥♥♥♥♥♥ Thanks Naj. . Mireyga storyge aa part eh up kohdheynan. . 😀

  17. yaana

    aslu yaan beynunvany yaan men group thereyga dhimaavefa huri haadhisaaa thakuge mahchah gudu lavaa story eh liyuvan.. can u do that..:)

    1. GuDuMeena
      yaana

      Wow. . thats. . i dnt knw. . im so happy that u want me to. . but u knw i have this story going on.. and am planing a new one and so. . but i’ll c . . Ok so do me a favour. . txt me at my fb page. . . . there we’ll talk abt that in details right. .c u. . 😀

  18. kuddly

    vrh reathi mibai ves
    i was desperately waiting to read dhis new story of urs
    ekm offyhuga bx koh ulheythi adhi kiriyaa mikiyaa levuni
    vrh reathi mibai ves
    furathama bayaa lhaabala airu its salhi hama 🙂
    ♥♥♥♥

    1. GuDuMeena
      kuddly

      WoW. . Thankew So much Kuddly for waiting Desperately to read it. . 😀 Glade that u like it

  19. maee

    finally story kiyalan libijje…..v.nyc feshun…..heevey v.salhi vane story eh hen….kyp going on dis way..ekam hadha english a dw!!!

  20. yaana

    fb page dheeba……thankx……ekamu v r 16 years ….varah salhi experience so i want to share it
    ……

  21. naj

    https://www.facebook.com/llGuDuMeenall
    this is his fb page yaana
    🙂

  22. Naza

    warah reethi gudu ge hurihaa waahaka ehwes 🙂 mi story haassakoh v reethi cox i even c “the same person” in my dreams…bt raajaa eh ingey 😛 lukin 4ward to read the nxt part of the story 😀

    1. GuDuMeena
      Naza

      Hahaha. . im flattered Naza. . u even saw in dreams dhw. . so its a great success. .

  23. naj

    where is the next part gudu
    8
    ga tha

    1. GuDuMeena
      naj

      u knw it dhw. . 😉

  24. een

    you wat his fb page yaana

    https://www.facebook.com/llGuDuMeenall
    here

    1. GuDuMeena
      een

      Thankew Guys. . Thanks Een. . 😀

  25. een

    nice

  26. Naza

    hehhehe so according to ur story, i even have to go to a raajje thereyge rashakah dhww 😛 hehe keep up the gud wrk ingey 😀

    1. GuDuMeena
      Naza

      ehehe. . Yea Naza. . Try it sometime. . u’ll find it Adventurous. . <3 😉

    2. Naza
      GuDuMeena

      i’l surely think abt it 😉 thnx 4 the gr8 idea 😀

  27. aaaaaaaaaa

    maa ingireysi busthah ginaveema v v v foohi

    1. Kaidha
      aaaaaaaaaa

      manje ah ingireysi neygenya foohi vaane. furathama rangalhah filaavalhu dhaskoh kiyavaa hadhaabala vaahaka kiyan fiyafalhaa gathumuge kurin. pis pis

  28. Ayaana

    it’s an interesting love story i just love it!!!!!!!!!!!!!!!!!!!!!!! i’ll pray 5 tme in a day that i also get such handsome,lovely, sweet,different,unique, boyfriend in my future who will always supports me stands 4 me fights 4 me loves me untill our last breath comes…………………………………

  29. Ayern

    Hama yageeneh nuvey kon dhuvahaku Tha mihaa famous v

  30. Aarsh

    hey ayern u started readin stories frm dis site mashaa eku ulhemun gos aadha vehjje dhoa ???

  31. rish

    Varah salhi…. Heekuran second part reethi vaanekamah… Keep it up….

  32. School girl

    Wow… Varah reethi.even the first part is amazing

Comments are closed.