Skip to content
އެސްފިޔަ

އުފަލާއެކު ނުކުތް ދޮރުން ވައްދަން ޖެހުނީ ފުރާނަ ނެތް މަސްގަނޑު

މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކިތަންމެ ވަރުބަލި ވެފައި ވީ ނަމަވެސް އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ. ކޮންމެ ރެއަކު ވެސް އަހަރެންގެ ހާލަކީ އެއީއެވެ. ސަމައާއި ދޭތެރޭ ވިސްނާފައި އިތުރަށް މާޔޫސްވަނީއެވެ. ސަމާއާއި ދޭތެރޭ ނުވިސްނާ ހަމަ އެންމެ ރެއެއްވެސް ނުދެއެވެ. އެހަނދާންތަކާއި ދުރަށްދެވޭނެ ގޮތެއްވެސް އަހަންނަކަށް ނުވިއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް ސަމާ އެނބުރި ނާންނާނެކަން އަހަންނަށް އެނގެއެވެ. މިރޭވެސް އަހަރެންގެ އެއްވެސް ބާރަކާއި ނުލައި އަހަރެން  ޚިޔާލުތަކުގެ ފުންމިން ނޭނގޭ ކަނޑަކަށް ޣަރަޤުވިއެވެ.

ސަމާއަކީ އަހަރެންގެ އަަލަތު ލޯބިވެރިޔާއެވެ. ސްކޫލު ދައުރުއްސުރެވެސް އަހަރެން އިންތިހާ ދަރަޖައަށް ލިބުމަށް އެދުނު ފިނިފެންމަލެކެވެ. ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަދަރުސީ ދައުރުގައިވެސް ތަނުގެ މުއައްޒަފުންނާއި ދަރިވަރުން އިޚްތިރާމާއި އެކު ފިޔަ ތިރިކޮށްލާނެފަދަ ރަންތަރިއެކެވެ.

ސަމާގެ އުމުރުން 21 އަހަރުވީ ދުވަހު އަހަރެން ސަމާ ގާތު ލޯބިވާ ވާހަކަ ބުނީމެވެ. އަދި ކައިވެންޏަށް އެދި ހުށަހެޅީމެވެ. ތުންތުން މަތިން ސަމާވެސް އަހަރެންނަށް އެދޭކަން އަހަންނަށް ވަނީ އެނގިފައެވެ. އަޑު އަހާލަން ބޭނުންވީ އެދުލުންނެވެ. އަހަރެންގެ އުއްމީދުތަކުގައި ކުލަ ޖެހުނީ ސަމާގެ ޖަވާބު ލިބުމުންނެވެ. ލޯބިވެރިންގެ ލިސްޓުގައި އަހަރެމެން ދެމީހުންގެ ނަން ރަންގަލަމުން ލިޔެވުމާއި އެކު ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. އަހަންނަށް ހީވީ ދެޢީދު އެއްފަހަރާ ލައިގެންހެނެވެ. ދެފަރާތުގެ ޢާއިލާގެވެސް ހުއްދަ ލިބުމާއި އެކު އަހަރެން އަވަސްވީ ސަމާއަކީ އަހަރެންގެ އަނބިމީހާއަށް ހެދޭތޯއެވެ. އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމެއް ފެށޭތޯއެވެ. މާތް ރަސްކަލާނގެ ކިބަފުޅުން ރަޙުމަތް ލެއްވުމަށް އެދި ދުޢާކުރާ ޙާލުގައެވެ.

ކައިވެނީގެ ޙަޔާތަށް 3 އަހަަރު ވީއިރުވެސް އާރޯ ކަމާއި އެކު ހެދެމުން އައި އެބަގީޗާގައި އެތައް މަލެއް ފޮޅުނު އިރުވެސް މޭވާއެއް ލިބޭ ގޮތެއް ނުވިއެވެ. ލޮލުގެ ކޮއިފަދއިން ބަލާނެ ތުއްތު ކުއްޖެއް ލިބޭނެ ގޮތެއް ނުވިއެވެ. ބައްޕާއޭ ކިޔާ ގޮވާލާ އަޑުއިވޭނެ ދުވަހަކަށް ކުރި އިންތިޒާރުގައި އުއްމީދުގެ ކުލަ ފާޅުވާ ގޮތެއް ނުވިއެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ އެކި އެކި ހަސްފަތާލުތަކާއި ކުލިނިކު ތަކަށް ދެއްކުނު އަދަދު ވެސް ނޭނގެއެވެ. އަހަރެން ނާއުއްމީދާއި އެކު ކަރު އެލުވާލީ އެހިސާބުންނެވެ. މަންޒިލެއް ނެތި އޮޔާ ބެލިގެންދާ މީހެއް ފަދައިން އަހަރެން ކުޑަ ކުޑަ ބޮއްކުރައެއްގައި ސަމާއާއި އެކު ބެހިގެން ދަނިކޮށް އުއްމީދުގެ ހުޅުކޮޅު ދިއްލުނީ ހިކި ފަސްގަނޑެއްގައި ބޮއްކުރާ ބީއްސާލުމުންނެވެ. އާދެ! ލަންކާގެ ހަސްފަތާލަކުން ދިން އުފާވެރި ޚަބަރަކުންނެވެ. ކިތަންމެހާވެސް އުފާވެރިއއެވެ.

އިތުރު 3 މަސްދުވަހު ވަޒީފާ އަދާކޮށް ބޭނުންވާ ވަރަށް ފައިސާ ލިބޭ ގޮތްވީ ޢާއިލާއާޢި އެކުވެރިންގެ ދީލަތި އެހީއާއި ވެސް އެކުގައެވެ. ލަންކާއަށް ގޮސް އެޕޮއިންޓުމެންޓު ހެއްދޭ ގޮތްވީ އެރެއަށެވެ. އަހަރެން އުއްމީދެއް ނެތި ސަމާ ޑަކްޓަރަށް ދައްކައި ހަދަން ޖެހޭ ޓެސްޓުތަކާއި ކުރަންޖެހޭ އޮޕަރޭޝަންތައް ކޮށް ނިންމުމަށްފަހު އެރޭ ރިޕޯރޓު ނެގިއެވެ. ރިޕޯރޓު ދެއްކުމަށް ޑަކްޓަރު ރޫމަށް ސަމާ ވަނުމުން ބޭރުގައި އަހަރެން ހުރީ ސަމަ ނުކުންނާނެ ވަގުތަކަށް ބަލަބަލައެވެ. އުއްމީދުގެ ރާޅު ބާޏްޏެއް ހިތުގައި އުފެދުނީވެސް އިންތިޒާރުގެ އެވަގުތު ކޮޅުގައެވެ. އަހަރެންގެ އުފާވެރި މޫނަށް މާޔޫސް ކަން ގެނުވީ ސަމާ ނިކުތް އިރު އިސްދަށަށް ޖަހައިގެން ހުރުމުންނެވެ. ސަމާ އިސް އުފުލާލައި އަހަންނާއި ދިމާއަށް ބަލާލުމަށްފަހު ބައްދާލިއެވެ. އަހަރެންގެ ހަޔާުތުގެ ހިކި ދަނޑުގައި ގަހެއް ރުވި ފަދައެވެ. އުފާވެރިކަން އިންތިހާއަށް ވެރިވިއެވެ. އެތައް ދުވަހަކަށްފަހު ހުވަފެނެއް ހަޤީޤަތަކަށް ވާން އުޅޭ ކަމުގެ އިހުސާސް ކުރެވުނެވެ.

އަހަރެމެން ދެމީހުން ހަސްފަތާލުން ނުކުމެ ގެއަށް ދިއުމަށްޓަކައި ޓެކްސީއެއް ލިބޭތޯ މަސައްކަތްކުރީމެވެ. އުނދަގޫ ތަކަކާއި އެކު ނަމަވެސް ޓެކްސީއެއް ލިބުނެވެ. ސަމާ ޓެކްސީއަށް އެރުވުމަށްފަހު އަހަރެން އަރަން އުޅުނު ވަގުތު އަހަރެންގެ އަތުގައި އޮތް ރިޕޯރޓު ކައިރީ ހުރި ގާޑިއާއެއްގެ ކައިރިއަށް ވަޔާ ގެންދިޔައެވެ. އަހަރެން ރިޕޯޜޓު ކަރުދާސް ނެގުމަށްޓަކައި އެދިމާއަށް ގޮސް ތިރިވެލި ވަގުތެވެ. ބާރު އަޑުފައްގަނޑެއް އިވުމުން އަހަރެން ފަސް އެނބުރި ޓެކްސީއާ ދިމާއަށް ބަލައިލީމެވެ. އަހަރެންގެ ދެލޯ ބޮޑުވީ ޓެކްސީ މާ ދުރަށް ވިއްސައިގެން ގޮސްފައި އޮތުމުންނެވެ. ސަމާ ޓެކްސީ ކައިރީ ބިންމަތީ ލޭގެ ކޯރެއްގައި ތަތްތެޅިފައި އޮތެވެ. އެމަންޒަރު ސިފަކޮށްދިނުމުގެ ކުޅަދާނަކަމެއް އަހަރެންގެ ނެތެވެ. އަހަންނަށް ހީވީ މުޅި ދުނިޔެވެސް އެނބުރިގަތް ހެނެވެ. ދެފައިދަށުން ބިންގަޑު ދަމައިގަތް ކަހަލަ އިހުސާސެއް ކުރެވުނެވެ. ހިތް ކުދިކުދިވިއެވެ. އަހަރެން ދެފައަށް ބާރު ލާފައި ދުއްވައިގަތީ އަޑަށް އޮތްކޮޅަށް ހަޅޭވެސް ލަވަމުންނެވެ. ސަމާގެ ނަން ދުލުން ބޭރުކުރީ އަސަރާއި އެކުއެވެ. މުޅި ހިސާބުގަނޑުގައި މީހުން ވަނީއެއްވެފައެވެ. ލޯބިވާ އަނބިމީހާއާއި އިތުރު ކުޑަކުޑަ ފުރާނައެއް މަރުގެ އަނގަތެރޭގައި އޮތްތަން ފެނި ވަށައިގެންވި މާޙައުލަށް ސަމާލުކަންދޭނީވެސް ވަކި ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަތްދަނޑި މައްޗަށް ސަމާ ލައިގެން އެނބުރި ހަސްފަތާލަށް ވަނީ ރޮއެ ހޭރެމުންނެވެ. މަދަދަށް އެދި އިބަރަސްކަލާނގެ ހަޟްރަތަށް ދުޢާކުރަމުންނެވެ. ދެރަގޮތެއް ނުވުމަށް އެދެމުންނެވެ.

“ސޮރީ. ބަޓް ވީ ކުޑުންޓު ސޭވް ހާ.” ޑަކްޓަރު ދިން ވޭންދެނިވި ޚަބަރަކުން އަހަންނަށް ހީވީ ނޭވާ ވެސް ހުއްޓުނު ހެނެވެ. ތިން އަހަރު ދުވަހުގެ ދިގު އިންތިޒާރުކޮށްގެން ހާސިލްވި އުފާވެރިކަން ހިތާމައަށް ބަދަލުވެގެން އެދިޔައީ އެންމެ 3 މިނެޓު ތެރޭގައެވެ. އުފާވެރިކަމާއި އެކު ނުކުތް ދޮރުން ވައްދަން ޖެހުނީ ލޭގެ ކޯރެއްގައި ތަތްތެޅިފައިވާ ފުރާނަ ނެތް މަސްގަނޑެވެ. ދުނިޔެއަށް އައުމަށް ތައްޔާރުވި ދަރިފުޅަށް 60 މިނެޓުވެސް ނުވަނީސް މަންމައާއިއެކު ބައްޕައާއި މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކީ އެސްފިޔައެއްވެސް ޖަހާލާހާ އަވަހަށެވެ. އަހަރެން މުޅިން އެކަނިވީއެވެ.

މި ޚިޔާލުތަކާ އަހަރެން ދުރުކޮށްލީ ކޮޓަރީގެ ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހާލުމުްނެވެ. ސިއްސައިގެން ގޮސް ތެދުވެ ދެލޯ ފުހެލައި މީހާ ހަމައަކަށް އަޅުވާލަމުން ދޮރު ހުޅުވާލި އިރު ކުރިމަތީ ހުރީ އަހަރެންގެ ލޯބިވާ މަންމައެވެ. ފަތިސް ނަމާދަު ކުރަން ތެދުވާށޭ ބުނުމަށްފަހު މަންމަ ދިޔައީ ބަދިގެއާ ދިމާއަށެވެ. އަހަރެންވެސް ލަސްނުކޮށް މިސްކިތަށް ދިއުމަށް މިސްރާބު ޖެހެީ ކުދިކުދި ވެފައިވާ އަހަރެންގެ މިހިތަށް ތަސައްލީއެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. އަހަރެންގެ މިޒުވާން ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭ ކަމަކީ އެއީ ކަމުގައި ވީތީއެވެ.

Comments (52)

  1. Maahaa

    ވ.ރީތި

    1. Nanni
      Maahaa

      Thn Q

      Maaha

  2. Elisha

    Nimuneetha?
    Varah reethi and ehaa avahah give up nukurahchey……..
    Busy kamun comment koh nuleveny …….?

    1. Nanni
      Elisha

      Thn Q
      Elisha

  3. Felix

    Nimuniyaa Nimun vaahaka ves jahaalaa nama……..
    Nanni ge own story eh tha mee?
    Beautiful…..????

    1. Nanni
      Felix

      anhaa nanni handhaan nethuny mifaharu vs…. insha allah anekka vs next time ah balan hingaa

  4. Suba

    This is a heartbreaking real story.. Death comes uninvited, unexpected..My advice to myself and others is be prepared for death as this is our testing place and our real eternal life starts with death

    1. Nanni
      Suba

      Thn Q

      Suba

  5. Azka

    Wow! Wow! Varah Furihama Haadha avahah Samaa thi maraaly……
    Real story eh tha mee?

    1. Nanni
      Azka

      This is a stroy about the accident tht happened with my best cousin sister…. bt i have chnged it alot

    2. Nanni
      Azka

      Thn Q Azka…. yh kinda….

  6. livaan

    Is this a true story…. Cox news eh ga oiyy story eh miee…. I guess last yr ge incident eh….

    1. Nanni
      livaan

      mmmhmmm Yh Livaan. yew r ryt

  7. xeybooo

    mee real story eh dhw hadhaan wehjje last year kanneynge mikameh wee wes….:(

    1. Nanni
      xeybooo

      thn Q xeyboo

  8. Sana

    Masha Allah ?????
    Varah reethi?????
    Mi vaahaka nimuneetha?

    1. Nanni
      Sana

      Yh thts all… sry nanni ge handhaaanun kassaaalany knme faharaku vs ehn jahaaln

  9. CYntHia

    V salhi nanni v molhu kyp it up darling ?

    1. Nanni
      CYntHia

      Thnxxx CYntHia….

  10. samahaa

    Awesome!???
    Nanni thee vaahaka liyeveene kuhjeh??
    Improve vaaney readers kuraa comment akun noon
    Give up nukoh maskah kohfiyaa vaane???
    Improve kuran dhigu vaahaka eh liyafa up kurun emme rangalhu vany……
    Best of luck??????????

    1. Nanni
      samahaa

      Dhigu vaahaka up vaane roadha mahuge 5 vana dhuhu

  11. samahaa

    Awesome!???
    Nanni thee vaahaka liyeveene kuhjeh??
    Improve vaaney readers kuraa comment akun noon
    Give up nukoh maskah kohfiyaa vaane???
    Improve kuran dhigu vaahaka eh liyafa up kurun emme rangalhu vany……
    Best of luck???????

    1. Nanni
      samahaa

      Thn Q samahaa…

  12. Mau

    Beautiful! ?????????????????????????

    1. Nanni
      Mau

      Thn Q Mau…. wow it was a colourful comment mau

  13. Aesh

    Naf nanni dhw miee.. Name change kollaafa inyma.. Hehe..? anyways, story Vrh reethi.. Maa sha Allah..?☺️??? yeah, Aesh ves last year ga adu ehin mikahala haadhisaa eh.. Ekam ves Vrh reethi ingey mi story..???❤️❤️

    1. Nanni
      Aesh

      Thn Q Aesh… Yh mee nanni… i mean naf nanni….yh tht story was shocking 1 for our family…

    2. ..
      Aesh

      Our family? Mee aslu hagygathehtha? N nanni ge family ah dhimaavi kamehtha?!

    3. Nanni
      Aesh

      mmm yh with my cousin sister

  14. No one

    Vr vr rythi.. maasha allah..keep it up❤️♥️???

    1. Nanni
      No one

      Thn Q No one

  15. shaan

    mashaa allahu ☺?????

    1. Nanni
      shaan

      Thn Q shaan

  16. ..

    Ehaa faseyhain give up nukurahche.. nanni masahkaii kuranyaa hama kuri erun libeyne..in sha allah… nanni ge stories ginain genesdhin varakah readers ge support ithuru vaane n nanni readers ge medhuga maguboolu vaane… ehn writers vs emme furathama hama thihen dhiyaee… story ge medhutherein give up nukoh hivvaraaa eku kuriah dhaan masahkaii kuran jeheyne! Thihen hedhyma readers will get bored.. story kiyaa readers vs storyge medhu therein give up kuryma, emeehun vs foohi vaane dhw..eyge badhal ga ending reethi kureveythw masahkaii kuraany..in sha allah u can do that…if there is a will, these is a way! Gud luk nanni! Mi story vs v reethi! Keep goin..nanni kuri hihvareh othy.. effaharu nuviyya anehfaharu kuraany.. ey adhi ekammathin foohi vaanvyvaru kameh noon.. in sha allah adhi nanni aky hama mi site ge emme molhu writers thakuge thereyga himeneyne kujjakah vaane.. <3

    1. Nanni
      ..

      Thn Q …… for ya lovely cmmnt……… yh i wont give up

  17. Aphro grl

    V rythi.. dhuvahakuves vaahaka eh kiyaigen mi noony aphro mihaa dhera eh nuvey? v v dheravejje.. maaiy allah nanni aailaa ah keiytherikan dhevvaashi adhi nannige sis ge faafa fussavaa suvarugeyge mathiveri niu’maiy minvaru kuravvaashi Ameen!?

    1. Nanni
      Aphro grl

      Ameen
      Thn Q Aphro drl

  18. Zeek

    Masha Allah
    Varah reethi vaahaka eh
    Waiting for your next story

    1. Nanni
      Zeek

      Thn Q Zeek…
      ufaavejje vrh vhk reethi vma

  19. Layaal

    Nanni ge own story eh tha mee?
    Varah furihama genes dheefa innleh ❤❤❤❤❤❤❤❤
    ????

    1. Nanni
      Layaal

      Thn Q Layaal. story was written by me.. haadhisaa eii hageegee haadhisaa akaa gulhuvaalaafa

  20. Alisha

    Wow! Wow! Wow!
    Sad and happy mixed so varah beautiful????
    Biruveri vaahaka eh genes dheen veenun nanni
    I hope biruveri vaahaka eh genes dheenekamah ??

    1. Nanni
      Alisha

      Yh i will try for the best… Ehaa biru nugannahchey ekamaku…
      Thn Q loabi loabi Alisha

  21. Ufaa

    This is a true story and change akah inee hama ekani girl nan.. it rly hurts

    1. Nanni
      Ufaa

      Thn Q Ufaa

  22. Issa

    Vvvv nice story.. keep it up darling..

    1. Nanni
      Issa

      Thn Q Issa. ufaaavejje vhk kamudhiyaeema

  23. Xul

    Alheyyy v v v reethi mi story..keep it up..u r doing a great job…keep writing more stories..??

    1. Nanni
      Xul

      Thn Q Xul for the lovely comment……….

  24. Hairaan

    Mi vaahakaga mi v goiy Hama asl kohves vi.Aharenge ekuveriakah.

    1. Nanni
      Hairaan

      May b we r tkin about the same person tho……. Thn Q

  25. Leem

    Mee midhiyA aharu indiaga hingihaadhisaaeh. Eyru leem hurin indiaga. V v dheravi.eyru leemvess preg. V asarukuri haadhisaaehey.

Comments are closed.