Skip to content
އެސްފިޔަ

މާއިން

ކޮންމެ އަންހެނަކުވެސް ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ދެކޭނެ އެންމެ ރީތި ހުވަފެނަކީ އޭނާގެ އުނގު ފަޅުފިލުވަދޭނެ ތުއްތު ތުއްތު ދަރިއެއް އުފަންވުމެވެ. ފިރާޝާވެސް އިންތިޒާރު ކުރަމުން އެދަނީ އެފަދަ ވަގުތަކަށެވެ. މިކަމަށްޓަކައި އޭނާވަނީ ރާއްޖޭގެ އިތުރުން އިންޑިޔާ، ސްރީލަންކާ އަދި ބެންކޮކަށް ދަތުރުކޮށް އެކިއެކި ނަން މަޝްހޫރު ޑޮކްޓަރުންނަށް ދައްކާ ފަރުވާ ހޯދަން މަސައްކަތް ކޮށްފައެވެ. ނުވިތާކަށް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކޮށް ދިވެހިބޭސްކުރުމަށްވެސް އެތަށް ޚަރަދުތަކެއް ކުރެވިއްޖެއެވެ. ނަމަވެސް ނަތީޖާއެއް ނުނިކުތެވެ. އެންމެފަހުން ފިރާޝާ ނިންމައިގެން އެހުންނަނީ ދެން އިތުރަށް ބޭސްފަރުވާ ނުކޮށް މާތް الله އަށް ދުޢާ ދެންނެވުމުގައި ޘާބިތުވެ ހުންނާށެވެ. އެހެނީ ދަރިންނަކީ މާތް الله ދެއްވާ ނިޢުމަތެކެވެ. އޭނާގެ ނަސީބުގައި ދަރިން ލިބުންވާނަމަ އެއުފާ ޙާޞިލްވާނެއެވެ. ނޫންނަމަ ބޭހަކުން ކުރާނެ މަންފާއެއްނެތެވެ.
ފިރާޝާއާއި ޒައިދު ބައްދަލުވީ ޖަމާލުއްދީން ސްކޫލުންނެވެ. އެދެމީހުން ލޯބީގެގޮތުން ގުޅުނުއިރު ފިރާޝާ ކިޔަވަމުންދިޔައީ ޤްރޭޑް އަށެއްގައެވެ. އަދި ޒައިދު އުޅުނީ ދިހަވަނަ ޤްރޭޑްގައެވެ. ކިޔެވުން ނިމި ޒައިދުގެ ވަޒީފާ ހަމަޖެހުމުން ދެމީހުންގެ ކައިވެނި ކުރެވުނީ ދެފަރާތުގެ އާއިލާއިންވެސް ލޮލުންބޮލުން އެކަމަށް ޤަބޫލްވެގެންނެވެ. ނަމަވެސް ކައިވެންޏަށް ފަސް އަހަރު ފުރިހަމަވީއިރުވެސް މަންމާއޭ ކިޔާ ގޮވާލާނެ ކުއްޖަކު ފިރާޝާއަށް ލިބިފައިނެތުމުން ކުރާ ހިތާމަ އެނގިއެނގިތިބެ ޒައިދުގެ އާއިލާއިން ބޭނުންވަނީ ޒައިދު އިތުރު ކައިވެންޏެއް ކުރާށެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ކުދިން ނުލިބެނީ ފިރާޝާއަށެވެ. އެހެނަސް ޒައިދުވަނީ ސާފުބަހުން އެކަމާ އިންކާރު ކޮށްފައެވެ.
ނިދިފައިއޮތް ޒައިދުއަށް ހޭލެވުނީ ބާރު އަޑުފަށްގަނޑެއް އިވިގެންނެވެ. ތެދުވެ ބަލާލިއިރު ފިރާޝާ އޮތީ އެނދުކައިރިއަށް ވެއްޓިފައެވެ. ފިރާޝާ ހޭއެރީ މޫނުގައި ފެން އުނގުޅާތާ އިރުކޮޅެއް ވީފަހުންނެވެ. ބޮލަށް އެނބުރުން އަރާ ވާހަކަ ބުނީ ބޮލުގައި ދެއަތުން ހިފަހައްޓާލަމުންނެވެ. ދެން ބުނި އެއްޗަކުން ޒައިދުގެ ނިތަށް ރޫގިނަވިއެވެ. ކޮންމެ ދުވަހަކު ދަތް އުނގުޅާ ގަޑީގައި ހޮޑުލެވޭ ވާހަކައާއި އަބަދު ވަރުބަލިވެފައި ހުންނަ ވާހަކަ ފިރާޝާ އެބުނީ އަދިކިރިއާއެވެ. ޒައިދު އޮފީހުގައި ބިޒީކަމުން ފިރާޝާއަށް ވަގުތު ނުދެވޭކަން އިހްސާސްވެ ދެރަވިއެވެ.
ރިޕޯޓް ނަގައިގެން ދެމަފިރިން ގެއަށް އައީ އުފާވެރި މޫނަކައިގެންނެވެ. ފިރާޝާގެ މަންމަމެންނަށް ޚަބަރު ދިނުމުން އިންތިހާއަށް އުފާކޮށް މަރުޚަބާކިއެވެ. ޒައިދުގެ އާއިލާއިންވެސް ވެދިޔަ ކަންތައް ހަނދާން ނައްތާލުމަށްފަހު އުފާފާޅުކޮށް ފިރާޝާއަށް އޯގާތެރިވިއެވެ.
މި އުފާވެރިކަން ދެމިގެންދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ. ފިރާޝާގެ ބަނޑަށް ހަތް މަހުގައި ހެދި ސްކޭން އަކަށްފަހު ފިރާޝާގެ ދުނިޔެ ބަދަލުވެއްޖެއެވެ. ޑޮކްޓަރު ލަފާދެއްވީ ޔަޤީންކުރުމަށް ބޭރަށްގޮސް އިތުރު ޓެސްޓްތަކެއް ހަދާށެވެ. އެކަންވެސް ކުރެވިއްޖެއެވެ. ނަމަވެސް ލިބުނީ އެއް ނަތީޖާއެކެވެ. ޒައިދު ބޭނުންވީ ވަގުތުން އެ ކުޑަކުޑަ ފުރާނައިގެ ވަސްވެސް ފުހެލާށެވެ. އެކަން އެނގުމުން ފިރާޝާގެ ހިތްމަރުވިއެވެ. ނަމަވެސް އޭނާއަކީވެސް ގޮތް ދޫކުރާނެ މީހެއްނޫނެވެ. އެއީ އޭނާގެ ފުރާނަފަދަ ދަރިފުޅެވެ. އެތަށް ދުވަހެއްގެ ފޮނި އިންތިޒާރެވެ. އެފަދަ ކަމެއް ކުރަން ޒައިދު ހިތަށް އެރުވީތީވެސް ފިރާޝާ ދެރަވިއެވެ. ޒައިދަށް ވިސްނަދޭން ފިރާޝާ ކުރި ހުރިހާކަމެއް ވީ ބޭކާރެވެ.
އެނބުރި މާލެ އައިއިރު ފިރާޝާއާއި ޒައިދުއާއި ދެމެދުވަނީ އުސް ފާރެއް ލެވިފައެވެ. ސަބަބަކީ ފިރާޝާ ޒައިދުގެ މައްޗަށް އޭނާގެ ބަނޑުގައި އެވާ ދަރިފުޅު ޚިޔާރުކުރުމެވެ. ޒައިދުގެ އާއިލާއިންވެސް ފިރާޝާއާއިމެދު ނުރުހުންތެރިކަން ފާޅުކުރިއެވެ. އެމީހުން ދެކުނީ އެއީ ސުންޕާ އަންހެނެއްގެ ގޮތުގައެވެ. ސުންޕާ އަންހެނަކަށް ލިބޭނީ ސުންޕާ ކުއްޖެއްކަމުގައި މައިދައިތަ ބުނި ދުވަހު ފިރާޝާއަށް ގިސްލާ ރޮވުނެވެ. އެކަމުގައި އެކުއްޖާގެ ކުށަކީ ކޮބައިބާއޭ އޭނާގެ ހިތަށް އެރިއެވެ.
ބަނޑަށް ނުވަމަސްފުރި އެދުވަހަކަށް ކެތްތެރިކަމާއިއެކު ފިރާޝާ އިންތިޒާރުކުރި ދުވަސް އައީއެވެ. ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޒައިދު ގުޅީ ފިރާޝާގެ މަންމައަށެވެ. ވިއްސާ ކޮޓަރިއަށް ވެއްދުމަށްފަހު ލަސްތަކެއްނުވެ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެންދިޔައެވެ. ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒައިދު ވިއްސާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އެދިމާއަށް ހިނގައިގަތެވެ. ނަރުސް ކުއްޖާގެ ފިރާޝާގެ މަންމަގެ އަތަށް ތުއްތު ދަރިފުޅު ލާދިނުމާއިއެކު ޒައިދުވެސް ކައިރިވެލާ އެކުއްޖާއަށް ނަޒަރު ހުއްޓާލިއެވެ. ތިއީ ނުކުޅެދޭ ކުއްޖެކެވެ. އެހާ ތުއްތުއިރުވެސް އެއީ އޯޓިޒަމް ކުއްޖެއްކަން މޫނުމަތިން އޮޅުމެއްނެތްގޮތުގައި ފެންނަން އެބަހުއްޓޭ ޒައިދުގެ ހިތަށްއެރިއެވެ. ދެން ފެނުނީ މޫނު އަނބުރާލިތަނެވެ.
ތުއްތު ދަރިފުޅު ފެނުނީއްސުރެ ފިރާޝާގެ ލޮލުން ކަރުނަ ހުސްވާއިރެއް ނާދެއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާއަށް އެއީ ޚާއްސަ ކުއްޖެކެވެ. އެއްގޮތަކަށްވެސް ނުކުޅެދޭ ކުއްޖެއްނޫނެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ޒައިދުއަށްވެސް އެކަން އަދި ވިސްނޭނެކަމަށް ފިރާޝާ އުންމީދުކުރިއެވެ. ނަމަވެސް ކަންދިމާވީ ފިރާޝާ ހީވެސްނުކުރާ ގޮތަކަށެވެ. ހޮސްޕިޓަލުން ދޫކަށްލުމާއިއެކު ޒައިދު އެދުނީ ފިރާޝާ ދަރިފުޅު ގޮވައިގެން އޭނާގެ މަންމަމެންގެ ކައިރިއަށް ދިއުމަށެވެ. ސަބަބު ވަރަށް ސާފެވެ. ޒައިދު ބޭނުންވަނީ ފިރާޝާ މިނިވަންކުރާށެވެ. އެ ބަލިކުއްޖާއާއި އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ އޭނާއަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށް ބުނިއިރު ފިރާޝާގެ ރުއިމުގެ އަޑުން ތަނުގެ ހަމަހިމޭންކަން ނަގާލައިފިއެވެ. އެތަށް އާދޭހެއް ކުރުމުންވެސް ޒައިދުގެ ނިންމުން ބަދަލު ނުކުރުމުން ފިރާޝާ ކަރުއެލުވާލުމަށްފަހު ޒައިދުގެ ދިރިއުޅުމާއި ދުރަށް، މާ ދުރަށް ދާން މަޖުބޫރުވިއެވެ. ފިރާޝާ އޭނާގެ ދަރިފުޅު މާއިން ގޮވައިގެން ސްރީފަންކާއަށް ދިރިއުޅުން ބަދަލުކުރިއެވެ.
މާއިންއަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. ސިކުނޑި ހެދިބޮޑުވުމުގައި ދިމާވާ އުނިކަމެއްގެ ސަބަބުން މާއިންއަށް މިޙާލަތު ކުރިމަތިވެފައިވިއަސް މާއިންއަކީވެސް އެހެންކުދިންފަދަ އިޙްސާސްތަކެއް ލިބިފައިވާ ތޫނުފިލި ކުއްޖެކެވެ. ފިރާޝާ މާއިން ދެކެނީ އެހެންކުދިންފަދަ މޮޅު ކުއްޖެއްގެ ގޮތުގައެވެ. މާއިން އަކީ ކުޑައިރުއްސުރެވެސް ވަރަށް ހަރަކާތްތެރި ކުއްޖެއްކަން ފިރާޝާއަށް ފާހަގަކުރެވުނެވެ. އެ ލޯބި ލޯބި ދަރިފުޅަށް އަންނަ ކޮންމެ ބަދަލަކާއި ކުރިއެރުމެއް ޝައުޤުވެރިކަމާއިއެކު ފާހަގަކުރިއެވެ. އެހެން ކުދިންނަށްވުރެ ފިރުކުމާއި ހިނގަން ދަސްކުރުމަށް ދިގު މުއްދަތެއް ނަގިއަސް އެކަންކަން ދަސްވުމަށްފަހު ޖެހިލުންކުޑަކަމާއިއެކު ކުރިއަށްދާކަން ފާހަގަކުރިއެވެ. ޢާންމުކޮށް ކުދިން ދަތްފަޅާ އުމުރު ފާއިތުވެ ދިޔައިރު މާއިން ދަތް ނުފަޅައިގެން ކަންބޮޑުވުމުގެ ބަދަލުގައި ދަތްފަޅާނެ ދުވަހަކަށް އިންތިޒާރުކުރިއެވެ. އެންމެ ތުއްތު އިރުއްސުރެ މާއިންއަށް ކަމުދާ އެއްޗެއްސާއި ކަންކަން ފާހަގަކޮށް އެކަމަށް ސަމާލުވިއެވެ. އެކުއްޖާއަށް ކުޑަ ނަމަވެސް އަނިޔާއެއް ލިބިއްޖެނަމަ މައިވަންތަކަމުގެ ލޯބިން ފިރާޝާގެ ހިތް ފުރިގެން ބަންޑުންވެއެވެ. ނަމަވެސް އަބަދުވެސް ހިތުގައި ޝަކުވާއެއްވެއެވެ. މާއިންގެ އުމުރުން އެގާރަ އަހަރު ފުރިހަމަވީއިރުވެސް އެންމެ ފަހަރަކުވެސް އެދަރިފުޅު ދެކެލަން ޒައިދު ނާންނަނީ ކީއްވެހެއްޔެވެ؟
މާއިން ބޮޑުވަމުން އައިއިރު ބައްޕައާއި ބެހޭގޮތުން ސުވާލުކުރެއެވެ. ބައްޕަ ކޮބާތޯއެވެ؟ ބައްޕަ މާއިންގެ ގާތުގައި ނުހުންނަނީ ކީއްވެތޯއެވެ؟ އަޅަ އަޅައިގަންނަމުން ބައްޕައާއިބެހޭގޮތުން އެދަރިފުޅު ސުވާލުކުރާއިރު ފިރާޝާގެ ލޮލުން ކަރުނަ ހިލެއެވެ. ނަމަވެސް ނުރޮއި ކެއްކުރަނީ އެކުއްޖާއަށް އޭނާ ރޯ މަންޒަރު ނުދައްކަންވެގެންނެވެ. އެއިން ކޮންމެ ފަހަރަކު ބައްޕަ އަދި ކޮންމެސް ދުވަހަކުން އަންނާނެއޭ ބުނަނީ މާއިން ހިތްހަމަޖައްސާދިނުމަށެވެ. މާއިންގެ ޅަ ސިކުނޑިއަށް ބައްޕަ މާއިން ބޭނުންނުވާކަން ބުނެދިނަސް ނުވިސްނޭނެތީއެވެ. ފަހުން މާއިންވެސް ބައްޕައާއި ބެހޭގޮތުން މާބޮޑަށް ވާހަކައެއް ނުދައްކައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ދުވަސްވަރަކީ ނޫރައްލިޔާއަށް ސްނޯވެހޭ ދުވަސްކޮޅެއްކަމުން ފިރާޝާއާއިއެކު އެގޭގައި ދިރިއުޅޭ އޭނާގެ ދައްތަގެ ކުޑަކުޑަ އާއިލާ ނޫރައްލިޔާއަށް ދާން ތައްޔާރުވަމުންދިޔައެވެ. އެހެން ފަހަރުތަކާއި ޚިލާފަށް ފިރާޝާވެސް މިފަހަރު ބޭނުންވީ މާއިންގޮވައިގެން އެމީހުންނާއިއެކު އެތަނަށް ދާށެވެ. އެހެންކަމުން އޭނާވެސް ދަތުރަށް ތައްޔާރުވިއެވެ. ފިރާޝާގެ ދައްތަ ރީމާ ބޭނުންވީ މިފަހަރުގެ ދަތުރު އިތުރަށް މަޖާކޮށްލުމަށް ރޭލު މަގުން ދަތުރުތައް ހަމަޖައްސާށެވެ. އެހެންކަމުން އެންމެން އެކަމަށް ތާއީދުކުރިއެވެ.
އެއްވެސް ފިކުރެއްނެތި ރެއިލް ދަގަނޑުތައްމަތިން ހުރަސްކޮށްފައިދިޔަ ފިރިހެންމީހާއަށް ރޭލެއް އަންނަކަމުގެ ލިސާނެއްވެސް ނުވާކަހަލައެވެ. ބާރު ދުވެލީގައި އައި ރޭލު އެމީހާއާއި ދާދި ގާތަށް އައިފަހުން އޭނާގެ ކޮނޑުގައި އަޅާ މީހަކު ކޮށްޕާލިއެވެ. ބިންމައްޗަށް ވެއްޓުމާއިއެކު ޒައިދުއަށް ހަމަބިމަށް އާދެވުނެވެ. އޭރު ރޭލު ލޮލުކޮޅަށްގޮސް ގެއްލެނީއެވެ. އަންހެނެއްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ޒައިދުއަށް ތެޅިގަނެވުނެވެ. އެއީ ކުރިންވެސް އޭނާ އަހާފައިވާ އަޑެކެވެ. އެއަޑަށް ބީރު ކަންފަތެއްދިން އަޑެވެ. ޒައިދުއަށް ވަށައިގެން ކަޅި ހިންގާލެވުނެވެ.
މުޅި ހިސާބުވަނީ ލެއިން ފޯވެފައެވެ. މީހެއްގެ ހަށިގަނޑު ރޭލް ދަގަނޑުތައްމަތީ ޗިސްވެފައި އޮތެވެ. ޒަހަމްވެފައިވާ ބޮލެއްފިޔަވާ އެއްވެސް ގުނަވަނެއް ފާހަގަ ކުރެވޭކަށްނެތެވެ. ޒައިދު އެމޫނަށް ފުންކޮށް ބަލާލިއެވެ. އެއާއިއެކު މީގެ އެގާރަ އަހަރު ކުރިއަށް އޭނާގެ ސިކުނޑި ދަތުރުކުރިއެވެ. އާއެކެވެ! އެއީ އޯޓިޒަމް ކުއްޖެކެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ އޯޓިޒަމް ކުއްޖެކެވެ. އެވަގުތު އެކުއްޖާގެ ކައިރީގައި ކުޑަކުކޫ ޖަހައިގެން އިށީނދެ ރޯންއިން އަންހެންމީހާ ޒައިދުގެ ލޮލުގައި އަޅައިގަތެވެ. އެހެން ވާނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ފުރާނަ އެ ސަލާމަތްކޮށްދިނީ އެދުވަހު ނުކުޅެދޭ ކުއްޖެއްކަމަށްބުނެ ބޭކާރު މީހަކަށް ހަދާ އެއްލާލި އޭނާގެ އުފަން ދަރިފުޅެވެ. ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟ ޒައިދުގެ ލޯ ކަރުނުން ފުރުނެވެ. ހުރި ފިޔަވަޅުމަތީ ގުޑިލަންވެސް ނޭނގިފައި ހުރެވުނީއެވެ.

ނިމުނީ

Comments (12)

  1. Amee

    Vvvvv reethi… vahaka kee gadigaa vrh vrh dhera v??? ekam story hama habeys… ??

    1. Amee
      Amee

      Yeyy me first…

  2. Nunnu

    Vv reethi mi story
    Hama rovije
    E zaidhu thee haadha go as meeheh Ey dho
    Mee insaafehtha
    Kusheh nei kuhjeh ge furaana edhiyaee

  3. Plx

    I hav a huge request for you.. please please bring a 2nd part of this story.. dont end it here.. i want to see he and his family regreting that and apologising.. please.. just please.. i just love this story.. ? one of the best story ever..its very heart touching…

  4. Livee

    Alhey so sad dho varah dhera vehjje

  5. FAISAL

    Ya aslu ves dhevana baeh genesdheebala☺vaahaka thihisaabun ninmaanulaa pls pls pls

  6. unique

    alhey hama heart touching ekani idhe hama rovuny so soooooo nice… mikahala nubai meehun ves midhuniyeyga ulhey dhw

  7. Merl

    woww..vr touching…vv salhi ingey…

  8. Roxy

    Roxy ge vx request eh nimuny jhifa inas scnd prt eh liyelr e firihn myhr mrfh edhifa plx plx buddy ??? vaahaka hma vvvvvvvvvvvvvvvv heart touchinv kyp it up dear ????

  9. Psenhi

    Thank you all readers. I don’t know what to say. So happy to see that you liked the story. Can’t say anything about second part, but you will get to read another story In Sha Allah

    1. Plx
      Psenhi

      V dhera vejje ?..but waiting for ur new story.. ? gudluk

  10. Twinkle?

    I’m heartbroken… hama rovijje… kusheh neii kujjaku autism hunnaathy ey kiyaafa dhookhlaafa dhaany vrh gotheh neii myhun… ae ekujjaa kuraa kameh nun dhw… ae maaih allah ekujjakah mivaru kurehvi goih… ekm zaidh dhw… minvarah eemaan nuveveny… dhn eyna ge family vs… haadha gwhey… knme kujjaky vs muhinmu kujjeh dhw… stry hama habeys… keep it up…

Comments are closed.