Skip to content
އެސްފިޔަ

ތިޔަ ލޯތްބާ ދުރަށް (10) ފަހުބައި

” އެހެންވީމަ ތިބުނަނީ އަހަރެން ލޯބިވީ އަހަރެންގެ އެއްބަފާ ބޭބެ ދެކެއޭތަ؟ އެރޭ އަހަރެންގެ ހަށިގަނޑުން އަރާމާއި ލައްޒަތު ލިބިގަތީ އަހަރެންގެ ބޭބެއޭތަ؟ ސަޝް އަކީ އަހަންނާއި އަހަރެންގެ އެއްބަފާ ބޭބެގެ ދަރިއެކޭތަ؟” ޝާނާއަށް ހީވީ ދެފައިދަށުން ބިންގަނޑު ދަމައިގެން ހެނެވެ.

“އަހަރެންގެ ދަރިއެކޭ؟” ފިޔާމަށް ބުނެވުނީ އެހިސާބަށެވެ. ތުއްތު ތުއްތު ސާޝާގެ ހަޅޭކާއިއެކު އެންމެންވެސް އަޑު އައި ދިމާއަށް ބަލާލިއެވެ.

ކޮންމެ މީހެއްގެ މޭގަނޑުވެސް ހީވީ ބިރުން ބޭރަށް އައިސްދާނެ ހެނެވެ. ސިޑިން ވެއްޓިގެން ބިމާ ހަމަވެފަ އޮތް ސާޝާ ވަނީ ޚަބަރު ހުސްވެފައެވެ. ދެފައިގަ ހުރި ބާރެއް ލާފައި އެންމެން ސާޝާ ނަގައި ހޭ އަރާތޯ ބެލިއެވެ. ކުރި މަސައްކަތަށް ކާމިޔާބީއެއް ނުލިބުމުން ލަސްނުކޮށް ހޮސްޕިޓަލަށް ގެންދިޔައެވެ.

“ސޮރީ ބަޓް. ބޮލަށް ލިބިފަ ހުރި ގެއްލުމެއްގެ ސަބަބުން ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ނިޔާވެފަ.” އިރުތަކެއް ފަހުން އަވަސް ފަރުވާދޭ ކޮޓަރިން ޑަކްޓަރު ނުކުމެ ބުނެލި ބަސްތަކުން އެންމެންނަށްވެސް ހީވީ ހިތާމައިގެ ސާލެއްއައިހެނެވެ. އެތައް ހިތްތަކެއް ފުނޑުފުނޑުވިއެވެ. ކިތަންމެ ބޮޑު ފާފައެއް ފިޔާމް ކޮށްފައި ވީނަމަވެސް އޭނާގެ ހިތުގައި އެދަރިފުޅަށް ލޯބި އުފެދުުނީ އަމިއްލަ ދަރިއެއް ހުރިކަން އެނގުމުންނެވެ. އޭނާ ވަނީ އެހުވަފެން ދެކިފައެވެ.

ޖަނާޒައިގެ ހުރިހާކަމެއް ނިމުމުން އެންމެން ގެއަށް އައުމާއިއެކު ބެލީ އަވަހަށް ނިދޭތޯއެވެ. މި ފާޅުވި ޙަޤީޤަތުގެ ސަބަބުން މި ޢާއިލައިގެ އެތައް ބަޔަކަށްވެސް މަޖުބޫރުވީ އެމީހެއްގެ ލޯތްބާ ދުރަށް ދާށެވެ. ނޫރާ މެލޭއަށްދިޔަ ފުލައިޓުން ނީނާވެސް މެލޭއަށް ދިޔައީ ހިތަށް ތަދުވި ވަރުން ޝާފީގެ ލޯތްބާ ދުރުގަ ކުޑަ ދުވަސްކޮޅެއް ހޭދަކޮށްލުމަށެވެ. ފިޔާމާއި ޝާނާގެ ދެމެދަށްވެސް ވެރިވެފައިވީ ބީރަށްޓެހި ކަމެވެ.

3 އަހަރު ފަސް

” ސަޝް ދަރިފުޅާ އާދެބަލަ. ރިފާއްތަ ބަލިވީމަ އޭ ޔާބެ އެއުޅެނީ.” ސާޝާއަށް ވިސްނައިދިނުމުގެ ގޮތުން ޝާނާ ބުނެލިއެވެ. 8 މަހުގެ ބޮޑު ބަނޑާއިއެކު ރިފާ އިނީ ފިޔާމްގެ ކައިރީ މިއަދު ނަގަން ނިންމި ޢާއިލީ ފުޓޯއަށް ފުރިހަމައަށް ޒީނަތްތެރި ވެލައިގެންނެވެ. ރިފާއަކީ ޔަތީމެކެވެ. ޙަޤީޤަތް ފާޅުވުމަށްފަހު ދުވަސްތަކެއް ނުވެ ރިފާގެ ޖާގަ ފުރިހަމަކޮށްލީ އަލަށް އައި މިރިފާއެވެ. އަދުހަމްގެ ދެމަފިރިން ރިފާ ބަލަމުން އައީ އަމިއްލަ ދަރިއެއްގެ ހައިސިއްޔަތުންނެވެ. ފިޔާމްވެސް ރިފާއާއި އިނީ ޢާއިލާގެ އެދުމުގެ މަތިންނެވެ. ނަަމަވެސް މަޑުމަޑުން އެހިތުން ރިފާއަށްވެސް ވަނީ ޙާއްސަ މަޤާމެއް ދެވިފައެވެ.

ސާޝާއަކީ ޝައިމަންއާއި ޝާނާގެ ދަރިފުޅެވެ. އެދަރިފުޅަށް ސާޝާގެ ނަން ދިނީ ފިޔާމާއި ޝާނާގެ ދަރިފުޅުގެ ހަނދާނުގައެވެ. ” މަން.. އާދެބަލަ ސަޝް ގޮވައިގެން.. ޝެން އަކަށް ނުހިނގޭނެ ދެން… ފަޔަށް ވަރަށް ތަދުވެ..” ހަތް މަހުގެ ބޮޑު ބަނޑާއި އެކު ޝާނާ ސޯފާގައި އިށީނދެލީ ޝައިމަން ސާޝާ ބަލައި ފޮނުވާލުމަށް ފަހުގައެވެ.

“ކޮބާ؟ އެންމެން އެ ގޮނޑިބަރީގަ އިށީންނަންވީނު ފުޓޯނަގަން.. ކޮބާތަ އަހަރެންގެ ނޫރާއި ނީނާ؟” އެހާދިސާގެ ފަހުން ދުވަސްތަކަކަށްފަހު ޝާފީ ވަނީ ނީނާގެ ހުއްދައާއި އެކު ނޫރާއާއި ދެއަންބަށް ކައިވެނިކޮށްފައެވެ. މިއަދުގެ ފޮޓޯއަށް އެންމެން ވެސް ވަނީ ހުދާއި ރަން ކުލައިގެ އަންނައުނު ބޭނުންކޮށްފައެވެ.

” މަޖުބޫރުކަމެއް މިހާރު ނެތް..” ފުޓޯ ނަގަން ކެމެރާ ދިއްކޮށްލުމާއި އެކު އިއްތިފާޤަކުން އެންމެންނަށްވެސް އެކީ ބުނެލެވުނީ އެޖުމްލައެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނޭ ބުނެވެނީ މިސަބަބާ ހުރެއެވެ. އިންސާނުންނަށް ކުށްކުރެވޭނެއެވެ. އޭގެ މާނައަކީ އެމީހާ އުފަލުން މަހުރޫމު ކުރުމެއް ނޫނެވެ. އަބަދު ކުށްކުރާނެއެކޭވެސް ނޫނެވެ. އޭނާއަށް ޖަޒާދެއްވާނީ އެންމެ ފަރާތެކެވެ. ފުރުސަތު ދޭށެވެ. އެންމެ ނުބައި މީހާވެސް ހެޔޮ މަގަށް އެޅިދާނެއެވެ. އެއްވެސް މީހަކު އެކަނިކޮށް ނިކަމެތި ނުކުރާށެވެ. ހެޔޮހިތެއްގެ ވެރި އަކަށް މިކަންތައްތައް ވިސްނޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

..> ނިމުނީ <..

Comments (34)

  1. maul

    me first

    1. naf nanni
      maul

      Thnxxx maul

  2. Ziff

    Mi story ga vee nuvee eh neygi mi nimunee…aslu v reethi hen heevi ekamakuves nimmaligoi kamaku nudhey..maa avas koh nimmaley ves ..adhi vaahaka liyaairuga ves aharemenge mujuthamayaai gulhey vaahaka thah genes dhinnama ragalhuvees…ehbafaa meehun rape koh adhi nuvithaakah loabee ves vevunee..aslu vaahakaige bathalunge loabi jeheyne kaamiyaabu kuran nimeyiru viyas …

    1. naf nanni
      Ziff

      Thnxxx Ziff …not every story has a happy ending…. mimujthamauga vs naslu olhun vrh aaanmu…

    2. Chaer
      Ziff

      mi vaahakaiga rythikoh bunefa eboiy neyngumeh therey rape koh loabi vi vaahaka ves..and mi mujthamaugai ves mihaaru fennamun dhaa kan kan mii hama..i agree with the author

    3. Nanni
      Ziff

      Thn q Chaer

  3. hajam

    Wow
    Amazing

    1. naf nanni
      hajam

      Thnxxx hajam

  4. Shiman

    Wow vvv reethi❤❤❤???

    1. naf nanni
      Shiman

      Thnxxx shiman

  5. neelaa

    Mi part kamakunudhey.. BT ehn part that v v reethi

    1. naf nanni
      neelaa

      Thnxxxx neela

  6. N

    Story very nice

    1. naf nanni
      N

      Thn Q N

  7. thaara

    nimunei tha alhey vvvv reethi hama obi

    1. naf nanni
      thaara

      Thn Q thaara

  8. lam

    Midhencocheh. But u can still improve yo self.???????????

    1. naf nanni
      lam

      Thn Q lam

  9. livaan

    Story aslu v rythi…. Mihaaru society ga madhun nama vx mikahala kanthah hingaa… Vaan ge frnd akah vx dhimaavi ekahala kameh… Rattehi vegn 4yrs ulhefa marry kuraa hisaabah dhiyaima mi nguny that they were brother n sister… I mean ehbafaa dhemyhun kan…

    1. naf nanni
      livaan

      Yh vaan… i mean livaan….. i knw eii mi raajjeyga vs vamundhaa kamehkan…

    2. naf nanni
      livaan

      Btw nanni ah livaan ge name vrh reethi vjje… so nanni ge upcomin story ehga livaan ge name usekollan nimmaefin…

  10. aisha

    mashahkah ves v nu v eh neygunu.

    1. naf nanni
      aisha

      Thn Q aisha

  11. mishy

    Woww… vrh vrh reethi naff… amazingg… obiness to the maxxx…. ♥♥♥♥… plx plx plx… avahhh naff ge new stry eh gnsdhhcheyy… lysm…♥♥♥♥♥♥♥

    1. naf nanni
      mishy

      Thn Q mishy… vrh ufaavejje story kamudhiyaeema….

  12. Saasha

    Story feshun iru heevu reethi vaane hen but it wasnt cox of many reasons ingey
    Ehmeh first kamakah rape kohlaa meehkau dheke meehun loabi eh nuvaane ??
    And shaa aa shaiman ge vaahaka ves nei ehaa salhi kon genehsa kaa eh … and this story heevanee ehn meeheh ge story eh kiyaafa eygen ideas nagaafa cut and paste kohlaafa huri hen baeh than thanuga … try to bring something new ? dont try to copy others ?? and story heevanee nunimigen konmes gothakah nimaalaafa oi hen …. so i hope to read a story from u .. which is more more improved than this ??

    1. naf nanni
      Saasha

      there wont be anything i had copied from anyone elses story

  13. Ayshlyn

    Vaahaka v reethi obiness to the max

    1. naf nanni
      Ayshlyn

      Thnxxxxxx Ayshlyn

  14. thisha

    cool

  15. Sasha

    veenuvee eh neyngun
    rifa tha noony banduga oiy dharifulhu tha save v?
    operation kaamiyaabu nuvaane dhw dhemyhun ves maru v ma eh #confusing

    1. Nanni
      Sasha

      Thn q sasha

  16. Nathu

    Hiikurin warah reethi waane kamah.. ekm hiikuri gotheh nuun?‍♀️?‍♀️?‍♀️

    1. naf nanni
      Nathu

      Thn Q
      Nathu

Comments are closed.