އުމުރަށް ތިޔަ ނަމުގައި…..
އެ ލަވަ ނިމުމުން ގެއަށް ދާން އާލާ މިސްރާބު ޖެހިއެވެ. އޭރު މައިޝަން އަވަހަށް ނައުރީން ގެނެސްގެން މަޖާ ކޮށް ޕާރޓި ކުރަން ފެށިއެވެ.
7 ދުވަސް ފަސް
އާލާ އޭނާގެ އެކުވެރި ޒަހާ އާއި އެއްކޮށް އާރޓިފިޝަލް ބީއްޗަށް ދާން މިސްރާބު ޖެހިއެވެ. ދެ މީހުން ޖޫގޯ ބޯން ފެއްޓިތަނާ އާލާ ބޮލައް އެބުރުން އަރައިގެން ވެއްޓުނެވެ.އާލާ ތެދުވިއިރު އޮވެވުނީ މަންމަ ކައިރީ ހޮސްޕިޓަލުގައެވެ. ”މަންމާ ،ކިހިނެއްވީ”އާަލާ އޭނާގެ މަންމަ ކައިރީ އަހާލިއެވެ. ”ދަރިފުޅާ. ދަރިފުޅު ބަނޑުބޮނޑު ”އެހެން ބުނުމުން އާލާ ބޮލައް އެނބުރުން އެރިއެވެ. މުޅި މާހައުލު އެނބުރެން ފެށިފަދައެވެ. ގައިން ހަކަތަ ހުސްވެގެން އޭނާ ވެއްޓުނެވެ.
އަލާ ގެއަށް ދޫކޮށްލީ އޭގެ ދެދުވަސް ފަހުންނެވެ.އޭނާގެ މަންމަ މިހާރު ވީ މައިޝަން މެންގެއަށް ގޮހެވެ.ތަޤުދީރު ދިމާވީ ގޮތުން އާލާ ހިތާމަ ނުކުރާ ދުވަހެއް ނުދެއެވެ. މި ކަންތައްތަކުން އެހީވާން ހިއްވަރުލާދޭން އޭނާގެ މަންމަ އޭނާ ކައިރީ އަބަދުވެސް ހުރެއެވެ.އިރުކޮޅަކުން މަންމަ އައެވެ. ”ދަރިފުޅާ މަންމަ ގޮސްފައި ބުނެފިން މައިޝަން ގާތު އޭނާ އެބަހުރި ބޭރުގައި ދޭބަ ވާހަކަދައްކާލަން ”އާލާގެ މަންމަ އޭނާގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.
”އާލާ”މައިޝަން އޭނާގެ އަތުގައި ހިފާލަމުން ބުންޏެވެ.”ވަރަށް ބޮޑަށް ސޮރީ، އައި ލަވް ޔޫ އާލާ. ވިލް ޔޫ މެރީމީ އަގައިން؟ މައިޝަން ވަރަށް އަަރާއެކު ބުނެލިއެވެ. ”ޔެސް ”އާލާ އޭނާގައިގައި ބައްދާލަމުން ބުންޏެވެެ.
9 މަސް ފަސް
ދަރުބާރުގޭ ކުރިމައްޗައް ހުޢްޓުނު ކާރުން ފޭބީ މައިޝަންއެވެ.ކަޅު ކުލައިގެ ކޯޓު ފަޓުލޫނު ލާފައި ހުރި މައިޝަން މިއަދު ވަރަށް ރީއްޗެވެ.މުޅިތަން ރީތި ކުރެވިފައިވަނީ ނޫ ކުލައިގެ ކުލައިންނެވެ.އެއީ ކަލަރ ރަންގައި އޭނާގެ ގައިގައި ޖެހި ކުލަ ކަމަށް ވާތީއެވެ.
ކުލަގަދަ ގޮތެއްގައި މައިޝަން އާއި އާލާ ކައިވެނި ކުރެވިގެންދިޔައެވެ.އޭރު އެ ދެ މީހުންގެ ދަރިފުޅު މާޔާ ލޯބިކޮށް އާލާ އަތުތެރޭ ނިދާލާފައި އޮތެވެ.މުޅި އެތާ ގުގުމަމުން ދިޔައީ އިޝާންގެ ހިތްގައިމު އަޑުން ކިޔަމުން ގެންދިޔަ ލަވަ ކަމުގައިވާ ”އުމުރަށް ތިޔަ ނަމުގައި”.މި ހަފްލާ ނިމިގެންދިޔައީ އެ ދެ މީހުންގެ ހަޔާތައްވެސް ހަރީފު މޫސުމަށްފަހު ބަހާރު މޫސުން ގެވުމަށްފަހެވެ.އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އުސޫލުންނެވެ. މިހާރު އާލާއާއި މައިޝަންގެ ހިތް ދެހިތް ދެހިތާއި ހިއްސާކުރާ ފަދައެވެ.
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ
ލޯބީގެ ނަޒަރުން ކަލާޔޭ ދެކޭނީ
(ނިމުނީ)
8 Comments!
Comments are closed.


Me first dhw. .stry v reethi…ekam maa kury
Oh thankyou flwr and congra dhen anna story dhigu kohlaanan ingey dear
Salaam everyone mi story nimunee hope you like it then anna story ah inthizaaru kuraane kamah thnks for the support☺☺☺☺❤❤❤❤
Is this a story? Hyvany Ava’s aruvaalaagen thanakah dhan ulheyhen
I just Wonder y they married aftr 9 months? Ihdhaaga einu innany.. 9 days fahun einu ai alun proposal hifagen. So kaiveni rujooa kureveyne einu.. Naureen ah v goivs ingefa ei nei.. Dhn faharakun lia vaahaka eiga viyya kanthahthah olhun filuva dhyfa vaahaka ninmaathi
Oh thankyou ingey mistake faahaga kohladheneeythy and next time olhunfilavadheenab ok ☺☺
Denfaharakun thankolheh hamajehilaagen vaahaka liyunyma adi vaahaka maa reethi vaane. Maa avas kohlaafa oi varun hiyeh nuvey liyaa hithun heneh liyefa ves othy eh.
Oh thnks for the improvement ineed to do
vahaka liyanee dhivesseh kiyanee dhivehinn dhivehinnakee muslimn.. ehen veema islaamee shareea gai onna goi balafai vahaka liyunn ragalhu….