Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކޮޓަރީގެ ސިއްރު (04)

Dhathu Level 1
July 17, 2018 5 Mins Read
26 Comments

ހަމްދޫނު މިއަދު އެދެއްކި ވާހަކައެއް އަހަރެންގެ ސިކުނޑިއަކަށް ނުވަނެވެ. އަހަންނަށް މިހާރު މިވަނީ ކީއްކަމެއް ޚުދު އަހަންނަށްވެސް ހުރީ އޮޅުން ނުފިލާފައެވެ. އެއްބައި ފަހަރު ކުރެވޭ ކަންތައް ހަނދާން ނުވެސް ހުންނަނީއެވެ. މިހާރަކަށް އައިސް އަހަންނަށް މިކުރެވެނީ ކޮންކަހަލަ އިހުސާސްތަކެއް ކަމެއްވެސް މީހަކަށް ކިޔާދޭކަށް ނޭގެއެވެ. މިއީ އަހަރެން އެކޮޓަރިއަށް ވަން ފަހުން ވާން ފެށިކަމެކެވެ. މިކޮޓަރީގެ ފަހަތުގައި މިވަނީ ކޮން ސިއްރެއް ކަމެއް އަހަރެންގެ ވިސްނުމަކަށް ނައެވެ.

ރޭގަނޑު ނިދަން އޮތް އިރުވެސް އަހަންނަށް ހަމަ ވިސްނެނީ މިއަދު ހަމްދޫނު ދެއްކި ވާހަކަޔާ ދޭތެރޭއެވެ. އަހަރެން ރޭގަ ހަމްދޫނުގެ ކޮޓަރިއަން ދިޔައީ ކޮންއިރަކު ހެއްޔެވެ. އަހަންނަށް ހަމްދޫނުގެ ކޮޓަރިއަށް ވަދެވުނު ނަމަވެސް އެކަން ހަނދާން ނެތީ ކީއްވެބާވައެވެ؟ އަނެއްކާ އަހަންނަށް ނިދީގައި ހިނގަން ފެށުނީބާވައެވެ؟ މިކަހަލަ ހިޔާލުތަށް މިހާރަކަށް އައިސް ކުރެވޭތީ އަހަންނަކަށް އެންމެ ރެޔަކުވެސް ރަނގަޅަކަށް ނުނިދެއެވެ. ނިދާބޭހުގެ އެހީގައި މިހާހު ނިދާތާ ކިތަންމެ ދުވަހެކެވެ. މިއީ އަހަރެންގެ ޞިއްހަތަށް ނުރަނގަޅު ކަމެއްކަންވެސް ޑޮކްޓަރު ވަނީ އަންގަވާފައެވެ. އެކަމަކުވެސް ކުރާނީ ވަކި ކީއްހެއްޔެވެ؟ ނިދާބޭހުގެ އެހީގައި ނޫނީ އަހަންނަށް މިހާރު ނިދޭގޮތެއް ނުވެއެވެ. ހީވަނީ މީހަކު އަހަރެން ނިދިޔަނުދީ ހިފަހައްޓަނީހެނެވެ. ކޮންމެގޮތެއްވިޔަސް ވަރިހަމަ ކަމަށް ބަލާ ނިދާބޭސް ކައިގެން ނިދަން އޮށޯތީމެވެ.

އަނެއް ދުވަހު ޝޫޓިން އޮތީ ފަތިހު 5 ޖެހިއިރެވެ.

އެރޭ އަހަރެން ގެއަށް ނިދަން ނައީ ދޭތެރޭ ހިނގާ ބިރުވެރި ކަންތަކުން އަހަންނަށް ނުނިދޭތީއެވެ. އެހެންކަމުން އަހަރެން އޮފިހުގައި ނިދާފައި ގެއަށް އައީ ފަތިހު އަލިވާން ފެށުމުންނެވެ. އޮފީހުން އައިސް އެނދުމަތީގައި ދަބަސް ބާއްވާފައި ފާހާނާއަށް ވަނީ ފްރެޝްވެލަން ކަމަށެވެ. ފާހާނާތެރެއަށް ވަދެ މޫނު ދޮންނަތަށި ކައިރިއަށް ގޮސް މޫނު ދޮންނަން ތިރިވެލާ މޫނަށް ފެންފޮދެއް ޖަހާލާފައި ތެދުވެލިއިރު ލޯގަނޑުގައި ލިޔެފަ ހުރި އެއްޗެހި ފެނުމުން އަހަރެން ދިޔައީ ސިއްސައިގެނެވެ. ބިރުން ގޮސް ފަހަތަށް ޖެހެވުނު ގޮތުން އަހަރެން ވެއްޓުނެވެ. ލޯގަނޑުގައި ލިޔެފައި ވަނީ “އައި ވިލް ކިލް ޔޫ” މިހެނެވެ. އެހެން ލިޔެފައިވަނީ އިންސާނެއްގެ ލެނިންކަން އަހަންނަށް ކަށަވަރެވެ.

އަހަރެން ތެދުވެ ރަނގަޅަށް ލޯގަނޑާ ދިމާލަށް ބަލާލީމެވެ. އެވަގުތު ލޯގަނޑުގައި އެކަށްޗެއްވެސް ފެންނާކަށް ނެތެވެ. އަހަރެން ގަނެފައި ހުރި ބިރުން މޫނު ވެސް ނުދޮވެ ފާހާނާއިން ނިކުތީމެވެ.

“ކަޓް” މާއިންގެ މިއަޑާއެކު އެންމެން ހެލިފެލިވާން ފެށިއެވެ. އަހަރެން ގޮސް އެތާހުރި ގޮނޑިއެއްގައި އިށީނދެލީމެވެ. ފަތިސް ގަޑީ ޝޫޓިން ކުރަން ޖެހުމުން އަހަރެންގެ މޫޑު ހުރީ ކަޓާފައެވެ. ވާނީވެސް އެހެންތާއެވެ. ރޭގަނޑު ނުނިދި އެތަށް އިރެއް ވަންދެން އޮންނަން ޖެހޭއިރު އެހާފަތިހާ ތެދުވަން ޖެހެންޏާ ކޮންމެ މީހަކަށްވެސް ވާނީ މިހެނެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. ހަމްދޫނު ފެންނަން ނެތީމައެވެ. ގައިމު އިރުކޮޅެއް ކުރިން އޭނާ މިތަނުން ފެންނަން ހުއްޓެވެ. އަނެއްކާ އޭނާ އެދިޔައީ ކޮންތާކަށް ބާވައެވެ.

އެންމެން ދެން އޮތް ސީންއަށް ތައްޔާރުވުމުގައި މަސްއޫލުވެފައިވަނިކޮށް އެންމެންގެ ސަމާލުކަން ދަމައިގަތީ ހަމްދޫނުގެ ހަޅޭކުގެ އަޑެވެ. އެންމެންވެސް ހަމްދޫނުގެ ކޮޓަރިޔާ ދިމާލަށް ދުއްވައިގަތެވެ. އަހަރެންވެސް އެދިމާލަށް ދާން އަވަސްވެގަތީމެވެ.

ހަމްދޫނު ކޮޓަރިން ނިކުތީ ދުވަމުން ކަހަލަ ގޮތަކަށެވެ. އޭނާ އައިސް ވެއްޓުނީ އަހަރެންގެ އަތްމަށްޗަށެވެ. ހަމްދޫނުގެ މޫނުމަތީގައި ވަނީ ހާސްކަމާއި ބިރުވެރިކަމެވެ. ހާސްވެފައި ހުރިވަރުން ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. އަހަރެން ހަމްދޫނު ގާތު ކިހިނެއްތޯވީ އެހީމެވެ. ހަމްދޫނު ވަރަށް ހާސްކަމާއެކު ކިޔާދިނެވެ.

ހިމްދޫނު: ފާހާނާ….ފާހާނަ ލޯ….ލޯގ…ލޯގަނޑު…

ހާސްވެފައި ހުރިވަރުން ހަމްދޫނަށް ރީތިކޮށް ވާހަކަވެސް ނުދެއްކެއެވެ. އަހަރެން ކޮޓަރިތެރެޔަށް ވަދެ ފާހާނާތެރެ ބަލައިލީމެވެ. ފާހާނާޔަކު އެއްވެސްކަހަލަ އާދަޔާ ހިލާފު ކަމެއް ފެންނާކަށް ނެތެވެ. އަހަރެން ބޭރަށް ނިކުތްއިރު ހަމްދޫނު އިނީ ސޯފާގައެވެ. އެގޭގެ މަސައްކަތު މީހާ ޕްރޭމާ އައިސް ހަމްދޫނަށް ފެންތައްޓެއް ގެނަސްނިނުމުން އެބޯލީމާ ހަމްދޫނު ކުޑަކޮށް ހަމަޖެހުނެވެ. ހަމްދޫނު ހަމަޖެހުމުން އެންމެސް ހަމްދޫނަށް ވީގޮތެއް އޮޅުންފިލުވަން ބޭނުންވިއެވެ.

ހަމްދޫނު: އަހަރެން ފާހާނާއަށް ވަންއިރު ފާހާގެ ލޯގަނޑުގައި ލެއިން ލިޔެފަ ހުރީ “އައި ވިލް ކިލް ޔޫ”

އަހަރެން: ހަމްދޫން ކޮންކަހަލަ މޮޔަ ވާހައެއް ތިދައްކަނީ…..އަހަރެން މިއައީ ތި ފާހާނާއަށް ވަދެފަ…ގައިމު ލޯގަނޑުގައި އެއްޗެއް ލިޔެފަހުރިނަމަ އަރަންނަށްވެސް ފެނުނީހެއްނު…

ހަމްދޫނު: ނޫނެކޭ އާތިފް…..ރަނގަޅަށްގޮސް ބަލާބަލަ…. އަހަންނަށް ރަނގަޅަށް ފެނުނު…

މާއިން: ތިވާނީ މިތާ ޝޫޓިން ބަލަން އިނދެފަ ދިޔައީމަ ހީވިއެއްޗެއް ކަމަށް….ކިހިނެއް ދެން އެހާ ކުޑަ އިރުކޮޅެއްތެރޭ މީހަކަށް ލޯގަނޑެއްގައި އެއްޗެއް ލިޔެފައި އެ ސާފުކުރާނީ…… ދެންތިކަމާ އަޅާނުލާ ހިނގާ ޝޫޓިންނައިދެން ކުރިޔަށްދާން…

މާއިން މިހެން ބުނުމާއެކު އެންމެންވެސް އެމީހަކު ކުރަން ތިބި ކަމެއް ކުރަން އަނބުރާ ދިޔައެވެ. އަހަރެންވެސް ގޮސް ގޮނޑީގައި އިށީނދެލީމެވެ. ހަމްދޫނު އެހެން އެ ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާ މިއަދު އެ ކުރި ކަންތަކުގެ މަޤްސަދަކީ ކޮބާ ހެއްޔެވެ؟ އޭނާއަށް އެ އެއްޗެއް ފެނުނު ނަމަ އަހަންނަށް ނުފެނުނީ ކީއްވެގެން ބާވައެވެ؟ މިހާރަކަށް އައިސް ހަމްދޫނަށް ވެފަ ހުންނަ ގޮތެއް އަހަންނަކަށް ނޭނގުނެވެ.

ދަންވަރު ބާރަޖަހަންދެން މިއަދުގެ ޝޫޓިން ދެމިގެންދިޔައެވެ. ޝޫޓިން ނިމުމުން އަހަރެން ކޮޓަރިޔަށްގޮސް އެނދުމަތީގައި ޖައްސާލީމެވެ.

އަހަރެން ފާލަން މަތީ އިށީނދެލައިގެން އިނީ އޭނާގެ އިންތިޒާރުގައެވެ. އަހަރެން އެއްލިގެން ދިޔައީ އޭނާ އަހަރެންގެ ފުރަގަހުންއައިސް އަހަރެން ސިއްސުވާލީމައެވެ. އަހަރެން ރުޅިއައިއްސާ އިންނާނެކަން އޭނާޔަށް އިގޭތީ އޭނާ ގެނައި ރަތް ފިނިފެންމަލެއް އަހަންނަށް ދިއްކޮށްލާފައި އަތުން ކަންފަތުގެ ފޫޅުގަނޑުގައި ހިފާފައި ސޮރީއޭ ބުންޏެވެ. އޭނާގެ އެ މައުސޫމު މޫނުމަތި ފެނިފައި އަހަރެންގެ ރުޅިގަނޑު މަޑުވެއްޖެއެވެ. އަހަރެން ފިނިފެންމަލުގައި ހިފީމެވެ. އަހަރެމެން ދެމީހުން އަތިރިމަތީގައި ސަކަރާތްޖެހިއިރު ގަޑި ދިޔަ ގޮތެއްވެސް ނޭނގުނެވެ. ސަކަރާތުގެ ތެރެޔަށް އަހަރެން  ގެއްލިފައި ވަނިކޮށް އޭނާ ދިޔައީ ކޮންތާކަށްކަން ވެސް އަހަންނަކަށް ނޭނގުނެވެ. ހޯދާހޯދާވެސް އޭނަ ފެންނަގޮތެއް ނުވިއެވެ. “އާތިފް” ފަހަތުން މީހަކު ހަޅޭލަވައިގަތް އަޑުއިވިގެން ފަހަތަށް އެނބުރި ބަލާލިއިރު ކަމަކުދާކަށްނެތެވެ. އޭނާގެ ގައިގައި ވަނީ އަލިފާން ރޯވެފައެވެ. އަހަންނަށް ވަރަށް ބާރަށް ހަޅެލަވައިގަނެވުނެވެ. “މައި……”

ސިއްސައިގެންގޮސް އަހަންނަށް ހޭލެވުނުއިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އެ ފެނުނު ހުވަފެނަކީ އަހަރެން ދުވަހަކުވެސް ދެކެން ބޭނުންވާނެ ހުވަފެނެއް ނޫނެވެ. އޭނާގެ ހަނދާންތަކަކީ އަހަރެން ދުވަހަކުވެސް އާކުރަން ބޭނުންވާނެ ހަނދާންތަކެއް ނޫނެވެ. މާޒީގެ އެ ހިތި ޞަފްހާތަށް މަތިން އަހަރެން ފޫހިވެއެވެ. އޭނާ މަތިން އަހަރެން ފޫހިވެއެވެ.

ދާހިއްލާފައި ހުރިވަރުން ފާހާނާއަށް ވަނީމެވެ. ފެން ވަރާލުމުގެ ނިޔަތުގައެވެ. ފެންވަރަން ހުރި އިރުވެސް އަހަންރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭނާގެ ހިޔާލުތަކެވެ.

އަނެއް ދުވަހު ހޭލެވުނީ މެންދުރު 12 ޖަހާ ބޮޑުވިފަހުންނެވެ. ރޭގަ އޭނާގެ ހިޔާލުގައި އޮވެ ރަނގަޅަށް ނުނިދޭތީ މުޅި ބޮލުގައި ހުރީ ރިއްސާފައެވެ. ހިއްވަރުކޮށްލައިގެން ތެދުވެ ފްރެޝްވެލައިގެން ބޭރަށް ނިކުތީ އެއްޗެއް ކާލައިގެން ބޭސްކާން ކަމަށެވެ. އެކި ވައްތަރުގެ އެއްޗެހި ހަދާފައި ހުރިއިރުވެސް މޭޒު މައްޗަށް އަރާފަވެސް ފޭބީ އެކައްޗެއްވެސް ކާހިއް ނެތީމައެވެ. ބޭސް ކައިގެން އަނެއްކާވެސް އަރާމުކޮއްލަން ޖައްސާލީމެވެ.

މިއަދު ޝޫޓިން ފެށުނީ މެންދުރު ފަހެވެ. މީހާ ވަރުބަލިވެފައި ހުރިވަރުން ޝޫޓިން ކުރީ އެހާ ކުރާހިތަކުން ނޫނެވެ. ބްރޭކް ގަޑިއެއް ލިބޭއިރަށް ކޮޓަރިއަށް ގޮސް ޖައްސާލަމެވެ.

އެގޮތަށް އެއްފަހަރެއްގެމަތިން އަހަރެން ކޮޓަރިއަށްގޮސް ނައިސް ލަސްވެގެން އަޝްފާ އަހަރެން ބަލާއައެވެ. އަޝްފާ އައިސް ކޮޓަރިއަށް ވަންއިރު ޑްރެސިން ޓޭބަލް ކައިރީ އަންހެނެއްގެ ހެދުން ލައިގެންއިން އިސްތަށިގަނޑު ކުރު މީހެއް އިނެވެ. އަޝްފާ މަޑުމަޑުން އައިސް އެއީ ކާކުތޯ ބަލައިލިއެވެ. އެމީހެއްގެ މޫނު ފެނިފައި އަޝްފާ ފެށީ ހޭށެވެ. އަހަރެން އަޝްފާއާއި ދިމާލަށް ބަލާލީމެވެ.

އަހަރެން: ކޮންކަމަކާ މާވަރަކަށް ތި ހެނީ؟

އަޝްފާ: ހޭނެއެއްނު… އާތިފް ޖަހާ ވައްތަރުން…

އަހަރެން: އަހަރެން ކޮން ވައްތަރެއްތަ ޖަހަނީ؟

އަޝްފާ: އަޅެ ލޯގަނޑުން ބަލާލަބަލަ…

އަހަރެން ލޯގަނޑަށް ބަލާލާފައި ދިޔައީ ސިއްސައިގެނެވެ. އަހަރެން ހުރީ އަންހެނެއްގެ ހެދުން ލައިގެނެވެ. އަހަންނަށް މި ހެދުން ލެވުނީ ކޮންއިރަކު ބާވައެވެ؟ ހަމަގައިމުވެސް މީ އަހަރެން ހަމަހޭގައި ހުރެގެން ކުރިކަމެއް ނޫނެވެ. ރަނގަޅަށް ބަލާލިއިރު އަހަންނަށް ލައިގެން ހުރެވުނީ އެކޮޓަރީގައި އިން ލައިލާގެ ފޮޓޯ ގަނޑުގައި އޭނާ ލައިގެން އިން ހެދުމެވެ. މިއީ ކިހިނެއް ވީކަމެއްކަމެއް އަހަންނަކަށް ނުވިސްނުނެވެ.

އަޝްފާ ހެމުން ހެމުން ބޭރަށް ނިކުތެވެ. އަހަރެން އަވަހަށް އެ ހެދުން ބާލައިފައި އެނދުމައްޗަށް އެއްލާލާފައި ބޭރަށް ނިކުތީމެވެ. އެންމެން އަހަންނާ ދިމާލަށް ބަލާފައި ހޭންފެށިއެވެ. އަޝްފާ ބޭރަށްއައިސް އެންމެންގާތު އަހަރެންގެ ވާހަކަ ބުނީކަން ޔަގީނެވެ.

މާއިން: އާތިފް… މިޔޮއް ހުރިހާއިރު ކޮޓަރިތެރޭ އެއީތަ ކުރިކަމަކީ…. ކާކަށް ފަރިދައްކަން އަނެއްކާ….. ކަލޭތީ އެކަހަލަ މީހެއް ކަމެއްކަމެއް ކުރިޔަކުން އަހަރެން ނުދެނަހުރިން….

އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެންމެން އަހަންނާ ދިމާލަށް އެހެންކިޔާފައި ހިނުނުއިރު އަހަރެން ހުރީ އަނގަ ބަންދުވެފައެވެ. ވާނީވެސް އެހެންތާއެވެ. އެހެދުން ލެވުނީ ކިހިނެއްކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ.

ޝޫޓިން ނިންމާލާފައި ކޮޓަރިއަށްވަދެ އެނދު މަތީގައި ޖައްސާލީމެވެ. އޮށޯވެގެން އޮތްއިރުވެސް އަހަންނަށް ވިސްނެމުންދިޔައީ މިއަދު ހިނގި ހާދިސާއާއި ދެމެދުއެވެ. އެނދުމަތި ރަނގަޅަށް ބަލާލިއިރު އެނދުމަތީގައި އަހަރެން ބޭއްވި ހެދުމެއް ފެންނާކަށް ނެތެވެ. ހެދުން ގެންދިޔައީ އަޝްފާކަމަށް ހީކޮށް އަހަރެން ލޯ މަރާލީމެވެ. ވަރުބަލިވެފައި ހުރިވަރުން ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.

ސިއްސައިގެން ހޭލެވުނު އިރު އަހަރެންގެ ހިތް ތެޅޭ އަޑު އަހަންނަށް އިވެމުން ދިޔައެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ރޭގަ ފެނުނު ހުވަފެން މިރޭވެސް ފެނުނީއެވެ. މިއީ ކިހިނެއް ވެގެން ވާކަމެއްކަން އަހަންނަކަށް ނުވިސްނުނެވެ. އޭނާގެ ހަނދާންތަށް ނައްތާލަން ބޭނުންވާ ވަރަކަށް އެ ހަނދާންތަށް ދަނީ އާވަމުންނެވެ. މި ފެންނަ ހުވަފެނުގެ ފަހަތުގައިވާ ސިއްރަކީ ކޮބާބާވައެވެ؟

ދުވަސްތަށް ވޭތުވަމުން ދިޔައެވެ. މިހާރަކަށް އައިސް ކޮންމެ ރެޔަކު އަހަންނަށް އެ ހުވަފެން ފެނެއެވެ. މިކަމާހެދި ނިދި ރަނގަޅަށް ނުލިބޭތީ ޝޫޓިންނަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ނަގާ އެއް ސީނެއް އެތައްފަހަރަކު ނަގަންޖެހެއެވެ. އަހަރެން ކަންބޮޑުވެފައި ހުންނަކަން މާއިންއަށް ފާހަގަ ކުރެވުމުން އެއްރެޔަކު ޓެރަސްމަތީ ޕާޓީއެއް ބޭއްވިއެވެ.

ޕާޓީގައި އެންމެން ސަކަރާތް ޖެހިއިރުވެސް އަހަރެންގެ އެއްވެސް މޫޑެއް ނެތެވެ. މިހާރަކަށް އައިސް އަހަންނަށް ހުރެވެނީ އޭނާގެ ހިޔާލުތަކަށް ގެއްލިފައެވެ. އަހަރެން ޓެރަހުގެ ކަނެއްގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިންދާ ފިލްމުގައި ލައިލާގެ ރޯލު ކުޅޭ ނިލްފާ އައިސް އަހަންނަށް ޖޫސްތައްޓެއް ދިއްކޮށްލިއެވެ.

ނިލްފާ: މިހާރަކަށް އައިސް އާތިފަށް ތިއިންނަނީ ކިހިނެއް ވެފަތަ؟ މުޅިމީހާ މޯޅިވެފަ… ހީވަނީ މަރުވެފަ އިންނަ މައްޔިތެއްހެން…. ބަލަ މިއީ އާތިފަށްޓަކާ މާއިން ބާއްވާދިން ޕާޓީއެކޭ…. ދެން ކީއްވެފަ ތި އިންނަނީ ކަނަކަށްވަދެ ފިލާ….. އަޅެ މަށާ ވާހަކަ ދައްކަބަލަ…

ނިލްފާ އަތުގައި ހުރި ޖޫސްތަށި އަހަރެންގެ އަތުންޖަހާ ވައްޓާލީމެވެ. ނިލްފާ ދިޔައީ ސިއްސައިގެނެވެ. ނިލްފާ އިތުރު އެއްޗެއް ބުނުމުގެ ކުރިން އަހަރެން އޭނަ ކޮއްޕާލާ ވައްޓާލީމެވެ. އަދި ވަރަށް ރުޅިވެރިކަމާއި އެކު ހަމްދޫނާއި ދިމާލަށް ދިޔައީމެވެ. ދިޔަގޮތަށްގޮސް ހަމްދޫނުގެ ކަރުގައި ހިފީމެވެ. އެހެން މީހުން އަހަރެން ހުއްޓުވަން އުޅުމުން އެމީހުންވެސް ކޮއްޕާ ވައްޓާލީމެވެ.

އަހަރެން: ކަލޭ ހީކުރީ ކަލެޔަށް އަހަރެން މަރާލާފައި ސަލާމަތް ވެވިދާނެ ކަމަށްތަ؟ ލާހިކެއްނޫން…. މިއަދު ކަލޭ ޖެހޭނީ އެންމެނަށް ހަގީގަތް ކިޔައިދޭން….

ހަމްދޫނު: އާތިފް ކީއްވެގެން ތި އުޅެނީ؟ ހަމަޖެހިބަލަ… ތީދެން މީހުން އެކްޓް ކުރިޔަސް ބޮޑުވަރުދޯ….

އަހަރެން: އާތިފްއޭ…ކަލޭ ހީކުރީ މަ މީ އާތިފް ކަމަށްތަ؟ ރަނގަޅަށް ވިސްނާލާ ހަމްދޫނު… އެކްޓް ޖައްސަން މޮޅީ ކާކުކަން މިރޭ ރަނގަޅަށް އިނގޭނެ…. އެންމެނަށް ހަގީގަތް ކިޔާދީ….. އެހެންނޫނީ އަހަރެން މިތާމަތިން ފުންމާލާނަން….

އެހެންކިޔާ އަހަރެންގޮސް ޓެރަހު ފާރުމައްޗައް އެރީމެވެ. އަދި ފާރުބުރި މަތީ ހިނގަން ފެށީމެވެ. އެންމެން އަހަރެންކައިރީ ސަކަރާތް ނުޖަހަ ފާރުމަތިން ފޭބުމަށް ބުންޏެވެ. ނަމަވެސް އަހަރެން އެމީހުން ކީ އެއްޗަކަށް ސަމާލުކަމެއް ނުދެމެވެ.

އަހަރެން: ހަމްދޫނު…. އަވަހަށް ކިޔައިދީ…

ހަމްދޫނު: އާތިފް ތި ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނު… ދެން ސަކަރާތް ނުޖަހާ ތިތަނުން ފައިބާ…

އަހަރެން ފާރުމަތީ ހިނގާލަ ހިނގާލާ ހުރީމެވެ. އެއްބައި ފަހަރު އޮރިއަޅާލާ ގޮތްވެސް ވެއެވެ. މާއިން އަހަރެން ބޭލުއްވުމަށް ކައިރިވެލިއެވެ.

އަހަރެން: މާއިން… ގާތްނުވޭ… އަހަރެން މިތަނުން ބާލުއްވަން ބޭނުންނަމަ ހަމްދޫނުގާތު ބުނޭ ހުރިހާ ވާހައެއް ހަގީގަތަށް ކިޔައިދޭށޭ… ކަލޭމެނަށް އަދި ނޭނގެނީ ހަމްދޫނުގެ ގޮތް… އޭނާ އެހެރީ މީހަކު މަ…..

އަހަރެން މިހާހިސާބަށް ބުނިތަނާ ހަމްދޫނު އައިސް އަހަރެންގެ ފައިގާ ހިފިއެވެ. ވީނުވީއެއް ނޭގި އަހަރެންގެ ފައި ކައްސާލައިގެން ޓެރަސްމަތިން ވެއްޓުނެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhathu

Level 1

Other Articles

Previous

ނުހައްގުލޯބި 10

Next

“ހިތް” ލޭ ކޮށެވިފައި……09

Next
July 17, 2018

“ހިތް” ލޭ ކޮށެވިފައި……09

Previews
July 17, 2018

ނުހައްގުލޯބި 10

26 Comments!

  1. Eny says:
    July 17, 2018 at 1:28 pm

    Yay me first dhw Ekam varah reethi Mi part ves??

    1. Dhathu says:
      July 17, 2018 at 5:29 pm

      Thanks Eny

  2. Greeny says:
    July 17, 2018 at 1:47 pm

    Nice

    1. Dhathu says:
      July 19, 2018 at 6:41 pm

      thanks Greeny

  3. Stry Kiyaa Man says:
    July 17, 2018 at 1:59 pm

    Omg.miyy midhiya aharu noon kuriyy aharu roadha mahu genass dhin vaahaka thr.mihaaru hadhaan vex neh.kury part thaku ge hulaasha eh dheyn viyy ehnu.plx

    1. Dhathu says:
      July 17, 2018 at 5:32 pm

      It’s midhiya aharu… i’ll upload kuryge 3 part alun

  4. @AL@A says:
    July 17, 2018 at 2:19 pm

    oh lord aslu stry kiyaa man thi bunee thedhu vaahakaeh and mihaa laskoh liyanna readers foohivaane mihanhadhaathee heevanee part up vanee once in a month or once in a year hen but story vrh reethi??????

    1. Dhathu says:
      July 19, 2018 at 6:33 pm

      first of all i’m sorry lahun up vaathi….it was because of gc olevel..it won’t haen again…n thanks

  5. Roxy says:
    July 17, 2018 at 4:45 pm

    Buddy thvrhakaige 1 2 n 3 vna prt up khladheynvnu anhkkr alun plx plx plx vv kyrhiy ve ebr ???

    1. Dhathu says:
      July 17, 2018 at 5:49 pm

      inshaAllah maadhamaa up vaane

  6. Hajja says:
    July 17, 2018 at 11:56 pm

    Haadha reehchey mi vaahaka gendhaagoiy.. keep it up

    1. Dhathu says:
      July 19, 2018 at 6:36 pm

      thank u

  7. JINNI says:
    July 18, 2018 at 1:12 am

    Varah reethi mikahala vaahaka kiyaahithun kiyalevey ?

    1. Dhathu says:
      July 19, 2018 at 6:37 pm

      thanks

  8. Hairaan says:
    July 18, 2018 at 9:59 am

    Varah reethi

    1. Dhathu says:
      July 19, 2018 at 6:37 pm

      thanks Hairaan

  9. Aakkyy says:
    July 18, 2018 at 1:02 pm

    Dhen next yr roadhayah dhw part 5 annaany. Salhi story eh kykkuraany. Aharaku parteh viyya.

    1. Dhathu says:
      July 19, 2018 at 6:38 pm

      that won’t happen again

  10. Pop says:
    July 18, 2018 at 8:19 pm

    Kobaa vaahaka Miadhu upkuranamey kiyafa 🙁

    1. Dhathu says:
      July 19, 2018 at 6:40 pm

      i told 1 2 3 upkohdheynamey for a requst of someone

  11. Ibsha says:
    July 20, 2018 at 1:09 am

    Kba5.❤varah reethi mivaahaka ❤

    1. Anonymous says:
      July 20, 2018 at 11:40 am

      thanks

  12. Shabrr says:
    August 2, 2018 at 4:22 pm

    When da next part upload kurany?

    1. Anonymous says:
      August 3, 2018 at 10:34 pm

      5 innane up koffa…inshaallah 6 varah avahah kohdheynan

  13. twinkle says:
    August 14, 2018 at 10:23 am

    Part 5 eh nueh fenun??

  14. twinkle says:
    August 14, 2018 at 10:29 am

    i couldn’t find the part 5

Comments are closed.

Next Episodeއެ ކޮޓަރީގެ ސިއްރު (01)←


All Right Reserved!