Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކޮޓަރީގެ ސިއްރު (01)

Dhathu Level 1
July 17, 2018 3 Mins Read
4 Comments

ދަންވަރުގެ ހަމަހިމޭންކަން ވަނީ މުޅި ދުނިޔެމައްޗަށް ފެތުރިފައެވެ. އޮފީސް ނިމުނީ ވަރަށް ލަހުންކަމުން ގެއައް އައިސް ތާޒާވެލައިގެން ކައިނިމުނުއިރު ހުރީ ދަންވަރު 12 ޖަހާ ބޮޑުވެފައެވެ. ވަރުބަލިވެފައި ހުރިވަރުން އެނދުމަތިގައި އޮށޯވެލާއިރަށް ނިދިއްޖެއެވެ.

ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ ކަންފަތަށް ފުމެލިހެން ހީވެގެންނެވެ. ލޯ އުނގުޅާލާފައި ރަގަނޅަށް ކޮޓަރިތެރެ ހޯދާލީ މީހަކު އުޅޭހެން ހީވެގެންނެވެ. އެވަގުތު ކުޑަދޮރުގެ ފަރުދާފުރަގަހު މީހަކު ހުރިހެން އަހަންނަށް ހީވިއެވެ. އެނދުން ފައިބައިގެން މަޑުމަޑުން ކުޑަދޮރާ ދިމާލަށް އަހަރެން ހިނގައިގަތްއިރު އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ފަރުދާ ކަހާލިއިރު ފަރުދާ ފަހަތަކު އެކަކުވެސް ނެތެވެ. ނަމަވެސް ކުޑަދޮރު ހުރީ ހުޅުވާފައެވެ. އެކަމަކު އަހަންނަކީ އަބަދުވެސް ހުރިހާ ދޮރެއް ޖަހާފައިނޫނީ ނިދާމީހެއްނޫނެވެ.

ވަރުބަލިވެފައި ހުރިވަރުން ހަނދާން ނެތުނީކަމަށް ހީކޮށް، ގަޔަށް މީހަކު ފުމެލިހެން ހީވީ ބޭރުން ޖެހުނު ފިނިވައިރޯޅިއެއް އައިސް ގައިގައި ޖެހުނީމާ ކަމަށް ނިންމާ، ކުޑަދޮރު ޖަހާފައި އަހަރެން އެނދާ ދިމާލަށް ހިނގައިގަތީމެވެ. އެނދުމަތީ އިށީދެލައި ރަނގަޅަށް ހަމަޖެހިލާފައި ގަޑިއަށް ބަލައިލިއިރު ގަޑިން މެންދަމުން އަލިވެ 2 ޖެހީއެވެ. އޭރު ހިނގި ކަންތަކާމެދު ވިސްނަން އިނދެފައި ބޭއިޙްތިޔާރުގައި އަނެއްކާވެސް އަހަންނަށް ބަލައިލެވުނީ ގަޑިއާއި ދިމާލަށެވެ. ގަޑިން ބަރާބަރު 2 ޖެހިތަނާ ހުއްޓިފައި ހުރިކަން އަހަންނަށް އިނގުނީ އަދިކިރިޔާއެވެ. ފޯނަށް ބަލައިލިއިރު ފޯނުވެސް އޮތީ ނިވިފައެވެ.

ކަރުހިއްކައިގަނެގެން ކައިރީހުރި މޭޒުމަތީ ބަހައްޓާފައިހުރި ފެންފުޅި ނެގިއިރު ފެންފުޅިވެސްހުރީ ހުސްވެފައެވެ. އެހެންކަމުން ފެންފުޅި ހިފައިގެން އަހަރެން މިސްރާބު ޖެހީ ބަދިގެއާ ދިމާލަށެވެ.

ބަދިގެއަށްވަދެ ހުސްވެފައިހުރި ފުޅިއަށް ފެންއަޅާ އަލަމާރިއަށް ލުމަށްފަހު އެހެން ފެންފުޅިއެއް ނަގާފައި އަލަމާރިލައްޕާ ކޮޓަރިއަށްދާން ފަހަތަށް އެނބުރުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންގެ ކުރިމަތީހުރީ އަހަންނަށް ސިފަކޮށްދޭންވެސް އުނދަގޫވާފަދަ އެއްޗެކެވެ.

ދެލޮލުގެ ރަތްކަން މަދޮއްޓަކަށްވުރެވެސް ގަދައެވެ. މުޅި މީހާ ހުރީ ފިހިފައެވެ. ގައިން ލެޔާ، ދޮހާ،ފާދިޔަތަށް އައިއިރު އެއެއްޗެއް ހުރި ތަނުގެ ތަޅުންގަނޑު މަތީވެސް އޮތީ ހުސް އެއެއްޗެއްސެވެ. ބޮލުގައި އެންމެ އިސްތައްޓެއް ނެތްތާ އަތަ ފައިގެ ނިޔަފަތިތައްވެސް ވަކިވާކަށް ނެތެވެ.އޭތީގެ އަނގަ ހުޅުވިފައިވާއިރު އަނގައިން ދަވަފައިބައި ފަޑެއްގެ އަޑެއް ލައްވައެވެ.

އޭތިހުރި ސިފަ ފެނިފައި އަހަރެންގެ އަތުގައި އޮތް ފެންފުޅިވެސް ވެއްޓުނެވެ. ބޭއިހްތިޔާރުގައި އަހަންނަށް ފަހަތައް ޖެހެން ފެށުނެވެ. އޭރު އެއެއްޗެއް ހުރެގެން އަހަންނާ ދިމާލަށް އާދެއެވެ. އޭގެ އަތުން ކޮއްލި އިޝާރާތަކުން އަހަރެން ވިއްސައިގެންގޮސް ބަދިގޭ ބަހައްޓަފައިހުރި ބިއްލޫރި ކާމޭޒުމައްޗަށް ވެއްޓުނެވެ. ވެއްޓުނުލެއް ބާރުކަމުން މޭޒުވެސްދިޔައީ ތަޅައިގެންނެވެ.

“ކަޓް” ޑައިރެކްޓަރުގެ މިއަޑާއެކު އެހީވާންތިބި އެންމެން އަހަންނާދިމާލަށް ދުވެފައި އައެވެ. އަހަންނަށް އެއްވެސް ގެއްލުމެއް ލިބުނުތޯ ބެލުމަށްޓަކައެވެ. ކަންދިމާވި ގޮތުން އެހާގިނަ ރައްކާތެރި ކަމުގެ ފިޔަވަޅުއަޅާ، ސެޓުގައި ހުރި މޭޒަކީ ފޭކެއްކަމަށް ވިއަސް އަހަރެން ވެއްޓުނުގޮތުން ފަޔަށް ނާރެއް އެރިއެވެ. އެހެންކަމުން އެރެއަށް ޝޫޓިން ނިންމާލާފައި އެންމެން ނިދަން ދިޔައެވެ.

ޑޮކްޓަރު އައިސް އަހަރެންގެ ޗެކަޕް ހަދާ ތަދު ކެނޑުވުމަށް ކަބޭހަކާއި، ފައިގައި އުނގުޅުމަށް ބޭހެއް ދީފައި ދިޔައެވެ. ޑައިރެކްޓަރު މާއިންވެސް އަހަރެން ކައިރީ އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި އަރާމުކުމަށް ބުނެ ދިޔައެވެ. ޑައިރެކްޓަރު ދިއުމުން އަހަރެންގެ އެސިސްޓެންޓު އަޝްފާ އައިސް ޑޮކްޓަރު ދިންބޭސް ކާންދީފައި އަހަރެން ފައިގައި ބޭސް އުގުޅައިދިނެވެ.އަސްފާވެސް ދިޔުމުން އަހަރެން އެނދުމަތީ ރަނގަޅަށް ހަމަޖެހިލާފައި އަރާމުކޮށްލުމަށް އޮށޯވެލީމެވެ.

އަހަރެންގެ ނަމަކީ އާތިފެވެ. އަހަންނަކީ މިކުޅޭ ފިލްމުގެ ބަތަލެވެ.އެތަކެއް ރޫހާނީ ބާރުތަކެއްގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ކުޅޭ ފިލްމެއްކަމަށްވިޔަސް އަހަންނަކީ ރޫހާނީ ބާރުތަކަށާއި ޖިންނި ޝައިތޯނުންނަކީ އުޅޭ އެއްޗެއް ކަމަށް އެހާ ގަބޫލުކުރާ މީހެއްނޫނެވެ.އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިހާދިސާ އަކީ އިންޑިޔާގެ އަވަށެއް ކަމަށްވާ ޓްރިވެންޑްރަމްގައި ހިނގި ހާދިސާއެއްކަމުން ފިލްމު ކުޅެމުން ދިޔައީ އިންޑިޔާގައި ހުރި އެހާދިސާ ހިނގި ގޭގައެވެ. ގެޔަކީ ބޮޑު ގެއެއްކަމުން މުޅި ކްރޫ އެއްކޮށްތިބީ އެގޭގައެވެ. ގެ ތިންބުރިއަށް ނަގާފައިވާއިރު ބޮޑު 10 ކޮޓަރިޔާއި، ސިޓިންރޫމަކާ، ކާކޮޓަރިޔާކާ، ބޮޑު ޓެރަހެއް ހުރެއެވެ. އެގޭގައި އުޅެނީ ގޭގެ ވެރިމީހާ ހަމްދޫނު އެކަނިކަމުން އެގެޔަކީ މިހާރު އިންޑިޔާއަށް ޒިޔާރަތްކުރާ މީހުން ބައިތިއްބައި ތަނެކެވެ. ގޭގެ ޓެރަހުގައި ހުސް މާ އިންދާފައި ވާއިރު ކުޑަ ދަގަނޑު އުނދޯއްޔެއްވެސް ބަހައްޓާފައި ހުރެއެވެ. އެގޭގައި އަހަރެން އެންމެ ހިތްހަމަ ޖެހޭ ތަނަކީވެސް އެއީއެވެ. ގޭގެ ފަހަތުގައި ބޮޑު ސްވިމިން ޕޫލެއް ހަދާފައި އޮވެއެވެ. ސިޓިންރޫމުގައި ރީތި ސޯފާސެޓެއްގެ އިތުރުން ބޮޑު ޕިޔާނޯއެއްވެސް ހުރެއެވެ.

ނަމަވެސް އެޕިޔާނޯއަކީ އަހަރެން އެހާ ގަޔާވާ އެއްޗެއް ނޫނެވެ. އެހެންކަމުން ސިޓިންރޫމުގެ ބަދަލުގައި އަހަރެން ގިނަވަގުތު ހޭދަކުރަނީ ޓެރަހުގައެވެ. ސަބަބަކީ އެ ޕިޔާނޯ ފެނުމުން އަހަރެން ހަނދާންކުރަން ބޭނުން ނުވާ އެތަކެއް ހިޔާލުތަކެއް އާވެގެން ދާތީއެވެ. މާޒީގެ އެތަކެއް ހިތި ޞަފްޙާތަކެއް އަހަރެން ލޯމައްޗަށް ސިފަވެގެން ދާތީއެވެ.

މިގެއިން އަހަންނަށް ފެންނަ އާދަޔާ ހިލާފު ކަމަކީ ހަމްދޫނުގެ ހުންނަ ސިފައެކެވެ. އެގޭގައި ހުންނަ ވަކި ކޮޓަރިއެއް ކައިރިއަށް މީހެއްގެ ހިޔަނިވެލިޔަސް ހަމްދޫނު ހުންނަނީ ވަރަށް ރުޅި ގަދަވެފައެވެ. އެކޮޓަރި އަބަދުވެސް ހުންނަނީ ތަޅުލާފައެވެ. އެކޮޓަރި ގެޔާ އެކަހެރި ކޮށްފައި ހުންނައިރު ގޭގެ އެފަރާތް ދިއްލުންވެސް ވަނީ މަނާ ކޮށްފައެވެ.

މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ބައެއްމީހުން ކޮށްފައި ނުކުރާނެ ކަމެއް ނެތެވެ. އެކޮޓަރިއަކީވެސް މީހުންގެ ސަމާލުކަން ހޯދުމަށް ހަމްދޫނު ކުރާކަމެއް ކަންނޭގެއެވެ. މާއިން މިކަހަލަ ކަމެއް ގަބޫލުކޮށްފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރީމެވެ.

އެއްދުވަހަކު ސޫޓިން ނިންމާލާފައި ތާޒާވެލައިގެން އަހަރެން ޓެރަހަށް އަރަންވެގެން އަހަރެން ސިޑިންލާފައި އެރީމެވެ. އެހެން ދަނިކޮށް އެތާއޮތް ކާޕެޓުގައި އަޅައިގަނެ އަހަރެންގެ އަތުގައިއޮތް އާފަލު ވެއްޓުނެވެ. އާފަލު ފުރޮޅެމުން ފުރޮލެމުން ގޮސް ހުއްޓުނީ ހަމްދޫނުގެ އެ ޖާދޫގެ ކޮޓަރި ދޮރުމަށްޗަށެވެ. އަހަރެންގޮސް އާފަލު ނަގާފައި އެ ކޮޓަރީގެ ދޮރުގައި ހިފާލީމެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ.

އަހަރެން ތަޅުގައި ހިފާލުމާއެކު ހަމްދޫނު ފަހަތުގައި ހުރެ އަހަންނާ ދިމާލަށް ހަޅޭލަވައި ގަތެވެ. ” އޭ! ކީއްކުރަނީތި؟ ކިތައްފަހަރު ބުނާނީ ތި ކޮޓަރި ކައިރިއަށް ނުދާށޭ! ތިތަނަށް ވަންނަން ވެސް ނޫޅޭށޭ! އާތިފް މީހުން ބުނާ އެއްޗެއް ގަބޫލުނުކުރަނީ ކީއްވެތަ؟…….”

ހަމްދޫނުގެ އެ އަޑާ އެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. އަހަރެން ހިފަހައްޓައިގެން ހުރި ތަޅުންވެސް އަތްދޫވިއެވެ. އަވަހަށް އާފަލު ހިފައިގެން ޓެރަހާ ދިމާލަށް ހިނގައިގަތީމެވެ. ޓެރަހަށް އެރުމާއެކު އަހަންނަށް ފުންނޭވާއެއް ލެވުނެވެ.

ޓެރަހުގައި ހުރި އުނދޯލީގައި އިންއިރު އަހަރެންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ހަމްދޫނު އެ ކޮޓަރިއާ ދޭތެރޭ އެހާ ރައްކާތެރި ވަނީ ކީއްވެ ހެއްޔެވެ؟ އަޅެ އެތާގައި ބޮޑު ރަންގަނޑެއް ފޮރުވާފައި އޮތީ ހެއްޔެވެ؟

އެދުވަހުގެ ފަހުން އަހަރެންގެ އަޒުމަކަށް ވެގެން ދިޔައީ އެ ކޮޓަރީގެ ސިއްރު ހޯދުމެވެ. ހަމްދޫނުގެ އެ އާދަޔާ ހިލާފު އަމަލުތަކުގެ ފަހަތުގައި ވަނީ ކޮން ހަގީގަތެއްތޯ ބެލުމެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhathu

Level 1

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……09

Next

އަބަދުވެސް ލޯބި ދޭނަން….3

Next
July 17, 2018

އަބަދުވެސް ލޯބި ދޭނަން….3

Previews
July 17, 2018

“ހިތް” ލޭ ކޮށެވިފައި……09

4 Comments!

  1. Twinkle? says:
    July 17, 2018 at 9:22 pm

    Yay me first

  2. Hajja says:
    July 17, 2018 at 9:39 pm

    V salhi.. biruveri vaanehen heevey

  3. Anonymous says:
    July 17, 2018 at 10:13 pm

    Why 1st part

    1. Dhathu says:
      July 19, 2018 at 6:45 pm

      sorry! i didn’t get

Comments are closed.

Next Episodeއެ ކޮޓަރީގެ ސިއްރު (02)←


All Right Reserved!