Skip to content
އެސްފިޔަ

ތިޔަ ހަނދާނުގާ..އިންތިޒާރުގައި 1

ހިތް އަދު ރޮނީއޭ ނުދާށޭ ، ހިތް މަރުވަނީއޭ ނުދާށޭ

ދަންވަރުތަކާ ދުށް އެތާޒާ ، މަންޒަރު ފެށީ އާވާށޭ

ކަރުނުން ލޭ ހެދޭ ކޯރުގާ ، ފީނާ ދާންވީ ފަތާ

ގެނބެނީއޭ ހިތާ ފިތް މަގޭ ، ފުންކަނޑުގެ ބާނީތެރޭ

ރޮއެ ރޮއެ ކުރާހާ މިއާދޭސް ހާހުން ގުނާ މިނާށޭ

ހެކިވާނޭ ހަނދާ ތަރިތަކާ ، މޫދާ އައްސޭރިއާ

ނުބަލަންހޭ އެކީގާ މަށާ ، ލޯބިން އެ މަސްތުންފުރާ

ދާނޭހޭ ޔާދުން ހިތާއޭ ، ސީދާ ބަހުން ބުނާށޭ

ތަގުދީރާހެވީ މަތިކުރަން ، ވޭނާ ގުޅުނަސް މަރާ

ތަދުބީރެއް ނެތީހޭ ވެވޭ ، ފިޔަތައް އެ އަނބުރާ ލިބޭ

ވާނީ ފިދާވުން މަތީއޭ ، ލޯތްބަށްޓަކާ އަހާށޭ

ހިތް އަދު ރޮނީއޭ ނުދާށޭ ، ހިތް މަރުވަނީއޭ ނުދާށޭ

ދަންވަރުތަކާ ދުށް އެތާޒާ ، މަންޒަރު ފެށީ އާވާށޭ

މައިކްރޯފޯން ސްޓޭންޑް ގައި ބައިންދާފައި ހުރި މައިކް ކައިރީގައި އިށީނދެ އިނދެ ލަވަ ކިޔައިން ނާއިކްގެ ލޮލުން ކަރުނަ ހިލުނެވެ. އިނދެވުނީ ސްޓޭޖެއްގެ މަތީގައި ސްޕޮޓްލައިޓުގެ ދަށުގައިކަމެއް އޭނާ ހަނދާނެއްނެތެވެ. އެ ހިތަށް ކޮށްފައިވާ އަސަރު އެއަށްވުރެ ބޮޑެވެ. ލަވައިގެ ފަހު ތަންކޮޅު ކިޔާލި ވަގުތު ނާއިކް އޭނާގެ ލޯ މަޑުމަޑުން މަރާލިއެވެ. އެވަގުތު ނާއިކްއަށް ސިފަވެގެން ދިޔައީ އޭނާގެ އަތުގައި ހިފައިގެން ހުރެ އެ އަތުން ދޫކޮށްލަމުން އޭނާއަށް ފަސްދީފައި ދިޔަ ޗޮކްލެޓް ކުލައިގެ އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ.

ލަވަ އެކީގައި ކިޔާ ނިންމާލެވުމުން މުޅި މާހައުލުގައި ގުގުމާލީ އޯޑިއަންސްގެ އަޑެވެ. މަޑު މަޑުން ލޯ މަރާލިފަދައިން ނާއިކް ލޯ ހުޅުވާލިއެވެ. އޭނާ އިށީނދެގެން އިން އެނބުރޭ ގޮނޑި ދެފަރާތަށް އަނބުރާލަމުން ބޯ ޖަހާލިއެވެ. ރޭގަނޑުގެ ކަނު އަނދިރި ވަގުތު ކަމުން އެ އަނިދިރިކަން ފިލުވާލާ މާހައުލު އަލިކޮށްލުމުގެ ބޭނުމުގައި އޯޑިއަންސް ތިބީ ފޯނުތަކުން ފޮލޭޝް ލައިޓު ދިއްލައިގެންނެެވެ.

އެހެންކަމުން މާހައުލު ފެންނަނީ ވަރަށްވެސް ފުރިހަމަ އަދި އެހާމެ ހިތްގައިމު ކޮށެވެ.އޭރުވެސް ކެނޑިނޭޅި ސަޕޯޓަރުންގެ އަޑު އިވެމުން ދިޔައެެވެ. އޭގެތެރެއިންވެސް ގިނަބަޔެއްގެ ލޯތަށް ވަނީ ކަރުނުން ތެންމާލާފައެވެ. ލަވައިގެ އަސަރު ގަދަކަމުން އެކަންޏެއް ނޫނެވެ. ނާއިކްގެ އަޑުގައި އެކުލެވިފައިވި އަސަރުންވެސް މެއެވެ.

ކާނިވާ ސަރަހަށްދުގައި ބޭއްވުނު ޝޯވް ނިންމުމުން އަރޫން އޭނާގެ ޕްރައިވެޓް ކާާރާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާގެ އެންމެ ގާތް ދެއެކުވެރިން ކަަަމަށްވާ އިޝާންއާ ރިހާންއާއެކުގައެވެ. ގަޑިން އޭރު ދަންވަރު އެކެއް ޖަހަން ގާތް ކުރަނީއެވެ. ” އޭ..ބްރޯ ޕްލޭން…” ކާނިވަލުން ނިކުމެގެން އައި ދެ އަންހެން ކުއްޖަކަށް އިޝާރާތް ކޮށްލަމުން ރިހާން ބުނެލިއެވެ. ކާރު ދޮރުފަތް ކާއިރީގައި ހުއްޓިލައިގެން ހުރި އިޝާންއަށް އެއްބުމަ އަރުވާލަމުންނެވެ. އިޝާން އަރޫންއަށް ބަލާލިއެވެ.

އަރޫންގެ ނަޒަރު އެ ދެ އަންހެން ކުދިންގެ ތެރެއިން ބުރުގާ ނާޅާ ހުރި އަންހެން ކުއްޖާއަށް ހުއްޓިފައިވާ ތަންފެނި ލާނެއް ހިނިގަނޑެއް ޖަހާލަމުން އަރޫންގެ ކޮނޑުގައި އަޅައި ކޮށްޕާލިއެވެ. ” ކަލޭނޭ..މީ ރަނގަޅު ޗާންސެކޭ..ދޯ އަރޫނޫ..” ރިހާންއާ އެއްބައިވެލަމުން އިޝާން ބުންޏެވެ. އަރޫން އޭނާގެ ރައްޓެހިން އެ ދައްކަނީ ކޮން ވާހަކައެއްކަން އެނގިހުރެ ބޯ ކަހާލަމުން އިސްޖަހާލިއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ ރަކި ހިނތުންވުމެކެވެ. އޭރު އެ ދެ އަންހެން ކުދިން ލޯ މަތިން ގެއްލިއްޖެއެވެ.

” ހޫނ…ކަލެއެކޭ އަންހެނެކޭ އެއްވަރެއްނު….ހަމަ ލިމްނާ..އުހުނ ކައެ ކިޔަނީ ލިމް އޭ ދޯ.. އޭނަ ކުރިމައްޗަށް އަރާފަ ހިތުގެ ހާލު ބަޔާން ކޮށްލާނީއޭ..އެ ވަރުކަމެކޭ….ދެން ބުނާނީ…” ރިހާން ދިމާކޮށްލިއެވެ. ” ވިލް ޔޫ ބީ މައި ގާރލްފްރެންޑް..” ރިހާންގެ ޖުމްލަ ފުރިހަަމަ ކޮށްދިނީ އިޝާންއެެވެ. އެއް ފައިމައްޗަށް އަރޫން ކުރިމައްޗައް އިށީންނަމުން އަރޫން އައި ދިމާލަށް މޯޅިވެ ވަކަވެފައިވާ އެ މާ ދިއްކޮށްލަމުންނެވެ.

އަރޫން އޭނާގެ ކަޅިމައްޗައް ހިނގާލިއެވެ. ” މިހާރު މާ ދަންވެއްޖެއެއްނު..ލަހުން ގެއަށް ދިޔައީމަ ބައްޕަ ރުޅިދުރުވާނެ….” މިއޮށް ހުރިހާއިރު ވާހަކަ ނުދަށްކާ ހުރި އަރޫން ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ދެ އެކުވެރިން ބުނި ވާހަކަތަކުގެ މައްޗަކަށް އެއްޗެއް ނުބުންޏެވެ.

” ހަމަ ވާހަކަ އޮޅުވާލީއޭ…އަހަރުމެން ބުނި ވާހަކަ ތަކާމެދު ކީކޭ ބުނާނީ…” އަރޫންގެ މޮޅު އުކުޅު އެންމެ ފުރަތަމަ ދެނެގަތީ ރިހާންއެވެ. ” ވަގުތު ޖެހުނީމަ ތިކަންތަށްވެސް ކުރާނަމޭ..” އަރޫން އެހެން ބުނުމަށްފަހު ކާރު ދޮރުފަތް ހުޅުވާލިއެވެ. ނަމަވެސް ކާރަށް އެރޭގޮތް ނުވީ އޭނާ ކާރަށް އެރުމުގެކުރިން އިޝާން އެ ދޮރު ލައްޕާލުމުންނެވެ.

” ތި ވަގުތެއް ދުވަހަކު ޖެހޭކަމަށް ނުވިއެއްނު..މިހާރު ތިން އަހަރު ވީއޭ..” ރިހާން ޝަކުވާކޮށްލިއެވެ. ހަޤީޤަތުގައި ވަގުތު ނުޖެހެނީކީ ނޫނެވެ. އަރޫންއަށް ނުކެރެނީއެވެ. ” އޯކޭ…މާދަން އެއީ ލިމްގެ އުފަން ދުވަސް..ސޯ..މާދަން ކުރަން ކިހިނެއްވާނީ…. ” ވިސްނާލުމަށްފަހު އެހެން ބުނެލިއިރު އަރޫންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

އަރޫންގެ ޖަވާބާއެކު ދެ އެކުވެރިންގެ ލޯ ދިޔައީ ބޮޑުވެގެންނެެވެ. އެ ދެމީހުންގެ އަނގަ ހުޅުވިގެން ދިޔައެވެ. އިޝާންގެ އަނގައިން ފޭބި ސޮނި ތިކި ފޮހެލީ ރިހާންގެ އަތުގައި އޮތް ޓިޝޫއަކުންނެވެ. ރިހާންގެ އަނގައިވެސް ސޮނި ނުފޭބީ ހަމަ ކިރިޔާއެވެ.

އަރޫންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބުނު ފުރަތަމަ ފަހަރަކީ މިއީއެވެ. ” ހުވާތަ..ކަލޭ ތީ ހަމަ އަރޫނުތަ..އަހަރުމެން ހުރިހާ ކަމެއް ހަމަޖައްސާނަން އިނގޭ..ކަލޭ ހަމަ ޙިޔާލު ކޮށްލަ ކޮށްލަ ހުންނަން ޖެހޭނީ..” އަރޫންއަށް ވުރެ ބޮޑަށް އޭނާގެ އެކުވެރިން އުފާވި ހެން ހީވެއެވެ.

އަރާމު ނިންޖަކުން ނިދާފައި އޮތް ޔަޝަލް ހޭލައްވާލީ އޭނާގެ ފޯނަށް އައި ފޯނު ކޯލެވެ. ކުކުރާލުމަށްފަހު ބާލިސް ދަށުގައި ބާއްވަފާއި އޮތް ސެމްސަންގްް މިނީ ފޯނަށް އޭނާ ބަލާލިއެވެ. ލޮލުން ނިދީގެ އަސަރު ނުފިލާ ހުރުމުން ފޯނުގެ ސްކްރީނަށް ބެލުންވީ އުނދަގޫ ކަމަކަށެވެ.

އެހެންނަމަވެސް ކުޑަ ނުސާފު ކަމަކާއެކުވެސް ފޯނަށް އަރާފައި އިން ނަން ފެންނަ ވަރުވިއެވެ. ” އިނާދައްތަ މި ގަޑީގަ ކީއްކުރަންބާ ” ދަަންވަރު ދޭއްޖަހާ ބޮޑުވެފައިވާ ގަޑިއަށް ބަލާލަމުން ޔަޝަލް އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ” ހަލޯ..ދައްތާ..” ފޯނަށް ޖަވާބު ދިނެވެ. ” އާން ދައްތަ ބުނީ….މާދަން ހޮނިހިރު ދުވަހަށްވިއަސް ހުސް ވަގުތެއްގަ މިގެއަށް އައިސް ދެއްޗޭ އިނގޭ….ބޮޑަށް ރަނގަޅީ ރޭގަނޑު އައިސް ދިނިއްޔާ ދައްތައަށްވެސް ފަސޭހަ ވާނީ އެ ގަޑި….ވަރަށް ބޮޑު ވާހަކައެއް ބުނެލަން ވެފަ އޮތީމަ..” ފޯނަށް ޖަވާބުދިނީ ޔަޝަލް މިހާރު މަސަތްކަތް ކުރަމުން ދާ ގޭގެ ވެރިފަރާތެވެ. އިނާޝާއެވެ. އިނާޝާގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި ޔަޝަލް އެއްބަސްވިއެވެ.

ފެނުން ތޮޅިލުމަށްފަހު ހޮނިހުރު ދުވަހުގެ އިރު އަރައިގެން ދިޔައީ ގުުދުރަތީ ފުރިހަމަ މަންޒަރަކުން އުޑުމަތި ޖަރީކުރަމުންނެވެ. އާ ދުވަހަކަށް އެރި އިރާއެކު ކޮންމެ މީހެއްގެ ހަޔާތުގައިވެސް އާ ސޮފުހާއެއް ހުޅުވިގެން ދިޔައެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރި ޒުވާނާ ތައްޔާރުވަމުން ދިޔައީ ކޯޓާ ފަޓުލޫނުގައެވެ. އޭނާގެ ކަރުގައި ފޮލިސް ޑިޓެކްޓިވް އައިޑެންޓިޓީ ކާޑު އެޅިފައިވެއެވެ.

އަތްމަތި އަވަސް ކޮށްލައިގެން ކޮަޓަރިން ނިކުތުމުގެ ކުރިން ލާވިން ، އެނދުގައި ނިދާފައި އޮތް އޭނާގެ މައުސޫމް އަންހެން ދަރިފުޅު އަޔާނީގެ ނިތުގައި ބޮސްދިނެވެ. އެކަންތައް ނުކޮށް ކޮޓަރިން ނިކުތުމުގެ ހުއްދަ އޭނާއަށް ލިބިފައި ނުވާ ފަދައެވެ.

” މަންމާ..ޔާނީ އޮތީ ނިދާފަ ހިއެއް ނުވެ އަވަހަށް ހޭލާނެ ހެއްނެ….ދެން ހޭލައިފިއްޔާ މިލްކްއާ ސީރިއަލް ދިނީމަ އޯކޭ ވާނެ..” ގޭގެ މައިދޮރު ކުރިމަތީގައި ބޫޓަށް އަރަން ހުރި ލާވިން އޭނާގެ މަންމައަށް އިރުޝާދު ދެމުން ދިޔައެވެ. ” އެންމެ ރަނގަޅު..މި ކޮފީ ތަށި ބޯލައިގެން ދާން މަޑުކޮށްބަލަ ” ނިއުމާ އޭނާގެ ދޮށީ ދަރިފުޅު ލާވިން ދިން އިރުޝާދުތައް ކަނުލާ އަޑުއަހަމުން ގެންދިޔައީ އެ ދަރިފުޅަށް ކޮފީވެސް ގިރައިދެމުންނެވެ.

ލާއިންވެސް އޭނާ މަންމަގެ އެދުމާ ދެކޮޅު ނެހެދުމުގެ ގޮތުން ކޮފީ ތަށި ބޯލިއެވެ. އަދި މަންމަ ގައިގައި ކުޑަކޮށް ބައްދާލަމުން ޕޮލިސް ސްޓޭޝަނަށް ދިއުމަށްޓަކައި ދަތުރު ފެއްޓިއެވެ.

” އެހެމް..އެހެމް..ކޮން ދުނިޔެއެއްގަ..ޖުޕިޓާރގަތަ ” ސިޓިންގް ރޫމް ސޯފައިގައި އޮށޯވެގެން އަމިއްލަ ޙިޔާލީ ދުނިޔޭގެ ތެރޭގައި ފީނަމުން ދިޔަ އަރޫންގެ ކޮނޑުގައި އޭނާގެ ކޮއްކޮ އައިރީން ޖަހާލިއެވެ. ” އޭން..އުހުނ..ހަމަ އާރތްގަ ކިހިނެތްވީ..” ނޭނގޭ ކަމަށް ހަދާލަމުން އަރޫން ހަމަ ޖެހެލިއެވެ. އެހެންނަމަވެސް ވިސްނުންތޫނު ސިކުނޑިއެއްގެ ވެރި އައިރީންގެ ކިބައަކުން ކަމެއް ސިއްރެއް ނުކުރެވުނެވެ.

‘ ދެން ހެވޭ ނުބުންޏަސް…ކުޑަބެ މީހަކާ އިންނާނީ ކޮން ދުވަހަކުންތަ..” އަރޫންގެ ފަރާތުން ސިއްރު ކުރާކަމެއް ހޯދުމަކީ ވަގުތު ނަގާނެކަމެއްކަން އެނގި ހުރެ އައިރީން ވާހަކަ ފެއްޓީ ދުރުދުރުންނެވެ. ” ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ.. ” އަރޫންގެ ތުންފަތް މައްޗައް މާނަ ފުން ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ޙިޔާލުގައިވީ ލިމްނާގެ ސޫރައެވެ.

ކުޑަބެގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ފެނި އައިރީންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އޭނާ އަވަސްވެގަތީ ދޮންބެ އާނިޝްއަށް އެ ޙަބަރު ދިނުމަށެވެ. އެހެން ކަމުން ލޯބީގެ ކަނޑަކަށް އަރޫންގެ ސިކުނޑި ޢަރަގު ކޮށްލާފައި އާނިޝްހެ ކޮޓަރިއާ ދިމާލަށް އައިރީން ދުއްވައިގަތެވެ.

ހަތް ބުރިއަށް ނަގާފައިވާ ބިލްޑިންގްގެ ފަސް ވަނަ ބުރިއަށް އެރި އަންހެން ކުއްޖާ ބެލް އަޅާލީ ފައިވް ބީ ނަންބޯޑު ހަރުކުރެވިފައިވާ އެޕާޓްމެންޓުގައެވެ. ” އަހަ..ޔަޝަލް އަވަހަށް ވަދޭ..” ދޮރު ހުޅުވާލީ މެދު އުމުރުގެ އަންހެންކެވެ. ޔަޝަލް ގޮވައިގެން އެ އަންހެން މީހާ އިށީނދެލީ އެ ބޮޑު އެޕާރޓްމެންޓުގެ ސިޓިންގް ރޫމްގައި ބަހައްޓާފައި ހުރި ޗޮކްލެޓު ކުލައިގެ ސޯފާ ސެޓުގައެވެ.

” ދައްތަ..އަސްލު ވަރަށް ދެރަވޭ މިހެން ބުނަންވެސް…ޔަޝަލް ތީ ދައްތަގެ ދަރިފުޅު އަޔާން ބަލައިދޭން އައި ކުދިންގެ ތެރެއިންވެސް ދައްތައަސް އެންމެ ޙާއްސަ އަދި އަޔާން އަށްވެސް އެންމެ ޙާއްސަ ކުއްޖާ..ތީ މި މަސަތްކަތަށް ވަރަށް ރަނގަޅު ކުޑަކުދިން ދެކެ ލޯބިިވާ ގާބިލު ކުއްޖެއް..އެކަމު..” އިނާޝާގެ ރާގު ބަދަލުވެގެން ދިޔައީ ހިތާމަވެރި ރާގަކަށެވެ. ވާހަކައިގެ ވަކި ހިސާބަކުން އޭނާ ހުއްޓާލިއެވެ. ހީވާ ގޮތުން ބުނަން އުޅޭ އެއްޗެއް ބުނަން އޭނާއަށް އުނދަގުލީއެވެ.

އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އިނާޝާ ބުނަން އުޅޭ އެއްޗެއް ނޭނގޭތީ ޔަަޝަލްގެ ހިތް ދިޔައީ ދުވަހަކުވެސް ނުތެޅޭހާ ބާރު މިނުގައި ތެޅެމުންނެވެ. އިނާޝާއާ ދިމާލަށް ބަލާލަމުން ޔަޝަލް ބުމަ އަރުވާލީ ކުރިއަށް ގެންދާށޭ ބުނާ ފަދައަކުންނެވެ.

” ދައްތަގެ ފިރިމީހާގެ ވަޒީފާ ބަދަލުވެ މަގާމު މަތިވީމަ މުސާރަވެސް ބޮޑ ވެއްޖެ..އެހެންވެގެން ދައްތަ ވަޒީފާއިން މި ކެނޑުނީ..ދެން ދައްތަގެ ގޭގަ ހުރިއްޔާ އަޔާން ބަލައިދޭނެ އިތުރު މީހަކު ބޭނުން ނުވާނެކަމަށް މި ގަބޫލު ކުރަނީ..މި ވީ ތިން އަހަރު ތެރޭގައި ޔަޝަލް ތި ކޮށްދިން ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…… ބޭނުމެއް ޖެހިއްޖެއްޔާ މި ގެއަށް އަންނަށްޗޭ..” އިނާޝާ ބުނެލި ވާހަކައިން ޔަޝަލްގެ ހަަތަރު އުދަރެސް ފެނު ޖެހުނު ފަދައެވެ.

ގެއްލިގެން އެ ދިޔައީ ތިން އަހަރު ދުވަސް ވަންދެން އޭނާ ދިރިއުޅުމެއް ބިނާކުރުމަށް ކުރި ބުރަ މަސަތްކަތެވެ. އެ ވަޒީފާ ހޯދުމަށް އެކި ގޭގެއަށް ގޮސް އާދޭސް ކޮށްގެން ކުރި މަސަތްކަތް އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އިތުރު ގޮތެއް ނެތް މީހެއް ފަދައިން ކުރެވުނުހާވެސް ކަމަކީ ބޯ ޖަހާލިއެވެ.

އިނާޝާ މެންގެއިން ޔަޝަލް ނުކުތް ވަގުތަކީ ވާރޭވެސް އޮއްސާލި ވަގުތެވެ. އެހެންނަމަވެސް ވެހެމުން ދިޔަ ބޯ ވާރޭއަށް ސަމާލުކަމެއް ނުދީ އޭނާ ހިނގަމުން ދިޔައިރު ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަެވެ.

ޕްރައިވެޓް ކާރުގެ ފަހަތު ސީޓުގައި އިށީނދެގެން އިން ނާއިކްގެ ނަޒަރު ވަނީ ކާރުގެ ކުޑަދޮރުން ބޭރުގައެވެ. ވެހެމުން ދިޔަ ހިތްގައިމު ވާރޭއަށް ނަޒަރު ހުއްޓާއިގެން އިން ނާއިކްއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އާނއެކެވެ. ދުރުން އެހެންނަވެސް ލޮލަށް ފެންނަ ހިސާބުން ހިނގައިފައި އެ އަންނީ ހަމަ އޭނާއެވެ. އެ ސޫރައެވެ. މީގެ އެގާރަ އަހަރު ކުރިން އެ އަންހެން ކުއްޖަކާ މެދު ބޭއިންސާފު ކޮށް ކަންތައްކުރެވުނު ކުއްޖާއެވެ. ބޯ ވާރޭގެ ނުސާފު ކަމުގެ ތެރެއިން ފެނުނު ކަމުގައިވިޔަސް ނާއިކްއަކަށް އެ ސޫރައެއް ނޯޅޭނެއެެވެ.

ކާރުގެ މިސްރާބު ކުރިއަށް ގޮސް ޔަޝަލްގެ ފިޔަވަޅުތަށް ކުރިއަށް ދިޔަ ވަރަކަށް ނާއިކްގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. ކާރިއަށް އައި ވަރަކަށް ޔަޝަލްގެ މޫނު ނާއިކްއަށް ހާމަވަމުން ދިޔަލެއް ސާފެވެ. އިސްޖެހިފައި ކުރި ޔަޝަލް އިސްއުފުލާލީ ނާއިކް ބަލަހައްޓައިގެން އިން ވަގުތެވެ.

( ނުނިމޭ )

Comments (26)

  1. ivaa

    Happy related birthday ?
    The story is very nice. I love how you have described every moment?
    Waiting for the next part?

    1. alananana
      ivaa

      Alhey..Thank you for the lovely comment plus the wish ???n congra for being the first commenter hehe ❤????

  2. Anonymous

    Feshun Varah Reethi?
    May Shaa Allah.

    1. alananana
      Anonymous

      Thank you anonymous ❤????? nimun ves hama mihaa Reethi kohdheveytho masaikaih kuraanan insha allah ❤

  3. Mate

    Vrh reethi….maasha allah…..

    1. alananana
      Mate

      Thank you….ummah ??❤????

  4. Amee

    Vrh reethi..jasha allah.. vrh furihama sifakurun…???

    1. Amee
      Amee

      Masha allah ** ?

    2. alananana
      Amee

      Thank you amee dear ?thats so sweet of you ❤????

  5. Naaanu

    maasha Allah vvv rythi feshun… ???

    1. alananana
      Naaanu

      Oh love those reds hearts dear….are those really for me? ??? anyways thank you very much ❤????

  6. alananana

    Salaam everyone!!☺✋
    Here is Alana ge first story ge first part ? ummedhukuran hurihaa kudhinahves kamudhaane kamah ?. Mistakes thah point out kohdhinun eyee alhugandah libeyne varah bodu kurierumeh? N what do you all think is gonna happen next? ? hehe.thank you ?❤??
    Salaam ❤????

    1. ivaa
      alananana

      I am so happy to be the first commenter of the first part of this story
      ?❤???????????

  7. aaan

    Alananana…happy belated birth day…n stry varah nice waiting for next

  8. Nunnu

    Masha Allah
    Hama vv reethi
    When next part
    And happy belated birthday

  9. Havananana

    Happy belated b day, twin 😉 finally first part dhw. feshun v interesting . keep it up dear

  10. Roxy

    Wow beauuuutiful nge ?? hma vvvv reeethi whn nxt prt dear?? N roxy kyrny alaa nge ??

  11. unique

    vvvv reethi hama vvvv i luv it naaik dhw i just love the names……….. thanks alana

  12. reader

    vaahaka v reethi. regular koh up kohdheyne kamah unmeedhu kuran

  13. Livee

    Varah salhi

  14. Maya

    Varah reethi feshun… Bt thankolheh Dhigukohlaba.. ????vvv interesting vv reethi names thah…. ??????

  15. ivaa

    Alana where is the next part of the story
    Hama kiyaalaa hithunnn
    When are u gonna upload the second part?

  16. Anonymous

    Kobaa tha story Up nuvany tha anehka

  17. Azuna

    Waiting…..

  18. Mee

    Hello…
    Koba stry up nukuran tha…
    Personal kmh dhimaa viyas bunelaba… We can wait… N ll understand?

  19. Kylie

    Hey Alana, what happend to the story.? Up nukurany tha? So seyydu? varah kiyaa hiy vey mi story?

Comments are closed.