Skip to content
އެސްފިޔަ

ލިޔުންތެރިއެއްގެ ތަޖުރިބާ

އަޅުގަނޑަކީ ގުރޭޑު 9 ގައި އުޅުނު އިރުވެސް މާ ގިނައިން ވާހަކަ ލިޔެ އުޅުނު ކުއްޖެއް ނޫނެވެ. ލިޔާ ހިތް ނުވަނީއެވެ. ކަން ފަސޭހަ ކޮށްލަން މަޒުމޫނު ލިޔަނީއެވެ. ލިޔަން އެނގޭތީކީ ނޫނެވެ. މަޢުލޫމާތު މުއްސަނދި ކުރުމުގެ ނަމުގައެވެ. ނަމަވެސް ގުރޭޑު ދިހައަކަށް އައުމާއި އެކު ވާހަކަ ލިޔަން ޖެހުނެވެ. ފަހު އަހަރު ކަމުން އެސްއެސްސީ އިމްތިހާނަށް ތައްޔާރުވުމަށް ސުކޫލުން ދަރިވަރުންގެ ފެންވަރު ބެލުމަށެވެ. ދެން ވީ ކިހިނެއްކަން އަންދާޒާ ކޮށްލާށެވެ. އަޅުގަނޑުވެސް ހީނުކުރާ ގޮތަކަށް ކަންތައް ވިއެވެ. ގިނަ މާރްކްސް ލިބުނީ ވާހަކައަށެވެ. އެންމެންގެ ނަސޭހަތަށް ފަހު ވާހަކަ ލިޔަން ފެށީމެވެ. ދިވެހިން ލިބެން ފެށި މާރްކްސް މަތިވާން ފެށިއެވެ. އައު އުއްމީދުތަކެއް ކުރެވެން ފެށުނެވެ. ނަތީޖާ ލިބުން އިރު އޮތީ އޭ އެކެވެ. ކިތަންމެހާވެސް އުފާވެރިއެވެ. ކުރިއާލާ މަސައްކަތް ކުރި ނަމަ އޭ ސްޓަރ އެއްވެސް ލިބުނީހެވެ.

ގުރޭޑު ދިހައެއް ނިންމުމަށްފަހު މާލެ ބަދަލުވީ ކޯހެއް ހެދުމުގެ ޚިޔާލު ހުރުމުންނެވެ. އެއްގޮތަކުން ރަނގަޅު ޚިޔާލެކެވެ. މައިންބަފައިންނާއި ދުރުގައި މިހެން އުޅެން ޖެހުމުން ދެރަވި ނަމަވެސް އުފާވެރިކަން އެތަން ފުރާލީ އެސްފިޔަ.ކޮމް އަށް ވާހަކަ ލިޔަން ފެށުމުންނެވެ. އެއްވެސް ވަރަކަށް ނުދަންނަ ބައެއް ކަމަކު ލިބެން ފެށި ކޮމެންޓު ތަކުން އެކުވެރި ކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. ޙަޤީޤަތުގައި މިހާރު އެކުވެރިން ވަރަށް މަދެވެ. ސަބަބު އެހެން ވާހަކައެއްގައި ހިމަނާލާނަމެވެ.

ފުރތަމަ ލިޔުނު ކުރު ވާހަކައަށްފަހު އިތުރަށް ލިޔާ ހިތްވުމުން ޖެހިލުމެއްނެތި ސިލްސިލާ ވާހަކައިގެ ޓްރެއިލަރ އާއި ފުރަތަމަ ޕާރޓު އަޕްކުރީމެވެ. ލިބެން ފެށި ހިތްވަރު ދިޔައީ އިތުރު ވަމުންނެވެ. ދުވަހަކުވެސް އަޑު ނާހާ، އަދި ވާހަކައަކުންވެސް އެނގިފައި ނުވާ ހާދިސާއަކަށް ވާހަކަ ލިޔުނީމެވެ. ކިޔުންތެރިންނަކަށް ކަމަކު ނުދިޔައެވެ. ތަފާތުވީމަ ތޯއްޗެކެވެ. ވާހަކައިގައި އަލި އަޅުވާލި ތެދުވެރި ލޯތްބެއް ކާމިޔާބު ނުވުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެ ލޯބީގެ ވާހަކައެއްގައި އުފާވެރި ނިމުމެއް އަންނާކަށްވެސް ނުޖެހެއެވެ. ވަނީވެސް އެހެންނެވެ. އެހެންނޫނީ ކޮންމެ ދުވަހަކު އަޕްކުރާ ސިލްސިލާ ކުރުވީމަ ކަމަށްވެސް ވެދާނެއެވެ. މީވެސް އިންސާނެއް ވިއްޔާއެވެ. މިނޫނަސް ކުރަން ޖެހޭ މަސައްކަތް ހުންނާނެއެވެ. މިއީ ހުސްވަގުތު ތަކުގައި ކުރާ ކަމެކެވެ. ގިނައިން ލިޔެވޭނީ ގިނަ ވަގުތު ލިބިގެން ނުންތޯއެވެ. ކޮންމެ ލިޔުންތެރިއަކީ އެހާ ކުޅަދާނަ މީހަކަށް ނުވެދާނެއެވެ. އެކަން އަޅުގަނޑު ޤަބޫލުކުރަމެވެ. ދެން އަނެއް ވާހަކައެވެ. ހާއްސަ އުޒުރަކާއި އެކުވެސް އެދުވަހުގެ ސިލްސިލާ އަޕްނުވެއްޖެނަމަ ކިޔުންތެރިން އެފޫހި ވީއެވެ.

ލިޔުންތެރިންނަކީވެސް ބަލިވާނެ ބައެއްވިއްޔާއެވެ. ނޫނީ ދުވަހަކީ މާ ބުރަކޮށް އުޅުނު ދުވަހަކަށް ވެދާނެ ނޫންހެއްޔެވެ؟ ކުޑަކޮށް އިންތިޒާރު ކޮށްލުން ކީއްވާނީތޯއެވެ. އިންސާނުންނެވެ. ހިތެއް ނުފުރޭނެއެވެ. އަޅުގަނޑަކީވެސް ކިޔުންތެރިއެކެވެ. މި ސައިޓުގެ އެތައް ވާހަކައެއް ކިއިއްޖެއެވެ. ބައެއް ސިލްސިލާތައް ދިގުވެފައި ރީތި ނަމަވެސް އަދި އިތުރު ޕާރޓެއް އެދުވަހު ލިޔެދީފައި އަޕް ކުރަން ބައެއް ކޮމެންޓުތަކުގައި އެދިފައި ވެއެވެ. ކެތްތެރިވާންވާނެއެވެ. ހުރިހާ ވަގުތެއް މިކަމަށް ހުހެއްވެސް ނުކުރެވޭނެ ނޫން ހެއްޔެވެ؟ ތިބޭފުޅުންވެސް މިގޮތަށް ވާހަކައެއް ލިޔަން ފަށާބަލާށެވެ. މީކީވެސް ލޯމަރާލުންހާ ފަސޭހަ ކަމެއް ނޫންކަން އެނގިގެން ދާނެއެވެ. ވާހަކަ ކިޔަން 2 މިނެޓު ނެގިޔަސް މީކީ 2 މިނެޓުން ވާނެ ކަމެއް ނޫނެވެ. އެކިމީހުންގެ ކުޅަދާނަކަން ހުންނާނީ އެކި ވަރަށެވެ. އެކަން އަޅުގަނޑު ޤަބޫލު ކުރަމެވެ.

ލިޔުންތެރިން ބަލަން ޖެހޭނީ ކިޔުންތެރިންގެ ސަމާލުކަމާއި ޝައުޤުވެރިކަން އަތުލާށެވެ. ނަމަވެސް އެކަން އަޅުގަނޑަށް އަޅުގަނޑު ލިޔުނު ފުރަތަމަ ސިލްސިލާ ވާހަކައަކުން ހާސިލެއް ނުވިއެވެ. އެހެން ކަމުން އަނެއްކާވެސް މިއުޅެނީ ވާހަކައެއް ފަށައިގެނެވެ. 3 ވާހަކައިގެ ފެށުމުން ކިޔުންތެރިންނަށް އެންމެ ކަމުދިޔަ ފެށުމެވެ. ބައެއް ކޮމެންޓުތަކުގައި ބިރުވެރި ވާހަކައެއް ލިޔުމަށް އެދިފައި ވުމުން އަޅުގަނޑު މެދަކާއި ހަމައަށް ލިޔެފައި އޮތް ހިތާމަވެރި ލޯބީގެ ވާހަކަ އަލުން ފެށީ ބިރުވެރި ވާހަކައެއްގެ ގޮތުގައި މުޅިން ތަފާތު ހާދިސާއަކާއި އެކުއެވެ. ކަން ދިމާކުރި ގޮތުން ވާހަކަ ލިޔަން ފެށުނީ ރަމަޟާން ފަހުގައެވެ. މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެންވެސް ތިބޭފުޅުންނެކޭ އެއްގޮތަށް ގިނަވަގުތު އަޅުކަންކުރުމުގައި ހޭދަކުރާނެ ނޫންތޯއެވެ. އަޅުގަނޑުމެންގެ ވެސް މަންޒިލަކީ ސުވަރުގެއެވެ. ކޮންމެ ދުވަހަކު އަޕް ނުކުރެވުނަސް ވީހާވެސް އަވަހަށް ލިޔަމުން ދިޔައީމެވެ. ދެންވީ މާ ހިތްދަތި ގޮތެކެވެ. ބާރުމިނުގައި ފެތުރެމުން ދިޔަ އިންފުލުއެންޒާ ޖެހުނީއެވެ. ގޭގެ އެންމެންނަށް ކަހަލަ ގޮތަކަށް ޖެހުމުން ބަލިން އަރައިގަންނަން އުނދަގުވުމުން އެކަން ފާޅުކުރީ ކިޔުންތެރިންނަށެވެ. ބައެއް ކިޔުންތެރިން އެކަމާ ވަރަށް ކުސްތެޅިއެވެ. ނަމަވެސް އެކަމާއި އަޅާލުމެއްނެތި މިދަނީ ކުރިއަށެވެ. މިއީކީ ޝަކުވާއެއް ނޫނެވެ. ކަންތައްބޮޑުވީކީވެސް ނޫނެވެ. ހަމަ ކުޑަ ތަޖުރިބާއެކެވެ.

Comments (41)

  1. unique

    thibuny hama ragalhu vaahaka eh…. aslu enmen ehaa gaabileh nuvaane dhw…. n also we should have patience sorry writers if i said such a thing………. n we do appreciate ur work

    1. believe
      unique

      mmmmhmmmmmmmm shukuriyyaaa…….

    2. believe
      unique

      Vrh bodah shukuriyyrrr unique

  2. mint piece

    yaa…aslu ves…thiee thedu vaahaka eh….n v appreciete …

    1. believe
      mint piece

      shukuriyyrrr mint piece

  3. No one

    Wow… That’s so true.. u just read my mind.??….

    1. believe
      No one

      Hahahaha.

  4. raz

    goodstory

    1. believe
      raz

      Shukuriyyrr….

  5. Eemyaa

    Liyuntherin liyaa hiyvaathee liyany aslu gina vaguthuthakeh onnaathyky nun. Gina kiyuntherinnah ekan visney. Ummeedhu kurany ekan nuvisney kiyuntherinnahves kuriah oiythaa visneyne kamah. ?

    1. believe
      Eemyaa

      shukuriyyrr eemyaa

  6. Roxy

    Yhh itx true.. thii kmme myhakx vv brve jst lve ur attitude ??????

    1. believe
      Roxy

      Shukuriyyrr Roxy….

  7. Aabhy

    avas shifa eh minvaru kurahvaashi .

    1. believe
      Aabhy

      Shukuriyyrrrr Aabhy

    2. believe
      Aabhy

      alhamdh lillaaahi…

  8. Gul

    ??

    1. believe
      Gul

      vrh bodah shukuriyyrrrr Gul

  9. Guess

    U nanni? I mean thi bunefa in liyun theriyaa aky?

    1. believe
      Guess

      hahah… mee nanni eh noon. but yes! thajribaa aky nannige….. konme konme writer akah bunaaakah nukereyne… so here i am to help them…….

  10. unique

    its just okey believe…………. ik miee vv bodu massalaeh mihaar dhimaavaa n i seriously feel bad ekm mihen bunymaves egey baeh meehun angry vaane kan ves…. writers ah kithanme bodu massala eh dhimaaviyas gina readers heekurany eii fake eh kamah………… im so soo sorry for saying this

    1. believe
      unique

      Yes…. thats my point……

  11. Xiroo Thihthi

    aharen ves mee esfiya ah vaahaka liya liyuntheri eh… aharen esfiya ah 2 vaahaka upload koh nimmaifin…. 3 vana vaahaka mihaaru ves up kuramun miadhany… ekamaku konme hafuthaa aku upload nukurevey ehen kanthah thah hunna gothun…. ekamaku veevarakun try kuramun miadhany kiyuntherin hiyhama jehey fadha gothakah, avahah up kureveytho….. 🙂

    1. believe
      Xiroo Thihthi

      mmmhmmm Xiroo Thihthi. gud luck with it…. thnk u alot

  12. Xiroo Thihthi

    unique ey jehuny olhigen… 🙂 aslu liyan ulhuny mi liyun liyefa in kujja… heevany a ee Believe hen…

  13. Greeny

    aslu varàh rangalhu vaahakaeh. konme myhaky ehaa gaabil myhakah nuvedhaane

    1. believe
      Greeny

      Shukuriyyrr Greeny

  14. nice

    Furathama liyunu kn vaahakaeh kamunugosgen miulheny alhe angaaladheebala GWS

    1. believe
      nice

      Thiya loaibaa dhurah…. Shukuriyyrr

  15. Maikaa

    TRUE….. ;]

    1. believe
      Maikaa

      Shukuriyyrrr Maikaa

  16. Amee

    ????????

    1. believe
      Amee

      Shukuriyyrrr Amee

  17. unique

    sorry im not believe but i really respect him/her cox vvv ragalhu thedhu vaahakeh e buny……

  18. Sana

    True❤❤❤
    Ekam rangalhu vaanee nuvaa varu kameh kuran noolhu niiyaa
    Dheaharu thinaharu vanedhen ves story nuniimaa eba hurey ?
    Special biruveri vaahaka liyan Fashaa liyuntherin?
    Thafaathu vahtharu ge vaahaka liyuniiyaa bodah rangalhu ves vaany ❤❤❤

    1. believe
      Sana

      Gud point Sana. ekahala liyuntherin vs thibey.. emmn eh gotheh vs nuvaannu… Shukuriyyrr

  19. Anonymous

    Rangalhu vaahaka eh thee I also agree…………
    Dhivehi vaahaka site akah dhivehi vaahaka eh up kohbala mulhin ves fenanee english and dhivehi mix kohfa hunna vaahaka……
    Kiyan beenumee furihama dhivehi vaahaka eh………
    Dhuvahaku ves eka kah ves fenun tha english vaahaka eh ga dhivehi mix kohfa huhta??? Mulhin ves fenanee dhivehi vaahaka ah english mix kohfa hunathan
    Aharemen ge bas rahkaatheri kurany aharemen ❤❤❤❤
    Aharemen rahkaatheri nukuri baheh rahkaatheri kuraakah Ehen baeh naanaane…..
    Liyuntherin ves jehene mi varu visnan………..

    1. believe
      Anonymous

      Yesss. Gud point.. I agree with it too…..

  20. Aisha

    Konme reader akee varah understand vaa reader akah nuvedhaane. Positive comments and negative comments ves liyuntherin accept kuran jehene.
    Vaahaka liyuntherin nakee varah hihvaru gadha bayakah vaanjeheene. Konme kameh dhimaa viyas give up nukoh kuriyah dhiyaama rangalhu vaane.
    Umeedhu kuran mi message positive koh nagaane kamah❤

    1. Nanni
      Aisha

      mmmhmmmmmmmmm owkeii….

  21. Kooji

    True that is

Comments are closed.